ކުރި އިންތިޒާރު( 2 ވަނަ ބައި)
ފަތިހުގެ ތެތް ފިނިކަން މުޅި ކޮޓަރި ތެރެއަށް ވެރިވެއްޖެއެވެ. ސުކޫލަށްދާ ފުރަތަމަ ދުވަސްކަމުން އަހަރެން ވަރަށް އުފާވިއެވެ. ހަމައެހެންމެ ހިތް ނުތަނަވަސްވެސް ވާންފެށިއެވެ. ވާނީވެސް އެހެންތާއެވެ. އަހަންނަށް މުޅިން އައު މާހައުލެކެވެ. މުޅިން އައު ބައެއްގެ ތެރެއަށް ދާއިރު ހިތް ނުތަނަވަސް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ސުކޫލަށް ދިޔަ މަގުމަތީ ވަރަށް ގިނަ މީހުން އަހަންނާއި ދިމާލަށް ބެލި އެވެ. އެހެން ކުދިންތަކެކޭވެސް އެއްފަދައިން އަހަރެންވެސް ސުކޫލުގެ ތެރެއިން ވަދެގެން ގޮސް 11 ގެ ކުލާހަށް ވަނީމެވެ. މި ސުކޫލަށް އައި ފުރަތަމަ ދުވަސްކަމުން ކުޑަކޮށް ލަދުގަތް ނަމަވެސް ހަމަޖެހިލެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ގޮނޑީގައި ރަނގަޅަށް ހަމަޖެހިލާ ކުލާސް ރޫމްގެ ތެރެއަށް ކުޑަކޮށް ނަޒަރު ހިންގާލީމެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ކުލާސް ރޫމުގެ ކަނެއްގައި ހުއްޓިގެން ހުރި ފިރިހެން ކުއްޖާ އަށެވެ. އިސްކޮޅުން ދިގު ވެފައި ހިއްކެވެ. ގައިގެ ހަންގަނޑު ދޮންވެފައި އޮމާނެވެ. އެނާގެ އެ ފަންފަން އިސްތަށި ކޮޅު މޫނު މައްޗަށް އެއް އަރިއަކަށްވާ ގޮތަށް ވައްޓާލެވިފައި ޥާއިރު އަހަންނަށް ސިފަ ކުރެވުނީ ކޮރެއާގެ ފިލްމީ ތަރިއަކާއެވެ. އަހަންނަށް އެ ކުއްޖާ މުޅި ކުލާހުންވެސް ރީތި ވިއެވެ. ނޫނެކެ! މުޅި ދުނިޔެއިންވެސް އަހަންނަށް އެ ފިރިހެން ކުއްޖާ ރީތިވި ކަހަލައެވެ. އޭނާގެ އެ ފިރިހެންވަންތަކަމާއި ރީތިކަން މޮޅެތި ޝާއިރުންނަންވެސް ސިފަ ނުކުރެވޭނެއެވެ. އޭނާގެ އެ ރީތި ހިނިތުންވުން ބަލާ ފޫހި ނުވާނެއެވެ. އަދި އެނާގެ އެ މަޖާޒީ މިޒާޖު އަހަންނަށް ގަޔާވެވުނެވެ. މާކަ ގިނަ ދުވަސްތަކެއް ނުވަނީސް ކުލާހުގެ އެންމެންނާ ގުޅުން ބަދަހިވެ ކުލާހަށް ހޭނުނެވެ. އެންމެންވެސް ވަރަށް އެކުވެރިއެވެ. އެގޮތުން އަހަންނާއި އެއްމެ ގާތްކޮށް އުޅެނީ ލަޔާން އާއި ރިޔާ އެވެ. އަދި އަހަންނަށް ރީތިވި ކުއްޖާގެ ނަމަކީ އާން އެވެ. އެއްދުވަހެއްގެ ހަވީރެވެ. ރިޔާ، ލަޔާން އަދި އަހަރެން އަތިރިމައްޗަށް ހިނގާލަން ދާން ނިކުތީމެވެ. ދިޔަ މަގުމަތީގައި އެދެ މީހުން މި ރަށުގެ ވާހަކަތައް އަހަންނަށް ކިޔައިދެމުން ދިޔައެވެ. ” އެނގޭތަ ޔޫހާއަށް؟ ” ލަޔާން އެއްސެވެ. ” ބުނީމަ ދޯ އެނގޭނީ! ” ހީގަންފައި އަހަރެން ލަޔާން އާ ދިމާކޮއްލީމެވެ. ” ޔޫހާ އައުމުގެ ކުރިން، ޔޫހާ މި ރަށަށް އަންނަ ވާހަކަދެއްކި އިރު މި ރަށު މީހުންކީ ޔޫހާ ތީ ވަރަށް ގޯސްކޮށް އުޅޭ ކުއްޖެކޯ! ޔޫހާގެ މަންމައަށް ޔޫހާ ނުހިފެހެއްޓިގެންނޯ މި ކޮޅަށް އެފޮނުވާލީ! ” ދެރަވެލައިފައި ލަޔާން ބުންޏެވެ. ލަޔާން މިހެން ބުނުމުން އަހަންނަށްވީ ގޮތެއްވެސް ނޭނގެ އެވެ. މުޅި މޫޑް އެއްކޮން ބަދަލުވިއެވެ. ރޮވޭ ގޮތްވިއެވެ. ” ތީ ހުސް