Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (13)

shiff Level 110 Stories
February 26, 2020 4 Mins Read
5 Comments

” ހެހެ…… މަންމަ ނުދައްކާތަ އަހަރެންގެ ފޮޓޯއެއް….” އަނުމްއެއްލި ބާލީހުގައި ހިފަމުން އީލާފް އަހާލިއެވެ. ”ނޫން އައިންތަ ދެއްކި ފޮޓޯއެއް އަންނު އައި ދުވަހުގަ….. އެކަމު މީހާރު އީލާފް ވަރަށް ތަފާތެއްނުން….” އަނުމް ވެސް ސޯފާގައި އިށީނެވެ. ” ދެން ތަފާތުވެސް ވާނުން…. މަޑެއް…. އަހަރެންވެސް ކިޔަންވީ އަންނުއޭތަ؟…..” އީލާފް ހިނިތުންވެލަމުން ބުނެލިއެވެ. އެގަޑީ އައިމިނަ އެތަނަށް އައެވެ. އަދި ކާން އައުމަށް ބުނެލިއެވެ. ”އޯކޭ ކޮންމެ އެއްޗެއް ކިޔަސް….” އަނުމް ސޯފާއިން ތެދުވަމުން ބުނެލިއެވެ. އެވަގުތު އީލާފްގެ ބޮލުގައި އަނުމްއަށް ކިޔާނެ ނަމެއް ކަނޑައެޅުމަށް މަޝްވަރާކުރެވެމުން ދިޔައެވެ. ‘އަންނު….ފަންނު….އޭރުން ފަންނުވެރިންނާއި އަންނުވެރިން…. ހެހެ… އަންޕުޓީވެސް ރީތިދޯ……އުހޫ އަންޕުޑިން މާ ރީތި….ހަހަހަ…. އައިމިނާބީ ކިޔަންވީ……’ އީލާފް ހިނިގަޑެއްޖަހާލަމުން ސޯފާއިން ތެދުވިއެވެ. އަނުމް ހެނީ ކޮންކަމަކާތޯ އެހާލިއެވެ. ”އޯކޭ އަހަރެން ބޭނުން އެއްޗެކޭ ކިޔާނީ……” އީލާފް އަނެއްކާވެސް ހޭންފެށިއެވެ. އީލާފް ހޭގޮތުން އަނުމްއަށްވެސް ހިނިތުންވެވުނެވެ.

”އެލީ ދެން އަވަސްކޮށްބަލަ….. ގަޑިޖެހެނީއޭ……”  ޔުއާން ޑްރެސިންޓޭބަލް ކައިރީ ހުރެގެން އެލީޝާއަށް ގޮވަމުން ދިޔައެވެ. އެއިރު އެލީޝާ އުޅުނީ ކާގޭގައެވެ. ސަދަފް ހޭލުމުން އޭނާއަށް ބުއްފޮޅި ތައްޔާރުކޮށެވެ. އެވަގުތު އަނާ އާފުރެމުން ކާގެއަށް އައިސް ވަދުނެވެ. ”ލީޝް މިހާރު ސައި ހަދާ ނިމުނީތަ؟….. ދޮންތި ރޭގަ ވަރަށް ބޮލުގަ ރިއްސާތީ ނުނިދިގެން އުޅުނީ އެހެންވެ އަވަހަށް ހޭނުލެވުނީ…..” އަނާ މޭޒުކައިރީ އިށީންނަމުން ވާހަކަދެއްކިއެވެ. ”އާ ދޮންތި މާ އަރާމުކޮށް ނިދާފަ އޮތީމަ އަޅާނުލީ…. އެހެން ނޫނަސް މިއަދުގަ ސެޕެގެޓީ ހެދީ އެހެންވެ އެހާ އަވަސްވީ…..” އެލީޝާ ހިނިތުންވެލަމުން ވާހަކަދެއްކިއެވެ. ”ދޮންތި މި ސަދަފްއަށް ދީބަ….. ޔާން ވަރަށް ގޮވާ އެބަ…” އެލީޝާ އަވަސް އަވަހަށް އަތް ދޮވެލައިގެން ކޮޓަރިއަށް ދިޔައެވެ.

