ހާމަ ކުރީމާ ލޯބި މަވާކަން 13
“ލައި ޕްލީޒް ލީވް މީ އެލޯން.. މީގަ ލައިގެ އެއްވެސް ކުށެއް ނެތް.. އަހަރެން ލައިދެކެ ރުޅިއެއް ނާދެއޭ.. އެކަމް މިގަޑީ މެހެކް ބޭނުންވަނީ އެކަނި ވެލަން.. ލައިއަށް ނުފެނޭތަ މީހުން މެހެކްއަށް ބެލި ވައްތަރެއް.. އެމީހުން ހާދަ މަލާމާތެއް އެބަ ކުރެޔޭ އަހަންނަށް.. މިހާ ލަދެއް އަހަރެން ދުވަހަކުވެސް ނުގަނޭ.. އެންމެންގެ ދުލު ކުރީ މިވަގުތު އޮންނާނީ އަހަރެންގެ ނަންކަން ޔަގީން..” މެހެކްގެ އަޑުގައިވި ރިހުން އެލައިޝާއަށް ސިއްރެއް ނުވިއެވެ. މެހެކް ރޮނީކަން އެނގުމުން އޭނާ އިތުރަށް ދެރަވިއެވެ. އަނެއްކާވެސް މައާފަށް އެދުނީ އެހެންވެއެވެ. މިފަހަރު މެހެކް އެއްޗެކޭ ނުބުނެއެވެ. އޭރު ކޮޓަރި ތެރޭން މެހެކްގެ މަޑު ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. ދޮރުގައި ލެނގިލައިގެން އިށީންދެގެން އިދެ ދެއެކުވެރިންވެސް ރޮމުން ގެންދިޔައެވެ.
އެތަށް އިރަކު މެހެކްގެ ކޮޓަރިން ބޭރު ދޮރު ކައިރީގައި އިނުމަށްފަހު އެލައިޝާ ތެދުވިއެވެ. ދިޔުމުގެ ކުރިން އެއް ފަހަރު މެހެކް ގާތުގައި ދޮރު ހުޅުވުމަށް އެދުނެވެ. މާޔޫސްކަމާއިއެކު ފަހަތް ބަލަމުން ހިނގަމުން ދަނިކޮށް މީހެއްގެ ގައިގައި ޖެހުނުކަން އެލައިޝާއަށް އެނގުނެވެ. ނަމަވެސް އަޅާނުލާ ކުރިޔަށް ހިނގައިގަތީ އިތުރު މިހަކާ ވާހަކަ ދައްކަން ބޭނުންނުވާތީއެވެ.
” ލައި..” ފަހަތުން އިވިގެން ދިޔަ ޒެވިޔަންގެ އަޑަށް އެލައިޝާ ހުއްޓުނު ނަމަވެސް ފަހަތަށް އެނބުރި ބަލައިވެސް ނުލައެވެ.
“ލައި..” އެލައިޝާގެ ކުރިމައްޗަށް އަރައި އޭނާގެ ދެކޮނޑުގައި ހިފައިލަމުން ޒެވިޔަން ގޮވައިލިއެވެ. ” ލުކް އެޓް މީ ލައި..” އެލައިޝާ ބަހެއް ނުބުނެ އިސްޖަހައިގެން އިނުމުން ޒެވިޔަން އެލައިޝާގެ ދަތްދޮޅީގައި ހިފައި އިސް އުފުލާލިއެވެ. ” ހޭއި މައި ބާރބީ ގާރލް ރޮނީތަ.. ލައިއަށް ހީވަނީތަ މެހެކް ލައިދެކެ ރުޅިއައިސްފާނޭ.. ނޯ..އެކަކުވެސް ލައިއަށް ބުލޭމްއެއް ނުކުރާނެ.. އަޒެލް އެއީ މެހެކްއާއި އިންނަ ހިތުން އުޅުނު މީހެއްވެސް ނޫނެއްނު.. ހީ ޔޫސްޑް މެހެކް ލައި ހާސިލް ކުރަން.. ލައި ނުލިބޭނެކަން އެނގުނީމަ އޭނަ އެފިލީ.. އައި ނޯ އިޓްސް އަ ބޭޑް ޓައިމް ފޯރ މެހެކް..މީހުން ވަރަށް ފާޑުފާޑުގެ ވާހަކަ ދައްކާ އެބަ.. ބަޓް ލައި ބުނިހެން އަޒެލް ކައިވެނި ނުކުރިކަން އެއީ ނަސީބެއްނޫންތަ އަޅެ..އަހަރުމެން އުފަލެއްނޫންތަ ވާން ޖެހޭނީ.. އިތުރު ފުރުސަތެއް މިލިބުނީ މެހެކްއަށް މެހެކްގެ ލޯބި ހޯދަދޭން..މިފުރުސަތުގެ ބޭނުންނުހިފައި ލައި ތިގޮތަށް މާޔޫސްވެފަ ހުންނާނީތަ..” ޒެވިޔަންގެ އެވާހަކަތަށް އަޑު އަހާފައި އެލައިޝާ އޭނާއާއި ދިމާއަށް ބަލާލިއެވެ. ” ކަމޯން ލައި ލެޓްސް ޑޫ ސަމްތިންގް ފޯރ ހާރ..”
