Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޒީރު 1

Azkii Level 110 Stories
October 27, 2019 5 Mins Read
35 Comments

” ޔާރައްބި އަޅަމެން ދިންނަވާފާނދޭ މުނާފިގު ދޫތަކުން” ބަގީޗާގައި އިންދާފައިވާ ފިނިފެންމާ ގަސްތަކަށް ފެންދޭން ހުރިއިރު ބަދްރާގެ ތޫލިއަޑުން މަޑުމަޑުން މިމަދަހަ ކިޔަމުން ގެންދިޔައެވެ. ތުންފަތްމަތީގައި ކުޅެމުންދިޔައީ ލުއި ހިނިތުންވުމެކެވެ. ބަދްރާއާއި އެކު މިމަސައްކަތުގައި ބައިވެރިވަމުން ދިޔަ އެގޭގައި މަސައްކަތް ކުރާތާ ގިނަދުވަސްވެފައިވާ ޒުމްރާވެސް ބަދްރާ ކިޔަމުން ގެންދިޔަ ހިތްގައިމު މަދަހައިގެ އަވައިގައި ޖެހިފައި އެއްވަރަކަށް ބޯހަލުވާލަ ހަލުވާލާ ހުއްޓެވެ. ގަސްތަކަށް ފެންދީ ނިންމާލުމަށްފަހު އިސްކުރު ބަންދުކުރަން ދިއުމަށް ޒުމްރާ ކައިރީ ބުނުމަށްފަހު ގޭތެރެއަށް ވަންނަންދިޔައެވެ. އެވަގުތު ގެއިން ނިކުންނަން އައި އަޒިއަލްއާއި ލައި ނުގަތީ ހަމަކިރިޔާއެވެ. ހިނދުކޮޅަކަށް ސިހިގެން ދިޔަނަމަވެސް ދެވަނަ ހިނދުގައި ލޯބިވާ މާމަ ދަރިފުޅު ފެނުމުން ބަދްރާގެ ތުންފަތްމަތީގައި ހިނނިތުންވުމެއް ކުޅެލިއެވެ.

” ގުޑް މޯނިންގް މާމާ” ބަދްރާގެ ގައިގާ ލުއިގޮތަކަށް ބައްދާލަމުން އަޒިއަލް ބުނެލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ބަދްރާގެ ނަޒަރު ދަތުރުކޮށްލީ އަޒިއަލް ލާފައިވާ ހެދުމަށެވެ. ހުދުކުލައިގެ ގަމީސް މަތިން ނޭވީ ބްލޫކުލައިގެ ވެސްޓެއް ލާފައިވާއިރު ހަމައެކުލައިގެ ފަޓްލޫނެކެވެ. ނޭވީ ބްލޫކުލައިގެ ޖެކެޓް ކަނާއަތުގައި އަޅުވާލެވިފައިވެއެވެ.

” އެކަމަކުވާ ދަރިފުޅާ… ރޭގަ ގެއަށް އައީ ދޭއް ޖަހަން އުޅެނިކޮށް އަނެއްކާ ތިދަނީ.. އަދި ގަޑިން ހެނދުނު ހަތެއް ނުޖަހާ ” ބަދްރާ ޝަކުވާކޮށްލިއެވެ.

” ހަމަ މާމަމެންނައްޓަކާ މަސައްކަތް މިކުރަނީ… ކުޑައިރުއްސުރެން އަޅުގަނޑު ދެކެމުން އައި ހުވަފެން ހަގީގަތަކަށްވާން ދެން މާގިނަދުވަހެއް ނެތް… މިއަދު އެބައޮތް ވަރަށް މުހިންމު ޕްރެޒެންޓޭޝަނެއް.. އަހަރަން ބޭނުން ވަރަށް ރަނގަޅަށް އެކަމަށް ތައްޔާރުވާން.. އެހެންވެ އަވަހަށް މިދަނީ… ” އަޒިއަލް އޮޅުން ފިލުވައިދިނެވެ.

” ސައިވެސް ނުބޮމެއްނު… ކޮބާ ރޫބީ ހޭލައިފިތަ….” ބަދްރާ  ސުވާލުކޮށްލިއެވެ. ރޫބީގެ ނަން އަޑުއިވި އަޒިއަލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

” ރޭގަ ޝަކުވާކުރުމުގަ ވަރަށް ގިނައިރުވަންދެން ހޭލާ އުޅުނީ… ކަމެއްނެތް މީހެއް ދެން ކީއްކުރަން އެހާ އަވަހަށް ހޭލަނީ” އަޒިއަލްގެ ވާހަކަދެއްކުމުގެ ރާގުގައިވަނީ މަލާމާތެވެ.

