Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގާ ހުންނަމޭ ލޯބިން

Musai_Fa Level 1
January 5, 2020 5 Mins Read
5 Comments

ހަވީރުގެ ހިތް ގައިމު ވަގުތެވެ. ސައިކަލް ޕާކު ކޮއްލުމަށްފަހު ކައިޝް މިސްރާބު ޖެހީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯރޓު ގެ އެރައިވަލްސް ގޭޓާ ދިމާއަށެވެ. އަތުކުރީގައި އޮތް ގަޑިއާ ދިމާލަށް ބަލާލި އިރު ނުތަނަވަސް ކަމެއް އެ ހިތްގައިމު މޫނު މަތިން ފާޅުވިއެވެ. “ލަސްވެއްޖިއްޔާ މަގޭ އެއް ކަންފަތުގެ ދުވަސް ދާނެ މިއަދު” އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން ދިޔަ ކައިޝް އަށް ހުއްޓެން މަޖުބޫރުވީ މީހެއް ގައިގައި ލައިގަތުމުންނެވެ. “ސޮރީ” އެ މީހާ ގެ މޫނަށް ވެސް ބަލާ ލުމެއް ނެތި ކައިޝް އަވަސް ވެގަތީ ގަޑި ނުޖެހެނީސް އޭނާގެ މަންޒިލަށް ވާސިލް ވެވޭތޯ އެވެ.

ކައިޝް އެއްފަހަރު ނަމަވެސް ފަހަތް ބަލާލި ނަމަ އެ މީހާ އޭނާއަށް ބަލަހައްޓައިގެން ހުރިކަން ފާހަގަވީހެވެ. ނަމަވެސް އެހެން ކަމަކާ ވިސްނުމަށް ވުރެ ބޮޑަށް އޭނަ ހުރީ އޭނާ ބައްދަލު ކުރަން އައި ފަރާތާ ބައްދަލު ވުމުގެ ބޭނުމުގައެވެ. ކައިޝް މާގިނަ އިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ކަޅުކުލައިގެ އަބާޔާ އަކާއެކު ހަމަ އެކުލައިގެ ޝޯލް އެއް އަޅައިގެން ހުރި އަންހެން ކުއްޖަކު އޭނާގެ ލޮލުގައި އަޅައިގަތުމުން އޭނާ ހުރީ ގަބޫލުކުރަން ދަތިވެފައެވެ. އެ ކުއްޖާ ކައިޝް އަށް ގޮވާލުމަށްފަހު ދުވެލާފައި އައިސް ކައިޝްގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. “ހެހެ ތި އަނގަ ލައްޕަބަލަ. ދެންވެސް ހިނގާބަލަ އަވަހަށް ގެއަށް ދެވޭތޯ ބަލަން ތި އަނގަ އަށް މެއްސެއް ނުވަންނަނީސް. ވަރަށް ޓަޔަޑް” އެ އަންހެން ކުއްޖާ މަޑުމަޑުން ކައިޝް ގެ ކޮނޑުގައި ޖަހާލުމަށްފަހު ބުނެލިއެވެ. “އަނގަ ވެސް ހުޅުވޭނެ ދޯ. ކިހިނެތް ވެފަ ތިހިރީ. މެލޭޝިއާ އަށް ގޮސްސަ އައިމަ ހީވަނީ ހަމަ މެލޭޝިއާ ކުއްޖެއްހެން.” އަންހެން ކުއްޖާ އަތުގައި ހުރި ފޮށި އަތުލުމަށްފަހު ކައިޝް ހިނގައިގަތެވެ. އެ ކުއްޖާ ގެއަށް ދިޔުމަށް ޓެކްސީ އެއް ނަގާދިނީ ވެސް ކައިޝް އެވެ. އެ ކުއްޖާ ގެއަށް ދާން ނައްޓާލުމުން ކައިޝް ވެސް ސައިކަލު ގައި ގެއަށް ދާން ނައްޓާލިއެވެ.

