Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކަމަޖާދީނީ

ގެއްލުނު ޕެން ޑްރައިވް

Binth hamid Level 1
May 1, 2018 2 Mins Read
44 Comments

ސުކޫލުގައި ވަރަށް ބުރަ ދުވަސް ކޮޅެކެވެ. މެންދުރުގެ ހޫނުގަދަ ވަގުތު އަހަރެން ސުކޫލުން އައިސް،ގެޔަށް ވަދެ ބޫޓު ހަރުގަނޑަށް ލުމަށްފަހު، ވެފައިހުރި ވަރުބައްޔެއްގެ ބޮޑުކަމުން އަވަސްވެގަތީ ކޮޓަރި ހުޅުވުމަށެވެ. މަންމަވެސްވީ ސުކޫލުދަށަށް ކޮއްކޮ ބަލައިގޮސްކަމުން ގޭގައި އެވަގުތު މީހަކު ނެތެވެ.

ކާގެއަށްގޮސް ގޮނޑިއެއް ހިފައިގެން އައިސް އަހަރެން އެއަށް އަރައި ފެންލައިޓުމަތީ އޮތް ތަޅުދަނޑިފަތި ނެގޭތޯ ބެލީމެވެ. ކަންދިމާކުރިގޮތުން އެކަން ވަރަށް ފަސޭހައިން ކާމިޔާބުވިއެވެ. އަހަރެން އަވަސް އަވަހަށް ގޮނޑިން ފައިބައި ދުވެފައިގޮސް ގޮނޑި ކާގެއަށް ލީމެވެ. އޭރުވެސް ކޮނޑުގައި އޮތް ދަބަހާއި ވައަތުގައި ހުރި ފޮތްތަށް ދިޔައީ އަހަންނަށް ބަރުކުރަމުނެވެ. ވަގުތު ބޭކާރުކުރަން ނުހަދައި ދޮރުހުޅުވުމަށްފަހު އެތެރެއަށްވަދެ އެންމެ ފުރަތަމަ ކަމަކަށް ތަޅުދަނޑިފަތި އޮތް ތަނަށް ލީމެވެ. މިއީ  އަބަދު ކޮށްކޮށް އަހަންނަށް އާދަވެފައި ހުންނަ ކަމެކެވެ. ތަޅުހުޅުވައި ކޮޓަރިއަށް ވަނުމަށްފަހު އަބަދުވެސް ބޭއިޙްތިޔާރުގައި، އެންމެ ފުރަތަމައަށް ކުރެވޭނެ ކަމަކީ މިއީއެވެ. އަދި ހަމައެހެންމެ ކޮޓަރީގެ ތަޅުންގަނޑު ފުދޭވަރަކަށް އުސްކަމުން އަހަންނަށް އެކަމަށް ގޮނޑިއެއްގެ އެހީއެއްވެސް ބޭނުމެއް ނުވެއެވެ.

އެއަށްފަހު އަތުގައި ހުރި ފޮތްތަކާއި ދަބަސްވެސް މޭޒުމަތީ ބެހެއްޓީމެވެ. އަދި ބުރުގާ ބޭލުމަށްފަހު ލައިގެންހުރި ޔުނީފޯރމާއި އެއްކޮށް އެނދުމައްޗަށް ވެއްޓިގަތީމެވެ. އޭރު މަންމަމެން ވެސް ގެއަށް އައިއްސިއެވެ. އެހެން އޮއްވައިކުއްލިއަކަށް ހަނދާންވީ މިއަދު ސުކޫލުން އަންނަމުން ކުލާސް ކުއްޖަކު ގެނެސްދިން އަހަރެންގެ ޕެން މަތިންނެވެ. އެއީ ކުރީ ދުވަހު މަދަހަތަކެއް އަޅަން އަހަރެން އޭނައަށް ދިން ޕެން އެކެވެ. ޕެން ދިން ވަގުތު ހުރީ މަގުމަތީގައި ކަމުން، އަލުން ދަބަސް ބޭލުމަށްފަހު ލާން މަސައްކަތަށް އަހަރެންއައީ ޕެން އަތުން ހިފައިގެންނެވެ. އެކަމަކު މިހާރު އެޔެއް އަތަކުނެތެވެ. ވަގުތުން އަހަރެން ތެދުވެގެން ދިޔައީ މޭޒު މަތީގައި ޕެން އޮތްތޯ ބަލާށެވެ. ނަމަވެސް މުޅި މޭޒުމަތި ބަލާ ފާސްކުރި އިރުވެސް އެ ޕެންއެއް ނުފެނުނެވެ. އެހެންވެއްޖެނަމަ ޕެން މަގުމައްޗަށް ވެއްޓުނީ ހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ.

