Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކިފާހް (1)

Aishath Anaan Aamir Level 1
November 23, 2017 2 Mins Read
25 Comments

ކާރެއްގެ އިންތިޒާރުގައި ހުޅުލެ ފެރީ ޓަރމިނަލް ކައިރީ ހުރި ހުޔާން ހުރީ ރުޅި އައިސް ރަތް ވެފައެވެ. ޓެކްސީ 24 ގަޑި އިރު ދޭ ޙިދްމަތެއްގެ ގޮތުގައި ލޭބަލް ވެފައި އޮންނަ އިރު ވެސް ވާ ކަމެއް އޮންނަނީ އެއް ނޫނެވެ. ދެ ތިން ޓެކްސީ މިހާރު ވެސް ގޮއްސި އެވެ. ފެހި ލައިޓް ދިއްލައިން އަރާ ހަމަވުމަށް ފަހު އޭނާ އަތް ނެގުމާއި އެކުރަތް ލައިޓްް އަށް ބަދަލު ކޮށްލަނީ އެވެ. ދަންވަރު ނަމަވެސް ޙިދްމަތް އިންނަން ޖެހޭނެތާއެވެ. އޭނާ އަށް އެންމެ ކުޑަ މިނުން ޓެކްސީ ސެންޓަރެއްގެ ނަންބަރެއް ވެސް އެނގެނީ އެއް ނޫނެވެ.

ދާ ކޮންމެ ކާރަކަށް އޭނާ އަތް ނަގަމުން ދިޔައީ މަޑު ކުރާނޭ ކަމުގެ އުންމީދެއްގަ އެއްވެސް ނޫނެވެ. ފޯން އަށް ބަލަން ހުރެ އަތް ނަގަމުން ދިޔަ ހުޔާން އަށް ބަލާލެވުނީ ކާރެއް މަޑުކޮށްލި އަޑަށެވެ. ޕްރައިވެޓް ކާރެކެވެ. ކުރިމައްޗަށް މަޑުކޮއްލުމަށްފަހު ޑްރައިވަރު ކާރުގެ ބިއްލޫރި ގަނޑު ކަހާލިއެވެ. “އެސް ޓީ އޯ ކައިރި އަށް ލައިދެވިދާނެ ތަ ؟” ބޮކި ނިއްވާފައި ވާ ކާރާއި ދިމާލަށް ގުދު ވެލަމުން އޭނާ އަހާލި އެވެ. އަނދިރި ކަމުން ދުއްވަން އިން މީހާގެ މޫނު ވަކި ނުވިޔަސް އެއީ އަންހެން ކުއްޖެއް ކަން އެނގެ އެވެ. އެއްވެސް އިޝާރާތެއް ނުކޮށް އަދި ބަހެއް ވެސް ނުބުނެ އެ ކުއްޖާ ހުޅުވައިދިނީ ދޮރެވެ. އަރަންވީހޭ އެހުމުން ވެސް އެއްވެސް ޖަވާބެއް ނައުމުން އިރުކޮޅަކު ހުރެލުމަށްފަހު އޭގެ މާނަ އަކީ އަރާށޭ ކަމަށް ބަލައި ހުޔާނެ ކާރަށް އެރި އެވެ. އޭނާ ގެނައީ ހަމައެކަނި ސައިޑް ބޭގް އެއް ކަމުން ކާރުގެ ފަހަތު ސީޓް އަށް ލުމަށްފަހު ކުރިމަތީ ސީޓް ގައި އިށީނދެ ހަމަޖެހިލިއެވެ. އެ އަންހެން ކުއްޖާ ކާރުގެ ލައިޓް ދިއްލާލީ އެވަގުތު އެވެ. ހަމަ އެ ހިނދު ހުޔާން އަށް ވެސް އެ ކުއްޖާ އާ ދިމާލަށް ބަލާލެވުނެވެ. ކަޅި ނުހުއްޓުނީ ކިރިޔާ އެވެ.

