ވާނަން އަބަދަށް އެކީ
ވަގުތަކީ އިރުއަރަމުންދާ ވަގުތުކަމަށްވާތީ މުޅި ދުނިޔެ މައްޗަށް ވެރިވެފައި ވަނީ އިރުގެ ރަންދޯދިތަކުގެ އައްޔެވެ. އެދޯދި ތަކުން އެޅިފައިވާ ދަޅަތައް އުޑުގައި އެވާ ހުދު ކަފަކޮޅެއްފަދަ ވިލާތައް ފޫދުއްވާލާފައި ގޮސް ކަނޑުގައި އެވާ ފެހިނޫކުލައާއި އެކުވާހިނދު އެމަންޒަރު ފެންނަ މީހެއްގެ ހިތް އޭގެ މަޤާމުން ދޫވާނެކަން ކަށަވަރެވެ. ޖެހެމުންދާ ފިނި ވައިރޯޅިއާއި އެކު ގަސްތަކުގައި އެވާ ފަތްތަށް ނަށާލާ ނަށާލުމުން އިވިގެންދަނީ އަޑުއަހާލަން ފަސޭހަ މިޔުޒިކެއްގެ އަޑެވެ. ހަމައެއާއިއެކު އިވެމުންދާ ބަނިޔާދަން ކާޅާއި މުނިޔާ މާކަނާގެ އިތުރުން ކުކުޅުހާގެ އަޑުން މުޅި ރަށަށް ތަފާތު ދިރުމެއް ގެނެސްދޭކަހަލައެވެ. ރަށުގެ މަލަމަތިން ފެންނަމުންދާ ގަދަ ފެހިކުލައިގެ ރުއްރުކާއި ހޭޅިފަށުގައި ހެދިފައިއެވާ މަގޫގަސްތަކާއި ރަށުތެރޭހެދިފައިވާ ކަށިކެޔޮގަސްގަހުގެ އިތުރުން ކޭލާއި އެހެނިހެންގަސްތަކުން މި ލަކްޝަދީބަށް ލިބިފައިވާ ޤުދުރަތުގެ ލާމަސީލުކަން ފެންނަމުންދިޔައެވެ. ޚާއްސަކޮށް ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ފަޚުރުކަމުގައިވާ ތުނޑީގެ ފުރިހަމަކަން ދެގުނައެވެ. ވަކި ތަރުތީބެއްނެތި އެތުރިފައިވާ އެ ބޮޑު ދޮންވެލިގަނޑުގެ ވިދުން އެތައް ހާސްމޭލުގެ ދުރުމިނަކަށް ފެތުރިފައިވާ ކަހަލައެވެ.
އެ ތުނޑީގެ ރާޅުޖަހާ ހިސާބުގައި އެކިކުލަކުލައިގެ ބޯވަޅުއެޅި ކަސަބު ލިބާހުގައި ފުރާވަރުގެ އަންހެން ކުދީންތަކެއް ދެލީން ކަޅުވެފައިވާ ތެލިތައް ދޮތުމުގައި މަޝްޢޫލުވެގެން ތިއްބެވެ. އެކުދީންގެ ތެރޭތިބި ގިނަ ކުދީންގެ އިސްތަށިގަނޑު އޮމާން ކޮށްފައި ވީއިރު އެކުދިންގެ އަތްތަށްފަޅު ފިލުވަލަދީފައިވާ ރަނާރިހީގެ އުޅާތަކުގެ ވިދުން ފަނޑުކޮށްލަނީ އެކުދިންގެ އަތްތިލަތަކުގައި ހޭކިފައިވާ ދެލިންނެވެ. ގާތްގަނޑަކަށް ދިހަ ވަރަކަށް އަންހެންކުދިން އެތަނުގައި ތިބި އިރު އެކުދިން އަނދެގެން ތިބި ކަނޑިކިތައް ތެންމަމުން ދިޔަ ރާޅުތަކަށް އެއިންއެއްވެސް ކުއްޖެއްވެސް ސަމާލުކަން ދިންހެނެއް ހިޔެއް ނުވެއެވެ. އެއަށްވުރެއް ބޮޑަށް އެކުދިން ތިބީ ވާހަކައާއި މަޖަލުގެދުނޔެއަކަށް ގެނބިފައެވެ. އިރުއިރުކޮޅާ އޭގެތެރެއިން ކުއްޖަކު ލަވަ ، އަންބާ ، ނޫނީ ބަންޖެއް ކިޔާލާ ވަގުތު، ބާކީ ތިބި ކުދިންގެ ރަކި ހުނުންތަކުގެ އަޑު މުޅި ފަޒާގާ ހިފާލައެވެ.
