” އިރާޝާ ކައިގެން ތަ ބައްޕަ އާ ބައްދަލު ކުރާނީ؟ ” ކުރިމަތިން ފެންނަން ހުރި ކާގެއާ ދިމާލަށް ހިނގަމުން ހައްވަ އެހިއެވެ. “ނޫން ކާނީ ފަހުން.. ބައްޕަ ދެކިލަން ބޭނުމީ.. ކުރަކި ވެފައިވާ އަޑަކުން އިރާޝާ ޖަވާބު ދިނެވެ. ކާ ކޮޓަރިޔާ ޖެހިގެން ހުރި ކޮޓަރިޔާ ދިމާލަށް ހައްވަ ދިޔައެވެ. އާދައިގެ ގޮތަކަށް ހަދާާފައި ހުރި ކޮޓަރީގެ ދުރުހުޅުވާލާފައި އެތެރެއަށް ބޯ ދިއްކުރަމުން އަތުގެ އިޝާރާތުން އިރާޝާ އެތެރެއަށް ވަނުމަށް އެދުނެވެ.މަޑުމަޑުން އަވަަސް ހިތަކާއެކު އިރާޝާ ކޮޓަރި ތެރެއަށް ވަނެވެ. ދިއްލާފައިވާ އޮރެންޖް ބޮކީގެ އަލިން ކޮޓަރި ތެރެ ފެންނަނީ އަދިރިކޮށެވެ. ކޮޓަރީގެ ކަނެއްގައި ހުރި ޑަބަލް ބެޑުގައި ރާޖާ އޮޅައިގެން އޮތީ ބައްޕަ ކަން އެގުމުން ދެން ހަދަންވި ގޮތެއް އިރާޝާ އަކާށް ނޭގުނެވެ .ހައްވަ ކޮޓަރި ތެރެއަށް ދެމިގަނެ ދޮރާއި އެންމެ ކައިރީގައި ހުރި ފާރުގައި ހުރި ސުވިޗް ބޯޑުން ހުދު ބޮކި ދިއްލިއެވެ. އެދުގައި ގަދަ ނިދީގައި ނިދަފައި އޮތް މެދު އުމުރުގެ ހަމީދަށް ރޭކާވެސް ނުލިއެވެ.

” ހަމީދު .. ހަމީދު ” ދެ ފަހަރަކަށް ހަމީދުގެ ގައި ގައި ކޮއްޓާލަމުން ހައްވަ ގޮވިއެވެ.

‘ ހޫ ކީކޭ’ މޯޅިއަކަށް ދެމިލަމުން ލޯހުޅުވާ ހަމީދު ހައްވައަށް ބަލާލިއެވެ. ހައްވަގެ ފަހަތުގައި ހުރި ކުޑަ އަންހެން ކުއްޖާ ފެނުމުން ހަމީދު ކޮޅަށް ތެދުވެ ދެފައި އެލުވައިގެން އެދުގައި އިށީނެވެ. ލޮލުން ނިދި ފިލާ ކަޅިވެސް ޖަހާ ނުލާ އިރާޝާ އަށް ބަލަން އިން ގޮތުން އެއީ ކޮންކުޖެއްކަން ދެނެގަންނަން ހަމީދަށް އިގުނީކަން ޔަގީނެވެ . ކުރިމަތިން ހިނާ ފެންނަކަހަލައެވެ. ހަމަ އެދޮންމޫނައި ރީތި ދެ ލޮލެވެ. އިރާޝާ ފެނި ހިނާގެ ހަދާންތައް އާވެ ހަމީދުގެ ލޯ ފެންކަޅިވިއެވެ. ބިޔަ ހަށިގަޑާކާ ކަޅު އިސްތަށި ގަނޑުގެ ވެރި ހަމީދު ގެ ހަރަކާތްތަކަށް ބަލަން އިރާޝާ ހުރީ ޖެހިލުންވެފައެވެ.

“ދަރިފުޅާ ކޮޅަށް ނުހުރެ އާދޭ ބައްޕަ ކައިރިއަށް އިށީންނަން” ދުޅަވެފައިވާ އިރާގެ މައުސޫމު ލޯ ފެނި ހަމީދުގެ ހިތް ހަމްދަރުދީން ފުރުނެވެ. ހަނދާން ހުނަން ފެށުނީސުރެ އިރާޝާ އެންމެ އަޑުއަހަން ބޭނުން ވި ލަފުޒު ކަންފަތުގައި ޖެހުމުން އުފާވުމުގެ ބަދަލުގައި ހިތުގައި ނަފްރަތުގެ ކަނި ބުރާލިއެވެ. މިހެން ވެދާނެ ކަމަކަށް ހުދު އިރާޝާއަށް ވެސް ގަބުލެއް ނުކުރެވުނެވެ. ނުވާންވި ސަބަބެއް ވެސް ނެތެވެ. މިއަދު ލޯބިން ދަރިފުޅާ އޭ ކިޔާ ގޮވާ އިރު މިވީހާ ދުވަހު ލޮލަށް ފެނިނުލީ ކީއްވެ ހެއްޔެވެ؟ އެންމެ ފަހަރަކުވެސް ހާލު ބަލާ ނުލީ ކީއްވެ ހެއްޔެވެ. ކުޑަމިނުން ދުނިޔޭގައި ހުރިކަން އަންގާލި ނަމައެވެ. މަންމަ ގެ ލޯބި ނުލިބުނު ސަބަބު އިރާއަށް ގަބޫލުކުރަން ފަސޭހަވިޔަސް ބައްޕަ ދައްކާނީ ކޮން އުޒުރެންހެއްޔެވެ. އުފަން ދަރިއަކު ހުރިކަން ނޭގުނީ ހެއްޔެވެ. ދޮންމަންމައަށް އެވަރު އިނގުނު އިރު ބައްޕައަށް ނޭނގި ނުހުންނާނެއެވެ. ވީދެރައިން އިރާޝާ މޫނު އަނބުރާލިއެވެ. ހަމީދު އެނދުން ތެދުވެ އިރާޝާގެ އަތުގައި ހިފާ ގެނެސް އެނދުގައި ބޭންދިއެވެ. ނުހަނު ލޮބިން ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކުމަށް އެދުނެވެ. މާޒީވެ ދިޔަ ދުވަސްތައް ހަދާނުން ފޮހެލާފައި ހަމީދުގެ ކައިރިީގައި ހުނަން އެދުނީ ފެންކަޅިވެފައިވާ ހާލުގައެވެ. ހައްވަ ބަތާއި ރިހަ މޮޑެގެން ގެނެސްދިން ތަށި ހަމީދު އަތުން އިރާޝާއަށް ކާން ދޭން މަސައްކަތް ކުރި އިރު އިރާޝައަށް އިދެވުނީ ފެންނަމުން ދިޔަ ކަންތައްތައް ގަބޫލު ކުރަން ދަތި ވެފައެވެ. ކުރިމަތިން ފިލްމެއްގެ މަންޒަރެއް ފެންނަހެންވެސް ހީވިއެވެ. ކުއްލިއަކަށް ނުލިބުނު ލޯބި އެއްރެއިން ދޭން އުޅުނު ކަހަލެއެވެ. ** ** ** **

