އަހަރެންނަކީ ޢުމުރުން ދެބައިވެފައިވާ އަންހެނަކީމެވެ. މީހެއްގެ އަންބެކެވެ. ދެކުދިންގެ މަންމައެކެވެ. އަހަރެން އުޅެމުން އައީ މަންމައަށް ލިބިފައިވާ ތަންކޮޅެއްގައި މާލޭގައެވެ. އަނެންހެން ބުނަންޏާ ހުރިހާ ކަމެއްވެސް ފުރިހަމަ އިންސާނެއްގެ ގޮތުގައެވެ. އެކަމަކުވެސް އަހަރެންގެ ދިރިއުޅުމުން އަހަރެންނަށް ހަޤީޤީ އުފަލެއް ނުލިބެއެވެ. ފިރިއެއް ހުއްޓަސް ފިރިއެއްގެ އޯގާތެރިކަމެއް ނުލިބެއެވެ. ފިރިމީހާ އުޅެނީ ތަނެއްގައި ސެކިއުރިޓީ ބަލަހައްޓާށެވެ. ޑިޔުޓީ ނިންމާފައި އާދެވެނީ ވަރަށް ލަހުންނެވެ. އައިސް އޮންނާނީ ނިދާށެވެ. ގޭގައި ކައްކައިގެން އިންތިޒާރު ކުރަން އެތައް ދުވަހަކު ހުންނަމެވެ. ކާން ވީނުހޭ ބުނީމާ ބޭރުން ކައިގެންނޭ އައީ ބުނެ އަވަހަށް ކޮޓަރިއަށް ދެވޭތޯ ބަލާނެއެވެ. ގެޔަށް ކައްކާނެ އަސާސީ އެއްޗެހި ގަނެފައި އިތުރު އެންމެ ރުފިޔާއެއްވެސް ނޯވެއެވެ. ލާރިއަށް ވާނުވާއެއް ނޭނގި މަހުގެ ދެބަޔަށް ދާންވާއިރަށް ހުސްވެދެއެވެ. އަހަރެން މިކަމާއި ވިސްނާ ވިސްނާ ބޯގޮވާވަރު ވެެއްޖެއެވެ. އެއްދުވަހަކު ހިތަށް އެރިއެވެ. އޭނަގެ މައިންބަފައިންނަށް ޚަރަދު ކުރަނީ ކަންނޭނގެއެވެ. އެހެން ހިތާ އަޅާނުލާ ހުރީމެވެ.
މިގޮތަށް ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެއްދުވަހެއްގެ ހެނދުނެވެ. ފިރިމީހާ ޑިޔުޓީއަށް ދިޔުމުން ފިރިމީހާގެ މަންމައަށް ގުޅާލީމެވެ. ގުޅައިގެން ވާހަކަ ދައްކަމުން ގޮސް، މިހާރު ކިހާވަރެއް ރައްކަކުރެވޭތޯ މަންމަ އަހާލިއެވެ. އަދި ފަހަށް ރައްކާނުކޮށް މާލޭގައި ނޫޅެވޭނެ ކަމަށް ބުންޏެވެ. އޭގެއިތުރުން މަންމަމެންނަށް މިހާރު އެއްވެސް އެއްޗެއް ނުދޭކަމަށްވެސް ބުންޏެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަންމަމެންނަށް ޚަރަދު ނުކުރާއިރު ފިރިމީހާ ޚަރަދު ކުރަންޖެހޭ ދެން އިތުރު މީހަކު ހުންނާނެ ކަމަކަށް އަހަރެންނަކަށް ޤަބޫލެއް ނުކުރެވުނެވެ. އެހެންކަމުން އަހަރެންނަށް އަހަރެންގެ ފިރިމީހާއަށް ޝައްކުގެ ނަޒަރުން ބެލެން ފެށުނެވެެ. ގެޔަށް އައުން