”އާރ ޔޫ ކުރޭޒީ”

އާކިން މޫނުމަތިން ފެނުނީ ލާނެއް ހިނިތުންވުމެކެވެ. އަދިވެސް އެވަގުތު ކޮޅުމަތިން އާކިން ހަނދާން ނުނެތެއެވެ. ރުޅިއަންނަން ބޭނުންވިޔަސް ކުއްލިއަކަށް ހިނިގަނޑު މަތައެއް ނުކުރެވުނެވެ. ލޯ މަތިން ފެނުނު އެންމެ މަޖާ ހާއްސަ އެއްކަމެވެ.

“ސްޓޮޕް އިޓް! މުސްކުޅި ބެއްޔާގަނޑު ފޮނުވާފަ ހީކުރީ ފިލޭނެކަމަށްތަ؟ ޕްލީޒް ލޯބި ގަބޫލު ނުކުރެވެންޏާ އެކުވެރިކަން ގަބޫލުކުރޭ”

ރީމާގެ ވާހަކަތަކުން އާކިން ހުރީ މަޖާވެފައެވެ. ހިނިތުންވަމުން ރީމާގެ އެކުވެރިކަން ގަބޫލުކުރިއެވެ.

“ރީމާ ކޯއްޗެއްތަ ކިޔަވަނީ! އާކް ކުރިއަށް ދަނީ ބިޒްނަސްގެ ދާއިރާއިން… ޑެޑީގެ ވިޔަފާރި ބަލަހައްޓާނެ ކުއްޖަކު ނެތް އާކް ނޫނީ…ބޭބެ ވެސް ކިޔެވީ ޑޮކްޓަރ ކަން. އަނެއްކާ ކޮއްކޮވެސް އެދާއިރާއިން ކުރިއަށްދަނީ”

ރީމާގެ އެކުވެރިން ތިބީ މިފެންނަ މަންޒަރުން ހައިރާންވެފައެވެ. ރީމާއަށް ލަނޑުދިންމީހަކާއެކު އެހާގާތްކޮށް ވާހަކަ ދެކެވޭތީއެވެ. ބޯޓަށް އަރާ ކުދިކުދި ލޮޅުންތަކާއިއެކު ދެމީހުން ހިނިތުންވަމުން ދިޔައެވެ. ކައިރީގައިވާ މީހުންނަށް ނީވޭވަރަށް ދެމީހުންވެސް ދިޔައީ ވާހަކަ ދައްކަމުންނެވެ.

“ރީމާ އަސްލު ކިޔެވީ ޓުއަރިޒަމްގެ ދާއިރާއިން…… އެކަމަކު ރަޝިޔާގެ އެއާލައިނަކުން ކެބިންކުރޫއަކަށް ހޮވިއްޖެ……..އެހެންވެ އެހާއަވަހަށް ރަޝިޔާއަށް މިދަނީވެސް މިފަހަރު! ދުނިޔޭގެ އެކި ޤައުމުތަކަށް އުދުހޭހިތްވަނީ….”

ރީމާގެ ވާހަކަތައް އަޑުއަހަން އާކިން ހުރީ ހައިރާންވެފައެވެ. މިނިވަން ހިޔާލުގެ ދޫންޏެއް މިނިވަންކަމާއެކު އުދުހޭކަހަލައެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތެވެ. ވަރަށްވެސް ތަހުޒީބީ ކުއްޖެކެވެ. ދަތުރުގެ މަންޒިލާހަމަޔަށް ދެވެންދެން ދެއެކުވެރިން އުޅުނީ އެކުގައެވެ.

