Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މައުޝޫމް

Sul Level 1
January 21, 2020 One Min Read
3 Comments

އަހަރެން ވެސް މިދުނިޔެއަށް ނޭވާލީ އެހެން މައުސޫމް ތުއްތުފުރާނަތައް ފަދައިިން ފިތުރަތުގެ ސާފުކަންމަތީގެއެވެ،             ހީކުރިމެވެ.އަހަރެންނަށް ދުނިޔެމީ އާތަނެއް ކަމުގައި ވިއަސް އަހަރެންް ގެ ވަށައިގެންތިބި ހަށިފާރަވެރިން ކަމުގައިވާ އަހަރެންގެ  އާއިލާގެ ހިމާޔަތް އަހަންނަށް ލިބޭނެއެވެ. އެއެންމެން އަހަންނަށްޓަކައި އުފާކުރާނެއެެވެ. އެންމެންގެ ލޯބިން މިޅަހިތުގައިވި ބިރު ފިލާދާނެއެވެ. ޢޯގާވި ފިރުމުމުން އަހަރެންގެ ،މުޅިހަޔާތްފުރިގެންދާނެއެވެ. ޙިޔާލެއް ފިކުރެއް ނެތި އަހަރެންގެ ދިރިއުޅުން އޮމާންކޮށް ފެށި މަންމަގެ އުގުތެރޭ ދުވަސްތައް ފާއިތުވަމުން ދިއައެވެ. ޢެހެނަސް…

