Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 33

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login
April 9, 2020 9 Mins Read
32 Comments

“ޑްރީމިންގް އެބައުޓް ޓުނައިޓް؟” ނަވާޒް ހީވީ ނިހާންގެ ހިތުގައި ވާ އެއްޗެއް އެނގިގެން އަހާލި ހެންނެވެ.

ނިހާން ޖަވާބެއް ނުދީ ހީލިއެވެ.

“އޯކޭ، ޑްރީމްވެސް ކުރެވޭނެ ދޯ ދެން…” ހީގަންނަމުން ނަވާޒް ދިމާކޮށްލިއެވެ.

“ސަކަރާތް ޖަހަން ނޫޅޭ” ނިހާން ބުންޏެވެ.

ނިހާންއާ ދައުހާއަށް އެކަނި ވެލެވުނީ އޭގެ ހަތަރު ގަޑި އިރު ފަހުންނެވެ. ވަރުބަލި ވެފައި ތިބި ނަމަވެސް އެކަން އެކަކުގެ ހިތަކުވެސް ނެތެވެ. ދެ މީހުންވެސް ބޭނުން ވީ ވިހާވެސް ގާތްވެ، ދެ ހިތުގައި ވީ ލޯބި އެކަކު އަނެކަކާ ހިއްސާ ކުރާށެވެ. ލޯބީގެ ބަސްތަކާއެކުއެވެ. އަމަލުން އެ ލޯބި ހާމަ ކުރުމުގައި މުޅި އެރޭ ހޭދަ ކުރާށެވެ.

ހަފްތާއެއްގެ ހަނީމޫން މެލޭޝިޔާގައި ހޭދަކޮށްފައި ދައުހާއާ ނިހާން އައިސް ގެޔަށް ވަން އިރަށް ރިޔާން އެންމެ ކުރީގައި ހުރެގެން ދައުހާއާ ދިމާ ކުރަން ފެށިއެވެ. އެންމެންވެސް ރިޔާންއާ ބައިވެރި ވީ ނަމަވެސް އެކަކުވެސް ރިޔާން ދިމާ ކުރާ ވަރަކަށް ނުކުރެއެވެ. އެންމެ ފަހުން އެ ކަން ހުއްޓުނީ ނަޝީލާއާ ނިހާން ބުނުމުންނެވެ. އެއާއެކު ޒައިނާ ދައުހާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަނެވެ.

“ހައު ވޮޒް އިޓް؟ މަޖާތަ؟ ދޮންބެ ވަރަށް ރޮމްތަ؟ ކޮން ތަންތާކަށް ދިޔައީ؟ ޝޮޕިންގްއަށް ދިޔައިންތަ؟ ތަނަކަށް ދާނެ ވަގުތު ވިތަ؟” ޒައިނާ އެއްފަހަރާ އެތައް ސުވާލެއް ދައުހާއާ ކުރަމުން ދިޔައެވެ.

“ސުވާލު ލިސްޓް ނިމުނީމަ ދޯ ޖަވާބެއް ދެވޭނީ. ނިމުނީތަ ތި؟” ޒައިނާ ކުރަމުން ދިޔަ ސުވާލުތަކުން ރަކިވެފައި އިނދެވެސް ދައުހާ ބުނެލިއެވެ.

“ނުނިމޭ، ކައިރިވެސް ނުވޭ. އެކަމަކު ފަހުން ދެން އިންޓަވިއު ކުރާނީ. މިހާރު ބޭނުމީ މަގޭ ފްރެންޑް ހެޕީ ތޯ ޔަގީން ކުރަން، އެކަމަކު އެ ސުވާލު ކުރާކަށް ބޭނުމެއް ނޫން. ދައުއަށް ބަލާލަފަވެސް އެނގޭ ދައު ހެޕީ ކަން. އައިމް ސޯ ހެޕީ” އެކުވެރިޔާ ގައިގައި ޒައިނާ ބައްދާލިއެވެ.

“އެއް ސުވާލުގެ ޖަވާބު މިހާރުވެސް ދީފާނަން. ޒައިގެ ދޮންބެ ވަރަށް ރޮމް” ހިނި އައިސްފައި ދައުހާ ބުނެލީ އެ ސުވާލާ ވިއްދައިގެން އިތުރު ސުވާލު ޒައިނާ ނުކުރާނެ ކަން އެނގޭތީއެވެ.

“އެނގޭ ދޮންބެ ރޮމް ވާނެކަން. އެކަމަކު ދެން ތީ އިތުރު ސުވާލު ކުރެވެން އޮތް ކަމެއް ނޫން ވިއްޔަ. އެއީ ދޮންބެ ނޫން ނަމަ ދޫކޮށެއް ނުލާނަން ހުރިހާ ޑީޓެއިލްސް ނުހޯދައެއް” ދައުހާގެ ގައިގައި ޖަހާލަމުން ޒައިނާ ބުންޏެވެ.

އެއާއެކު ދެ ކުދިން ހޭން ފެށިއެވެ.

“ދެން ދޭ ރެސްޓް ކޮށްލަން. ފަހުން ވާހަކަ ދައްކާލާނީ. އެކަމަކު ދެން ނޭނގެ ދޯ ދައުއަށް އަހަންނާ އެކީ ސްޕެންޑް ކުރާނެ ޓައިން ވާނެ ކަމެއްވެސް؟” ދެންވެސް ޒައިނާ ބެލީ ދައުހާއާ ދިމާކޮށްލެވޭތޯއެވެ.

“އާނ މިހާރު އަހަންނާ ދިމާ ކުރެވޭނީ، ދުވަސްކޮޅަކުން ޒައި މެރީ ކުރީމަ އަހަންނަށްވެސް މި ޗާންސް ލިބޭނެ، އެހާ އިރަށް ނަންނަ ރެޑީ ވެގެން ހުންނާތި” ދައުހާ ކޮޓަރިން ނިކުންނަމުން އިންޒާރެއް ދިނެވެ.

“އޯކޭ. އެ ދުވަހެއްގެ އިންތިޒާރުގަ އަހަރެންވެސް މިހިރީ” ޒައިނާވެސް ދެރައެއް ނުވިއެވެ.

ފެން ވަރައިގެން ނިކުމެ ނިހާން ޝަނާޒްއަށް ގުޅާލިއެވެ.

