Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތެދުވެރި ލޯބި- 12

♡Maii♡ Level 310 Stories100 Comments100 Login
January 1, 2020 4 Mins Read
21 Comments

ދެކޮނޑުގައި ދަބަސް އަޅުވާލައިގެން ބޯޓުން ފޭބި ޒުވާނާ އަށް ގިނަ ބައެއްގެ ލޯތަށް އަމާޒު ވަމުން ދެއެވެ. މާ ދޮން ހަންގަނޑެށް ލިބިފައި ނުވިޔަސް ހެޔޮވަރު ވަރެއްގެ ދޮނަކުން މުޅި ހަނގަޑު ވަނީ ފިރިހެންވަންތަ ކަން ފުރިހަމަ ކޮށްދީފައެވެ. ފަން އިސްތަށިގަނޑު ވަނީ ހެޔޮވަރު ވަރަކަށް ކޮށާލާފައި ރީތި ހެއަރ ސްޓައިލް އެށް ކޮށްފައެވެ. ތުނި ތުނި ކޮށް އެއްވަރަށް ކޮށާލެވިފައިވާ ކުޑަކުޑަ ތުނބުޅި ކޮޅެއް ހުއްޓެވެ. އިސްކޮޅުން އެހާ ދިގެއް ވެސް ނޫނެވެ. އަދި ކުރެކޭ ވެސް ނުބުނެވޭނެއެވެ. ހެޔޮވަރު ވަރެއްގަ ހުރި އެޒުވާނާ ބަލަމުން ދިޔައީ އައިޝަން ފެނޭތޯއެވެ. މާގިނަ އިރު ތަކަކު މަޑުކުރާކަށް ނުޖެހުނެވެ. އައިޝަން އައިސް އެޒުވާނާ ކައިރިއަށް މަޑު ކުރިއެވެ.

”ޝަމީން، އާދޭ އަވަހަށް ގެއަށް ދާން” އެޒުވާނާ ކައިރި އަށް އައިސް މަޑު ކޮށްލަމުން އައިޝަން ބުނެލިއެވެ.

”ހޫމް ހިނގާ ދާން” ޝަމީން ބުނެލިއެވެ.

ޝަމީން އަކީ އައިޝަން އާތިމާގެ އައިޝަން އާ އެއް ްއުމުރެއްގެ ޒުވާނެކެވެ. ޝަމީން އަކީ އާނިމްގެ އެއްބަނޑު އެއްބަފާ ބޭބެ އެއްގެ ދަރިއެކެވެ. ނަމަވެސް ޝަމީންގެ ބައްޕަ ޝަމީންގެ އުމުރުން ސަތާރަ އަހަރުގަ ވަނީ މިދުނިޔެއާ އަލްވަދާއު ކިޔާފައެވެ. ހަމަ އެގޮތަށް ޝަމީންގެ މަންމަ ވަނީ ލިބުނު ބޮޑު އެކްސިރެންޓް އެއްގަ ޝަމީން އުމުރުން ފަނަރަ އަހަރުގައި މިދުނިޔެއާއި ވަކިވެފައެވެ. އޭގެ ފަހުން ޝަމީން ބަލާ ބޮޑު ކުރީ ސަލްމާ އާއި އާނިމް މަންމަ އާއި ބައްޕަ އެއްގެ ލޯބި ދީގެންނެވެ. އަދި އައިޝަން އަކާއި ޝަމީން އެށް އެއްވެސް ތަފާތެއް ނުކޮށެވެ.

އައިޝަން އާއި ޝަމީން އަކީ އެކަކު އަނެކަކަށް ދިމާވާ ކަންތައްތައް ވެސް ދެމީހުން ދެމީހުންނަށް ހިއްސާ ކޮށްގެން އުޅޭ ދެކުދިންނެވެ. އެދެމީހުންނަކީ ބެސްޓް ފުރެންޑޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހާ ވެސް އެދެމީހުން ގާތެވެ. އައިޝަން މަންމަ އަށާއި ބައްޕަ ޝަމީން ވެސް ކިޔަނީ މަންމަ އާއި ބައްޕައެވެ.

