Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ޙިމާޔަތުގައި (ތިންވަނަ ބައި)

Rau Level 210 Stories100 Comments100 Login
September 23, 2017 2 Mins Read
14 Comments

އިރުމަތީ ފަރާތުގެ އުދަރެސް ދޮންކުރަމުން، މަޑުމަޑުން ފާޅުވަމުންދިޔަ އިރުގެ ރަން ދޯދިތައް، ގޮތް ނޭނގޭ ޒުވާން އަންހެންކުއްޖާގެ ތެމި ފޯވެފައިވާ ހަށިގަނޑުގައި ބީހެމުންދިޔަ މަންޒަރު ހިތްގައިމުވެފައި، ރީއްޗެވެ. ކެމެރާގެ ލެންސް އަންހެން ކުއްޖާއަށް އަމާޒުކޮށްލައިގެން ހުރެ، ލިބިފައިވާ ރަނުގެ ފުރުސަތުގެ ބޭނުން ޒަފަރް ހިފަމުންދިޔައެވެ.

ކަރުތާފެނަށްވުރެ ދުރުގައި އޮވެ އަންހެންކުއްޖާ  ބަކަތަޅަން ފެށީ އެވަގުތުއެވެ. ގެނބެމުންދިޔަ ޒުވާނާގެ ސަލާމަތަށްޓަކައި، ބަލާކަށް ނުހުރެ، ޒަފަރް މޫދަށް ފުންމާލިއެވެ. ފަތާފައި އެ ހިސާބަށް ދެވުނު އިރު، ޚަބަރުހުސްވެ، މަޑުމަޑުން ފެނުގެ ތެރެއަށް ގެނބެމުންދިޔަ އަންހެންކުއްޖާ ނަގައިގެން އައިސް ޒަފަރް މަޑުމަޑުން އަންހެންކުއްޖާ ދޮންވެލި ގަނޑުގައި ބާއްވާލިއެވެ. ހަރަކާތެއްނެތި ހިމޭންކަމުގައިވި އެ އާދަޔާ ޚިލާފް ރީތި އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ޒަފަރަށް އިނދެވުނެވެ. މިހާ ރީތި ކުއްޖެއް މިއިން ދުވަހަކު އޭނާ ދެކެފައެއް ނުވެއެވެ. ޝަބްނަމްގެ ތިކިތަކެއްހެން މޫނުމަތީގައި އެތުރިހާލައިވާ ލޮނުތިކިތައް އެރީތި މޫނުގެ އުޖާލާކަމާ ވަކިވާން އިންކާރުކުރަމުން ދިޔަ ފަދައެވެ. އިރުކޮޅަކު ވިސްނަން އިނދެލުމަށްފަހު، ވެގެން އުޅޭގޮތް ކުއްލިއަކަށް ހަނދާންނަށް އައި ހެން ޒަފަރް އަންހެން ކުއްޖާގެ އަތްއުފުލާލައި ވިންދު ބަލައިލިއެވެ.ދިހަވަރަކަށް ސިކުންތު ވީއިރުވެސް އެ ޖިސްމުގައި ވިންދެއްގެ ހިލަންވެސް ނުވުމުން، އަންހެން ކުއްޖާގެ މޭދަށުގައި ދެއަތް އަޅުވާލުމަށްފަހު އަންހެން ކުއްޖާ ނޭވާލެއްވޭތޯއޭނާ މަސައްކަތްކުރިއެވެ. އެވަރުންވެސް އެ ހަށިގަނޑަށް ދިރުމެއް ނައުމުން ޒަފަރް ހާސްވެ އޮއްދާ ހިއްލާލިއެވެ. އެހީތެރިކަމަށް އެދި ގޮވާލާނެ މީހަކުވެސް އެގަޑީގައި އެތަނަކު ނެތެވެ. އަވަސް އަވަހަށް ދަބަސް ބާއްވާފައިއޮތް ތަނަށްގޮސް ފޯނު އަތުޖެހޭތޯ ކުރިމަސައްކަތްވެސް ވީބޭކާރެވެ. އަވަސްއަރުވާލާފައި އޭނާއަށް މޫދަށް ފުންމާލެވުނީ ލައިގެން ހުރި ޑެނިމް ސޯޓުގެ ޖީބުގައި ފޯނު އޮއްވައެވެ. ދެވަނަ ފަހަރަށްގޮސް އަންހެން ކުއްޖާގެ މޫނާކައިރިވެލުމަށްފަހު، ދަތްދޮޅި އުފުއްލާލިއެވެ. އަދި ޒަފަރުގެ އަގައިން އަންހެންކުއްޖާގެ އަނގައިގެ ތެރެއަށް އޮކްސިޖަން ދޭން ފެށުމާއެކު ގަދައަށް ކެއްސައި ގަތުމަށްފަހު އަންހެން ކުއްޖާގެ އަނގައިން ބޮކިޖަހާފައި ލޮނުތައް އޮހޮރިގަތެވެ. ނޯށުން އެރި ލޮނާއެކު ދެލޯ މަރައި ބާރުކޮށްލައިގެން އޮތުމަށްފަހު އަންހެން ކުއްޖާ ލޯ ހުޅުވާލިއެވެ. ކުރިމަތީގައި އިން ޒަފަރް ފެނި ޒުވާނާ ގެ ތުންފަތުގައި ކުޅެލި ސިއްރު ހިނިތުންވުން ޒަފަރުއަށް ފަރުދާކުރަމުން، އެމޫނު މައްޗަށް އެރުވީ ސުވާލުން ފުރިފައިވާ ކުލަވަރުތަކެކެވެ. ކުރިމަތީ އިނީ ކާކުކަން އަންހެން ކުއްޖާއަށް އެނގުނަސް ޒަފަރުއަށް އޭނާ ދެނެ ނުގަނެވުނުނީތީ އޭނާ ހައިރާންވިއެވެ. އަދި އެހާމެ އުފާވެސްވިއެވެ. އޭނާގެ މަޤުޞަދު ކާމިޔާބު ކުރުމަށް އެއީ މުހިންމު ކަމަކަށްވާތީއެވެ.

