Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބިކަވި ހަޔާތް (6)

lyla Level 1
October 30, 2017 4 Mins Read
10 Comments

ހަލާކުވެފައިވާ ދޮރުފަތް ކައިރިކޮއްލުމަށްފަހު އުދޯލީގައި ނާޒިމާ އިށީނެވެ. ދޮރުގައި މީހަކު ޓަކި ޖަހާލިއަޑަށް ސިއްސައިގެންގޮސް ދެލޯ ބޮޑުކޮއްލިއެވެ.”ކާކު؟” ޖެހިލުންވެ ހުރެ ނާޒިމާ އަހަލީއެވެ. “ސުނީލް. ތަޅު ބަދަލުކޮއްލަންވެގެން” ސުނީލްގެ އަޑު ޖެހުމުން ނާޒިމާގެ ހިތް ހަމަޔަކަށް އެޅުނެވެ. މަޑުމަޑުން ގޮސް ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަދެ ސުނީލް މަސައްކަތް ފެށިއެވެ. ނާޒިމާ އުދޯލީގައި އޭނާ ގެ މަސައްކަތައް ބަލަހައްޓައިގެން އިނެވެ.

“ނިމުނީ.. ތަޅުލައިގެން ހުންނާތި އިގޭ. ދެން ދަނީ” ސުނީލް ނަޒިމާއަށް ބަލާލަމުން އެހެން ބުނެލީ ހިނިތިން ވަމުންނެވެ. ނާޒިމާގެ ލޮލަށް ބަލާލުމުން އޭނާ އަދިވެސް ކަންބޮޑުވެފައިވާކަން ފާހަގަވެއެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނާޒިމާ އަނެއްކާވެސް އިތުރު ހިއްވަރާ އެކު ދުނިޔެއާއި ކުރިމަތި ލިއެވެ. އޭނާ މިހާރު ގޭގައި އެކަނި އިންނަ ގަނޑީގައި ދޮރު ތަޅުލައިގެން ނޫނީ ނީދެއެވެ. އަދި މީހަކުއަޔަސް ކާކުކަން ޔާޤީން ނުވަނީސް ދޮރު ނުހުޅުވައެވެ. ސުނީލް އާއި ނާޒިމާގެ ގުޅުމަށް ރަޙުމަތްތެރި ކަމުގެ ބޮޅެއް އިތުރުވިއެވެ. ސުނީލް ހިތުގައި ވަނީ ކީކޭކަން ނާޒިމާއަށް ނޭގޭ ހާލު އޭނާ ސުނީލް އާއި ގާތްގުޅުމެއް އުފެއްދިއެވެ. އޭނާ ކަހަލަ އަގު ވެއްޓިފައިވާ މީހަކަށް އިންނާނެ މީހަކު ވާނެ ކަމަކަށްވެސް އޭނަ ޤަބޫލެއް ނުކުރެއެވެ. ނަމަވެސް އޭނާގެ ބަސްނާހާ ހިތް ސުނީލްއަށް އެދެމުންދާކަން އޭނާ އަށް އެގެއެވެ. ސުނީލް ކައިރީގައިވާ ވަގުތު ހިމާޔަތްކަން އޭނާއަށް އިޙްސާސް ވެއެވެ. ރީމާ އާއި އެކު ސުނީލް ސަކަރާތްޖަހާ އިރު އެ ދަރިފުޅަށް ބައްޕައަކަށް އެންމެ އެކަށީގެންވާ މީހަކީ ސުނީލް ކަމަށް އޭނާގެ ހިތް އޭނާ ކައިރީ ތަކުރާރު ކޮށް ބުނަމުން ދިޔައެވެ. ނަމަވެސް އެ އަޑަށް އޭނާ ބީރު ކަންފަތެއް ދެނީ ސުނީލްގެ ހިތް އޮތްގޮތް ނޭގޭތީއާއި އެކު ބާއްވަމުން އައި ރަޙްމަތް ތެރި ކަމުގެ ގުޅުން ރެދުލައިގެން ނުދިނުމަށެވެ.