“ޕެލެސް” ގެއަށް ހީވަނީ ޢީދެއް އައިސް ގެން އުޅޭ ހެނެވެ. ޒަހުރާ އާއި ހިޝާމް ގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅު އަލަށް އަންހެން ކުއްޖަކު ގެއަށް ގެންނަން އުޅޭތީ އެކަމުގެ އުފަލުގައެވެ. ގޭތެރެ ހަލަބޮލި ކޮއްލާފައިވަނީ ގާތްތިމާގެ މީހުނާއި ރައްޓެހިންގެ އަޑުންނެވެ. އެމީހުންގެ އިންތިޒާރަށް ނިމުން ގެނުވާފައި ގޭތެރެއަށް ވަދެގެން އެ އައީ ކައިޝް އެވެ. “ދަރިފުޅާ ކޮބާތަ ދަރިފުޅު ގެންނަން އުޅުނު ކުއްޖާ؟” ޒަހުރާ ހިނިތުންވެފައި ހުރި އިރު އަނގައިގަ ނުފެންނަ އެންމެ ދަތެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

“މިހިރީ” ކައިޝް ގެ ފަހަތުން ވަން އަންހެން ކުއްޖާ އަށް އިޝާރަތް ކޮއް އޭނާ ބުނެލިއެވެ. އެއީ އެއާޕޯރޓުން އޭނާއާ ދިމާވި ކުއްޖާއެވެ. އެ ކުއްޖާ ފެނުމުން ގޭތެރެ އެއްކޮށް ހަމަހިމޭން ވެގެންދިޔައެވެ. “ކިހިނެއް ވަނީ ސަޕްރައިޒް؟” މި ފަހަރު ވާހަކަ ދެއްކީ އެ އަންހެން ކުއްޖާއެވެ. “ކިޔާ….” ހިޝާމް ހައިރާންވެފައި ބަލާލިއެވެ. “ދަރިފުޅާ ކިޔާރާ” ޒަހުރާ އައިސް އެ އަންހެން ކުއްޖާ ގައިގައި އޮޅުލައިގަތެވެ. ހިޝާމް ގެ ލޮލުގައިވެސް އުފާވެރި ކަމުގެ ކަރުނަ ވިދާލިއެވެ.

ކިޔާރާ ފަސް އަހަރަށްފަހު އަމިއްލަ ފަސްގަނޑަށް އެނބުރި އެއައީ އޭނާގެ ހުވަފެންތަކުގައި ކުލަ ޖައްސައިގެނެވެ. ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް ވުމަކީ އޭނާ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެކެވެ. އޭނާ މިވީ ފަސް އަހަރު ދުވަހުގެ ތެރޭގައި އެންމެ ފަހަރަކުވެސް ރާއްޖެ އައިސްފައި ނުވަނީ އަންނަހިތް ނުވާތީކީ ނޫނެވެ. ލޯބިވާ މައިންބަފައިންނާ ކޮއްކޮ ދެކިލަން ކިތަންމެ ބޭނުންވި ނަމަވެސް އޭނާ ކެތްކުރިއެވެ. މައިންބަފައިންގެ ނުރުހުމުގައި އެމީހުނާ ދެކޮޅަށް އެންމެ ފިޔަވަޅެއް ވެސް އެޅިދާނެ ކަމުގެ ބިރަށްޓަކައެވެ.

އާއިލާ މީހުނާ ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮއްލުމަށްފަހު ކިޔާރާ ކޮޓަރިއަށްވަދެ ހަމަޖެހިލިއެވެ. ފެންވަރައިގެން ނިކުމެ މަޣްރިބު ނަމާދުކޮއްލުމަށްފަހު އޭނާ އެނދުގައި ޖައްސާލީ އިޝާ ނަމާދައް ގޮވުމުގެ ކުރިން ހޭލުމުގެ ނިޔަތުގައެވެ. ނަމަވެސް އޭނާ ފުން ނިންޖަކަށް ގެނބިގެން ދާކައް މާ ގިނަވަގުތެއް ނުނެގިއެވެ.

ފެންވަރަން ހުރި ކައިޝް އަވަސް ކޮއްލައިގެން ނިކުތީ އޭނާގެ ފޯނު މާވަރަކަށް ރިންގުވާތީއެވެ. “ރިޖެކްޓް އިޓް” ގެ ނަމުން ސޭވް ކޮއްފައި އިން ނަމްބަރުން ގުޅާފައި އޮތްތަން ފެނުމުން އޭނާގެ މޫނު މަތިން ފެނިގެން ދިޔައީ ފޫހި ކަމެވެ. އެ ނަމްބަރު ބްލޮކް ކޮއްލެވެން ނެތް ކަން ހަނދާން ވުމުން އޭނާ އިތުރަށް ފޫހިވާ ގޮތްވިއެވެ.

ކިޔާރާ ރާއްޖެ އައިތާ ހަފްތާއެއްވީ އިރު އޭނާއަށް ވަނީ މާލޭ އައިޖީއެމް ހޮސްޕިޓަލުން ވަޒީފާ ހަމަޖެހިފައެވެ. ވަޒީފާ އަށް ނިކުންނަ ފުރަތަމަ ދުވަސް ކަމުން ކުޑަކޮށް ނުތަނަވަސްވި ނަމަވެސް އެއަށް ވުރެ ބޮޑަށް އޭނާ ހުރީ ހިތްހަމަ ޖެހިފައެވެ. ގަދަނޫކުލައިގެ އަބާޔާއަކާއެކު އަޅައިގެންހުރި ކަޅުކުލައިގެ ޝޯލް އޭނާގެ ވަށް މޫނާ ވަރަށް ގުޅެއެވެ. މާ ދޮން ނުވި ނަމަވެސް ކަޅެކޭވެސް ނުބުނެވޭނެއެވެ. ކިޔާރާ ތައްޔާރުވެ ނިމުމުން ދަބަސް ހިފައިގެން ނިކުންނަން ދިޔައެވެ. ” ދަރިފުޅާ ސައި ނުބޮއިތަ ދަނީ؟” ކިޔާރާ ކޮޓަރިން ނިކުތް އަޑު އިވުމުން ބަދިގޭގަ ހުރި ޒަހުރާ ގޮވާލިއެވެ. “އާން މަންމާ ލަސްވެއްޖެ” ކިޔާރާ ފައިވާން ހަރުގަނޑުން  ކަޅު ކުލައިގެ ބޫޓެއް ނަގަމުން ޖަވާބު ދިނެވެ. “މި ކުއްޖާ މި ކަންތައް ރަނގަޅު ކުރާނީ ކޮން ދުވަހަކުން ތަ އަޅެ. ގަޑި ޖެހެން ފަސް މިނެޓަށް ވީމަ ނޫނީ ގެއިން ނިކުމެވޭ ކަމަކަށް ނުވާނެ. ” ޒަހުރާ ބަދިގެއިން ނިކުމެގެން އައިސް ކިޔާރާ ގާތު ހުއްޓިލިއެވެ. “އަޅެ މަންމާ ކިތަންމެ ލަހުން ނިކުތަސް ގަޑި ނުޖެހި ދަމެއްނު ކޮންމެ ތާކަށް ވެސް. ” ކިޔާރާ އޭނާގެ މަންމަ ކޮލަށް ދޮނެއް ދެމުން ގެއިން ނިކުތެވެ. ” ދަރިފުޅު ބަލައިގެން އުޅޭނީ އިނގޭ” ޒަހުރާ ހިނިތުންވަމުން ބުނެލިއެވެ.

ބާރު ހިނގުމެއްގައި އައިޖީއެމްއެޗް ތެރެއަށް ވަދެގެން ދިޔަ ކިޔާރާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ގަޑިޖެހުމުގެ ކުރިން ސޮއި ކޮށްލެވުމުންނެވެ. ފިންގާޕްރިންޓް ޖަހާފައި އޭނާ އަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އޭނާގެ ކުރިމަތިން ހިނގަމުން ދިޔަ އެހެން މީހެކެވެ. އަތްދިގު ކަޅު ގަމީހަކާއެކު ކަޅު ފަޓުލޫނުގައި ބެގީކޮށްފައި ހުރި އެ މީހާ އޭނާ ދަންނަހެން ހީވަނީ ކީއްވެ ކަމެއް ނޭނގުނެވެ. އެހެނަސް އޭނާ އެކަމަށް އެހާ ބޮޑު ސަމާލު ކަމެއް ނުދިނީ ދުނިޔޭގައި އެއްވައްތަރުގެ ބައިވަރު މީހުން ތިބޭނެ ކަން ހަނދާން ވުމުންނެވެ. ކިޔާރާ އޭނާ އަށް ޙާއްސަ ކޮޓަރި ފެނުމާއެކު ހިނިތުންވެލަމުން ވަންނަން ދިޔައެވެ. ނަމަވެސް އޭނާ އަށް ހައިރާން ކަމެއް ލިބުނީ އެއްކަލަ ޒުވާނާ އޭނާއަށްވުރެ ކުރިން އޭނާގެ ކޮޓަރިއަށް ވަނުމުންނެވެ. އެހެނަސް އެއީ އޭނާގެ އެސިސްޓެންޓަށް  ވެދާނޭ ހީކޮއްފައި ދޮރު ހުޅުވާލާފައި ވަނެވެ. އިސްއުފުލާ ބަލާލި ކިޔާރާ ހުއްޓުން އެރީ އެ ޒުވާނާ ގެ މޫނު ފެނުމުންނެވެ. އޭނާ ގެ ކުރިމަތިން ހިނގާފައި ދިޔައިރު އެ ޒުވާނާ ގެ މޫނު އޭނާ އަކަށް ފެނިފައެއް ނެތެވެ. “ވިކާޝް ކަލޭ؟” ކިޔާރާ ހައިރާން ވެފައި އަހާލިއެވެ. ވިކާޝް ވެސް ހައިރާން ކަމާއެކު ކިޔާރާ އަށް ބަލާލިއެވެ. “ކިޔާ ތަ؟ ފަސް އަހަރު ވީ ދޯ ދެ މީހުން ހަބަރެއް ނުވެ” ވިކާޝް ހިނިތުންވެލަމުން ބުނެލިއެވެ. ” އާން އަހަރެން މެލޭ އަށް ދިޔަފަހުން ވިކާޝް ވެސް އައިމަން ވެސް ހަބަރެއް ނުވޭ. ކިހިނެއްތަ ހާލު؟ އައިމަން ކޮބާ؟” ކިޔާރާ އައިސް ގޮނޑީގަ އިށީންނަމުން ބުނެލިއެވެ. “އަލްހަމްދުލިއްލާހް އޯކޭ އައިމަން ވެސް އެބަ އުޅޭ. އެއްމެން ދިމާވާން ވާނެއްނު ދޯ ނަވާ ވެސް” ވިކާޝް އޭނާގެ ނަންބަރާ އައިމަން ގެ ނަންބަރު ދިނުމަށްފަހު ކިޔާރާ ގެ ނަންބަރު ހޯދިއެވެ. ވާހަކައިގައި ތިއްބާ ބަލި މީހުން އަންނަން ފެށުމުން އެކަމާ ދެ މީހުން މަޝްއޫލު ވިއެވެ.