އަޖައިބެއް ފަދަ ކުއްޖެކެވެ. ފަންފަން އިސްތަށިގަނޑެއްގެ ވެރި އެކެވެ. ހިސާބަކަށް މުށި ކުލަ ޖައްސާފައި ހުރުމުން އިތުރަށް ރީތި ކަމަށް ދައްކައެވެ. ފުރިހަމަ ދެލޮލެވެ. އެއްވެސް އައިބެއް ނެތް މޫނެކެވެ. ރީތި ކަމުގެ ލާމަސީލު މިސާލެކެވެ. ހުޔާން އަށް އެ އިންގޮތަށް ބަލަން އިނދެވުނީ ކިހާ އިރަކު ކަމެއް ނޭނގެ އެވެ. ހަމަހޭ ވެރި ވީ ބަމްޕަރެއްގެ މަތިން ކާރު ނެއްޓުމުންނެވެ. “ހެލޯ ހުޔާން ހިއަރ” ރާއްޖެއިން ނުފެންނަ ކަހަލަ ކުއްޖެއް ކަމުން ބޭރު ކުއްޖެއް ކަމަށް ނިނމައިން އިނގިރޭސީ ބަހުން ތައާރަފް ވެލިއެވެ. އެ އަންހެން ކުއްޖާގެ ފަަރާތުން ޖަވާބެއް ނައި ތާނގައި އަޑު އިވުނު ކަމަކަށް ވެސް ނުހެދެ އެވެ. އަޑު ނީވުނީ ކަމަށް ވެސް ވެދާނެ އެވެ. ނޫނީ ގަސްތުގައި އަޑު ނީވޭ ކަމަށް ހެދީ އެވެ.

އެކުއްޖާ އަޅާނުލުމުން ހުޔާން ހިސާބަކަށް ލަދުގަތެވެ. ނަމަވެސް އެހާ އަވަހަށް ހިތްވަރު އެލުވާނުލުމުގެ ގޮތުން އަނެއްކާވެސް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. “ޔުއަރ ނޭމް؟” ކުރިއަށްވުރެ ބާރަށް ހުޔާން އަހާލިއެވެ. މިފަހަރު ވެސް ވީހަމަ އެހެންނެވެ. ޖަވާބެއް ވެސް ނަޔެވެ. ކުޑަމިނުން ބަލާ ވެސް ނުލިއެވެ. އޭނާ ޙިޔާރު ކުރި މަގުން ހުއްޓުމެއްނެތި މަންޒިލާ ހަމައަށް ދަތުރު ކުރަމުން ދިޔައެވެ. ހުޔާން ކާރުތެރެއަށް ނަޒަރު ހިންގާލިއެވެ. އެތެރެ އިން ވެސް ފެންނަމުން ދިޔައީ އަންހެންވަންތަ ކަމެވެ. ކުތިމަތީ ލޯގަނޑުގައި ޑްރީމްކެޗަރ އެއް އެލުވާފައިއޮތެވެ. މުޅި ކާރުގައި ހަރުލާފައިވަނީ މަޑުމަޑު މީރުވަހެކެވެ. ހިތްހަމަ ޖައްސުވައިދޭ ވަހެކެވެ. އޭނާ އަށް އިހުސާސް ވަމުން ދިޔައީ ހިތްފަސޭހަ މާހައުލެއްގައި ދުނިޔެގެ އަޖައިބެއް ބަލަން އިނދެވުނު ހެންނެވެ. މިފަދަ އަންހެން ކުއްޖެއް މިހާދަންވަރު ކާރު ދުއްވަން އުޅެ ސަބަބަކާ މެދު ހުޔާން ވިސްނާލިއެވެ. އަންހެން ކުއްޖަކަށް އަދި އަމުދުން އެހާ ރީތި ކުއްޖަކަށް މިއީ އެއްވެސް ވަރަކަށް ރައްކާތެރި ގަޑި އެއްނޫނެވެ. އޭނާ އެއްވެސް ޖަވާބެއް ނުދިނީ އަނެއްކާ ބީރީ ބާއެވެ. ނޫނެވެ. ބީރެއް ނޫނެވެ. ބީރު ނަމަ އޭނާ އޭނާ ބުނި އެޑްރެސް އަޑެއް ނީވޭނެތާއެވެ. އެ ކުއްޖާ އާ ދިމާލަށް ބެލެނީއެވެ. ބަލަން ބޭނުންވަނީއެވެ. ނަމަވެސް އެކުއްޖާގެ ފަރާތުން އަންނާނެ ހަރަކާތެއް ނޭނގޭތީ ނުކެރެނީއެވެ. އެކުއްޖާ ކާރު މަޑުކޮށްލި އެވެ. އެސް ޓީ އޯ ކުރިމައްޗަށެވެ. އެކުއްޖާ އަށް ލާރިދޭން ޖީބުން ވޮލެޓް ނަގަން އުޅުނު ވަގުތު އެކުއްޖާ އޭނާ އާ ދިމާލަށް ބަލާލިއެވެ.