އަނާ ބުއްފުޅި ހިފައިގެން ސިޓިން ރޫމްއަށް ދިޔައެވެ. އެއިރު ސަދަފް އިނީ ހުރިހާ ކުޅޭ އެއްޗެއް އެއްކޮށްގެން ކުޅޭށެވެ. އަނާ ފެނުމުން ދޮންތީއޭ ކިޔާފައި ދެއަތް ޖަހާލިއެވެ. ”ބޭބިޝް….. މިއޮތީ ޔަމް ޔަމްއެއް……” އަނާ ބުއްފުޅިދައްކާލުމުން ސަދަފް ތެދުވެގެން ދުވަމުން އަނާކައިރިއަށް އައެވެ. ސަދަފްއަށް މިހާރު ހިނގާން ދަސްވިފަހުން އުޅެނީ ވަރަށް ހަލަބޮލި ކޮށެވެ. ބައެއް ފަހަރު ގޭތެރޭ ދުވަން ހަދައިގެން ވެއްޓިގެން އަނިޔާވެސް ވެއެވެ. އަނާ ސަދަފް ސޯފާގައި ބޭއްވުމަށްފަހު ބުއްފުޅި ސަދަފްގެ އަތަށް ދިނެވެ. ސަދަފް މަޑުމަޑުން އޮންނާތީ އަނާ އިރުއިރުކޮޅާ ސަދަފްގެ ބަޑުގައި ކޮއްޓާލައެވެ.

”ހޫން…. ކިހިނެއް ވީތަ މާވަރަކަށް ތި ގޮވަނީ….” އެލީޝާ ކޮޓަރިއަށް ވަން އިރު ޔުއާން އުޅުނީ އަލަމާރި ހާވައެވެ.  ”ކޮބާތަ އެއްކަލަ ގަމީސް….. ވަރަށް މަޑު ނޫކުލައިގެ ގަމީހެއް އޮވެއެއް ނުން…..” ޔުއާން އަލަމާރީ ހުރި ގަމީސްތަށް ހާވަމުން ބުނެލިއެވެ. އެލީޝާ ޔުއާންއަށް ބަލާލުމަށް ފަހު ބޯހޫރާލިއެވެ. ” ސާބަސް އިއްޔަ އެގަމީސް ލައިގެން ހަޑިކޮށްފައެއްނުން އެ އޮތީ…..މިހާރު މުޅިއަކުން ހަމައެއްނޫން ދޯ….. ދެން މިގަމީސް ލައިބަލަ….” އެލީޝާ އަޅި ކުލައިގެ ގަމީހެއް އަލަމާރިން ނެގިއެވެ. ޔުއާން އަވަހަށް ގަމީސް ލަމުން ގޮށްއަޅުވަންފެށިއެވެ. އެލީޝާ ކަޅު ކުލައިގެ ޓައީއެއް ނަގައި ޔުއާން އަށް ދިއްކޮށްލިއެވެ. ޔުއާން އޭގައި ހިފުމުގެ ބަދަލުގައި އެލީޝާއަށް ބަލާލިއެވެ. އެލީޝާ ހިނިތުންވެލުމަށް ފަހު ޓައީ އަޅުވާދިނެވެ.

”މިއަދުވެސް އެހާ ބިޒީ ވާނެތަ؟….އެލީ ބޭނުން ހޮސްޕިޓަލަށް ގޮސްލަން….. އާދެވޭނެތަ އަވަހަށް؟……” އެލީޝާ ޔުއާންގެ ގަމީހުގެ ގިރުވާން ރީތިކޮށްލަމުން ބުނެލިއެވެ. ”ކިހިނެއް ވީތަ، ބަލީތަ؟…. މިއަދުވެސް ވަރަށް ގިނަ ޕޭޝެންޓް އެބަތިބި…. ހިޔެއް ނުވޭ އަވަހަށް އާދެވޭނެހެނެއް….” ޔުއާން އެލީޝާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ”އެކަމު ކުރީ ވީކްގަވެސް އެހާ ބިޒީ…… މި ވީކްގަވެސް…. ކޮންމެ ރެޔަކު އެހާލަހުން އަންނަނީ…. މިހާރު ބްރޭކްއަށް ވެސް ނާދޭ……. ވީކެންޑްގަވެސް ކްލިނިކްގަ…….” އެލީޝާ ޔުއާންއަށް ވަގުތު ނުވާތީ ޝަކުވާކޮށްލިއެވެ. މިހާރަކަށް އައިސް ޔުއާން ގޭގައި އުޅޭ ވަގުތު ވަރަށް މަދެވެ. ގިނައިން ގެއަށް އަންނަނީވެސް ނިދުމަށެވެ. ”ދެން އެއްކަލަ އެލީ ފެށީއޭ ދޯ….. މިދުވަސްކޮޅުގެ ގޮތުންނޭ އޭ…. ފަހުން ރަގަޅުވާނޭ…..” ޔުއާން އެލީޝާގެ ނިތަށް ބޮސްދިނުމަށްފަހު އެލީޝާގެ މޫނަށް ބަލާލިއެވެ. ”އެކަމުވެސް ހެޔޮ…… މިއަދު އަވަހަށް އަންނާތި….” އެލީޝާ ޔުއާންއާ ދުރުވެލަމުން ބުނެލިއެވެ.