މާޒީގެ ތެރެއަށް ގެއްލިފައި އިން އިރާޝާ ސިހުންވީ ކާރުގެ ޑްރައިވަރު ގޮވާލުމުންނެވެ. ހ. މައިރާ ގޭގެ ދޮރުމައްޗަށް ކާރު މަޑުކުރުމުން އިރާޝާ ކާރުން ފޭބިއެވެ. މާޒީ ހަދާަންވެ ފެންކަޅިވި ލޯ ފޮހެލަމުން ގޭތެރެއަށް ވަނެވެ. ގޭގައި އިތުރު މީހެއގެ ހިލަމެއް ނުވެއެވެ. 3 ކޮޓަރީގެ ބޮޑު އެޕާޓްމަންޓުގައި ދިރިއުޅެނީ އިރާޝާ އާއި ހަމީދުގެ ދެމެފިރިންނާއި މި ދެމެފިރިންގެ އަންހެން ދަރިފު ސަނާއެވެެ. ބުރަކޮށް އުޅުމުގެ ސަބަބުން ވެފައިހުރި ވަރުބަލިކަން ފިލުވާލުމަށް ކޮޓަރިއަށް ވަދެ އެދުގައި ޖައްސާލިއެވެ. ލޯމަރާލި ވަގުތު ހިތައް ސިފަ ވަމުން ދިޔައީ ނިޔާ ގެ ރީތި ސޫރައެވެ.ކަންފަތުގައި ހަރުލާފައި ވީ އެފިރިހެން ވަންތަ އަޑެވެ. މާޒީ ހަނދާން ހިތާއި ވަކިވެ ހިތަށް ފިނިކަމެއް ލިބުނެވެ.މި ހިޔާލުތަކުގައި އޮވެ އިރާޝާއަށް ނިދުނީ ނިޔާ އާއި ބައްދަލުވާނެ ކަމުގެ ފޮނި އުއްމީދުގައެވެ.

