ލޯބި ނުވެވުނު ނަމަ- ފަހުބައި
“ދަރިފުޅަށް ތި ކިޔޭ އެއްޗެއް އެނގޭތެ.، ގާޔޫ އަކީ މި ދުނިޔޭގަ ހުރި މީހެއް ނޫނޭ… ” އާބިދާ އާއިޝް އަށް ވިސްނައި ދެމުން ދިޔައެވެ.
“މަންމާ.. އެކަމް..” އާއިޝްގެ ޖުމުލަ ހުއްޓާލުމަށްފަހު އެ ތަނުން ދިޔައެވެ.
2 މަސް ފަސް.
މިރެއަކީ މަލްޝާ އަށް ކުޑަ އީދެއް ކަހަލައެވެ. ނަމަވެސް ހައިޒަލް ދިޔައީ އެތަށް ތައްޔާރީ އެއް ވަމުންނެވެ. މިރޭ ހިނގާނެ ބޮޑު ހާދިސާ ނޭނގޭ ފަދައިން މަލްޝާ އުފާ ވެލައިފާ އޭނަގެ ބޮޑު ވެޑިން ޑުރެސް އާއެކު ލޯގަނޑުކުރިމަތީ ހުއްޓުލައިގެން ހުރީ އުފާ ވެފައެވެ. އެ ވަގުތު ހައިޒަލް ކޮޓަރިތެރައަށް ވަނެވެ. މަލްޝާ ކައިރީ ގޮސް ހުއްޓިލަމުން މަލްޝާ އެނަޢާ ވީ ފަރާތަށް އަނބުރާލިއެވެ. އައި ބާރު މިނުގައި އައިސް ޖެހުނީ މަލްޝާ އާއިޝްގެ މޭގައިއެވެ. ހައިޒަލް ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކީ މަލްޝާ ފަހަތަށް އަޅަމުން ދިޔަ ފިޔަ ވަޅެވެ.
10 ވަރަކަށް ފިޔަވަޅަށް ފަހު މަލްޝާ ގޮސް ޖެހުނީ ފާރުގައެވެ. އެ ވަގުތު ހައިޒަލްގެ ޖީބުން ތޫނު ވަޅިއެއް ނެނގިއެވެ. މަލްޝާ ބިރުނ ތުރު ތުރު އަޅަމުން ދިޔައެވެ.
“ހައްހާ މީ ކަލޭގެ ފަހު ސިކުނތު ކަމަށް ބަލާ.. އާއިޝް އާ ކަލޭ ހިތާ ނުވި ނަމަ މިހެން ނުވީސް.” ހައިޒަލް އެހެން ބުނެ މަލްޝާގެ ކަރަށް ވަޅި ސީދާ ކޮށްލިއެވެ. އެވަގުތު މަލްޝާ ނޫނެކޭ ބުނެ ހަޅޭ ލަވައިގަތެވެ. ބޭރުން ހިނގަމުން ދިޔަ އާއިޝް މަލްޝާގެ ކޮޓަރިން ކެކުރޭ އަޑު އިވޭތީ އެ ކޮޓަރިއަށް ވަނެވެ. އެ ވަގުތު ހައިޒަލް ހުރީ މަލްޝާ އަށް ވަޅި ސީދާ ކޮށްގެނެވެ. އާއިޝް އަށް ގޮސް މަލްޝާގެ ކުރިމައްޗައް އެރުނެވެ. މަލްޝާ އަށް ސީދާ ކުރި ހަމަލާ އާއިޝްގެ ކަރަށް އެރިއެވެ.
މަލްޝާ އެވަގުތު އިސްޖަހާލިއެވެ.”ހައިޒަލް…” ބާރަށް ގޮވާލެވުނެވެ. މަލްޝާގެ ހުދި ވެޑިން ޑުރެސްގެ އެއްބައި ވަނީ މިހާރު ރަތް ވެފައެވެ. މުޅި މުށިތަކުަގއި ވެސް ވަނީ ލޭގެ ބޮޑު ކޯރެއް ހެދިފައެވެ. މަލްޝާ އާބިދާ އަށް ގޮވާލިއެވެ.
7 ގަޑިއިރު ފަސް.
“އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން އާއިޝްގެ ފުރާނަ ސަލާމަތް ކުރަން ނަމަވެސް އާއިޝް އަށް ދުނިޔޭގަ އޮވެވޭނީ ދެން އޮތީ 1 ގަޑިއިރު… މި ވަގުތު އާއިޝް އާ ވާހަކަ ދައްކާލާ..” ތިއޭޓާ އިން ނިކުތް ޑޮކްޓާ ބުންޔެވެ. ދުވެފައި ގޮސް މަލްޝާ ވަނެވެ.
“އާއިޝް. ” މަލްޝާ ގޮސް އާއިޝްގެ އަތުގައި ހިފާލަމުން ބުންޔެވެ. “~އަހަރެން ދޫކޮށްފާ ނުދޭ… ޕްލީޒް…” މަލްޝާ ބުނަމުން ދިޔައެވެ.
“އަހަންނަށް ދާން ޖެހިއްޖެ…އަހަރެންގެ އަޖަލު ހަމަ ވެއްޖެ. މަލްޝާ ކެތްކުރޭ އަހަރެން ނެތް ދުނިޔެއެއްގައި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ މަލްއަށް ލިބޭނެ. މަލްޝާ ބަޓް އައި ލަވް ޔޫ އައި ޑޯންޓް ވޯންޓް ގޯ އަވޭ ފުރޮމް ޔު ބަޓް ނައު އައި ހޭވް ޓު… ” އާއިޝް އެހެން ބުނެވުން އިރު އާބިދާ އާއި ރީޝަމް ވެސް އެތަނަށް ވަދެވެ. އާއިޝް އަހަންނަށް މާފް ކުރާތި. މި ހުރިހާ ކަމެއް ދިމަވީ އަހަރެންގެ ސަބަބުން… ބަޓް… އައި ލާވް. ޔު…. އަހަރެން ބޭނުންވީ އާއިޝް.. މިހަރު ހިތަށް އަރާ އަހަންނަށް އާއިޝް ދެކެ ލޮބި ނުވެ ވުނު ނަމައޭ. ބަޓް އައި ކާނޓް ކޮންޓުރޯލް މައި ސެލފް. އަހަރެން އަމިއްލަ އަށް ފޭހުނު އިލޮށި އަހަރެންގެ ލޮލަށް ހެރިއްޖެ. ސޮރީ.” ރީޝަމް ބުނެލިއެވެ.
“އަހަރެން ރީޝަމް އަށް މާފް ކޮށްފިން.. މަންމަ މެން އަހަންނަށް ހިތް ހިޔެ ކުރާތި.” އާއިޝްގެ ފަހު ނޭވާ މި ދުނިޔއަށް ދޫކޮށްލީ އެންމެން ރޮއްވާލަމުންނެވެ.
ނިމުނީ.
ރީޑާސް ސޮރީ ޓު ސޭ… އަސލު ބޭނުން ވިގޮތަކަށް ނޫން ނިންމާލެވުނީ… ދެން އޮތް ވާހަކަ ރީތި ގޮތަކަށް ނިންމާނަން.