ލަސްވާތީ ޝަކުވާ ކުރެވުނެވެ. އެންމެ ފަހުން އަހަރެންގެ އެކުވެރިއެއް ލަފަޔަކަށެއެދުނީމެވެ. އޭނަ ބުނީ ފިރިމީހާ އުޅޭ ނޫޅޭގޮތް ބެލުމަށެވެ. ފޯނުން ކުރާ ކަންތައްތައް ބެލުމަށެވެ. ފިރިމީހާ ގޭގައި އުޅޭއިރު އަބަދުވެސް ފޯނު އޮންނާނީ އަތުގައެވެ. ނޫނީ ޖީބުގައެވެ. ގޭތެރޭގައި ފިރިމީހާ ފޯނުން ކުރާ ކަންތައްތައް ސިއްރުސިއްރުން ބަލަމުން ގެންދިޔައީމެވެ.
އާދައިގެ މަތިން އަހަރެން އުޅުނީ ހެނދުނު ބަދިގޭގައި ސައި ހަދާށެވެ. ކުޑަދަރިފުޅު އޮތީ ނިދާފައެވެ. އިރުކޮޅެއް ނުވެ ދަރިފުޅު ހޭލެވިގެން ރޯން ފަށައިފި އެވެ. ފިރިމީހާ އެއިރު އިނީ ފޯނާ ކުޅެން ސިޓިންރޫމްގައި ހުރި ސޯފާއެއްގައެވެ. ފިރިމީހާ އަށް ގޮވާލާފައި ދަރިފުޅު މަސަލަސް ކޮށްލަދިނުމަށް އެދުމުން ތެދުވެގެން ގޮސް ދަރިފުޅު އުރާލައިގެން އައިސް އަނެއްކާވެސް ފޯނާއި ކުޅެންފަށައިފި އެވެ. ހީހީފައި ފޯނުގެ ފިއްތަކަށް އޮއްބަމުން ދެއެވެ. ސައިހަދާ ނިމިގެން ސައިބޯން ގޮވުމުން ދަރިފުޅު އަހަރެން އަތަށް ދިނުމަށްފަހު ސައިބޯންވެގެން އޭނަ އަތް ދޮންނަން ޒިންކު ކައިރިއަށް ދިޔައީ މޭޒުމަތީގައި ފޯނު ބާއްވާފައެވެ. ނޫންކަމަށް ހަދާފހަދާފައި ފޯނުގެ ފިތަކަށް ފިތާލި ތަނުން ފޯނު ދިއްލިއްޖެއެވެ. ހަނދާންނެތި ފޯނު ތަޅުނުލައި އޮތުމުން ހުޅުވުނީ ފިރިމީހާ ބަލަން ހުރި ފޮޓޯއެވެ. އެ ފޮޓޯ ފެނުމުން އަހަރެންގެ އަނގައިން ބަސް ހުއްޓުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ފިރިމީހާ މޭޒުކައިރިއަށް އައުމުން ކަމެއް އިނގުނު ކަން ނުހަދާ ފޯނު ލޮކް ނެގުމަށްފަހު އަހަރެންގެ މަންމައަށް ގުޅާލަން ފޯނު ލިބިދާނެތޯ އަހާލީމެވެ. ފިރިމީހާ އެއްޗެކޭ ބުނުމުގެ ކުރިން އަހަރެންގެ ފޯނު އޮތީ ސަސްޕެންޑް ވެފައި ކަމަށް ބުނެ ފޯނު ހިފައިގެން ކޮޓިރިއަށް ވަދެ ދޮރު ލެއްޕީމެވެ. ފިރިމީހާ ސައިބޮއިގެން އަންނަން ވާއިރަށް ފިރިމީހާ މާ ބިޒީވެގެން ކުރާ ކަންތައްތައް ބަލެމުށްފަހު އަވަހަށް ފޯނު އެނދުމަތީގައި ބޭއްވީމެވެ. “ސުބުޙާނައްﷲ” އަހަރެންގެ އަނގައިން ބޭރުވީ މި ލަފްޒެވެ.

