
ހިނިތުންވުމުން – 9
މިވާހަކަ ތައް އަޑުއަހަން ކޮޓަރި ބޭރުގައި ހުރި މީހެއްގެ ހިތަށް ވަރަށް އަސަރު ކޮށްފިއެވެ. ކުރި ހުރިހާ އުއްމީދެއް ފުނޑުފުނޑު ވީއެވެ. އެކަމު އަދި ހަތިޔާރު ބެހެއްޓުމުގެ ވިސްނުމެއް ނެތްކަހަލައެވެ. އުއްމީދުތައް ކާމިޔާބު ވާނެ މޮޅު ރޭވުމެއް ހިތުގައި ރާވާލަމުން ހިނގައިގަތީ އެތައްބައެއްގެ އުފާވެރިކަން ބިމުގައި ވަޅުޖެހޭނެކަން ނޭނގިހުރެއެވެ. މިއޮތްހުރިހާ ދުވަހަކު ކުރިހާ އުންމީދުތައް ސައިބޯނި ބޮއްކެއްފަދައިން ވާން ބޭނުން ނުވަނީކަންނޭގެ އެވެ.
އަވަސްވެފައިވާ ނޭވާތަކަކާއެކު އަޒީމާ ފޯނު ނަގާ ކަންފަތުގައި ޖަހާލިއިރު ގުޅަންވެސް ހަނދާންނެތްކަހަލައެވެ. ދެވަނަފަހަރަށް ފޯނަށް ބަލާލުމަށްފަހު ދެފަރާތަށް ބޯހޫރާލުމަށް ފަހު ފޯނުން ގުޅާލިއެވެ.
“ދަރިފުޅާ އަޒީމް. ފޯނު ތިނެގީ ހާދަލަހަކުންނޭ، ކޮންތާކު ދަރިފުޅު ތިއުޅެނީ އިއްޔެވެސް ނުގުޅާ” ޖޯލި ފަތީގައި ހަމަޖެހިލަމުން އަޒީމާ ނޭވާހަމަޖައްސާލިއެވެ. ދައްކާނެ ވާހަކަތައް ހިތުގައި ރާވާލިޔަސް ދަރިފުޅު ކައިރީ ދޮގުހަދަން ޖެހުމުން ހާސްވެ އަނގަ އޮޅޭގޮތްވިއެވެ. މޭޒުގެ އެއްކައިރީހުރި ބިލެއްގަނޑަކުން އެތިކޮޅެއް އުތުވާލުމަށްފަހު އަނގަޔަށްލަމުން ހިންދިރުވާލިއެވެ.
“މަންމާ ބުނީމެއްނު ރިސޯޓުކަމަކު ލަންކާއަށް ދާވާހަކަ، ލަންކާއަށް ގޮއްސަ މިއައީހަމަ އަދި މިހުރީ ހުޅުލޭގަ. ހާދަ ހާސްވެފަހެން ހީވެޔޭ ކަމެއްވީތަ؟ ކޮބާ ޒޯއްކޮ؟” މީހުން ގިނަކަމުން ވާހަކަ ދައްކަން އުނދަގޫވިޔަސް ފޯނުންވާހަކަ ދައްކަމުން ލަގެޖުނަގާ ކޮނޑުގައި އަޅުވާލަމުން އަޒީމް ހިނގައިގަތީ ބޭރަށް ނުކުމެވޭތޯއެވެ. ބޮލުގައި އަޅުވާފައި ހުރި އައިނު ނަގާ ލޮލަށް ހެޔޮވަރުކޮށްލީ މޮޑެލްއެއް ފަދައިންނެވެ. 29 އަހަރުވީއިރު އުމުރުން 20 އަހަރެކޭ ތަފާތެއްނެތެވެ. އެހާ ލާނެއްވެފަ ސަކަ މިޒާޖެކެވެ.