ޝަމީންގެ ބައްޕަ ނިޔާވުމުން ސަލްމާ އާއި އާނިމް ނިންމީ ޝަމީން ބޭރަށް ކިޔަވަން ފޮނުވާށެވެ. އެހެންވެ 2 އަހަރު ދުވަހު ބޭރުގަ ހުރެ ކިޔަވާ ނިންމާފާއި ޝަމީން މިއަދު ރަށަށް އައީއެވެ.

”ދަރިފުޅާ” ޝަމީން ފެނުމުން ސަލްމާ ބާރު ހިނގުމެއްގައި އައިސް ޝަމީން ގައިގަ ބައްދާލިއެވެ.

”ދަރިފުޅާ ޝަމީން” ސަލްމާ ފަހަތުން އައި އާނިމް ވެސް ޝަމީން ގައިގަ ބައްދާލިއެވެ.

”ދަރިފުޅާ އައިޝަން، ދޭބަލަ ޝަމީން ފޮއްޓާ އެއްޗެހި ވައްދައި

****

ދުވަސްތައް އޭގެ ހަލުވި މިނުގަ ފާއިތު ވަމުން ދާއިރު، ޝާމް އާއި ޔާޝާގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. ކުރިއެކޭ އެއްގޮތަށް އަދިވެސް ޝާމް އުޅޭ އެއްވެސް ގޮތަކަށް ބަދަލެއް ނާދެއެވެ.

”އަހަރެން ބޭނުމެއް ނޫން މި ހިތްދަތި ވޭންދެނިވި ދިރިއުޅުމެއްގަ އުޅޭކަށް. ދެން އަހަރެން މިގެއަކު ހުންނާކަށް ނެތިން. ހަފްތާ އެށް ތެރޭގައި ވަރީގެ ފޯމް އަހަރެން ކޯޓަށް ހުށައަޅާނަން. ޝާމް ތީ އެއްގޮތަކަށް ވެސް އަހަރެން ހީކުރި ކަހަލަ މީހެއް ނޫން. އަދި އަހަރެން މިއައީ ޝާމް އަހަރެންނަށް ދޭހާ އަނިޔާ އަކަށް ކެއްކުރަމުން. އެހެންނަމަވެސް ދެން އަހަންނަކަށް ކެތެއް ނުކުރެވޭނެ” ޝާމް ހޭލަން ވާއިރަށް ޝާމްގެ ބާލިސް ދަށަށް ނޯޓް ކޮޅެށް ލާފައި، ޔާޝާގެ އަންނައުނު ތަށް ދަބަހަށް އަޅައިގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ދިއުމުގެ ކުރިން އެއްފަހަރު ނިދާފަ އޮތް ޝާމްގެ ކޮލަށް ދޮނެއް ދީފައި ތިން ވަރަކަށް މިނެޓް ޝާމް އާ ދިމާލަށް ބަލަންހުރެފައި، ޔާޝާގެ ލޮލުން ފޭބި ކަރުނަ ކޮޅު ފުހެލަމުން ދަބަސް ހިފައިގެން ކޮޓަރިން ނުކުތެވެ.

ޔާޝާ ކޮޓަރިން ނުކުމެ ތިރިއަށް ފޭބިއިރު، ޝަމްރާ ސޯފާގައި ހަތިމެއް ހިފައިގެން ގުރުއާން ކިޔަވަން އިނެވެ.

”ދަރިފުޅާ ޔާޝާ، މަންމަ ވަރަށް ދެރަވޭ ޔާޝާ ދާތި. އެކަމް ވަކި ކުރާނީ ކީއް. މަންމަ އަށް އިނގޭ ދަރިފުޅަކަށް ވެސް އަބަދަކު ކެތެއް ނުކުރެވޭނެ ކަން. މިގޭން ދިޔަޔަސް، އަދި ޝާމްގެ އަންބެއްގެ ގޮތުގަ ނުހުއްޓަސް، ދަރިފުޅު ވާނެ މަންމަމެންގެ ހާލު ބަލަން” ޝަމްރާގެ ފެންކަޅިވެފައި ވާ ދެލޯ ފެނިފަ ޔާޝާ އަށް އިތުރަށް ރޮވޭ ގޮތް ވިއެވެ.

ބަދިގޭން ކޮފީތައްޓެށް ހިފައިން ނުކުތް މިންހާ އަށް ވެސް ވީ ހަމަ ޝަމްރާ އަށް ވީވަރެވެ. ޔާޝާ ދާތި މިންހާ ވެސް ހުރީ ވަރަށް ދެރަވެފައެވެ. ނަމަވެސް ޔާޝާ އެދެމީހުންނާ ސަލާން ކޮށްލާފައި، މާގިނަ އިރު މަޑު ނުކޮށް އެގެއިން ނުކުތެވެ.