ދުވަސްތައް މާޒީވަމުން ގޮސް އޭގެ އެއް ހަފްތާ ފަހެވެ. އަހަރެންގެ އުޅުން ބަދަލުވަމުންދާ ވާހަކަ ފިރިމީހާ ނުރުހުންވެ ހުރެ ދެއްކިއެވެ. އަބަދު ފޯނު ހިފައިގެން ހުންނާތީ އެކަން ފާހަގަކުރަން ފެށިއެވެ. އަހަރެން ވެސް ފިރިމީހާ ފަދައިން ފޭސް ބުކާއި ވައިބަރ އިން އާ ރައްޓެހިން ހޯދާ ޗެޓު ކުރަން ފެށީމެވެ.
އާދައިގެ މަތިން ކުދިން ނިންދަވާލާފައި ފޭސް ބުކަށް ވަދެ މެސެންޖަރ ހުޅުވާލީ މެސެޖެއް އައިސްފައިވާތީއެވެ. ހުޅުވާލިއިރު މެސެޖުގައި ވަނީ އަހަރެން ވާހަކަ ދައްކަމުންދާ ޒުވާނާ އަހަރެންނާއި ބައްދަލު ކޮށްލަން ބޭނުން ވާހަކައެވެ. މެސެޖް ބަލާލުމަށްފަހު އަދި ފަހުން ކަމަށް ބުނެ ރިޕްލައި ކުރީމެވެ. އެކޮޅުން އަނެއްކާވެސް މެސެޖެއް އައެވެ. ” އައި ވޯންޓު ހަގް ޔޫ އައި ނީޑް ޔޫ ބޭޑްލީ ޕްލީސް ބޭބީ އާއެކޭ ބުނެބަލާ ” އަހަރެން މެސެޖަށް ރިޕްލައި ކުރާކަށް ބޭނުމެއް ނުވިއެވެ. އަހެން އިރުގަނޑެއް ވަންދެން އަހަރެން ހުރީމެވެ. އަހަރެން ހީކުރީ އަހަރެން މެސެޖްގެ ރިޕްލައި ނުކުރީމައި އަޅާނުލާނެކަމަށެވެ. އެހެން ހުރުމަށްފަހު މެސެންޖަރ ހުޅުވާލިއިރު މެސެޖްތައް އެ އައިޑީން ފުލުފުލުން އައިސްފައިވެއެވެ. “މީޓުނުކުރެވެންޏާ ފޮޓޯއެއް ފޮނުވާލަދީބަލަ ޕްލީޒް.. ތި ހަށިގަނޑުގެ ދެކިލަން ވަރަށް ބޭނުން ހެޔޮނުވާނެ…”މެސެޖް މިހިސާބަށް ކިޔުމަށްފަހު އަހަރެން ހިތަށް އެރިއެވެ. މި ޒުވާނާ އެހާވަރަށް އެދޭނަމަ ބައްދަލުކުރުމަކުން ގޯހެއް ނެތެވެ. ފިރިމީހާ ވެސް ވީ ކޮންމެވެސް ކަމަކު ބޭރަށް ގޮހެވެ. އޭނަ އުޅެންޏާ މާރީތިވެގެން ނުކުމެއްޖެއްޔާ ކޮންތާކަށް ދަނީތޯ އަހާނެއެވެ. އެހެންކަމުން މިރޭ 9 ޖަހާއިރު ޖުވޭސް ކެފޭ ކައިރީ ހުރި ގެސްޓު ހައުސެއްގެ އެޑްރެސް އޭނަ ދިނެވެ. ނުވައެއް ޖަހަން ހުރީ 15 މިނެޓެވެ. ކުރެވެން މިއުޅެނީ ކޮންކަހަލަ ކަމެއް ބާްއޭ ހިތަށް އެރިއެވެ. މީހެއްގެ ފިރިއަކަށްވެ ހުރެ ދެކުދިންގެ މަންމައަކަށްވެ ހުރެ އެޅެން މި އުޅެނީ ކަތި ފިޔަވަޅެކޭ ހިތަށް އަރާ ފައިބަމުން ދިޔައެވެ. އެންމެ ފަހުން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިޔަސް އަހަރެން އެ ޒުވާނާ ދިން އެޑްރެހަށް ދިޔައީމެވެ. ފެންވަރުގައި ހަދާފައިވާ އެ ގެސްޓު ހައުސްގެ ތެރެއަށް ވަދެގެން ގޮސް އޭނަ ބުނި ކޮޓަރި ނަންބަރު 17 ގައި ޓަކި ޖަހާލުމަށްފަހު ތަޅުގައި ހިފާލިއިރު ތަޅު ހުޅުވާފައި ހުރުމުން އެތެރެއަށް