Skip to content
އެސްފިޔަ

މޮޔަ ހިތް މަގޭ…18

ނާއިލް އާ ރުޅިވެވުމުން ބޮލަށް ވަރަށް ފަސޭހަ ވިއެވެ… އަހަރެން ދެން ރައިހާން އާ  ދުރަކަށް ނުދުވާނަމެވެ.. ކޮންމެސް ދުވަހަކުން ރައިހާން އަހަރެންދެކެ ލޯބިވާނެއެވެ.. އެ ދުވަހަށް އަހަރެން އިންތިޒާރު ކުރާނަމެވެ………………………………………

ދުވަސްތައް ހަލުއި ކަމާއެކު ފާއިތު ވަމުން ދިޔައެވެ.. އަހަރެންގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ.. ރައިހާން މަތިން ހަނދާން ނައްތާލަން މަސަތްކަތް ނުކުރިއެއް ކަމަކު.. ރައިހާން ގާތުގައި ލޯބިވާ ވާހަކަ ބުނާނެ ހާ ހިއްވެރެއް ވެސް އަހަރެންގެ ގަޔަކު ނެތެވެ.. ލަޔާ މެދުކެނޑުމެއް ނެތި ރައިހާން އަށް ކޮންފެސް ކުރާށޭ ބުނެއެވެ.. ނަމަވެސް އަހަރެން މާ ބޮޑަކަށް އަޅައެއް ނުލަމެވެ… އަހަރެންނަށް ދުވަހަކު ވެސް ނުލިބޭނެ މީހަކު ދެކެ ލޯބި ވެވުމަކީ އަހަރެންގެ މައްސަލަ އެވެ.. އަހަރެން އެކަން ސިއްރު ކޮއްފައި ބޭއްވުމުން.. އެއްވެސް މައްސަލަ އެއް ނުޖެހޭނެއެވެ.. ރައިހާން އާއި އީޝާ އާ އަދި ދެން ތިބި ހުރިހާ މީހުން ވެސް ތިބޭނީ އުފަލުގައެވެ.. ވަރަށް ވިސްނުމަށް ފަހު އަހަރެން ގޮތް ނިންމީމެވެ.. ރައިހާން މަތިން ހަނދާން ވާ ކޮންމެ ފަހަރަކު އަހަރެން ރައިހާން ގެ ފޮޓޯ ގަނޑަކަށް ބަލައިގެން ފުއްދާލާނަމެވެ.. ރައިހާން އާ ހެދި ރޮވޭ ކޮންމެ ފަހަރަކު އެކަކަށް ވެސް ނުފެންނާނެ ހެން.. އަޑު ނީވޭނެ ހެން އެކަނި އޮވެ ރޯނަމެވެ.. އަހަރެން ގެ ހިތަށް ކިތަންމެ ތަދުވިއަސް ހިނިތުން ވުމެއް ދީގެން އަހަރެން އިންނާނަމެވެ… ކޮންމެ ނަމާދަކަށް ފަހު ރައިހާން އަބަދުވެސް އުފަލުގައި ހުރުމަށް އެދި އަހަރެން މާތް ﷲ އަށް ދުއާ ކުރަމެވެ…. ދުވަސްތައް ފާއިތު ވަމުން ދާ ވަރަކަށް އަހަރެންގެ އުޅުމަށް ދިޔައީ ބަދަލު ތަކެއް އަންނަމުންނެވެ.. އަބަދުވެސް ސަކަރާތް ޖެހުމުގައި އުޅޭ މީހާ އިންނަނީ މަޑުންނެވެ.. ކޮންމެހެން ބުނަން ބޭނުންވާ އެއްޗެއް ނޫނީ ނުބުނެއެވެ.. އަބަދުވެސް ރައްޓެހިންނާ އެކު ހިނގާލަން ގޮސް މަޖާ ކޮށް އުޅުނު މީހާ މިހާރު އަބަދު އިންނަނީ ގޭގައެވެ.. އަހަރެންގެ އިންސްޓަގްރާމް އެކައުންޓް ވެސް ވާނީ ޕާމެނެންޓް ކޮށް ޑީއެކްޓިވް ކޮއްފައެވެ.. ފަހު ޓާމް ޓެސްޓް ތަކާޖެހެން ވެސް ވަރަށް ކައިރި ވެއްޖެއެވެ… އަހަރެން ދިޔައީ ހުރިހާ ވަގުތެއް ކިޔެވުމަށް ހުސްކުރަމުންނެވެ.. އެއީ އެހެން އެއްވެސް ކަމަކާ ވިސްނުމަށް ޖާގައެއް ނުދިނުމަށެވެ.. “ލޯބި” މި ބަހަކީ އަހަރެން ދަންނަ ބަހެއް ނޫން ކަމަށް ހިތަށާއި ސިކުންޑިއަށް އަހަރެން ވިސްނަދެމެވެ..