“މިއުޅެނީ އެއްކަލަހެން މޭގައި ރިއްސާފަ ނޭވާ ހާސްވާތީ، ދަރިފުޅު ޒޯރާ ބަލާ މިފަހަރު އަންނައިރު މަންމަވެސް މާލެ ބަދަލުވާނަން، މިދުވަސްކޮޅު ވަރަށް ބަލިކޮށް މިއުޅެނީ، ދަރިފުޅު ހާސްވެދާނެތީ ނުބުނާންވެގެން މިހުންނަނީވެސް، އެކަމު ކެތްނުވާވަރުވީމަ މިބުނީ، އަދި ދަރިފުޅު ކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަވެސް އެބައޮތް، ރަށަށް އައީމަ ބުނާނީ” އަޒީމާ ވާހަކަ ދައްކާ ނިއްމާލަމުން މޭގާ ދެފަހަރަކު ޖަހާލިއެވެ. ވައަތު ކަށިއިނގިލީގައި ވާ ރަންއަނގޮޓީގައި ފިރުމާލީ މީހަކު ކޮށްފައިވާ ވަސިއްޔަތެއްގެ މަތިން ހަނދާން ވާހަލުއެވެ.
” އޯކޭ މަންމާ ރަށަށް ދިޔައީމަ ތިވާހަކައެއް ބުނަން ވާނެ، ދެދުވަސް ތެރޭ ރަށަށް ދާނަން ޒޯއްކޮ ބަލާ، މަންމަ މާލެއަންނަ ވާހަކަ ބުނީމަ ސަޕްރައިޒް ވެއްޖެ ، އެކަމު ވަރަށް އުފާވެސް ވެއްޖެ” އެއްކައިރީގައި ކުޑަކޮށް މަޑުކޮށްލުމަށްފަހު ހިނގައިގަތީ ފަހުން ގުޅާނެވާހަކަ ބުނުމަށްފަހުއެވެ. ފޯނު ޖީބަށް ލަމުން ދެތިން ފިޔަވަޅު ކުރިއަށް އެޅިތަނާ މަޑުޖެހިލީ ލައިގެން ހުރި ގަމީސް ފަހަތުން ބޮނޑިވީތީއެވެ.
” ހޭ ޔޫ….މަގޭ ލަޖެގް ހިފައިގެން ފިލަންތަ ތިދަނީ. ސެކިއުރިޓީއަށް ގޮވަންވީތަ؟ ގެނޭ ތިދަބަސް ހަމަމިހާރު” ރީތި ވަށް މޫނެކެވެ. ދިގު ބުޅި އިސްތަށިގަނޑުގައި ވަނީ ގަދަރަންކުލައެވެ. ކޮފީ ބްރައުން ކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމެއްގަ ހުރި މިއަންހެން ކުއްޖާ ހީވަނީ ހޫރު ޕަރީއެއް ހެނެވެ. ހެދުމާ ގުޅޭގޮތުން އަރާފައިވާ އުސްފައިވާނުން މިއަންހެންކުއްޖާގެ ރީތިކަން ފުރިހަމަވެއެވެ.
ކުއްލިއަކަށް އާޒިފް ފަހަތަށް އެނބުރުނު ގޮތަކުން އެއަންހެންކުއްޖާ ތަތްވީ އާޒިފްގެ މޭގައެވެ. ދެމީހުންނަށް އިހްސާސްވީ އާދަޔާހިލާފް އުފާވެރިކަމެކެވެ. ހިތްތެޅިލީ އެހާބާރުމިނުގައެވެ. ފުރަތަމަ ފެނިލުމުންވެސް އާޒިފްގެ ހިތުގައި މިއަންހެން ކުއްޖާ ވިކާލިކަހަލައެވެ. މީހުން ބުނާއަޑުއަހައެވެ. ފުރަތަމަ ނަޒަރުން ލޯތްބެއް ނުވެވޭނެއެވެ. ގަޔާވެވިދާނެއެވެ. އެކަމަކު އާޒިފް އަށް މިފަހަރު ފުރަތަމަ ނަޒަރުން މިއަންހެން ކުއްޖާ ކަމުގޮއްސިއެވެ. ކަމުގޮސްގެން ލޯބިވެސްވެވިއްޖެއެވެ.