” ޒޭވް ތިބުނީ ރަގަނޅަށް.. މީ ހިތާމަކުރަންވީ ވަގުތެއްނޫން.. މެހެކްއަށް ހެލްޕްވާންވީ ވަގުތު.. މެހެކް އެންމެ އުފާވާނީ އަމަލްގެ މީހަކަށް ވެވުނީމަކަން އެނގޭ އޭނަ ނުބުންޏަސް.. ބަޓް ޒޭވް.. ކިހިނެއް އެދެމީހުން ގުޅުވާނީ.. ރީހާން އަންކަލް ގަބޫލެއްނުވާނެ. އެންޑް މެހެކް ހުރީ ބައްޕައާއި ދެކޮޅަށް ގޮސް ކައިވެނިކުރާ ގޮތަކަށްނޫން.. ސޯ ކިހިނެއް އަހަރުމެން އޭނައަށް ހެލްޕްވާނީ..” އެލައިޝާ ބުނިއެވެ. ” ތި ސިކުނޑިން މިވަގުތު އެކައްޗެއްވެސް ނުވިސްނޭނެ.. އައި ހޭވް އޭން އައިޑިއާ.. ޒޭވްއަށް ހީވޭ ވޯރކް ކުރާނެހެން..” ޒެވިޔަން އެލައިޝާއަށް ހަދަންވީގޮތް ކިޔައިދިނެވެ. އޭނާ ދެއްކި ވާހަކަތައް އަޑުއަހައިފައި އެލައިޝާގެ މޫނުގައިވާ ހިނިތުންވުން ފެނި އެހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ.
” އޯ ޒޭވް ޔޫ އާރ ދި ބެސްޓް.. ކީއްވެތަ އަހަރެންނަށް ތިހިޔާލު ނައީ..އަހަރެން މީ ބޮޑު މޮޔައެއް ދޯ.. ކަމެއް ވާއިރަށް ހައްލެއް ހޯދަން ނޫޅެވި ރޮވޭތޯ ވިއްޔަ މިއުޅެވެނީ..ހަމަ މިހާރު މިދަނީ ތިކަން ކުރަން..ތެންކިއު ޒޭވް..” ޒެވިޔަންގެ ގައިގައި ކުޑަކޮއް ބައްދައިލައިފައި އެލައިޝާ ބުނެލިއެވެ.
ދުރުގައި އެދެމީހުންނަށް ބަލަންހުރި އިބާންއަށް އޭނާގެ މޭމަތީގައި އަތް ޖައްސާލެވުނެވެ. ” އައި އޭމް ލޭޓް.. ” އިބާންވެސް އެތަނަށް އައީ އެލައިޝަ ހޯދާށެވެ. ނަމަވެސް އެލައިޝާގެ ގާތުގައި ޒެވިޔަން ހުރުމުން މަޑުކޮއްލީ އެދެމެދަށް ނުވަންނަންވެގެންނެވެ. ” ބަލާބަލަ އުފާވެފައިންވަރު.. ” އިބާން ބުނެލިއެވެ.
” ޔެސް ރީހާން އަހަރެންނަށް ހަމަ އަޒެލް ވީތަނެއް ނޭންގިގެން މިއުޅެނީ.. އަހަރުމެންގެ ތިމާގެ މީހަކުވެސް އުޅޭ ތަނެއްނޫން މިއީކީ.. ހަމަ އެއްގޮތަކަށްވެސް ނޭންގެ އަހަރެންގެ ދަރިފުޅު ދިޔަތަނެއް.. އެނގޭ އަޒެލްއާއި ހެދި ރީހާނަށް ވަރަށް މީހުން ފާޑުކިޔައި މެހެކްއަށް މަލާމާތްކޮއް ހަދާނެކަން..އައި އޭމް ސޮރީ އަހަރެންގެ ދަރިފުޅާއި ހެދި ރީހާން ލަދެއްގައި ބެދުނީ. އަޒެލްގެ ހަބަރެއް ވިއްޔާ އަހަރެން ރިހާނަށް ގުޅާނަން.. ” އާލޯކް ރީހާނައި ވާހަކަ ދެއްކީ ފޮނުންނެވެ. މިއީ ރީހާން އޭނައަށް އަޒެލް ހޯދަން ގުޅި 10 ވަނަ ފަހަރެވެ. ކޮންމެ ފަހަރަކުވެސް އަލޯކު ދެނީ އެއް ޖަވާބެކެވެ. އަޒެލް ވީތަނެއް ނޭނގޭ ކަމުގައި ބުނެ ދޮގު ހަދަނީއެވެ. އެއީ އަޒެލް އޭނާ ގާތު ކަންތައް ކުރުމަށް ބުނެފައިވާ ގޮތް ކަމަށް ވާތީއެވެ.
