އަހަރެންނަކީ ޢުމުރުން ދެބައިވެފައިވާ އަންހެނަކީމެވެ. މީހެއްގެ އަންބެކެވެ. ދެކުދިންގެ މަންމައެކެވެ. އަހަރެން އުޅެމުން އައީ މަންމައަށް ލިބިފައިވާ ތަންކޮޅެއްގައި މާލޭގައެވެ. އަނެންހެން ބުނަންޏާ ހުރިހާ ކަމެއްވެސް ފުރިހަމަ އިންސާނެއްގެ ގޮތުގައެވެ. އެކަމަކުވެސް އަހަރެންގެ ދިރިއުޅުމުން އަހަރެންނަށް ހަޤީޤީ އުފަލެއް ނުލިބެއެވެ. ފިރިއެއް ހުއްޓަސް ފިރިއެއްގެ އޯގާތެރިކަމެއް ނުލިބެއެވެ. ފިރިމީހާ އުޅެނީ ތަނެއްގައި ސެކިއުރިޓީ ބަލަހައްޓާށެވެ. ޑިޔުޓީ ނިންމާފައި އާދެވެނީ ވަރަށް ލަހުންނެވެ. އައިސް އޮންނާނީ ނިދާށެވެ. ގޭގައި ކައްކައިގެން އިންތިޒާރު ކުރަން އެތައް ދުވަހަކު ހުންނަމެވެ. ކާން […]