ކުރިމަތީގައި އެއިނީ އެމީކަށް އޭނާ އެންމެ ނަފްރަތުކުރާ ސޫރައެވެ. މުސްތަޤުބަލުގެ ހިޔަނިން ކެހި ފަރުދާވެފައިވާ މާޒީގެ ހިތި ހަނދާންތައް، ޒަފަރް ހަނދާންނެތިވެފައި ވީނަމަވެސް، އަންހެން ކުއްޖާގެ ދިރިހުރުމުގެ މަޤުޞަދާ ގުޅިފައިވަނީ އެ މާޒީއެވެ. ބަރުބާދާއި، މަލާމާތުގެ އައްޑަނައަކަށް  އެ މާޒީ އޭނާއަށް ފުދެއެވެ. ދެގޮތެއް ނުވާނެ ބާރުވެރިކަމާއި އަމިއްލަވަންތަ ކަމުން އޭނާގެ ނަފްސުފުރުވާލަ ދިން ހަތިޔާރަކީވެސް އެ މާޒީއެވެ. ހިތުގައި ކެކި އުތުރެމުންދާ ނަފްރަތުގެ އަލިފާންނުގައި އަންހެން ކުއްޖާ އަނދަން ފެށުމުން  ޒަފަރްގެ މޫނު މައްޗަށް އަތުގެ ހޫނު ހަމާލާއެއް ދީފިއެވެ.

