Skip to content
އެސްފިޔަ

ހިމޭންކަން.. 3

2 ވަނަ ބައިގެ ތެރެއިން..

“ހައި. އައި އޭމް ހިޝާން، އެންޑް ޔޫ އާ..؟

އެއްވެސް އުހްތިޔާރަކާނުލާ ރަޝާއަށް ހިޝާން އާ ސަލާމް ކުރުމަށް އަތް އުފުލާލެވުނެވެ. އަދި އަމިއްލައަށް ތައާރަފްވެލިއެވެ.

“ރަޝާ، މަށަށް ކިޔަނީ ރަޝާ.”

**************************************

ސަލާމްކުރުމަށް ހިފިއަތުން ދޫކޮށްލަންވެސް ރަޝާހުރީ ހަންދާންނެތިފައި ކަހަލައެވެ. އެވަގުތު އޭނާއަށް ވަމުންދިޔަ ގޮތް ކިތައްމެ  ވަރަކަށް ފޮރުވަން މަސައްކަތް ކުރިކަމުގައިވިޔަސް އެކަން އޭނާއަށް ކާމިޔާބު ވީހެނެށް ހިޔެއްނުވެއެވެ. އޭ.ސީ ގެ ފިނިން ގަނޑު   ވެފައިވާ އެ ފިހާރަ ތެރޭގައިވެސް ރަޝާ ހުރީ ދާހިއްލާފޯވެފައެވެ. އެ ދޮން ބައްޓެެއްފަދަ ކޯތާފަތްވަނީ ރަތްވެފައެވެ. ރަތްކަން ގަދަ އެ ތުންފަތުގައި ކުޑަކޮށް ދަތްއަޅާލެވުނީ ހިޝާން އޭނާއާ ދިމާލަށް ބަލަންހުރިގޮތް ފެނި ލަދުން  އިސްޖަހާލަމުންނެވެ.  ރަޝާ   މަޑުމަޑުން ހިޝާންގެ އަތުން ދޫކޮށްލިއެވެ. ހީލާފައި 2 ނޫޑްލިސް ޕެކެޓު ހިފައިގެން ކައުންޓާރާދިމާލަށް ހިނގައިގަތެވެ. ހިޝާން   ވެސް ރަޝާގެ ފަހަތުން ގޮސް ކައުންޓަރުކައިރީ ކަޑުކޮށްލިއެވެ. އޭނާ އެއްވެސް އެއްޗެއް ނުގަނެ ރަޝާގެ ފަހަތުން ނުކުތެވެ.   ރަޝާއަށް އެކަން ފާހަގަވެ އެއްޗެއްނުބުނެ ދާން ނުކެރިގެން ފަހަތަށް އުންބުރިލާފައި ދަނީއޭ ބުނެލިއެވެ.  އާނއެކޭ ބުނުމުގެ ގޮތުން ހިޝާން ބޯ ޖަހާލިއެވެ. އަދި ފެއްނާނެ ދޯ އޭ ރަޝާ ކުރެން އަހާލިއެވެ. ރަޝާގެ ފަރާތުން ލިބުނީ ލުއިލުއި ހިނިތުންވުމެކެވެ.

ރަޝާ ހިނގަމުންގޮސް ލޯމަތިން ގެއްލެންދެން ހިޝާންއަށް ބަލަންހުރެވުނީ އެއްވެސް އިޙްތިޔާރަކާނުލައެވެ. އެނާގެ ހަނދާނަށް އައީ  އޭނާއަށް ރަޝާ ފެނުނު އެންމެ ފުރަތަމަ ދުވަހެވެ. އެއީ މިރަށަށް އޭނާ އައި ދުވަހެވެ. ހއ. ކެލާ ގެ ބަނދަރަށް ލޯންޗް   ގާތްކޮށް ލުމުން އެންމެ  ފުރަތަމަ ލޯންޗުން ފޭބީ  ހިޝާންއެވެ. މި ދަތުރަކީ  ސޮޓެލްކޯއިން ހއ. ކެލާގެ  މަދަރުސާއާއި  ރަށު އޮފީހުގެ  ކަރަންޓު މަސައްކަތެއް ކުރުމަށް އެކުންފުނީގެ ޓީމެއް ފޮނުވި ދަތުރެކެވެ. މި ޓިމުގައި ހިޝާންވެސް ހިމެނެއެވެ.