” އެހެންވަނީ ދަރިފުޅުގެވެސް ކުށުން… ” ބަދްރާ ބުނެލިއެވެ.

” އޯހ..ޕްލީޒް މާމާ… މިއަދު މީ އަހަންނަށް ވަރަށް މުހިންމު ދުވަހެއް… އޮފީހަށް ގޮސް ސައިބޯނަން މާމަ ކަންބޮޑުނުވާތި… ގަޑިއަށް ބޭސްކާތި” އާދައިގެ މަތިން އޮފީހަށް ދިއުމުގެ ކުރިން ކޮންމެ ދުވަހަކުވެސް ބުނާގޮތަށް ބުނެލަމުން އަޒިއަލް ގެއިން ނިކުތެވެ. ބަދްރާ ދެފަރާތަކަށް ބޯހޫރާލުމަށްފަހު ބަދިގެ އާއި ދިމާއަށް ހިނގައިގަތެވެ. ބަދްރާ ބަދިގެއަށް ވަންއިރު ރޫބީއަށް ހާއްސަ ނާޝްތަ ތައްޔާރު ކުރުމުގައި އޭނާގެ ހާއްސަ ނޯކަރު ބީނިޝް އުޅުނެވެ. އަށާރަ އަހަރުގެ ބީނިޝް އަކީ ބަދްރާއާއި އެއް ރަށެއް ކަމަށްވާ ރާ އަތޮޅު މަޑުއްވަރިއަށް ނިސްބަތްވާ ކުއްޖެކެވެ. އެކަނިވެރި މައެއްގެ ހުރި ހަމައެކަނި ދަރިއެވެ. މަންމަ އާއި ބީނިޝްގެ ހުވަފެނަކީ ބީނިޝް ކިޔަވައިގެން މޮޅުކުއްޖަކަށްވެ އަމިއްލަ ފައި މައްޗަށް ތެދުވުމެވެ. ބަދްރާގެ އެދުމުގެ މަތިން ބީނިޝް އެގެއަށް ގެނައީ އެގޭގެ ކުދިކުދި ކަންތައްކޮށްލާ ދޭމަތިން ކިޔަވަންދެވޭ ގޮތަށެވެ. ނަމަވެސް ގެނައިތާ ކުޑަދުވަސްކޮޅެއްގެ ތެރޭ ރޫބީއަށް ބީނިޝްގެ މަސައްކަތް ކަމުގޮސް އޭނާގެ ހާއްސަ މީހަކަށް ހެދިއެވެ.

” ބިނީ ހާދަ އަވަހަކަށް މިއަދު ނާޝްތާ ތައްޔާރު ކޮށްލަނީ” ބީނިޝް ތައްޔާރު ކުރާ އެއްޗަކަށް ނަޒަރު ހިންގާލަމުން ބަދްރާ ބުނެލިއެވެ.

” ލައްބަ މާމާ… ރޭގަ ރޫބީ ދައްތަ މެސެޖުކޮށްފަ ބުނީ ހަތްގަޑި ބައިހާއިރު ގޮވައްޗޭ… އެހެންވެ އަވަހަށް އެއްޗެއް ތައްޔާރު ކޮށްލެވޭތޯ މިއުޅެނީ..” ލެޓިއުސް ފަތްގަނޑެއް ޕާންފޮތި މަތީގައި ބާއްވާލާމުން ބީނިޝް ވާހަކަ ދެއްކިއެވެ.

” އަނެއްކާ ތަނަކަށް ދާންއޮތީބާ.. އެހެން ނޫނީ އެހާ އަވަހަށް ތެދުވާ މީހެއް ނޫނެއްނު އެއީ” ބަދްރާ ބުނެލިއެވެ. ބީނިޝް އެއްމިޔަކަނުން ހީލި ނަމަވެސް ވަކި އެއްޗެއް ނުބުނެއެވެ. ސޭންޑްވިޗް ހަދާ ނިންމާލުމަށްފަހު ވަރަށް އަވަސްކޮށް ކޮފީ މެޝިނުން އެސްޕްރެސޯއެއް ތައްޔާރުކޮށްލިއެވެ. އެއަށްފަހު ތަބަކަށް ކޮފީތަށި ލައިގެން ބަދިގެއިން ނިކުންނަން ދިޔައެވެ.