“މިހާރު ކިހިނެއް؟” ޝަނާޒް ފޯން ނެގުމުން ނިހާން، ބަލިވެ އިން ފަހުން ޝަނާޒް އުޅެނީ ބަލިވެ ކަން އެނގޭތީއެވެ.

އެ ކަންތައް ނިހާންއާ ހިއްސާ ކުރި ރޭ އަސަދުއާ ޝަނާޒްގެ މެދުގައި ހިނގި ދެބަސް ވުމުގެ ވާހަކަ ޝަނާޒް ނިހާން ކައިރިއަކު ނުބުނެއެވެ. ނަމަވެސް އޭގެ ފަހުން ދެ ފަހަރަށް ދެ މީހުން ފޯނުން ވާހަކަ ދެއްކިއެވެ.

“ރަނގަޅު ދެން. އަދި ތި އައީތަ؟” ޝަނާޒް ތެދުވެ ބޯ ދަށަށް އިތުރު ބާލީހެއް ލާފައި ލެނގިލިއެވެ.

“ރަނގަޅެއް ނޫން. ނާޒްގެ އަޑުންވެސް އެނގޭ ރަނގަޅު ނޫން ކަން. ޑޮކްޓަރަކަށް ނުދައްކަންތަ؟ ބޭހެއް ނުދޭތަ؟” ޝަނާޒްއާ މެދު ނިހާން ކަންބޮޑުވިއެވެ.

“ޑޮކްޓަރަށް ދައްކައިފިން، ބޭސްވެސް ކަން. މިހާރު ކުރިއަށް ވުރެ ރަނގަޅޭ. މިހެންވެސް ވާނެ ބައެއް ފަހަރު. އަހަރެން އޯކޭއޭ. ދެން ނިހާން ބުނެބަލަ، ހަނީމޫން ކިހިނެއް؟ ދައު ކޮބާ؟” ޝަނާޒް އެހިއެވެ.

“ހަނީމޫން ވިއްޔާ ދެން ރަނގަޅު ވާނެއެއްނު؟ ދައު ވެއްޖެ މަންމަމެން ކައިރީގަ. ނާޒް އެކަނިތަ ތި އުޅެނީ؟ ކޮބާ ނާޒްގެ ފިރިމީހާ؟ އޭނަ ނާޒް ކައިރީ ނުހުރެ ކޮންތާކު އެ އުޅެނީ؟” ޝަނާޒްއާ މެދު ހިތުގައި ވި ކަންބޮޑުވުން ނުފިލާތީ ނިހާންއަށް ސުވާލު ކުރެވުނެވެ.

“ސާބަސް! ދެން ނުފަށާތި އަސަދުއަށް އެއްޗެހި ކިޔަން. މިތާ އަހަރެން ކައިރީ އިނދެފަ ހަމަ ދެންމެ އެ ދިޔައީ އަހަންނަށް ބޯލާނެ އެއްޗެއް ހިފައިގެން އެބަ އަންނަމޭ ކިޔާފަ. ކީއްވެތަ ތިހާ ކަންބޮޑު ވަނީ؟ އަސަދު ވަރަށް ރަނގަޅޭ ނިހާން. ގަބޫލު ކޮށްބަލަ. އަހަންނަށް ނުޖެހޭ ފެންފޮދެއް ބޭނުން ވެގެންވެސް ބުނެލަންވެސް. އަހަރެން ކަމެއް ބޭނުން ވާ އިރު އަސަދު ހުންނަނީ އެ ކަމެއް ކުރަން” އަސަދުގެ ދިފާޢުގައި ޝަނާޒް ވާހަކަ ދެއްކިއެވެ. ބް.ެއް ހިފައިގެން އެބަ އަންނަމޭ ކިޔާފަާޒްއާ މެދު ނިހާޏްގެ ހިތުގައި ވި ކަންބޮ

“ގަބޫލު ކުރަމޭ އޭނަ ނާޒް ދެކެ ލޯބި ވާ ކަން” ހިނި އައިސްފައި ނިހާން ބުންޏެވެ.

އެ ވަގުތު ޖޫސް ތައްޓަކާ އެކު ސޭންޑްވިޗެއް ހިފައިގެން އަސަދު ކޮޓަރިއަށް ވަނެވެ.

“ހިނގާ އެއްޗެއް ކާލެވޭ ތޯ ބަލަމާ ދޯ؟” އަސަދު ބުނި އަޑު ނިހާންއަށް އިވުނެވެ.

“އިހަށް ބާއްވަނީ އިނގޭ. ދައުއަށް ސަލާން ބުނެދެއްޗޭ” ޝަނާޒް އެ ވަގުތަށް ފޯން ކަނޑާލިއެވެ.

“ކާކު؟” ޝަނާޒް ވާހަކަ ދެއްކީ ނިހާންއާ ކަން އެނގުނު ނަމަވެސް އަސަދު އަހާލިއެވެ.

ޝަނާޒް ހިނި އައިސްފައި އިނދެ އަސަދުގެ އަތުގައި ހިފާލުމުން އަސަދު ޝަނާޒް ކައިރީ އިށީނެވެ.

“ޖޭ ވީތަ؟” ލާނެތް ގޮތަކަށް ޝަނާޒް އަހާލިއެވެ.

“ޖެލަސް އޮފް ހިމް؟ ހީވޭތަ؟” އަސަދުވެސް ބުނެލީ ހަމަ އެ ރާގުގައެވެ.

“ހީވާތީއެއްނު މި އެހީ” ޝަނާޒް ބުނެލީ އަސަދުގެ މޫނުގައި ދެ އަތުން ހިފަހައްޓާލަމުންނެވެ.

“ނޯ…” އަސަދުއަށް އިތުރު އެއްޗެއް ނުބުނެވުނީ ޝަނާޒް އަސަދުގެ ބަސް ހުއްޓުވުމުންނެވެ.