މާގިނައިރެއް ނުވެ ހުރިހާ ކުދިން ތެލިތައް ދޮވެ ނިންމާލުމަށްފަހު މިސްރާބު ޖެހީ އެއްގަމާ ދިމާލަށެވެ. ދޮންނަން ގެންގުޅުނު ތަކެތި އެއްގަމުގައި ބެހެއްޓުމަށްފަހު ކުޅަނދުރު ބައިގަނޑެއްހެން ހުރިހާ އަންހެން ކުދީންތައް ދުވެފައި ގޮސް ފުންމާލީ މޫދަށެވެ. އެއްކުއްޖަކު އަނެއްކުއްޖެއްގެ ގަޔަށް ފެންޖަހާ އެތަކެއް ސަކަރާތެއް ޖަހަމުން ދިޔައިރު ތަންކޮޅެއް ފުން ހިސާބެއްގައި އެއްބައި ކުދިން ވާދަޔަށް ފެތުމުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެ ކުދިންގެ ތެރޭ އެންމެ ފަރިތަ ކަމާއެކު ފަތަމުން އެދާ އަންހެންކުއްޖާ ފެނިއްޖެ މީހަކަށް އެއީ މިދުނޔެ މަތީ ކަމެކޭ ނުބުނެވޭނެއެވެ. އެހެނީ އެހެން ކުދިންނާ އަޅާބަލާއިރު އެއަންހެން ކުއްޖާއަށް ލިބިފައިވަނީ ތަފާތު ރީތިކަމެކެވެ. ލިބިފައިވާ ހިތިފަތު ބުމައާއި މަޑު ރަތްކުލައިގެ ތުންފަތާއި ތެމިފައިވާ އެސްފިޔަތަކުން އެކުއްޖާ ރީތިކަން ދެގުނަ ކޮށްފައިވާ ފަދައެވެ. ގިނަ ވަގުތު އަވީގައި އުޅުމުގެ ސަބަބުން އެ އަންހެންކުއްޖާގެ ހަންގަނޑު ވަނީ ރަތް ވެފައެވެ. ލޮނުގެ ތެރެޔަށް ފެތުރިފައިވާ ކަޅުކުލައިގެ ފަށުވި ކޮޅެއްފަދަ ފަން އިސްތަށިގަނޑާއެކު އެކުއްޖާ ހީވަނީ ފެނު ޕަރީއެއް ހެންނެވެ. މާ ގިނިއިރެއް ނުވެ އެކުއްޖާ އެއްގަމަށް އެރިއެވެ.އަދި ހިނިތުންވެލުމަށް މޫދުގައި ހަރަކާތްތެރި ވަމުން ދިޔަ ކުދިންނަށް ބަލާލުމަށް ފަހު ގޮވާލިއެވެ.