ހޮނި ހިރު ދުވަހުގެ ހަވީރެވެ.. އަހަރެން އިނީ އިސްލާމް ފޮތް ކިޔާށެވެ.. ދޮރުން ވަދެގެން އައި ލަޔާ ފެނުމުން އަހަރެން ކީއްވީތޯ އެހީމެވެ..”އަޅޭ މައީ އާދޭސްކޮއްފަ މި ބުނީ މިއަދު ހަވީރު ހިނގާބަލަ ހިނގާލާން ދާން ރީޝާމެން ވެސް އެބަ އާދެޔޭ…ޓެސްޓް ތައް ފެށުމުގެ ކުރިން ގެޓް ޓުގެދާ ބާއްވާ އެންމެ ފަހު ފަހަރޭ މީ”.. ލަޔާ އާދޭސް ކުރަން ފެށުމުން އެންމެފަހުން ދާން އަހަރެން އެއްބަސްވީމެވެ.. އަހަރެން ރީތިވެލައިގެން ނިކުތް އިރު ރީޝާ މެން ވެސް ތިއްބެވެ.. އެކި އެކި ވާހަކަ ދައްކަ މުން އަހަރެމެން ގޮސް ޕާކުގައި ހުރި ޖޯލި ފަތީގައި އިށީންދެލީމެވެ.. އަހަރެމެން އެންމެން އެއްކޮށް ފޮޓޯ އެއް ނަގަން ބޭނުންވިއެވެ.. ނަމަވެސް ނަގާނެ މީހެއް ނެތެވެ.. “އޭ ބަލަ އެއޮތް ދަނީ ފައިކް މެން ބުނެބަލަ އައިސްބަލާށޭ”.. އަހަރެމެންގެ ކުރިމަތިން ސައިކަލެއްގައި ދިޔަ ފައިކް އާއި ލީވާން ފެނި ހީނާ ބުނެލިއެވެ.. “އޭއި!!!! ފައިކޫ!!!! އައިސްބަލަ އެމަޖެންސީއެކޭ.. އަވަސް!!!!” ލެވުނު ހާ ބާރަކަށް ރީޝާ ހަޅޭލަވައިގަތެވެ.. ހީވަނީ ކަންފަތު ތޫރި ފަޅައިގެން ދިޔަ ހެނެވެ. އެހާ ވެސް ބާރަށެވެ.. ރީޝާ ގޮވާލި އަޑު އިވުމުން ފައިކް މެން އައިސް އަހަރެމެން ކައިރީ ސައިކަލު މަޑު ކޮއްލިއެވެ..ފައިކް އަކީ ރީޝާގެ ބޭބެ އެއް ކަހަލަ މީހެވެ.. “ކޮން އެމަ ޖެންސީއެއްތަ ރީއްކޯ؟؟؟” ފައިކް ރީޝާ އާ ސުވާލު ކުރިއެވެ..”އަހަ އަހަ އަހަރެމެންގެ ފޮޓޯއެއް ނަގާދޭންވީ”…”ޕިސް ޕިސް ތި ވަރުގެ ކަމަކަށް އަހަރެމެންނަށް ތި ގޮވީ؟؟؟.. އަހަރެން ހީކުރީ މީހަކު ހޭނެތިގެން އުޅޭ ކަމަށް “ދެން ދެން މިހާރު ތިހިރީ އައިސް …ފޮޓޯ ނަގާދީފަ ނޫނީ ނުދެވޭނެ..”…”ނުނަގާދޭނަން!! އަޑު އިވިއްޖެތަ”.. ފައިކް ރީޝާގެ ނިތުގައި ފުއްޓައްކެއް ޖަހާލަމުން ބުނެލިއެވެ..”ފޮޓޯ ނުނަގާދެންންޏާ މި ގުޅަނީ ބޯއްތަ އަށް (ފައިކް ގެ މަންމަ) ..އެއްކަލަ އަންހެން ކުއްޖާގެ ވާހަކަ ބު..”ރީޝާ ބުނަން އުޅުނު ޖުމްލަ ނުނިމެނީސް ފައިކް ރީޝާގެ އަނގަމަތީގައި އަތް އެޅިއެވެ..”ލޯބިވާ ކޮއްކޯ އަވަހަށް ދޭ ފޮޓޯއަށް ތައްޔާރު ވާން.. ބޭނުން ވަރަކަށް ފޮޓޯ ނަގާދޭނަން… މަންމަ ކައިރީ ނުބުނައްޗޭ”… ފައިކްގެ މޫނުމައްޗަށް ވެރިވި ކުލަވަރުން އަހަރެމެން އެންމެނަށް ހެވޭގޮތް ވިއެވެ..