މާޒީގެ ހަނދާނުންއެއްކިބާވެ އަވަހަށް ބަދިގެއިން އަވަދިވެގެން މައިޝާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ދަރިފުޅު މާއިން ހޭލައި އުޅޭކަން އެނގުމުންނެވެ. އެއިރު ސޯފާގައި އޮތް ކިޔާން ފެންނަންނެތުމުން އޭނާ ވާނީ ކޮޓަރީގައިކަން މައިޝާއަށް އެނގުނެވެ.
ކޮޓަރިދޮރު ހުޅުވާލުމާއިއެކު މާއިން ‘ޕޮއް’ ކިޔައި މަންމަ ސިއްސުވާލެވުނުކަމަށް ހީކޮށް ބާރު ބާރަށްހޭންފެށިއެވެ. މާއިންގެ ހިނިގަނޑުފެނި މައިޝާއަށާއި އެނދުގައި މަންޒަރުބަލަން އޮތް ކިޔާނަށްވެސް ހެވުނެވެ. ކިޔާން ނިދިންހޭލައްވާލާނީ މާއިންކަން މައިޝާއަށްއެނގުނެވެ. އާދައިގެމަތިން ކިޔާންއަކީ ގެއަށްއަންނަ ދުވަހަކު ނިދިހަމަކުރާމީހަކަށްވެފައި މިއަދު ކިޔާންއަށްނުނިދިގެން އެއުޅެނީ ސަބަބެއް ނެތިއެއް ނޫންކަންވެސް މައިޝާއަށް އެނގެއެވެ.
” ސޯފާގަ އޮއްވާ މާން ހޭލައްވާލީ ދޯ؟” މާއިން ގާތަށް ގެނެސް އޭނާލައިގެންހުރި ނިދާހެދުން ބާލުވާދެމުން މައިޝާ ކިޔާންއާއި ސުވާލުކުރިއެވެ. ޖަވާބުގައި ނޫނެކެ ބުނެ ކިޔާން ބާލީހަށް ބޯއަރުވައި އެނދުގައި ހަމަޖެހިލީ މައިޝާއަށް ފުރަގަސްދެމުންނެވެ. އަދިވެސް ކިޔާންއެހެރީ މައިޝާދެއްކި ވާހަކައާއިމެދު ބުނާނޭ އެއްޗެއްނޭނގޭތީ މައިޝާއާއި ހަތަރުކަޅިހަމަކުރަން ބޭނުންނުވެފައެވެ.
ކިޔާން މައިޝާއާއި ވާހަކަދައްކަން ބޭނުންނުވާކަން އެނގުމުން، މާއިންފެންވަރުވާލައި އެކުއްޖާ ރީތިކޮށްލުމަށްފަހު ބޭރަށް މާމަ ގާތަށްދާށޭބުނެ މާއިން، ކޮޓަރިން މައިޝާ ބޭރުކޮށްލިއެވެ. އަދި އެއަށްފަހު ކޮޓަރީގެ ދޮރުލައްޕައިލާ ކިޔާންގެ ގާތަށްގޮސް އޭނާގެ މަގަތުގައި މައިޝާ އިށީނެވެ. “ކިޔާން! ދެން ތިހެންތަ އުޅޭނީ؟ ވާހަކައެއްނުދައްކާނަންތަ؟ މައްސަލަތައް ހައްލުކުރެވޭނީ ވާހަކަ ދައްކައިގެން ދޯ؟ އޯކޭ، މަށަށް އެހެންބުނެވުނީ، ސޮރީ! އަހަރެން ގަސްތުގަ ބުނިއެއްޗެއްނޫން އެއީ… ވަރިއަށްއެދުމަކީ ކުޝެއް! އަހަންނަށް މާފްކުރޭ! އަހަރެންގެ ހިތުގަ ކިޔާންއާއި ދުރަށްދާ ހިޔާލެއް އޮވެގެނެއްނޫން ވަރިއަށް ކިޔުނީ…” އަސަރެއްނެތި މައިޝާ އޭނާގެ ކުށަށް އިއުތިރާފްވެ ކިޔާންގެ ގާތުންމާފަށްއެދުނީ ކިޔާންގެ ހަމަހިމޭންކަން މައިޝާއަށް ތަހައްމަލު ކުރަން އުނދަގޫވާތީއެވެ. ގޭތެރޭގައި އިތުރު ހަމަނުޖެހުމެއް އުފެދިދާނެކަމުގެ ބިރުހީވެއެވެ.