 

ދެ އާއިލާއިން ތައްޔާރު ވަމުން ދިޔައީ އަޒްމަންއާ ޒައިނާގެ ކައިވެންޏަށެވެ. ކައިވެނި ކުރެވެން ހަފްތާއަކަށް ވީ އިރު އަޒްމަންގެ ކޮއްކޮ އަޔާންވެސް ހުރީ މާލޭގައެވެ. ދެ ފަރާތުންވެސް ޕާޓީއެއް ބާއްވަން ބޭނުން ވީ އިރު އަޒްމަންގެ އާއިލާއިން ބޭނުން ވަނީ އާއިލާގެ ފުރަތަމަ ކައިވެނި ޕާޓީ ވީހާވެސް ކުލަ ގަދަކޮށް ބާއްވާށެވެ. އެ ގޮތާ ޒައިނާ އެއްބަސް ވިއެވެ. ހުރިހާ ކަމެއްގައި ދެ އާއިލާ އެކީ ބައިވެރިވަމުން ދިޔައެވެ. ކައިވެންޏަށް ފަހު ދެ ހަފްތާ ފަހުން އަޒްމަން ކިޔަވަން ފުރަން ހަމަ ޖެހިފައި އޮތުމުން ދެ މީހުން ނިންމީ ހަނީމޫނަކަށް ނުދާށެވެ. އެ ގޮތް ކަމުނުގޮސްގެން ނާދިޔާ ބުނުމުން، ފުރުމުގެ ކުރިން ލިބޭ އެންމެ ފަހު ދުވަސްކޮޅު ދެ މީހުންވެސް ބޭނުން ވަނީ އާއިލާއާ އެކު ހޭދަ ކޮށްލުމަށް ކަމަށް އަޒްމަންއާ ޒައިނާވެސް ބުނުމުން ނާދިޔާ ގޮތްދޫކުރީ ކުދިންގެ އުފަލަށް ޓަކައެވެ.

އުފަލާ މަޖަލުގައި ހޭދަ ކުރަމުން އައި ދުވަސްތަކަށް ކުއްލިއަކަށް ހުއްޓުމެއް އައީ އެކަކުވެސް ހީކޮށްފައި ނުވާ ގޮތަކަށެވެ. ޒައިނާގެ ދުނިޔެ ބަދަލު ވެގެން ދިޔައީ ހުވަފެނެއްގައިވެސް ނުދެކޭހާ ހިތާމަ އެ ހިތަށް ދެމުންނެވެ.

އެއީ ކައިވެންޏަށް ރަން ކިޔަން އޮތް ދުވަހެވެ. ކައިވެނި ކުރަން އެންމެ ހަފްތާއަކަށް ވެފައި އޮއްވައެވެ. ހެނދުނު ހޭލި އިރުވެސް އަދާ އޮތީ ހުން އައިސްފައެވެ. އެ ދުވަހު އަދާ ޑޮކްޓަރަށް ދައްކާފައި ބޭސް ދިނުމުން ދެ ދުވަސް ވީ އިރު ހުން މަޑުވިއެވެ. ނަމަވެސް ތިން ވަނައަށް ވީ ދުވަހު އަނެއްކާވެސް ހުންއައީއެވެ. ހޮޑުލެވި ބޭރަށް ހިންގަން ފެށިއެވެ. އެއަށް ފަހު އަދާގެ ހުން މަޑެއް ނުވިއެވެ. ހޮސްޕިޓަލަށް ދިޔުމާއެކު އަދާ އެޑްމިޓް ކުރީއެވެ. އޭގެ ފަހުން ތިން ދުވަސް ވީ އިރު އަދާގެ ހާލު ހައްތަހާ ގޯސް ވެ އައިސީޔޫ އަށް ބަދަލު ކުރިއެވެ. ކޮންމެ ދުވަހަކު އެތައް ޓެސްޓްތަކެއް ހަދާ، ޑޮކްޓަރުންނަށް ދެވެން ހުރި ފަރުވާއެއް ދިން ނަމަވެސް އެއްވެސް ފައިދާއެއް ނުކުރިއެވެ.

އަދާ އެޑްމިޓް ކުރި ފަހުން ޒައިނާ އެންމެ ފަހަރަކުވެސް ގެއަކަށް ނުދެއެވެ. އިރުކޮޅަކަށްވެސް އަދާ ކައިރިން ދުރަށް ނުދެއެވެ. ކާ އެއްޗެއް ނުކެވެއެވެ. ނަޝީލާއާ ވަސީމް އަބަދު ޒައިނާ ކައިރީ ތިބެއެވެ. ޗުއްޓީ ނަގައިގެން އަޒްމަންވެސް ހުރިހާ ވަގުތެއް ހޭދަ ކުރީ އަދާ ކައިރީގައެވެ. ކޮންމެ ދުވަހަކު އަޒްމަންގެ އާއިލާ އެންމެންވެސް އާދެއެވެ. އަދާގެ ހާލު ފެނި ރޮވެނީ ނަޝީލާއެކޭ އެއްގޮތަށް ނާދިޔާއަށްވެސް ރޮވެއެވެ. ޒައިނާ އިންނަ ގޮތް ފެނި ދައުހާއާ އާރާވެސް ކަންބޮޑުވިއެވެ.

އަދާއަށް އެއް އަހަރު ފުރުނު ދުވަހަކީ އެ ތުއްތު ކުއްޖާ މި ދުނިޔެއަށް އެންމެ ފަހުގެ ނޭވާ ލީ ދުވަހެވެ. އެ ވަގުތު އަދާ ކައިރީ ހުރި އަޒްމަން ޒައިނާ ގައިގައި ބައްދާލީ ރޮމުންނެވެ. ޒައިނާ އަނބުރައިގަނެގެން ވެއްޓުނީ އަޒްމަންގެ އަތުތެރެއަށެވެ. ނުރޮވޭ އެކަކުވެސް އެތާ ނެތެވެ.

ދަރިފުޅާ އެންމެ ފަހުގެ ސަލާން ކޮށްލަން ވީ ވަގުތު ޖެހުމުން ޒައިނާއަށް ބާރަށް ރޮއެގަނެވުނެވެ.

“ނޫން މަންމާ… ޕްލީޒް… މަގޭ ދަރިފުޅު… މަގޭ ދަރިފުޅު…” ނަޝީލާ އައިސް ޒައިނާ ގައިގައި ހިފަހައްޓަލުމުން ޒައިނާ ބުނަމުން ދިޔައެވެ.