” ފޯނުގަ ހުރެގެން ނަންބަލާނުލާ ގެނެވުނީ އެއްކަހަލަ ބޭގެއްވީމަ. ސޮރީ ލަވް، ލަވް ހަނދާނެއްނުވިތަ މީކާކުކަމެއް، ވަރަށް ކުރިން ދިމާވިއެއްނު ބުނީމެއްނު އިންތިޒާރުކުރާށޭ، ބޮޑުވީމަ މެރީކުރާނަމޭ، އޯހް…ތަގްދީރު އަނެއްކާވެސް އަހަރެމެން އެއްތަން ކުރުވީ، އިނގޭތަ އުމުރުން 29 އަހަރުވީއިރުވެއް ހުސްކޮށް މިހުރީ ލަވްގެ އިންތިޒާރުގަ. ވިލް ޔޫ މެރީ މީ؟” އާޒިފް ހިތުގެ ހާލް ބަޔާން ކޮށްދިނީ ދުވަހަކުވެސް ފެނިފަވާ ކުއްޖެއްނޫންކަމުގަ ވިޔަސް ހިތުގެ މަލިކާ ކުރިމަތިން ފެނުމުންނެވެ. މޫނަށް ނަޒަރު ހިންގާލީ އިތުރަށް ދަސްކުރަންބޭނުންވާ ހާލުއެވެ.
” ދެން ތިބުނީ ނަން ބުނާށޭތަ! ލޯބިވާށޭތަ؟ ލޯބިވެގެން އިންނަންވީއޭތަ؟ ނުބުނާނަން ނަމެއްވެސް. ކޮން ތަޤްދީރެއް ލަވްއެއް މެރީއެއް ކިޔާކަށް، މަށެއް ނުދަންނަން ތިކާކުކަމެއް. ދަބަސް ގެނޭ” މަލަކާ ގެ ކުރިމަތީ ހުރި ޒުވާނާޔަށް ރަނގަޅަށް ބަލާލިއެވެ. ރީތި ހުސްކުރި ރީތި ކަމެކެވެ. ފެނުނު ތަނުން މެރީ މީ އޭ ބުނެލިގޮތުން ގައިން ހީބިހި ނެގިކަހަލައެވެ. ކަނޑު ނޫކުލައިގެ ޖިންސަކާއެކު ޕީޗްކުލައިގެ ގަމީސްވަނީ އުޅަބަށީގެ ވަކިހަމަޔަކަށް އޮޅާލާފައެވެ. އައިނު އަޅާފައި ހުރުމުން ލޮލުގެ ކަޅިނުފެނުނުކަމުގައި ވިޔަސް ރީތި ލޮލެއްގެ ވެރިއެއްކަން ބަލާލުމުން އިނގެއެވެ.
ޒުވާނާގެ ލޮލުގައިވާ އައިނު ދަމާގަތުމަށްފަހު ދަބަސް ނުދެނީސް އައިނު ނުދޭނެ ވާހަކަ މަލަކާ ބުނުމުން އެޒުވާނާ ދަބަސް ހިފައިގެން ހިނގައިގަތީ ލަގެޖްތައް ހުރިދިމާލަށެވެ. ޒުވާނާގެ ދަބަސް ހޯދުމަށްފަހު މަލަކާގެ ދަބަސް ދިނެވެ. ދަބަސް ކޮނޑުގައި އަޅުވަމުން މަލަކާ އާދިމާއަށް އެނބުރުނެވެ.