ޔާޝާ ގޮސް އަފްރީން މެންގެއާއި ހަމަވިތަނާ، މަގުމަތި ކުނިކަހަން އޮތް އަނުމް ފެނުނެވެ. އަނުމް އަށް ޔާޝާ ފެނުމުން ދެލޯ ބޮޑު ކޮށްލާފައި ޔާޝާ އާދިމާލަށް ދާން ހިނގައިގަތެވެ.

”ދައްތާ” އަނުމް އައިސް ޔާޝާ ގައިގަ ބައްދާލި ތަނާ ޔާޝާ އަނުމް އަށް ގޮވާލާފައި ރޯން ފެށިއެވެ.

އަނުމް އަވަހަށް ޔާޝާ ގެއަށް ވައްދާފައި ސޯފާ މަތީގައި ބޭންދިއެވެ. އަދި ޔާޝާ ކުޑަކޮށް ހަމަޖެހިލީމައި ޔާޝާ ނުފެނި މިވީ ދުވަސްތަކާ ބެހޭގޮތުން އަނުމް ސުވާލު ކުރިއެވެ. އަދި ޔާޝާގެ ދިރިއުޅުމާ ބެހޭ ގޮތުން ވެސް އަނުމް ސުވާލު

ކުރިއެވެ.

ޔާޝާ ކުޑަކޮށް ހިތްވަރު ކޮށްލާފައި، އަނުމް އަަށް ހުރިހާ ވާހަކަ އެށް ކިޔައިދިނެވެ.

******

ހެނދުނުގެ ވަގުތެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރަން ހުރި ސަލްމާ އިރުއިރު ކޮޅާ އޭނަގެ އަތުގައި އަޅާފައި އޮތް ގަޑިޔަށް ނަޒަރު ދެއެވެ. ނާސްތާ ތައްޔާރު ކޮށް ނިމުމުން އާނިމް އަށާއި، އައިޝަން އަދި ޝަމީން އަށް ސައިބޯން ގޮވަން ދިޔައެވެ.

”ބައްޕަ ވިސްނައިފިން ޝަމީން ވެސް ބައްޕަގެ ވިޔަފާރި އަށް ޖޮއިން ކުރަން. އޭރުން ބައްޕަ އަށް ވަރަށް ފަސޭހަ ވާނެ. އެކަމް ދަރިފުޅު ބޭނުން ގޮތެއް” ސައިފޮދެއް ބޯލާފައި މޭޒުމަތީ ގައި ޖޯޑު ބައިންދަމުން އާނިމް ވާހަކަ ދެއްކިއެވެ.

”ހޫމް އަޅުގަނޑު ވެސް ބައްޕަ އާ ތިވާހަކަ ދައްކަން ކަމަށް މިހުރީ. އަޅުގަނޑު ވެސް ބޭނުމީ ތިގޮތް. އޭރުން އައިޝަން އަށް ވެސް ތަންކޮޅެއް ލުއި ވާނެއްނު ދޯ” ޝަމީން ވާހަކަ ދެއްކިއެވެ.

”ހެހެ އާނ” އައިޝަން ހިނިގަނޑެށް ޖަހާލިއެވެ.

ް
******

ޔަނާލް އާއި އަފްރީން ނިދައިން ހޭލައިން ފެންވަރާ ހަދައިން ކޮޓަރިން ނުކުތް އިރު ޖޯލީގައި ނިޔަފަތިި ކަނޑަން އަނުމް އިނެވެ.

”މަންމާ ކޯޗެއް ސައިބޯން ހެދީ؟ ވަރަށް ބަނޑުހައި ވެއްޖެ” އަނުމް ގާތު ޖޯލީގައި އިށީންނަމުން އަފްރީން ބުނެލިއެވެ.