“ނޫން! މައިޝާއަށް ނޭނގިނަމަވެސް ބުނެވުނީ ހަމަ ހިތުގަ އޮތްއެއްޗެއް! އަދިވެސް މައިޝާއަށް މާޒީ ހަނދާން ނައްތާނުލެވޭ! މައިޝާބޭނުންވަނީ އަހަންނާއެއްކޮށް އުޅޭކަށެއްނޫން! މައިޝާބޭނުންވަނީ……” އޮތްތަނުން ތެދުވެ ކިޔާން މައިޝާއާއި ހަތަރުކަޅި ހަމަކޮށްލިއިރު އެ ދެލޯފުރާ ކަރުނައެވެ. ވަކިހިސާބަކަށް ވާހަކަގެންގޮސް ކިޔާންއަށް ހުއްޓުންއެރީ ދުލަށްގެންނަން ބޭނުންނުވާ މީހެއްގެ ނަން ކިއިދާނެތީއެވެ.
“ކީއްވެ ހުއްޓާލީ؟ ކިޔާ! ކިޔާ! ބުނޭ! ތިޔެއްނު މިހާރު ނުވެ އޮތްކަމަކީ؟ އިނީއްސުރެ ކިޔާންއަށް އަހަރެން ކުރާއެއްވެސް ކަމެއް ކަމުދޭތަ؟ އަހަންނަށް ދުވަހަކުވެސް ކިޔާންއަށް ހިންހަމަޖައްސާދެވުނުތަ؟ ” ސުލްހަވާން އުޅުނު މައިޝާގާތަށްވެސް އައީ ރުޅިއެވެ.
“ހިންހަމަޖައްސާދޭން ބޭނުންވާ މީހާކަށް މައިޝާހިންހަމަ ޖައްސައިދެއްވިޖެއެންނު. ދެން ކޮންމެހެން އަހަންނަށް ހިންހަމަޖައްސައިދޭ ވާހަކަ ދައްކާނެކަމެއްނެތް!” ހިތަށް އެއްވެސް އެއްޗެއްނާރުވައި އެފަދަ އެއްޗެއް މައިޝާއާއި ދިމާލަށް ކިޔާން ބުނީ ރުޅިވެރިކަމުގެ ނަޒަރަކުން ބަލަންހުރެއެވެ. ކިޔާންގެ މި ޖުމްލަ ދުލުން ބޭރުކޮށްލުމާއިއެކު މައިޝާގެ އަނގަމަތީ އަތްއަޅާ ޝަހާދަތްކިޔާލެވުނީ ދެލޯބޮޑުވެ ދެރަވެ ހައިރާންވާ ހާލުއެވެ.
“ޔޫ ނޯ ވަޓް! އައި މޭޑް ދަ ބިގަސްޓް މިސްޓޭކް ދެޓް އައި ގޮޓް މެރީޑް ޓު ޔޫ! އައި ޝުޑްހޭވް ވެއިޓަޑް ފޮރ ހިމް!” ރުޅިވެރިކަން މައިތިރިވެ ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަ އޮހޮރަމުން މައިޝާ ކިޔާންއާއިދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލައި އޭނާ ފުރަތަމަދުވަހުވެސް ކުރެވުނު ނަމައޭ ހިތަށްއެރި ކަންތައް ފާޅުގައި ހާމަކޮށްލިއެވެ. އަދި ދެނެއް ނުވާނެޔޭ މިކަމެއް ބުނެ، ފާހާނާތެރެއަށް ވަދެ ޝަވަރުންފެން ދޫކޮށްލައި ކެކެމުންދިޔަ ހަށިގަނޑު މައިޝާ ތެއްމާލިއެވެ. އަދި ދެލޯމަރައިލާ ބިއްމަށްޗަށްތިރިވެ ބަޑިފަޅައިގެންދިޔައިރު މުސްތަފާގެ ސޫރަ މައިޝާއަށް ފެންނަމުންދިޔައެވެ.
…………………………………………
“ކޮންތާކަށް މިދަނީ؟” ސައިކަލުފަހަތުގައި އިން މައިޝާ މުސްތަފާއާއި ސުވާލުކޮށްލީ އޭނާ ގޮވައިގެން ދާތަނެއް ނުބުމުންނެވެ. އުފަންދުވަހު ދިމާވިފަހުން މުސްތަފާއާއި މައިޝާއަށް ބައްދަލުކުރެވުނީ ތިން ދުވަސްފަހުންނެވެ. މުސްތަފާ ބުނި ބުނުމަށް މައިޝާ އޭނާއާއިއެކު ބޭރަށް ދުއްވާލަން ނުކުމެ ގޮސް ވެސްޓް ޕާރކް ކުރިމައްޗަށް ސައިކަލު ޕާކްކުރިއިރުވެސް މައިޝާގެ ސުވާލަކަށް މުސްތަފާ ޖަވާބެއްނުދެއެވެ.