ރުޅިއައިސް ރަތްވެފައިވާ މަލަކާ އަތުގައި އޮތް ފޯނު އަތުލުމަށްފަހު ކޯޑުނުޖަހާ އޮތްފޯނުން ކުރާކަމެއްކޮށް ނިއްމާލަމުން ފޯނުދިނެވެ. ” އައެމް އާޒިފް. އަދި ދެމީހުން ތަގުދީރުގެ ރޭވުމުގެ މަތިން ދިމާވާނެ ކަމަށް ހީކުރަން، ނަންބަރު ސޭވްކޮށްލާ، ގުޅާނަން” މަލަކާގެ ކޮލުގައި ހިފާލަމުން ހިނގާގަންތަނުން ކުއްޖަކު އައިސް މަލަކާ އަށްގޮވާލުމުން އާޒިފް އެބުރި މަލަކާއަށް ގޮވާލަމުން އެއްލޯމަރާލިއެވެ.
” ރަމޫ ކީއްތަ ތިކުރީ އޭނަ ކައިރީ ނަންނުބުނަންވެގެން ހުއްޓަ އައިސް ތިގޮވީ” މަލަކާގެ ރުޅިގަނޑު އަދިވެސް ކޮންޓުރޯލް ނުވެއެވެ. އެހެނަސް މިފަހަރު ތުންފަތްމަތީ ހިނިތުންވުމެއްވެސް ވެއެވެ. ” މަލާ އަށް އިނގޭތަ އެކާކުކަން، ފޯސީޒަން ރިސޯޓުގެ ޖެނެރަލް މެނޭޖަރޭ އެއީ، ނަހޫގެ ވެޑިން ޕާޓީ އޮތީ އެރިސޯޓުގައެއްނު، އެފަހަރު އޭނަގެ މައުލޫމާތު ލިބުނޭ” މަލަކާގެ އެކުވެރިޔާ އަނގަހުއްޓާނުލާ ވާހަކަ ދައްކަން ފެށުމުން މަލަކާވެސް އެއްބައިވެގެން އާޒިފްގެ މައުލޫމާތު ހޯދިއެވެ. އާޒިފް ހުރީ ހުސްކޮންކަން އެގުމުން ހިތުގައި ވިންދެއް ޖަހާލިއެވެ. އަތުގައި އޮތް އާޒިފްގެ އައިނު ނަގާ ބަލާލުމަށްފަހު ލޯންޗަށް އަރަން ހިނގުން އަވަސްކޮށްލިއެވެ.
” ޑެޑީ….އާހް.. މަލާ ބުނީމެއްނު މަލާ ބަލާނާންނާށޭ، މިހާރު މީ ބޮޑުކުއްޖެކޭ ދުވަސްކޮޅަކުން ޑެޑީ ވެސް މަލާ އަށް ގޮވާނީ ޑރ. މަލަކާ ނަޢީމް” މަލަކާ ބަލާ ނައީމް ހުޅުލެއަށް އައުމުން އުފާވެފަ ހުއްޓަސް ތުއިވެލަމުން ނައީމް ގައިގަ ބައްދާލިއެވެ. ރަމޫ ގޮވައިގެން ލޯންޗުގައި ޖައްސާލަމުން ވަށައިގެންވާ މާސިންގާ ކަނޑަށް ނަޒަރު ހިންގާލީ އުންމީދެއް އޮތުމުންނެވެ.
ޖެހިގެން އޮތް ލޯންޗުގައި އާޒިފް ހުރެފައި ފުލައިން ކިސްއެއް ފޮނުވާލަމުން އެއްލޯ މަރާލީ މަލަކާ ރުޅިއަރުވާލާ ހިތުންނެވެ. ފޯނަށް މެސެޖެއް އައިކަން އެނގުމުން ބަލާލިއިރު އާޒިފް ފޮނުވި ލޯބީގެ މެސެޖެކެވެ. ގިނައިރެއް ނުވަނީސް ބޯއަނބުރަން ފެށުމުން ނައީމްގެ އުނގުގައި ބޯ އަޅާލީ ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުންނާއެކުވެސް މެއެވެ. މިމަންޒަރު ބަލަން ހާސްވެފައި އާޒިފް ހުރީ ވީގޮތެއްނޭނގިފައެވެ. މެސެޖަށް ރިޕްލައި ދިނީކީވެސް ނޫނެވެ.