” ހާދަ ގޮތެއްވެސް ނެތޭ… އެކަނި އަންހެން ކުއްޖަކު ފެންނަ އިރަށް ފުރުސަތުގެ ބޭނުން ހިފާލަން ތައްޔާރަށް މި މީހުން ތިބެނީ…..” އައި ރުޅީގައި އަންހެންކުއްޖާއަށް އަނގަމަތީ އަތް އަޅައިގެންއިނދެ ގިސްލެވެން ފެށުނެވެ. ވީތަދުން ކޮލުގައި އަތް އަޅާލައިގެން ހައިރާންވެފައި ޒަފަރްއަށް އިނދެވުނެވެ.

” އޭތް ހެލޯ! މަގޭ ފޯނުވެސް ގުރުބާން ކޮށްފަ މަރުން ސަލާމަތް ކުރީމަ ޝުކުރުވެރިއެއްނު ވާންވީ… މަށެއް ނޫޅޭމޭ ތަނަކުން އަންހެން ކުއްޖަކު ފެންނަ އިރަށް ގަޔަށް ބޮލަށް އަރާކަށް… އެހާ ޗީޕް މީހެއްނޫން މަށަކީ… އަދިވެސް ފަތަން ނޭނގޭ އިރު މޫދަށް އެރޭތި!…” ފުރާނަ ސަލާމަތް ކޮށްދިނުމުންވެސް، އަންހެން ކުއްޖާގެ ފަރާތުން ޝުކުރުގެ ބަހެއްވެސް ނުލިބި އެފަދަ ތުހުމަތެއް ކުރީތީ ޒަފަރް ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. އެފަދަ ތުޙުމަތު ތަކަކީ މާޒީގެ އަނދިރިކަމުގެ ތެރޭގައި ފޮރުވާފައި ވާ އޭނާގެ ދިރިއުޅުމުގެ ހަގީގަތްތަކާމެދު ދެވަނަ ފަހަރަށް އޭނާއަށް ވިސްނާލަން ލިބޭ ފުރުސަތެކެވެ. އެ ހަނދާންތަކުން ދުރަށްދާން އޭނާ ބޭނުންވެއެވެ. އޭނާގެ އެކަހެރި ދިރިއުޅުމާއި އެކަނިވެރި ޙަޔާތުގެ ސިއްރަކީ އެފަދަ ހާދިސާއަކަށް ވާތީއެވެ. ދުވަހަކު ލޮލުން ނުދެކޭ ފުރާނައަކަށްޓަކައި އޭނާވީ ޤުރުބާނީގެ އަގު އަދާކޮށްދޭނެ އިންސާނަކު މި ބިންމަތީގައި ނުވިނަމަވެސް، އެ އެއިންސާނަކަށްޓަކައި އޭނާގެ ވުޖޫދު ނެތިކޮށްލުމަށްވެސް އޭނާ ހުރީ ތައްޔާރަށެވެ.

“އަހަރެން ބުނިންތަ ސަލާމަތް ކުރާށޭ… ކީއްކުރަންތަ އަހަރެން ސަލާމަތް ކުރީ… އަހަރެން ބޭނުމީ މަރުވާން…” އައިސްފައިވާ ރުޅި މައިތިރިވެ، ހިތާމައިގެ ފުންކަމެއްގެ ތެރެއަށް ގެނބެމުންދިޔަ މީހަކު ފަދައިން މަޑުމަޑުން އަންހެން ކުއްޖާ ބުނެލިއެވެ. އަންހެންކުއްޖާގެ ޖުމްލައިން ފުން ވިސްނުމެއްގެ ތެރެއަށް ޒަފަރް ގަންބުވާލުމަށްފަހު، އަންހެންކުއްޖާ ގިސްލުމެއްގެ ތެރެއަށް ހިނދިގެން ހިނގައްޖެއެވެ. ދިރިއުޅުމާމެދު މާޔޫސްވެ، އުންމީދު ކެނޑިފައިވާ ފަދައިންނެވެ.

