Skip to content
އެސްފިޔަ

…..ރީން….. 4

ރިހާން އެއް މިޔަކުން ހިނިތުންވެލައިގެން ރީން ދިޔަ ދިމާލަށް ބަލަން އިނެވެ. އަދި ރީން ގެޔަށް ވަނުމާއެކު ރިހާން ވެސް ގެއަށް ދިއުމަށްޓަކައި ކާރު ދުއްވައިލިއެވެ.
__________________
ރީން އަކީ ތަނަވަސް އާއިލާއެއްގެ ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. އަދި އެންމެ ހަގު ކުއްޖާވެސް މެއެވެ. އޭނާ ގެ ދޮއްޓަށް ދެ ފިރިހެން ކުދިން ތިބެއެވެ. އެ އާއިލާއިން އެންމެ ބޮޑީ އޭނާގެ ދޮންބެ ކަމަށްވާ ރިފްއަތް އެވެ. ދެން ހުންނާނީ ރީން ގެ ތުއްތު ކަމަށްވާ ރައުދު އެވެ.

ރީން ސިޑިން އަރައިގެން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ދެ ބުރިއަށް ނަގައިފައި ހުރި އެ ބޮޑު ގޭގެ މަތީބައި ހާއްސަ ކުރެވިފައިވަނީ ރާފިއު އާއި ރިޒްނީގެ ތިން ދަރިންނަށެވެ.

ކޮޓަރިއަށް ރީންއަށް ގޮސް ވަދެވުމާއެކު ދުވެފައި ގޮސް ބެލްކަންޏަށް ނުކުތެވެ. އޭރު ރީންގެ ހިތުގެ ތެޅުން ވަނީ ބާރުވެފައެވެ. ރީހާން އާއި އެއްކޮށް ހޭދަ ކޮށްލެވުނު ކުޑަ ވަގުތުކޮޅުގައި ވެސް ރީން އަށް ކުރެވުނީ ތަފާތު އިހުސާސްއެކެވެ.

” ހަލޯ ރީމް. އާދެބަލަ މިގެއަށް ނިކަން. ” ރީން ކޮޓަރިއަށް ވަދެ ރީމާ އަށް ގުޅީ އޭނާ ހާސްވެ ބިރުގަންނަ ގޮތް ވުމުންނެވެ. ހުރިހާ ކަމެއްގައި ވެސް އޭނާ އާއި އެންމެ ގާތުގައި ހުންނަ މީހަކީ ރީމާ ކަމުގައި ވާތީއެވެ.
” އާން މިދަނީ. އަނެތްކާ އަހަރެން ދާން ވާއިރަށް ނުނިދައްޗޭ. ” ރީމާ ރީން އާއި ސަމާސާ ކޮއްލިއެވެ.
” ހޫން.. އާދޭ އަވަހަށް. ” ރީން އަށް ވެސް ހެވުނެވެ. ނަމަވެސް އެކަމެއް ރީން ރީމާއަކަށް ނުދަށްކައެވެ.

ރީމާ އައިސް ކޮޓަރިއަށް ވަތް އިރު ރީން އިނީ ކޮޓަރި ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލައެވެ.

” ރީނޫ. ކިހިނެތްވީ؟؟؟ ” ރީމާ ވެސް ރީން އިން ގޮތް ފެނުމުން ކަންބޮޑު ވިއެވެ. އަދި ރީން ކައިރިއަށް އައިސް އޭނާގެ ކޮނޑު މަތީގައި އަތް ބާއްވައިލިއެވެ.
” ކަމެއްނުވޭ. މިރޭ މިގޭގަ ނިދަންވީނު. މަގޭ ޕޭރެންޓްސް އޯކޭ ވާނެ. ރީމް މޯމް ކައިރީގަ އަހާލަބަ. ޕްލީޒް. ” ރީން އާދޭހާއެކު ރީމާ ކައިރީގައި މިރޭ ރީން އާއި އެކޮށް ނިދުމަށް ބުނެލީ ރީމާގެ އަތުގައި ބާރަށް ހިފާލަމުންނެވެ. އޭރު ރީންގެ އަތް ފިނިކަމުން ހީވަނީ އައިސް ކިއުބެއް ހެންނެވެ.
” އާން އޯކޭ ރީނޫ. އަހަރެން އެބަ އަންނަން. ” ރީމާ ދިޔައީ ބެލްކަންޏަށެވެ. އިރުކޮޅެއްނުވެ އޭނާ ރީނަ ގެ ކުރިމަށްޗަށް ހުއްޓެލީ އިސް ޖަހާލައިގެން ހުރެއެވެ.
” ރީމް. ކިހިނެތްވީ؟؟ އަނެއްކާ މޯމް މެން އޯކޭ ނުވީތަ؟ ” ރީން ރީމާ އާއި ދިމާލަށް ބަލައިލަމުން އަހައިލިއެވެ.
” ހަހަހަހަހަހަހަހަހަހަހަހާ…. ރީމޫ އަށް ހަމަ ސާބަސް. އަހަރެން ހަމަ ސަމާސާއެއް ކޮއްލީއޭ. ހާދަ އަވަހަކަށޭ ތި ސީރިއަސް ވަނީ ދޯ؟ އަހަރެންގެ ޕޭރެންޓްސް އޯކޭ އޭ… ” ރީމާ ހެމުންހެމުން ބުނެލިއެވެ.
” އަސްލު ކޮށް ވެސްތަ؟؟؟ ޔޭ…. ” ރީމާ އުފަލުން ރީންގެ އަތުގައި ހިފައިގެން އެނބުރެން ފެށިއެވެ.