“ޒައިނާ… ދަރިފުޅާ… އަޑު އަހާބަލަ… ތިހެން އުޅޭކަށް ނުވާނެ… ތި ވަރަށް ރޯކަށް ނުވާނެ…” ނުރުއިމަށް އެދި ޒައިނާއަށް ނަސޭޙަތް ދެމުން ދިޔަ އިރު ނަޝީލާއަށްވެސް ރޮވެނީއެވެ.

އަދާ ބަލިކަން ޝަނާޒްއަށް އެނގުނީ ނިހާން ބުނުމުންނެވެ. އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ޝަނާޒް އަދާގެ ޙާލު ބަލަން ގުޅައެވެ. ހޮސްޕީޓަލަށް ދާން ބޭނުން ވި ނަމަވެސް ނިހާން އެދުނީ ޝަނާޒް ނައުމަށެވެ.

އެ ދުވަހުވެސް ޝަނާޒް ގުޅީ އަދާހެ ހާލު ބަލާށެވެ. އެ ފަދަ ހިތާމަވެރި ޚަބަރެއް ލިބިދާނެ ކަމަކަށް ޝަނާޒް ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ. ނިހާންގެ ފަރާތުން ލިބުނު ޚަބަރަކުން ޝަނާޒް ދުވެފައި ކޮޓަރިން ނިކުތީ ރޮމުންނެވެ.

“ޝަނާ، ކިހިނެއް ވީ؟” ހުޒާމްއާ އެކު ޓީވީ ބަލަން އިން އަސަދު ކަންބޮޑުވެގެން ތެދުވެގެން އައިސް ޝަނާޒްގެ ގައިގައި ހިފަމުން އެހިއެވެ.

“އަސަދު… އަދާ… އަދާ… ޒައިނާގެ ދަރިފުޅު… އަސަދު، އެ ކުއްޖާ މަރުވެއްޖެ… އަހަރެން ބޭނުން ސަހަރާއަށް ދާން… ޕްލީޒް، އަހަރެން ގޮވައިގެން ހިނގާ… ޕްލީޒް…” ރުއިމުގެ ތެރެއިން ވާހަކަ ދައްކަމުން ޝަނާޒް އަސަދުގެ އަތުގައި ހިފައިގެން ގެއިން ނިކުންނަން ދިޔައެވެ.

“ކީކޭ؟ ކާކު… ކާކު ޝަނާ ކައިރީ ބުނީ؟” ކާމޭޒު ކައިރީ ސައި ބޯން އިން އިޔާދު އެ ވަގުތު ތެދުވެފައި އެހީ އެ ވާހަކަ ގަބޫލު ކުރަން ދަތި ވުމުންނެވެ.

އިޔާދުއަށް ބަލާލާފައި ޝަނާޒް ޖަވާބެއް ނުދީ އަސަދުގެ އަތުގައި ހިފައިގެން ނިކުންނަން ދިޔައެވެ.

“ޝަނާއަކަށް ނުދެވޭނެ އެ ތަނަކަށް” ޝަނާޒްއަށް ދިރާ ހަމައަށް ނުދެވެނީސް ރާބިޔާ އަޑަށް ބާރު ލާވައި ބުންޏެވެ.

ގަބޫލު ނުކިރެވިފައި ޝަނާޒް އެނބުރި ރާބިޔާއާ ދިމާއަށް ބަލާލިއެވެ.

“އަސަދު…” އާދޭހާއެކު އަސަދުގެ މޫނަށް ބަލާލަމުން ޝަނާޒް ގޮވާލިއެވެ.

“އަހަރެން މި ބުނީނު ޝަނާ ގޮސްގެން ނުވާނެޔޭ؟ އަސަދުވެސް ގޮސްގެން ނުވާނެ، ޝަނާވެސް ގޮސްގެން ނުވާނެ” ރާބިޔާ އަނެއްކާވެސް ބުނެލިއެވެ.

ދެންވެސް ޝަނާޒް ބަލާލި އަސަދުއަށެވެ.

ރާބިޔާއާ ދިމާއަށް އެއް ފަހަރު ބަލާލާފައި އަސަދު ދޮރު ހުޅުވާލިއެވެ.

“އަސަދު!” ރާބިޔާ އައިސް އަސަދުގެ އަތުގައި ހިފެހެއްޓިއެވެ.

“އަދިވެސް ތި ކަންތައް ހުއްޓާލާކަށް ނުވޭތަ މަންމާ؟ މަންމަގެ ކޮއްކޮ ނިޔާވީ އެގޭ އެކަކުގެވެސް ކުށަކުން ނޫނޭ. ކޮން އިރަކުންތަ މަންމައަށް ވިސްނޭނީ؟ ކިހާ ދުވަހެއް ވަންދެން ތި ނަފްރަތު މަންމަގެ ހިތުގަ ބާއްވައިގެން އުޅޭނީ؟ މި ދަނީ މަރުވެފަ އޮތް ކުށެއް ނެތް ތުއްތު ކުއްޖެއްގެ މޫނު ބަލަން، ފަހު ފަހަރަށް. އެވެސް އެކަކު ގަބޫލު ނުކުރިޔަސް މަންމަގެ ފުރަތަމަ މާމަ ދަރިފުޅުގެ…

އިޔާދު ޒައިނާއަށް އެހެން ހެދީވެސް މަންމަ ހިތުގަ އާލާކޮށްގެން ތި އުޅޭ ނަފްރަތުގެ ސަބަބުން. އަހަރެން ގަދަ ކަމުން ޝަނާއާ އިނީވެސް އެހެންވެ. އެގޭ މީހުންނަށް ދެރަ ދޭން ވެގެން. ކާކަށްތަ ފައިދާއެއް ވީ ތި ނަފްރަތުން؟ އަދިވެސް ތި ކަންތައް ހިތުން ފޮހެލަން ނުވޭތަ؟” އެ ޒަމާންވީ ނަފްރަތު މަންމަގެ ހިތުން ފޮހެލަން އަސަދު ބޭނުންވިއެވެ.

“އެއީ ތެދެއް ރާބިޔާ. މިހާރު އޭގެ ފަހުން ފަންސަވީސް އަހަރަށް ވުރެ ގިނަ ދުވަސް ވީ. ހަނދާން ނައްތާލާކަށް ނުވޭތަ؟” ހުޒާމް އައިސް ރަބިޔާގެ ދެ އަތުގައި ހިފާލަމުން އަހާލިއެވެ.