“އޭ ޝައުނާ، ހިލްމާ، ލާނާ . އެންމެން ހިނގާ ދެންދާން. އެއޮތް ހަތެއް އެޖަހަނީ. ލަހުން ދެވިއްޖެއްޔާ މަންމަމެން ތިބޭނެ އިލޮށިފަތިތައް ހިފައިގެން ތައްޔާރަށް.ޔަޤީން އެންމެ ހަންކޮޅެއްވެސް ދޫ ނުކުރާނެ.” އެއަޑަަށްް މޫދުުަގައި ތިިބި އެންމެން ހިނިގަނޑެއް ޖަހާލުމަށްފަހު އެއްގަމާ ދިމާލަށް މިސްރާބު ޖެއްސެވެ. “މަގޭ ލޯބިވާ މިލީ. އަހަރުންނަށް އިނގެޔޭ އަހަރުންގެ މަންމަމެން ލޯބިން ގޮސް އަހަރުންގެ ހަންކޮޅުވެސް ދަމާލަފާނެކަން. އެކަމަކު މީނަގެ ބައްޕަމީނަ ދޮންފުތު ކުރަމުން ގޮސް މީނީ ހަލާކުކޮށްފަ. ސަހާދެއް މިބުނީ! މިއަދު ކޮންކަމެއް ކުރާނަމޭ ހިތާ މާ އަވަހަށް ގެޔަށް ނުދެވިގެން ތިއުޅެނީ. ތީ އެހެން ދުވަސްދުވަހު މިތަނުން ގަދަކަމުން ގެންދަން ޖެހޭ މީހާ. ޔަޤީން ތި ބޮލުގެ ތެރޭ ސަހަލުކަމެއް ނޭނބުރޭނެ” އެބައިގަނޑު ތެރޭ އެންމެ އަނގަގަދަކޮށް އުޅޭ ލާނާ ދިމާކުރުމުގެ ރާގެއްގައިއެހެން ބުނެލުމާއެކު މިލްނާ އޭނާގެ ގައިގައި ބޮނޑިއެއް އެޅިއެވެ.އަދި ހީލުމަށްފަހު އޭނާގެ ރޭވުން އެހެން އެންމެނާ ހިއްސާކުރިއެވެ. ” އޭ މަބުނީ މާދަމާ އެއީ އީދު ދުވަސް. ޖެހޭނެ ވަރަށް ފަތިހާ ތެދުވަން. ބައްޕަ ބުނި މިފަހަރު ވަރަށް ގިނަ ބީރައްޓެހިން ރަށަށް އަރާނެ ވާހަކަ.އެއިން އެކަކަށްވެސް ސަލާމަތް ވެގެން ދެވިގެން ނުވާނެ. ކުރީ ފަހަރު އަހަރެމެންގެ ރޭވުން ފަނިވީ ޖެހިގެން އެއޮތް އަވަށުގެ ރަންނަމާރިއަށާ އޭނަގެ ބައިގަނޑަށް އެނގިގެން. އެހެންޏާ އައިސް ކުޓުވާލީ މަގޭ ބައްޕަ ކައިރީ. މަހިތަށް އެރި ކަރުގަ ހިފާ މަރާލަފާނަމޭ. އަހަރުންވެސް ނުދަން އެމީހުން ކުރާ ކަންކަމާ ބެހޭކަށް. އެކަމަކު މަށަކަށް ނޭނގެ އައިސް ކޯއްޗެކޭ ހިތަށް އަރައިގެން ކަމެއް މަށާބެހުނީ. އެފަހަރު ބައްޕަ ހުއްދައެއް ނުދިން ގެއިން ނިކުންނާކަށް.”ރުޅިން ރަތްވެފައި ހުރެ މިލްނާ ޖެހިގެން އޮތް އަވަށުގައި އެމީހުންނާ ޖައްސާލައިގެން އުޅޭ ގުރޫޕުގެ އިސް ލީޑަރު މާހިނާ އަށާ އޭނާގެ ބައިވެރިންނަށް އެއްޗެހި ކިޔަމުން ދިޔައިރު ދެން ތިބި ކުދިން ތިބީ ހުނުންގަނޑު ހިނދާލައިގެންނެވެ.
