Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ރޫޚް

Min Holly Level 1
November 26, 2018 4 Mins Read
13 Comments

މާލެގައި އެތައް އަހަރެއްވާންދެއް ދިރިއުޅުމަށްފަހު އަހުމަދު ރަށަށްބަދަލުވީ އަހުމަދުގެ ހަގުދަރިފުޅު ކިޔަވައި ނިމުމާގުޅިގެންނެވެ.

އަހުމަދު އާއި އަންހެނުން އަޒީމާއަށް ލިބިފައިވަނީ 3 ކުދިންނެވެ. ކައިރާ، ކިޔާން އަދި ކިޔާރާއެވެ. 18 އަހަރުގެ ކިޔާރާއަކީ ދިގު އިސްކޮޅަކާއި ރީތި ސިފަތަކެއް ލިބިފައިވާ ކުއްޖެކެވެ. ކިޔާރާގެ ފަންދިގު އިސްތަށިގަނޑުކިޔާރަގެ ރީތިކަން އިތުރުކޮށްދެއެވެ. ކިޔާރާގެ ނޫކުލައިގެ ލޮލަކީ ކިޔާރާ އެހެންކުދިންނާ ތަފާތުކުރުވާ ހާއްސަ ސިފައެކެވެ.

އަހުމަދުގެ ގެ ހުންނަނީ ރަށުގެ ވަރަށް އެތެރޭގައެވެ. ކުރީޒަމާނުގެ ގޮތަކަށްހުރި އެގެ އަކީ ބޮޑު ރީތިގެއެކެވެ.

” މިގެ ހާދަ ރީއްޗޭ….. ” ގެއަށް ވަންނަމުން ކިޔާރާ ހިނިތުންވެލިއެވެ. އުމުރުން 7 އަހަރުގައި މާލެ ކިޔަވަން ދިޔަގޮތައް ރަށަށް މި އާދެވުނީ އަދި ކިރިޔާއެވެ. އެހާދުވަސް ފަހުން ރަށަށް އާދެވުމުން ކިޔަރާ ހުރީ ވަރަށް އުފަލުންނެވެ.

” ދޮންތި އާ ދޮންބެ ނާއީ ކީއްވެތަ މަންމާ…؟ ” ކިޔާރާ އެނާގެ ދަބަސްތަށް ކޮޓަރިއަށް ވައްދަމުން އަހާލިއެވެ.

” ދޮންތިގެ ކޯރސް އަދި ނުނިމެ އެންނު…ދޮންބެ ބުނީ ރައްޓެއްސަކާއެކު ސްޕެއިންއަށް ގޮސްލާފަ އަންނާނަމޯ….ދޮންތިވެސް އަންނާނެ ޓެސްޓު ނިމުނީމާ” ބަދިގޭގައި ހުރި އަޒީމާ ބުންޏެވެ.

ދަބަސްތައް އަލަމާރިގާތު ބެހެއްޓުމައްފަހު ކިޔާރާ އެނދުމަތީގައި އޮށޯވެލިއެވެ. ކިޔަރާ ރަށަށް މިއައީ އަދި އެއްވެސް މީހެއްގެ ގާތުގައި ނުވެސްބުނެއެވެ. ނޫރު މެންނަށް އެނގިއްޖެއްޔާ ފޯރި ހުންނާނޭ ކިޔަރާގެ ހިތައް އެރިއެވެ. ނޫރް އާއި އާރިޔާއަކީ ކިޔަރާގެ ވަރަށް ގާތް ރައްޓެހިންނެވެ. ސްކޫލުގައި އުޅުނުއިރުވެސް ތިންކުދިން އަބަދުވެސް އުޅޭނީ އެކީގައެވެ.

ނޫރުއަށް ގުޅަން އުޅެފައި ވެސް ނުގުޅީ ހަވީރު އެގެއަށް ދާނީ އޭހިތައް އެރީމައެވެ. ފޯނު އެނދުމަތީގައި ބޭއްވުމައްފަހު ކިޔަރާ ވަނީ ފެންވަރާށެވެ. ބޮލަށް ފައިބަންފެށި ފިނިފެނުން ކިޔަރާގެ ވަރުބަލިކަން ފިލިއެވެ. ބޮލުގައި ތުވާލި އޮޅަލަމުން ކިޔާރާ ފާހާނާގެ ދޮރު ހުޅުވާލިއެވެ. އެވަގުތު އެނދުމަތީގައި އިށީންދެގެން އިން އަންހެންކުއްޖާފެނި ކިޔާރާއަށް  ބެއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ.