ބާސްކެޓް ކުޅެނިންމާލަފައި ނިޔާ ގެއަށްގޮސް ފެންވަރާލަން ފާހާނައަށް ވަދެ މާގަނޑު ދޫކޮލިއެވެ. ހިފެހެއްޓުމެއްނެތި އޮހިގެން އައި ފެންތައް ނިޔާގެ ބޮލާއި ހަށިގަނޑުގައި ބީހެމުން ދިޔައިރު ނިޔާގެ ސިކުނޑިގައި ވަނީ އިރާޝާގެ ފަރި ހިނުތުން ވުމެވެ. ހިތް އެދެމުން ދިޔައީ ހިތް ފުރެންދެން އެސޫރައަށް ބެލުމަށެވެ. އެ ގޮތައް މާގިނައިރު ހިޔާލުތަކުގައި ހުންނަންވުމުން ނިޔާގެ ހީކަރުވާ ގޮތް ވިއެވެ. ހިޔާލުތަކާ ދުރަށް ގޮސް ގައި ހިއްކާ ތުވާލި އޮޅައިގެން ފާހަނައިން ނުކުތް ނިޔާގެ ލޮލުގައި އަޅާގަތީ ޑްރެސިން ޓޭބަލް މަތީގައި ބާއްވާފައި އޮތް ރަތް ފިނިފެން މަލެވެ. ހަމަގައިމުވެސް އޭނާ ފާހަނައަށް ވަންއިރު އެތަނުގައި އެމަލެއް ނެތެވެ. ފުން ވިސްނުމެއްގައި ދެބުމަ ކައިރި ކޮށްގެން ހުރި ނިޔާ ސިއްސައިގެން ދިޔައީ އަލަމާރި ފުރަގަހުން ނުކުތް މީރާ ފެނިފައެވެ. ” އޯ ވޯވް ސިކްސް ޕެކްސް” އުނަގަޑު ވަށައިގެން ތުވާލި އޮޅައިގެން ހުރި ނިޔާގެ ބިޔަ މޭމަތީގައި އަތުން ޖަހާލަމުން މީރާ ދިމާކޮށްލިއެވެ. “ހެހެ މޮޔަ މީރާގެ ކަންތައް ދޯ މީ.. ކޮން އިރަކު އައީ އަދިވެސް ބޮޑެއް ނުވޭ ދޯ” ލޯގަނޑާއި ކައިރިވަމުން ނިޔާ އެހިއެވެ. މީރާ އަކީ ބޮޑުބޭބެ ޖުނެއިދުގެ އަންހެނުން ސީމާގެ ކޮއްކޮއެވެ. މޭލެޝިއާގައި ނިޔާ އާއި މީރާ ކިޔަވަން އުޅުނީ އެކުގައެވެ. ދެމީހުންގެ މެދުގައި އުފެދިފައިވަނީ ވަރުގަދަ އެކުވެރިކަމެވެ. އެކުގައި ވަގުތު ހެދަކުރަމުން އައީ އެކަކު އަނެކަށްކަށް ދިމާވާ ހުރިހާ ކަމެއް ހިއްސާ ކުރަމުންނެވެ. ކިޔަވާނިމި ނިޔާ މާލެ ބަދަލުވި އިރު މީރާ ގެ ކިޔެވުން ނުނިމޭތީ މީރާއަށް މެލޭޝިއާގައި މަޑުކުރަން ޖެހުނެވެ. މިކަމާ މީރާ ވަރަށް ދެރަވިއެވެ. ” އަހްމަދު ނިޔާފް ޖިހާދޫ އަމް ނޮޓް މޮޔަ އިނގޭ” ތުން ދަމާލާފައި ނިޔާގެ ބުރަކަށީގައި ވިކާލަމުން ފުންމައިގެން ގޮސް އެދުގައި ދެފައިވަށް ކޮއްލައިގެން މީރާ އިށީނެވެ. މީރާގެ ޅަ ހަރަކާތް ތަކުން ނިޔާ ހިނި އަންނަގޮތް ވިއެވެ. އަހަރެއް ފަހުން އެންމެ ގާތް އެކުވެރިޔާގެ ސަކަ މިޒާޖު ފެނުމުން ނިޔާ އުފާވިއެވެ. ފާހަނައަށް ވަދެ ސޯޓް ލައިގެން ތުވާލި ކޮނޑުމަތީގައި ބާއްވައިގެން ނިކުތް ނިޔާ އަށް ބަލަން މީރާ އޮތެވެ. މިވީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ނިޔާއަށް ބޮޑު ބަދަލުތަކެއް އިސްފައިވެއެވެ. ރިތިކަމާ އެއްވަރަށް މީހާގެ މިޒާޖު ވެސް ބަދަލު ވެފައި ވެއެވެ. ސަކަ މިޒާޖަށް ވުރެ ސީރިއަސް ގޮތެއް ހުންނަކަން ފާހަނގަ ވީ މީރާ އެވަރަށް ވިކާ ހެދުމުން ވެސް ރައްދުގައި މީރާއަށް އެއްވެސް ގޯނާއެއް ނުކުރުމުންނެވެ.

“އަޅޭ ކޮން އިރަކުހޭ އައީ ” ނިޔާގެ މޫނަށް ގެއްލިފަ އިން މީރާގެ މޫނުގައި ތުވާލިން ޖަހަމުން ނިޔާ ދެވަނަ ފަހަރަށް އަހާލިއެވެ. “ހޫނނ ދެން ” މަޑު ފިޔާތިށި ކުަލައިގެ ތުންގަނޑު ދިގު ކުރަމުން މީރާ ތުވާލީގައި ހިފާ ދަމައިގަތެވެ. ނުވިސްނާ ހުއްޓާ މީރާ ގެނުވި ކުއްލި ހަރާކާތުން މީރާ ގައި މައްޗަށް ނިޔާ ވެއްޓުނެވެ..ކުޑަ ވަގުތުކޮޅަކަށް ދެމީހުން ހަތަރު ކަޅި ހަމަވިއެވެ. މީރާގެ ބޮޑު ދެލޮލުން މީގެ ކުރިން ފެނިފައި ނުވާ ބެލުމެއް ނިޔާއަށް ފާހަނގަ ވިއެވެ. ތިބެވުނު ގޮތުން މެއެވެ .މީރާގެ ތުނި ހަށިގަނޑު މަތީގައި އޮތް ނިޔާ އަވަހައް ތެދުވާން މަސައްކަތް ކުރީ މީރާގެ މި ބެލުމުން އުދަނގޫވީތީއެވެ .ނަމަވެސް އޭގެ ކުރިން ކޮޓަރި ތެރެއަށް ވަދެގެން އައި އާލިފާއަށް މި މަންޒަރު ރަނގަޅަށް ފެނުނުނެވެ. ދަރިފުޅުގެ ފަރާތުން ދުވަހަކުވެސް ފެނިފައި ނުވާ މަންޒަރަކަށް ވުމުން އާލިފާ ލަދުގަތެވެ. “އެހުމމ..” އާލިފާ ކުޑަކޮށް ކަރުކެެހެލީ އޭނާ އެތަނުގައި ހުރިކަން ދެކުދިންނަށް އެންގުމަށެވެ. ތެޅިގެން ފައި ދެ މީހުންނަށް އެދުން ތެދުވެވުނީ އާލިފާ ފެނުމުންނެވެ. ލަދުން އިސްޖަހައިގެން ހުރެ މީރާ ކޮޓަރިން ނުކުތެވެ. އާލިފާ ފެނުނު މަންޒަރުގެ ނުބައި މާނަ ނެގުނީތީ ނިޔާ ކަންބޮޑުވެ ލަދުގަތެވެ. އިސްޖަހއިލައިގެން މަންމަގެ މޫނަށް ބަލަން ނުކެރިފައި އިރުކޮޅަކަށް ހުއްޓެވެ.ރައްޓެހިންނާ އެކު ކޮންމެފަދަ ސަކަރާތެއް ޖެހިކަމުގައި ވިޔަސް މައިންބަފައިނަށް އިހްތިރާމް ކުރެއެވެ.ލަދުން ހިމޭނުން ހުރީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ. ކޮޓަރިއަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލީ އާލިފާގެ ހިނިގަނޑުންނެވެ. ނިޔާ ލަދުގަނެ ތުއްތު ކުއްޖެއްހެން ހުރުމުން އާލިފާ ހިނި އަންނަ ގޮތް ވިއެވެ. ” ދަރިފުޅު ދެން މީހަކާ އިންނަވީ ދޯ؟ ގުޑް ޗޮއިސް” ކްރިސްޓަލް މިރޯ ލީ ތަނަވަސް އަލަމާރިން ޓީޝާޓެއް ނިޔާއަތަށް ދެމުން އާލިފާ ބުންޏެވެ. އާލިފާ މި ދުވަހަކަށް ވަރަށް އިންތިޒާރު ކުރިއެވެ. ގެ ފަޅުފިލުވައިދޭނެ ދަނބިދަރިއަކު ހޯދަން އާލިފާ ހުންނަނީ ކެތް މަދުވެފައެވެ.އެހެނަސް ނިޔާގެ ހަޔާތައް އާލިފާ ބޭނުން ނުވާ ކަހަލަ ކުއްޖަކު އައިސްދާނެ ތީ އާލިފާ ޖެހިލުންވެއެވެ.