އަހަރެން އިނީ ފޮޓޯނަގާ މޫޑަކު ނޫނެވެ.. އެންމެން ފޮޓޯއަށް ތައްޔާރު ވަމުން ދިޔައެވެ.. އަހަރެން އިންތަނުން ގުޑިވެސް ނުލާ އިނީމެވެ..”އޭ މައީ ފިއުޒު ދިޔައީތަ؟؟ އަވަހަށް އާދެބަލަ “..”ނޫނޭ އަހަރެން ޕޮޓޯ ނަގާ ހިތެއް ނެތް”… އަހަރެން ނުދިއުމުން…އެންމެން އަހަރެން ބަލާ އައެވެ.. “ފަހަރި ކޮއްކޯ ކީއްވެ ފޮޓޯ ނުނަގަން ތިއުޅެނީ؟؟”..ފައިކް އަހަރެންނާ ދިމާލަށް ބުނެލިއެވެ..”ކޮންހެނެއް ވި ފަހަރި އެއްތަ އެއީ؟؟؟؟” އަހަރެން އެހީމެވެ..”އަހަރެމެންގޭ ޔޫއާން އާ އެންނު”…”އަހަ އަހަ ފައިކޫ ތި ވިސްނަނީ މުޅިން ގޯސް ކޮށް.. ތިގޭ ޔޫއާން އެންނު އަހަރެމެންގެ މައީގެ ފަހަތު އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅެނީ.. މައީ އެއް ލައިކް އެއް ނުވެޔޭ ޔޫއާން ދެކެ އެއް ދޯ”…ރީޝާ އެހެން ބުނުމުން އަހަރެން ބޯ ޖަހާލީމެވެ..” ތި ހެން ނުބުނޭ!!!.. ޔޫއާން މައިޝާ ދެކެ ވަރަށް ލޯބިވޭ.. އަހަރެމެންނާ އެއްކޮށް އުޅޭ އެންމެނަށް މި ކަން އެނގޭނެ..”…”ހެކި ދައްކަބަލަ!!” ރީޝާ ބުނެލިއެވެ..”ހެކި ދައްކާފަން ބޭނުން ވަރަކަށް.. ޔޫއާން ސިނގެރޭޓް ބޯން ފެށީވެސް ހަމަ ތި މައިޝާ އާ ނުލިބުމުން އެކަމުގެ ހިތާމައިގަ.. މައިޝާ ޔޫއާން ބްލޮކް ކޮއްލާ ކޮންމެ ފަހަރަކު އަހަރެމެން ކާއިރީގައި އާދޭސް ކުރޭ.. މައީ ކާރީ ބުނާށޭ އަންބްލޮކް ކުރާށޭ ކިޔާފަ.. މައިޝާ އެންމެ ފަހުން ރައްޓެހި ވިމެއްނު ދޯ ކޮންމެސް ނާއިލް އަކާ .. އެކަން އެނގި ގެން ޔޫއާން ރުއި ތަން އަހަރެނަށް އެތަށް ފަހަރަކު ފެނުނު.. އަހަރެން ވަރަށް ނަސޭހަތްވެސް ލައިދިނިން.. އެކަމަކުވެސް ޔޫއާން ދިނީ ބީރު ކަންފަތެއް.. ވޭތުވެދިޔަ 2 އަހަރުތެރޭގައި ޔޫއާން އުޅުނު ގޮތް އެންމެ ރަނގަޅަށް އެނގޭނީ ހަމަ އަހަރެންނަށް… އެއްވެސް މީހަކާ ރައްޓެހި ނުވެ ވެސް އެ ހުންނަނީ ހަމަ މައިޝާ ލިބޭނެ ކަމަށް… އަހަރެން ދެން ނެތިން އިތުރު އެއްޗެއް ބުނާކަށް.. ގޯސް ގޮތަކަށް ނު ވިސްނައްޗޭ މައިޝާ އަހަރެން ނުބުނަން.. ޔޫއާން އާ ރައްޓެހިވާށެކޭ އެއް.. އަހަރެންނަށް އެނގޭ އެއްޗެއް ހަމަ ބުނެލީ”…”އަހަރެންނަށް އިނގޭ ތި ހުރިހާ ކަމެއްވެސް.. އަހަރެން ޔޫއާން އާ ވީހާވެސް ދުރުގަ އުޅެވޭތޯ މި ބަލަނީ ހަމަ ޔޫއާން އަށް ރަނގަޅަކަށް”…”ދެން އަަހަރެންނަކަށް ނޭނގެ.. ބުނެލަން އޮތީ ޔޫއާން އަކީ އެހާ އަވަހަށް ބަލި ގަބޫލު ކުރާނެ މީހެއް ނޫނޭ… އޭނަ ބޭންނުންވާ އެއްޗެއް ހޯދާފަ ނޫނީ ދުލެއް ނުކުރާނެ.. 