ޑރ. މަލަކާ ބޮޑުވިޔަސް އެކަނި ދަތުރު ނުކުރެވޭކަން ނައީމް އަންގާލީ ކައިރީގައި ހުރި ރަމްލާގެ މޫނަށް ބަލާލުމަށް ފަހުއެވެ. ބުނެލިގޮތުންވެސް މަލަކާދެކެ ވާލޯބި ހާމަވެއެވެ. މަލަކާއަށް ކުޑަވެސް ގެއްލުމެއްވާން ، ދެރަކަމެއްވާން ނައީމް ބޭނުމެއްނުވެއެވެ.
ރޭގަނޑު ނުވައެއް ޖަހާލާކަށްހާއިރެވެ. މަލަކާ މަންމަ ކައިރީ ބުނެލުމަށްފަހު ދިޔައީ ރެސްޓޯރެންޓަށް ވަދެލުމަށެވެ. ދަތުރުކޮށް ނިއްމާލުމަށްފަހު ނިދާލުމުން ބޭނުންވީ ބޯހަމަޖައްސާލާށެވެ. އޭރުވެސް ހުއްޓުމެއްނެތި އާޒިފް މެސެޖު ކުރަމުން ދިޔައެވެ. މެސެޖްތައް ކިޔަމުން ދިޔައިރު ހިތްއޮބި ނޯންނަވަރަށް ތެޅެމުން ދިޔައެވެ. ހުސްކޮށް ހުރި މޭޒެއްގައި ޖައްސާލުމަށްފަހު ދެލޯމަރާލީ އާޒިފް ސިފަ ވޭތޯއެވެ. ވެއިޓަރު ފެންއަޅާފަ ދިއުމުން ފެންތަށްޓަށް ބަލާލުމަށްފަހު އަނެއްކާވެސް ލޯ މަރާލިއެވެ.
ސިހިގެންދިޔައީ ފިނިއަތަކުން އަތުގައި ހިފުމުންނެވެ. ލޯކުރިމަތިން އާޒިފް ފެނުމުން ސިހުނުވަރުން އަތްދަމާގަތީ ލަނޑެއް ލިބޭނެކަމަކަށް ނޫނެވެ. މޭޒުމަތީ ހުރި ފެންތަށި ބަންޑުންވީ މަލަކާ ގަޔަށެވެ. އައިރުޅިން ތަށިފުރާ ފެން އެޅުމަށްފަހު އާޒިފް ގަޔަށް ޖަހާލިއިރު ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ރޭކާވެސް ނުލިއެވެ. ރެސްޓޯރެންޓުގެ ވަށައިގެންވާ މީހުންގެ ނަޒަރު ހުރީ މިދިމާއަށްކަމުން މަލަކާ އަވަހަށް ތެދުވެ އާޒިފް އަތުގައި ހިފުމަށްފަހު ލިފްޓާދިމާއަށް ދުއްވައިގަތީ ލަދުންހުރެއެވެ.
އާޒިފް ކައިރިން މާފަށް އެދެމުން މިދަނީ އޭނަގެ އެޕާޓްމަންޓަށްކަން އަންގާލިއެވެ. ފުލް ބިލްޑިންގ އަކީ މަލަކާ ބައްޕަގެ އަމިއްލަ ތަނެއްކަން އިނގުނުހިނދު އާޒިފް މަލަކާއަށް ބަލާލީ ގަބޫލުނުކުރެވޭ ހާލުއެވެ. ލިފްޓުން ނުކުމެވުމާއެކު މަލަކާ ފާރާ ޖައްސާލީ ވަރަށް ލޯބިންނެވެ. ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ނައީމް ފާރޫޤް ގެ ދަރިއަކު އާޒިފް އާ އެކަށީގެން ނުވެޔޭ ބުނެލީ ފާރުގައި އަތްމުތްކަވާފަ ޖަހަމުންނެވެ. އަދި މިރެސްޓޯރެންޓަށް އަބަދުވެސް އަންނަކަމަށް ބުނެލިއެވެ. މިއަދު ވެސް ހުއްޓަ ކުއްލިއަކަށް މަލަކާ ފެނުމުން އަވަހަށް ކައިރިއަށް އައީކަމަށް ބުނެލިއެވެ.
