3 ވަނަ އެޕިސޯޑް ” އެކަމަކުވާ ޖުމް.. އާރ ޔޫ މޭޑް؟ ” ” ޔެސް އައި އޭމް މޭޑް. އައި އޭމް އިން ލަވް ދާއިން” ލުއި ހިނިތުން ވުމަކާއި އެކު އެހެން ބުނެލުމަށް ފަހު ޖުމާ އޮފްލައިންވިއެވެ. އަޝްފާންގެ ހިޔާލުތަކާއެކު އަރާމުކޮށް ނިދާލުމުގެ ބޭނުމުގައެވެ. އައު ދުވަހަކަށް އިރުގެ ދޯދިތަކުން ފަޒާގެތެރެއަށް އަލިކަން ފަތުރަމުން ދިޔަ އިރު ކޮފީ މަގެއް ހިފައިގެން ޝާން ހުރީ ފިކުރެއްގެ ތެރެއަށް ގެއްލިފައެވެ.އޭނާ ވިސްނަމުން އެ ދަނީ ވީރާނާ […]
އެޕިސޯޑް 2 މޭޒުމަތީ ހުރި މާބޮނޑިތަކުން ދެތިން މާ ހިފައިގެން ހަރުގަނޑަށް އަރަމުން ދިޔަ ޖުމާގެ ހަރަކާތްތަކަށް ކަޅި ހުއްޓާލައިގެން ޝާންއަށް ހުރެވުނީ ކިހާ އިރެއްވަންދެން ކަމެއް ޚުދު އޭނާއަށްވެސް ނޭންގުނެވެ. މޭޒުމަތީއޮތް މާބޮނޑި ނަގަން ގުދުވެލި ޖުމާ އަރި އަޅާލައިގެން ވެއްޓެން ދިޔައިރުވެސް އޭނާ ހުރީ ޚިޔާލީ ދުނިޔެއެއްގައެވެ. ސިހުނީ ތޫލި އަޑަކުން ޖުމާ ހަޅޭއްލަވައިގަތުމުންނެވެ. ތަޅުންގަނޑުމަތީ ޖުމާ ޖެހުމުގެ ކުރިން ޝާން ގޮސް ޖުމާ ހިފާއްޓައިފިއެވެ. އެސްފިޔަތަށް ލައްޕާ ބާރަށް ލޯމަރައިގެން އޮތް ޖުމާ […]
އެޕިސޯޑް 1 އެހެން ދުވަސްތަކާ ޚިލާފަށް މިއަދު ޝާންއަށް ހޭލެވުނީ ނުވައެއްވެސް ޖެހި ފަހުންނެވެ. ހޭލެވުމާއި އެކު އޭނާ ގަޑިއަށް ބަލާލިއެވެ. ހަމައެއާއި އެކު ދެލޯ ބޮޑުވެ ނިތުގައި މަޑުމަޑުން އަތުން ޖަހާލިގޮތަށް އެންދުމަށްޗަށް ވެއްޓިގަތެވެ. ” އޯ މައި ގޯޑް، މިއަދު ހަމަ ރަންގަޅަށްވެސް ގަޑިޖެހިއްޖެ” ޝާން މިހެން ބުނެލުމަށްފަހު ތުވާލި ނަގައިގެން ފާޚާނައަށް ވަންނަން ދުއްވައިގަތެވެ. އެވަގުތު ތަޅުންގަނޑުމަތީ އޮތް ލެޕްޓޮޕް ޗާޖަރުގައި އަޅައިގެންފައި ވެއްޓުނެވެ. މި އަޑުފަށްގަނޑު އިވުމުން ބަދިގޭގައި ސައި […]