Skip to content
އެސްފިޔަ

ސޫރަތިޔޭ 2

ފޯނަށް ބަލަހައްޓައިގެން ހުރެ ހޮސްޕިޓަލަށް ވަންނަން އައި އާކިލް ސިހުނީ މީހަކު އޭނަ ގައިގައި ޖެހިފައި ވެއްޓެން ދިޔަތަން ފެނުމުންނެވެ. އާކިލް ހުޝިޔާރުކަމާއެކީ ވެއްޓެން ދިޔަ މީހާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. އެވަގުތު އާކިލް އަތުގައި އޮތް ފޯނުވެސް ވެއްޓުނެވެ. އާކިލް ވެއްޓުނަ ނުދީ ހިފަހައްޓައިގެން ހުރި މީހާއާ ދިމާލަށް ބަލާލިއެވެ. އެވަގުތު އޭނައަށް ހުރެވުނީ ކަޅިޖަހާލަންވެސް ނޭނގިފައެވެ. ހަމުގެ ކުލަ އަލި ކަޅުކަންގަދަ ފަން އިސްތށިގަނޑެއް ލިބިފައިވާ އެ އަންހެން ކުއްޖާ އާ ދިމާލަށް އާކިލް އަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ދެލޯމަރާ ތަގުޅިކޮށްގެން އޮތްއިރު ވަރަށް ލޯތްބޭ އާކިލް ހިތަށް އެރިއެވެ. ހިތށް އެރިއެއްޗަކުން އާކިލް ދެފަރާތަށް ބޯ ހޫރާލާފައި މީހާ ހަމައަކަށް އަޅުވާލުމަށްފަހު ރުޅިވެރި ނަޒަރަކުން އެކުއްޖާ އަށް ބަލަން ފެށިއެވެ. އާކިލް ހީކުރީ އެއަންހެން ކުއްޖާ އައިސް ގަސްތުގައި އޭނާ ގައިގައި ޖެހުނީ ކަމަށެވެ.

ދެލޯ މަރާ ތަގުޅި ކޮށްގެން އޮތް ލީން ދެލޯ ހުޅުވަލީ އޭނާ ގައިގައި މީހަކު ހިފަހައްޓަގެން ހުރި ކަހަލަ އިހުސާސެއް ވެގެންނެވެ. ދެލޯ ހުޅުވާލި ލީން ގަނޑުވީ ކުރިމަތިން ފެނުން ސޫރަޔަކުންނެވެ. ހަމުގެ ކުލަ އަލި ރޭގަނޑެ ފަދަ ކަޅު ކަޅިޔެއްލިބިފައިވާ އެ މީހާ ފެނުމުން ލީން އަށް ގޮތެށް ވެގެން ދިޔައެވެ. މީހާގެ އަތް ފައި ފިނިވެ ހިތުގެ ވިންދުވެސް އަވަސްވިއެވެ. އެވަގުތު ލީން ހިތަށްއެރި އެއްޗަކުން ލީން އަށް ބޭއިހްތިޔާރުގައި ހިނިތުން ވެވުނެވެ.

ލީން އާ ދިމާލަށް ދެލޯއަޅައިގެން ބަލަހައްޓައިގެން ހުރި އާކިލް ލީން ސީދާކޮއްލުމައް ފަހު ތިރިޔަށް ވެއްޓިފައި އޮތް އޭނަގެ ފޯނު ނެގިއެވެ. އޭރު އޭނަ ފޯނުގެ ޑިސްޕްލޭ އޮތީ ތަޅައިގެން ގޮއްސައެވެ. ފޯނުގެ ސްކްރީން ތަޅައިގެން ގޮއްސަ އޮތުމުން އާކިލްގެ ރުޅި އިތުރުވިއެވެ. ލީން އާ ދިމާލަށް ރުޅިވެރި ނަޒަރެއް ދިނުމައްފަހު ހޮސްޕިޓަލްއަށް ވަދެގެން ދިޔައެވެ. އެ ވަގުތު ލީން ހުރީ އެ ގޮތް ނެއިންގޭ ފިރިހެން މީހާ ކަންތަށް ކުރިގޮތުން ހައިރާން ވެފަ އެވެ. އެވަގުތު އެއްޗެއް ހަނދާން ވީ ފަދައިން ދުވެފައި ގޮސް ހޮސްޕިޓަލް އަށް ވެނެވެ. ދުވެފައި ރިސެޕްޝަންއާ ހަމައަށް ދެވުނު އިރު މީހާއަށް ހުރީ މައި ނޭވާލެވިފައެވެ. ރިސެޕްޝަންއަށް ގޮސް ލީން އޭނާއަށް ހާއްސަކުރެވިފައިވާ ތަނގައި އިށީނެވެ. އަދި އޭނައިގެ މަސައްކަތައިގެން އޭނަ ކުރިޔަށް ދިޔައެވެ.