މީރާއާއި ނިޔާގެ ގާތް ގުޅުން ފެނި އާލިފާ އުފާވީ ، މީރާ އަކީ އާލިފާ ހިތް އެދޭ ކުއްޖަކަށް ވުމުންނެވެ.ހަސަބާއި ނަސަބުގެ ގޮތުންވެސް މީރާއަކީ އާލިފާގެ އާއިލާ އާއި އެކަށީގެންވާ ކުއްޖެކެވެ. މުއްސަދިކަމާ އެއްވަރަށް ރީތިކަން ވެސް ލިބިފައިވެއެވެ.އިރުކޮޅެއް ކުރިން ފެނުނު މަންޒަރުން އާލިފާގެ ސިކުނޑީގައި މޮޅު ރޭވުމެއް ރާވާލިއެވެ. އާލިފާއަށް ނޭނގޭކަމަކީ ނިޔާގެ ހިތުގައި ރަސްކަން ކުރަމުން ދަނީ އިރާޝާކަމެވެ. މަންމަގެ އެވާހަކަ ނިސްބަތް ކުރީ މީރާއަށް ކަން އިނގުމުން ނިޔާއަށް އުނދަގޫވިއެވެ، ނަމަވެސް މަންމައަކީ ސަކަ މިޒާޖެއްގެ މިހަކަށް ވުމުން މަންމަ ދެއްކިވާހަކައަކީ ނިޔާއާއި ދިމާކުރުމުގެ ގޮތުން ބުނެލި ވާހަކައެއް ކަމަށް ނިއްމާ ހީލިއެވެ. ” ޔެސް އަވަހަށް އިންނަންވީ” ހެމުން ނިޔާ މިހެން ބުނެލީ އިރާޝާގެ މަތިން ހަނދާންވުމުންނެވެ. ބައްދަލުވި ކުޑަ ވަގުތުކޮޅުގައިވެސް ނިޔާގެ ހިތުގައި އިރާޝާއަށް ފުން ލޯތްބެއް ޖެހުނެވެ. އޭނާގެ ހަޔާތަށް އިރާޝާ ގެނައުމަށް ހިތުން އަޒުމް ކަނޑައެޅިއެވެ. ** ** ** ** ** **

ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ފައިބަން އުޅުމުން ފައި ކަހާލާ ވެއްޓެމުން ދިޔަ މީރާގެ އަތުގައި މަލިކް ހިފީ ވަރަށް ހުށިޔާރުކަމާ އެކުއެވެ. ލުއި ފަތެއް ހެން ނަގާ މީރާ ކޮޅަށް ބެހެއްޓިއެވެ. ” ސާބަސް.. ސިޑިން ތިހާ ބާރަށް ފައިބާ އިރު ބަލއިގެން އުޅެބަލަ” ލޯ ހަނިކޮށްގެން ބިރުގަތްފައި ހުރި މީރާ ގެ މޫނަށް ބަލަމުން މަލިކް ބުންޔެވެ. މަލިކް އަށް ނުހިފެ ހެއްޓުންނަމަ މީރާއަށް ލިބިދާނެ އަނިޔާ ހިތަށް އެރުމުން މީރާ ފަރުވާތް ތެރިވުމަށް އެދުނެވެ. އެއްބަޑު އެއްބަފާ ހުރި އެންމެ ކުޑަ ކުއްޖާއަށް ވުމުން މަލިކް މީރާއަށް ވަރަށް ބަލައެވެ. ” ހުުމް ތޭންކްސް” ބޯ ޖަހާލަމުން ސިޑިން ފައިގެން މީރާ އެގެއިން ނުކުތީ ގަތް ލަދުންނެވެ. މިއަދު ހައްތަހާ ލިބެނީ ލަނޑެވެ. ނަމަވެސް ނިޔާއައި ދެމެދު ހިންގި ކުޑަ ކުޑަ ހާދިސާ ހަދާން ވުމުން މީރާގެ ތުންފަތުގައި ދަތްއަޅާލެވުނެވެ. ހިތް އުފަލުން ނަށަމުން ދިޔައީ އެކުޑަ ސިކުންތު ކޮޅުގައި މިރާ ހިތަށް ލިބުނު ފިނިކަމުންނެވެ. މިީރާ ދިޔަ ދިމާލަށް ބަލަން ހުރުމަށް ފަހު މަލިކް ދެއަތަށް ބޯ ހޫރަމުން ނިޔާގެ ކޮޓަރިއާ ދިމާލަށް ދިޔައިރު އެ ކޮޓަރިން އާލިފާ ނުކުމެގެން އަންނަތަން ފެނުނެވެ. އާލިފާއަށް ގޮވާލުމުން އިރުކޮޅަކަށް ވާހަކަ ދައްކާލަން ހުރެފައި މަލިކު ނިޔާގެ ކޮޓަރިއަށް ވަނެވެ. މީރާ އެކޭ އެއްގޮތަށް މަލިކް އަކީ ވެސް ނިޔާގެ ގާތް އެކުވެރިއެކެވެ. މީރާގެ ބޭބެއަކަށް ވުމުގެ އިތުރަށް މަލިކް އާއި ނިޔާ ކިޔެވީވެސް އެއް ކުލާހެއްގައެވެ. ދެމީހުންގެ ރީތިކަމަށް އޭރުވެސް ކުދިންގެ ލޯތަށް ހުއްޓެއެވެ. ނިޔާއާއި ހިލާފަށް މަލިކް ގެ އުޅުމުގައި ފޮނި ގޮތެއް ހުރެއެވެ. ބެނުން ކުރާނީ އެއްމެ ޒަމާނި އަގު ބޮޑު އެއްޗެއްސެވެ. އާދައިގެ އެއްޗެއް ބޭނުން ކުރަން އޭނާ ލަދުގަނެވެ. ހިތަށް އެރި ކޮންމެ އެއްޗެއްގަނެ އުޅެއެވެ. ދެމީހުންގެ ތަފާތު ބޮޑު މިޒާޖާއެކުވެސް ދެމީހުންގެ ރަހުމަތްތެރިކަމަކަށް އެއްވެސް ބުަރައެއް ނާރައެވެ.