“އޭ އެންމެން ކީއްވެ ފާޑަކަށް ބަލަން ތިތިބީ. މަ ބުނަން އުޅުނީ މިއަދު ޖެހޭނެ ކުލަޔާ އެއްޗެހި ތައްޔާރުކޮށް ނިންމަން. އެއެއްޗެހި ފޮރުވާނީ ހުކުރު މިސްކިތުގެ ބިއްދޮށުގަ އެހުރި ވަޅުގަ. ނަމަނަަމަ މަގޭ ބައްޕަޔަށާ ސަފަރުކަތްދަޔަށް އެކަން އެނގިގެން ނުވާނެ.”މިލްނާއަށް އޭނާގެ ވާހަކަ ނުނިމެނީސް އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައީ ބޮމެއް ގޮއްވާލާހާ ބާރަށެވެ. “ކީކޭ؟ ރަންނަމާރިއޭ ؟ސަފަރުކަތްދައޭ؟ ތިޔަށްވުރެއް ސަހަލު ނަމެއް ނުކިޔުނީތަ؟ ” މިލްނާގެ ދެބެންގެ ދެދަރި ކުއްޖެއްކަމަށްވާ ރަފާ ހުނުމުގެ ތެރެއިން ބުނެލިއެވެ. “މަ ހިތަށް އަރާ މީނަ ބޮޑު ވާނީ ކޮންއިރަކުން ބާވައޭ؟ އެހެންޏާ ނަވާރަ އަހަރުގް އަންހެނެކޭތިއީ އަދިވެސް އުޅުން ހީވަނީ ކުޑަކުއްޖެއްހެން.މަށަށް ހީވަނީ މީނަ ރަށަށް އަރާ ބީރައްޓެހިންނާ ދިމާ ކުރަނިކޮށް އެންމެ ފަހުން އިންނަން ޖެހޭނީވެސް އޭގެ މީހަކާ ކަންނޭނގެ.އައްދިޔޯއި!!” ޝައުނާއަށް އޭނާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ހަޅޭއްލަވައި ގަނެވުނީ މިލްނާގެ ތޫނި ނިޔަފަތިން އޭނާގެ އަތުގެ މުލައްދަނޑީގައި ވިކާލުމުންނެވެ.”އައްޗީޑީ! މަ އެބައުޅެންތަ ރަށަށް އަރާ ފަރަންޖީއަކާ ހިތާ ނުވެގެން. އެއަށްވުރެއް ރަނގަޅުވާނެ މި ރަށުުން ބޮޑު މުސްކުޅިއަކާ އިނަސް. ބަލަ މަ މީ ތިމީހުނެއް ނޫނޭ ތަނަކުން ފިރިހެނެއް ފެންނައިރަށް ހިތާ ނުވެގެން. ތިމީހުން ގަންނަ ގަނޑު މަށަށް އިނގެޔޭ. މަ ހިތަށް އަރާ މި މީހުން ފެންނަހާ ފިރިހެނަކާ ހިތާ ވަނީ ކިހިނެއް ހެއްޔޭ؟” “މަގޭ މިލީ!ލޯބިވީމަ އިނގޭނެޔޭ ދޫންޏާ ކީއްވެކަން އަހަރުމެން މިހާ ހޭބަލިވެފަ ތިބެނީ. މަ ހިތަށް އަރާ ބައެއްފަަހަރު މިކުއްޖާ މިއީ އެއްވެސް ކަހަލަ އިހުސާސެއް ލައްވައިފައިވާ ނުވާ ކުއްޖެއްހޭ؟ އަނެއްކާ ހުރިހާ ހިއްސެއް ހަމަ ކަމާ މެދު މަށަށް ޝައްކު. އެހެންޏާ މިރަށުގަ އެތިބަ ޒުވާނުންނާ މުސްކުޅީންނާ ކުޑަކުދީންވެސް ތިބެނީ މީނަގެ ފަހަތުގަ ކިޔޫ ހަދާލާފަ. ކައިރި ރަށްރަށުންވެސް މީނަޔަށް ހުށަހެޅުންތައް އަންނަލެއް މަދެއްނޫން .މީނަ ބައްޕަ ކައިވެނީގެ ވާހަކަ ދައްކާލާއިރަށް ބުނާނެ މަ އަދި އިންނަން ތައްޔާރެއް ނޫނޭ. ބޮޑުބޭބެވެސް ނޫޅޭ ވިއްޔާ މީނަ މީހަކާ ދެވާކަށް. އަަހަރުމެން އެންމެންހެން މީހުންނާ އިނދެ މި ނިމެނީ. މީނަ ހިޔެއްނުވޭ އެކަހަލަ ވިސްނުމެއްވެސް ގެންގުޅޭހެނެއް.މަމީ ބޮޑުބޭބެނަމަ ގަދަކަމުންވެސް މީހަކާ ދެވާނަން” ރަފާ ހިނގަނޑެއް ޖަހާލުމަށްފަހު ބުނެލިއެވެ. “ސާބަސް ތިމީހުންނަށް! ހުއްޓާލާ ދެން. ދެން ބައިވެރިވަންޏާ ބުނޭ ބައިވެރިވާނަމޭ. ހޫނ. ދެން ތިމީހުން ލޯބީގެ ސަފުޙާތައް ލިޔަން ގެޔަށްދޭ. ފިރިކަލުންނާ ވާން އުޅޭ ފިރީން ގޭގަޔާ ގޭ ދޮށުގަ މުގޯލިއަޅަން ތިބޭނެ”