” ނޫރް ” ދުވެފައިކަހަލަގޮތަކަށް ގޮސް އެނދުގާތުގައި މަޑުކޮށްލަމުން ކިޔާރާގޮވާލިއެވެ.

” ނުވެސް ބުނޭ ރަށަށް އައިރުވެސް” ކިޔަރާ އާ ދިމާއަށް ބަލާލަމުން ނޫރް ބުންޏެވެ.

”ހަވީރު ތިގެއަށް ދާންކަމަށް އުޅުނީ..ކިހިނެއް އެނގުނީ؟” އަދިވެސް ބޮޑަށް ހިނިތުންވެލަމުން ކިޔާރާ އަހާލިއެވެ.

” އަހަރެންގެ ގަތުގައިވެސް ބުނާނެ މީހަކު ވެދާނެ އެންނު” ނޫރް ވެސް ހިނިތުންވެލިއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ނޫރް ތެދުވިއެވެ.

” އަހަރެން އަންނާނަން ހަވިރުން އިނގޭ ރެޑީވެގެން އިންނާތި ” އެނދުން ތެދުވަމުން ނޫރު ބުންނެވެ.

” ހާދަ އަވަހަކައް ތިދަނީ ؟ ” ކިޔާރާ އަހާލިއެވެ.

” މަންމަ ބުނެގެން މާމަ ގާތަށް މިދަނީ ލަސްވެއްޖެއްޔާ ވަރަށް ރުޅިއަންނާނެ ” ކޮޓަރިން ނުކުންނަމުން ނޫރް ބުންޏެވެ.

ހަވީރު ނޫރް އާއި އާރިޔާ އައުމުން ކިޔާރާ ވަރަށް އުފާވިއެވެ. ތިންކުދިން އެކީގައި ހިނގާލަންދިޔައެވެ.  ރަށުތެރޭގައި ހިނގަމުން ދިޔައިރު ރަށަށް އައިސްފައިވަ ބަދަލުތައްފެނި ކިޔާރާ ހުރީ ވަރަށް ހައިރާންވެފައެވެ. ކުރީގެ ބައެއް އެކުވެރިންނާ ދިމަވުމުން ކިޔާރާ ވަރަށް އުފާވިއެވެ.

” ލައީ ” މަގުމަތިން ހިނގާފައި ދިޔަ ލައިޝާ ފެނި ކިޔާރާ ގޮވާލިއެވެ. ކިޔާރާ ގޮސް ލައިޝާގެ ގާތުގައި ހުއްޓުމުން ލައިޝާ ކިޔާރާ އެނގެން ވަގުތުކޮޅެއްނެގިއެވެ.

” ކިޔާ….ކޮންއިރަކު ރަށަށް އައީ ” ހިނިތުންވެލަމުން ލައިޝާ އަހާލިއެވެ.

” މިއަދު މި އައީ ” ކިޔާރާ ހިނިތުންވެލިއެވެ. އިރުކޮޅަކު ވަހަކަ ދައްކަން ހުރުމަށްފަހު ފަހުން ދިމަވާންވާނެއޭ ބުނަމުން ނޫރް އާއީ އާރިޔާ އާއެކު ދިޔުމަށް ހިނގައިގަތެވެ.

އެކިވާހަކަތައް ދައްކަމުން ގޮސް އެކުދިން އިށީނީ ރަށުގެ ތުނޑީގައި އޮންނަ ވެލިގަނޑުމަތީގައެވެ. އެހާ އަހަރުފަހުން ދިމާ ވުމުން ދައްކާނެ ވާހަކަތައްވެސް ގިނައެވެ.

ތިންކުދިން އެކި ވާހަކަތަކުގައި އިރުއޮއްސެންދެން ތުނޑީގައި ތިއްބެވެ.

” ގެއަށް ދާންވީއެންނު…އެއޮއް އިރުއޮއްސެނީ” މޫދަށް ބަލަން އިނދެ ނޫރް ބުންޏެވެ. އިރުއޮއްސެމުން ދިޔައިރު އުޑުމަތި ހީވަނީ އަލިފާންގަޑެއް ރޯކޮއްލަފައި ވާހެންނެވެ. މޫދުގެ ސަތަހައަށްވެސް ރަންއަލިވިރުވާ އަޅަމުންދާހެން ހީވެއެވެ. ބަލާބަލާ ފޫހިނުވާފަދަ ގުދުރަތީ ރީތި މަންޒަރެކެވެ. ހިތްތަކަށް ޖާދޫ ހަދާ އާޝާޙްކޮށްލަމުން އިރު އޮއްސެމުން ދިޔައެވެ.