” ޒުމްރާއްތާ…” ބަދިގެއަށް ވަންނަން އައި ޒުމްރާއަށް ގޮވާލުމަށްފަހު ބީނިޝް ކޮފީތަށި ހިފައިގެން ގޭގެ ބޮޑު ސިޑިއާއި ދިމާއަށް ދިޔައެވެ.

” ކޮބާ ޒުމްރާ މިއަދު ސައިބޯން ކޯންޗެއް ތައްޔާރު ކޮށްލާނީ” ބަދްރާ އަހާލިއެވެ.

” އުހުން.. ދައްތަ އުޅޭނެ ކަމެއް ނެތް ކޮންމެހެން ބައިވެރިވާކަށް… އަހަންނަށް އެކަނިން ކުރެވޭނެ.. އިއްޔަގަވެސް ދައްތަ އުޅުނީ ގަދަޔަށް ފައިގަ ރިހޭތީ.. ދައްތަ ދޭ އަރާމުކުރަން… އަހަރެން ދައްތަގެ ކިރުތަށި ކޮޓަރިއަށް ގެންގޮސް ދޭނަން… ” ޒުމްރާ ކިޔާއެއްޗެހިން ބަދްރާކައިރިއަށް ހުރީ ހިނިއައިސްފައެވެ.

” އަރާމުކުރެވޭތަ… ކޮންމެދުވަހަކު މިގަޑިއަށް އެބަޖެހޭ ޓެރޭސްއަށް އަރަން… އަހަރެން ބަލާ ނުދާނިސް ހިލާ އެކުއްޖާފުޅު ނާންނާނެ… ” އަޅައިގެން ހުރި ބުރުގާގެ ކަންގަނޑު ރިތިކުރަމުން ބަދްރާ ބަދިގެއިން ނިކުމެގެން ޓެރެސް އަށް އަރަށް ވަކިން ހުންނަ ސިޑިއާއި ދިމާއަށް ދިޔައެވެ.

ޓެރެސްއަށް އެރުމަށްފަހު ގުދު ސީދާކޮށްލަމުން ފުންނޭވައެއް ބަދްރާ ދޫކޮށްލިއެވެ. ކުދި ކުދި އެކި ކުލަ ކުލައިގެ މަލުން ޒީނަތްތެރިކޮށްފައިވާ ބޮޑު އުނދޯލި ހެއްލާލަ ހެއްލާލާ އިން އަންހެން ކުއްޖާއަށް ބަދްރާގެ ނަޒަރު ހުއްޓުނެވެ. ލޯފިޔަވައި އެއްވެސް ތަނެއް އެއަންހެން ކުއްޖާގެ ހަށިގަނޑަކުން ނުފެނެއެވެ. އެހެން ހުރިހާ ތަނެއްވަނީ ކަޅުކުލައިގެ ހެދުމުން ފޮރުވިފައެވެ.

” ޒޯލީ….” ކައިރިއަށް ދިއުމުގެ ބަދަލުގައި ބަދްރާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ބަދްރާގެ އަޑަށް ޒޯހަލް ބަލާލިއެވެ. އަދި އެއަށްފަހު ކައިރިއަށް އައުމަށް އަތުގެ އިޝާރާތުން ބަދްރާ ގާތުގައި ބުންޏެވެ. ދެފަރާތަކަށް ބޯހޫރާލަމުން ޒޯހަލް ކައިރިއަށް ދިއުމަށް ހިނގައިގަތެވެ.

” އައްސަލާމް އަލައިކުމް… ބާއްޖަވެރި ހެނދުނެއް ލޯބިވާ މާމާ…. ” ޒޯހަލް އަޑުއިވޭހާ ކައިރިއަށް ބަދްރާ އައުމުން ޒޯހަލް ބުނެލިއެވެ. ބަދްރާ ކުދި ކިޔަމުން ކިޔަމުން އައިސް ޒޯހަލް ކައިރީގައި އުނދޯލީގައި އިށީނެވެ.