އެދުވަސް ބަދަލުވެ ދިއައީ އަހަރެންގެ ޅަހިތަށް ފަހުމެއް ވުމެއްނެތިއެވެ. މަންމަގެ އަތް އަހަރެންގެ ހިމާޔަތުން ގެއްލުނެވެ. މަންމަގެ އުނގުގެބަދަލުގައި ކަށިބޯ ޖަންގަލީގެ ދާނެއް އަހަރެންގެ ތަންމައްޗައްވިއެވެ. ލޯބީގެ ރާހަތުން ލިބެމުންދިއަ ކާނާ ޝަހުވާނީ ވަކިތަކުގެ ލެއިން ފެވެމުންދިއަ ވަހުޝީ ރާހަތަަކަށް ވެ ދިއައެވެ.ކުޑަކުޑަ އަހަރެންނަށްް އެކައްޗެއް ވެސް ނުވިސްނެއެވެ. އެންމެ ދޮޅުއަހަރުގެ އަހަރެންގެ ދިރިއުޅުން ކަޅުއަދިރި ކިއްލާއަކަށް ބަދަލުވީއެވެ. އެއަދިރިކަމުން އަހަންނަށް އިންސާނީ ސޫރައެއްގެ ސިފައިގަައި ފެނުނީ ތުއްތު ދުވަހު އެ އަތުގެ ނާނާއިން އަހަރެންނިންދެވި އަހަރެންގެ ކާފައެވެ. އަދި އެލޯބިވެތި ބަސްތަކުން އަހަރެންގެ ދުވަސް ފުރަލަދިން އަހަރެންގެ މުނިކާފައެވެ….. އެހެނަސް ވިހަގަދަ ހަރުފައެއްގެ ދުލަކައްވުރެ އެދުލުގެ ބަސްތަކުން އަހަރެންގެ ހަޔާތައް ވިހަލީއެވެ. އޯގާވެ ހިމާޔަތް ދޭން އުފުލި އަތް އަނދައަނދާހުރި އަލީފާނަށް ވުރެ ދިލަވާން ފެށިއެވެ. ކާފަމެންގެ ލޯބި ދޫނި ނުރައްކާތެރި ސިންގާއެއްގެ ވަކިތަކަށް ވުރެ ބިރުވެރި އަނިޔާތަކުގެވަކިތަކުން ޒަހަމުކޮށް ހަޔާތް މުޑުދާރު ކޮށްލީއެވެ…..ނޫން ނޫން… މަންމާ ބައްޕާ އަހަރެން ސަލާމަތް ކުރޭ އަހަންނަށް އެހީވެދީ …މަންމާ ބައްޕާ ތިޔަ ދެއަތުން އަހަރެން ހަށިގަނޑު ފޮރުވާލަދޭށެވެ ..އަހަރެން މިއަނިޔާއިން ސަލާމަތް ކޮށްނުދެނަށް ހެއްޔެވެ…….ނޫން ނޫން ނޫން ކާފާ އަހަރެންނަށް ތިވަރުގެ އަދަބެއް ނުދީ ދުނިޔެއިން ނައްތާލަދީބަލަ.. މަންމާ އަހަރެންގެ ފުރާނާ ވަކިކޮށްލާފަ ތިގޮތަށް އަހަރެން ނާއި ދުރައްދިޔަނަމަ…މަންމާއެވެ. އަހަރެންގެ ހިތް ހުއްޓެނީއެވެ. ވިންދުތައް އަހަރެންގެ ލޭގެ ތެރޭ ޒަހަރަކަށް ވަނީއެވެ. ހުދު އަހަރެންގެ ނޭވާއިން އަހަރެން ގެނބެމުންދަނީއެވެ. ދެލޯބޮޑުވެ ވަރުނެތެނީއެވެ. އެއްވެސް ތަނެއް ނުފެނެއެެވެ. އެއްވެސް އަޑެއް ނީވެއެވެ، އެއްވެސް އަތެއްގެ ހިޔާތައެއް ނެތީއެވެ، އަހަރެންގެ ރޫހާއި ފުރާނަ ދެތަން ކުރަނީ ހެއްޔެވެ.. ކާފާއެވެ، މީ ކާފަގެ ދަރިފުޅެވެ، ކާފަގެ އަމިއްލަ ލެއެވެ. ކާފަގެ ލޮލުގެ ފިނިކަމެއް ނޫންހެއްޔެވެ. ކާފާއެވެ.. ތިހައިވާނުކަމުގެ ސިފަ އިހްތިޔާރުކޮށްކުރިމައްޗަށް އަންނަށް ފެނުނީ ކާފާގެ މިދަރިފުޅު ހެއްޔެވެ.. ކީއްވެ ހެއްޔެވެ…. އޭ ކެހިވެރި ދުނިޔެއާއެވެ.  މިކުޑަކުޑަ ނަފްސްގެ އޮތީ ކޮންކުށެއް ހެއްޔެވެ. އޭ މިތިބަ އިންސާނިއްޔަތުކަމެއް ނެތް ހަރު ހިލަތަކެއްގެ ވެރި އިންސާނުންނޭ… ތިލޯތައް އަހަރެންނަށްޓަކައި އަދިރި ވީހެއްޔެވެ.. ތި ކަންފަތް ތައް އަހަރެންނަށްޓަކައި ބީރުވީހެއްޔެވެ…. އަދިރި ކިއްލާއެއްގައި އަހަރެންގެ ނަފްސް ނޮޅާ ކުދިކުދިކޮށް ލޭ އޮހޮރުވަމުން ދާކަން ނޭންގެނީހެއްޔެވެ…. އަހަރެންގެ ހަށިގަނޑުގެ ކޮންެމެ ގުނަވަނެއް ދަނީ މިޔަތޫނު ހަނޖަރަކުޒަހަމުކޮށް ލޭ އޮހޮރުވަމުންނެވެ. ވޭނަށް ކެތްކުރާކަށް އަހަންނަށް ނޭގެއެވެ. މަޜަށް ވުރެއްވެސް ވޭން ބޮޑެވެ. ދިލަ ހޫނުގެ އަލިފާނަށް ވުރެވެސް މިހަށިގަނޑުގައި އަޅާދިލަމާބޮޑެވެ…. މަސިންގާ ބިޔަ ކަނޑަށް ވުރެ އަހަރެން އަރަގުވެގެނެ މިދާ އަނިޔާގެ ފެންގަނޑުބޮޑެވެ. ހާސްވެ ތެޅިފޮޅެވެނީއެވެ. ދިލައިން ފިހެނީއެވެ. ވޭނުން އަރަގުވަނީއެވެ. ޒަހަރުން ފިސްފިސްވަނީއެވެ. އެހެނަސް އަހަރެންގެ އިލާހު އަހަރެންގެ ފުރާނަވަކިނުކުރެއެވެ. މިކެހިވެރިދުނިޔޭގައި އަހަރެން ކެތް ކުރާނީކިހިނެއް ހެއްޔެވެ…ދުނިޔެވި ހަޔާތުގެ ދަތުރުގައި ކިރިޔާ ފިޔަވަޅެއް އަޅާލެވުނު އިރު ލޭގެ ކޯރަކަށް އަރަޤްކޮށްލީއެވެ…ހަޔާތުގެ ދުވަސްތަކުން ދެއަހަރުކިރިޔާ ހަމަވީއެވެ. އެހެނަސް އެއްވެސް އިންސާނަށް ލިބެން ނޭދެނެ އަނިޔާއަކުން މުޅި އަހަރެންގެ ފަސްބައި ކަޅުކޮށްލީއެވެ. މިދުނީޔޭން އަހަރެންނަށް ލިބެން އޮތް  ހަދިޔާއަކީ މީހެއްޔެވެ… ބައްޕާއެވެ. ތި ނަފްރަތުން މުޅި ހަޔާތް ވިރާނަ ވެއްޖެއެވެ. މުޅި މިވުޖޫދު ނެތި ދިއައީއެވެ. ބައްޕާ އެވެ. ބައްޕައަށް ވިސްނުނު ދުވަހަކުން އަހަރެންނަށް އިންސާފު ހޯދަދޭށެވެ. ބައްޕާ އެވެ. ތި ނަފްރަތު ފޮހެލައި ލޯބިން އަހަރެންގެ ކުލަނެތް ދިރިއުޅުމަށް ހަމަޖެހުމެއް ގެނެސް ދޭށެވެ…. މަންމާ ތިޔަ މަސްތު ފިލާ ދިއަ ދުވަހަކުން މިހަށިގަނޑުގެ ކޮންމެ އިންޗިއަކަށް ވޭންދިން އެ ދެއިންސާނުން  ރޮލާ  ނޮޅާލާށެވެ.  މަންމަގެ ތިމަސްތަށް ވުރެއް ވޭން ބޮޑު މަސްތެއްގައި އެވިހަގަދަ ހަރުފައެއް ފަދަ ދެއިންސާނުންގެ ދުނިޔެ ނެތި ކޮށްލަދޭށެވެ……….

Share Article

Follow Me Written By

Sul

Level 1

Other Articles

Previous

ނޭދެން ވަކިވާކަށް (2)

Next

އިޙްނާ (1)

Next
January 21, 2020

އިޙްނާ (1)

Previews
January 21, 2020

ނޭދެން ވަކިވާކަށް (2)

3 Comments!

  1. Lamko says:
    January 21, 2020 at 7:07 am

    Vry heart touching…. I was shocked that day???

    1. IsHeR says:
      January 21, 2020 at 9:24 pm

      Lamkko miss u engey mihaaru busy vyma tiktok ah nuvadheve.

  2. Lamko says:
    January 22, 2020 at 9:18 am

    Ok no problem ????

Comments are closed.


All Right Reserved!