”ހެހެ…. އެލީ މިހާރު ރުޅި އައިސްފަތަ ތި ހުރީ؟…… މިކުއްޖާ ރުޅިއައީމަ އަދި މާ ކިއުޓް…….ބަލާބަ ލޯބިކަން….އަނެއްކާ މިހާރު ޝޭންޕޫ ބަދަލު ކުރީތަ…. ގުޑް ސްމެލް….” ޔުއާން އެލީޝާގައި ބައްދާލަމުން ވާހަކަ ދެއްކިއެވެ. ”ހޫން… މައުޟޫ ބަދަލު ކުރާނެ ކަމެއް ނެތް…..ކުރިންދުވަހުވެސް އަވަހަށް އަންނާށޭ ބުނީމަ އެލީ ނިދިއިރުވެސް ނާދޭ…….. މިއަދު އަވަހަށް އަންނާތި…..އެހެންނޫނީ….” ”އެހެންނޫނީ ކީއްކުރާނީ….. އަންނާނަމޭ އަވަހަށް……ވަރަށް މަސައްކަތް ކުރާނަން އަވަހަށް އަންނަން……” އެލީޝާގެ ޖުމްލަ މެދުކަޑާލުމަށްފަހު ޔުއާން ވާހަކަދެއްކިއެވެ. ”ކޮން މަސަކަތެއްކުރާކަށް… މިބުނީނުން އަވަހަށް އަންނަށްޗޭ…..”އެލީޝާ އެހެން ބުނުމުން ޔުއާން ހިނިތުންވެލުމަށް ފަހު ބޯޖަހާލިއެވެ. އަދި ސެންޓްކޮޅެއް ޖަހާލުމަށްފަހު އޭނާގެ ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ. އެލީޝާވެސް ޔުއާންގެ ފަހަތުން ނިކުތެވެ.

ޔުއާން ސޯފާގައި އިށީނުމަށްފަހު އިސްޓާކީނަށް އެރިއެވެ. ޔުއާން އައުމުން ސަދަފް ޔުއާން ކައިރިއަށް އައެވެ. އިރުކޮޅެއްނުވެ އެލީޝާއައީ ޔުއާންގެ ކޮފީތަށި ހިފައިގެނެވެ. ޔުއާން އެއް ކޯވަރުން ކޮފީތަށި ބޯލިއެވެ. ”މީތި ހިހޫ ވެފަނުން މިހުރީ….. ބައްޕިގެ ބޭބީ…..” ކޮފީތަށި އެލީޝާއަތަށް ދެމުން ޔުއާން ސަދަފް އުރާލިއެވެ. އިރުކޮޅަކު ސަދަފް އުރާލައިގެން އިނުމަށްފަހު ޔުއާން ސަދަފް ތިރީ ބޭންދުމަށްފަހު ތެދުވިއެވެ. އެލީޝާ ޔުއާން ގެ ފަހަތުން ދޮރާ ހިސާބަށް ދިޔައެވެ. ”ދަނީ….. ޓޭކް ކެއާ….” ޔުއާން އެލީޝާގެ ނިތަށް ބޮސްދިނުމަށްފަހު ގެއިން ނިކުތެވެ.

ޔުއާން ދިއުމުން އެލީޝާ އައިސް ސޯފާގައި އިށީނެވެ. އެއިރު އަނާ ފޯނާ ކުޅެން އިނެވެ. އެލީޝާގެ މޫނުމަތިން ނުތަނަވަސްކަން ފާހަގަވުމުން އަނާ ވާހަކަ ދެއްކިއެވެ. ” ކިހިނެއްވީ…. ތި މީހުން ފައިޓްއެއް ކުރީތަ؟….” އަނާ އެހެން އަހާލުމުން އެލިޝާ ހިނިތުންވެލިއެވެ. އަދި ބޯހޫރާލިއެވެ. ”ދެން ކޮންކަމަކާ ތި ވިސްނަނީ…. ތިމީހުން ހަމަ ފައިޓްއެއް ނުކުރޭތަ؟…” އަނާ އަނެއްކާވެސް އަހާލިއެވެ. ” ސާބަސް ދޮންތީ…ދެން ހަމަ ހުރިހާ ރިލޭޝަންޝިޕްއެއްގަ ފައިޓް ކުރޭތަ…. ލީޝްގެ ވާހަކައެއް ނޫން…. ދޮންތި ކުއްޖަކާ ރައްޓިހި ނުވޭތަ؟….އެގޭތަ އީލު ބުނި އަންނަމޭ މިކޮޅަށް…..” އެލީޝާ ސޯފާގައި ހަމަޖެހިލަމުން ބުނެލިއެވެ. ”ހޫމް…. ރޭގައައިސްފި…. ދޮންތިކައިރިއަކު ނުބުނޭ…. އެކަމު އިންސްޓާއަށް އެބައިން ލާފަ ހޯމްލޭންޑްއަށް އައިއްޔޯ…. ހުއް……” އަނާ ފޯނަށް ބަލަހަށްޓައިގެން އިނދެ ބުނެލިއެވެ. އެލީޝާ އަނާއަށް ބަލާލުމަށްފަހު ބޯހޫރުވާލަމުން ހިނިތުންވެލިއެވެ.

