Skip to content
އެސްފިޔަ

މި ހިތުގެ ލޯތްބޭ ތީ

3 ވަނަ އެޕިސޯޑް

” އެކަމަކުވާ ޖުމް.. އާރ ޔޫ މޭޑް؟ ” ” ޔެސް އައި އޭމް މޭޑް. އައި އޭމް އިން ލަވް ދާއިން” ލުއި ހިނިތުން ވުމަކާއި އެކު އެހެން ބުނެލުމަށް ފަހު ޖުމާ އޮފްލައިންވިއެވެ. އަޝްފާންގެ ހިޔާލުތަކާއެކު އަރާމުކޮށް ނިދާލުމުގެ ބޭނުމުގައެވެ.

އައު ދުވަހަކަށް އިރުގެ ދޯދިތަކުން ފަޒާގެތެރެއަށް އަލިކަން ފަތުރަމުން ދިޔަ އިރު ކޮފީ މަގެއް ހިފައިގެން ޝާން ހުރީ ފިކުރެއްގެ ތެރެއަށް ގެއްލިފައެވެ.އޭނާ ވިސްނަމުން އެ ދަނީ ވީރާނާ ވަމުންދާ އޭނާގެ ޙަޔާތާ ދޭތެރޭގައެވެ. އޭނާގެ މައިންބަފައިންގެ ހީނަރުވަމުންދާ ގުޅުމާއި މެދުގައެވެ.ދަރިން ކިތަންމެ ބޮޑެތިވެފައި ތިއްބެއް ކަމަކު މަންމައާއި ބައްޕަގެ ގުޅުމުގައި ޖެހޭ އެންމެ ކުޑަ ކުނި ފުކަކުންވެސް ދަރިންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިދާނެކަން އޭނާގެ މައިންބަފައިންނަށް ނޭންގޭ ކަހަލައެވެ. އަނެއްކޮޅުން މިހާރަކަށް އައިސް ޝާންއަށް ޖުމާއާ ދޭތެރޭ ވިސްނެނީއެވެ. ކީއްވެކަމެއް އޭނާއަކަށް ނޭންގެއެވެ. ޖުމާގެ ކޮންމެ ހަރަކާތަކާމެދު އޭނާއަށް ފިކުރު ކުރެވެއެވެ. ޖުމާ ދައްކާފައި ހުންނަ ވާހަކަތަށް އޭނާގެ ހަނދާނަށް އާދެއެވެ. އޭގެތޭރެންވެސް އޭނާ އެންމެ ހިތްހަމަ ނުޖެހޭ ކަމަކަށްވެފައިވަނީ ޖުމާ އަޝްފާންއާއި ގުޅެން ބޭނުންވުމެވެ. ނަމަވެސް އޭނާއަށް އެކަމާ ދޭތެރޭ ފިކުރުބޮޑުކުރެވެންވީ ސަބަބެއް ވިސްނާ ވިސްނާވެސް ނޭންގުނެވެ. މި ހުރިހާ ޚިޔާލުތަކެއް އޭނާގެ އެތެރެހަށި ކަމުން ގެންދާ ކަހަލައެވެ.ފިކުރުތަކުން އެއްކިބާވެލުމަށްފަހު އޭނާ ނިންމީ ޖުމާގެ ގެއަށް ދިޔުމަށެވެ. ނުތަނަވަސްކަން ލިބިފައިވީ ހިތަށް ހަމަޖެހުން ގެނުވަދޭ މިތުރާގެ ގާތަށް ދިޔުމަށެވެ. ތައްޔާރުވެލުމަށްފަހު ގެއިން ނިކުމެ މިސްރާބު ޖެހިއެވެ. ބަންދު ދުވަހެއް ކަމަށްވާތީވެ ދާއިންވެސް އަވަސްވެގަތީ ރޭވިފައިވާ ގޮތަށް ގްރޫޕް ސްޓަޑީ ހެދުމަށް ޖުމާގެ ގެއަށް ދިޔުމަށެވެ.