“ދޫނި އަބަދުވެސް މައްސަލަ ޖައްސަމެންނު މުސްތޮގެ ހަބަރެއްނުވާތީ ދޯ؟ އެހެންވެ މި އުޅެނީ ކީއްވެގެންކަން އަންގަން. އާދޭ،..” މުސްތަފާގެ މިސްރާބުހުރީ ވެސްޓްޕާރކް އެތެރޭގައި ހުރި މޭޒެއްގައި ކޮފީބޯން ތިބި ދެ ފިރިހެނުންނާ ދިމާލަށެވެ. މައިޝާގެ އަތުގައި ހިފައިގެން ގޮސް އެ މީހުންނާ އަރާހަމަވުމުން އެ މީހުން ތެދުވެ މުސްތަފާއާއި ސަލާންކޮށްލާ އިށީންނަން އެދުނެވެ. އަދި އެއަށްފަހު އެމީހުންނަށް މައިޝާ ތައާރަފު ކޮށްދެމުން އެއީ އޭނާގެ އެންމެގާތް ރަހުމަތްތެރިޔާ އަދި މުސްތަފާ މަސައްކަތްކުރާ އޮފީހުގެ ބޮސް ކަންވެސް މައިޝާއަށް މުސްތަފާ ކިޔައިދިނެވެ.
“މީ ދޯ މައިޝާއަކީ.. މުސްތޮ ބުންޏޭ މަންޖެއެއްގެ ވާހަކަ. ތެދެއް އެއީ ކަނބުލޯ، ވަރަށް ބިޒީކޮށްއުޅެނީ އޮފީހުގަ.. އަދި އޮފީހުންބޭރުގަވެސް މުސްތޮ އަތުޖައްސަން ފަސޭހައެއްނުވާނެ..” ހިނިއައިސް ހުރެ ކުރިމަތީގައި އިން މުސްތަފާގެ އެކުވެރި ޝިފާން މައިޝާއަށް ކިޔައިދެމުންދިޔައެވެ. މުސްތަފާގެ އެކުވެރިންނާ ބައްދަލުކޮށްދިނީ މައިޝާގެ ހިތުގައި ކޮންމެވެސް ވަރަކަށް މުސްތޮއާއިމެ ޝައްކުއެފެދޭހެން މުސްތަފާއަށް ހީވާންފެށުމުންނެވެ. އޭނާގެ ހަޔާތުގައި ހިނގަމުންދާ އެއްވެސްކަމެއް މައިޝާއަކާއި މުސްތަފާ ހިއްސާކުރަން ބޭނުންނުވަނީ ކީއްވެގެންކަމެއް މައިޝާއަކަށް އެއްގޮތަކަށްވެސް ނުވިސްނެއެވެ. އެހެންވެ އެރޭވެގެންދިޔައީ، މައިޝާއަށް އޭނާ އުޅޭ ތަންތަނާ، އަވަދިނެތި ކުރާ މަސައްކަތް ސާބިތުކޮށްދެމުންދިޔަ ރެއަކަށެވެ. އެކުވެރިންނާ ބައްދަލުކުރުވިއެއް ކަމަކު މައިޝާގޮވައިގެން އަދިވެސް މުސްތަފާ އޭނާގެ އާއިލާ ކުރިމައްޗަށް އަރާކަށް ގަސްތެއްނުކުރެއެވެ. އަކަމާ މައިޝާ ސުވާލުވެސް ކުރެއެވެ. އެހެނަސް ކޮންމެފަހަރަކުވެސް މައިޝާއަށް ކޮންމެވެސް ހަމަޖެހޭ އުޒުރެއް ދައްކައި މައިޝާ ހަމަޖައްސާއިރު މުސްތަފާގެ ހަޔާތުގައި ފޮރުވާފައިވާ ބޮޑު ސިއްރެއް އޮންނަކަހަލައެވެ.