މަޖަލާ އުފަލުގައި ވަގުތުތަކެއް ހޭދަކުރުމަށްފަހު މިލްނާއާ އޭނާގެ ގުރޫޕު ރަށުތެރެޔަށް އަރައިގެން އެބަޔަކު އެބައެއްގެ ގެޔަށް މިސްރާބު ޖެއްސެވެ. މިލްނާވެސް އޭނާ ދޮވުނުުތެލި ކިހިލީގައި ޖަހައިގެން މިސްރާބު ޖެހީ ރަށުގެ އެންމެ ފެންވަރު އެއްގެކަމަށްވާ އެރަށުގެ ގެ ކަތީބު އިބްރާހިމްފުޅު ގެ ގެކަމަށްވާ މާއޮޑިގެއާ ދިމާލަށެވެެ. ސިއްރު ސިއްރުން ގޭގެ މައިދޮރު ހުޅުވާލުމަށްފަހު ގެޔަށް ވަންނަން ދިމާކުރި މިލްނާ ސިހިގެން ދިޔައީ ކުރި މަތީ ހުއްޓިގެން ހުރި މީހާ ފެނިފައެވެ.
108 Comments!
Comments are closed.

Yeah me first dhw… Vrh Reethi mibai… Sifa kurun thah Hama obi… Heevanee kuree zamaanuga ulheveyhen….. Rai Libaas n kandiki… It was awesome…. N i wanted to know what is baniyaadhan kalhaai… Lyk I know kaalhu but what is baniyaadhan ?????? BTW when nxt part???
hi guys! mee alhugandu mi site ah liyaa furathama vaahaka. hope u guys like it
ME first story reethi
Thank you butterfly ????????????
Very nice ingey ☹?
thank you 🙂
Wooow nice
thank you shahu 🙂
Nice ??
thank you 🙂
mi vaahakaige dhevana part inasha allah maadhammaage vagutheh gaa upload kureveythoa balaana 🙂
Cant wait ??
Woww ?
thank you BLK 🙂
Cool
thank u 🙂
Loabi
thank u 🙂
Reethi vaahaka eh ?
Waiting for next episode
thank you reader 🙂
Masha allah so talented ??
thank you unknown 🙂
Hai ! I’m always a fan of you
Ur story are really nice
Welcome back hoory ??❤
Hope u continue ur other story too ??
thank you 🙂 hehe and i wiil try to continue that story 🙂
Mashallah such a cute,talented lady ??
U story’s are really cool
Welcome back bb ??
thank you 🙂
UR SUCH A INSPIRATIONAL LADY ??
I’VE SEEN U ALOT ?
UR STORYS MASHALLAH ??
thank you yoonus
Ur story are really nice ?
thnak you izaan
Ur story are awesome ?
thank you shafeeu 🙂
Hey bb
The story is really nice
Love u ??
Hey bb
The story is really cool
Love u ??
thank you shaan
Always ur fan ??
thank you fan 🙂
Bondhu
Wow hoory keep it up
thank u L!Z33 🙂
Mashallah so talented ??
thank you zum 🙂
??
thank you riphu 🙂
Mashallah ??