ފަހަރަކު މޮޑިއުލްއަކުން ބައެއް މުޠޯލިއާ ކުރަމުން ގެންދިޔަ އިރު ޝާންގެ ހަރަކާތްތަށް ހުއްޓި ސަމާލުކަން ދެވިފައިވަނީ އޭނާގެ ކިޔެވުމަށްވުރެ ބޮޑަށް ޖުމާގެ ހަރަކާތްތަކަށެވެ.ހުޅި ޖަހާލެވިފައިވާ އިސްތަށިގަނޑުގެ ނިތަށްވާ ބައިން އިސްތަށިކޮޅެއް ދޫވެގެން އައިސްފައިވާ އިރު ކަޅިރަވަ ރީތި ލޮލުގައިވަނީ އޭނާއާއި އެންމެ ގުޅޭނެފަދަ އައިނެއް އަޅާލެވިފައެވެ. ދޭތެރެ ދޭތެރެއިން ނޭފަތުގެ ކުރިއަށް އައިނު ޖެހިލާ ކޮންމެ ފަހަރަކު ރަންގަޅުކޮށްލުމަށްފަހު ޝާން އަދި ދާއިންއަށް ބަލާލައެވެ. “ކޮންފަދަ ޖާދޫއެއްތީ؟” ބޭ އިޚްތިޔާރުގައި ޝާންއަށް ބުނެލެވުނެވެ. ” އެއީ ޖާދޫއެއް ނޫން ކެމިކަލް ރިއެކްޝަންއެއް” ދާއިން ޗޮކެއް ކަނޑާލުމަށްފަހު ބުންޏެވެ. އެއާއި އެކު ޝާންއަށް ޚިޔާލީ ދުނިޔޭން ބޭރުވެވުނެވެ. ޝާންއަށް ވީ ގޮތް ފެނި ޖުމާއަށް ހިނިތުންވެވުނެވެ.