2 އަހަރު ކީއްކުރަން 10 އަހަރު ވިއަސް”.. އެދުވަހު އެންމެ ފަހުން އަހަރެން އެންމެނާ އެކީ ފޮޓޯ ނެގީމެވެ.. ބަންގި ގޮވަން ކައިރި ވުމުން.. އަހަރެމެން ގެއާ ދިމާލަށް މިސްރާބު ޖެހީމެވެ.. އަހަރެންނާއި ލަޔާ މަޑުކޮއްލީ.. ފަޔަށް ތަދުވާތީއެވެ.. އެތާ ހުރި ޖޯލި ފައްޗެއްގައި އަހަރެމެން ދެމީހުން އިށީންދެލީމެވެ..”މައީ ޔޫއާން ހަމަ ރުއި އިނގޭ ނާއިލް ކަންތަކާ ފައިކް ބުނީ ހަމަ ތެދެއް..އެއީ އިހައްދުވަހަކު ލީޒާ ވެސް އަހަރެން ގާތު ބުނި އެހެން”…”ބޮޑު މާސިންގާ ފިރިހެނެއް ރޯން ޖެހޭތަ.. އަޖައިބެއް!! ” އަހަރެން ބުނެލީމެވެ..”މައީ އަކަށް ވަކި ނެތޭ ޔޫއާން އާ ކިޔޭ ކަށް .. ކިތައް ރޭތަ މައީ ރުއީ ރައިހާން އާ ހެދި”… ދޮގެއްވެސް ނޫނޭ އަހަރެންގެ ހިތަށް އެރިއެވެ…”އަސްލު ޔޫއާން ވަކި ހަޑިއެއް ނޫންދޯ..އަހަރެންނަށް ޔައިޝް އަށް ވުރެ މާ ރީތި ޔޫއާން .. އެކަމަކު އެހެރަ ފޮނި ކެނޑުން ގަނޑެއްދޯ އަހަ އަހަ”..”ފޮނިކަނޑާ މެށިނެއް ހަމަ އެއީ އަހަ އަހަ.. “…އަހަރެން ބުނެލީމެވެ..”މައީ އަސްލު ވާހަކަ އެއް ބުނަންތަ؟؟ ރުޅި ނާންނައްޗޭ”…”ޕިސް ޕިސް އަހަރެނެއް ލަޔާ ދެކެ ރުޅިއެއް ނާންނާނަ މެއްނު ..ބުނެބަލަ”…”މައީ ދެރަވާނެތަ މިސާލަކަށް ރައިހާން މައީ އިގްނޯރ ކޮއްފަ އަބަދު އެއްޗިސް ކީޔާހެދީމަ؟؟”..”އަފްކޯސް ދެރަ ވާނެ ދޯ.. ކާކު ބޭނުން ވާނީ އެމީހާ އެންމެ ލޯބިވާ މީހާ އޭނަޔާ ދޭތެރޭ އެހެން ކަންކުރަން.. މޮޔަ ސުވާލު ނުކޮއްބަލަ އަހަ އަހަ”…އަހަރެން ލަޔާ ގައިގައި ވިކާލަމުން ބުނެލީމެވެ…”މައީ ދެރަވޭތަ ރައިހާން އީޝާ އާ ރައްޓެހިވެގެން އުޅޭތީ؟؟؟” ޕިސް ޕިސް އަޅެ ދެރަވާނެދޯ.. ކާކު ތަ ބޭނުންވާނީ އެމީހާ އެންމެ ލޯބިވާ މީހާ އެހެން މީހެއްގެ ހައްގަކަށް ވާތަން ބަލަން”…”ތިހެން ވީރު މައީ ޔޫއާން އާ ދޭތެރޭ ކަންތައް ކުރަނީ ވަރަށް ގޯސްކޮށޭ އަހަރެންނައް ބުނެވޭނީ.. ރައިހާން މައިޝާ އާ ދިމާލަށް އެއްޗިސް ކިޔާފަ އިގްނޯރ ކުރީމަ މައިޝާ ދެރަ ވަންޏާ މައިޝާ ޔޫއާން އާ ދިމާލަށް  އެއްޗިސް ކިޔާފަ އިގްނޯރ ކޮށް ހެދީމަ ޔޫއާން ދެރެއްނުވާނެތަ؟؟ ނިކަން ވިސްނާލަބަލަ..”….”ދެން ލަޔާ ވެސް ތިވާހަކަ ނުދައްކަބަލަ.. އަހަރެން ތި ހުރިހާ ކަމެއް ހަނދާން ނައްތާލަން މަސަތްކުރާވަރަކަށް ތި ހަނދާން އާ ކޮއްދެނީ ވިއްޔަ..ލަޔާ އަށް މިކަހަލަ ކަމެއް ދިމާ ނުވާތީ ނޭނގޭނެ ދޯ..”…އަހަރެން ފާޑަކަށް ރުޅިއައެވެ.. އަހަރެމެން ދެމީހުންގެ މެދުގައި ހިމޭން ކަމެއް އުފެދުނެވެ.. ބަންގި ގޮވާ އަޑު އިވުމުން އަހަރެމެން ގެއާ ދިމާލަށް ދާން ހިނގައި ގަތީމެވެ… އަހަރެމެން ދެމީހުން މަޑު ހިނގުމެއްގައި ދަނިކޮށް ކުރިމަތިން ބާރު ސްޕީޑެއްގައި ދެ ސައިކަލު ދިޔައެވެ.. ސައިކަލު ގައި ތިބި ބައެއް އަހަރެންނަކަށް ނުފެނެއެވެ.. މާލަސް ތަކެއް ނުވެ އެ ދެ ސައިކަލު އަނެއްކާވެސް އަހަރެމެންގެ ވަށައިގެން ދުއްވަމުން ދިޔައެވެ.. މިފަހަރު ދިޔައީ ތަންކޮޅެއް މަޑުންނެވެ… ފުރަތަމަ ސައިކަލުގައި ދުއްވަން އިނީ އަހަރެން ދަންނަ މީހެއް ނޫނެވެ… ނަމަވެސް ސައިކަލު ފަހަތުގައި ހުރީ ޔޫއާން ކަން އަހަރެންނަށް ޔަގީނެވެ.. އަނެއް ސައިކަލު ދުއްވަން ހުރީ ޔޫއާން ދެ އެކުވެރިން ކަމުގައިވާ  އަމީން އާއި ކައިލް އެވެ… ޔޫއާން އަހަރެންނާ ދިމާލަށް ހުއްޓުމެއް ނެތި ބަލަމުން ދިޔައިރު އެމޫނު މަތިން ހިތާމަ އާއި ރުޅީގެ ކުލަވަރު ފެންނަމުން ދެއެވެ.. ޔޫއާން އެހެން ބަލަމުން ދާތީ އަހަރެންނަށް އުނދަގޫވިއެވެ.. ލަޔާގެ އަތުގައި އިފައިގެން އަހަރެން ގެއާ ދިމާލަށް ދުއްވައިގަތީމެވެ… “އޭ މައީ.. އަނެއް ސައިކަލުގައި ދުއްވަން ހުރި މީހާ އަހަރެން ކައިރީ ރައްޓެހިވަން އެހި ދެންމެގަ”…”އަމީން؟؟؟”…”ހާން” ލަޔާ ޖަވާބު ދިނެވެ.. “..ދެން ލަޔާ ބުނީ ކީކޭ؟؟؟ ބައި ދަ ވޭ އަމީން އަކީ ޔޫއާންގެ ބެސްޓް ބަޑީ “.. އަހަރެންނަށް އިނގޭ އެއްޗެއް ބުނެލީމެވެ..”އަހަރެން ބުނީ ވިސްނާފަ ޖަވާބެއް ދޭނަމޭ”…ލަޔާ ބުނެލިއެވެ.. މާ ގިނަ ވާހަކަ ދެއްކުމެއްނެތި އަހަރެންމެން ގޮސް ގެއަށް ވަނީމެވެ…އަހަރެން ފެން ވަރައިލައިގެން އެނދުގައި އޮށޯވެލީމެވެ.. މިއަދު ހަވީރު މާގިނައިން ހިނގުނީމަ އަހަރެން ހުރީ ވަރަށް ލޮޑު ވެފައެވެ.. އަހަރެން ސިއްސައިގެން ދިޔައީ ކުއްލިއަކަށް ކޮޓަރީގެ ދޮރުން ދެމިގަތް ލަޔާ ފެނިފައެވެ..”