”ސައިބޯން ހުންނާނެ ރޮއްޓާ، ހަނާކުރި މަހާ…. އެކަމް ސައިނުބޮއެ އިހައް ދޭބަލަ ޔަނާލް އާއެކީ އެތާ އެހެރި ހުސްކޮޓަރި އަށް، އެތާ އޮންނާނެ މަންމަ ބާއްވާފައި އޮތް އެއްޗެއް” ޔަނާލް އަށާއި އަފްރީން އަށް އަދި ޔާޝާ އައި ކަން ނޭނގޭތީ އަނުމް ބޭނުންވީ އެދެކުދިންނަށް ސަޕްރައިޒް އެށް ދޭށެވެ.

”އަޅޭ މަންމާ، ޔަނާލް ނުދިޔަސް އަހަރެން އެކަނި ވެސް ގޮސްދާނަމޭ. ދޯ ޔަނާލް” އަފްރީން ބުނި ގޮތުން ޔަނާލް އަށް ކުޑަކޮށް ހެވުނެވެ.

”އުހޫނ.. އެކަންޏެއް ނުދެވޭނެ ބުނީމަ ދެން ދޭބަލަ. ޔަނާލް ދޭ އަފޫ އާއެކީ” އަނުމް ބުނެލިއެވެ.

އަފްރީން ފާޑަކަށް އާނއެކޭ ބުނެފައި އެކޮޓަރި އާދިމާލަށް ހިނގައިގަތެވެ. ފަހަތުން ޔަނާލް ވެސް ދިޔައެވެ.

އެކޮޓަރިއަށް ވަދެފައި އަފްރީން ބޮކި ދިއްލާށޭ ބުނުމުން ޔަނާލް ބޮކި ދިއްލިއެވެ. ކުއްލިއަކަށް އެތާ ނިދާފައި އޮތް ޔާޝާ ފެނުމުން ދެމީހުންނަށް ވެސް ހައިރާން ކަމާއެކު ބަަލަން ތިބެވުނެވެ. ޔަނާލް މާގިނަ އިރު ތަކަކު ބަލާކަށް ނުހުރެ ގޮސް ޔާޝާ އަށް ގޮވަން އުޅުނެވެ. ނަމަވެސް އަނުމް އައިސް ޔާޝާ އަށް މިގަޑީގަ ނުގޮވުމަށް ބުންޏެވެ.

”ކީއްވެ ތިބުނީ ނުގޮވާށޭ؟؟؟” ޔަނާލް އަހާލިއެވެ.

”އެއީ ޔާޝާ މިގެއަށް އައި މިއަދު ފަތިހު. އެރޭ ނުވެސް ނިދަ ހުރެ އެއައީ. ޔާޝާ އަށް ދިމާވި ހުރިހާ ކަމެއް ދައްތަ އަށް ކިޔައިދިން……………………. އެހެންވެ ޝާމް ކައިރިން ވަރިވާން އެއުޅެނީ. ޔާޝާ އަށް ނުގޮވާށޭ މިބުނީ ޔާޝާ އަށް އަރާމް ކޮށްލަން އެތާ ބާއްވަން. އޭރުން ހުންނާނީ ނިދިވެސް ހަަމަވެފަތާ” ޔާޝާ ކިޔައިދިން ހުރިހާ ވާހަކަ އެށް ޔަނާލް އަށާއި އަފްރީން އަށް އަނުމް ކިޔައިދިނެވެ.

-*ނުނިމޭ*-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

♡Maii♡

Level 310 Stories100 Comments100 Login

??

Other Articles

Previous

ވަޢުދު (ތެެއާޅީސްވަނަ ބައި)

Next

މޮޔަ ހިތް މަގޭ…18

Next
January 1, 2020

މޮޔަ ހިތް މަގޭ…18

Previews
December 31, 2019

ވަޢުދު (ތެެއާޅީސްވަނަ ބައި)

21 Comments!

  1. Kylie says:
    January 1, 2020 at 10:09 am

    V reethi….. Waiting fr nxt..

    1. Maisha maii says:
      January 1, 2020 at 11:31 am

      Thank you. Keep waiting dear

  2. Liyaa says:
    January 1, 2020 at 10:56 am

    Nice

    1. ♡Maiii♡ says:
      January 28, 2020 at 8:20 pm

      thanks?

  3. Maisha maii says:
    January 1, 2020 at 11:30 am

    Miothy thedhuveri loabi part 12 up kohlan dheefa. Ummeedhu kuran hurihaa kudhinnah vx kamudhaane kamah. Kiyaalaafa comment eh kohlachey. And sorry ehaa lahun up kohlevuneema… HAPPY NEW YEAR ALL
    2020

    1. Maisha maii says:
      January 1, 2020 at 11:33 am

      Cover pic kamudheytha?