Keep it up
thank you sum 🙂
VERY NICE ??
thank you jay shetty 🙂
MASHALLAH SO TALENTED ??
KEEP IT UP ❤
Thank you esfiya admin???
BONDHU2
Bravo hoory ??
thank you kohkko 🙂
Hi twin ur STORYS Are really nice ??
hehehe hi and thank you 🙂
I loved ur story waiting for the next episode ?
thank you raudha 🙂
WOW ??
thnak you xiyern 🙂
Mashallah❤
thnak you matheen 🙂
??
thank you kudey 🙂
Mashallah ??
thnak you misha 🙂
MY BABE IS SO TALENTED MASHALLAH ??
WOW ??
thanka 🙂
Varah salhi, continue kurahchey?
hehehe thanks . Insha allah i will
Wow..feshun v salhi..Curious to knw that wats gonna be happen next???
thank you jiji 🙂
Salhi ingey mi part ves lots loves from me
Masha Allah. V furihama
thank you kudhu 🙂
Wow…Amazing ??
Can’t wait for next episode..??
I am so excited….
thank you Ziva 🙂
ALHEY hyvany mi hus writerge comm hen
Vrh Reethi mashallah…. ??❤️First stry aa balaa Hama obi… Feshun vrh furihama… Vrh Baivaru dhivehi bas Thakeh beynun kohfa ebain dhw I don’t even know some of the words… Lyk baniyaadhan kalhaai… I know kaalhu but what is baniyaadhan ??don’t mind ingey I just asked for Gk
Thank you mimmi7. Baniyaadhan ge maana varah gina goi gothah hurey. Egothun adhabuveri, akhlaag rangalhu etc.. ?????❤️??????
So beautiful
Waiting for next part
thank you drax
Woww vrh Reethi mi Bai….. Feshun was Hama obii??loved it
Thank you mimmi ???????????
Vrh reethi??…continue nukurantha??vaahaka adhi nunimeye dhw???
thank you. 🙂 . yeah adhi story nunimey
Masha allah…. V rythi… Konirakun nxt part dear…
Masha allah…. V rythi… Konirakun nxt part dear… ❤❤❤❤
????
Thank you banana?????????
Haadha hyvey ekaku comment kuraahen comment ginakuran??
Yeah Ban I totally agree with you????. Eh kahala vahtharu comments thakeh eh gadiehga 2or3 min ge diff akun shame on tht person?????. Btw stry vvv rythi hope kuran cont.. kuraane kamah❤️❤️❤️❤️. May God bless u n Ur wrks ol d best ??????????
Yeah Ban I totally agree with you????. Eh kahala vahtharu comments thakeh eh gadiehga 2or3 min ge diff akun shame on tht person?????. Btw stry vvv rythi hope kuran cont.. kuraane kamah❤️❤️❤️❤️. May God bless u n Ur wrks ol d best ?????????? I LOVE YOU ??????????
thank you. nonni. yeah alhugandah faahangavi konmeves beyfulhaku alhugandu ge friendunna family members ge namuga evvaguthaku comment koffa vaakan. so please stop that. alhugandu konmehen vaahaka liyanee comment gina kuraakah noon. alhugandu vaahaka liyanee kiyun theringe faadu kiyumaa ekee alhugandu ge liyunthah improve kurumah. 🙂
when next …..
next part plx
Hey, #00R!Y kon irakun story upkohlaanyy..
Kehtherikan kolhunlaaeba next part kiyaa hithunn..plx avahah upkohdhehchey?<3 <3 <3
Sorry! I had some problems with wifi at home and couldnt upload the story. Mirey 3 vana bai up kuraanan
Kay I really like it too. V salhi ❤❤❤❤?
Thank you xxx?????????
hoory..love the story… keep up the good work…im a big fan of ur stories now ..love you girl???
I love your story ❤️?
Thank you anonymous ?????????????
Masha Allah, v reethi vaahaka ❤️?
Keep it up ??
Hama ???????????
Thank you anonymous ?????
Yesss vvv salhi
Hoory i love ur story… masha allah u have talen.. Keep up the good work??