ހުކުރު ދުވަސް ކަމުން ނާޒިމާ ހެނދުނު ގެއިން ނިކުތީ ފިހާރައަކަށް ދިޔުމަށެވެ. ގެއާއި މާދުރުނޫން ހިސާބެއްގައި ހުރި ފިހާރައަށް ނާޒިމާ ވަދެ މެންދުރަށް ކައްކަން ބޭނުންވާ ބައެއް ސާމާނު ގަނެލިއެވެ. އަދި ގެއާއި ދިމާލަށް މިސްރާބު ޖަހާލިއެވެ. ކުލިއަކަށް ކުރިމަތީ އޮތް ގޯޅިން ނިކުމެގެން އައި މީހާ ފެނުމުން ނާޒީމާ ގަނޑުވިކަހަލައެވެ. ފައިގައި ވަރު ދޫވެ ބިމަށް ތިރިވާން އުޅޭހެން ވެސް ހީވިއެވެ. މަގުގެ ދެފަރާތައް ބަލާލީ އެއްވެސް މީހަކު ހުރިތޯއެވެ. ސުނީލް އޭނާ އާއި ދިމާލަށް ބަލަހައްޓައިގެން އަނެއް ފަރާތުގައި ހުރިތަން ފެނުމުން ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އަދި އަވަސް ފިޔަވަޅާއި އެކު ގޮސް ސުނީލް އާއި އަރާ ހަމަކުރިއެވެ. އަދި ސުނީލް ނުވިސްނާ ހުއްޓާ އޭނާ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. ނާޒިމާއަށް މިއައި ބަދަލަކީ ކުރިމަތީ އޮތް ގޯޅިން ނިކުތް ސުރޭޝް ކަން ސުނީލްއަށް ނަގައިގަނެވުނެވެ. ހަމަޖެހޭށޭ ބުނާ ފަދައިން އޭނާ ނާޒިމާގެ އަތައް ބާރު ކޮއްލިއެވެ.

ގެއާއި ހަމައަށް ދެވެންދެން ސުނީލް އާއި ނާޒިމާ ތިބީ އަތު ގުޅުވާޅައިގެންނެވެ. ސުނީލްގެ ހިތުގެ ތެޅުން އޮބިނޯވެގެން ދިޔައިރު ނާޒިމާވެސް ހަމަ އެހާލެކެވެ. މޫނުގެ ކުލައަށް ޖަންބު ކުލަ އަރާފައިވާއިރު ލަދު ގަނެފައިވާކަން އެގެއެވެ. ސުނީލް އަށް އިތުރު ހިއްވަރެއް ލިބިގެން ދިޔައީ ނާޒިމާ އޭނާގެ އަތުން ދޫނުކޮއް ހުރުމުންނެވެ. ވަރަށް ހިއްވަރު ކޮއްލާފައި ހިތުގެ ހާލު ބަޔާން ކުރުމަށް ސުނީލް ނިންމިއެވެ. ގެއާ ހިސާބައް ދެވުމުން ސުނީލް މަޑުމަޑުން ނާޒިމާ ކައިރީ ވާހަކައެއް ބުންނަ ބޭނުންކަމަށް ބުނެލިއެވެ. ނަޒިމާ ސުނީލްއާއި ދިމާލަށް ބަލާލުމަށްފަހު ބުމަ އަރުވާލިއެވެ. “ވިލް ޔޫ މެރީ މީ؟” ޖެހިލުންވެ އިދެ ސުނީލް ބުނެލިއެވެ. ނާޒިމާގެ ލޯ ކަރުނުން ފުރިގެން އައީ އެއީ ދުވަހަކުވެސް އޭނާ އަށް އިވިދާނެ ބަހެއް ކަމަށް އޭނާއަށް ހީވެފައި ނެތުމުންނެވެ. ހޯސް ލާފައި ލޮލުން ފައިބައިގަތް ކަރުނަތައް ފެނި ސުނީލްގެ ހިތައް ތަދުވެގެން ދިޔައެވެ. “ނާޒިމާ ބޭނުން ނެތިއްޔާ އޯކޭ. މީ ނުދައްކާ ވާހަކައެއް” ސުނީލް އިސްދަށައް ޖަހައިލަމުން ބުނެލިއެވެ. ނާޒިމާ ކަރުނައިގެ ތެރެއިން ހީލީ ސުނީލް އޭނާ ދެކެ ލޯބިވާކަން އެގުމުންނެވެ.މަޑުމަޑުން ސުނީލްގެ އަތުގައި ނާޒިމާ ބޮސް ދިނީ ޤަބޫލް ކަމަށް ބުނަމުންނެވެ. ސުނީލްއަށް ދުނިޔެ ރަން ވި ކަހަލައެވެ. ނާޒިމާ އުފުލާލައިގެން އެބުރިގަތެވެ. ނާޒިމާ ގެ ހުނުމުގެ އަޑު ފަޒާގައި ގުގުމަމުން ދިޔައީ މިއުޒިކެއް ފަދައިންނެވެ. މި އިން ދުވަހަކު ވެސް ނާޒިމާ އެހާ އުފާވިކަމެއް ނޭގެއެވެ.