” އަޒެލް ރީހާން އަހަންނަށް ވަރަށް އެބަ ގުޅާ.. އަޒެލްގެ ސަބަބުން އެމީހުންނަށް ކިހާ ބޮޑު ހިތާމައެއް އެލިބުނީ.. އަހަންނަކަށް އެއްގޮތަކައްވެސް ނުވިސްނުނު ތިގޮތަށް ކަންތައް ކުރަން ޖެހުނު ސަބަބެއް.. އަޒެލްއެއް ނޫންތަ ބޭނުންވީ މެހެކްއާއި އިންނަން ދެން ކީއްވެ އެކުއްޖާއަށް ތިހާ ބޮޑު ދެރައެއް ތިދިނީ.. އަޒެލްއަށްވެސް އެނގޭނެ މީގެ ސަބަބުން އެކުއްޖާގެ މުސްތަގްބަލަށް ކުރާނެ އަސަރު.. ކިތަންމެ މުއްސަންޖެއްގެ ދަރިއަކަަށް ވިޔަސް މީހުން ބުނާނީ އެކުއްޖާގެ އުނި ސިފައެއް ހުރިޔޭ ދޯ.. އަހަންނަށް ފެންނަނީ ރީހާންއާއި ވާހަކަ ދައްކައިގެން އަލުން ތިކައިވެނި ހަމަޖައްސަން..”
” ކަލޭ ކިއްވެތަ އޭނައާއި މެދު މާ ހަމްދަރުދީ ތިވަނީ.. ކަލޭ ނުޖެހޭނެ އަހަރެން ކަންތައް ކުރަންވީ ގޮތް ކިޔައިދޭކަށް.. ތީ އަހަރެން ބުނާ ކަންތައް ކުރުމަށް ގެނެސްފަހުރި މީހެއް.. ޖީބަށް ފައިސާކޮޅެއް ލައިދީފައި އަހަރެންގެ ބައްޕަގެ ރޯލް ކުޅެދޭށޭ ބުނީމަ ކަލެއަށް ކަލޭގެ ފެންވަރު އޮޅުނީތަ.. އޭތް
ތިއުޅެނީ އަހަރެންގެ ބައްޕައަށް ވާންތަ.. ތީ މަގޭ ނޯކަރެއްކަން ހަނދާން ނެތުނީތަ..” އާލޯކްގެ ވާހަކަހުރި ގޮތުން އަޒެލް އިތުރަށް ރުޅިގަދަވިއެވެ. އަލޯކް ބުނީ އޭނައަށް އޭނަގެ ފެންވަރު ނޯޅޭކަމަށާއި ކުރިން އަޒެލް މިގޮތަށް ކަންތައް ކުރާނެކަން އެނގޭނަމަ އަޒެލްއާއި ބައިވެރިވެ މީހަކަށް އޮޅުވައިނުލީސްކަމަށެވެ.
” އަހަރެން މީހަކަށް އޮޅުވައިލިއްޔާ ކަލެއަށް ކީއްތަ.. އަހަރެން ހުންނާނީ ކަލޭ ބުނި އަދަދަކަށް ފައިސާ އެކައުންޓަށް ޖަމާކޮއްދީފައި..ކަލެއަށް މުހިއްމީ ފައިސާއެއް ނޫންތަ.. ފައިސާއަށްޓަކައި ކޮންމެ ކަމެއްވެސް ކޮއްފާނަމޭ ބުނީމެއްނޫންތަ.. އަހަރެން ކަލެއާއި މިޖެއްސީ ހަމަ އެކަނި އަހަރެންގެ ބައްޕައަށް ވެގެން ހުންނަން.. އެހާ ފަސޭހަ ގޮތަކުން ފައިސާ ލިބޭއިރުވެސް ކަލޭ މަށަށްެ ލެކްޗަރު ދެނީތަ.. ” އަޒެލް ބުނެލިއެވެ.
” އަޒެލްއަށް ހަމަ ރަގަނޅަށް އިނގޭނެ އަހަރެން މިވަގުތު ފައިސާ ބޭނުންވެފަ ހުރިވަރު.. އަހަރެން ކޮންމެ ކަމެއްވެސް ކުރަން ބުނީ އަހަރެންގެ ދަރިފުޅުގެ ހައްގުގައި.. އެ ދަރިފުޅުގެ އޮޕަރޭސަން ނުކުރެވިއްޖިއްޔާ އަހަންނަށް ދަރިފުޅު އުމުރަށް ގެއްލިދާނެތީ.. އަހަރެން ހީކުރީ ތީ ވަރަށް މާތް މީހެއްކަމަށް.. ހީޔެއް ނުކުރަން ތިގޮތަށް އަންހެން ކުއްޖެއްގެ ދިރިއުޅުމާއި ކުޅެލަފާނެ ކަމަކަށް.. އަހަރެން ލަދުގަނޭ މިކަމުގައި އަހަންނަށް ބައިވެރިވެވުނީތީ..” އާލޯކް ބުނެލިއެވެ.
” ބޭކާރު ވާހަކަ ނުދައްކާ ފުރަން ތައްޔާރުވޭ.. އިތުރަށް މިތާ ހުރުމުގެ ބޭނުމެއްނެތް.. މެހެކް މެދުވެރިކޮއްގެން އަހަންނަށް އަހަރެންގެ ލޯބި ކާމިޔާބު ކުރެވޭކަށްނެތް.. ބޭކާރު ކަމެއް މިކުރެވުނީ..” ފާރުގައި އަތުން ޖަހަމުން އަޒެލް ބުނެލިއެވެ.