” ހާދަ އަވަހަކަށް އުއްމީދު ކަނޑާލީ، ހަމަގައިމުވެސް ޑެޑީ އަކީ ކިތަންމެ މުއްސަނދިވިޔަސް ދަރިންގެ އުފަލަށް ހުރަސްއަޅާމީހެއްނޫން. އަދި އަމުދުން ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކަށް އެކަށީގެން ނުވާނީ ކޮންކަމެއް” އާޒިފް ގަޔާދުރުކޮށްލަމުން އެޕާޓްމެންޓަށް ވަނީ އާޒިފްއަށް ދައުވަތު ދެމުންނެވެ. ތުވާޔެއް ގެނެސް އާޒިފް އަތަށް ދެމުން ޓީޝާޓް ހިއްކާލަން ދިނުމަށް ބުނީ ލަދުން ހުރެއެވެ.
ޓީޝާޓް ބޭލުމަށްފަހު މަލަކާއަތަށް ދިނީ ގައި ހިއްކަމުންނެވެ. މަލަކާއާ ދިމާއަށް ބަލާލަމުން ފުރަގަހުން ބައްދާލިއެވެ. ބުޅިއިސްތަށިގަނޑު ދުރުކޮށްލަމުން ކަނދުރާގައި ދަތްދޮޅި އަޅުވާލަމުން އުނަގަނޑުގައި ހިފާލީ ދުވަހަކު ދޫކޮށްނުލާނަމޭ ބުނަމުންނެވެ. ” ވިލްޔޫ މެރީ މީ ” ދެވަނަފަހަރަށް އަހާލީ އުއްމީދުގެ ހުޅުކޮޅު ނިވުނަނުދިނުމަށްޓަކައެވެ. މަންމަ ބުނާހެން މަންމައަށް ޅީދަރިއެއް ހޯދާދޭން ޖެހޭ ވަގުތު ޖެހިއްޖެކަން އާޒިފްއަށް ވިސްނުނެވެ. ދިރިއުޅުމަކާ ދޭތެރޭ ސީރިއަސްކޮށް ވިސްނަން ޖެހިއްޖެކަން ސިކުނޑިއަށް ނަގައިގަނެވުނެވެ. އުމުރު ހުސްވަންދެން ކިޔަވަން އުޅުނަކަސް ހިތްހަމަޖެހުމެއް ނުލިބޭނެކަން މިއަދު ވިސްނިއްޖެއެވެ.
” މިއަދު ދިމާވާއިރަށް މެރީ މީ އޭ ބުންޏަސް ކިހިނެއް ޖަވާބްދޭނީ، ތީ ކާކުކަމެއް މީހެއްގެ ފިރިއެއްކަމެއްވެސް ނޭނގެ، އަނެއްކާ އަހަރެން މެރީ ކޮށްގެންވެސް އުޅެދާނެއެއްނު ” މަލަކާގެ ޖުމްލަ ފުރިހަމަ ނުވަނީސް އާޒިފް އާ ވީފަރާތަށް މަލަކާ އަނބުރާލީ ދެލޯބޮޑުކޮށްލަމުންނެވެ. މެރީކޮށްގެންހޭ އަހާލީ ފުދޭވަރަކަށް ބާރަށެވެ. މަލަކާ ހީގަންނަމުން ޓޯޓަލީ ފުރީއޭ ބުނެލީ އާޒިފް އާ ދުރަށް ޖެހިލަމުންނެވެ.