ވަދެ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލީމެވެ. ތަނަވަސް ބޮޑު ކޮޓަރިއެކެވެ. އެ ޒުވާނާ ވީ ފާޚާނާގައި ކަން އަހަރެންނަށް އެނގުނީ އެނދުމަތީގައި ބޮކްސަރ އޮތުމުންނެވެ. އެނދުމަތީގައި އިށީނދެލައިގެން އަހަރެން ހުރީ ފާޚާނާއަށް ފުރަގަސް ދީގެންކަމުން ފާޚާނައިން އެ ޒުވާނާ ނުކުމެގެން އައިކަމެއް ވެސް އަހަރެންނަކަށް ނޭނގުނެވެ. ކުއްލިއަކަށް ކޮޓަރީގެ ބޮކި ނިއްވާލުމަށްފަހު އަހަރެންގެ މޫނުގައި ފިނިފިނި އަތެއް ޖެހުމުން އެއީ އެ ޒުވާނާ ކަން އަހަރެންނަށް އެނގުނެވެ. “ބުނީމެއްނު އަލީގައި ވަރަށް ލަދުގަނެއޭ އެހެންވެ މި ނިއްވާލީ” އަހަރެންގެ ކަންފަތް ދޮށުގައި އެ ޒުވާނާ އެހެން ބުނެލުމަށްފަހު އަހަރެންގެ ބޮލުގައި އަޅާފައިވާ ބުރުގާ ގަނޑު ނަގާ އެއްލާލުމަށްފަހު ކަރުދަށުގައި ބޮސް ދޭން ފެށިއެވެ. އަހަރެންނަކަށްވެސް ގަދަހަދާކަށް ނުކެރުނެވެ. ފިރިމީހާގެ ފަރާތުން މިފަދަ ލޯތްބެއް އަހަރެންނަކަށް ނުލިބެއެވެ. އެހެންވެ އަހަރެންވެސް ހުރީ އެފަފަ ލޯތްބަކަށް ފެންބުވާގެންފައެވެ. އެޒުވާނައެކޭ އެއްފަދައިން އަހަރެންވެސް އޭނަގެ ހަށިގަނޑު އުފާ ހޯދަމުން ދިޔައީމެވެ. އިރުގަނޑަކަށްފަހު އަހަރެން ފުންމައިގެން ތެދުވީމެވެ. އަވަސްއަވަހަށް ގަޔަށް ހެދުން މަހާލަމުން ބުރުގާ ބޮލަށް ވައްޓާލަމުން ދަރިންކޮޅު ތިބޭނީ އެކަންޏޭ ބުނެ އަވަހަށް އެތަނުން ނުކުމެ ޓެކްސީ އެއް ހުއްޓުވާ އެޔަށް އެރީމެވެ. އެ ޒުވާނާއަށް އަހަރެން ދިޔަކަން އެނގުނީ އެތައް އިރެއްފަހުންނެވެ. އެ ޒުވާނާއަށް އެއިރު އޮތީ ވީ ވަރުބަލިން ނިދިފައެވެ. ހޭލެވުމުން މެސެންޖަރ ހުޅުވާލުމަށްފަހު “ވަރަށް އަރާމު” ކަމަށް ބުނެ މެސެޖެއް ކޮއްލިއެވެ. ޓެކްސީއަށް ރުފިޔާ ދެއްކުމަށްފަހު އަހަރެން އަވަހަށް ގެޔަށް ވަނީމެވެ. ފިރިމީހާ ގެޔަށް އައިސް އުޅެންޏާ ކަންތަކާއި ޖެހުނީއޭ ހިތަށް އަރަމުން ކޮޓަރީގެ ތަޅުގައި ހިފާލީމެވެ. އަލްޙަމްދުލިއްﷲ އޭ ބުނެލެވުނީ ފިރިމީހާ ގެޔަށް އަދި ނާންނަނީކަން އެނގުމުންނެވެ. ފާޚާނާއަށް ވަދެ ފެންވަރައިލައިގެން އަވަހަށް ނިދަން އޮށޯވެލީ ފިރިމީހާ އަށް އިންތިޒާރު ކުރުމަކީ ބޭކާރު ކަމެއް ކަމަށް ނިންމައިގެންނެވެ. އޮށޯތުމަށްފަހު މެސެންޖަރ ހުޅުވާލިއިރު އެ ޒުވާނާ ކޮއްފައިވާ މެސެޖް ފެނުމުން ތުންފަތުގައި ދަތް އަޅާލެވުނެވެ. އަދި މީ ޓޫ އޭ ބުނެ ރިޕްލައި ކޮއްލުމަށްފަހު ގުޑްނައިޓް ކިޔާލުމަށްފަހު ފޯނު ބާލީސް ދަށަށްލާ އަނެއް ބާލީހުގައި ބައްދާލީމެވެ.