ހެނދުނުގެ ވަގުތެވެ. އެހެން ދުވަސް ދުވަހެކޭ އެއްފަދައިން ރީހާން އޮފީހަށް ދިޔުމަށްޓަކައި ތައްޔާރުވަމުން ދިޔައެވެ. އިއްޔެ އޭނާގެ މޫނުމަތިން ފެނުނު މާޔޫސްކަމެއް މިހާރު ފެންނާކަށް ނެތެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން އިން ރޭނާ އިނީ ވާނުވާ ނޭންގިފައެވެ.
” ރީހާން ކީއްކުރަން މިއަދު އޮފީހަށް ނިކުންނަނީ.. މެހެކް ކައިރިއަށް ހަމަ ނުވަންނާނަންތަ.. އެކުއްޖާއާއި އެއްފަހަރު ނަމަވެސް ވާހަކަ ދައްކާލަބަލަ.. އޭގެފަހުން އަދި ކޮޓަރިން ނުނިކުމޭ..” ލޯގަނޑުކުރިމަތީ ރީތިވާންހުރި ރީހާންގެ ކުރިމައްޗަށް އަރަމުން ރޭނާ ބުނެލިއެވެ.
” އަހަރެން އެންމެންނާއި ވާހަކައެއް ދައްކާލަން ބޭނުން.. އެންމެން ކައިރީ ބުނޭ ތިރިއަށް އަންނާށޭ.. މެހެކްވެސް ގެންނާތި.. ބުނޭ ޑޭޑް ބުންޏޭ އަންނާށޭ..” އެހެން ބުނުމައްފަހު ރީހާން ކޮޓަރިން ނިކުމެގެން ދިޔައެވެ.
ރޭނާ އެތަށް ވާހަކައެއް ދެއްކުމުން މެހެކް ބޭރަށް ނިކުންނަން އެއްބަސްވިއެވެ. ދެމައިން އެކީގައި ތިރިއަށް ފޭބިއިރު އެންމެން އެތާގައި ތިއްބެވެ.
” އަޒެލް ފިލައިގެން ދިޔުމަކީ މެހެކްއަށް ލިބޭނެ ދެރައެއްނޫން.. އެކަހަލަ ކިތަންމެ އަޒެލްއަށް އަހަރެންގެ ދަރިފުޅާއި އިންނަން ހުރީ ތައްޔާރަށް.. މީހުން ފާޑުފާޑުގެ ވާހަކަ އެބަ ދައްކާ.. އެމީހުންގެ އަނގަ ބަންދުކުރެވޭނީ ވީހާވެސް އަވަހަކަށް މެހެކް ކައިވެނި ކޮއްގެން.. އެމީހުން ހީކުރަނީ މެހެކްއާއި އިންނާނެ މީހެއް ނުވާނެ ކަމައްތަ.. ހަހް.. ރީހާން ކަންނާގެ އަންހެން ދަރިފުޅާއި އިންނަން ބޭނުންވާ މީހުންގެ ލިސްޓު ވަރަށް ދިގު.. އަހަރެން މިފަހަރު މީހަކު މި ހޮވީ ވަރަށް ވިސްނައިފައި.. މެހެކްއާއި އެންމެ ގުޅޭނީ އޭނައާއި..” ރީހާން ވާހަކަ ދައްކައި ނިމުނުއިރު މެހެކް ހުރީ ސޯފާއިން ތެދުވެ އޭނާގެ ކުރިމަތީގައެވެ. އޭނާގެ ބައްޕަ އެއީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ. އޭނަގެ ކައިވެނި ކުރަން އުޅުނު މިހާ ފިލައި ކައިވެނި ކެންސަލްވިތާ އަދި މިއުޅެނީ 24 ގަޑި އިރުވެސް ނުވެގެންނެވެ. މިހާ އަވަހަށް އެދައްކަނީ އެހެން މީހަކު ހޮވި ވާހަކައެވެ.
” ރިއަލީ ޑޭޑް.. އަދި މިއުޅެނި އަޒެލް އަހަރެން ދޫކޮއްލައިފައި ދިޔަތާ 24 ގަޑިއިރު ނެވެގެން.. އެއީވެސް ޑޭޑްގެ ހޮވުމެއްނު..މިހާ އަވަހަށް ތިދައްކަނީ އެހެން މީހަކު ހޮވި ވާހަކަ.. އަހަންނާއި ދޭތެރޭ ޑޭޑް ކުޑަކޮއްވެސް ވިސްނައިނުލަނީތަ.. އަހަރެން ނުބުނާނަން ދުވަހަކުވެސް މިހަކާއި ނީންނާނަމެކޭ.. އަދި އިންނާނީވެސް ޑޭޑް ދެއްކި މީހަކާއި.. އެކަމް އަހަންނަށް ވަގުތުކޮޅެއް ދީބަލަ ދޯ.. އަހަރެން ބޭނުން ކުޑަ ދުވަސްކޮޅަކަށް ގޯއާއިން ބެރަށް ދާން.. ޕްލީޒް ޑޭޑް.. އަހަރެން އައިމަ އަހަންނަށް އޯކޭ ކިތަންމެ އަވަހަށް އިންނަން ޖެހުނަސް..”