” ހާދަ އަވަހަށް، އަދި އިކޮޅަކު މަޑުކޮއްލާންވީ އެންނު…..އެހެންނޫނަސް އަދި އެހާ އަނދިރިއެއް ނުވެ އެންނު” އާރިޔާ ބަލާލީ ކިޔާރާއަށެވެ.

” އަދި އިކޮޅަކުން ދޯ ދާނީ ” ކިޔާރާވެސް އެހާއަވަހަށް ގެއައް ދާކަށް ބޭނުމެއްނޫނެވެ.

” އަހަރެންނަކަށް ނުކެރޭނެ އެހާ އަނދިރިވާންދެއް މިތާ އިންނާކަށް… މީ ވަރަށް ނާމާން ތަނެކޭ މާމަ ބުނި” ނޫރް ތެދުވެ ގައިން ވެލިފޮޅާލަމުން ބުންޏެވެ.

” ނޫރްދަންޔާ ދޭ، އަހަރެމެން ދާނީ އަދި އިކޮޅަކުން ދޯ ކިޔާ ” ވެލިގަނޑުމަތީގައި އޮށޯންނަމުން އާރިޔާ ހިނިތުންވެލިއެވެ. ކިޔާރާވެސް ނޫރްއަށް ބަލާލަމުން ބޯޖަހާލިއެވެ.

”އަހަރެން ދަނީ ” ގެއަށް ދިޔުމައް ހިނގައިގަންނަމުން ނޫރް ބުންޏެވެ.

” ތިހެން އެކަނި ދަނިކޮށް ޖިންނިއެއް އަރާ ކާލައިފިއްޔާ ކިހިނެއް ހަދާނީ ” އާރިޔާ ގޮވާލިއެވެ.

ނޫރް ހުއްޓުނެވެ. އަދި ފަހަތް އެނބުރި އާރިޔާއަށް ބަލާލިއެވެ.

” އަހަރެން ތިހާވެސް ބިރެއް ނުގަނޭ ” އާރިޔާ އަށް ދޫނެރެލަމުން ނޫރް ބުންޏެވެ. އަދި ހިނގައިގަތެވެ.

” އިނގޭތަ މީ ކޮންރެއެއްކަން…. މީ ހުކުރުވިލޭރެ ” ކިޔާރާވެސް ގޮވާލިއެވެ.

ކިޔާރާގެ އެ ޖުމްލަ އިވުމާއެކުހެން ނޫރު ދުވެފައި އައިސް ކިޔާރާގެ ގާތުގައި އިށީނެވެ. ކިޔާރާ އާއި އާރިޔާ އެއްއަޑަކުން ހީގަތެވެ.

ތިންކުދިން ގެއަށް އައިރު ރޭގަނޑު 7 ޖަހާ ބޮޑުވެއްޖެއެވެ. މުޅި ރަށަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. މަގުމަތިންވެސް އެއްވެސް މީހެއް ފެންނާންވެސް ނެތެވެ.

” ޔަގީން އަހަރެން ގެއަށް ވަންނައިރަށް މަންމަ އަހަރެން ކާލާނެ ” ގެއަށް ވަންނަމުން ނޫރް ކިޔާރާ އާއި އާރިޔާއަށް ބަލާލިއެވެ. ކިޔާރާ އާއި އާރިޔާ ހީގަންނަމުން ގެއައް ދިޔުމަށް ހިނގައިގަތެވެ.

” ނޫރް ހާދަ ލަހުން ކޮންތަނަކަށް ގޮސްފައި ތިއައީ ” ގެއަށް އައިސް ވަންނައިރަށް އާމިނަތު ހަޅޭލަވައިގަތެވެ.

ނޫރްއަޅާވެސް ނުލާ ގޮސްވަނީ ކޮޓަރިއަށެވެ. ނޫރްއަށް އެއީ އާއްމު ކަމެކެވެ. ކިރިޔާވެސް ކަމެއްވާއިރައް އާމިނަތު ހުންނާނީ ރުޅިއައިސް ރަތްވާވަރުވެފައެވެ. އާމިނަތުވެސް ނޫރްއަށް އެއްޗެހިކިޔަމުން އެތަނުން ދިޔުމަށް ހިނގައިގަތެވެ. އެއީ އާމިނަތުގެ އާދައެވެ. ދުވަހަކުވެސް ނޫރްއާ ހިތްހަމަޖެހިފައެއް ނުހުނަންނާނެއެވެ.