Share Article

Follow Me Written By

Aishath Anaan Aamir

Level 1

Other Articles

Previous

ހިތް މިއެދޭ ސޫރައޭ ތީމަގޭ (12 ވަނަ ބައި)

Next

ވޭންތަކުން ދިން ހިތި މާޒީ (20)

Next
November 24, 2017

ވޭންތަކުން ދިން ހިތި މާޒީ (20)

Previews
November 23, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ (12 ވަނަ ބައި)

25 Comments!

  1. Vishaa says:
    November 24, 2017 at 12:00 am

    Woooow nice….reethi vaane kameh umeedhu kuran?

    1. Aishath Anaan Aamir says:
      November 25, 2017 at 4:11 pm

      thankyouuu <3

  2. Addu manje says:
    November 24, 2017 at 12:08 am

    Varah reethi vaane hen heevanee.. Vaahaka eh ga viyas taxi aa beheygothun liyefa otheema hama thedhu…I loved that part.. ????
    kon dhuvahaku nxt part? Avahah genesdhehchey.. Any way Good luck my dear..☺

    1. Addu manje says:
      November 24, 2017 at 12:09 am

      Othee hama*

    2. Aishath Anaan Aamir says:
      November 25, 2017 at 4:13 pm

      heeeheh ! thanks. friday noon konme dhuvahaku !!

  3. Nia says:
    November 24, 2017 at 2:01 am

    V rythi vaanehn hyvey…. Waiting for nxt part….. Gud luck dear…

    1. Aishath Anaan Aamir says:
      November 25, 2017 at 4:13 pm

      thankyouuuu

  4. ?? says:
    November 24, 2017 at 7:23 am

    Nice starting.
    Ekm eba huri grammer mistakes. Rangalhukhlaane kamah heekuran

    1. Aishath Anaan Aamir says:
      November 25, 2017 at 4:14 pm

      labba, thankss

  5. Sweetie says:
    November 24, 2017 at 8:39 am

    Reethivaanehen heevanee. But PLZ avas avahah upkohdhehchey.

    1. Aishath Anaan Aamir says:
      November 25, 2017 at 4:14 pm

      friday noon konme dhuvhaku liyevun vrkh liyaanan,

  6. Zuam says:
    November 24, 2017 at 10:02 am

    Reethi….. waiting……❤❤

    1. Aishath Anaan Aamir says:
      November 25, 2017 at 4:15 pm

      thankyouuuu

  7. Xna says:
    November 24, 2017 at 10:19 am

    Rythi vaane hen heevey.. dhen faharakun dhigu Kohlachey..

    1. Aishath Anaan Aamir says:
      November 25, 2017 at 4:15 pm

      thanksssssss

  8. PRINCESS AFU says:
    November 24, 2017 at 11:50 am

    Feshun Vv salhi heevey reethi vaanehen
    Good luck ?

    1. Aishath Anaan Aamir says:
      November 25, 2017 at 4:16 pm

      thankyouuuuu

  9. Rsh says:
    November 24, 2017 at 1:36 pm

    V Kuru….
    But nice…

    1. Aishath Anaan Aamir says:
      November 25, 2017 at 4:17 pm

      time libeygothun nuliyevenyy, thankss

  10. hanaanu says:
    November 25, 2017 at 3:26 am

    varah kada.. maa kuru vaahaka eh. ekamu 2 vana bai annaane kamah ummedhu kuran

    1. Aishath Anaan Aamir says:
      November 25, 2017 at 4:17 pm

      labba. eiy time libey gothun, varah busy dhuvaskolheh ehenve

  11. Lam HER says:
    November 25, 2017 at 12:01 pm

    V reethi vaahaka eh?

    1. Aishath Anaan Aamir says:
      November 25, 2017 at 4:18 pm

      thankyouuuu

  12. Anonymous says:
    November 25, 2017 at 6:19 pm

    Nice..
    Eagerly waiting for the next part?
    When is it??

    1. Aishath Anaan Aamir says:
      November 26, 2017 at 1:36 pm

      its uploaded now

Comments are closed.


All Right Reserved!