“ދޫނީ، މުސްތޮ ޓްރައިކުރާނަން މާދަމާ ކޮލެޖަށް ލައިދޭންދާން ބަލާ އާދެވޭތޯ.. އެކަމް ހިއެއްނުވޭ ދެވޭނެހެނެތް އިނގޭ. ސެންސަސް ކަންތަކާ ޓީމެއްގޮވައިގެން އުޅޭއިރު ބިޒީވެދާނެ. ހެނދުނުހެނދުނާ މީޓިންގް އޮތީ. ސޯ ޑޯންޓް ވޮރީ.. ބާއި.”
އެދުވަސްވަރަކީ މާލޭގެ ބޯގުނަމުން ދިޔަދުވަސްކޮޅު ކަމުން، އެ ސާރވޭގައި މުސްތަފާވެސް ބައިވެރިވެގެން އުޅޭކަން ހާމަކޮށްދެމުން ސައިކަލުން ފޭބި މައިޝާއަށް މުސްތަފާ ކިޔައިދިނެވެ.
މުސްތަފާ ލޯމަތިންގެއްލުމުން، ގެއަށްވަންނަން އެނބުރުނުތަނާ، މައިޝާ ކުރިމައްޗަށްޖެހުނީ ކިޔާންއެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ ހިނިތުންވުމުގެ އަސަރެވެ. ކިޔާން ހީވީ މައިޝާގެ އިންތިޒާރުގައި އެތާހުރިހެނެވެ.
“އެއީތަ މުސްތޮއަކީ؟” ކިޔާންއަހާލިއެވެ.
“އާނ، އެއީ މުސްތޮ އަކީ، ކިޔާން ކީއްކުރަނީ މިތާ؟ މައިމެން ގެއަށް އައިއްސަ ދޯ؟ ވަނިންތަ އެތެރެއަށް؟” މާޔޫސް ރާގަކަށް ކިޔާންގެ ސުވާލަށް ޖަވާބުދިނުމަށްފަހު މައިޝާވެސް ކުރީ ކިޔާންއާއި ސުވާލެކެވެ.
“މައި މެންގެއަށް އަޔަސް މިހާރު މައި އަކާ ދިމައެއްނުވޭ، ހެނދުނު ކޮލެެޖްގަ، ރޭނގަނޑު ބޭރުގަ، ދެން މިހާރު ކިޔާންއަކަށް އެއްވެސް ޓައިމެއްނުދެމެންނު.” ކިޔާން ހީވީ ޝަކުވާފުންޏެއް މައިޝާގެ ބޮލަށް އޮއްސާލިހެނެވެ.
“ރޭގަވެސް މައި ކައިރިއަށް އައިން. އެކަމު މައި ނިދާފަ އޮތްވާހަކަ މަންމަބުނީމަ ކިޔާން ދިޔައީ.. ” މައިޝާއާއި އެއްވަރަކަށް ފިޔަވަޅުއަޅަމުން ކިޔާން މައިޝާއާއި ވާހަކަދައްކަމުންދިޔައެވެ.
“ވައި ޑޫ އައި ފީލް ދެޓް ސަމްތިންގް ސަމް ހައު އިޒް ރޯންގް މައި.. ބާރތްޑޭ ނައިޓަށްފަހު މީހާ ހުންނަނީ މޯޅިވެފަ، މައި މިހާރު މައިހެނެތް ނޫން، މުޅިން މައިތިރިވެފަ.. މުޅިން އެހެން މީހެއްހެން ތިއުޅެނީ.. ކިހިނެއްވީތަ. ކިޔާންކައިރި ނުބުނާނަންތަ؟” ގޭތެރެއަށްވަދެ ސޯފާގައި ހަމަޖެހިލަމުން، ކިޔާން މައިޝާއާއި ސުވާލުކުރީ މައިޝާގެ އަތުގައި ހިފަމުންނެވެ.
“ކިޔާން؟ ލޯބިވާ މީހަކު ކަންކަން ފޮރުވާނެތަ؟ ފަހުންކިޔައިދޭނަމެ ބުނެ ވާހަކަތައް ސިއްރުކުރާނެތަ؟”
އިސްދަށަށްޖަހައިގެން އިން މައިޝާއަށް ކިޔާންއާއި އެސުވާލުކުރެވުނީ އޭނާގެ ސިކުނޑީގައި އަދިވެސް މުސްތަފާގެ އަމަލުހުންނަ ގޮތާމެދު ޝައްކުއުފެދޭތީއެވެ.