” އޯކޭ މެހެކް ބޭނުން ތާކަށް ދާންވި ހަމަ.. ކުޑަކޮށް ޓުރެވެލް ކޮއްލާ.. އެކަމަކު އޭނައާއި ބައްދަލުކޮއްލުމަށްފަހު.. އަހަރެން އެ ފިރިހެން ކުއްޖާއާއި އޭނަގެ ބައްޕައަށް ހެނދުނުގެ ނާސްތާއަށް ދައުވަތު ދީފައި އިންނާނީ.. މިހާރު އައުމުގެ މަގުމަތީގައި ކަންނޭންގެ އުޅޭނީ.. ވަރަށް ގަޑިއަށް ފަރުވާތެރި ފިރިހެން ކުއްޖެއް އެއީ.. އޭނައާއި ވާހަކަ ދައްކައިލައިފައި އޯކޭ މެހެކް ކޮންމެ ތަކަސް ދިޔަޔަސް.. ” ރީހާން ބުނެލިއެވެ.
” އަޅެ އެންމެ ފަހަރަކު އަހަރެން ކައިރީ އަހާލިނަމަ ޑޭޑް..” މެހެކްގެ ހިތުގައި އޭނަގެ ބައްޕައާއި މެދު ޝަކުވާ އުފެދުނެވެ.
” އަހަރެން މިދަނީ ބަގީޗާއަށް.. އަހަންނާއި ވާހަކަ ދައްކަން ބޭނުންވިއްޔާ އެތަނަށް ގެނޭ.. އަނެއްހެން އަހަންނާއި ވާހަކަ ދެއްކުމުގެ ބޭނުމެއް ނުވެސްނެތް.. ޑޭޑްއަށް އޭނަ ކަމުދަންޏާ އަހަރެން މިހުރީ ކައިވެނި ކުރާ ގޮތަށް..”
” އަހަރެންގެ މެހެކް ހުންނާނީ ވަރަށް އުފަލުގަ.. ހީ އިޒް ޕާރފެކްޓް ފޯރ ހާރ.. ” މެހެކް ނިކުމެގެން ދިޔަތަން ބަލަން އިނދެފައި ރިހާން ބުނެލިއެވެ. ދެން ތިބި މީހުންވެސް މެހެކް ދިޔުމުން ރީހަން ގާތުގައި ޝަކުވާކޮއް ހެދިއެވެ. ރީހާން ބުނީ އެމީހުންވެސް ފަހުން އޭނާގެ ނިންމުމަށް ތާއީދު ކުރާނެ ކަމަށެވެ. އެއީ މެހެކްއަށް އެންމެ ރަގަނޅުގޮތް ކަމަށް ވާތީއެވެ.
ބަގީޗާއަށް ނިކުތް މެހެކްގެ ހިތުގައި އެތައް ޝަކުވާއެއް އުފެދި އެދެލޮލުން ކަރުނަ ފައިބަންފެށިއެވެ. އެއީ އެތައް އިރަކު އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތަކެކެވެ. ބައްޕަމެންގެ ކުރިމަތީ ރޯކަށް އޭނާ ބޭނުމެއް ނުވިއެވެ.
” ތި ރުއިން ހުއްޓާލަބަލަ.. މިއީ އުފާކުރަންވީ ވަގުތު..” ކުރިމަތިން އިވިގެން ދިޔައީ އަމަލްގެ އަޑެވެ.
” އާމް.. ކިހިނެއް މިތަނަށް ވަނީ.. ޑޭޑްއަށް ފެނިއްޖިއްޔާ ހީ ވިލް ކިލް ޔޫ.. ޕްލީޒް މިތަނުން ދޭ.. މިއީ މިހާރު އާމްއާއި ބެހޭ ކަމެއްނޫން.. އަހަރެން ބޭނުމެއްނޫން އަހަންނާއި ހެދި ޑޭޑް އާމްއަށް ކަމެއް ކުރާކަށް.. އެންޑު އާމްއާއި ވާހަކަ ދައްކާކައްވެސް ބޭނުމެއްނޫން.. ޑޭޑް އަނެއްކާ އަހަރެންގެ ކައިވެނި ހަމަޖައްސައިފި.. ޕްލީޒް ލީވް..” މެހެކް އަމަލް ގާތުގައި އެތަނުން ދިޔުމަށް އާދޭސްކުރަން ފެށިއެވެ.
” އަހަރެން ދެން ދުވަހަކުވެސް މެހެކް ދޫކޮއްލާފައެއް ނުދާނަން..”
” އަމަލް މޮޔަވީތަ..ޑޭޑް ދުވަހަކުވެސް ގަބޫލެއް ނުވާނެއޭ.. ” މެހެކް ބުނެލިއެވެ.
” ޑޭޑްގެ ހޮވުން މެހެކްއަށް ކަމުނުދާތީތަ އަމަލް ފޮނުވާލަން ތިއުޅެނީ.. ” ރީހާން އެހެން ބުނުމުން މެހެކްއަށް ކީކޭހޭ ބުނެވުނީ ރީހާން ބުނި އެއްޗެއް އަޑުނީވިގެނެއް ނޫނެވެ. ގަބޫލު ނުކުރެވުގެންނެވެ.