” މަންމާ… ދެންހުއްޓާލަބަލަ ނޫރްއަކީ ކުޑަކުއްޖެއްނޫނޭ..” ބަދިގެއިން ނުކުންނަމުން ނާއިރާ ގޮވާލިއެވެ. ނާއިރާ އެއީ ނޫރްގެ ދައްތައެވެ. އުމުރުން ބާވިސް އަހަރެވެ. ރަށު ހޮސްޕިޓަލުގައި މަސައްކަތްކުރާ ހީވާގި ނަރުހެކެވެ.

ދުވަސްތަށް ފާއިތުވެގެން ދަނީ ހަލުވިކަމާއެކުގައެވެ. ކޮންމެދުވަހަކުހެން ކިޔާރާ ނޫރް އަދި އާރިޔާ ދިމާވެއެވެ. އެކީގައި ހިނގާލަންދިޔުން މޫދައް ދިޔުން އެއީ އާއްމު ކަންތައްތަކެވެ.

ކިޔާރާ ނޫރް އަދި އާރިޔާ ހަވީރު ފިނީގައި ހިނގާލަންދިޔައީ މޫދުކައިރީގައި އޮންނަ ރީތިމަގުންނެވެ. ދެ ފަރާތުގައި ބިޔަގަސްތައް ހެދިފައިވާއިރު ފަތްތަކުން ބިންގަނޑު އޮތި ފޮރުވިފައެވެ.

” ކުޅި ބަލާލަން ދާންވާނެއެންނު ދޯ އެތަން ވަރަށް ރީތި ވާނެ ” ކިޔާރާ އަށް ކަޅިއެއްއެއްލަމުން އާރިޔާ ބުނެލިއެވެ. ރަށުގެ ބޮޑުކުޅި އޮންނަނީ ރަށުގެ އެންމެ ދުރުހިސާބުގައެވެ. އެއީ ރަށް ނިމޭ ހިސާބެވެ. ނާމާންކަމަށް މަޝްހޫރު ތަނެކެވެ. ގުދުރަތީ ރީތިކަމުން މުއްސަނދިވެފައިވާ ސަރަހައްދެކެވެ. މީހުން މޫދަށް އެރެން ދާ ހިސާބެވެ.

” ތިކަމެއް ނުވާނެ އަހަރެން ވާ ތިތަނާ ވައިއެޅޭކައްވެސް ބޭނުމެއް ނޫން ” ކިޔާރާ ޖަވާބުދިނުމަށް އަނގަ ހުޅުވާލިއިރަށް ނޫރް ހަޅޭލަވައިގަތެވެ.

” މީހުން ބުނޭ އެއީ ވަރަށް ނާމާންތަނެކޭ ޖިންނިއެއް އަވަލައިފިއްޔާ ކިހިނެއް ހަދާނީ ” ނޫރް ދެލޯ ބޮޑުކޮއްލިއެވެ.

” ހާދަ ބިރުގަނޭ ދޯ… ރޭގަނޑަކު ނޫނޭދާނީ ” ކިޔާރާ އިނީ ކުޅިބަލާލާހިތުންނެވެ. މާލޭގައި އެކުވެރިންނަށް ފޮޓޯނަގާފައި ފޮނުވޭނެއެވެ. ފޮނިކަނޑާލާން މީ ރަނގަޅު ގޮތެކެވެ.

” މާދަމާ ދާންވީ އެންނު ” ކިޔާރާ ނޫރްއާ ދިމާއަށް ބަލާލަމުން ބޯއަރިކޮއްލިއެވެ. ނޫރް ކުޅިއަށް ދިޔުމައް އެއްބަސް ވީ ކިޔާރާ ވަރަށް އާދޭސް ކުރުމުންނެވެ.

” މާދަމާ އަކު ނުދެވޭނެ މާދަމާ ލައީއަށް ހެލްޕްވާނަމޭ އަހަރެން ބުނިން … ސަންޑޭގަ ދާންވީ އެންނު ”

އާރިޔާ ބުނި ދުވަސް ކިޔާރާށް އަށް ވެސް ކަމު ދިޔައެވެ.