އެއީ އަހަންނަށް ވަރަށް ވަރުން ލިބުނު އެއްޗެކެވެ.ބައްޕަ އެ ގަނެދެމުންވެސް އެތަށް ފަހަރަކު ޕެން ގެއްލުވާނުލައި ބަލައިގެން ގެންގުޅުމަށް ބުންޏެވެ. އަދި އެ ގެއްލިއްޖެނަމަ އިތުރު ޕެންއެއް ނުގަނެދޭނަމޭވެސް ބުންޏެވެ. އެހެންވެ އަހަރެން ޕެން ގެންގުޅެނީވެސް މަންމަ އަތަށްދީ، ފޮރުވައިގެންނެވެ. އެވަރުންވެސް މިއޮއްވާގޮތެއް ދޯއެވެ. ހައްތަހާވެސް އަހަރެންގެ ފަރުވާކުޑަ ކަމާ ހަނދާން ބަލިކަމެވެ. އެއްފަހަރު މިހާރު ޕެން ޖިންސު ޖީބުގައި އޮއްވާ ދޮވެވެސް ލެވިއްޖެއެވެ. އެދުވަހުވެސް މަންމަ އެވަރަށް އެއްޗިހި ގޮވިއެވެ. އެކަމަކު ނަސީބަކުން ޕެން ހަލާކެއް ނުވެއެވެ. އެހެންވެ ބައްޕަ ކައިރީގައި މަންމަވެސް އެވާހަކައެއް ނުބުނެއެވެ. އަނެއްކޮޅުން ޕެންގައި ވަރަށް މުހިންމު ފައިލްސްތަކާ، ޑޮކިއުމެންޓްސްތައް ވެސް ހުންނާނެއެވެ. ދިވެހި ގަޑިއަށް އެންމެފަހުން ހެދި ޕަވާޕޮއިންޓް ޕްރެޒެންޓޭޝަން ވެސް ވާނީ އޭގައެވެ.

މިހުރިހާކަމެއް ހިތަށް އެރިއެރިހެން އަހަރެން ދިޔައީ ހާސް ވަމުންނެވެ. މިއަދު އަނެއްކާ ޕެން ގެއްލިއްޖެކަން އެނގިއްޖިއްޔާ މަންމަ ވެސް ވަރަށް ރުޅިގަދަ ވާނެއެވެ. އެކަމަކު ނުބުނެއެއް ވެސް ވާކަށް ނެތެވެ. އަހަރެެން ބޭރަށް ގޮސް ހިތްވަރު ކޮށްފައި މަންމަ ކައިރި އެވާހަކަ ބުނީމެވެ. ވަގުތުން މަންމަ އެއްޗިހި ގޮވަން ފަށައިފިއެވެ. އޭރު ކޮއްކޮއާއި އޭނާގެ ރައްޓެހިކުއްޖެއްވެސް އެތާ އިނެވެ. ކޮއްކޮއަށް އެއްޗެއް ވިސްނުނީ ކަންނޭގެއެވެ. މިދިޔަފަހަރުވެސް މަންމަ އެއްޗިހިގޮވިވަރު އޭނައަށް އެނގޭނެ ވިއްޔާއެވެ. އަހަރެން އެހެންބުނިހައިރުން މަގުމަތި ބަލައިލައިފައި އަންނަންމޭ ކިޔައިފައި އޭނާގެ ރަށްޓެހިކުއްޖާއާއި އެއްކޮށް ދިޔައެވެ.