މައީ!! މައީ!!! އަހަރެން ކިހިނެއް ހަދަން ވީ؟؟؟؟”…”ކިހިނެއް ވީތަ؟؟ އަހަރެން ސުވާލު ކޮއްލީމެވެ..”އަ..އަމީން އަހަރެންނަށް އިންސްޓަގްރާމް އިން އެބަ މެސެޖް ކުރޭ ޖަވާބެއް ދޭނީ ކޮން އިރަކުން ހޭ ކިޔާފަ “…”މިއޮއް އަވަހަށް އައިޑީ ހޯދާލީ އަހަ އަހަ ކޮންމެސް ނުބައެއް އެބަ އުޅޭ ތީގަ”..އަހަރެން ބުނެލީމެވެ. ނަމަވެސް އަހަރެން ދެއްކިވާހަކަ އަށް ލަޔާ ދިނީ ބީރު ކަންފަތެކެވެ..”ދެން ތިއެއް ނޫނޭ މައީ އަހަރެން ބުނަންވީ ކީކޭ ހޭ!!!!!!!!”..”ބުނަންވީ އެއްޗެއް އެނގޭނީ ހަމަ ލަޔާ އަށް.. ލަޔާ އަށް ރީތިތަ އަމީން؟؟؟؟”…”އަސްލުވެސް ވަރަށް ރީތި މި ބުނީ  އަހަރެންގެ ޓައިޕް އޭ އެއީ”.. ލަޔާ ޖަވާބު ދިނެވެ..”ލަޔާ ލައިކްވޭތަ އަމީންދެކެ؟؟”..”ނޭނގެ!!!!!!!!!!!!!!!!!!!!!!!” ލަޔާ ތުން ދަމާލަމުން ބުނެލިއެވެ.. އަހަރެންނާއެކީ އިޝާ ނަމާދު ކޮއްގެން ލަޔާ ގެއަށް ދިޔައެވެ.. އޭގެ ފަހުން 3 ދުވަސް ވެއްޖެއެވެ.. ލަޔާ އަހަރެންްނަށް ކޮންމެސް ކަމެއް ފޮރުވާހެން އަހަރެންނަށް ހީވިއެވެ.. އަހަރެން ލަޔާ ގަތުގާ އެހީމެވެ…”ކީއްވެތަ މާ އުފާވެގެން ތިއުޅެނީ އިއްޔެއް ސުރެ ތި އުޅެނީ ހަމަ ހީލަ ހީލަ”…”ކަ..ކަމެއް ނު..ވެޔޭ”…”އަހަރެންނަށް ދޮގު ހަދަން ދިމާނުކުރައްޗޭ!!”…”އޯކޭ… އައި އެމް ސޮރީ ..އަހަރެން އަމީން އާ ރައްޓެހިވެގެން އުޅެނީ އިއްޔެގަ ވީ…އަހަރެންނަށް ހަމަ ހުރެގެން އުނދަގޫ ކުރަނީ ދެން އެންމެ ފަހުން ވީ”…”ވަޓް!!! އަހަރެން ގާތު ނުބުނީ ކީއްވެ؟؟؟”….”މައީ ހިތްހަމަ ނުޖެހޭނެ ކަން އިނގޭތީ..އަމީން އަކީ ޔޫއާން ގެ ބެސްޓް ފްރެންޑް ވީމަ”…”ޕިސް ޕިސް އަހަރެން ލަޔާގެ އުފަލަކަށް ހުރަހެއް ނާޅާނަމެންނު…ލަޔާ ކޮންމެ ޑިސިޝަން އެއް ނެގިއަސް އަހަރެން އަބަދުވެސް ލަޔާ އަށް ސަޕޯޓް ކުރާނަމޭ”.. އަހަރެން  ގަދަކަމުން ހީލަމުން ބުނެލީމެވެ.. އައި ލަވް ޔޫ ބީބީ އޭ ކިޔާފަ ލަޔާ އަހަރެން ގައިގާ ބައްދައިގަތެވެ.. އަހަރެން އެހެން ބުނިއެއްކަމަކު.. ކޮންމެސް ނުބައެއް އުޅޭހެން އަހަރެންނަށް ހީވެއެވެ.. ކޮންމެސް ކަމެއް ގޯސް ވާން އުޅޭކަން އަހަރެންގެ ހިތް ބުނަމުން ދިޔައެވެ………………………………………………..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (16)