އާދައިގެމަތީން މިއަދަކީވެސް ކޮލެޖުގެ ކިޔެވުން އެހެން ދުވަސްތަކެކޭ އެއްފަދައިން ކުރިއަށްދިޔަ ދުވަހެކެވެ. ވެފައިވާ ވަރުބަލި ފިލުވާލުމަށްޓަކައި ފިނިބުޔުމެއްހިފައިގެންއައިސް ޖުމާ އިށީންދެލީ ހަށިގަނޑަށް ތާޒާކަން ގެނައުމަށެވެ. މާ ގިނަ އިރުތަކެއްނުވެ ޖުމާގެ ނަމުން ނުދަންނަ މީހަކު ގޮވާލިއަޑަށް އޭނާ ފަހަތަށް ބަލާލިއެވެ.” އެކަނިން އިނީމަ ހިތަށްއެރީ ވާހަކަދައްކާލަން މިތާ އިށީންނާނީއޭ… ވުޑް ޔޫ މައިންޑް؟” އަޝްފާން ޖުމާއާއި ބައިވެރިވެލުމަށް ހުއްދައަކަށް އެދުނެވެ. ޖަވާބުގައި ބުނާނެ އެއްޗެއް ނޭންގިފައި އިން ޖުމާއަށް ކުރެވުނުހާވެސް ކަމަކީ ހިނިތުންވެލައިގެން ހުރެ އަޝްފާންއަށް ބަލަހައްޓައިގެން ހުރުމެވެ. ” ކީއްވެ އެކަނި ތި އިނީ؟ ބޯއި ފްރެންޑް ކޮބާ؟” ވާހަކަ ކުރިއަށް ގެންދަމުން އަޝްފާން ސުވާލުކުރިއެވެ. ” ބޯއީ ފްރެންޑެއް ނޫން އެއީ” ޖުމާ އަވަހަށް އެ ސުވާލަށް ޖަވާބު ދިނެވެ. ” ސޯ ސޭޑް.. ސަމްވަން ސޯ ބިއުޓިފުލް ލައިކް ޔޫ ޑޯންޓް ހޭވް އަ ބޯއީ ފްރެންޑް؟” ބޮޑާ ގޮތަކަށް ހިނިގަނޑެއް ޖަހާލުމަށްފަހު އަޝްފާން އެއްސެވެ. ” ވެދާނެއެންނު ކަމުދާ ކުއްޖަކާ ދިމާ ނުވަނީ ކަމަށްވެސް” ޖުމާގެ ޖަވާބު ކުރުވެފައި މާނަ ފުނެވެ. އޭނާ ބޭނުންވީ ލިބުނު ފުރުސަތުގައި ހިތުގެ ރާޖާއަށް އޭނާގެ ހާލު އަންގައިދިނުމަށެވެ. ” މްމްމް… ސޯ ދެޓް މީންސް އެކަލަ ކުއްޖަކަށްއިންތިޒާރު ކުރަމޭ ދޯ؟” ޖަވާބުގައި ލަދުރަކި ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ޖުމާ ތެދުވެގެން ދާން ހިނގައިގަތީ ދާން ބޭނުންވެގެންނެއް ނޫނެވެ. ” އަހަރެންގެ ސުވާލަށް ޖަވާބު ދެވުނުހެނެއް ހިއެއްނުވޭ.. ކީއްވެ ތި އައީ؟ އަނެއްކާ ކޮށްގެން ނުވާނެ ސުވާލެއްތަ މި ކުރެވުނީ؟” ޖުމާގެ ފަހަތުން ދުވެލާފައި އައި އަޝްފާން ޖުމާގެ އަތުގައި ހިފުމަށްފަހު އެހިއެވެ. އަޝްފާންގެ އެ ބީހިލުމުންވެސް ޖުމާގެ ހިތް ކަފަކޮޅެއްހާ މަޑުކޮށްލައިފިއެވެ. ހަށިގަނޑަށް ބުނަން ނޭންގޭ އިޙްސާސެއް ކުރެވުނެވެ. ކުރިމަތީގައި ހުރި އަޝްފާންއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީއެވެ.” ޖަވާބު ނުލިބޭ. އޭގެ މާނައަކީ އެފަދަ މީހަކަށް އިންތިޒާރު ކުރެވެއޭ. ސޯ.. ކޭން އައި ބީ ސަމްވަން ލައިކް ދެޓް؟” ޖުމާގެ ހިތުގެ ވިންދު އިހުނަށްވުރެ އަވަސްވިއެވެ. އަޝްފާންއަށް ދޭނެ ޖަވާބެއް ނޭންގިގެން އުޅެނިކޮށް ޖުމާގެ އަތަށް ސަންފްލާވަރއެއް ދިނުމަށްފަހު އެއް ލޯ މަރާލަމުން އަޝްފާން ކުރިއަށް ހިނގައިގަތެވެ. އޭނާއަށްވެސް ނޭންގުނު ކަމަކީ އެ މަންޒަރު ބަލަން ދުރުގައި ޝާން ހުރިކަމެވެ.ދެރަވެފައެވެ. ހިތަށް ތަދުވެފައެވެ. ޖުމާ ދޭނެ ޖަވާބެއް އޭނާއަށްް އަންދާޒާ ކޮށްލަން ނޭންގޭ ހިނދު އޭނާގެ ހިތަށް ވިސްނާދޭނެ ގޮތެއް ޚުދު ޝާންއަކަށްވެސް ނޭންގުނެވެ. ކައިރީ ހުރި ތަންބުގައި ޖުމާ އަދި ޝާންއަށް ލައްގަނެލެވުނީ އެކުއެކީއެވެ. ނަމަވެސް ޖުމާއަކަށް އޭނާގެ ފަހަތުގައި ޝާން ހުރިކަމެއް ނޭންގެއެވެ. (ނުނިމޭ)

Comments (6)

  1. Kim Taehyung/v/Tae tae

    Kuru but v reethi mi part….. waiting for next part curiously…… Keep it up dear… I purple u ????????????

    1. ޝަމް
      Kim Taehyung/v/Tae tae

      hehe.. inshallah dhen oii bai thankolheh dhigukohleveytho balaanan. thank you for your support and i purple you too

  2. Kim Taehyung/v/Tae tae

    Wait…. I’m first to comment and read right??

    1. ޝަމް
      Kim Taehyung/v/Tae tae

      i dont know why name fenuneema hithah aranee kaakubaaey. and obsessed with BTS <3

  3. Yanaa

    Varah varah varah reethi????????????????
    maa sha Allah ❤❤❤❤❤❤❤
    waitingfor the next part??????????????

    1. ޝަމް
      Yanaa

      thank you for your support yanaa

Comments are closed.