“ހައެ ދަރިފުޅާ އާކް! މެހެރް އާންޓް ލައްވާ ހާދަ އިންތިޒާރެއް ކުރުވާފިއޭ! އަވަހަށް ހިނގާ ގެއާ ހަމައަށް ފޯރާތޯ؟ ހޫމް،…..ހޫމް….މީކޮންކުއްޖެއް….ދަރިފުޅާ ކޮންނަމެއްތަ ކިޔަނީ؟”

މެހެރް ވާހަކަ ދެއްކިއިރު އަޑުގައިވަނީ އުފާވެރިކަމެވެ. މިއުފާވެރިކަން އިތުރުވީ އާކިން ކައިރީ ހުއްޓުނު ފެޝަން ރީތި ކުއްޖެއްގެ ސަބަބުންނެވެ. ފުރަތަމަ ބަލާލުމުންވެސް މުއްސަނދި އާއިލާއެއްގެ ކުއްޖެއްކަން މެހެރް އަށް އެނގުނެވެ. ރީތި ދޮން ކަމެކެވެ. ފަންކޮށްފައިވާ އިސްތަށިގަނޑު ދޫކޮށްލެވިފައިވާއިރު ކޮށްފައިވާ މޭކަޕުން އިތުރު ފުރިހަމަކަމެއް ގެނުވައެވެ. ގަޔަށް ފިޓްކޮށް ހުރި ހެދުމާއެކު ކަކުލާ ހަމައަށްއަރާ ސޯޓްކޮޅަކާއެކު ބަލާލާކޮންމެ މީހަކު ފިދާވާނެކަން ގައިމެވެ.

“ހައި އާންޓް! މީ ރީމާ! އަޅުގަނޑުވެސް ދިރިއުޅެނީ ރަޝިޔާގައި ފެމިލީއާއެކު. ސްޓެޕް ފާދާރ އަކީ ރަޝިޔާ މީހެއް. އާކް އަޅުގަނޑުގެ އެކުވއެރިއަކަށް ހަމަ ދެންމެވީ. އަޅުގަނޑު ފެމިލީއަށް ނާންގާ އައީމަ ރިސީވްކުރަން އަންނާނެ މީހަކުވެސް ނެތް! އާންޓް ހާދަ ޒުވާނޭދޯ! ….ހެއް ހެއް …..”

މެހެރް އަށް ރީމާ ވީ ވަރަށް ގަޔާވާ ކުއްޖަކަށެވެ. ހިތުގައި ފޮރުވިފައިވާ ލޯބި އުތުރި ގަންކަހަލައެވެ. އާކިން ކައިރީ ކިޔަކިޔައިގެން މެހެރް ގެއަށް ދިޔައީ ރީމާމެން ގޮވައިގެންނެވެ. ރީމާ އުފަލުން މެހެރް ގައިގާ ބައްދާލިއިރު މެހެރް އަށް މިއުފާވެރި އިޙްސާސްއަށް ދޭނެނަމެއްވެސް ނޭނގުނެވެ. އާކިން ހުރީ ބޮޑުދައިތަގެ މިކުއްލި ބަދަލާމެދު ހައިރާންވެފައެވެ. ހިތުގައި އެތައްސުވާލެއް ވިއެވެ.

ކާރު އޭގެ ހަލުވިމިނުގައި ދަތުރުކުރަމުން ދާއިރު ވަށައިގެންވާ ބޮޑެތި ބިޔަ ގަސްތައް ފަސްދީދެއެވެ. ކޯރުތަކާ ބޮޑެތި ޖަންގަލީގެ ފެހިކަންގަދަ ރީތި މަންޒަރުތަކުން ހިތްތައް އާސްމާނަށް އަރާނެއެވެ. ވަރުގަދަ ބޮޑެތި އުސް އިމާރާތްތަކަށް ބަލަން ނުކުޅަދާނަވާކަހަލައެވެ. ދެތިން ގަޑިއިރުގެ ދުވެއްޔަށްފަހު ކާރު މަޑުޖެހިލީ ވަރަށްވެސް ހިތްގައިމު ހިސާބަކަށެވެ. ބަލާލާ ކޮންމެ ދިމާލަކުންވެސް ފެނިގެންދަނީ މުއްސަނދިކަމާ ތަނަވަސްކަމުގެ ކުލަތަކެވެ. ދުރުދުރަށް ދާންދެން ފެންނަނީ ބޮޑެތި އުސް ފަރުބަދަތަކާ، ދެމެމުން އަންނަ ކޯރުތަކުގެ ފެންތަކެވެ. ބައިބަޔަށް އުދުހޭ ކުލަކުލައިގެ ދޫނިތަކެވެ.

މިމަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނުވީ ކުރިމަތިން ފެނުނު ރީތި ހުސްކޮށްފައިވާ ބޮޑު ގަނޑުވަރެއްކަހަލަ ގެއެކެވެ. އެތައްމޭލެއްގެ ދުރަށްބަލާލިއަސް ފެނިގެންދަނީ ބަގީޗާގައިވާ ކުލަކުލައިގެ މާމެލާމެއްޔެވެ. ކާރުގެ ދެފަރާތު މަގުންވެސް ދުވަހަކު ނުފެންނަ ޒާތުގެ މާތައް އަޅާ ބަރާވެފައިވެއެވެ. ކުލަކުލައިގެ ކޮކާތައް އެކިމާމަލުން ފޮނިބޮމުން އުފަލާ މަޖަލުގައި އުދުހި އުޅޭތަން ފެނެއެވެ. ރީމާ އާއި އެކުވެރިން ތިބީ މިފެންނަ މަންޒަރުތަކުން ދުލުން ބަހެއް ނުބުނެވިފައެވެ. ރީމާއަށް ހަޅެއްލަވައިގަނެވުނީ ގެއާ ފަންސާހަކަށް ފޫޓް ކައިރިވީތަނާ ފެނުނު ރީތި ސުވިމިންގް ޕޫލް ފެނިފައެވެ. ރީތި ޑިޒައިނަކަށް ވާ މިތަނަވަސް ޕޫލްގެ މެދުގައި ފެންއޮހިއޮހި ހުރި ސަންގްމަރުކުލައިގެ ހިލައަށް ބަލަން މަޖުބޫރުވާކަހަލައެވެ.

ކާރު ހުއްޓާލުމާއެކު ފޯނާ ހޭންޑް ބޭގް ކާރުތެރެއަށް ދޫކޮށްލަމުން ރީމާ ދުވެލާފަގޮސް ޕޫލްތެރެއަށް ޖެހިގަތެވެ. ހީވަނީ ދުނިޔެމަތީގެ ސުވަރުގެއެއްހެނެވެ. ފިނިފެންގަނޑުގައި ހަށިގަނޑު ޖެހުމާއިއެކު އަޑިޔަށް ފީނައިގަތެވެ. ރީމާގެ އެކުވެރިންވެސް ޕޫލަށް އެރި މަޖާކުރިއެވެ.

“ކޮބާ ! ތައްޔާރުވެލީދޯ ؟… އަވަހަށް އާދޭ ކާއެއްޗެއް ކާލަން. ރީމާ ވާނެ އަދި އަންނަން…އާކިން ކައިރީ ބުނެގެން ގެންނާނަން މިގެއަށް ”

މެހެރްގެ ބަހަށް އެއްބަސްވަމުން އަންނާނެކަމަށް ރީމާ ބުނެލީ އުފަލުންނެވެ.

“ބާއި މެހެރްއާންޓް! އަދި އަންނާނަން އިންތިޒާރުކުރާތި..ހެހެ…ގުޅާނަން އާންޓްއަށް…އާކިން އަށްވެސް…”

ރީމާމެން ދިއުމުން އާކިން މެހެރް ކައިރީ ޖައްސާލިއެވެ. އަދި ރީމާ ދެކެ އެވަރަށް ލޯބިން އުޅުމުން ޝަކުވާ ކުރިއެވެ. އާކިންގެ މިޝަކުވާ އަޑުއަހަން މެހެރް ހުރީ ހިތްހަމަޖެހިފައެވެ. އަދި ރީމާ އަކީ ވަރަށް ހާއްސަ، ރަނގަޅު ކުއްޖެއްކަމަށް ބުންޏެވެ.