” މެހެކް އިންނަން ތިއުޅެނީ މެހެކް އެންމެ ލޯބިވާ އާމްއާއި އޭ އަންކަލް އެބުނީ.. ” ރީހާނުގެ ފަހަތުން ބަގީޗާއަށް ނިކުތް އެލައިޝާ ބުނެލިއެވެ. ގާތުގައި ރޭނާވެސް ހުއްޓެވެ. މެހެކް މީ ކިހިނެއް ވީ ކަމެއްހޭ އަހާލުމުން ޖަވާބު ދިނީ ރީހާނެވެ. އޭނާ ބުނީ ރޭގައި އެލައިޝާ އޭނާއަށް އަޒެލްގެ ހަގީގަތް ކިޔައިދިން ވާހަކައެވެ. އަދި މެހެކް އޭނާއަށް ޓަކައި ވަމުންދާ ގުރުބާނީއާއި މެދު ވިސްނައިލުމަށް އާދޭސްކުރި ވާހަކައެވެ.
” އަސްލު އަޒެލް އެގޮތަށް ކަންތައް ކުރުމުން ޑޭޑް ވަރަށް ދެރަވި.. ޑޭޑްއާއި ހެދި މެހެކްއަށް އެހެން ވުމުން ގަބޫލު ކުރެވުނު ޑޭޑް ހޮވުން ރަގަނޅުނޫން ކަމަށް.. ދަރިފުޅާއި ވާހަކަ ދައްކަންވެސް ނުކެރިފަ ހުރީ.. ޑޭޑްމެންނަށް ޓަކައި އަމަލް ދޫކޮއްލުމުންވެސް އެނގުނު މެހެކްއަކީ މައިންބަފައިންނަށް ކިޔަމަންތެރިވާ ދަރިއެއްކަން.. އަޒެލްގެ ހަގީގަތް އެނގިހުރެ އޭނާއާއި އިންނަން އެއްބަސްވީ ޑޭޑްމެން ޓަކައިކަން އެނގުމުން ވަރަށް ދެރަވި.. ލައި ކިޔާދިން އަމަލްގެ ވާހަކަވެސް..ބުނި އޭނާ އެހުރީ އަހަރެން ގަބޫލު ނުވަނީސް މެހެކްއާއި ކައިވެނި ނުކުރަންށޯ.. އެއީ ރަގަނޅު ކުއްޖެއް.. ގަބޫލުކުރެވޭ މިހާރު އެއީ އަހަރެންގެ މުދާގަނޑާއި ހެދި އުޅޭ ކުއްޖެއްނޫންކަން.. މުދަލާއި ހެދި އުޅޭނަމަ އުޅުނީހީ ދަރިފުޅުގެ ބޮލަށް ވަދެގެން ފިލައިގެން ދެވޭތީ.. އެއީ ދަރިފުޅު ދެކެ ލޯބިވާ އަދި އަހަރުމެންނަށް އިހްތިރާމްކުރާ ކުއްޖެއް.. އަހަރެންގެ މެހެކްއާއި އެކަށީގެންވަ ރަގަނޅު ބައިވެރިއެއް އެއީ.. ޑޭޑްއަށް މެހެކްގެ ހޮވުން ވަރަށް ކަމުދޭ.. ތިދެކުދިން ބޭނުން ދުވަހަކުން ކައިވެނި ކުރަންވީ.. ”
” އޯ ޑޭޑް އައި ކާންޓް ބިލީވް ދިސް.. އައި ލަވް ޔޫ..” މެހެކް ގޮސް ރީހާނު ގައިގައި ބައްދައިލަމުން ބުންޏެވެ.
” ދެން ބުނެބަލަ ކޮންތާކަށް ދަރިފުޅު ދާން ބޭނުންވަނީ ޑޭޑް ޓިކެޓް ހަމަޖައްސަދޭނަން..” ރީހާން ބުނެލިއެވެ.
” މެހެކް ތަނަކަށް ދާންތަ ތިއުޅެނީ..” އެލައިޝާ އަހައިލިއެވެ. މެހެކް ދުވަސްކޮޅަކަށް ގޯއާއިން ބޭރަށް ދާން ބޭނުންވާ ވާހަކަ ބުނީ ރޭނާއެވެ. ” ނުދެވޭނެ މެހެކްއަކަށް އެއްވެސް ތަކަށް.. އަހަރެން ފުރަން ހަފްތާއަކަށް ވީމަ މެހެކް ތިއުޅެނީ ދާން.. ”
” މިކަންތައްތަކާއި ހެދި އަހަރެން ހަނދާން ނެތުނީއޭ.. ނުދާނަމޭ މެހެކްއެއް..ލައިއަށް އުދަނގޫކުރަން ހުންނާނީ.. އޯކޭއެއްނު” އެލައިޝާ އާއެކެ ބުނެ ބޯ ޖަހައިލިއެވެ.
ގެއައް ގޮސް އެލައިޝާ އެންމެ ފުރަތަމަވެސް އަވަސްވެގަތީ އެހަބަރު އޭނަގެ ބައްޕައަށް ދިނުމަށެވެ. އެއައްފަހު ޒެވިޔަން އަށް ޝުކުރުއަދާ ކުރުމުގެ ގޮތުން މެސެޖެއް ކޮއްލިއެވެ. ރިހާނާއި ވާހަކަ ދައްކަން ހިޔާލުދިނީ ޒެވިޔަން ކަމަށް ވާތީއެވެ.