“މޭން ކޮން އިރެއް މަ ގުޅާ ތާ .. ކޮފީ އަކަށް ދާން.. ކައެ ފޯނު ކޮބާ؟ ” ކޮޓަރީގެ ހުރި ބޮޑު އެދަށް ވެއްޓިގަންނަމުން ރީތިވާން ހުރި ނިޔާ ކައިރި އަހާލިއެވެ. ” އޭ ފޯނު މި އޮތީ ނިވިފަ.. ފެންވަރައިގެން ނުކުންތަނާ މީރާ ހުރި ކޮޓަރި ތެރޭ … ދެން އިނގެ އެންނުން އަނގަތަޅާނެ ވަރު ” ޑްރެސިން ޓޭބަލް މަތީ ނިވިފައި އޮށް ފޯނު ޗާޖަރަށް ޖަހަމުން ނިޔާ ބުންޏެވެ. ” ކީކޭ ބުނީމަތަ ބުމަރެންހެން ސިޑިން ފައިބާގެން އެދިޔައީ .. ކިރިޔާ އަގަވަތައް ނުވެއްޓުނީ ވެސް.. އަނގަގަދަ މިތުރު މަޑުވެސް ނޮކޮށް ގޮއްސި” އިރުކޮޅެއް ކުރިން ވެދިޔަ ކަންތައް ހަދާންވުމުން މަލިކް އަހާލިއެވެ. ނިޔާ އާއި އެކު އުޅޭއިރު މިރާގެ އުޅުމުގައި ހުންނަ އާދަޔާ ހިލާފު ގޮތްގަނޑު މަލިކްއަށް އަބަދުވެސް ފާހަނގަވެއެވެ. ނަމަވެސް އޭ މިރާގެ ޒާތީ ކަމަކަށް ވުމުން މަލިކް އެކަމާ އަޅައެއްނުލައެވެ. މިރާ ދިޔަ ގޮތުން ކޮންމެވެސް ކަމެއް ވީކަން އޭރު ވެސް މަލިކްއަށް ހީވިއެވެ. “ހޫމް އޭ ދެންމެ ދެމީހުން ކޯޅެނި ކޮށް އެދުމައްޗަށް ދެމީހުން ވެއްޓުނީ އެންޑް އެތަން މަންމަ އަށް ފެނުނީމަ ލަދުން އެދިޔައީ ” ހެމުން ނިޔާ ވީ ގޮތް އޮޅުން ފިލުވާދިނެވެ. އިރުކޮޅަކަށް ކޮޓަރީގައި އެކި ވާހަކަ ދައްކަން ތިބުމަށް ފަހު ދެ މީހުން ނުކުތީ ކޮފީއަކަށް ދިޔުމަށެވެ. ސައިކަލުގައި މާލޭގެ ހަލަބޮލި މަގުތަކުން ދުއްވަމުން ދިޔަ އިރު ނިޔާގެ އެކިތަންތަނަށް ބަލަމުން ގެންދިޔައެވެ. އިރާ ފެނިދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ފެނިލުމުގެ ނަސީބެއް ނުލިބުމުން ނިޔާ މާޔޫސް ވިއެވެ. ދެން އޮތީ މާދަން ޒުވާނުންގެ މަރުކަޒު ކައިރިއަށް ހަމަ އެގަޑިއަށް ދިޔުމެވެ. މޮޅު ހިޔާލެއް އައުމުން ނިޔާ ހިނިތުން ވެލިއެވެ. ** ** ** ** **