ޒެފަން ހުރީ ޒޯރާގެ ވާހަކަ ނައީމް ކައިރީ ދައްކާލެވުމުން ވަރަށް އުފާވެފައެވެ. އެތައް ދުވަހަކަށްފަހު އަމިއްލަޔަށް އިސްނަގައިގެން އަންހެން ކުއްޖެއްގެ ވާހަކަ ދައްކަން ވަރަށް ޖެހިލުން ވިއެވެ. ފޯނު ޑްރެސިން ޓޭބަލް މަތީ ބޭއްވުމަށްފަހު ޒޯރާ ގެނެސް މޭގައި ޖައްސާލިއެވެ. ދުނިޔޭގައިވާ ހުރިހާ އުފަލެއް އެއްފަހަރާ ލިބުނު ކަހަލައެވެ.

“އަދިވެސް ލަދުންތަ ތިހުރީ! ޑެޑީ ވަރަށް ކޫލްދޯ! ކީކޭތަ ޒޯކައިރީ ޑެޑީ ބުނީ”

ޒޯރާގެ އިސްތަށިގަނޑުން ވަސްބަލާލަމުން ކަންފަތްކައިރީ ޒެފަންގެ ރީތި އަޑުން ބުނެލިއެވެ. މިކަހަލަ ދުވަހަކަށްޓަކާ ޒެފަން އިންތިޒާރު ކުރާތާ ހާދަ ގިނަދުވަހެއް ވެއްޖެއެވެ. ބައްޕަ ޒޯރާއާ މެރީ ކުރާވާހަކަ ބުނުމުން މިހާރުވެސް ޒެފަން އަށް ލަސްވެއްޖެއެވެ. އުމުރުން 29 އަހަރު ވީއިރުވެސް ހަޔާތުގެ ބައިވެރިއެއް ނުހޯދާ މިހުރެވުނީ ޒޯރާ ލިބެން އިރާދައިގާ ހުރުމުން ކަންނޭގެއެވެ.

ޒޯރާ ސީދާ ޒެފަންގެ މޫނަށް ބަލާލިއެވެ. އޭރު އެދެލޯ ފުރިފާވަނީ ބޮޑެތި ކަރުނަތިކި ތަކުންނެވެ. ޒެފަން ހައިރާންވިކަން އެގުމުން ޒޯރާ ލޯފޮހެލަމުން ހިނިތުންވެލިއެވެ. ޒެފަންގެ ބައްޕަ ވަރަށް ހިތްހެޔޮ ކަމަށް ބުނެލިއެވެ.

“ދަރިފުޅު ކިޔައިގެން ވަރަށް ގާތްކޮށް ވާހަކަ ދެއްކީ، ވަރަށް އުފަލުން މިހުރީ . އަހަރެން ވަރަށް ކުޑައިރު ބައްޕަ ވެސް މަންމަވެސް ނިޔާވެއްޖެ. ވަރަށް ހަނދާންވޭ ދެރަވޭ ހަނދާންވިޔަސް. ދޮންމަންމަ ދެކެ އިންތިހާއަށް ލޯބިވޭ މިހާހަމައަށް އާދެވިފާ މިވަނީ އެމަންމަގެ ސަބަބުން. ދެން ހުރީ ދޮންބެ، ދޮންބެ އަދި މިހެން ޒެފަން އަކަށް އެހާފަސޭހައެއްކޮން ދުލެއް ނުކޮށްލާނެ އިންގޭ ”

ޒޯރާ މައުސޫމު ގޮތަކަށް ވާހަކަދެއްކި އިރު ޒެފަން ހުރީ ކަޅިޖަހާލަން ނޭގިފައެވެ. ޒޯރާގެ މަޑުކޯތާފަތުގައި އަތުގެ ނުފުށުން ޖައްސާލަމުން ނިއްކުރީގައި ތުންފަތް ޖައްސާލިއެވެ. ޒޯރާގެ ލޮލުން އެއްމެ ކަރުނަތިއްކެއްވެސް ވެއްޓޭކަށް ޒެފަން ބެނުމެއް ނޫނެވެ. ޒޯރާދެކެ ވަނީ ހަޤީގީ ލޯބިކަން ޒެފަން ސާބިތު ކޮށްދޭނެއެވެ. ޒޯރާގެ ތުންފަތަށް ހިނިތުންވުން ގެނެސްދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަން ޒެފަން ސާބިތު ކޮށްދޭނެއެވެ.