” ހިތަށް އަރާ ކޮންކަހަލަ ދަރިންތަކެއް ބާއޭ އަހަންނަށް ލިބިފަ މިތިބީ… ފަތިހުގެ މުނާޖާއާއި އެކު އެކަކު އެދިޔައީ އޮފީހަށް… އަނެކަކު ކޮންމެ ދުވަހަކު މިގަޑިއަށް މިތާ އައިސް މިއިންނަނީ ކޯންޗެއް ހޯދާންބާއޭ އަހަރެންގެ ހިތަށް އަރާ” ބަދްރާ ފައްޗަކަށް އަމުނާލިއިރު ޒޯހަލް ހީލަހީލާ އިނެވެ.

” ބަލާލަބާ ކުރިމަތިން ފެންނަ މިއޮތް ހިތްގައިމު މަންޒަރަށް… މިތާ އިނދެ ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަން… ކުރިމަތިން ފެންނަން އެއޮތް ނޫކުލައިގެ މޫދާއި ކަނޑުގެ ލޮނުގަނޑު ވަރަށް ދުރަށް އެބަފެނޭ… މަޑުމަޑުން ޖެހެމުންދާ ވަޔަށް ރުއްގަސްތައް އެއްވަރަކަށް ހެލިލަ ހެލިލާ އެބަހުރޭ… ބަލާލަބާ މޫދުން ނަގާ ކުދި ރާޅުތައް ދޮންވެލިގަނޑަށް ބީއްސާ މަންޒަރު.. ކިހާ ހިތްގައިމު… މައްޗަށް ބަލާލީމަ ފެންނަނީ ސާފު ނޫކުލައިގެ އުޑާއި އެއުޑުގެ ދަށުން ހަރަކާތެރިވާ ހުދުކުލައިގެ ވިލާތައް… ދުރު ދުރުން ދޫނިތައް ގޮވާއަޑު އިވޭއިރު ހާދަ ހިތްހަމަޖެހުމެއް ލިބެޔޭ…” ޒޯހަލް މަޑުމަޑުން ކިޔަމުން ގެންދިޔައިރު ބަދްރާ އިނީ ހައިރާންވެ އަންތަރީސްވާ ވަރު ވެފައެވެ. މިތަނަށް އައި އިރު ބަދްރާއަށް ޒޯހަލް އެބުނާ އެއްވެސް ކަމެއް ފާހަގަ ނުވެއެވެ. ނަމަވެސް ޒޯހަލް ކިޔައިދެމުން ދިޔައިރު އެބުނާ ހުރިހާ ކަމެއްވެސް ބަދްރާއަށް އިހުސާސް ވަމުން ދިޔައެވެ.

” މާމާ… ގުދުރަތީ ރީތި މަންޒަރުތަކަށް ލޯބިކުރުމަކީ މަންމަ ނުލާހިކު ކުރާހިތްވި ކަމެއް… މަންމަ ލޯބިކުރި ކޮންމެ ކަމަކަށް ލޯބިކުރަން އަހަރެން ބޭނުން.. މަންމަ އަހަންނަށް ދަސްކޮށްދޭން ބޭނުންވި ހުރިހާ އެއްޗެއް އިންޝާﷲ އަހަރެން ދަސްކުރާނަން… އަލްހަމްދުލިﷲ އަހަންނަށް ދަސްވެސް ވެއްޖެ… އެކަމުގެ ހެއްކެއް މިއަދު އަހަރެން ލައިގެން މިއިން ހެދުމަކީ… ކުރިން އުޅެވުނު ގޮތަށް އަހަރެން ދެރަވެ ހިތާމަ ކުރަން.. އެތައް ފަހަރަކު އެކަމަށް ތަޢުބާވެސް ވެވިއްޖެ… އެކަމަކު އަދިވެސް އަޅުގަނޑު ހިތްހަމަޖެހޭވަރެއް ނުވޭ… ބޭނުންވަނީ އެންމެ ފަހު ނޭވަޔާ ޖެހެންދެންވެސް ދިނީ ޢިލްމު އުނގެނުމުގައި ހުންނަން… މަންމަ ގޮތަށް…” އެންމެ ފަހު ޖުމްލަ ބުނެލިއިރު ޒޯހަލް ފެންކަޅިވެއްޖެއެވެ.