ނާޒިމާ ކައިވެނި ކުރަން އުޅޭ ވާހަކަ އެންމެ ފުރަތަމް ހިއްސާ ކޮއްލީ އޭނާއަށް އެހީތެރިވެދިން ކާސިމްބެއާ އެވެ. ކާސިމްބެ ނާޒިމާއަށް ހެޔޮދުއާ ކޮއްދިނެވެ. ނަޒީމާ ގެ ލޮލުން ކަރުނަ ނިރާލީ މަންމަ މަތިން ހަދާން ވުމުންނެވެ. އެ މަންމަ އޭނާ ދެކެ ވީ ލޯބި ހިތައް އެރުމުންނެވެ.

02 ހަފްތާ ފަހެވެ. ނާޒިމާ އާއި ސުނީލްގެ ކައިވެނި ވަރަށް އާދައިގެ ގޮތަކަށް ކުރެވުނެވެ. ނާޒިމާގެ ހިތް ބާރަށް ތެޅުމުން ދިޔައީ ކައިވެނީގެ ފުރަތަމަ ރޭ ހިތައް އެރުމުންނެވެ. އޭނާ މުޅިގައިން ހީބިހި ހަލުވާލާފައިވެއެވެ. ސުނީލްގެ ތޫނު ނަޒަރު އޭނާއަށް ސީދާ ވާ ކޮންމެ ފަހަރަކު އިސް ދަށަށް ޖަހާލަނީ ލަދުންނެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ދަރިފުޅު ރިމާ ނިންދަވާލިއެވެ. ނާޒިމާ އައިސް އުދޯލީގައި އޮށޯތީ ސުނީލް ބޭރަށް ގޮސްފައި ވުމުން އޭނާގެ އިންތިޒާރުގައެވެ. މާގިނަ އިރުތަކެއް ނުވެ ނާޒިމާގެ ލޮލަށް ބަރުވާން ފެށިއެވެ. ހުވަފެނީ އާލަމަށް އޭނާ ދަތުރުކުރީ ހީވެސް ނުކުރާހާ އަވަހަށެވެ. ސުނީލް ގެއަށް އައިސް ދޮރުހުޅުވާލިއެވެ. އުދޯލީގައި ނިދިފައި އޮތް ނާޒިމާ ފެނުމުން އޭނާގެ ތުންފަތަށް ހިނިތުން ވެރިވީ އިޙްތިޔާރަކާ ނުލައެވެ. މަޑުމަޑުން ދޮރު ތަޅުލުމަށްފަހު އުދޯލީގައި އިށީނީ ނަޒީމާގެ މޫނަށް ބަލަމުންނެވެ. ނާޒިމާގެ މޫނު ގެ އޮމާންކަމުން ސުނީލް އޭނާގެ މޫނުގައި އަތް ހިންގާލިއެވެ. ނާޒިމާ ސިހިގެން ގޮސް ލޯ ހުޅުވާލިއެވެ. ސުނީލް ފެނުމުން އޭނާ ހަމަޔަކަށް އެޅުނެވެ. ހީލުމުށްފަހު ތެދުވާން މަސައްކަތް ކުރިއެވެ. އެވަގުތު ސުނީލް އޭނާ ކޮޑުގައި އަތް އަޅާލީ ތެދުވާނެ ކަމެއް ނެތޭ ބުނާ ގޮތަކަށެވެ. ނާޒިމާ މަޑުމަޑުން އޮށޯތެވެ. އޭނާގެ ލޯ ސުނީލްއަށް ސީދާ ވެފައިވާއިރު ނިތް ކުރިން ފިނި ދަލެއް ހިއްލާލިއެވެ. ސުނީލް މަޑުމަޑުން ނާޒިމާގެ ބޮލުގައި އަޅާފައި އޮތް ކުޑަ ބުރުގާ ނަގާލިއެވެ. ނާޒިމާ ދެލޯ މަރާ ތަގުޅިކޮއްލިއެވެ. އޭނާގެ ހިތް އޮބިނޯވެގެން ފުއްމާލާނެހެން ހީވަމުން ދިޔައެވެ. ސުނީލްގެ ހިއްސުތައް ކޮޅުން ލައިގެން ދިޔައެވެ. މަޑުމަޑުން ނާޒިމާއާއި ދިމާލަށް ސުނީލް ގުދުވެލިއެވެ. އަދި ނާޒިމާގެ ފުރިހަމަ ތުންފަތުގައި ބޮސްދިނެވެ. ނާޒިމާ ލޯ މަރާލިއެވެ. ސުނީލް އަށް ކެއްކުރެވުނީ އެހާ ހިސާބަށެވެ. ނާޒިމާގެ ތުނި ހަށިގަނޑުގައި ދެއަތުން ވަށާލުމަށްފަހު ނާޒިމާގެ ކަދުރާގައި ވަސް ބަލާލިއެވެ. ދެ ހަށިގަނޑު ލޯބީގެ ކަނޑުގައި ބެހިގެން ދިޔައީ ހީވެސް ނުކުރާހާ ހަލުވިމިނެއްގައެވެ.