“ޒޯ އަހަރެންގެ އަމިއްލަ ކުއްޖަކަށް ހަދަން ހާދަބޭނުމޭ. ޑޭޑް ބުނީ މެރީ ކުރާނެ ޑޭޓެއް ފައިނަލް ކުރާށޭ. ޒޯ އާ މެރީކުރަން މިހާރުވެސް ބޭނުން، އެކަމަކު ކޯސްފެށެން ކައިރިވަނީދޯ، އަންނަ ހަފްތާގައި މާލެ ދިޔައީމަ ވަރަށް މިސްވާނެ.”

ޒެފަންވެސް މަހެއް ފަހުން މާލެ ބަދަލު ވާނެ ވާހަކަ ބުނަމުން ޒެފަން ނޫންމީހަކާމެރީ ނުކުރާނެކަމަށް ޒޯރާ ބުނަމުން ދިޔައެވެ. އަދި މާލެ ދެވުމުން ގޭގެ އެޑްރެސް ދޭނެކަމަށް ބުނެލީ އިތުރަށް ޒެފަން އިންތިޒާރު ކުރުވުމަށެވެ. ޒެފަންވެސް މާލެދެވުމުން ޒެފަންގެ ގޭގެ އެޑްރެސް ބުނާނެކަމަށް ބުނީ ޒޯރާ އިތުރަށް ތަޅުވާލުމަށެވެ.

މިވާހަކަތައް އަޑުއަހަން ކޮޓަރި ބޭރުގައި ހުރި މީހެއްގެ ހިތަށް ވަރަށް އަސަރު ކޮށްފިއެވެ. ކުރި ހުރިހާ އުއްމީދެއް ފުނޑުފުނޑު ވީއެވެ. އުމުރުގައި ދެކެންބޭނުންވި ދުވަސް ފެނުމުގެ ކުރިން ހުވަފެންތައް ވިއްސިވިހާލި ވީފަދައެވެ. އެކަމު އަދި ހަތިޔާރު ބެހެއްޓުމުގެ ވިސްނުމެއް ނެތްކަހަލައެވެ. އުއްމީދުތައް ކާމިޔާބު ވާނެ މޮޅު ރޭވުމެއް ހިތުގައި ރާވާލަމުން ހިނގައިގަތީ އެތައްބައެއްގެ އުފާވެރިކަން ބިމުގައި ވަޅުޖެހޭނެކަން ނޭނގިހުރެއެވެ. މިއޮތްހުރިހާ ދުވަހަކު ކުރިހާ އުންމީދުތައް ސައިބޯނި ބޮއްކެއްފަދައިން ވާން ބޭނުން ނުވަނީކަންނޭގެ އެވެ.

(ނުނިމޭ)

8

3 Comments

  1. inaya

    October 31, 2017 at 6:15 pm

    readers in ge faraathun varah bodah maafah edhen mivaahaka genes nudhevi lasvi kamah takaa. dhimaavi kuda kamakaa gulhigen mivaahaka nugenesdhevuny. dhn konme angaara adhi aadhitha dhuvahaku mivaahaka genesdheynan, november 18 ge fahun sunday, tuesday, thursday aku genesdheynan, midhuvaskolhu test othyma weekaku 2 dhuvahu genesdheveyny.

  2. MiNe

    October 31, 2017 at 6:59 pm

    Mi kurin genehsa ihn part eh

  3. Unaal

    November 1, 2017 at 9:08 am

    Wow.. Kury part thah kiyaalafa comment mikury … Vrh reethi … Ky k bunaany hama habeys
    Alhe story nimey dhekah ges dheh che.. Ino

Comments are closed.