ރީން އާއި ރީމާ އަށް ވަގުތު ދިޔަ ގޮތް ވެސް ނޭންގެއެވެ. އޮލަވާހަކައެއްގައި ތިއްބާ އިވުނީ މަޢްރިބް ނަމާދަށް ބަންގި ގޮވި އަޑެވެ.
” ރީނޫ ހިނގާ ނާމާދު ކުރަން. ” ރީމާ އެނދުން ތެދުވަމުން ބުނެލިއެވެ.
” ނޭންގެ. ” ރީން އިސްޖަހައިލަމުން ބުނެލިއެވެ.
” އާދޭ. އަހަރެން ދަސްކޮށްދޭނަން. ” ރީމާ އެހެން ބުނެލުމާއެކު ރީންވެސް އާންއެކޭބުނެ އަވަހަށް ވުޞޫ ކުރަން ދިޔައެވެ.

ރީން އާއި އެއްކޮށް ވުޞޫ ކުރުމަށްފަހު ރީމާ އަވަސްވެގަތީ ނަމާދު ކުރުމަށް އައުރަ ނިވައިކުރުމަށެވެ. ރީންވެސް އަތްދިގު ޖެކެޓެއްލައި އިސްޓާކީނަށް އަރައި ނަމާދު ދޮޅި އެޅިއެވެ. ރީމާ ވެސްމެއެވެ. ދެކުދިން ނަމާދު ކުރުމަށް ފަހު ޤުރުއާން ކިޔަވައިލިއެވެ. އަދި އެއަށްފަހު ރީމާ ރީން އަށް ނަމާދު ކުރާނެ ގޮތް ކިޔައިދިނެވެ. އަދި ނަމާދު ނުކުރުމުން ވާނެ ގޮތާއި ނަމާދުކުރާއިރު ކީޔާނެ ބައެއް ތަކެތިވެސް ރީމާ ރީމްއަށް ކިޔައިދިނެވެ. ރީންގެ ހިތުގައި ބިރުވެރި ކެއް އުފެދުނެވެ. އެހެންކަމުން ފޫހި ކަމެއްނެތި ރީމާ ދައްކާ ވާހަކަ އަޑުއަހަން ރީން އިނެވެ.
” ރީމް. އެނގޭތަ އަހަރެން ރީމް ކައިރީގަ އަންނަން ބުނީ ކީއްވެކަން؟؟؟ ”

Comments (5)

  1. Kylie

    Yayyy.. Me first dhw..???. V salhi Mi part…??? Whn nxt part dear….??? Lysm???

    1. RifuRifu
      Kylie

      Yes u r first.. Congrats.. Thank u so much.. Lysm tooo… Hope to see your comments in all the parts of this story..???

  2. reader

    kury ge partehga bunefa eba oiy, Reen eynaage kokkomen gaiga jahan ves jaha ey..mi part ga einy Reen ae enme kuda kujjaa kamah..olhifatha eyny..

    1. RifuRifu
      reader

      Eiy dhuru family ga thibey kokko menge vaahaka… Anyways… Thank u..

  3. Yan

    Varah reethi Masha Allah ?? Hi I’m also 13 any way when is nxt part

Comments are closed.