ދުވަސްތައް މަސްތަކަށް އަދި މަސްތައް އަހަރު ތަކަށް ބަދަލުވަމުން ދިޔައީ ނުހަނު ހަލުވިކަމާއެކުގައެވެ. ނާޒިމާގެ ހަޔާތަށް ސުނީލް އައުމާ ގުޅިގެން އޭނާގެ ހަޔާތް ބަދަލުވެފައިވަނީ އުފާވެރި ބަގީޗާއަކަށެވެ. ސުނީލް އޭނާ ދެކެ ވާ މަތި ވެރި ލޯބީގެ ސަބަބުން އޭނާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބިފައިވާ ކަހަލައެވެ. ނާޒިމާގެ ދަރިފުޅު ވެސް ބޮޑުވެ ފުރާފުރިހަމަ ވަމުން ދިޔައެވެ. ރީތިކަމުގެ ލާމަސީލް ނަމޫނާއެއް ފަދައިންނެވެ. އެ ދަރިފުޅު ރައްކާތެރި ކުރުމަށް ނާޒިމާ ވަރަށް މަސައްކަތް ކުރެއެވެ. އޭނާގެ ހަޔާތް ބިކަވި ފަދައިން އޭނާގެ ދަރިފުޅުގެ ހަޔާތް ބިކަވެދާނެތީވެ އޭނާ ކަންބޮޑުވުން އިންތިހާއަށް ދެއެވެ.

ނާޒިމާ އިނީ އޭނާގެ 15 އަހަރުގެ ދަރިފުޅު ބޮލުގައި ފުނާ އަޅާލަދޭށެވެ. ބޮޑު އަންހެން ކުއްޖެއް ނަމަވެސް ރީމާއަށް އަބަދުވެސް ހިންހަމަޖެހުން ލިބެނީ އޭނާގެ މަންމަ އޭނާ ބޮލުގައި ފުނާ އެޅުމުންނެވެ. އޭނާއަށް ލިބިފައިވަނީ އޭނާގެ މަންމަގެ އިސްތަށިގަނޑު ކަހަލަ ފަން އިސްތަށިގަނޑެއް ނޫނެވެ. އޭނާގެ އިސްތަށި ގަނޑަކީ ބުޅި އިސްތަށިގަނޑަކެވެ. ދިގު ބުޅި އިސްތަށިގަނޑެއްކަމުން އޭނާއަށް އަމިއްލަ އަށް ފުނާ އެޅުން އޮންނަނީ އަބަދުވެސް ބޮޑު ކަމަކަށް ވެފައެވެ. އަބަދުވެސް އޭނާގެ ޝަކުވާއަކަށް ވެފައިވަނީ އޭނާގެ އިސްތަށިގަނޑު ފަން ނުވުމެވެ. ނާޒިމާ އޭނާއަށް ވިސްނައި ދެމުންދަނީ އޭނާއަށް ލިބިފައިވަނީ މަދުން ނޫނީ މީހުންނަށް ނުލިބޭފަދަ ރީތި އިސްތަށިގަނޑެއްކަމެވެ. ތެދެކެވެ. ސްކޫލްގައިވެސް ހުރިހާ ކުދިންވެސް އޭނާގެ އިސްތަށިގަނޑު ރީތިވެގެން އެވާހަކަ ދައްކައެވެ. އެކަމަކު އޭނާއަކަށް އޭނާގެ އިސްތަށިގަނޑު ރީއްޗެއް ނޫނެވެ.