ދޮގެއް! އަހަރެން އަހަރެންގެ މަންމައަށް ނުބެލެހެއްޓޭ ވަރު ކަމެއް ނުކުރަން އަދި ކުރިއަށް އޮތްތާވެސް ނުކުރާނަން! އަހަރެން މި ރަށަށް އައީ އަހަރެން ބޭނުން ވެގެން، އަހަރެން ބޭނުންވީ ބައްޕަ ފަރާތު މީހުން ކައިރި ވެސް އުޅެލަން! ދިރިއުޅުމަކީ ކޮންމެ ސިކުންތަކުވެސް ބަދަލުވެދާނެ އެއްޗެއް! މާދަންވާނެ ގޮތެއް އެކަކަށް ވެސް ނޭނގޭނެ! އެހެންނޫނަސް އަހަރެންގެ މަންމަގެ ރަށުން 11،12 ނުކިޔެވޭތީ އަހަރެން މިކޮޅަށް އައީ! ” މި ހުރިހާ ވާހަކަތަކެއް ދައްކާ ނިމުން އިރު އަހަރެންގެ އަޑު ބެދޭ ގޮތް ވިއެވެ. ” ހޫން ދެން މި ލަޔާންވެސް މިއޮށް ފެށި ވާހަކަ އެއް! ޔޫހާ އަޅައިނުލާ އެއީ މި ރަށު މީހުންގެ ގޮތޭ! މީހެއްގެ ގޮތް ނޭންގި ހުރެ އެ މީހަކާ އަޅާ ދޮގު ވާހަކަ ހަދާނީ! އެހެންނޫނަސް އަހަރެމެން ދެ މީހުންނަށް އެނގޭ ތީ ގޯސް ކުއްޖެއް ނޫންކަން! ” ރިޔާ އަހަރެންނާ ދިމާލަށް ހީލަމުން ބުނެލި އެވެ. އެދުވަހުން ފެށިގެން އަހަރެން ހިތަށް އެރީ މި ރަށު މީހުންނަށް އަހަރެންގެ ރަނގަޅުކަން ފޮރުވައި ގޯސްވީމަ ވާގޮތް ދައްކާށެވެ. މީހެއްގެ ހަޤީޤަތް ނޭނގި ހުރެ އެ މީހަކާ ބެހޭ ގޮތުން ދޮގު ވާހަކަ ފަތުރާ އިރު އެމީހުންގެ ހިތަށް ހަމަ އެއްވެސް އެއްޗެކޭ ނާރަނީބާ އޭ އަހަރެންގެ ހިތަށް އެރިއެވެ. އަނެކާވާނެ ދެރައަކާއި ކުރާނެ ހިތާމައަކާއި ވިސްނާނެ ވިސްނުމަކާ ދޭތެރޭ ހަމަ އެއްވެސް ފަރުވާލެއް ނެތީ ހެއްޔެވެ؟ މުސްކުޅިން ބުނެ އުޅެނީ ތެދެކެވެ. ދުނިޔެ ފަހަކަށް ދާ ވަރަކަށް އިންސާނިއްޔަތުކަން ކުޑަވަމުން ދެއެވެ.
ދުވަހަކަށްފަހު ދުވަހެއް މާޒީގެ ސޮފުހާއާ އެކުވަމުން ދިޔަ ވަރަކަށް އަހަރެންގެ އުޅުމަށްވެސް ބޮޑެތި ބަދަލު ތަކެއް އަންނަމުން ދިޔައެވެ. ހިތާމައަކީ އެ ބަދަލުތަކަކީ ރަނގަޅު ބަދަލުތަކަކަށް ނުވާތީއެވެ. ޖެހުނު ކޮންމެ ފިރިހެނަކާއި ވާހަކަ ދައްކާލާފައި ރަށު ތެރޭ އެންމެ ގޯސްކޮން އުޅޭ ކުދިންނާއި އެކީ އުޅެންފެށީމެވެ. ރަށު މީހުންގެ ކިބައިން ބަދަލު ހިފަން އަހަންނަށް އިހުތިޔާރު ކުރެވުނީ ގޯސް މަގެވެ. މީގެން ފަހުން ލިބޭނެ ގެއްލުމަކާ މެދު އަހަރެން ނުވިސްނަމެވެ. މިހާރު އަދި މީހުން އަހަންނޭ ކިޔައިގެން ކިޔާ އެއްޗެހި ކުރިއަށްވުރެ މާ ގިނަ އެވެ. ނަމަވެސް މިހާރު އަހަންނަށް އެއީ މާބޮޑު ކަމަކަށް ނުވެއެވެ. ލަޔާން އާއި ރިޔާ އަހަންނަށް ވަރަށް ނަސޭހަތް ދިނެވެ. އެހެންނަމަވެސް އަހަރެން އެމީހުނަށް ދިނީ ބީރު ކަންފަތެކެވެ. މިގޮތުގައި ދުވަސްތައް ހޭދަވެގެން ދިޔަ ގޮތެއްވެސް ނޭނގުނެވެ. 