އަނާމެން ސިޓިންރޫމްގައި ތިއްބާ ބެލް އެޅިއެވެ. ދޮރުހުޅުވަން ދިޔައީ އެލީޝާއެވެ. ފަހަތުން ސަދަފްވެސް ދުވެލާފައިއައެވެ. ” ތިއްތާ…..މިއަދު އޮފީހަށްވެސް ނުދާ ދުވަހެއްތަ؟….” ޔާނާ އުރައިގެން ހުރި ސިނާ ފެނުމުން ވަންނަން ތައްދަށްކަމުން އެލީޝާއަހާލިއެވެ. ”ހްމް…. މިއުޅެނީ މިއަދު ސިކު ޖަހައިގެން…..އެ އޮފިހަށް ދާހިތެއް ނުވެޔޭ…. އަނެއްކޮޅުން މިހާރަކަށް އައިސް ޔާނާވެސް މާ މަންމަވެގެން އުޅޭތީ މިއަދު ނުދިޔައީ ހަމަ……” ސިނާ އެތެރެއަށް  ވަނުމަށް ފަހު ޔާނާ ބިންމަތީ ބެހެއްޓިއެވެ. ސަދަފް ޔާނާއަށް އޭނާ ކުޅޭއެއްޗެހި ފަތުރާފައި ހުރިތަން ދައްކާލިއެވެ. އަދި ދެކުދިން އެއްކޮށް ކުޅެން ދިޔައެވެ.

”ނަންނި… ދެން ކޮލެޖަށް ދާކަށް ނުޖެހޭތަ؟….. ”ސިނާ ސޯފާގައި އިށީންނަމުން އަނާގެގައި ކޮއްޓާލިއެވެ. އަނާ ފޯނަށް ބަލަހައްޓައިގެން އިނދެ ވާހަކަދެއްކިއެވެ. ”އާ…ދެން އިންނަ ސެމިސްޓާ ފަށާނީ ވަރަށް ދުވަސް ކޮށްފަ….” އަނާ އިނީ އިންސްޓާގްރާމް ހާވާށެވެ. އީލާފްގެ އެކައުންޓްގައި މާގިނަ ޕޯސްޓް ކޮށްފައިނެތަސް ޓެގް ކޮށްފައި ގިނަ ޕޯސްޓު ހުއްޓެވެ. ގިނައިން ހުރީ އަމާނީއާ އެއްކޮށް ނަގާފައި ހުރި ޕޮޓޯއެވެ. އީލާފްއާ އަމާނީގެ ގާތްކަން އެ ފޮޓޯތަކުން އެގެއެވެ. ”ހޫން…. ދެން ހަމަ މިމީހުން ރައްޓިހިވީއޭ ކިޔާފަ މުޅި މީޑިއާއަށް އަންގަންޖެހޭތަ…. ވަރަށް ފޫހިވޭ…..” އަނާ އެހެންމީހުންނަށް އަޑުނީވޭނެހާ މަޑުމަޑުން ބުނެލިއެވެ.