” މަރުވާށޭ؟ ތި ޢުމުރުގަ؟ ތިނޫން ކަމެއް ނެތީތަ ކުރަން؟…” އަންހެން ކުއްޖާގެ ބަހުން ހައިރާންކަން ލިބި ޒަފަރް ނިކަން ރަނގަޅަށް އަންހެން ކުއްޖާއަށް ބަލައިލަމުން އޭނާގެ ހިތުގައި އުފެދުނު ސުވާލުތައް ބޭރުކޮށްލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ޒަފަރުގެ ހިތުގައި މި ގޮތް ނޭނގޭ ހޫރުޕަރީ އެއްފަދަ ރީތި އަންހެން ކުއްޖާއާމެދު ހަމްދަރުދީ އުފެދިއްޖެއެވެ. އެފަދަ ރީތި ކަމެއް ލިބިފައިވާ އިރު، ދިރިއުޅުމާމެދު އުންމީދު ކަނޑާލަންވީ ކީއްވެހެއްޔެވެ؟ ފެންނަ ކޮންމެ ލޮލެއް އެ ސޫރަ ދެކެ ލޯބިވެވޭނެ ފަދަ ރީތި ކަމެއް މި އަންހެން ކުއްޖާއަށް ލިބިފައިވެއެވެ.

” ހިނގާ ގެއަށްދާން. މަ ގެންގޮސްދީފާނަން…” އަންހެން ކުއްޖާ އެއްޗެއް ނުބުނެ މޫނު މަތީ އަތް އަޅައިގެން އިނދެ ރޮމުން ގެންދަނީއެވެ. ޒަފަރްގެ ހިތަށް އަސަރުކުރިއެވެ. އޭނާ އެހންބުނީ މިވަގުތު ކޮންމެވެސް އެހީތެރިކަމެއް އޭނާގެ ފަރާތުން އަންހެން ކުއްޖާއަށް ދޭން ބޭނުންވެފައިވީތީއެވެ.

“އަހަރެން ދާނެ ތަނެއް ނެތް…” މޫނު މަތިން އަތް ނަގައި ކަރުނަތައް ފޮހެލައި ނޯށްް ދަމާލަމުން އަންހެން ކުއްޖާ އެހެން ބުނީ ޒަފަރްގެ ދެލޮލަށް ބަލަން އިނދެއެވެ. އެހީތެރިކަމަކަށް ބޭނުންވެ އާދޭސް ކުރާފަދައިންނެވެ. ޒަފަރް ވިސްނާލިއެވެ. އަންހެން ކުއްޖާ އޭނާ އުޅޭ ގެއަށް ގެންދިޔަޔަސް އެކަމާ އެއްޗެއް ބުނާނެ މީހަކު ނުވާނެއެވެ. އަނެއްކާ އޭނާ އުޅޭ ގޭގައި އިތުރު ކޮޓަރިއެއްވެސް ހުރެއެވެ.

” ބޭނުންތަ އަހަންނާއެކު އަހަރެންގެ ގެއަށްދާން…” ޒަފަރް އެހެން ބުނީ އަންހެން ކުއްޖާ ބުނާނެ އެއްޗަކާމެދު ފިކުރު ކުރަން އިނދެއެވެ. އެހިނދު އަންހެން ކުއްޖާގެ މޫނު މައްޗަށް ފެތުރުނު ފުޅާ ހިނިތުންވުމާއެކު ހުދު މުތީތަކެއްފަދަ ރީތި ދަތްތައް ހާމަވެލިއެވެ. އިޚްތިޔާރުން ބޭރުވެ، މޫނު މަތިން ދެއްކުނު އުފާވެރިކަން ހާލަތާ ނުބައްދަލުހެން ހީވުމުން ދެވަނަ ހިނދުކޮޅުތެރޭގައި އަންހެން ކުއްޖާ ހިނމޭންވެއްޖެއެވެ. އަންހެން ކުއްޖާގެ އެ ޢަމަލު ޒަފަރްއަށްވެސް ފާހަގަ ކުރެވުނެވެ.