” ޒޯލީއަށް ހެޔޮ ބަދަލެއް އައިތީ މާމަ ވަރަށް އުފާކުރަން… ޒައިލާ ދުނިޔޭގަ ހުރިނަމަ މިއަދު ވަރަށް އުފާކުރާނެ… ޒައިލާ އަބަދުވެސް ބޭނުންވީ ޒޯލީއާއި އަޒިއަލް ދީންވެރި ހެޔޮލަފާ ކުއްޖަކަށްވާން… މިއަދު މާމައަށް ޒޯލީގެ ކިބައިން އެފަދަ ސިފަތަކެއް އެބަފެނޭ.. ﷲ ތަޢާލާ އިރާދަކުރެއްވިއްޔާ އަޒިއަލްއަށް ވެސް ބަދަލުތަކެއް އަންނާނެ…. ޒޯލީގެ އުޅުން ހުރިގޮތާ ބަލާފަ މާމަ ހިޔެއްވެސް ނުކުރަން ޒޯލީ ބަދަލުވެދާނެ ކަމަކަށް… މާތްﷲ އިރާދަކުރެއްވި އަޅަކަށް އެކަލާނގެ ހިދާޔަތް ދައްކަވާނެ… ” ޒޯހަލްގެ އަތުގާ ހިފައިގެން އިނދެ ބަދްރާ ވާހަކަދެއްކިއެވެ.

” މާމާ… އެކަމަކު އަހަރެން ވަރަށް ބިރުގަންނަ ކަމެއް އެބައޮތް… ” ޒޯހަލް އެހެން ބުނެލިއިރު އޭނާގެ މޫނުމަތި ވަނީ މުޅިން މިލާލާފައެވެ.

” އުޅެއުޅެ ވެސް އަހަންނަށް ޔޫސުފް މަތިން ހަނދާން ނައްތައެއް ނުލެވޭ.. ޔޫސުފާ ލޯބީގެ ގޮތުން ގުޅެވި އޭނައާއި ގައިގޯޅިވެވުނީ އޭރު އެއީ ކިހާވަރެއްގެކަމެއް ކަމެއް އަހަންނަށް ނޭނގޭތީ… އެއީ ބޮޑު ފާފައެއްކަން އެނގި އަހަރެން އެކަމަށް ތައުބާވެސް ވެއްޖައިން.. އެހެންނަމަވެސް ހިތުގައި އުފެދިފައި މިވާ އިހުސާސަކަށް ބަދަލެއް ނައި.. މާމާ ދެން އަހަރެން ކިހިނެއް ހަދާނީ…މިހިތް ބުނަނީ އަދިވެސް ޔޫސުފް ބޭނުންވެޔޭ…” ހިތުގެ އުދާސްތައް ބަދްރާގެ ކުރިމަތީގައި ބަންޑުންކޮށްލީ ފަސްޖެހުމެއް ނެތިއެވެ. ހުރިހާ ވާހަކައެއް ބަދްރާއާއި ހިއްސާކުރަނީ ގާތް އެކުވެރިއެއްކަމަށް ދެކިގެންނެވެ.

” ތިވެދާނެ ޝައިޠާނާގެ ވަސްވާސްކަމަށްވެސް… މީހަކު ރަނގަޅަށް އުޅެން މަސައްކަތް ކުރަންޏާ ޝައިޠާނާގެ އުނދަގޫ ބޮޑުވާނެ… އެކަހަލަ ހިޔާލު އަންނަ ވަގުތުތަކުގަ ގިނަގިނައިން ޒިކުރުކޮށް ޤުރުއާން ކިޔަވަންވީ.. އަދި ފަރުޟު ނަމާދުގެ އިތުރުން ސުންނަތް ނަމާދުތައް ކުރުން އިތުރުކޮށް ﷲތަޢާލާ ހަޟްރަތުގައި ދުއާކުރުން ގިނަ ކުރަންވީ… އިންޝާﷲ އޭރުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ…”

ބަދްރާގެ ވާހަކަތައް އިވުމުން ޒޯހަލްއަށް ހިތްހަމަޖެހުމެއް ލިބުނެވެ. ބަދްރާގެ އެފަދަ ވާހަކަތަކަކީ އަބަދުވެސް ޒޯހަލްއަށް އިތުރު ހިތްވަރު ލިއްބައިދޭ ވާހަކަތަކެކެވެ.

” އައި ލަވް ޔޫ މާމާ…” ބަދްރާ ގައިގާ ބާރަށް ބައްދާލަމުން ޒޯހަލް ބުނެލިއެވެ.