“އޭ ލީން އެބަ އޮތް ބްރޭކިން ނިއުސެއް” ރިސެޕްޝަންއަށް ވަދެގެން އައި ލުޔޫން ބުނެލިއެވެ. ލުޔޫން އަކީ ލީން އެންމެ ގާތް ރައްޓެއްސެވެ. ހޮސްޕިޓަލްގެ ހުރިހާ ހަބަރެއް އޭނަ ލީން އަށް ކިޔާދޭނެއެވެ. ލުޔޫން އަކީ އެންމެންނާ ގުޅޭ މަޖާ މިޒާޖެއްގެ މީހެކެވެ.

“ކޮންކަހަލަ ބްރޭކިން ނިއުސެއް އަވަހަސް ކިޔާދީބަލަ.” ލީން އިންގެން ބޭނުންވެފައި ހުރިވަރުން ބުނެލިއެވެ.

މިއަދު ރާއްޖޭގެ އެންމެ ނަން މަޝްހޫރު ޑޮކްޓަރުންގެ ތެރެއިން ޑޮކްޓަރެއް އައިސި މި ހޮސްޕިޓަލަށް. އިނގޭތަ ވަރަށް ހޮޓު ޑޮކްޓަރެއް އެއީ. އޭނަ އަށް ކިޔަނީ އާކިލް އުމުރުން 24 އަހަރު. ލީން އަށް ވުރެއް އެންމެ އަހަރެއް ބޮޑީ. މިތާ އުޅޭ ސްޓާފުންތަކެއްކީ އޭނަ ސިންގަލް އޭ ވެސް ލީންއަށް ކާމިޔާބު ކުރެވޭތޯ އުޅެންވީ ނުން. އެހެން ނޫނަސް ތި ދެމީހުން ވަރަށް ގުޅޭ. ލުޔޫން އެއް ފައްޗަކަށް އަމުނާލިއެވެ.

ލުޔޫންގެ ވާހަކަ އަޑުއަހާފައި ލީން ހީގަތެވެ. ލޫން ދާން ވީނުން އޭނަ ސެޓުކުރަން އޭނަ އެހާ ރީތީއްޔާ. އަދި ލީން އަށް ފެނިފަ ހުރި މީހެއްވެސް ނޫންތި ޑޮކްޓަރ އާކިލް އަކީ. ލީން ބުނެލިއެވެ.

ލީން އަށް ފެނުނީމަ ލީން ވެސް ބުނާނެ ހާދަ ހޮޓޭ އޭނަ. ލުޔޫން ބުނެލިއެވެ. ލީން ދެފަރާތަށް ބޯ ހޫރާލުމަށް ފަހު އެއްޗެކޭ ނުބުނެ އޭނަގެ މަސައްކަތައިގެން ކުރިޔަށް ދިޔައެވެ.
(ނުނިމޭ)

Comments (17)

  1. Shahu

    Wooooooowww love this story ? ? ? ? ? varah reethi. Love you ? when next…

    1. rose__rosie__rose365
      Shahu

      thank you shahu. insha allah v avahah next part up kohdheynan

  2. Butterfly

    SALHIEY

  3. Lilly Aish

    This story is just fantastic. Keep it up. ?

    1. rose__rosie__rose365
      Lilly Aish

      thank you lilly aish

  4. SF

    Nice
    Maa sha Allah
    Avahah next part up kohladhei chey

    1. rose__rosie__rose365
      SF

      thank you SF. insha allah v avahah next part up kohdheynan

  5. azker

    ♥️♥️♥️♥️♥️♥️♥️

  6. this girl

    Masha Allah v nice
    Waiting for next part ?

  7. juma

    nice but thankolheh kuru, dhen onna part dhigu kohladheythi plxxxxx

    1. rose__rosie__rose365
      juma

      thnk you juma. will try to make the next part longer 🙂

  8. kookie

    so nice cant waitfor the next part

    1. rose__rosie__rose365
      kookie

      thank you kookie. next part ves varah avahah up kohdheveytho balaanan. 🙂

  9. kookie

    so nice keep it up

  10. LuLoo

    Thankolheh kury.. Ekm vrh vrh vrh vrh vrh vrh Reeethi.. Kyp it up ??????❤❤❤❤❤?????

    1. rose__rosie__rose365
      LuLoo

      thank you luloo. next part miah vureh dhigukoh up kohdhevey tho balaanan 🙂

  11. ❤️shyn❤️

    Woooooow…. V. Salhi.. When next part❤️

Comments are closed.