ކިޔާރާ އާއި ނަވާރު އާއި ވިކާޝް އަދި އައިމަން އަކީ ސުކޫލު ދައުރުއްސުރެ އެކީ އުޅެމުން އަންނަ ކުދިންނެވެ. ރަށު ސްކޫލުން ދިހައެއް ނިންމުމަށްފަހު އެންމެން ވެސް މާލެ ބަދަލުވީއެވެ. މާލެ ބަދަލު ވި ނަމަވެސް ކުރިން އޮތް ގުޅުން ހަމަ އެގޮތުގައި އޮތެވެ. ކިޔާރާ އާއި ނަވާރު އޭލެވެލް ހެދި ނަމަވެސް އެއް ސުކޫލަކަށް ދިޔުމުގެ ނަސީބެއް ނުލިބެއެވެ. ބަންދު ދުވަސް ތަކުގައި ހަތަރު އެކުވެރިން ދިމާވެ ސަކަރާތާ މަޖަލުގައި ވަގުތު ހޭދަ ކުރެއެވެ. އަދި އެދުވަސް ތަކުގައި ރަށުގައި އެއްކޮއް ކިޔެވި ކުދިންގެ ތެރެއިން އެންމެ ގާތް އެކުވެރިން ވެސް ބައިވެރިވެއެވެ.

ޑިއުޓީ ނިންމާފައި ކިޔާރާ ގެއަށް ދާން ނިކުތް އޭނާގެ އިންތިޒާރުގައި ކައިޝް އިނެވެ. ” އޯން މަގޭ ހޭންސަމް ބްރޯ މީނީ މަ ބަލާ އައިސް ތަ؟ އަދި އެވެސް ސައިކު ގަ. ވާވް. ދޮންތަ ނާރާނަން. ދޮންތަ ވައްޓާލަން ތި އުޅެނީ” ކިޔާރާ އައިސް ކައިޝް ގެ ކޮލުގައި ހިފާލިއެވެ. “އައްދެ މަ މިއައީ ދޮންތަ ބަލައެއް ނޫން. މަ އެބަ އުޅޭ ތަ ދޮންތަ މަގޭ ސައިކަށް އަރުވަން. ނޯ. ނެވާ. މަ މިއައީ ވިކާޝްބެ ބަލާ.” ކައިޝް ދޫ ނެރެލިއެވެ. އެވަގުތު ވިކާޝް އެތަނަށް އައިސް މަޑު ކޮއްލިއެވެ. ” ވިކާޝް. ކައި އާ ވާހަކަ ދައްކަން ތަ މި ދިޔަ ދުވަސް ތަކު؟ ހާދަ ގޯހޭ މަށަށް ހަބަރެއް ނުވެ އެކަމް ކައި އާ ވާހަކަ ދެއްކޭ” ކިޔާރާ ރުޅި މޫނު ހަދާލިއެވެ. ” ކިހިނެތް ކިޔާ އާ ޓޯކް ކުރާނީ؟ ތީ ނަވާރަ ސަތޭކައިގެ ކުރީ އުޅޭ މީހެއް. ސޯޝަލް މީޑިއާ ޔޫސް ނުކުރާ މީހެއް ތި ނޫނީ މަ ނުދެކެން. ކިޔާ ވައިބާ އެކަނި ޔޫސްކުރަނީ. މަށާ އައިމަން އާ ވައިބާ ޔޫސް ނުކުރަން ވިއްޔަ. އެހެން ނޫނަސް ކައި އަކާވެސް އެހާ ގިނައިން ޓޯކް ކޮއް ދިމާވެ އެއް ނަހަދަން” ވިކާޝް ހިނިތުން ވެލިއެވެ. ” ހޫމް ހެވޭ. ބަހަނާ ދައްކާނެ ކަމެއް ނެތް. މަށައް ޓަކާ ހަމަ ވައިބާ ޔޫސް ކުރެވިދާނެއްނު.” ކިޔާރާ ގެއަށް ދާން ހިނގައިގަތެވެ. ” އޭ ދޮންތާ މަޑުކޮއްބަލަ. ހިނގާ ސައިކުގަ. ” ކައިޝް ގޮވާލުމުން ވެސް ކިޔާރާ ދިޔައީއެވެ.