“އަހަރެން ހަނދާނެއް ނުނެތޭނެ… އަހަރެންގެ ހުރީ އެންމެ ކޮއްކޮއެއް… އެ ނޫނިއްޔާ އެއްވެސް މީހަކު ނތް އިރުވެސް… އަހަރެން ދުވަހަކުވެސް ނަޝީލާއަކަށް ހިތް ހެވެއް ނުވާނެ… އެއީ އިޔާދުގެ ދަރިއަކަށް ހެޔޮ. މިގޭ އެކަކުވެސް އެތަނަކަށް ގޮސްގެން ނުވާނެ” ރާބިޔާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

“އަސަދު، ދާނަންތަ؟” އަސަދުގެ އަތުގައި ހިފަ ދަމާލަމުން ޝަނާޒް އެހިއެވެ.

މަންމައާ ދިމާއަށް ބަލާލާފައި ދެ ފަރާތަށް ބޯ ހަލުވާލާފައި އަސަދު ނިކުތެވެ.

ނަޝީލާ ގައިގައި ބައްދާލައިގެން ހުރެ ބާރަށް ރޮމުން ދިޔަ ޒައިނާ ފެނިފައި ޝަނާޒްގެ ލޮލުން ކަރުނަ އައެވެ. ފުރަތަމަ ޝަނާޒްއަށް ފެނުނު އިރު ޒައިނާއަކީ ބާރަ އަހަރުގެ ކުޑަ ކުއްޖެކެވެ. ނަމަވެސް މިއަދު ޒައިނާ އެ ރޮނީ އަމިއްލަ ދަރިފުޅު ވަކިވެ ދިޔުމުގެ ހިތާމައިގައެވެ. ޒައިނާއަށް ޓަކާ ޝަނާޒްގެ ހިތް ހަމްދަރުދީ އިން ފުރިގެން ދިޔައެވެ.

އެންމެންނާ ދުރުގައި އަސަދު މަޑުކޮށްލާފައި ޝަނާޒްއަށް އެ މީހުން ކައިރިއަށް ދިޔުމަށް އިޝާރާތް ކޮށްލިއެވެ. ބޯ ޖަހާލާފައި ޝަނާޒް ގޮސް ޒައިނާގެ ކޮނޑުގައި އަތް ޖައްސާލިއެވެ.

“ނާޒް ދައްތާ…” ޝަނާޒް ފެނުމުން ޒައިނާ ގޮވާލިއެވެ.

ޝަނާޒް ބޯ ޖަހާލުމާއެކު ޒައިނާ ނަޝީލާ ގައިން ދޫކޮށްލާފައި ޝަނާޒް ގައިގައި ބައްދާލިއެވެ.

އެ ތަނުން ޝަނާޒް ފެނުމުން ނިހާން ބޭރަށް ބަލާލީ އަސަދު ހުރެދާނެ ހެން ހީވުމުންނެވެ. ދުރުގައި އަސަދު ހުރި ތަން ފެނުނު ނަމަވެސް ނިހާން އަޅައެއް ނުލިއެވެ. ނަވާޒްއާ އަޔާޒްއަށްވެސް އަސަދު ފެނުނެވެ. ނަމަވެސް އެކަކުވެސް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އެ ވަގުތު ކޮންމެ މީހެއްގެ ހިތުގައިވެސް ވީ އަދާ ވަކިވުމުގެ ހިތާމައެވެ.

އަސަދުއާ ޝަނާޒް ނިކުތުމުން އިޔާދުވެސް އެ މީހުންގެ ފަހަތުން ނިކުންނަން އުޅުމުން ރާބިޔާ އައިސް އިޔާދުގެ އަތުގައި ހިފެހެއްޓިއެވެ.

“އިޔާދު ކޮން ތަނަކަށް ދާން ތި އުޅެނީ؟” ރާބިޔާ އެހިއެވެ.

ޖަވާބެއް ނުދީ ރާބިޔާގެ އަތް ފޮޅުވާލާފައި އިޔާދު ދޮރު ހުޅުވާލިއެވެ.

“އިޔާދު ގޮސްގެން ނުވާނެ އެ ތަނަކަށް. ނޭނގޭތަ އިޔާދު ގޮއްސިއްޔާ ވާނެ ގޮތެއް؟ އެގޭ އެކަކުވެސް އިޔާދު ދޫކޮށްނުލާނެ” ރާބިޔާ އަނެއްކާވެސް އިޔާދުގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“އަހަރެން މީ އެ މީހުން ނަމަވެސް ދޫކޮށެއް ނުލާނަން. އަހަރުމެންނަށް ކުރެވުނު ކަންތައް އަދިވެސް މަދީތަ މަންމާ؟ އަހަންނަށް ކުރެވުނު ފާފައިގެ ބަދަލުގަ ޒައިނާގެ މާފު ނުލިބުނަސް އަހަރެން ބޭނުން އެންމެ ފަހަރަކު ނަމަވެސް އެ ދަރިފުޅުގެ މޫނު ދެކިލަން. އޭގެ ފަހުން އަހަރެން މަރުވާން ޖެހުނަސް ހެޔޮ” އެހެން ބުނެފައި އިޔާދު ނިކުތެވެ.

އިޔާދު ސަހަރާއަށް ވަން ތަން ފެނުނީ ނަވާޒްއާ ރާއިދުއަށެވެ. އިޔާދު ފެނުމާއެކު ނަވާޒް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ރާއިދު ބަލަން ހުރީއެވެ. ނަމަވެސް އިޔާދު އެތެރެއަށް ވަންނަން އައުމުން ދެ މީހުން އިޔާދު ހުފެހެއްޓިއެވެ.

އިޔާދު މަސައްކަތް ކުރީ ނަވާޒްއާ ރާއިދުގެ އަތްދަށުން ސަލާމަތް ވެގެން ގޮސް އެންމެ ފަހަރަކު ނަމަވެސް ދަރިފުޅުގެ މޫނު ދެކިލާށެވެ.

ދޮރުމަތިން އަޑު ގަދަވެގެން ވަސީމްއާ އަޔާޒް ނިކުތީ ވެގެން އުޅޭ ގޮތެއް ބަލާށެވެ.