ރަށްފުށުގެ ދިރިއުޅުން ތަޖުރިބާ ކުރެވިފައިނުވާ ހިޝާންއަށް މިމާހައުލު ވީ  އަޖައިބަކަށެވެ. ފެހިކަން ގަދަ  ގަސްތަކުން  އެޅިފައިވާ  ހިޔާތަކުގައި ކުޑަކުދިން ކުޅޭން ތިއްބެވެ. ޖެހެމުންދިޔަ ތާޒާ ވައިރޯޅިން ހިތަށް ފިނިކަން ލިއްބައިދެމުންދިޔައެެވެ. މާލޭގެ ހަލަބޮލިކަމާ ރައްފުށުގެ މާހައުލާ އަޅާކިޔާލެވުނެވެ. ރަށުތެރޭން ފެންނަމުންދިޔަ ހިތްގައިމު މަންޒަރުތަކަށް ހާއްސަ ސަމާލުކަމެއްދީގެން ދިޔަ ނަމަވެސް އޭނާގެ ނަޒަރު، ގެއެއްގެ ގޯތިތެރޭގައި ފޮތެއްކިޔަން އިން އަންހެން ކުއްޖެއަކަށް ހުއްޓި އިތުރު ތަނަކަށް  ބަލަންވެސް   ހަނދާންނެތުންކަހަލައެވެ. ހިތްތައް ގަތުލުކުރުވާފަދަ ރީތިކަމެށް އެކުއްޖާއަށް ލިބިފައިވެއެވެ. ރަތްކަންގަދަ އެ ތުންފަތުގައިވަނީ ލުއި ހިނިތުންވުމެކެވެ. ދިގު އެސްފިޔަތަކުން ހިޔާއެޅިފައިވާ އެރީތި ކަޅިރަވައިގައިވަނީ ހިޝާންމެންފަދަ އެތައް ޒުވާނުންނެއްގެ ހިތްތައް  ކަތިލާ ފަދަ ތޫނު ނަޒަރެކެވެ. ހިޝާން ސިހުނީ ފަޒީލް އޭނާއަށް ގޮވާލުމުންނެވެ. އޭރު އެމީހުންތިބީ ހިޝާންއަށް ވުރެއް މާ ކުރީގަ  އެވެ. އޭނާ ވަރަށް ނޫންކަމަށް ހަދާލާފައި އެމީހުނާދިމާއަށް ހިނގައިގަތެވެ. އެންމެ ފަހު ފަހަރަށް އެ ކުއްޖާއާ ދިމާލަށް ބަލާލީ އެ ސޫރަ ހިތުގައި ކުރަހާލުމަށެވެ.

ރަށްފުށުގެ ދިރިއުޅުމަށް ދާދި އަވަހަށް ހިޝާން ހިތްޖެހުނެވެ. ދުވާލުގެ  ވަގުތު މަސައްކަތުގައި  ހޭދަކުރުމަށްފަހު ބާކީ  ވަގުތު ތަކުގައި ރަށުތެރޭގެ އެކި ތަންތަން ބަލާލަން ގޮސްހަދައެވެ. މިހެން އުޅުމުގައިވެސް އެ ރީތި ކުއްޖާ އަދި އެއްފަހަރު ނަމަވެސް  ފެއްނާނެ ނަމައޭ އެތައްފަހަރަކު އޭނާގެ ހިތަށް އެރައެވެ.

މަސައްކަތައް ދިޔުމަށް ހިޝާން  އޭނާގެ ޓީމާއެކު ނުކުތެވެ. ކަންފަތަށް ހެޑްސެޓް ޖަހާލައިގެން ހުރެ އެމީހުނާއެކު ހިންގައިގަތެވެ.  މިޔަދަކީ އެ ރަށު މަދަރުސާގެ ކަތަންޓު މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާ  ދުވަހެވެ. ލަވައިގެ ތެރެއަށް  ގެއްލިފައިވާ   ހިޝާނަށް ހުއްޓިބަލާލީ ކައިރިން ދިޔަ ދެ އަންހެން ކުދިންންށެވެ. އޭނާ  އަށް ހީވި  ހީވުން  ޔަގީން  ކޮށްލުމަށެވެ.  އޭރު އެ ދެ އަންހެން  ކުދިންވެސް މަޑުކޮށްލައިގެން ހިޝާންމެން ތިބި ދިމާލަށް ބަލަންތެއްބެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. އެއީ ހަމަ އެ ކުއްޖާއެވެ. ދެކިލުމަށް ހިތް އެދިއެދި ހުރި ރީތީގެ ރާނީއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިހިންދު ހިޝާންނަށް ހިނިތުން ވެލެވުނެވެ. ނަމަވެސް އެ ކުއްޖާ އަނެއްކޮޅަށް އެންބުރި ހިންގައިގަތެވެ.

************************

މި ހިޔާޅުތަކަށް ގެއްލިފައި ހުރި ހިޝާން ސިއްސައިގެންދިޔައިީ ފަޒީލް އައިސް ޢޭނާގެ ކޮންޑުގައި ކޮށްޓާލުމުންނެވެ.

“ކަލޭ ގެއްލިގެން މިހާރު ރަށު އޮފީހަށް ވެސް އަންގައިފިން . އެހެންޏާ. އެއްމެނަށް ދަޅުގަނެގެން އަންނާނަމޭ ކިޔާފަ ބެޗިފަހުން މިހާރު ކޮންއިރެއް.”

ފަޒީލް ސަމާސާ ރާގެއްގައި ބުނެލިއެވެ.