އަހަރެންވެސް ދެން އެތާހުންނަން ނަހަދައި ދިޔައީ ކޮޓަރިއަށް ޔުނިފޯރމް ބަދަލުކޮށްލުމަށެވެ. އޭރުވެސް އަހަރެން ހުރީ ބިރުންނެވެ. މަގުމައްޗަށް އޭތިވެއްޓިއްޖިއްޔާ ލިބޭނެހެން ހީނުވާތީއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ މިޒަމާނުގައި އެގޮތަށް ގެއްލޭ އެއްޗެއް ވެރިއަކު އިނގުނަސް މީހުން ހޮވާފައި ނުދެއެވެ. ނަމަވެސް އޭރުވެސް އަހަރެންގެ ހިތުގައި މާތްﷲ އަށް އިތުބާރު އޮތެވެ. އެކަލާނގެ އެއްވެސް އަޅަކަށް ދެރަކަމެއް ނުޖައްސަވާނެއެވެ. އެއްޗިހި ބަދަލުކޮށްގެން ކޮޓަރިތެރޭ އަވަހަށް ޕެން ފެނުމަށް އެދި ދުޢާ ކޮއްލަކޮއްލާ ހުއްޓައި މަންމަ އެތެރެއަށް ވެނެވެ. އަދި މޭޒުމައްޗައް އަހަރެން އެއްލާފައިވާ ދަބަހާއި އުކާލާފައިވާ ފޮތްތައް ރާތި ކުރަންފެށިއެވެ. އެހެންހުރެގެންވެސް އިރުކޮޅުކޮޅުން މަންމަ އަހަރެންގެ ފަރުވާކުޑަކަމާ މެދު އެއްޗެއް ބުނެލައެވެ. އަހަރެންވެސް ދެރަވެފައި އިސްޖަހައިގެނަ އިނީމެވެ.

އިރުކޮޅެއްފަހުން މަންމަ ނިކުމެގެން ދިޔަތަނާ އިވެން ފެށީ ތަޅުދަނޑިފައްޗެއް ކަހަލަ އެއްޗެއްގެ އަޑެވެ. އަހަރެެން ގޮސް ބޭރު ބަލައިލިއިރު މަންމަ ފެންލައިޓުމައްޗަށް ތަޅުދަނޑިފަތި ލައިފައި ގޮނޑިން ފައިބަނީއެވެ. އަހަރެން މަންމަ ކައިރި އެހުމުން މޭޒު މަތީ އޮތް ދަބަހުގެ ދަށުގައި ތަޅުދަނޑިފަތި  އޮއްވާ ފެނުމުން ލީކަމުގައި ބުންޏެވެ.

އެކަމަކު އެހެންވާންވީ ކިހިނެއްހެއްޔެވެ. ހަމަ ޔަޤީނުންވެސް އަހަރެން ތަޅުދަނޑިފަތި  ފެންލައިޓުމައްޗަށް ލީމެވެ. ދެން އެހެންވިއްޔާ މިވަނީ ކީއްހެއްޔެވެ؟ އަހަރެން ކުޑަ އިރުކޮޅަކު ވިސްނާލީމެވެ. އަދި އަވަސް އަވަހަށް ގޮސް ގޮނޑިއެއް ގެނެސް، އެއަށް އަރައިގެން އަހަރެން ތަޅުދަނޑިފަތި ލީހިސާބުގައި އަތްހާކައިލީމެވެ. އެއަށްފަހު އަހަރެން އަތުގައި ޖެހުނުއެތި ނަގައި ބަލައި ލީމެވެ. އާނއެކެވެ. އަހަންނަށް ހީވީ ހަމަ ރަނގަޅަށެވެ. އެއީ އަހަރެންގެ ޕެން އެވެ. ވެފައިހުރި ވަރުބައްޔެއްގެ ސަބަބުން ޕެންއާއި ތަޅުދަނޑިފަތި އޮޅުނުއިރުވެސް ނޭނގުނީއެވެ. އަދި ފޮތްތަކާއި ދަބަސް ބެހެއްޓިއިރު އެންމެ ފުރަތަމަ އަތުގައި ހުރި ފޮތްތަކާއި ތަޅުދަނޑިފަތި ބާއްވައި އޭގެމަތީގައި ދަބަސް ބެހެއްޓުނީއެވެ. ޕެން ހޯދަން މޭޒުމަތި ބެލި އިރުވެސް، އެންމެ ފަހަރަކުވެސް ދަބަސް ހިއްލައި ނުލަމެވެ.

ވީގޮތް ރަނގަޅަށް ރޭކާލުމާއެކު އަހަރެންގެ މޮޔަކަމާމެދު ހެވެންފެށުނެވެ. އަދި ވަގުތުން ޕެން ފެނުމުން މާތްﷲ އަށް ޝުކުރު އަދާކުރީމެވެ. އަހަރެން އަވަހަށް ގޮސް މަންމައަށް ޕެން ދެއްކީމެވެ. ހަމަ އެވަގުތު ކޮއްކޮމެންވެސް ޕެންއެއް ނުލިބުނޭ ކިޔަމުން ގެޔަށް އައެވެ. އަހަރެން ހެމުން އެމީހުންނަށް ވީގޮތް ކިޔައި ދިނީމެވެ. އެމީހުންނަށްވެސް އެކަންވީ މަޖާކަމަކަށެވެ. އެހެންހުރެފައި ކޮއްކޮ އަހަންނާ ދިމާލަށް ބުންޏެވެ. ދޮންތި އަހަރެމެން ލައްވައި ތިކުރުވީ ބޭކާރު ދަތުރެކެވެ. އަހަރެމެން މިއައީ ސުކޫލާ ހަމައަށްވެސް ގޮއްސައެވެ. އެހައިދުރަށް ދިޔައީމާ މުޅިން ވަރުބަލި ވެއްޖެއެވެ. ކޮއްކޮ އެހެން ބުނުމުން އަހަރެން ބުނީމެވެ. ދޮންތިއަކަށްވެސް އެހެންވާނެކަމެއް ނޭނގޭނެ ނޫންހެއްޔެވެ؟ އެހެންނޫނަސް ތިއީ ބޭކާރުކަމެއް ކަމުގައި ނުދެކޭށެވެ. އިންޝާﷲ.. ކޮންމެވެސް ދުވަހަކުން ތިކަމުގެ ހެޔޮ ބަދަލް ތިދެކުދިންނަށް ލިބޭނެއެވެ.

Share Article

Follow Me Written By

Binth hamid

Level 1

A girl who loves to read and write dhivehi stories.. ? <3

Other Articles

Previous

ޖާދޫވި މޫނު (2)

Next

އާދޭސް ކުރާ ހިތްވޭ ރޮމުންް (25)

Next
May 1, 2018

އާދޭސް ކުރާ ހިތްވޭ ރޮމުންް (25)

Previews
May 1, 2018

ޖާދޫވި މޫނު (2)

44 Comments!

  1. idiot says:
    May 1, 2018 at 12:46 pm

    first

    1. Binth hamid says:
      May 1, 2018 at 1:05 pm

      Yes..?

  2. Binth says:
    May 1, 2018 at 12:54 pm

    Masha allah. V maja vaahaka eh.. Heehee halaaku vehjje..
    ??

    1. Binth hamid says:
      May 1, 2018 at 1:06 pm

      Jazakallah khairan binth..<3

  3. Binth hamid says:
    May 1, 2018 at 12:58 pm

    Salaam…this is my very first story to a site like this..plx comment ur views below..it’ll help me to improve my writing skills..ly all <3

  4. mishy says:
    May 1, 2018 at 1:38 pm

    Woww…. vrh reethi… vrh vrh majr…curiously waitinn 4 ur new strii….

    1. Binth hamid says:
      May 1, 2018 at 1:42 pm

      Jazakallah khairan <3 <3

  5. maazina says:
    May 1, 2018 at 1:38 pm

    aslu hageegatheh tha my?..maasha allah v reethi kiyaidheefa oi goi….. gud luk

    1. Binth hamid says:
      May 1, 2018 at 1:42 pm

      Yass!!! Jazakallah khairan

  6. reader says:
    May 1, 2018 at 1:39 pm

    Lol. ??? how old are you? ?

    1. Binth hamid says:
      May 1, 2018 at 1:40 pm

      Im a student…adhi 18 nuvey..?

  7. lotus says:
    May 1, 2018 at 2:17 pm

    Hehe.. nice.. hope to read anothr story frm u soon.. best of luck???