ދެންދިޔަ ވަގުތުދިޔައީ ދެމީހުންގެ ވާހަކަ އެކަކު އަނެކަކަށް ހިއްސާކުރުމުގައެވެ. އާޒިފް ބުނެލީ މާދަން ހަވީރުން ކޮއްކޮ އާ މަންމަ މާލެ ގެންނަން ރަށަށް ދާވަހަ، އަދި މާލެ އައިއްސަ މަންމަމެނަށް ތައާރަފް ކޮށްދޭނެވާހަކައެވެ. މާލެ އާދެވުނުހާ އަވަހަކަށް ޖަވާބެއް ދިނުމަށް ބުނެލީ އިންތިޒާރުގެ ވަގުތުތަކަކީ ހިތިއެއްޗަކަށް ވާންނޭދޭތީއެވެ.
***************
ފަތިސްނަމާދަށް ބަންގިގޮވުމާއެކު ނަމާދުކޮށްލައިގެން ގޭތެރޭގެ މަސައްކަށް ކޮށްނިއްމާލިއިރު ގަޑިން ހަގަޑި ބައިވާން ކައިރިވަނީއެވެ. އަވަހަށް ކޮޓަރިއަށް ވަދެ ކޮތަޅެއް ހިފައިގެން ސައިކަލަށް އެރީ ޒެފަންކައިރި އަށް ދިއުމަށްޓަކައެވެ. މިއަދުމީ ޒޯރާއަށް ރަށުގައި ހުރެވޭނެ އެންމެ ފަހު ދުވަސްކަމުން ބޭނުންވީ ވީހާވެސް ގިނަވަގުތު ޒެފަން ކައިރީ އުޅުމަށެވެ. ޒެފަންއާ ދުރު ނުވެވޭވަރަށް ޒޯރާ އަށްވަނީ ޒެފަން ދެކެ ލޯބިވެވިފައެވެ. ޒެފަންގެ ހުރިހާ ސިފައެއް ޒޯރާވަނީ ހިތުން ރުހުމުން ގަބޫލުކޮށްފައެވެ.
ގެއާކައިރިވީއިރު މުޅި ހިސާބުގައި ހީނާމާވަސް ފެތުރިފައިވެއެވެ. ސައިކަލު ހަރުޖައްސާލަމުން ދޮރުހުޅުވާލިތަނުން ސިހުނީ ގަބޫލުނުކުރެވޭ މަންޒަރެއް ފެނުމުންނެވެ. ޒޯރާގެ އިންތިޒާރުގަ ޒެފަންހުރީ ދެކޮޅަށް ހިންގާލަހިނގާލައެވެ. މޫނުމަތިން ހާސްވެފައިވާ ކަން އިހްސާސްވެއެވެ.
” ހާދަލަހުން ތިއައީ. ޒޯބަލާ ދޮންބެ ހަވީރުން އަންނައިރު އަވަހަކަށް ފެންނާނީކީވެސް ނޫނެއްނު ދެން ” ޒެފަން ކައިރިއަށް އައިސް ގަޔާކައިރިކޮށްލިއެވެ. ޒޯރާ ދުރަށް ދާތީ އިންތިހާއަށް ދެރަވެފައި ހުރި ޒެފަން ޒޯރާގެ މޫނާ ކައިރިވެލުމަށްފަހު ލޯބިވާ ވާހަކަ ކަންފަތްކައިރީ ބުނެލީ އެތައްހާސް އަސަރަކާއެކުއެވެ. ޒޯރާގެ ހަށިގަނޑުގައި ބައްދާލީ ނޭވާވެސް ނުލެވޭވަރަށެވެ.