” އެކަމަކުވާ ޒޯލީ މާމަ ގައިގާ ނެތޭ މިހާރު އެހާ ބާރެއް… އަނެއްކޮޅުން ވާހޫނުން އިނދެވެނީކީ ނޫން…” ޒޯހަލްގެ އަތް ނައްޓަން އުޅޭ ފަދަ ގޮތަކަށް ހަރަކާތްކުރަމުން ބަދްރާ ބުންޏެވެ. ޒޯހަލް ލުއިގޮތަކަށް ހީލުމަށްފަހު ބަދްރާގެ އަތުގައި ހިފައިގެން ތިރިއަށް ދިޔައެވެ.

ރޫބީއަށް ހޭލެވުނީ ބީނިޝް އޭނާގެ ނަމުން ގޮވާ އަޑަށެވެ. ނިދި ހުރިވަރުން ރޫބީގެ ދެލޯ ހުޅުވެނީވެސް ހަމަކިރިޔާއަށެވެ. ފުރަތަމަވެސް ބަލާލެވުނީ އެނދުގެ އަނެއް ފަރާތަށެވެ. އަޒިއަލް ނެތްކަން އެނގުނު ހިނދު ބީނިޝްއަށް ބަލާލާފައި ކޮބާތޯ ސުވާލުކޮށްލިއެވެ.

” އަޒިއަލް ބޭބެ ހަތެއް ޖަހަން އުޅެނިކޮށް އޮފީހަށް ގޮއްސި…” ބީނިޝްގެ ޖަވާބު އިވުމާއި އެކު ރޫބީއަށް ފޫހިކަމެއް ލިބިގެން ދިޔައެވެ. އެހާވަރުން ހެނދުނާ ތެދުވާން އުޅުނީވެސް އަޒިއަލް އޮފީހަށް ދިއުމުގެ ކުރިން ދެމީހުން އެކު ނާޝްތާކުރާނެ ވަގުތު ލިބޭނެ ކަމަށް ހީކޮށެވެ. އެހެންނަމަވެސް ކަންތައްވީ ހީކުރި ގޮތަކަށް ނޫނެވެ. މިއަދުވެސް އަޒިއަލް އޮފީހަށް އެދިޔައީ ރޫބީގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާފައެވެ. ތެދުވުމުގެ ހިޔާލުދޫކޮށްލާފައި އަނެއްކާވެސް އޮށޯވެ ދެލޯމަރާލީ ނިދުމުގެ މަޤްސަދުގައެވެ.

” ރޫބީދައްތާ ކޮފީ” ބީނިޝްއަށް ބުނެވުނެވެ.

” ބީނިޝް ކޮފީތަށި ބޯލާ… އަހަރެން ގުޅަންދެން އިހަށް ބީނިޝްދޭ… ޓެލް އެވްރީ ސަރވަންޓް އޮފް ދިސް ހައުސް ޓު ނޮޓް ޑިސްޓަރބް މީ… މާމަ ކައިރީވެސް ބުނެލާތީ…” ރޫބީ އެއޮތް ގޮތަށް އޮވެ ބުނެލިއެވެ. ބީނިޝްވެސް ވަކިއެއްޗެއް ނުބުނެ ކޮފީތަށި ހިފައިގެން ނިކުންނަމުން މަޑުމަޑުން ދޮރު ލައްޕާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Azkii

Level 110 Stories

Other Articles

Previous

ރާސްތާ 2 އަށްވަނަބައި

Next

ލޯބިވެވުނީ 1

Next
October 27, 2019

ލޯބިވެވުނީ 1

Previews
October 27, 2019

ރާސްތާ 2 އަށްވަނަބައި

35 Comments!

  1. Azkii says:
    October 27, 2019 at 12:56 pm

    Hello guys.. enjoy reading this new story which includes lots of emotions.. this story about religion, love and revenge. I hope you all will like it. Please let me know if there is any mistake or anything that have to be improved. Loves -azkii

    1. jiji says:
      October 27, 2019 at 1:28 pm

      Thibuny???shua ge frnd eh nuuney tha u aky

    2. jiji says:
      October 27, 2019 at 1:38 pm

      I’m speechless???azkii haadha molhey..Ibaaraiy kurumaa sifakurun vx vrh vrh vrh hiyy gaimu masha allah???vrh kiyaa hithun kiyaalevuny mi bai???nimuny vx ehaa kiyaa hithun indhaaa???..So much curious????…u r an amazing writer…Lysm azkiiiiii????????