ހަވީރު އިބާންއާއި އެކު ކޮފީއަކަށް ދިޔައީ ދެމީހުން އެކީގައި ބޭރަށް ނުދާތާ ގިނަ ދުވަސްވެއްޖެ ކިޔައިގެން އިބާން ގުޅައިފައި ޝަކުވާކުރުމުންނެވެ.
” ވަރަށް މިސްވާނެ އިނގޭ އިބާން މަތިން އެކޮޅަށް ދިޔައިމަ.. ” އެލައިޝާ ބުނެލިއެވެ. އިބާން އަހައިލީ ތިއުޅެނީ ތަނަކަށް ދާން ހެއްޔޭއެވެ. ” ނުބުނެވޭތަ އަދި އިބާން ކައިރިއަކު އަހަރެން މިއުޅެނީ ކިޔަވަން ދާންށޭ.. ޗުއްޓީއަކަށް އައިސްއޭ މިއުޅެނީ.. ޒޭވްވެސް ނުބުނޭތަ އަހަރެން ކިޔަވާ ވަހަކައެއް..”
” ޕިސް ޑޮކްޓަރ އެލައިޝާ ދޯ.. އެހާވަރަށް ކިޔަވާ އެއްޗެއް ނުނޭ.. މިހާރު ވާވަރަށް ކިޔެވިއްޖެއެއްނު.. އާއްމު ބަލިތަކަށް ފަރުވާ ދެވޭނެ އެއްނު.. އަނެއްކާ އިތުރު ދެއަހަރު ކިޔަވަން..”
” އާއްމު ބަލިތަކުގެ ޑޮކްޓަރަކަށް ވުމެއް ނޫނެ އަހަރެންގެ ހުވަފެނަކީ.. ދެން އެންމެ ދެއަހަރު..” އެލައިޝާ އެހެން ބުނުމުން އިބާން ބަލައިލީ ފޫހި ގޮތަކަށެވެ.
” ދެން ލައި ހަމަ އަހަރެން ދޫކޮއްލާފަ ދާނީތަ.. އެހާ ދުވަހު ޑޭޓް ކޮއްފަ ތިގޮތަށް ދިޔައިމަ ދެރަވާނެ އިނގޭ..” މަޖަލަކަށް ބުނާ އެކަހަލަ އެއްޗެހިވެސް އިބާން ބުނަނީ ވަރަށް ސީރިއަސް ރާގެއްގައެވެ. އިބާން ހަމަ ފުލާރޓް ކުރަން މޮޅީއޭ އެލައިޝާ ހިތަށް އެރިއެވެ. ” ކޮން އިރަކު އަހަރެން އިބާންއާއި ޑޭޓް ކުރީ..” އެލައިޝާ އަހައިލިއެވެ.
” ލަައި އަހަންނާއި ޑެޓްއެއްނޫންތަ ތިކުރަނީ.. ދެން އަހަރުމެން މިހުރިހާ ދުވަހު ކީއްތަ މިކުރަނީ..” ނުލަފާ ގޮތަކަށް ހީލަމުން އިބާން ބުނެލިއެވެ. ” އަހަންނާއި އިނދެފަ އިނގޭ ކިޔަވަން ދަންވާނީ..” އެލައިޝާ އެއްޗެކޭ ބުނުމުގެ ކުރިން އިބަން ބުނެލިއެވެ. އަދި އެލައިޝާއާއި ދިމައަށް އެއްލޯ މަރައިލިއެވެ.
” ނޫޅެން ތިކަހަލަ މޮޔައަކާއި އިންނާކަށް.. ” އެލައިޝާ އެހެން ބުުނުމުން އިބާން ފެށީ ހޭށެވެ. އަދި އެންމެ ފަހުން އިންނަން ޖެހޭނީ އޭނާއާއިއޭ ބުނެލިއެވެ.
“ޒޭވް..” ޒެވިޔަންގެ ކެބިންއަށް ވަންނަމުން އެނާގެ ބައްޕަ ޒުހޭރު އޭނައަސް ގޮވައިލިއެވެ. ބައްޕަ އޮފީހުގައި ކީއްކުރަނީތޯ ޒެވިޔަން އެހެމުން އާ ޕުރޮޖެކްޓެއްގެ ވާހަކަ ދައްކަން ކަމުގައި ބުންޏެވެ.
” މިއީ އަހަރެން ވަރަށް އިންތިޒާރު ކުރަމުން އައި ޕުރޮޖެކްޓެއް.. މި ޕުރޮޖެކްޓް ލިބެއްޖެނަމަ ކުންފުނީގެ ފައިދާ އެތަށް ގުނައަކަށް މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭ.. އަހަރެން ބޭނުންވަނީ މި ޕުރޮޖެކްޓް އާއި ޒޭވް ހަވާލުވަން..” ޒެވިޔަން މައްސަލައެއް ނެތޭ ބުނުމުން ޒުހޭރު ބުނީ މާދަމާ ފުރަން ތައްޔާރުވާށޭއެވެ. ” ކޮން ތާކަށްތޯ .. މިކޮޅުގައެއްނޫންތޯ މަސައްކަތް ކުރަން ޖެހެނީ”
” ޔެސް.. ލަންކާގައި މަސައްކަތް ކުރަން ޖެހޭނީ.. ދެތިން ދުވަހު އެކޮޅުުގައި މަޑުކޮއްލަން ޖެހޭނެ..” ޒުހޭރުގެ ޖަވާބު އަޑު އަހައިފައި ޒެވިޔަން އޭނަ މިކޮޅުގައި މަޑުކޮއްގެން ވާނެ ގޮތެއް ނެތްހޭ އެހިއެވެ.