ރީމާ އިނީ ހަވީރު ގަޑި ކަމުން ގޭ ދޮރުމަތީ ހުރި ޖޯލިފައްޗެއްގައި އޮށޯވެގެންނެވެ. ބޮލުގެ އިސްތަށިގަނޑުގައި ފެނުގެ އަސަރު ކޮންމެވެސް ވަރަށް ފެންނަން ހުއްޓެވެ. މޫނު ތާޒާކަމުން ދެންމެ ފެންވަރައިގެން އައިކަން އެގެއެވެ. އަތުގައި އޮތް ވާހަކަ ފޮތަށް ގެއްލިގެން އިން ރީމާއަށް މީހަކު އޭނާއަށް ބަލާހެން ހީވުމުން އިސް އުފުލާލިއެވެ. ފިރިހެން ކުއްޖަކު އޭނާއަށް ބަލަމުން ދިޔަތަން ފެނުމުން އޭނާ ލަދު ގަންނަގޮތް ވިއެވެ. އެކަމަކު އެ ފިރިހެން ކުއްޖާއަކީ މީގެ ކުރިން ފެނިފައި ނުވާ ކުއްޖެއްކަމުން ރީމާ އެކަމާ ދޭތެރޭ ވިސްނާލިއެވެ. މަޑުމަޑުން ޖޯލިން ތެދުވުމަށްފަހު އޭނާ ހިގައިގަތީ ގެއަށް ވަނުމަށެވެ. އޭރުވެސް އެ ފިރިހެން ކުއްޖާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.

(ނުނިމޭ)

Share Article

Follow Me Written By

lyla

Level 1

Other Articles

Previous

ހިތްއެކީ ދެވިއްޖޭ (ޓްރެއިލަރ)

Next

ލޯބި އަހަރެންވާނަމޭ (6)

Next
October 30, 2017

ލޯބި އަހަރެންވާނަމޭ (6)

Previews
October 30, 2017

ހިތްއެކީ ދެވިއްޖޭ (ޓްރެއިލަރ)

10 Comments!

  1. Unaal says:
    October 30, 2017 at 3:44 pm

    Oh … I think e firihn kujja is reema ge brother.. I mean his dad was reemas dad too … Interesting… Reethi story

  2. Mai says:
    October 30, 2017 at 3:47 pm

    Me first v nice waiting for next part.(^_-)thankolhe avaha up kollache.

  3. Anonymous says:
    October 30, 2017 at 4:24 pm

    Salhi ❤when next part?

  4. reader says:
    October 30, 2017 at 9:41 pm

    delightful when next part??????????????????????????????????????????????????????????????????????????????????????????????????????

  5. ސިއްތި says:
    October 30, 2017 at 9:51 pm

    Nice. Nazimaage kaaveni kurevunyma mom n dad ah engeyne dhw. I mean marry nukurevenenun valee hodhaigen noony. So mihar emyhunnah engifa onnany dhw ulheythanves. Kihinehbaa 15 aharu fahun vaany??

  6. zaul says:
    November 9, 2017 at 3:30 pm

    now mi story nuliyany tha?

  7. asli says:
    November 9, 2017 at 5:11 pm

    މި ވަަަަަަަާހަކަ ލިޔުން ނިމުނީ ދޯ ދެން

  8. sama says:
    November 20, 2017 at 11:45 am

    Kobaatha story?

  9. Girl 7 says:
    November 27, 2017 at 2:48 pm

    Hiyyeh nuvey dhen mivaahaka upvaane heneh…

    1. Sana says:
      January 4, 2018 at 12:48 am

      Yes meetoo GIRL 7 ????????

Comments are closed.



All Right Reserved!