އަނާ ފޮޓޯތަކަށް ބަލަން އިންދައި މީހަކު ގުޅަން ފެށިއެވެ. ސްކްރީނަށް އަރާފައި އިން ނަންބަރު ފެނުމުން އަނާއަށް ކޮޅަށް ތެދުވުނެވެ.  ފޯނު ސައިލެންޓަށް ލާފައި ހުރުމުން ފޯނުގެ ރިންގްވަމުން ދިޔަކަމެއް އެލީޝާ އަދި ސިނާއަކަށް ނޭނގެއެވެ. ނަމަވެސް އަނާ ކުއްލިއަކަށް ތެދުވުމުން އެދެމީހުންވެސް އަނާއަށް ބަލާލިއެވެ. އަނާ ދެމީހުނަށް ހިނިތުންވުމެއްދެމުން އަވަސް އަވަހަށް ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަނުމާއެކު އަނާ އަވަހަށް ފޯނު ނެގިއެވެ. އެކޮޅުން ވާހަކަދެއްކީ އީލާފްއެވެ. އީލާފް އަޑުކަންފަތުގައި ޖެހުމާއެކު އަނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ”ހަލޯ….. ހަލޯ…. ނަންނި ހަމަ އެއްޗެކޭ ނުބުނާނަންތަ؟…..ހެޔޮ އެއްޗެކޭ ނުބުންޔަސް…. މިރޭ ތިގެޔަށް ދާނަން… ހީކުރަން ފެނުނީމަ ވާހަކަ ދައްކާނެކަމަށް….” އީލާފް ފޯނު ކަޑާލިއެވެ.

އީލާފް ފޯނު ކަޑާލުމުން އަނާ ފޯނު މޭގައި ޖައްސާލުމަށްފަހު ހީލިއެވެ. އަނެއްކާވެސް މީހަކު ގުޅާތީ އަނާ ބަލާލިއެވެ. އީލާފް ކަމަށް ހީކުރެވުން ނަމަވެސް މިފަހަރު ގުޅަނީ ލާމިއުއެވެ. އަނާ ހިނިތުންވެލުމަށްފަހު ފޯނު ކަންފަތުގައި ޖައްސާލިއެވެ. ލާމިއު ދައްކަމުން ދިޔަ ކޮންމެ ވާހަކަޔަކަށް އަނާ އާ ހޫ ލައްވަމުން ދިޔައެވެ. ”ބައްޕަ ބުނެފިން ލީޝްކައިރީވެސް….. ދަރިފުޅުމެން ގަޑިއަށް އަންނައްޗޭ……” ވާހަކައިގެ ތެރެއިން ލާމިއު ބުނެލިއެވެ. އަނާ ގަޑިއަށް ދާނަމޭ ބުނުމުން ލާމިއު ފޯނު ކަޑާލިއެވެ. އީލާފްގެ ފޯނު ބޭއްވިއިރު ހުރި އުފާވެރިކަމެއް އަނާގެ މޫނުމަތީގައެއް ނެތެވެ. އަނާ ފޯނުން ލަވައެއްޖަހާލަމުން އެދުގައި އޮށޯތެވެ. ޖަހަމުންދިޔަ ލަވައިގެ ރާގާ އެއްވަރަށް ބޯތަޅުވަމުން ދިޔައެވެ. ދެލޯމަރައިގެން އޮތް އަނާ ކޯތާފަތުގައި އަތް ހިންގާލަމުން ލޮލުންވެއްޓުން ކަރުނަތިކި ފުހެލިއެވެ.

Share Article

Follow Me Written By

shiff

Level 110 Stories

A girl who loves to write and read stories....?❤

Other Articles

Previous

މި ހިތުގެ ލޯތްބޭ ތީ

Next

ލޯބިން އަތުގައި ހިފާލާށޭ…

Next
February 26, 2020

ލޯބިން އަތުގައި ހިފާލާށޭ…

Previews
February 26, 2020

މި ހިތުގެ ލޯތްބޭ ތީ

5 Comments!

  1. Meekkomee says:
    February 26, 2020 at 1:28 am

    V Reethi ingyy mi part ves ???? whn is next… waiting for it ????luv yeahhhh ❤️❤️❤️??????????

    1. shiff says:
      February 26, 2020 at 8:13 am

      Thankyou meekko❤❤❤…… mi episode thankolheh lahun up kurevuneema next episode vv avahah up kohdheynan….. IA?

  2. Yanaa says:
    February 26, 2020 at 2:40 pm

    Varah varah reethi ❤❤❤❤❤
    maa sha Allah ??????
    waitingfor the next part???????????????

  3. Mai says:
    February 29, 2020 at 6:59 pm

    Kbr kn iraku aneh part up kohdhenii…

  4. shiff says:
    March 1, 2020 at 12:51 am

    Hi readers… vv bodah sorry vaahaka up vaaleh las v ma… WiFi kuda massalaeh ulheythyve up nukurevunee….. v haa vx avahakah up kohdheveythw mi balanee….. again im really sorry….. hope u guys understand?

Comments are closed.


All Right Reserved!