“އާން! ފޮރުވަފާނެ، އެކަމަކު އެއީ ލޯބިވާމީހާ ދެރަވެދާނެފަދަ އެމީހެއްގެ ކިބައިން ނޭދެވޭ އަސަރެއްކުރުވަފާނެ ކަމެއްވިއްޔާ! ދެން ބުނެބަަލަ، ކީއްތަވެގެން ތިއުޅެނީ، މުސްތޮ ކަމެއް މައިއަށް ފޮރުވަނީތަ؟ ”
“މައިއަކަށް ޔަގީނެއްނޫން، އެކަމު ވަރަށްހީވޭ.. މުސްތޮ އެހާ ބޭނުންވާހެނެއް ހިޔެއްނުވޭ މި ގުޅުން ކުރިއަށްގެންދަން.. މައިއަކީ އާދައިގެ ދަށުފަންތީގެ ކުއްޖަކަށްވީމަތަ؟ ހީ ވޯންޓް ޓޭކް މީ ޓު ހިސް ޕޭރެންޓްސް. ނޭނގެ ކީއްވެގެންކަމެއް. މައި އަކަށްނުކެރޭ އެހާވަރަށް އަސްލު ދެން އަހާކަށްވެސް ކީއްވެތޯ އެހާ ދުރުދުރުން އުޅެނީވެސް.” ސިކުނޑީގައި އެނބުރެމުންދިޔަ ކަންތައް ކިޔާންއާއި މައިޝާ ހިއްސާކޮށްލިއެވެ.
“ތިހެން ނުވިސްނާ މައި، އޭނާ އުޅޭލެއް ބިޒީކަމުންވެސް ކަމަށްވެދާނެއެންނު އަދި އެގެޔަށް ނުގެންދެވިގެން އެ އުޅެނީ!” ކިޔާން މަސައްކަތްކުރަމުން ދިޔައީ މައިޝާއަށް ވިސްނައިދެވޭތޯއެވެ.
“ނޫން ކިޔާން، ވަރަށް ހިތްބިރުގަނޭ، ހީވަނީ މުސްތޮ އަހަންނަށް ގެއްލެން އުޅޭހެން، ކިޔާން! މައި ބޭނުންވަނީ މުސްތޮއާ ކައިވެނިކުރަން، މިހެން ހިތުގަ އުފެދޭ ކަންކަން މުސްތޮއާ ހާމަ ކުރަންނުކެރި ހުންނަންވެއްޖެއްޔާ މައި މޮޔަ ވެދާނެ.. ބާތްޑޭގަ މުސްތޮ ވިޝްވެސްނުކޮށްލާ.. މުސްތޮއަށް މައި އަކީ އެހާ ސްޕެޝަލް މީހެއްހެނެއް ހިޔެއްނުވޭ……ދެން ނޭނގެ! މިކަމާ އަބަދު މައިއަށް ވިސްނެނީ.. އޭނަގެ ހަބަރެއްވަނީ ހާލަކުން އެއްފަހަރު.. ކީއްވެތަ މުސްތޮގެ ހަބަރު ނުވާންވީ ؟ އަޅޭ.. ފޯނަށް ގުޅާ ގުޅާ ހަލާކުވިޔަސް މުސްތޮ ޖަވާބެއްނުދޭނެ. ބައެއްފަހަރު ހީވޭ ހަމަ ގަސްތުގަ މައިގެ ކޯލްތަށް އިގްނޯ ކުރާހެންވެސް.. ވަރަށްދެރަވެޔޭ އެހެން ހެދީމަ.. އެކަމު އެނގޭތަ؟ ބައްދަލު ކުރެވޭ ރެއެއްވިއްޔާ މުސްތޮ އުޅެނީ ހާދަ ލޯބިންނޭ!.. ދުނިޔޭގެ ހުރިހާ އުފަލެއް މައިއަށް ހޯދާއިދޭހެން ހީވާކަހަލަ!” ކިޔާން! މުސްތޮ އަހަރެން ދޫކޮށްލާފަ އެހެން ކުއްޖެއް ހޯދަފާނެތަ؟” ހިތުގައި އުތުރިއަރަމުންދިޔަ އިހުސާސްތައް ބަނޑުންކުރަމުން މައިޝާއަށް ރޮވޭގޮތްވެއްޖެއެވެ. ހަމަދަނޑިވަޅަށް ކިޔާން ބިންމައްޗަށް ބަލާ، ސޯފާކައިރީގައި ހުރި މޭޒު ދަށްބަލާ، އަޅާފައި އޮތް ކާރޕެޓް ހިއްލާ އެއްޗެއް ހޯދަންފެށިއެވެ.