“ނަވާޒް، ރާއިދު، ދޫކޮށްލާ!” ވަސީމްގެ އަޑަށް ނަވާޒްއާ ރާއިދު ބަލާލި ނަމަވެސް އެކަކުވެސް ދޫކޮށެއް ނުލިއެވެ.

“އަޑެއް ނީވޭތަ؟ މި ބުނީ ދޫކޮށްލާށޭ” ވަސީމް ކުރިއަށް ވުރެ ބާރަށް ބުންޏެވެ. ނަވާޒްއާ ރާއިދު އިޔާދު ގައިން ދޫކޮށްލަމުން ދުރަށް ޖެހުނެވެ.

ވަސީމްއަށް ބަލާލާފައި އިތުރު އެއްޗެއް ނުބުނުމުން އިޔާދު އެތެރެއަށް ވަނެވެ. ނަމަވެސް ދެންވެސް ހުއްޓުނީ އަސަދު ހިފެހެއްޓުމުންނެވެ.

“އިޔާ…” ކޮއްކޮގެ މޫނަށް ބަލާލަމުން އަސަދު ދެ ފަރާތަށް ބޯ ހަލުވާލީ ނުވަންނާށޭ ބުނުމަށެވެ. ޒައިނާ ހުރި ގޮތުން، އިޔާދު ފެނުމުން ޒައިޏާގެ ހާލު ހައްތަހާ ވާނީ ގޯސް ކަން އަސަދުއަށް ވިސްނެއެވެ. އަދާގެ މޫނު ދުށުމަށް އެއީ އިޔާދުއަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަން އެނގޭ އިރު ޒައިނާގެ ކުރިމައްޗަށް އެ ވަގުތު އިޔާދު އެރުމުން ދެން ވެދާނެ ގޮތް އަސަދުއަށް އަންދާޒާ ކުރެވެއެވެ.

ނަމަވެސް އިޔާދު އެ ވަގުތު ހުރީ އެއްވެސް މީހަކު ބުނާ އެއްޗެއް އަޑު އަހާ ގޮތަކަށް ނޫނެވެ. އަސަދުގެ އަތް ފޮޅުވާލާފައި އިޔާދު ކުރިއަށް ދިޔައެވެ.

އަދާގެ ފައިލާ ކޮޅޫގައި ހުއްޓިފައި އިޔާދު އެ ތުއްތު މޫނަށް ބަލާލިއެވެ. ނަޝީލާއާ ޝަނާޒްގެ މެދުގައި ހުރި ޒައިނާއަށް އެ މަންޒަރު ފެނުމުން ސިހިފައި ފަހަތަށް ޖެހިލެވުނެވެ. އެކަކުވެސް އެއްޗެއް ނުބުނެ ތިބީ ޒައިނާ ހަދާ ގޮތެއް ބަލާށެވެ.

އަދާގެ މޫނަށް ބަލަން ހުރި އިޔާދުގެ ހިތަށް އެކިއެކި ހަންދާންތައް ވެރިވަމުން ދިޔައެވެ. އެންމެންގެ ކުރިމަތީގައި ޒައިނާ އެ ހަދަނީ ދޮގެއް ކަމުގައި އިޔާދު ބުންޏެވެ. އެ ދުވަހު އިޔާދު ދެރައެއް ނުވެއެވެ. ނަމަވެސް މިއަދު އިޔާދު ދެރަވަނީއެވެ. ޒައިނާ ކައިރިން މާފަށް އެދެން ބޭނުން ވަނީއެވެ. ކުރި ފާފައިގެ ނަތީޖާއަކަށް ވީ އެ ދަރިފުޅު، އަމިއްލަ ދަރިއެއް ކަމަށް ގަބޫލު ކުރަން ދެކޮޅު ހެދި ދަރިފުޅު، މިއަދު މޭގައި ޖައްސާލަން އެދެވެނީއެވެ. ހިތުގައި އިތުރި އަރަމުން ދިޔަ ލޯބި، ފުރުސަތު އޮއްވާ އެ ދަރިފުޅަށް ދެވުނު ނަމައެވެ.

ނަމަވެސް މިހާރު ވަގުތު ފާއިތު ވެއްޖެއެވެ. ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

ދަރިފުޅުގެ މޫނުގައި ޖައްސާލުމަށް އިޔާދު އަތް އުފުލާލިއެވެ.

“އަތް ނުލާތި!” އިޔާދުއަށް ބަލަން ހުރި ޒައިނާ އެ ވަގުތު ހަޅޭ ލަވައިގަތެވެ.

ސިހިފައި ޒައިނާއަށް ބަލާލާފައި އަނެއްކާވެސް އިޔާދު އަދާ ގައިގައި އަތް ލާން އުޅުނެވެ.

ޒައިނާ އައި ރުޅީގައި އައިސް އިޔާދުގެ މޭގައި އަތް އަޅާ ކޮއްޕާލިއެވެ.

“މަގޭ ދަރިފުޅުގެ ގައިގައި އަތް ނުލާށޭ ބުނީމަ އަޑެއް ނީވޭތަ؟ ތީ މޫނު ބަލަން އައި މީހެއް ވިއްޔާ މޫނު ބަލާފަ މި ތަނުން ނިކުމޭ” ޒައިނާ ބުންޏެވެ.

“އައިމް ސޮރީ ޒައިނާ…”

އިޔާދުއަށް ފުރަގަސް ދީފައި އެނބުރުނު ޒައިނާއަށް އިޔާދު އެހެން ބުނި އަޑު އިވުމުން ފަހަތަށް އެނބުރި އިޔާދުއާ ދިމާއަށް ބަލަން ހުރީއެވެ.

“އައިމް ސޮރީ ޒައިނާ، އަހަންނަށް މާފު ކޮށްދީ…” ދެ ވަނަ ފަހަރަށްވެސް އިޔާދު މާފަށް އެދުނެވެ.

“މާފަށް އެދޭ ވަރުގެ ކަމެއް ކުރިންތަ؟ އެ ވަރު ކަމެއް ކުރިއްޔާ މި އެންމެން ތެރޭ ބުނަން ކެރޭނެތަ؟ އެ ކުއްޖާ ކައިރިން މާފަށް އެދެވޭނެތަ؟” އެންމެ ފަހު ސުވާލު ޒައިނާ ކުރީ އަދާއަށް އިޝާރާތް ކޮށްލަމުންނެވެ.

