ޔަލާ މަގު ހުރަސްކުރަނިކޮށް މަގުގެ މަދުގައި ހުއްޓެވުނީ އޭނައާއި ދިމާލަށް ބާރު ސްޕީޑެއްގައި ދުއްވައިފައި އަންނަ ކާރެއް ފެނިގެންނެވެ. އެކާރު ޔަލާއާއި ކައިރިވުމުން އޭނަގެ ލޯ ތަގުޅިކޮށްލެވުނީ ބިރުގަތް ވަރުންނެވެ. އެމަންޒަރު ރިޔާޝާ އަށް ފެނުމުން ދަރިފުޅާއޭ ކިޔައިފައި ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް ދެން އިވުނީ އެކާރުގެ ބުރަކި ޖެއްސިއަޑެވެ. ޔަލާާ އެހެން ހުއްޓާ އެކާރުގެ ދޮރުހޮޅުވުނު އަޑށް ބަލައިލެވުނެވެ. ކާރުން ނިކުމެގެން ދުވެފައި ޔަލާއައި ދިމާލަށް އަންނަނީ ޒުވާން ފުރައިގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ […]
ރަޝިޔާގެ ގަޑިން އެކެއްޖެހީއެވެ .ޑްރެސިން ޓެބަލް ކައިރީ ރީތިވާންްްް ހުރި ޔަލާ ހުރީ ހިސާބަކަށް އަވަސްއަރުވާލައިފައެވެ .އޭނާ ލައިގެން ހުރި ގަދަ މުށިކުލައިގެ ދިގު ފަސްބައި ފުޅާ އެހެދުމުގާ ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ .އެމޫނުމަތިން ފެންނަނީ ތާޒާ ކަމެއެވެ. އެ ދޮން ވަށް މޫނުގައި މޭކަޕެއް ކޮއްފައިނުވާއިރު ބަލައިލަން ހިތްގައިމެވެ . ޔަލާ އަށްް ވީ އަދި އެންމެ އަށާރަ އަހަރު ވިޔަސްް އޭނާ އަކީ އެންމެންނާ ގުޅޭ މިޒާޖެއްގެ ކުއްޖެކެވެ. “ދަރިފުޅާ ޔަލްް..” ދެން […]