ކައިޝް އެ ދުވަހު ގެއަށް ދިޔައީ ވިކާޝް ވެސް ގެއަށް ލާފައެވެ. ގޭތެރެއަށް ވަން ކައިޝްގެ މޫނު މައްޗަށް ފޫހިކަން ވެރިވިއެވެ. އޭނާގެ ފޯނަށް އައި މެސެޖެއްގެ ސަބަބުންނެވެ. “ކައި. އަހަރެން މި ގުޅަނީ އުނދަގޫ ކުރާކަށް ނޫނޭ. އެންމެ ފަހުން ދިން ގްރޫޕް މަސައްކަތުގެ ވާހަކަ ދައްކަން ވެގެން. އެންމެން ބައިވެރިވާން ޖެހެއެންނު. ޕްލީޒް ފޯނު ނަގާބަ. އޭތި ޑިއު ވަން ދެ ދުވަހަށް ވެއްޖެ.” ކައިޝް މެސެޖަށް ރިޕްލައި ނުކޮށް މެސެޖް ޑިލީޓް ކޮއްލިއެވެ. ނަމަވެސް ކޮންޓެކްޓްސް ހޯދާލުމަށްފަހު “ރިޖެކްޓް އިޓް” ޖަހާފަ އިން ނަންބަރު ހޯދާލާފައި މެސެޖް ލިޔަން ފެށިއެވެ. ” ރީމް އަށް ވީ ބައި އަމިއްލަ އަށް ނިންމާ. އަހަރެން ހަދަން ޖެހޭ ބައި އަހަރެން ހަދާނަން” ކައިޝް ގޮސް ކޮޓަރީ ދޮރު ހުޅުވާލި އިރު އޭނަ އަށް ލިބުނީ ސިހުމެކެވެ.

Share Article

Follow Me Written By

Musai_Fa

Level 1

A girl who love to read and write dhivehi stories... I'm 17...

Other Articles

Previous

ކަނު ލޯބި- 2

Next

ރާސްތާ2 ހަތާވިސްވަނަ ބައި

Next
January 6, 2020

ރާސްތާ2 ހަތާވިސްވަނަ ބައި

Previews
January 5, 2020

ކަނު ލޯބި- 2

5 Comments!

  1. Lamko says:
    January 5, 2020 at 5:49 am

    Mi story varah reethi……kaaku anehkkaa e room ga e hurii….. Waiting for next part……. ❤️❤️??❤️??

    1. Musai_Fa says:
      January 6, 2020 at 12:16 pm

      Jazaakallah khair ? hehe kaakubaa anekka e room ga hurii? next part varah avahah genesdheynan In Sha Allah…

  2. Musai_Fa says:
    January 8, 2020 at 7:40 pm

    Jazaakallah khair ? In Sha Allah next part varah avahah genesdheynan… kaakubaa dhw anekka e room ga hury hehehe ?

  3. Musai_Fa says:
    January 8, 2020 at 7:42 pm

    Story submit kuriyas 5 days fahun up vany ehnve up nuve Las vany

  4. mahoo says:
    January 9, 2020 at 9:16 pm

    its really beautiful story…. I hope feshigen nimehdhen vaahaka kiyaalan libeyyne kamah……

Comments are closed.



All Right Reserved!