  4. Meekkomee says:
    January 2, 2020 at 12:07 am

    varah reethi ingy mai…..happy new year mai ah ves…..whn is next part …..waiting 4 it………. cover is awwnsome…….miss yeah…………..luv yeahh……ttly

    1. ♡Maiii♡ says:
      January 4, 2020 at 11:04 am

      Awwwn❤❤Thank you soo much meekko… miss ya too. Next part mihaaru liyamun midhanee. Liyevun haa enme ahvahakah up kohdheynan??… keep waiting. LY 2

  5. magnumm says:
    January 2, 2020 at 10:45 am

    Cover pic n stryyyy hama obx??ekm kyhve tha ol nuvyyy…..dhariyaaa vrh miss ngeyy….2 months vehje tlk koh nulaathaaaa…plx talk meh soon….much loves n misses from ur anga gadha frnd?❤

    1. ♡Maiii♡ says:
      January 4, 2020 at 11:08 am

      Awwwn❤❤Thank you soooo much magnumm putty kolhuu????… thi kujjaaa mathin vx v miss.. mai vx mihunnanee v talk kohlaa hithun. I will.try avahah on veveytho. Hehe. Miss u too and love you too anga gadha majaa friend?

  6. Quiiin? says:
    January 3, 2020 at 8:18 pm

    Wooooowwww …. vrh rythi mi part vx ma sha allah???
    Maiii ge mi stry haadha ryhchey … waiting fr nxt part
    ❤❤❤Lysm

    1. ♡Maiii♡ says:
      January 28, 2020 at 8:22 pm

      V v v bodah thanks beauty queenyyy… quiiin ge story vxv reethi

  7. Shaakko says:
    January 4, 2020 at 10:30 am

    Vvv reeethi ingey mai. ?????Sorry kurin part thakah comment nukohllevunyma.? Maleyga ulhun iru up kihffa huryma coment eh nukurevuny???…. ekm ves vvvv reeethi mi story… love it?????

    1. ♡Maiii♡ says:
      January 4, 2020 at 11:11 am

      Awwwn… thank you ingey v. Bodah❤❤… its ok ey comment nukohlevunas.. sorry nubunaane?.. once again thank you

  8. Yan says:
    January 5, 2020 at 12:39 am

    Varah reethi Masha Allah ? konirakun next part ? curious for next part kudhikudhi mistakes ebaulhey like yanaal he nan beynun Kiran vaathanthaaga ebahuri yaasha he nan beynun kohfa dhen baehfaharu ebahuri mege idhikolhu vx ehenve bunely anyways vaahaka Hama habeys maii by the way my name is yanaal ♥️♥️♥️♥️?????

    1. ♡Maiii♡ says:
      January 28, 2020 at 8:24 pm

      V.vv bodah thankss… v happy vehje mi comment fenifa. Yanaal ey hama mi story ge yanaal.dhw hehe

  9. Anonymous says:
    January 5, 2020 at 12:41 am

    I mean
    *ge*

  10. Yanaa says:
    January 17, 2020 at 11:28 am

    Varah ?dhuvas❤ vejje? dhw❤ comments? eh❤ nukohlle? vey ❤thaa?…Busy❤ kamun? ingey❤ mai.?❤Ekam? gavaidhun ❤vaahaka?kiyan❤ hama..?❤.?mi ❤part thah hama ❤Varah ❤varah❤ varah❤ reethi ❤maa sha❤ Allah❤.waiting ❤for❤ the ❤next❤ part.❤❤Lysm mai

    1. ♡Maiii♡ says:
      January 28, 2020 at 8:27 pm

      awwn. WOW….. i love this comment. Bunaane ehcheh vx neyngifa meenee. V bodah thanks thihaa suportive vaathi. I know school hulhuvuneema bixy vaane kan. Ekm comment nukuiryas kiyanyaa v happy vey

  11. Nash says:
    January 27, 2020 at 10:49 am

    When next part

    1. ♡Maiii♡ says:
      January 28, 2020 at 8:28 pm

      މިއަދު އަޕް ކޮށްލާފަ އިންނާނީ??

Comments are closed.

Next Episodeތެދުވެރި ލޯބި- 13←


All Right Reserved!