    3. Azkii says:
      October 27, 2019 at 6:02 pm

      Thank you jiji ❤️

  2. jiji says:
    October 27, 2019 at 1:00 pm

    Me first dhw. .kiyaafa comment eh kohlaanan insha allah ???btw can I ask u a question..thy shua ge frnd azka tha

    1. jiji says:
      October 27, 2019 at 1:01 pm

      Oh yess ur dhw..hehe

    2. Azkii says:
      October 27, 2019 at 1:23 pm

      No it’s not azka.. hehe..

    3. Azkii says:
      October 27, 2019 at 1:43 pm

      Yes shua Kiya kuhjeh nudhannan ☺️

  3. Kylie says:
    October 27, 2019 at 5:23 pm

    Wowww..????…. Furathama part vx hama habeys ey buneveyny…???… Speechless.????….. Ehaa vx reethi mi part…☺️☺️☺️…. Can’t wait fr nxt.???…… LY azkii.❤️❤️❤️…..

    1. Azkii says:
      October 27, 2019 at 6:03 pm

      Thank you kylie ❤️

  4. Lamko says:
    October 27, 2019 at 5:25 pm

    Ohh woow mi part vx varah reethi.. cant wait fo nxt part

    1. Azkii says:
      October 27, 2019 at 6:04 pm

      Thank you lamko ❤️

    2. Lamko says:
      October 28, 2019 at 3:01 pm

      Anytime Azkii❤❤ thank u vry much

  5. Isha. says:
    October 27, 2019 at 5:27 pm

    Wow hama vv nala mi story…

    1. Azkii says:
      October 27, 2019 at 6:04 pm

      Thank you isha ❤️

  6. Shuha says:
    October 27, 2019 at 5:48 pm

    Varah reethi mi bai ves……….waiting for next part ……..avahah next part up kohdehjjey…….?????❤️❤️❤️❤️❤️?????????????????

    1. Azkii says:
      October 27, 2019 at 6:06 pm

      Thank you shuha ❤️

  7. Azkii says:
    October 27, 2019 at 6:00 pm

    Evves kuhjehge personal kanthah mi vaahakaiga comment baiga nuliyuvvun edhen… Adhi ekahala comments thah delete kohleveyne Vaahaka bunan. Azkii ehves kuhjakah hiy burakameh nei..

    1. jiji says:
      October 28, 2019 at 6:06 am

      ?yh totally agreed with u akii

  8. doll says:
    October 27, 2019 at 6:31 pm

    Azkkiii your sooo kind.i like that kind porsons.varah ufaavehje azkii thi kuri kamahkun. Btw vaahaka varah reethi. Whn next. Waitting curiously. Can v be friends?

    1. Azkii says:
      October 27, 2019 at 6:51 pm

      Thank you ❤️ yes we can be friends ?

    2. doll says:
      October 27, 2019 at 7:18 pm

      Person* olhumakun ehen jehunee. Sorry

  9. Where the stars meet says:
    October 27, 2019 at 7:47 pm

    Masha Allah.. the starting of this story is amazing… Im curious to find out what’s gonna happen next.. hope u will write the story until the end.. gud luck?♥

    1. Azkii says:
      October 27, 2019 at 8:50 pm

      Thank you ❤️

  10. Axee says:
    October 27, 2019 at 8:28 pm

    Masha Allah varah furihama feshumeh

    1. Azkii says:
      October 27, 2019 at 8:49 pm

      Thank you ❤️

  11. Maisha maii says:
    October 27, 2019 at 9:20 pm

    Wow?❤♥. Varah reethi?

    1. Azkii says:
      October 27, 2019 at 10:22 pm

      Thank you ❤️

  12. Mal? says:
    October 28, 2019 at 9:09 am

    Varah reethi ???

    1. Azkii says:
      October 28, 2019 at 11:21 am

      Thank you ❤️

  13. *shahuma* says:
    October 28, 2019 at 12:35 pm

    When next

    1. Azkii says:
      October 28, 2019 at 3:03 pm

      Thank you ❤️

  14. §HåĂĶĶÓ says:
    October 28, 2019 at 1:22 pm

    Woah… reethi

    1. Azkii says:
      October 28, 2019 at 3:04 pm

      Thank you ❤️

  15. Iyaanaaf says:
    October 30, 2019 at 9:37 am

    Vrh undhagoo kiyan laafa hurin Nan thakakunn but Masha Allah feshun Hama 1 vana

Comments are closed.

Next Episodeޒީރު 2←


All Right Reserved!