” ސިސް ހޭލަބައް ” އިރާޝާ ކޮޓަރީގެތދޮރުގައި ޖަހަމުން ސަނާ ގޮވާލިއެވެ. ދެކުދިން އޮފީހައް ދަނީ އެކުގައި ކަމުން ، އެހެން ދުވަސްތަކާ ހިލާފަށް އިރާޝާއަށް ވުރެ ކުރިން ސަނާއަށް ހޭލެވުމުން އިރާޝާ އަށް ހޭނުލެވުނު ސަބަބު ހޯދަން ސަނާ ގޮވަމުން ދިޔައެވެ. ގަދަ ނިއްޖަކުން ނިދިފައި އޮށް އިރާޝާާއަށް މި އަޑު އިވި ފުންމައިގެން ތެދުވެ ގަޑި ބެލިއިރު އޭރު ގަޑިން 5 ގަޑި ބައި ވަނީއެވެ. ” އޯއި ދައްތަ މިހޭލީއޭ ..ކޮއްކޮ ދޭ ރެޑީވާން” ސަނާއަށް ޖަވާބު ދެމުން އިރާޝާ އަވަސް ވެގަތީ ފާހަނައަށް ވަދެ ފެންވެރުމަށެވެ. ފެންވަރާ ވުޞޫކޮށްގެން ނުކުމެ އަވަހައް ތައްޔާރު ވެލީ ފަތިސް ނަމާދު ކޮށލުމަށެވެ.މީ އިރާޝާގެ އާދައެވެ. ހެޔުމަގު ދައްކާދޭނެ މަޔަކު ކައިރީގައި ނެތަސް އިރާޝާ ދީނުގެ ކަންކަމަށް ވަރަށް ފަރުވާ ބަހައްޓައެވެ. ނަމާދު ކޮށް އަބަދުވެސް ފާފަ ފުއްސެވުމަށް ދުއާ ކޮށް ހަދައެވެ.މާޔޫސްވެ ގޮތް ހުސްވުމުން އިރާޝާގެ ހިތަށް ފިނިކަމެއް ލިބެނީ ހަމައެކަނި ނަމާދު ކުރުންމުންނެވެ. ލިބުނު ހިތްދަތި ކަމުން ކެތްކުރެވުނީ ﷲ ގެ ހެޔުރަހުމަތުންކަން އަބަދުވެސް ހަދާނުގައި ހުރެއެވެ. މޭރޫން ކުލައިގެ ޓޮޕަކާއި އަޅި ކުލައިގެ އޮފީސް ހަރުވާޅެއް ލައިގެން ބެގީ ކޮށްގެން ލޯ ގަނޑުކައިރީހުރެ ތުންފަތުގައި ލިޕްސްޓިކް ހާކާލިއެވެ. މޫނުގައި ފުއްކޮޅެއް ޖަހާލުމުން އެ ދޮންމޫނަށް އިތުރު ފުރިހަމަކަމެއް ގެނުވިއެވެ. ހޫގޯ ރެޑް ސެންޓު ފުޅިން ހެދުމަށާއި ކަރުދޮށަށް ސެންޓު ޖެހުމަށްފަހު އެންމެ ފަހު ފަހަރަށް އިސްތަށިގަނޑުގައި ބުރުސް ހާކާ އޮމާންކޮށްލިއެވެ. ހެދުމާއި ގުޅުވައިގެން ބޫޓަށް އެރުމަށްފަހު ކޮޓަރިން ނުކުތެވެ. ގޭގެ ސިޓިން ރޫމުގައި އިން ސަނާއަށް އިރާޝާ ފެނުމުން އަނގަ ހުޅުވުނެވެ. ” އޯ ވާ ސިސް ޔޫލުކް ބިއުޓިފުލް.. ނިއު ލުކް އެއްތަ” އެހެން ދުވަސްތަކާ ތަފަތުގޮތަކަށް އިރާޝާ ހެދުން ލައި މޭކަޕް ކޮށްފައި ހުރުމުން ސަނާ ތައުރީފު ކޮށްލިއެވެ. ” ސަޅި ބިޓެއް ފެނުނީތަ ސިސް އަށް ” އިރާޝައަށް މިއައި ބަދަލު ވިސްނައިގަންނަން ސަނާއަށް މާގިނަ ވަގުތެއް ނުނެގިއެވެ. ނިޔާ ފެނުނުފަހުން އިރާޝާގެ ހިތް އަބަދުވެސްއެ ސޫރަ ދެކެން ބޭނުވެއެވެ. މިއަދުވެސް އެހާ ރީތިވީ ފެނިދާނެ ކަމަށް ހިތް ބުނާތީއެވެ. ” ނޫން އަދި ނުފެނޭ .. ދެން ހަމަ ސިސްވެސް ރީތިވެވިދާނެ ދޯ” ރަކި ގޮތަކަށް ހެމުން ގެއިން ނުކުންނަން ހިނގައިގަންނަމުން އިރާޝާ ބުންޏެވެ. އިރުގެ ރަން ދޯދިން އަލިވަމުން ދިޔަ މާލޭގެ މަގުމަތީގައި ދެކޮޅަށް ކާރާއި ސައިކަލުތަކުގައި ސްކޫލް ކުދިން ގޮވައިގެން ދުއްވަމުން ދިޔައެވެ. ރަސްމީގަނޑި ފެށެން ގަޑި އެއްހާއިރު އޮތުމުން އޮފީސް ތަކަށް ދާ މީހުން ފެންނަނީ ވަރަށް މަދުންނެވެ. މީ ބައެއް ދިވެހިންގެ އާދައެވެ. ކޮންމެ ކަމެއްވެސް ކުރަން ތިބޭނީ އެންމެ ފަހުވަގުތުގައެވެ. އެއްފަހަރާ މަގުތަކަށް ނުމެ 8 ޖެހުމުގެ ކުރިން އޮފީހަށް ވަނުމަށް ސައިކަލު ތައް ދުއްވާއިރު މަގުމަތިން ހިނގާފައި އުޅޭ މީހުންނަށް އެއްވެސް ބަލައިލުމެއް ނުހުރެއެވެ.