Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭނގި ވެވޭ އިހްސާސެއް މީ (ޓްރެއިލަރ)

twentysix Level 1
July 16, 2018 2 Mins Read
4 Comments

އެއީވެސް އޭނާގެ ހަޔާތުން ދުވަހެކެވެ. އެދުވަސްވެސް ފެށިގެން ދިޔައީ މާޔޫސް ކަމާ އެކަނިވެރިކަމާއެކުގައެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން ރަޒާންގެ އެންމެ ގާތް އެކުވެރިޔާ ސިނގެރޭޓާއެކުގައެވެ. އަނދިރި ވެފައިވާ ކޮޓަރި ތެރެއަށް އެޅުނު ހަމައެކަނި އަލިކަމަކީ ކުޑަދޮރުގެ ބިއްލޫރިގަނޑު ތޮރުފާލައިފައި ކޮޓަރިތެރެއަށް ވަތް އިރުގެ އަލިކަމެވެ. އެނދުގައި އިށީނދެގެން އިނދެ ސިނގެރޭޓް ދުންތަށް ބޭރުކޮށްލި ރަޒާންގެ ލޮލަށް އެއަލީގެ ސަބަބުން އުނދަގޫ ވިއެވެ. ލޯ ކުޑަކޮށްލައިގެން ކަންނެއް ހިނގުމެއްގައި ގޮސް ކާޓެއިންތަށް އޭނާ ދާމާލިއެވެ. ކުޑަދޮރުތަށް ނިވާކުރަމުންނެވެ.

އަލުން އެނބުރި ގޮސް އެނދުގައި އިށީނދެލިއެވެ. އެނދުމަތީގައި ބާއްވާފައި އޮތް ފޮޓޯގަނޑަށް އޭނާ ނަޒަރު ހިނގާލިއެވެ. އޭގައި ފިރުމާލިއެވެ. އެ ފޮޓިއިން ފެންނަމުން ދިޔައީ އަތުގުޅާލައިގެން ތިބި އަންހެން ކުއްޖަކާއި ފިިރިހެން ކުއްޖެކެވެ. ނޫކުލައިގެ ހޫޑީއެއްގައި ހުރި ފިރިހެން ކުއްޖާ ކެމެރާއަށް ބަލަހައްޓައިގެން ހުރި އިރު އަންހެން ކުއްޖާ ހުރީ ލޯބިގޮތަކަށް އެ ފިރިހެން ކުއްޖާއަށް ބަލާށެވެ. އާނއެކެވެ. އެ ފޮޓޯއިން ފެންނަމުން ދިޔައީ ރަޒާންއާއި އޭނާގެ ހިތް އެދޭ މަލިކާއެވެ. މަންޝާއެވެ.

ހިތުން ފޮހެލަން އުނދަގޫ އެ ހަނދާންތަށް ރަޒާންގެ ހަނދާނަށް އާވިއެވެ. ފިރިހެނެއް ކަމަކު އޭނާގެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. އެ އުފާވެރި ހަނދާންތަށް އަލުން އަނބުރާ ލިބޭނެ ނަމައޭ ރަޒާން ހިތަށް އެރިއެވެ. މައްސަލައެއް ނެތެވެ. މިހާރު މަންޝާ އުޅެނީ އުފަލުގައި ކަމުގައި ވާނަމަ އޭނާވެސް މިހިރީ އުފަލުންނޭ ރަޒާންގެ ހިތް ބުންޏެވެ. އެހެންނަމަވެސް އޭނާ ނޫން އެހެން ފިރިހެނަކާއެކު މަންޝާ އުޅޭތަން ފެނުމުން ހިތުގައި ހާދަ ރިއްސައެވެ. މަންޝާގެ ސޫރަ ނުފެނި އުޅެން ބޭނުންވިޔަސް އެއްފުރާޅެއްގެ ދަށުގައި އެހެން އުޅޭނީ ކިހިނަކުން ހެއްޔެވެ. ކޮޓަރިން ބޭރަށް ނުނިކުމެ ވޭތޯ އޭނާ ވަރަށް މަސަތްކަތް ކުރެއެވެ. އެކަން ކާމިޔާބު ވަނީ މަދުފަހަރަކުއެވެ. އެކަމެއް އޭނާ ނުދެނެހުއްޓެވެ. ހިތުތެރެއިން ވީރާނާ ވެފައިވާ ހާލުވެސް ހަޔާތުގެ ކޮންމެ ސަފްހާއެއް އުކަމުން ރަޒާން ދިޔައީ ހިނިތުންވުމަކާއެކުގައެވެ. އެންމެންވެސް ހީކުރަނީ އޭނާ އުޅެނީ އުފަލުގައި ކަމަށެވެ. ނަމަވެސް އޭނާގެ ހާލު ދެނެވޮޑިގަންނަވަނީ ހަމަ އެންމެ ފަރާތެކެވެ.