  1. Lamko

    Me first tha….. Lilly mi part varah kiyaalaa hithun huttaa e nimunii…… Lilly hama habbu vvvvvvvvvv reethi ❤️❤️??… Kon irakun nxt part up kohlevey niii…… Alhey nxt part varah kiyaahithun mi huriii…… Ly??❤️❤️

    1. lilly
      Lamko

      maa avahah dhoo nimuniii… thnk u so mch.. next part veehaa vs avahah up kollleveythoo balaanan ingey lym

  2. Kylie

    Mi part vx hama habeys….. Waiting fr nxt…..

    1. lilly
      Kylie

      thank u kylie

  3. Nayaa

    Awnnn Lilly.. As usual mi prtt vrhh salhi.. Whn is the next prtt?… Esfiya situnn enme inthizaaru kureveyy vaahaka mee…. Curiously waiting for the next prtt….. ❤❤❤❤❤❤❤????????????????????❤❤❤❤❤❤❤❤❤❤❤❤❤❤?????????????????❤❤❤❤❤❤❤❤❤❤❤????????❤❤??????????❤❤…… #biggestfanoflilly

    1. lilly
      Nayaa

      hehe thank u sooooo much nayaaa 🙂 next part mi week therey up kohdheynan

  4. Lamko

    Avahah nimunas kiyaalan libehjjennu dhw lilly…… Will waot ingey

  5. Isha

    Layaa ulheny kurin kujjakaa rattehi vegen noon tha??

    1. lilly
      Isha

      e dhemeehun break up vee fahun eii…. vv bodah sorry e vaahaka mention koh nulevunythyy..

  6. Isha

    Ehen vex vaane baeh faharu…eii massalaeh noon….v reethi mi part vex????

    1. lilly
      Isha

      thank uuuuu 🙂

  7. magnumm

    heyyy bronthssss….sorry that I didn’t comment dw cux dare eh furihama kuran vegen edhuvasthakuga comment nukoh huryyy?….but I read hama baraabarah ngeyyy❤..kohme scene eh vx vrh habu ngeyyy n i like the way how u r imagining the scenes n stry kuriah thi gendhaa goiyy??….i bet u will finish a nice ending kannn…m waiting for the upcoming partsss…..much loves broo??

    hugefanoflily#

    1. lilly
      magnumm

      e owk vaane… n thank u soooo much magnummm for supporting me.. luv more 🙂

  8. Lamko

    Lilly mi fav sissy kon irakun nxt part up kolleveynii….

    1. lilly
      Lamko

      miadhu next part submit kuraanan ingey 🙂

  9. Umny ???

    Kobaatha next part

Comments are closed.