11ގެ އަހަރު ނިންމާލާފައި އަހަރެން ޗުއްޓީ ހެދަކޮއްލަން މަންމަ ކައިރިއަށް ގޮސްލީމެވެ. އެއްރޭ ދަންވަރެވެ. ގޯތިތެރޭގައި އިން ޖޯލިފައްޗެއްގައި އަހަރެން އިނީ އުޑުމަތީގައިވާ މުތީތަކެއް ފަދަ ތަރިތަކަށް ގެއްލިފައެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ އުނގުމަތީގައި އޮތް އަހަރެންގެ ފޯނު ވައިބުރޭޓު ވުމުންނެވެ. ފޯނު ނަގައި ބަލައިލި އިރު މެސެންޖާރ އިން ނޮޓިފިކޭޝަން އެއް އައިއްސަ އިނެވެ. ވަރަށް ގަޔާނުވާ ފާޑަކަށް ކާކުތޯ ބަލައިލީމެވެ. އަހަރެންގެ ލޮލަށް ފެނުނު އެއްޗަކުން ޤަބޫލުނުކުރެވިފައި ފޯނާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނީ ކިހާ އިރެއް ވަންދެން ކަމެއް ޚުދު އަހަންނަކަށްވެސް ނޭނގުނެވެ. އަހަންނަށް މެސެންޖާރ އިން މެސެޖު އައީ އަހަރެން ދުވަހަކުވެސް ހީނުކުރާ މީހެއްގެ ފަރާތުންނެވެ. އެއީ އާން އެވެ. އަހަންނަށް ހީވީ ހުވަފެނެއްގެ ތެރޭގައި އުޅެވޭ ހެންނެވެ. އުފަލުން ގޮސް ކުރާނެ ނުކުރާނެ ކަމެއް އެވަގުތަކު ނޭނގުނެވެ. ފިރިހެން ކުއްޖެއްގެ ފަރާތުން މެސެޖެއް އައުމުން އަހަރެން ދުވަހަކުވެސް މިހާ އުފަލެއް ނުވެއެވެ. އަނެއްކާ އަހަންނަށް އާން ދެކެ ލޯބި ވެވުނީ ބާއެވެ؟ އޭގެފަހުން ކޮންމެ ރެ އަކުވެސް އަހަންނާއި އާން މެސެންޖާރ އިން ވާހަކަ ދައްކަމެވެ. އަހަރެން އަބަދުވެސް ހުންނަނީ އާން ގެ މެސެޖެއް ލިބޭތޯ ކެތްމަދުވެފައެވެ. އޭނަ ފޮނުވާ އެންމެ ލަފްޒަކުންވެސް އަހަރެންގެ މުޅި ދުވަސް އުފާވެރި ކޮއްދޭ ކަހަލައެވެ. ބުނެދޭންވެސް ނޭނގޭ ފަދަ އިހުސާސް ތަކެއް ކުރެވެން ފަށައިފިއެވެ. އަހަންނަށް ހަމަ ރަނގަޅަށްވެސް އާން ދެކެ ލޯބި ވެވިއްޖެއެވެ.
” ނޭނގޭ ބުނާކަށް ހިތް އެދި މިވާވަރު ވާ ލޯބި ދެން ނޭނގޭހޭ
ބޭނުންމިވާވަރު ދީވާނަވީމާ ސީދާ ލޮލުން ނުފެނޭހޭ… ބޭނުން އެހާ ހިތް އިންތިހާ “
29 Comments!
Comments are closed.

Darlin mi prt vrh purrfect?.. m so proud of u❤
Thank u babe ❤✨
Vrh reethi mi part ?… Keep up the good work ❤
Thank u dear ? ?
Mash Allah… love this chapter❤❤ waiting for the next…
darlxx???
Thank u love ❤️?
keep up the good work…..luv ya story
Thank u ❤?
Vrh rythi besty. Skul love story?❤
Thank u besty ❤✨
Wow v reethi mi part????
Thank u faharii ❤✨
Heii reethieve OK your welcome
Ok thanks ✨❤
N Mi kurinvess liyefa in part eh faadu jahaa
Nope nuliyann
Wow vrh reethi mi part?❤️??
Salhi ingey. Adhi vx nunimey tha
thanks ✨❤
Masha allah vvvvv reethi mi part vec… Sorry for not commenting on the previous part.. But the story is awesome.. When next part dear.. Hope u will up it soon ❤️❤️much love dear yerkko??
Thank u dear ?❤ In Sha Allah varah avahah up kollaanan ❤✨
Dear..thank u Soooo much ????. .stry hama really habbu..when next part dear..Lots of love from me❤❤???
Thank u dear ? lots of love from me too ❤❤?✨
Vrh loabi story…
Miss u yerkko
Thank u babe?love u more?
salhi ey buny……………..
Thank u dear?
vrhh salhi ….. miss uuuuuuuuuu
Thank u dear?