ކުޑަކޮށް ޒޯރާ ދުރުކޮށްލަމުން މޫނަށް ބަލާލީ ހިތްހަމަޖެހުމުންނެވެ. ޒޯރާގެ މަޑުތުންފަތަށް ބަލާލަމުން ހިންދިރުވާލީ ނިއްކުރީގައި އަތްހާކާލަމުންނެވެ. މަޑުމަޑުން މޫނުކައިރިކޮށްލުމަށްފަހު ޒޯރާ ތުންފަތުގައި ލޯބިކޮށްލިއެވެ. ކުޑަހިނދުކޮޅަކަށް ދެމިގެންދިޔަ ވަގުތުކޮޅަކަށްފަހު ދެމީހުންނަށް ދުރުވެވުނީ ނޭވާހަމަޖައްސާލުމަށްޓަކައެވެ. ޒޯރާލަދުން އިސްއުފުލާލަން ނުކެރި އިރުކޮޅެއްވުމަށްފަހު ކުޑަކޮށް ކޮރާލުމަށްފަހު ޒެފަން ކޮލަށް ދޮނެއްދިނުމަށްފަހު އަތުގައި ހިފާލިއެވެ.
” ހާދަ ނާވަސް ވެފަ ” ޒޯރާ މިކުރި ސުވާލަކުން ޒެފަން ހިނިތުންވެލިއެވެ. ފުރަތަމަ ފަހަރުވީމަކަމަށް ބުނަމުން އަދިވެސް ކައިރިވެލިއެވެ. ދެމީހުންނަށް ސިހުން ގެނުވީ ޒޯރާ ފޯނަށް އައި ކޯލަކުންނެވެ. ލަވް ޖަހާ ސޭވް ކޮށްފަ އޮތް ނަންބަރަކުން ގުޅުމުން ޒެފަންފޯނު އަތުލީ ޒޯރާއަށް އެއްޗެކޭ ބުނެވުމުގެ ކުރިންނެވެ.
ނުނިމޭ…..
17 Comments!
Comments are closed.
varah reethi storyeh, mi part varah reethi
Alhe vrh reethi …
varah intresting storyeh, next part kiyaalaa hithun nuhurevey, alhe azeemaa mee nubai baikulhey meehehtha? mihaaru shakuu, and aazif and malakaa varah majaa
kaakubaa e gulhy, varah nice story eh, next part kiyaa hih vany
nice keep it up
Next part next yr ge mi mnt ga kiyaalah libeyni…huh migothah waahaka gehnaathi v foohi ..aharaku part eh
Fucy nukyma vynu, aharemen kyaanan. fucy mi vaahaka nukiyas aharun vaahaka kiyaa kudhin dheraeh nuvey huh,
Varah reethi story eh 🙂
mivaahaka kiyaalaa hithun hunnathaa kithanme dhuvaheh, anekaavess kiyaalan libunyma v v v happy vejje, i love this cover photo
Fucy ebuny dhedheh migothah keehkurah liyany.vaahaka kithame reehchakas liyaa meehaa kiyaa meehaa aa medhu visnaa eh nulaa.midhiya 2016 gai genesdhin gothah mi aharu 2017 ah e part genes dhevuny.dhen boduvaru dho mi.lala kiya kiyaa hureba ???fucy ves ebuny hageegathah meehaku hageegatah ehcheh bunyma e meehakah jadaleh noon kurah v..kohme gotheh viyas mi vaahaka liyaa meehaa aky v faruvaa kuda meeheh.kanfasyha ah liyefa.huh????????????? dhen nuliye geyga othyma fucy ves ehcheh nubunaane dho fucy..gos oveba geyga next part kiyunterinnah 2018 november 1st ga??genesdheveynee.inthizaar nukuriyas heyo???????????
V nyc mi story..azym n axif eii same person dw..btw cover pic vvv nyc..zef n zoa dw..hehe..waiting…n plx upload tl end this time..hope u wl nt disappoint us..?
varh reethi mibaivess, kuriah huri baithakah inthixaaru kuran , liyun theriyaa ah azeem and aazif liyumuge kusheh hen hyvany olhifa miothy, aazif or (azeem) and malakaa ge bai varh intresting waiting for the end of the story
Vaahaka v intresting and v reethi… Keep it up… Waiting for next part…
alhe ..nxt part up kohdhyba
vrh kiyaa hihva stry eh mi
stryge pic vrh reethi
hayat and Murat ❤???
next part tuesdayga and thursday ga up kohdheynan unaal thanks
thanks all to read this story and commented.