ޖަވާބެއް ނުދީ އިޔާދު އިސް ޖަހާލިއެވެ.

“ތި ވާ ވަރު. ކާކަށް ކޮން ކަމެއް ސާބިތު ކޮށްދޭން މިއަދު މި ތަނަށް ތި އައީ؟ މިތާ މަރު ވެފަ އެ އޮތީކީ އިޔާދުއަކާ ގުޅުމެއް ހުރި ކުއްޖެއް ނޫން. މަގޭ ދަރިފުޅު މަރުވީމަ އެ ކަމާ އުފާ ކުރަންތަ ތި އައީ؟” ޒައިނާއަށް ވާހަކަ ދައްކަމުން ގޮސް ރޮވުނެވެ. ނަޝީލާ އައިސް ޒައިނާގެ ގައިގައި ބައްދާލިއެވެ.

“އަހަރެންގެ ދަރިފުޅުގެ މޫނު ބަލަން އަހަރެން އައީ” ހިމޭން ވެފައިވި ތަނުގައި އިޔާދުގެ އަޑު ސާފުކޮށް އިވުނެވެ.

“މިތާކު ނެތް އިޔާދުގެ ދަރިއެއް…” ރުއިމުގެ ތެރެއިން ޒައިނާ ބުންޏެވެ.

“އަހަރެންގެ ދަރިފުޅުގެ މޫނު ބަލަން އަހަރެން އައީ” އިޔާދު އަނެއްކާވެސް އެހެން ބުނެލަމުން އަދާގެ މޫނުގައި އަތް ޖައްސާލިއެވެ.

ނަޝީލާއާ ދުރަށް ޖެހިލަމުން ޒައިނާ އަނެއްކާވެސް އިޔާދުގެ މޭގައި އަތް އަޅާ ކޮއްޕާލިއެވެ. އެއާއެކު އިޔާދުގެ މޫނުގައި ޖަހަން އަތް މަޅާލިއެވެ.

ނަމަވެސް އިޔާދު ޒައިނާގެ އަތުގައި ހިފެހެއްޓިއެވެ.

“އަހަރެންގެ ދަރިފުޅޭ އެއީ. ޒައިނާ ކޮންމެ އެއްޗެއް ބުންޏަސް އެ ކަމެއް ބަދަލެއް ނުވާނެ. އަހަރެން ގަބޫލު ކުރަން އަހަންނަކީ ކުށްވެރިއެއް ކަން. އެކަމަކު މިއަދު އަހަރެން ދެރަވޭ އޭރު ކަންތައް ކުރެވުނު ގޮތުން. އެހެންވެ މާފަށް މި އެދެނީ. އެންމެ ފަހަރަކު އެ ދަރިފުޅު ގައިގަ އަތް ޖައްސާލުން އަހަރެން އެދެނީ” އިޔާދުގެ އަޑު ތުރުތުރު އަޅަމުން ދިޔައީ ވެފައި ހުރު ދެރައިންނެވެ.

“ދަރިފުޅޭ…؟ ލަދެއް ނުގަނޭތަ ތިހެން ބުނަން؟ އިޔާދުއަކަށް ނުބުނެވޭނެ ތިހެންނެއް. އެއީ އިޔާދުގެ ދަރިއެއް ނޫން. އެއީ މަގޭ ދަރިއެއް. މަގޭ އެކަނި ދަރިއެއް. ހަނދާން ނެތުނީތަ އެ ދުވަހު ބުނީ ކީކޭ ކަން؟

ދަރިފުޅޭ ބުނާ އިރު އޭނަ ބަލި ވެގެން ހުން ގަދަ ވެގެން ރުއި އިރު އެ އަޑު އެހިންތަ؟ ނޭވާ ނުލެވިގެން އޭނަ ތެޅުނު އިރު ކުރެވޭނެ ކަމެއް ނެތިފަ މަޖުބޫރު ވެގެން އެ މަންޒަރު ބަލަން ހުރިންތަ؟ ހަދާނެ ގޮތެއް ނުވިސްނިފަ އެ ކުއްޖާ އުނގަށް ލައިގެން އިންނަ އިރު ހިތަށް އަރަނީ ކީކޭ ކަން ވިސްނޭތަ؟

އެ ހުރިހާ ދުވަހު، އެ ހުރިހާ ވަގުތެއްގަ އަހަރެން ކައިރީ ހުރީ އަޒްމަން. އަދާއަކީ އަހަރެން ނޫން މީހެއްގެ ދަރިއަކަށް ވާނަމަ އެ މީހަކީ އަޒްމަން. ތި އިޔާދުއެއް ނޫން” އަދާގެ ބޮލާ ވީ ފަރާތުގައި ހުރި އަޒްމަންއާ ދިމާއަށް އަތް ދިއްކޮށްލަމުން ޒައިނާ ބުންޏެވެ.

“ދޭ މި ތަނުން…” ލޯ ފޮހެލަމުން އެހެން ބުނެފައި ޒައިނާ އެނބުރުނެވެ. ނަމަވެސް ކުރިއަށް އަޅާލި ފިޔަވަޅާއެކު ޒައިނާ ވެއްޓުނީއެވެ. ނަޝީލާ ތިރިވެ ޒައިނާ ނަގަން އުޅުނެވެ. ދުރުގައި ހުރި ވަސީމް އައިސް ނަޝީލާއަށް އެހީވިއެވެ. އަޒްމަންވެސް ކައިރިއަށް އައެވެ.

“ބައްޕާ، އަޒްމަން… އޭނަ ކައިރީ ބުނޭ ދާށޭ… އެހެން ނޫނީ އަހަރެން މޮޔަ ވެދާނެ… ބުނޭ ދާށޭ…” ތުރުތުރު އަޅަމުން ދިޔަ ދެ އަތުން ވަސީމްއާ އަޒްމަންގެ އަތުގައި ހިފަމުން ޒައިނާ އެދުނެވެ.

“ޒައިނާ ޕްލީޒް… އަހަންނަށް މާފު ކުރޭ… އައިމް ސޮރީ… އައިމް ސޮރީ… ޕްލީޒް…” ޒައިނާ ކައިރިއަށް ތިރި ވަމުން އިޔާދު އަނެއްކާވެސް މާފަށް އެދުނެވެ.