ކެތް ނުކުރެވިގެން ބަރުގޮނު އަޅާ އިރު ހީވަނީ އެ އަޑުން މަގު ފުޅާވާ ހެންނެވެ. ކޮންމެ މީހަކުވެސް ތިބެނީ އަވަސް ކުރަން ބޭނުން ވެފައެވެ.ކެތްމަދުވުމުން ހިނގާ އެކްސިޑެންޓްތައް އެހާ ގިނައެވެ. މާފަންނު ރެޑްވޭވް ފިހާރައާ އަރާހަމަވުމުން ސަނާ ދަނީ އެ ބުނެ ފިހާރައަށް ވަނެވެ. ސަނާ މަސައްކަތް ކުރަމުން ދިޔައީ ރެޑް ވޭވް ފިހާރަ އޮފިސް ބައިގައެވެ.” ކާންދާން ގުޅާނަން އިނގޭ” އެތެރެއަށް ވަންނަމުން ސަނާ ބުނެލިއެވެ. އާ އެކޭ ބުނެ ދާން ހިނގާގަތެވެ. އިސްދަށަށް ޖަހައިގެން މަޑު ހިނގުމެއްގައި ދިޔަ އިރާޝާ އަށް ބަލަން ތިބި ޒުވާން ފުރައިގެ ކުދިން ތުމުން ފުމެމުން ދިޔައެވެ. އެއިން ކަމަކަށް އިރާޝާ އިޖާބައެއް ނުދެއެވެ. އެކަމަށް އޭނާ އާދަވެފައިވާ ކަހަލަ އެވެ. ނަމަވެސް އެއިން މީހެއްގެގޯނާއެއް ކުރިމަތި ވެދާނެތީ ބިރުވެސް ގަނެއެވެ. އެއް އަތުން ދަބަސް އަޅުވައިގެން އަނެއް އަތުން ފޯނުހިފައިގެން ހިނގަމުން ދިޔަ އިރާޝާ ސްޓާ ސިނަމާޔާ އަރާ ހިމަވިއުރ ޒުވާނުންގެ މަރުކަޒު ދޮރޮމަތީގައި ހުރި ނިޔާ ފެނުނެވެ. އެހާ ދުރުން ވެސް އެ ރީތި ސިފަ ވަކިކުރަން އިރާޝާއަށް އިނގުނެވެ. އެހާ ހެނދުނު ނިޔާ އެތަނުގައި ހުރީ އޭނައިގެ އިންތިޒާގުގައި ހެއްޔެވެ. ނިޔާއަށް އިރާޝާ އެތަނުގައި މަސައަކަތް ކުރާކަން އިނގުނީތާއެވެ. ހިތާ ހިތުން އުފާ ވިއެވެ. ދެފައި އޮޅޭހެން ވެސް ހީވިއެވެ. ކައިރިވަމުން ދިޔަ ވަރަކަށް ނިޔާ ޖަހާފައި ހުރި ސެންޓުގެ މީރުވަސް އިރާޝާއަށް ފާހަނގަވިއެވެ. ކޮންފަދަ މީރުވަހެއް ހެއްޔެވެ. އެވަހުން ވެސް އަންހެން ކުދިން މޮޔަވާނެކަން ޔަގީނެވެ. ހިތުގައި ހިނގަމުން ދިޔަ އޮއިވަރު މައިތިރި ކުރެވޭތޯ އިރާޝާ އިސްޖަހައިގެން ހުރެ ޔޫތް ސެންޓަރާ އަރާ ހަމަކުރިއެވެ. އޭރުވެސް ފަސްއެބުރިގެން ނިޔާ ހުއްޓެވެ. ފަތިސް ނަމާދުކޮށް ނިމިގެން މިސްކިތުން ފޭބި ގޮތަށް ނިޔާ ކާރުގައި ބުރު އަޅަމުން ދިޔައީ ޒުވާނުންގެ މަރުކަޒު ކައިރިން ނެވެ. ވަކި މަގްސަދެއްގައެވެ. އިރާޝާ ފެނޭތޯއެވެ. މި ގޮތުން އެތަށް އިރެއްވީ އިރުވެސް ހަބަރެއް ނުވުމުން ނިޔާ ކާރުން ފޭބީ އެ ގޮތަށް ކާރު ދުއްވަން ވުމުން ފޫކޮޅު އައްސިވުމުން ނެވެ. ކާރުން ފޭބި ގޮތަށް ފޯނުނަގައިގެން ފޭސް ބުކް ހާވަމުން ކާރުގައި ލެނގިގަނެގެން ހުރިނިޔާ ފަސް އެނބުރުނު ވަގުތު އިރާޝާ ފެނި އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. އުފަލުން ހިތް ނަށާއިގަތެވެ. ދުވެފައި ގޮސް އުރާގަނެފާނަމޭ ވެސް ހިތަށް އެރިއެވެ. މީނަސީބޭ ހިތަށް އެރިއެވެ. އެންމެ ވަގުތެއްވެސް ބޭކާރު ކޮށްނުލާން އިރާޝާއާ ދިމާލަށް އަވަސް ފިޔަޅުއަޅަމުން ދިޔައެވެ. އޭރު އިރާޝާ ޒުވާނުންގެ މަރުކަޒު ކައިރިން މަގު ހުރަސް ކޮށް ކުރިމަތީގައި ހުރި ނުވަބުރީގެ އިމާރާތަށް ވަންނަން ދިޔައެވެ. އިރާޝާ ހިތުގައި ނިޔާއަށް ޖަހަމުން ދިޔަ ވިންދު ފޮރުވަން ބޭނުންވިއެވެ. އަންހެންކުދިން އެހާފަސޭއިން ހެއްލިގެން ނުވާނެއެވެ، އެއީ ބަލަިކަށިކަމެކޭ މީހުން ބުނެއުޅެއެވެ. އިހުސާސްތައް ފޮރުވަމުން ނިޔާ ފެންނަކަމަށް ވެސް ނުހަދާ އޮފިސް ބިލްޑިގްއަށް މަޑު ހިނގުމެއްގައި ދިޔައީ ނިޔާ ފަހަތުން އަންނަކަން އެގޭތީއެވެ. ވީ ވެސް އެހެންނެވެ.