އޭގެ އެއްމަސް ދުވަސް ފަހެވެެ. އަހަރެންނަށް ފޯނާއި ދިމާލަށް ބަލާލެވުނީ ފޯނު ވައިބްރޭޓެއް ވާން ފެށުމުންނެވެ. ފޯނުގެ އިސްކްރީނަށް ބަލާލުމަށްފަހު އަނެއްފަހަރު ފިރިމީހާ އުޅޭތޯ ވަށައިގެން ބަލައިލެވެއެވެ. އެއް މަަސް ދުވަސް ފަހުން އަނެއްކާވެސް އެ ޒުވާނާ ގުޅުމުން ހަދާނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. އެހެން ހުއްޓާ ފޯނު ކެނޑިއްޖެއެވެ. އަނެއްކާވެސް އެ ނަންބަރުން ގުޅަން ފެށުމުން ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން ވަރަށް މަޑުމަޑުން ހަލޯއޭ ބުނެލީމެވެ. އެ ޒުވާނާ ވާހަކަ ދައްކަން ފެށުމުން އަހަރެންނަށް ރޮވުނެވެ. އަދި އެންމެފަހުން ގިސްލެވެން ފެށުމުން އެ ޒުވާނާ ވާހަކަ ދައްކަދައްކާ ހުއްޓާ ފޯނު ކަނޑާލީ ކެތްނުކުރެވުމުންނެވެ. އޭނާ އަހަރެން ދެކެ ލޯބިވާ ވާހަކަ އާއި އަހަރެންނާއި ލޯބިކޮއްލަން ބޭނުންވާ ވާހަކަ ބުނުމުން އަހަރެންގެ ކެތްތެރިކަން ކޮޅުންލީއެވެ. ފޯނު ނަގައި ވަރަށް އަވަަހަށް ބައްދަލުކޮށްލަން ބޭނުންކަމަށް ބުނެ ރެސްޓޯރެންޓެއްގެ އެޑްރެސްއެއް ފޮނުވާލީމެވެ. އަދި ހަމައެހެންމެ އޭނަވެސް ފަސްމިނެޓު ތެރޭގައި އެތަނަށް ދާނަން ކަމުގައި ބުނެ މެސެޖެއް ފޮނުވާލިއެވެ. އަހަރެންވެސް މަތި ހަދާލައިގެން ދަރިންކޮޅު މަންމަމެން ގެޔަށް ލުމަށްފަހު، ޓެކްސީއެއް ހުއްޓުވުމަށްފަހު ދާންވީ މަންޒިލް ބުނެދިނީމެވެ. ފަސްވަރަކަށް މިނެޓުން އަހަރެންނަށް އެ ރެސްޓޯރެންޓަށް އާދެވުނެެވެ. ކުއްލިއަކަށް ފޯނަށްއައީ މެސެޖެކެވެ. އޭގައި ވަނީ އޭނަ މިހުރީ ރެސްޓޯރެންޓުގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. އަހަރެން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ރެސްޓޯރެންޓުގެ ފުރަތަމަ ފަންގިފިލާއަށް އެރީމެވެ. ތަންކޮޅެއް ދުރުގައި ވަކިން އިން މޭޒެއްގެ ކައިރިގައި އަތްކުރު މާޖެހި ގަމީހެއް ލައިގެން ހުރީ އަހަރެންނާއި ފުރަގަސްވާ ގޮތަށެވެ. އެއީ އަހަރެންނަށް މެސެޖް ކުރި ޒުވާނާކަން އަހަރެންނަށް ޔަޤީންވުމުން އަހަރެންގެ ފިޔަވަޅުތައް ލަސްވާން ފެށިއެވެ. މަޑުމަޑުން ގޮސް އޭނަގެ ފަހަތުގައި ހުއްޓިލީމެވެ. އެ ޒުވާނާ އަހަރެންނަށް ބަލާލިއެވެ. އަދި ހައިރާންވެ ހުރެ ސުވާލުން ފުރިގެންވާ ނަޒަރަކުން ބަލަން ފެށިއެވެ. މަޑުމަޑުން މިތާ ކީތްކުރަނީހޭ ބުނެލީ ހިތްހަމަ ނުޖެހިގެންނެވެ. އަހަރެން ގޮނޑިގައި އިށީންނަމުން ބުނެލީމެވެ. “ވަރަށް ހައިރާންވެއްޖެދޯ އަހަރެން މީ އާސިއަކީ، ރޭގަނޑުގެ އަނދިރީގައި ބައްދަލުކުރި އަހަރެންގެ ސޫރާ ނުފެނުނީމާ ކަންނޭގެ ދޯ ދުވާލުގެ އަލިކަމުގައި އަހަރެން ފާހަގަކުރަން ނޭނގުނީ؟” އަހަރެންގެ ފިރިމީހާ ހުރީ ބުދެއްހެން ހުއްޓުން އަރާފައެވެ. އޭނަ ހީވެސް ނުކުރާ ފަދަ ގޮތަކަށް އަހަރެން ބޭނުންވީ އޭނަ ކުރަމުން ގެންދާ ނުބައި ފާޙިޝް ޢަމަލު އަހަރެންނަށް އިނގޭކަން ހާމަކޮށްދޭށެވެ. ” އަޑުއަހާ އަހަރެންނަށް އަހަރެންގެ ފިރިމީހާއަށް ޝައްކުގެ ނަޒަރުން ބަލަން ފެށުނީ އަހަރެންނަށް މެސެންޖަރއިން ކޮއްފައިވާ ޗެޓް ލޮގްތައް ފެނުނު ދުވަހުން ފެށިގެން…އެ ދުވަހުން ފެށިގެން އަހަރެންވެސް ޗެޓް ކުރަން ފެށިން އެކަމަކު އެހެން އަންހެނެއްގެ ނަމުގައި އަހަރެންނަށް އެނގުނު ފްރެންޑް ރިކުއެސްޓު ފޮނުވާލާއިރަށް ކަލޭ އަހަރެންނަށް ވާހަކަ ދައްކަން ފެށުމުން ކަލޭ ހުރީ އަންހެނުންނާއި ހެދި މޮޔަވެފަކަން، އަދި ވާހަކަ ދައްކަމުން ގޮސް ކަލޭ އަހަރެންގެ އޮރިޔާން ފޮޓޯއެއް ފޮނުވުމަށް އެދުމުން އަހަރެން ހައިރާނެއް ނުވޭ، އެއީ އަހަރެންނަށް މާކުރިންވެސް ކަލޭ އަންހެން ކުދިން ކައިރިއަށް ދާކަމާއި އޮރިޔާން ފޮޓޯ އެހެން އަންހެން ކުދިންގެ ހުރިތަން އަހަރެންނަށް ފެނިފައި ވާތީ…” މިހިސާބަށް އަހަރެންނަން ބުނެވުނުތަނާ އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. ދެލޯ ފޮހެލަމުން އަނެއްކާވެސް އަހަރެން ހިތްވަރު ލަމުން ވާހަކަ ކުރިއަށް ގެންދިޔައީމެވެ. ” އަހަރެން ކަލެއާއި އެކީ އުޅެން ވަރަށް މަސައްކަތް ކޮއްފިން، އެކަމަކު ކަލޭ އަހަރެންނާ ދޭތެރޭ ކަންތައް ކުރީ ކިހިނެއް؟ ޑިޔުޓީ ނިންމާފަ ކަލެއަށް އާދެވެނީ އެތައް ގަޑިއިރެއް ފަހުން، ކޮންމެވެސް ބަހަނާއެއް ދައްކާނެ ލަސްވީ މިހެން ވެގެންނޭ ރައްޓެއްސަކާއި ދިމާވެގެން ނާދެވުނީއޭ… އެކަމަކު އަހަރެންނަށް ކަލޭ ބިޒީ ވާ ސަބަބު މިއެނގުނީ އަންހެނުން ކައިރިއަށް ވަންނަން ދާންޖެހޭތީ ކަލެއަށް ނާދެވެނީ… އަހަރެންވެސް މީ އިންސާނެކޭ ކެތްކުރެވޭނީވެސް ވަކި ވަރަކަށް ހިލޭ އަންހެނުން ކައިރިއަށް ކަލޭ ދާތަން ބަލާކަން ދެން އަހަރެންނަކަށް ކެތެއް ނުވާނެ، އަހަރެން ބޭނުމީ ކަލޭ ކިބައިން ސަލާމަތް ވާން، އަބަދުގެ އަބަދަށް އަހަރެންގެ ދަރިންކޮޅު އަހަރެންނަށް ކަލޭ ނެތަސް އިރާދަކުރެއްވިއްޔާ ކަލޭ ނެތަސް މިހާރުވެސް މި ބަލަނީ އަހަރެން ދެންވެސް ކަލެއަކަށް ނުޖައްސާނަން… ވީމާ ދެން އަހަރެން ވަރިކޮށްދީ..” އަހަރެންގެ އަރު ބެދުނެވެ. އަހަރެންގެ ފިރިމީހާ ހުރީ އިސްއުފުލާ ބަލާލަންވެސް ނުކެރިފައެވެ. ކުރެވުނު ކުށުގެ ބޮޑުކަން އިޙްސާސްވުމުން ލަދުން އަހަރެންނާއި ހަތަރު ކަޅި ހަމަކުރަންވެސް ނުކެރިފައެވެ. އަހަރެން އޭނައަށް ފަސްދެމުން އެތަނުން ހިނގައިގަތީ ގިސްލެވެން ފެށުމުންނެވެ. ކުއްލިއަކަށް އޭނަ އަހަރެންގެ އަތުަގައި ހިފެއްޓަމުން ވާހަކަ ދައްކަން ފެށިއެވެ. “އާސި މަޑުކޮށްބަލަ…އަހަރެން ދައްކާ ވާހަކަވެސް އަޑުއަހާލަބަލަ…އަހަރެން ޤަބޫލުކުރަން އަހަރެން މީ ކުށްވެރިއެއްކަމަށް އަހަރެންނަށް ކުރެވުނީ ވަރަށް ބޮޑު ފާފައެއް.. އަހަރެން އެ ކުށަށް ތައުބާވަން އަހަރެން ދެން ދުވަހަކުވެސް އެހެންނެއް ނޫޅޭނަން އަހަރެންގެ ކުށް އަހަރެން ޤަބޫލުކޮށްފިން އާސި ބޭނުން އަދަބެއް އަހަރެންނަށް ދީ އެކަމަކު އަހަރެންނާއި ވަކިނުވާތީ ހެޔޮނުވާނެ އަހަރެންނަށް މާފުކުރޭ މިހާރު އަހަރެންނަށް ވިސްނިއްޖެ..ކުދިންނަށްޓަކައި ނަމަވެސް އަހަރެންނަށް މާފުކޮށްދީ އަހަރެންގެ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އަބަދަށް ހުރެދޭނަން ކަމަށް ވައުދުވެދީ ހެޔޮނުވާނެ އާސީ އެއްޗެކޭ ބުނެބަލަ…” އޭނަ އަހަރެންގެ އަތުގައި ހިފަހައްޓާ އޭނައާއި ވީ ފަރާތަށް އަނބުރާލިއެވެ. އޭރުވެސް އަހަރެންނަށް ރޮވެނީ އެވެ. އަހަރެން މޫނުގައި ދެއަތް އަޅާ ފޮރުވާލަމުން އަހަރެން ދެކަކޫ މައްޗަށް ތިރިވެވުނެވެ. “އާސީ ހެޔޮނުވާނެ ވާހަކަ ދައްކަބަލަ… އަހަރެންނަށް ވިސްނިންޖެ ކުރަމުން މިދެވުނީ ކިހާ ގޯސް ކަމެއްކަން ދުވަހަކުވެސް ދެން އެކަހަލަ ކަމެއް ނުކުރާނަން.. އަހަރެންނަށް އާސިއަށް ވުރެ ރަނގަޅު އޯގާތެރި ވަފާތެރި ބައިވެރިއަކު ނުލިބޭނެ އަހަރެން ބޭނުމީ އާސިއާއި އެކު ހުރިހާ ދުވަސްތައް ވެސް އުފާވެރިކޮން ހޭދަކުރަން..” އޭނަ އަހަރެންގެ މޫނުން އަތް ނަގަމުން ދެލޯ ފޮހެދެމުން ނުހަނު ލޯތްބާއެކު ބުނެލިއެވެ. އަހަރެންގެ ދޫވެސް މަޑުމަޑުން ހަރަކާތްކުރިއެވެ. އަދި ބުނީމެވެ. “އަަހަރެން އަހަރެންގެ ފިރިމީހާއަށް މާފުކޮށްފިން އަހަރެން މީ އެހާ ހިތް ހަރު މީހެއްނޫން…އަހަރެންވީ އަހަރެންގެ ފިރިމީހާ ދެކެ ޙަޤީޤީ ލޯބި…އަހަރެންނަށް ދުވަހަކުވެސް ދެރަގޮތެއް ނުހަދާނަން ކަމަށް ވަޢުދުވޭ ” އަހަރެންގެ އަތް މަތީ އަތް ބާއްވަމުން އަހަރެންގެ ފިރިމީހާ އަހަރެންނަށް ދުވަހަކުވެސް ދެރަގޮތެއް ނުހަދާނެ ކަމަށް ވަޢުދެ ވިިއެވެ. އަދި އަހަރެންނަށް ޙައްޤުވާ ލޯބި އަބަދަށްވެސް ދޭނެކަމަށް ވަޢުދުވިއެވެ.
އަދިއަދަށްދާންދެންވެސް އެވަޢުދުގެ މަތީގައި އަހަރެމެން ދެމިތިބީމެވެ. މިހާރު އޭގެ ފަހުން ދެ އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. މިހާރު އަހަރެންނަކީ ދުނިޔޭގައި ހުރި އެންމެ ނަސީބުވެރިޔާހެން އަހަރެންނަށް ހީވާކަހަލައެވެ. ހުރިހާ އުފާތަކެއް މާތް ﷲގެ އިރާދަފުޅާއެކު އަހަރެންނަށް ވަނީ ލިބިފައެވެ. އަދި އަހަރެންނަށް ޙައްޤުވާ ލޯބި ވެސްވަނީ މާތްﷲގެ އިރާދަފުޅުން ލިބިފައެވެ. އަދި އަހަރެންގެ ފިރިމީހާއަށް ޙައްޤުވާ ލޯބި އިރާދަކުރެއްވިއްޔާ އަބަދުވެސް ދޭނަމެވެ.

((ނިމުނީ))

 

((މި ވާހަކައިގައިވާ ރަނގަޅު ކަންތައްތަކާއި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ކިޔުންތެރިން ފާހަގަކޮށްލަދިނުމަކީ އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. ޝުކުރިއްޔާ))

41

3 Comments

 1. I.s.H.a

  October 1, 2019 at 2:44 pm

  Nice

 2. Kairaa

  October 1, 2019 at 6:20 pm

  Wowwwwwwwww….new story eh dhw……varah reethi mi story vx…❤️❤️❤️❤️❤️❤️

 3. Lamko

  October 3, 2019 at 3:27 pm

  Zaish keep it up Ingey.. story varah kamudhey… Dear ur the best

Comments are closed.