    1. Binth hamid says:
      May 1, 2018 at 3:27 pm

      Jazakallah khairan..in sha allah..I’ll try to write a new story soon..<3

  8. inan says:
    May 1, 2018 at 2:23 pm

    first story tha? Maa shaa allah.. vrh reethi.. hama aslugaves… kunnaa hamayah gossa kan kan falhaa eri hisaabun hama hini aadhevunu.. 🙂 vrh reethi.. Binth hamid ge ehn vaahaka eh avas muthaqbalegga kiyaalan libeyne kamah ummeedhu kuran.. 🙂

    1. inan says:
      May 1, 2018 at 2:24 pm

      adhi kiriyaa Binth hamid ge comment mi fenuny.. first dhw miee.. ekam ves vrh reethi.. maa sha allah.. 🙂

    2. Binth hamid says:
      May 4, 2018 at 10:01 am

      Jazakallah khairan inan.. midhuvas kulhu busy kamun new story eh geneveyne ekey yageen kamaa eku bunaakah neyge..ekam insha allah..1st trm tstah fahu ill try.. <3 ?

  9. Pinkish Pinker says:
    May 1, 2018 at 2:48 pm

    Thi hama ahannahves vaavaru…Hehe…first time v dhen OK dw…kuriah oiyythaga reethi vaahaka thakeh genes dheyne kamah ummeedhu kuran…May Allah bless ur work…

    1. Pinkish Pinker says:
      May 1, 2018 at 2:50 pm

      *V ma

    2. Binth hamid says:
      May 4, 2018 at 10:02 am

      Jazakallah khairan pinkish pinker <3 <3

  10. SHIFU says:
    May 1, 2018 at 3:15 pm

    Masha allah. V. Nice

    1. Binth hamid says:
      May 1, 2018 at 3:28 pm

      Jazakallah khairan..<3

  11. reader says:
    May 1, 2018 at 3:31 pm

    maasha allah binth hamidh…. waitin 4 ur next story… ???

    1. Binth hamid says:
      May 4, 2018 at 10:03 am

      Jazakallah khairan <3 <3

  12. Saadhu says:
    May 1, 2018 at 6:56 pm

    Nice

  13. Saadhu says:
    May 1, 2018 at 6:57 pm

    Kuru vahakaya balaafa v reethi

    1. Binth hamid says:
      May 1, 2018 at 7:41 pm

      Jazakallah khairan <3

  14. ASH CHUM says:
    May 1, 2018 at 7:20 pm

    Varah majaa ?????

    1. Binth hamid says:
      May 1, 2018 at 7:39 pm

      jazakallah khairan

  15. Dhonthxxx says:
    May 1, 2018 at 9:59 pm

    Binth in which grade you are studying?

    1. Binth hamid says:
      May 1, 2018 at 10:26 pm

      Hehe?

  16. Rose ? says:
    May 1, 2018 at 10:11 pm

    Miden koachen

    1. Binth hamid says:
      May 1, 2018 at 10:28 pm

      Just tried to write a funny story..jazakallah khairan story kiyaalaafa comment kollyma..? <3

  17. £44thun says:
    May 1, 2018 at 10:35 pm

    Maashaalaahu varah reethi

    1. Binth hamid says:
      May 1, 2018 at 10:48 pm

      Jazakallah khairan <3

  18. Kiyara says:
    May 1, 2018 at 11:31 pm

    MSA story vvreethi. Binth hamid ge new storyeh kiyaalan libeynekamah ummedhu kuran jazakallh khairan

    1. Binth hamid says:
      May 4, 2018 at 10:06 am

      Jazakallah khairan..in sha allah, ill try <3 <3

  19. Roo says:
    May 2, 2018 at 5:14 pm

    Hehe binth u grl or boy?? Anyways v salhi ?

    1. Binth hamid says:
      May 2, 2018 at 6:16 pm

      Hehe..Binth kiyaafa kiyaany anhen kudhinnakannu?
      Jazakallah khairan <3

  20. Aito says:
    May 3, 2018 at 9:42 pm

    Nice and funny .. Hope to see a new story .. Miss you and love you

    1. Binth hamid says:
      May 3, 2018 at 10:43 pm

      Jazakallah khairan..miss u n lurv u mre <3 <3 <3

  21. Ihoo says:
    May 15, 2018 at 2:32 pm

    Masha Allah… ??Waiting patiently for your other story..

    1. Binth hamid says:
      June 5, 2018 at 1:12 pm

      jazakallah khairan.. In sha allah soon.. <3

  22. Kooji says:
    July 2, 2018 at 12:03 pm

    not bad

  23. Butterfly says:
    August 9, 2019 at 10:25 pm

    V. FURihama

Comments are closed.



All Right Reserved!