“އަހަންނަށް ކޮން މާފެއް ކުރެވޭނީ؟ ކުރި ކުށުގެ ނަތީޖާވެސް އެ ފޮހެވުނީ. އަދާ މަރުވީ… ދެން ކޮން މާފެއް؟ އިޔާދު މާފަށް އެދެންޏާ އަދާގެ ކިބައިން މާފަށް އެދޭ، އަދާގެ މާފު ލިބުނު ދުވަހަކުން އަހަރެން ކައިރިން މާފަށް އެދެން އާދޭ. އޭގެ ކުރިން އަހަރެންގެ ކުރިމައްޗަށް އައިސްގެން ނުވާނެ” ޒައިނާ މަޑުމަޑުން ބުންޏެވެ.

“ޒައިނާ… ޕްލީޒް…” އިޔާދުގެ ލޮލުން ކަރުނަ އައީ އަދާގެ ކިބައިން މާފަށް އެދެން ޖެހޭ ކަން ހިތަށް ވިސްނުމުންނެވެ. ކުރި ކުށަށް މާފު ނުލިބި އިޔާދުއަށް ހަމަޖެހުމެއް ނެތްކަން ވިސްނުމުންނެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ކައިރީގައި އެހެނަސް.. ދުރުގައި… 9

Next

ޝާޔަން (ފުރަތަމަބައި)✨

Next
April 9, 2020

ޝާޔަން (ފުރަތަމަބައި)✨

Previews
April 9, 2020

ކައިރީގައި އެހެނަސް.. ދުރުގައި… 9

32 Comments!

  1. zubaidha says:
    April 9, 2020 at 8:10 pm

    Good!

    1. Mar Sha Marsha says:
      April 10, 2020 at 10:30 am

      Thank u

  2. Faadukiyuntherieh says:
    April 9, 2020 at 8:45 pm

    Hadieh noon

    1. Mar Sha Marsha says:
      April 10, 2020 at 10:31 am

      Thank u

  3. Meekkomee says:
    April 9, 2020 at 8:48 pm

    Siss….. Story is awesome ????? Masha Allah ??? varah Varah Reethi ????? whn is next curiously waiting for it ???? luv yeahhhh ❤️❤️❤️ stay home be safe ❤️❤️❤️???

    1. Mar Sha Marsha says:
      April 10, 2020 at 10:32 am

      Thank u

  4. Yaal says:
    April 9, 2020 at 8:55 pm

    Maasha Allah……….so interesting……….. When next part………..

    1. Mar Sha Marsha says:
      April 10, 2020 at 10:33 am

      Thank u

  5. Adhee says:
    April 9, 2020 at 8:59 pm

    Mi part ves varah reethi! when is next part ?

    1. Mar Sha Marsha says:
      April 10, 2020 at 10:34 am

      Thank u

  6. Snappy says:
    April 9, 2020 at 9:11 pm

    Alhey ????
    warah reethi mi part! heewany storyvnimen ulhey hen!

    1. Mar Sha Marsha says:
      April 10, 2020 at 10:34 am

      Thank u

  7. Kairaa says:
    April 9, 2020 at 9:24 pm

    Varah varah reethi mi part vx………. Curiously waiting for the nxt part…………. Sis Whn nxt…………Waiting………. Waiting……….

    1. Mar Sha Marsha says:
      April 10, 2020 at 10:35 am

      Thank u

  8. Liyaa says:
    April 9, 2020 at 9:29 pm

    Maasha allah ?☹️?❤️

    1. Mar Sha Marsha says:
      April 10, 2020 at 10:35 am

      Thank u

  9. Mar Sha Marsha says:
    April 9, 2020 at 10:37 pm

    Hi everyone, didnt have time to comment when I uploaded this part. Ehcheh bunelan beynun upload kurun las vaa sababaa hedhi. I welcum all comments. But upload kurevey leh las vaa fahareh ga Marsha bunedhen las vaa sababu. I hv 3 kids, 2 are in school and e kudhin ge online classes ovey 09.00 to 14.00 ah. So eyge fahun ehen kamakaa ulheveny, vaahaka liyun noonas varah gina kanthah hurey kuran, ehen veema vaahaka upload kurun las vany, ekamaku ves bunaa dhuvahu upload kollan. I hope readers understand vaane kamah. Kury baiga kujjaku koffa in comment fenifa v dhera vi.
    Hope u all liked this part. Next part on sunday.
    Stay at home n be safe
    Wish u all a blessed friday.
    ???❤️❤️❤️

  10. Fathey says:
    April 9, 2020 at 10:57 pm

    Nihan mee kihineivegen ulhey meehei adhives hithun nufilaahen heevany vaguthei vaairah e anhenaa ah gulhan boa halaaku

    1. nai says:
      April 9, 2020 at 11:46 pm

      aan ekeyyy… mavess hithah araa thihennn….

    2. Mar Sha Marsha says:
      April 10, 2020 at 10:36 am

      Thank u

  11. Lolly says:
    April 9, 2020 at 11:52 pm

    Fohelan sihureh hadhanv nu

    1. Mar Sha Marsha says:
      April 10, 2020 at 10:37 am

      ? Thank u

  12. Reesh says:
    April 10, 2020 at 12:37 am

    One of the best story ever read ♥️?

    1. Mar Sha Marsha says:
      April 10, 2020 at 10:37 am

      Thank u

  13. ?? says:
    April 10, 2020 at 2:19 am

    Woow varah reethi maashaa allah .☺️☺️ keep up the hard work marsha ??

    1. Mar Sha Marsha says:
      April 10, 2020 at 10:38 am

      Thank u

  14. Adhy says:
    April 10, 2020 at 9:25 pm

    Mi par ves varah reethi ! Whn is next part ?

    1. Mar Sha Marsha says:
      April 11, 2020 at 10:56 am

      Thank u

  15. Aish says:
    April 11, 2020 at 11:26 am

    Hama vvvvvv reethi mi bai?❤️❤️ curiously waiting for the next part

    1. Mar Sha Marsha says:
      April 12, 2020 at 11:23 am

      Thank u

  16. Nam says:
    April 12, 2020 at 2:49 pm

    Kon irakun next……..

    1. Mar Sha Marsha says:
      April 12, 2020 at 3:56 pm

      Now uploaded

Comments are closed.


All Right Reserved!