_________________________________________

“ދަރިފުޅާ ރަޒާން. އައިސްބަލަ މަންމަ ވަރަށް މުހިންމު ވާހަކައެއް ދައްކަންވެއްޖެޔޭ ރަޒާންއާ.” ބޮޑު ސިޓިންގް ރޫމުގައި ބަހައްޓާފައި ހުރި ސޯފާއާއި ދިމާލަށް މިސްރާބުޖަހަމުން ރަޒާންގެ މަންމަ ޝައީމާ އޭނާއަށް އިޝާރާތްކޮށްލިއެވެ. ދޮރުން ވަނދެގެން އައި ރަޒާންވެސް ސޯފާގައި އިށީނދެލިއެވެ. އޭނާ އިސްދަށަށް ޖަހާލީ ސިޑިން ފައިބައިގެންއައި މަންޝާ ފެނުމުންނެެވެ. މަންޝާ އައިގޮތަށް އައިސް ވާހަކަ ފޮތަކާއެކު އިށީނދެލީ ރަޒާންއާއި ޝައީމާ އިށީން ސޯފައިގެ ކުރިމަތީގައެވެ. މަންޝާގެ ނަޒަރުން ސަލާމަތްވުމަށްޓަކައި ރަޒާން އޭނާގެ އިސްއުފުލާކަށް ގަސްތެއް ނުކުރިއެވެ.

“މަންމަ ބުނީ ދެން ރަޒާން މީހަކާ އިންނަނީ ކޮން ދުވަހަކުންހޭ. ރަޒާން ދަންނަ ހުރިހާ އަންހެން ކުދިންތަށް ކަހަލަ ގޮތަކަށް އެދަނީ މަށަށް މަށަށް ގޮވަމުން. ރަޒާންގެ ކޮއްކޮވެސް ބޭބެވެސް މީހުންނާ އިނދެފި މިހާރު.” ޝައީމާ ދައްކަން ފެށީ ރަޒާން ހީނުކުރާ ކަހަލަ ވާހަކައެކެވެ. ޖަވާބެއް ދޭން ރަޒާން އަނގަ ހުޅުވާލިއެވެ. އޭނާގެ ލޮލުގައި އެންމެ ފުރަތަަމަވެސް އަޅައިގަތީ އޭނާއާ ދިމާލަށް ބަލަހައްޓައިގެން އިން މަންޝާ ފެނުމުންނެވެ. މަންޝާވެސް ރަޒާންގެ ޖަވާބަކަށް އިންތިޒާރު ކުރަމުން ދާ ފަދައެވެ. ދުލުން ބުނަން ބޭނުންވި އެތި ބޭރުކުރަން ރަޒާނަށް އުނދަގޫވިއެވެ. “އަޅުގަނޑަށް ކަމުދާ ކުއްޖަކު ނެތް.” ކުޑަ ހިތްވަރަކާއެކު އޭނާ ބުނެލިއެވެ. ދުރު ބަލަހައްޓައިގެން ހުރެއެވެ. ރަޒާންގެ ޖަވާބާއެކު ސޯފާއިން ތެދުވެގެން މަންޝާ ގެއިން ބޭރަށް ނިކުންނަން ހިނގައިގަތެވެ.