” ދަރިފުޅު ނުގޮސްވާނެ ނަމަ ޑޭޑްއެއް ނުބުނާނެ ދޯ އެކޮޅަށް ދާކަށް.. މިކޮޅުގައި ކަމެއް އޮތީތަ.. ޒުހޭރު އަހައިލިއެވެ. ޒެވިޔަން ބުނީ އެލައިޝާ ތިން ދުވަސް ފަހުން ފުރާ ވާހަަކައެވެ.
” ލައި ފުރަނީތަ..ސޮރީ ޒޭވް.. ޒޭވްވާނެ އެކޮޅަށް ދާން..ދެން ޑޭޑް ބަލާނަން ލައި ފުރަންވާއިރަށް ޒޭވް މިކޮޅަށް ގެނެވޭތޯ..” ޒުހޭރު އެހެން ބުނުމުން ޒެވިޔަން ދެރަވި ނަމަވެސް އޭނާ މޫނުމަތިން އެކަމެއް ނުދައްކައެވެ. ޒުހޭރު ނިކުމެގެން ދިޔުމުން މޭޒުމަތީ އޮތް ފޯނުނަގައި އެލައިޝާގެ ނަމްބަރަށް ގުޅައިލިއެވެ. ” އައި ހޭވް ޓު ޓެލް ހާރ ބިފޯރ ލީވިންގް.. ލައިދެކެ ލޯބިވާ ވާހަކަ މިރޭ ބުނާނަން އިރާދަކުރެއްވިއްޔާ..” ޒެވިޔަން މަޑުމަޑުން ބުނެލިއެވެ. ދެތިން ފަހަރު ރިންގުވުމަށްފަހު އެކޮޅުން އެލައިޝާ ހަލޯ އޭ ބުނި އަޑު އިވުނެވެ.
19 Comments
Comments are closed.
Hellow everyone.. here is the 13th part of the story.. hope yuh guys will like it.. mistakes buneladhehchey ingey ❤❤❤
Reethi
Aneh hen mistake eh faahaga eh nuvey
Yay
Emme fahun rwehaan ah visnun we dho
Nunnu beynun vanee zevian and elaishaa gulhuvaalaigen
Pls zevian ge hiy halaaku nukollachey
Thank yuh Nunnu ☺
Elaishaa gulheny kn kuhjakaa thw balaalamoa dhw ?
Masha allah v nice.n v ufalaa eku faahaga kuran typing mistake nuhunkan.adhi e ah vure ufaakuran alun stry up kuran fesheyma.aslu feshunyn shure mi stry kiyan and comm vex kureve but mihaar nan chang viyass.haha.
Keep it up dear.
Ummedh kuran mifaharu nimen dhen genass dheynr kamah.
Waiting 4 nw part
-salaam-?????
Thank yuh stry kiyaa man ☺❤
Iraadhakurehvihyaa mifaharu nimendhen genesdheynan ☺
I want iban n lai..
Lets see what happens dear ☺
One of my favourite story ❤❤
Hope mifaharu huhtaanulaa nimendhen up kuraane kamah.. Mi partvx hama varah salhi..waiting for the next part ?❤❤
Thank yuh Someone ❤?
Iraadhakurehvihyaa mifaharu nimendhen genesdheynan ☺
mysh beynun vany lai aa iban gulhen
Why not Lai and Zevian dear ?
Mi partves varah reethi..when next part
Thank yuh and keep waiting Hamm ❤?
Doesnt make any sense. Aloak is mehek dad ge friend ekoa now con man ekoa
Vaanuvaa
Ethankolhu rangalhah explain koh nudhevi einy..Reehaan dhoguvx hadhaifaane dhw Azel and Mehek gulhuvan beynunvaathy..Edhemyhunnaky friends kamahvi nama Reehaan ah neyngi eh nuhunnaane dhw Mehek, Azel and Elaishaa ehkoh kiyavan ulhunu kameh..But Reehan ah enguny Azel bunyma dhw..and eh partga reehaan bunefa innaane eyna ah Azelge goiy balaanulaa kaiveni kuruvan ulhevuny ey..
When next part Dear?
Haadha Lahey up kuraleh
Alhe avx kohladhee plx
Dhn neyge mi story up vaane dhuvaheh ..kiyuntherin inthixaaruga baithihbaafa kameh dhimaa viyyaa vx bunelun rangalhu kanneyge. ..Ekm gina writers hama liye liyefa story vaki hama akah dhaan vaairah huhtaalaany ..story varah vx reethi …varah kiyaahithun mihunnany …but mihn maaginaan hadhanyaa readers vx foohivaane.
Avahah upkh dheeba dhn ..