ނިޔާ އިރާޝާގެ ފަހަތުން ބާރު ހިނގުމެއގައި ގޮސް އިރާ އޭ ކިޔާ ގޮވާލިއެވެ. އިރާގެ ހިނގުން ހުއްޓި މޫނުމަތީގައިވި ހިނިތުންވުން ބަދަލު ކޮށް އެނބުރި ނިޔާ އަށްބެލިއެވެ. ތުނިކޮށް ދެ ކަންހުޅިން ފެށިގެން ދައްދޮޅިޔާހަމަޔަށް އެއވަރަކަށް ހުރި ކަޅު ތުނބުޅިއާއި މަތިމަހުން ނިޔާގެ ފިރިހެންވަންތަ ސިފައަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ނިޔާގެ ތޫނު ބެލުމުން އިރާޝާރަކިވާ ގޮތްވިއެވެ. ” ހެއި އިރާ މިތާ ތަ ވޯކް ކުރަނީ؟ ” އިރާޝާގެ މޫނާށް ބަލަމަުން ނިޔާ އެހިއެވެ. ރަކި ގޮތަކަށް އިރާޝާ ބޯ ޖަހާލިއެވެ. މާގިނަ އިރު މަޑުކުރެވެން ނެތް ކަމަުން ދަނީ އޭ ބުނެ ލިފްޓާ ދިމާލަށް އިރާޝާ އެނބުރުނީ ދާ ހިތަކުންނެއް ނޫނެނެވެ. ނަމަވެސް އެ ވަގުތަކީ އޮފިސް މީހުން އަންނަ ގަޑިއަށް ވުމުން އޭގެން އެއްވެސް މަންޒަރެއް އެކމީހުނަށްކފެންނާކަށް އިރާޝާ ބޭނުން ނުވިއެވެ. ނަމަވެސް ސިކުނޑިއަށް ގޯނާ ކުރަމުން ދިޔައީ ދެން ދިމާ ނުވެ ހިގާދާނެ އޭ ހިތަށް އަރާ ވަރުންނެވެ. ” ނަންބަރު ދީފަ ދެވިދާނެ ތަ؟ ” ލެއްޕެމުން ދިޔަ ލިފްޓުގެ ތެރެއަށް އަތް ކޮށްޕާ ލިފްޓުގެ ދޮރު ހުޅުވާ ލިފްޓް ތެރެއަށް ދެމިގަންނަމުން ނިޔާ އެހިއެވެެ. ނުވިސްނާ ހުއްޓާ ނިޔާ ކުއްލިއަކަށް ކުރިކަމަކުން އިރާގެ ދެ ލޯ ބޮޑިވެއެވެ އިރާޝަ ހިނި އަންނަގޮތްވީ ނިޔާ ހަމަޖެހިލާފައި ޖިންސުގެ ޖީބައް އަތްޖަހާލި ގޮތުންނެވެ. ކުރެވުނު ކަންތަކާ ނިޔާ ލަދުގަތީ ކަންނޭގެ އެވެ. އެވަރަށް މަސައްކަތް ކުރުމުން ނިޔާގެ ހިތުގައި ޖައްސަން އިރާ ބޭނުމެއް ނުވިއެވެ.ނިޔާ ގެ އަތުގައި އޮތް ފޯނު ނަގައިގެން އެ ފޮނުގައި އިރާޝާގެ ނަންބަރު ޖަހާލިއެވެ. އެއްވެސް މީހަކަށް ނަންބަރު ނުދިނުމަށް އެދުނެވެ. ލިފްޓް ދެވަނަ ފޮލޯއަށް ހުއްޓުނީ ހަމަ އެވަގުތުއެވެ. ހުޅިވިފައި ހުރި ދޮރުން ނުކުއްނަން ނޭގިފައި ދެ މީހުންނަށް ވެސް ތިބެވުނީ އެކަކު އަނެކަކަށް ބަލައި ލޮލުން އިޝާރާތް ކޮށްލަ ކޮށްލައެވެ. މޯލްޑިވިއަން އޮފިސް ގެ ތެރޭގައި ހުރި މީރާއަށް ލިފްޓް ތެރޭގައި ތިބި ނިޔާމެން ފެނުނެވެ. ކައިރީގައި ހުރި އިރާޝާ ފެނުމުން މީރާގެ ހިތުގައި އަލިފާން ރޯވި ކަހަލައެވެ. -ނުނިމޭ-

4

7 Comments

 1. reader

  October 19, 2017 at 12:25 pm

  Ey. Habeys hama.

  • fola

   October 22, 2017 at 9:19 pm

   Ty ?

 2. unaal

  October 19, 2017 at 1:21 pm

  vrh reethi .. stry
  mira is feeling jelousy i think

  • fola

   October 22, 2017 at 9:19 pm

   Ty ?

 3. Shiya

  October 19, 2017 at 9:20 pm

  ??

 4. boabulhi

  October 20, 2017 at 2:26 pm

  knirakun anehbai…..

  • fola

   October 22, 2017 at 9:21 pm

   Ty ?.Every Tuesday n Saturday insha Allah.

Comments are closed.