“މަންމަ ހޯދައިދެންތަ ކުއްޖެއް.” ކުޑަކޮށް ވިސްނާލަން އިނުމަށްފަހު ޝައީމާ ބުނެލިއެވެ. ނަމަވެސް ރަޒާންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ސޯފައިގައި ލެނގިލައިގެން އެނބުރެމުން ދިޔަ ފަންކާއަށް ބަލަހައްޓައިގެން އޮތް ރަޒާންގެ ގައިގައި ޝައީމާ ކޮއްޓާލިއެވެ. ސިއްސައިގެން ގޮސް ރަޒާން ތެދުވިއެވެ. “ކީކޭ.” ރަޒާން މިހެން ބުނުމުން ކުރިން ބުނި އެތި ޝައީމާ ތަކުރާރު ކޮށްލިއެވެ. ރަޒާން ބޯޖަހާލިއެވެ. އެންމެ ސިކުންތު ކޮޅެއްގެ ތެރޭގައި ބޮލުގެ އިޝާރާތުން ރަޒާން ނިންމާލި ނިންމުމަކީ އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލާ ނިމުމެއްކަން ރަޒާން ނުދެނެހުއްޓެވެ.

____________________________________

“ޒާން.” ކޮޓަރިއާ ދިމާލަށް ހިނގައިގަތް ރަޒާންގެ ފިޔަވަޅުތަށް މަޑުޖައްސާލީ ފަހަތުން އިވުނު ހިތްގައިމު އަޑެެވެ. ފަހަތަށް ނުބެލި ކަަމުގައިވިޔަސް އެ އަޑުގެ ވެރިޔާއަކީ ކާކުކަން އޭނާ ދެނެގަތެވެ. ހައިރާންވެހުރެ ރަޒާން ފަހަތް ބަލާލިއެވެ. ލޮލުން ކަރުނަ އޮހޮރޭ ހާލު ހުރި އަންހެން ކުއްޖާ ދުވެފައި އައިސް ރަޒާން މޭގެ ތެރޭގައި މޫނު ފޮރުވާލިއެވެ. އޭނާގެ މަޑު ގިސްލުމުގެ އަޑު އިވެން ފެށީ ހިނދުކޮޅެއްގެ ތެރޭގައެވެ. “އައިމް ސޮރީ. އައި ލަވް ޔޫ.” ގިސްލުމުގެ ތެރެއިން އެ ނިޔަނެތި އަންހެން ކުއްޖާ ބުނެލިއެވެ.

ހުއްޓުން އަރާފައި ރަޒާނަށް ހުރެވުނީއެވެ. ޖެހި ބުދެއްހެންނެވެ. ހަރަކާތެއް ނުކުރިކަމުގައިވިޔަސް އޭނާގެ ހިތުގައި ތަފާތު ޖަޒުބާތުތަކާއި ސުވާލުތަށް އުތުރި އަރަމުން ދިޔައެވެ. އެކި އިހްސާސްތަށް ހިތަށް ވެރިވަމުން ދިޔައެވެ. ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް އޭނާއަކަށް ނޭނގުނެވެ.

**********

އަޅުގަނޑުގެ ފުރަތަމަ ވާހަކަ “ނޭނގި ވެވޭ އިހްސާސެއް މީ” 1 އޮގަސްޓް އިން ފެށިގެން އަޕްކުރަން ފަށާނަަމެވެ. އިންތިޒާރު ކޮށްލައްވާ!!!!!!

Share Article

Follow Me Written By

twentysix

Level 1

Other Articles

Previous

ކުށަކީ ކޮބާ (4)

Next

އުމުރަށް ތިޔަ ނަމުގައި…..

Next
July 16, 2018

އުމުރަށް ތިޔަ ނަމުގައި…..

Previews
July 16, 2018

ކުށަކީ ކޮބާ (4)

4 Comments!

  1. twentysix says:
    July 17, 2018 at 12:43 pm

    Salaam readers…this is the trailer of my first story.? I hope you all like it.? I would really appreciate if you do point out my mistakes for me ..
    Thank you n I I’ll be back with the first part on 1st August insha allah ❤❤❤❤❤❤❤❤

  2. Anonymous says:
    July 17, 2018 at 1:38 pm

    Vvv.reethi vaane hen heevey ???mihaaru ves kiyaa hiy vejje aslu august 1 ah vure kurin up nukohdhe veynetha ????up koh dhevenyaa up kodhechey pls ☺☺☺☺?

  3. Stry Kiyaa Man says:
    July 17, 2018 at 9:29 pm

    Salhi vaane hen heevey.
    gud luck dear.
    waiting 4 first part of stry.

  4. Baby girl ❤ says:
    July 18, 2018 at 7:48 am

    Salhi vaanehen heevany..medhu kuran nimendhen genes dheyne kamah…waiting for first part of ur story…

Comments are closed.


All Right Reserved!