“ބްރޯ. މަ މިހުރީނު. އެކަމް ކުޑަ ވަގުތު ކޮޅަކަށް މަށަށްވެސް ހީވި މަ މިހިރަ ގެއްލެނީއޭ.. ”

ފަޒީލް ގެ ސަމާސާގައި ބައިވެރިވެލަމުން ހިޝާންވެސް ބުނެލިއެވެ. އެއީ ހިޝާން ސަމާސާއަކަށް ބުނި އެއްޗެއްހެން ފަޒީލަށް ހީވިޔަސް އެއީ ހަމަ ހަގީގަތެވެ.  ހަމަ އަސްލަށްވެސް ހިޔާލީ ދުނިޔެއަކަށް އެނާ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދިޔައެވެ.

އެރޭ ނިދަން އޮތްއިތު ހިޝާން ގެ ލޯމަތީގައި ސޫރަ ވަނީ އެ ރީތި މޫނެވެ. ކިތައްމެ ވަރަކަށް އެ މޫނަށް ބެލިކަމުގައި ވިޔަސް  ދުވަހަކުވެސް ހިޝާން ފޫއްސެއްނުވާނެއެވެ. އަދި އެއަޑުގައިވާ މަޑުމައިތިރިކަން ހިޝާންގެ ހިތް ތޮރުފިކަހަލައެވެ. ކިތައްމެ ވަރަކަށް ވެސް އަދި މަޑުކޮށްލާށޭ ބުނަން އޭނާ ބޭނުން ވިއެވެ. އެހެނަސް އެހެން އޭނާ ބުނާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އެނާ އަކީ މިރަށަށް އަރާ ހުރި ބީރައްޓެއްސެކެވެ. ރަޝާގެ ފަރާތުން އޭނާ މިހާރު ބޭނުންވަނީ އިހްތިރާމެވެ. ގަދަރެވެ. އެކަން އިރާދަކުރެއްވިޔާ ޢޭނާ ކުރާނެއެވެ.

ނިދަން މަސައްކަތް ކުރަމުން ހިޝާން ނިންމުމެއް ނިންމިއެވެ. މާލެ ދިޔުމަށް ބާކީ މިއޮތް 5 ދުވަހުގެ ތެރޭގައި އަދި ރަޝާއާ ދިމާވުމަށް މަސައްކަތް ކުރުމަށެވެ. އަދި ހިޝާން ގެ ހިތުގައި އެންމެ ފުރަތަމަ ފެނުން ވަގުތުން ފެށިގެންވެސް ޖާގައެއްދެވިފައިވާކަން ރަޝާ ގާތު ބުނުމަށެވެ. އަދި ރަޝާގެ ހިތުގައި އެއްވެސް އެއްޗެއް ހިޝާން އާއި މެދު އޮތްތޯ އޮޅުން ފިލުވުމަށެވެ. ރަޝާ މިގޮތް ބޭނުން ނުވާ ނަމަ ހަމައެކަނި ރަހުމަތްތެރިކަންވެސް އޭނާއަށް ފުދޭނެއެވެ. މި ހިޔާލުތަކުގައި އޮވެ ބޭއިހްތިޔާރުގައި ވައިއަޑުން ރަޝާއަށް ގޮވާލެވުނެވެ.

“ރަޝާ..”

Comments (13)

  1. Sharu

    Nice story, Maasha Allah.. But thankolhei kury.. When is next part

    1. Anonymous
      Sharu

      thankyou in sha allah soon 🙂

  2. azka

    Beautiful story….nxt prt kn iraku tha???

  3. Foooooooohi

    Foohi story ehka…. dhen miahvure saafu koh liyeba… intrest vaaa gothah eiy foohi bunaa goiy…. ???????????????????????????????????????????for you is this…

    1. Anonymous
      Foooooooohi

      thikahala comments thah ves hama ufalaa ehkoh balaigahnan ?

    2. Kitty
      Foooooooohi

      Its not boring.. Its very interesting and written very beautifully… I loved it mystical…. Vaahaka hunna gothaai ehchihi neyngey meehunnah mi hadi vaany… U cant understand anything written in the story

  4. Avlyn

    Aslu comment kuraanamves mi ah vure polite koh kureveyne eh nun….. Vaahaka vvvvvvvvv reethi….comment kuraairu anekaage ihsaasthakah ves visnanvaane ???

  5. azka

    Don’t listen to others… ur story is perfect the way it is…it’s not boring at all… hama kiyaalaa hithun kiyaa levey kaha la vaahaka… eh my..????????

  6. Anonymous

    thankyou kitty,sorry iyye part eh up nukurevuneema. will try my best to upload very soon in sha allah

    1. Kitty
      Anonymous

      Welcome dear.. Thats ok.. Will be waiting for the next part

    2. Kitty
      Anonymous

      Dear… When next part… Waiting waiting… Plx avahah up kohdhehchey.. ???

  7. Shim

    kyve mi story update nukurany?

  8. Mystical

    hey everyone. i have been very sick and due to that i wasnt able to upload any further. alhamdhlillahi i am getting better day by day in sha allah. i will be uploading again soon .

Comments are closed.