އެއީވެސް އޭނާގެ ހަޔާތުން ދުވަހެކެވެ. އެދުވަސްވެސް ފެށިގެން ދިޔައީ މާޔޫސް ކަމާ އެކަނިވެރިކަމާއެކުގައެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން ރަޒާންގެ އެންމެ ގާތް އެކުވެރިޔާ ސިނގެރޭޓާއެކުގައެވެ. އަނދިރި ވެފައިވާ ކޮޓަރި ތެރެއަށް އެޅުނު ހަމައެކަނި އަލިކަމަކީ ކުޑަދޮރުގެ ބިއްލޫރިގަނޑު ތޮރުފާލައިފައި ކޮޓަރިތެރެއަށް ވަތް އިރުގެ އަލިކަމެވެ. އެނދުގައި އިށީނދެގެން އިނދެ ސިނގެރޭޓް ދުންތަށް ބޭރުކޮށްލި ރަޒާންގެ ލޮލަށް އެއަލީގެ ސަބަބުން އުނދަގޫ ވިއެވެ. ލޯ ކުޑަކޮށްލައިގެން ކަންނެއް ހިނގުމެއްގައި ގޮސް ކާޓެއިންތަށް އޭނާ ދާމާލިއެވެ. ކުޑަދޮރުތަށް ނިވާކުރަމުންނެވެ. އަލުން […]