“ކިޔާން! ކޯއްޗެއް ތިހޯދަނީ ކުއްލިއަކަށް. އެއްޗެއްވެއްޓުނީތަ؟ ގެއްލުނީތަ؟” ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލައި މައިޝާވެސް ހާސްވެއްޖެއެވެ.
“އާނ! ވަރަށް އަގުބޮޑު އެއްޗެއް! ”
“އަޅޭ، ކޯއްޗެއްތަ؟ ބުނެބަލަ!”
” މައިގެ ހިނިތުންވުން! ” ސޯފާގެ ދަށުގައި އަތްކާއްތަމުން ކަންބޮޑުކަން މޫނުމަތިން ފާޅުކުރަމުން ކިޔާން މިހެންބުނީ މައިޝާގެ ލޮލަށް ބަލާލުމަށްފަހުއެވެ. ހަމަ ވަގުތުން، ދެރަވެ ކަންބޮޑުވެފައި އިން މައިޝާގެ ހިނިގަނޑު ފަޅަ ފަޅައިގެންދިޔައެވެ. މައިގެ ހިނިތުންވުންފެނި ކިޔާންއަށްވެސް ހެވިއްޖެއެވެ. ކުރިމަސައްކަތް ކާމިޔާބުވެއްޖެކަން ޔަގީންވުމުންނެވެ.
…………………………………………………………………….
އާދުވަހެއްގެ ފެށުމެކެވެ. އެހެންދުވަސްތަކެކޭ އެއްފަދައިން ކޮލެޖަށް ދިޔުމަށްޓަކައި މައިޝާގެއިން ނުކުތީ ގަޑިޖެހެން ވަރަށް ކައިރިވެފައިވަނިކޮށެވެ. މަގެއްގެމަތިންވެސް ގުޅައިގެންވެސް ކާރެއްނުލިބުމުން، ފޯނުނަގައި ކިޔާންއަށް މައިޝާގުޅަލީ އޭނާ ކޮލެޖަށް ގެންގޮސްދެވިދާނެތޯ ބަލާށެވެ. މައިޝާގެ ކޯލަށް ކިޔާން ވަގުތުން ޖަވާބުދީ، ނިދަންއޮތްމީހާ ތެދުވެގެން އައިސް މައިޝާމެންގެ ގޭ ދޮރުމަތީ ހުރީ މައިޝާ ގުޅިތާ ބަރާބަރު ފަސް މިނެޓްތެރެއެވެ. ކިޔާންގެ ކުނި މޫނުފެނި މައިޝާ ކިޔާންއާއި ދިމާކުރަމުން، ސައިކަލު ފަހަތަށްއަރައި އިށީނުމާއެކު ލަހެއްފަހެއްނުކޮށް ކިޔާން އޭނާ ކޮލެޖަށް ގެންގޮސްދިނެވެ. ސައިކަލުން ފޭބުމަށްފަހު މައިޝާއަށް އެއްޗެއްނުބުނެވެނީސް ކިޔާން ދަނީއޭބުނެ ދުއްވާލީ އޭނާ ހުރިލެއްހަޑިކަމުން ލަދުންނެވެ. ކިޔާން ދިއުމުން ކޮލެޖަށް ވަންނަން ދޮރުމައްޗަށް އަރަން ހިނގައިގަންނަމުން މައިޝާ މަގުމައްޗަށް ބަލާލެވުނެވެ. އެއްލިކަޅިން މަގުމަތިން ފެނިގެންދިޔަ މަންޒަރުން މައިޝާގެ ހިނިތުންވުން ގެއްލި ބޮލަށްއެނބުރުން އަރާގޮތްވެގެން ދިޔައެވެ. ދެލޯބޮޑުވެ މުޅިމީހާ ދާހިތްލާގޮތްވިއެވެ. ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަންބޭނުންނުވާ ހާލު މައިޝާއަށް ރޮވެންފަށައިފިއެވެ.
(ނުނިމޭ)
8 Comments!
Comments are closed.
I now what happen but I will not tell ?
He he … Y not
Story vrh reethi
Hiii Shereen… Story vvv reethi n thanks ingey avahah up kohdhinyma… Vvv intresting n keep the good work…
No prob 🙂 thanks for reading…
Thank you 🙂
Varah reeyhi me vaahaka❤
Thank you 🙂
Mi faharu thankolhey kuru dho.ekam v nice