ދާނެ ވަގުތާ އެއްޗެހި ކަނޑައެޅުމައްފަހު ތިންކުދިން ގެއަށް ދިޔުމައް ހިނގައިގަތެވެ. ފައިވާން އަތައް ނެގުމައްފަހު އިސްއޮބާލައިގެން ހުރެ ކުރިއަށް ފިޔަވަޅު އަޅަންފެށިއެވެ. މަޑުހިނގުމެއްގައި އައި އާރިޔާ އަށް ހުއްޓެވުނީ ގަސްތަކުގެ ތެރެއިން މީހަކު ފެނުނުހެން ހީވުމުންނެވެ. ރީތިކޮށް ހުދުކުލައިގެ ހެދުމެއް ފެނުނުހެން ހީވިއެވެ. ގަހުގެ ގޮފިތައް ވަޔާއި ހެލިލުމުގެ ސަބަބުން ހިޔަންޏެއް ފެނުނީކަމުގެ ކުއްހީއެކެވެ. އެކަން ޔަގީން ކޮއްލުމުގެ ގޮތުން އާރިޔާ ގަސްތަކުގެ ތެރެއަށް ވަނެވެ. ހުރިހާދިމާލެއް ވަނީ ހިމޭންކޮށެވެ.

” އެ ވާނީ ކުއްހީއަކަށް ” އާރިޔާ ހިނިތުންވެލަމުން އެތާގަތުގައި ހުރިގަހަކުން ހުދު ކުލައިގެ މަލެއް ބިނދެލާފައި ވަސް ބަލާލިއެވެ. އާރިޔާ ފުންކޮށް ނޭވާލާފައި ލޯމަރާލިވަގުތު އަތުގައި މީހަކު ބީހިލިކަމުގެ އިހްސާސް ކުރެވުނެވެ. ސިހިފައި ލޯ ހުޅުވާލުމައްފަހު ވަށައިގެން ހޯދާ ބަލާލިއެވެ.

ނުނިމޭ

Share Article

Follow Me Written By

Min Holly

Level 1

Other Articles

Previous

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 10

Next

ހިތް ލޯބިން ދެވިއްޖޭ 6

Next
November 26, 2018

ހިތް ލޯބިން ދެވިއްޖޭ 6

Previews
November 26, 2018

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 10

13 Comments!

  1. Zipraa says:
    November 26, 2018 at 6:30 pm

    V v reethi

  2. R@! says:
    November 26, 2018 at 6:30 pm

    Wow.varah abahah up kohdhehchey..❤❤?

  3. singlekoe says:
    November 26, 2018 at 7:34 pm

    uhhh…. ma i know where you are from ?

  4. shiff says:
    November 26, 2018 at 8:43 pm

    Varah varah reethi…mashaallah ☺?❤????

  5. Iboo says:
    November 26, 2018 at 10:18 pm

    Alamaari gaathugai, endhu gaathugai, migothakah Dhivehi bahugai beynumeh nukureveyne. “gaathugai” kiyanee dhorey thakethi kairee hurumah. Rangalhu gothakee ” alamaari kairee”, ” endhu kairee”. mieve.

    1. He says:
      November 27, 2018 at 9:47 am

      Yah..
      That’s true

  6. Zelll says:
    November 28, 2018 at 6:20 pm

    good,i saw iboo buni mistakes. E neiinama hama varah reethi, but learn kuramunnennu dhanythi dhw. Adhi okeyh vaane

  7. Shankputty says:
    December 3, 2018 at 6:26 pm

    Varah reethi

  8. Niam says:
    December 7, 2018 at 12:43 pm

    V teething vaahaka eh

  9. Isha says:
    December 8, 2018 at 10:42 pm

    Hey..Wow it’s so cool.
    Who made this story?
    I love horrow things..

  10. Rose says:
    December 16, 2018 at 8:06 pm

    Masha Allah. Vaahaka varah reethi…

  11. MIMMI says:
    January 1, 2019 at 11:34 am

    VARAH REETHI

  12. ........ says:
    February 1, 2019 at 8:55 pm

    Alhe ehn ehves kiyuntheri akah notice eh nuveytha vaahakaige feshumaa nimumugai “Hiyani” aai ehn ves dhivehi vaahaka thakaa ehgoiy kameh hurikan?
    Aneh hen okey but pls use us own ideas?✨

Comments are closed.



All Right Reserved!