Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންމިވާ ލޯތްބާ ވަކިނުވޭ (ފުރަތަމަބައި)

Boaganvilla Level 1
March 3, 2020 One Min Read
2 Comments

އަހަރެންމިވާ ލޯތްބާ ވަކިނުވޭ
——————————
މިއަދަކީ ހައްޔުގެ ހަޔާތުގައިވެސް ވަރަށް މުހިންމު ދުވަހެކެވެ.އަލަށް ވަޒީފާގެ އިންޓަވިއުކަށް ދާ ދުވަހެވެ.ހައްޔުގެ ހިތުތެރޭ އާދަޔާޙިލާފު ތަފާތު އިހްސާސްތަކެއްހިންގަމުންދެއެވެ.
ދުވަހަކުވެސް އެފަދަ އިންޓަވިއު އަކަށް އޭނާ ގޮސްފައި ނުވާތީއެވެ.
އަވަސް އަވަހަށް ތައްޔާރުވެލައިން ހައްޔު ނިކުތީ ގަޑި ނުޖެހި އެތަނަށް ދިއުމަށްށެވެ.މާލޭގެ ކާރޫބާރު ބޮޑު މަގުތަކުން އަވަސް ގޮތަކަށް ޓެކްސީ އެއް ނުލިބޭނެކަން އޭނާއަށް. ޔަޤީންވާތީއެވެ.ފެންވަރާލައިގެން ކޮޓަރިން ނިކުއިން އިރު
މަންމަ ނަފީސާ އަވަދިނެތި ބަދިގެ ތެރޭ އުޅެއެވެ.ދަރިފުޅާ ރަނގަޅަށް އިންޓަވިއުއިން ފާސްވެގެން އަންނާތި އޭރުން ދޯ މަންމަ އަށް ހަމަޖެހިލެވޭނީ މަންމަގެ އަޑަށް އަވަސް އަރުވާލާފައިހުރި ހައްޔު ގޮސް މަންމަ ކޮލަށް ބޮސް ދިނުމަށް ފަހު ކައިރީ އިށީންދެލިއެވެ.އެވަގުތު އޭނާގެ ލޮލުން ކަރުނަ ނިރާލައިގެންދިޔައެވެ. އެ މަންމަގެ އޯގާތެރި ބަސްތަކުން އޭނައަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ.ހައްޔުގެ ލޯބިވާ މަންމާ އިރާދަކުރެއްވިއްޔާ އަންނާނީ މަންމަ ތި އެދޭކަހަލަ އުފާވެރި ޙަބަރެއް ހިފައިގެންނެވެ.ބޭއިހްތިޔާރުގައި. ނަފީސާ އަށް ދަރިފުޅުގައިގައި ބައްދަަ ރޯންފެށުނެވެ.ދެން މަންމާ މަންމަ ތީ ހައްޔުއަށް ހިތްވަރުދޭން ހުރި މީހާ މަންމަ ރޮންޔާ އަޅުގަނޑަށް ކިހިނެއްވާނީ؟ ދަރިފުޅުގެ ބަސް ތަށް އިވިފައި ނަފީސާ ގެ ހިތަށް އިތުރަށް އަސަރުކުރިއެވެ.މަންމަގެ ދަރިފުޅު ބޮޑުވެއްޖޭ ދޯ ؟މަންމަ ބުނެލިއެވެ.އަދި އަތުން ކަރުނަތަށް ފޮހެލަމުން އަވަހަށް ދިއުމަަށް ދަރިފުަޅަށް އިޝާރާތްކޮށްލިއެވެ.އެވަގުތު މޭޒުމަތީ އޮތް ދަބަސް ނަގާ މޭކަޕްހަޑިނުވާނެހެން އަތުގެ ނުފުށުން ފޭދިފައި ހުރި ކަރުނަތަށް ފުހެލަމުން ހައްޔުވެސް އަވަސްވެގަތީ ބޭރަށް ދިއުމަށްށެވެ.
ޖަވާދު އާއި ނަފީސާ އަކީ ވަރަށް މުއްސަންދި ދިރިއުޅުމެއް އުޅެމުން
ދިޔަ ދެމެފިރިންނެވެ.ހައްޔު އަކީ މި ދެމަފިރިންގެ ހުރި ހަމައެކަނި އަންހެންދަރިއެވެ.މި ދެމަފިރިންވެސް ހައްޔުދެކެ އިންތިހާލޯބިވެއެވެ.އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ.ހަމައެކަނި ހުރި އަންހެންދަރި ކަމުގައިވާތީވެސްމެއެވެ.
ކިތަންމެ މުއްސަނދި ނަމަވެސް ހައްޔުއަކީ ހިތްތިރި މާތް އަހުލާގެއްގެ މަޖާ މިޒާޖެއްގެވެރި ކުއްޖެކެވެ.ބޮޑާކަމާއި ކިބުރުވެރިކަމަކީ ހައްޔު ދަންނަކަމެއްނޫނެވެ.މަންމަ އާއި ބައްޕަ ކިތަންމެ މުއްސަންޖަސް މާ ގިނައިން އެއްޗިއްސަށް ކިޔާ ނޫޅެއެވެ. ހައްޔު އަބަދުވެސް ބޭނުންވަނީ އޭނާގެ އަމިއްލަ
މަސަތްކަތުން ލާރިހޯދާށެވެ. ބައެއްފަހަރު މީހުންބުނެ އުޅޭތި އަޑުއަހާ ވާހަކައެއް އޮވެއެވެ.މާގިނައިން ލާރިލިބުމުން މާ ބޮޑަށް
ތިމާ ފެނި ބޮޑާވެވެއެވެ.އަޒިމް އަކީވެސް ލާރިލިބޭ މުއްސަނޖަކަށް
ވުމުން ނަފީސާވެސް މުސްކުޅިވެ އޭނާމަތިން ފޫހިވާންފެށިއެވެ.މިއަދު އާޒިމް އެމަޤާމަށް ގެނެއުމަށް ނަފީސާ ކުރި މަސަތްކަތާއި ވީ ޤުރުބާނީ މަތިން އޭނާ ހަންދާން ވެސް ނެތުނުކަހަކައެވެ.
********
ނުނިމޭ………………..
ކުރިއަށް އޮތްބަޔަށް އިންތިޒާރުކޮށްލައްވާ

——————————————————

Share Article

Follow Me Written By

Boaganvilla

Level 1

ދިވެހި ބަސް ދިވެހިންގެ ފަޙުރު????

Other Articles

Previous

ނަފްރަތުން އުފެދުނު ލޯބި… 8 ވަނަ ބައި

Next

ނޭނގޭ ބުނެދޭކަށް 3

Next
March 3, 2020

ނޭނގޭ ބުނެދޭކަށް 3

Previews
March 3, 2020

ނަފްރަތުން އުފެދުނު ލޯބި… 8 ވަނަ ބައި

2 Comments!

  1. NooYas says:
    March 4, 2020 at 1:26 pm

    Really amazing. Waiting for the next episode. Kon dhuvahakuthoa dhen oiy bai genesdheynee? ❤️?❤️?❤️?

  2. Boaganvilla says:
    March 8, 2020 at 7:47 pm

    އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދެވަަނަ ބައެއް އަޕްލޯޑް
    ކޮށްލާނަން
    ކޮމެންޓް އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

Comments are closed.


All Right Reserved!