” ތިގޭގަ އަހަންނަށް ހުރެވޭނެތަ؟ އެކަން އެހެންވަންޏާ އެއީ މިވަގުތައް އަހަންނަށް ލިބޭ ވަރަށްބޮޑު ނަސީބެއް…” މާނައިން ފުރިގެންވާ ފުން ނަޒަރަކުން ޒަފަރުއަށް ބަލައިލަމުން އަންހެން ކުއްޖާ އެހެން ބުނީ ކާމިޔާބުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން އިނދެއެވެ.

” އާން… ހުރެވޭނެ… ދެން ބުނެބަލަ… ކޮން ނަމެއްތަ ކިޔަނީ؟ މަގޭ ނަމަކީ ޒަފަރް…”

“ޔާސްމީން….”

ޔާސްމީން ނަންބުނެލުމާއެކު ޒަފަރްގެ މޫނު މައްޗަށް އަރައިފޭބި ކުލަތައް ޔާސްމީނަކަށް ސިއްރެއްނުވިއެވެ. އެ ނަން އިވުމުންވެސް ޒަފަރްގެ މޫނު މައްޗަށް ނުތަނަވަސްކަން ވެރިވެ ބުނެދޭން ނޭނގޭފަދަ އަސަރުތަކަކުން އެމޫނު ކަޅިވިފަދައެވެ.

“ޔާސްމީން….” މަޑުމަޑުން ތުން ތަޅުވާލުމަށްފަހު އެނަން ޒަފަރް ތަކުރާރުކުރިއެވެ.

” ކިހިނެތް ވީ؟ މި ނަން ކިޔާ ދަންނަ ކުއްޖަކު އުޅެނީތަ؟” އެއްޗެއް ނުބުނެ ފުންވިސްނުމެއްގެ ތެރެއަށް ޒަފަރް ގެއްލި ހިމޭންވެފައި އިނުމުން ޔާސްމީން އެހެން ބުނެލުމާއެކު ޒަފަރް ސިހުނެވެ. އެއާއެކު ނޫންނެކޭ ބުނާފަދައިން ބޯ ހޫރާލަމުން ކޮޅަށްތެދުވެ ޔާސްމީން ނަގަން އޭނާ އަތް ދިއްކޮށްލިއެވެ. އެއަތުގައި ޔާސްމީން ހިފިއެވެ.

ޒަފަރް އުޅޭ އެޕާޓްމަންޓްތެރެއަށް ވަދެ ޔާސްމީން ވަށައިގެން ހޯދާލިއެވެ. އޭނާ އުއްމީދުކުރި ކަހަލަ އެއްވެސް ކަމެއް ނުފެނުން އޭނާ ހައިރާންވިއެވެ. ޔާސްމީންއަށް ތުވާއްޔެއް ދެމުން ކޮޓަރިއާއި ފާހާނާ ހުރިތަން ދެއްކުމަށްފަހު، އޭނާވެސް ކޮޓަރީގައި އިން ފާހާނާއިން ފެންވަރާލައިގެން ނިކަން އަވަހަށް ނުކުމެއްޖެއެވެ. ކަޅު ޓީޝާރޓަކާއެކު އަޅިކުލައިގެ ކަކުލާ ހަމައަށް އަންނަ ސޯޓެއް ލުމަށްފަހު ޔާސްމީނަށް ކޮފީއެއް ހެދުމަށްޓަކައި އޭނާ ބަދިގެއަށްވަނެވެ.

” އެކަނިތަ އުޅެނީ ކޮބާ މަންމައާއި ބައްޕަ…، އަދި ގޭގަ އުޅޭ ހާ ނޯކަރުން…………………… ” ބުނެވެން އުޅޭވުނީ ބުނަން ނުވާކަހަލަ އެއްޗެއްކަން އެނގުމުން ޔާސްމީން ކުއްލިއަކަށް ބުނަން އުޅުނު ބަސް މެދު ކަނޑާލިއެވެ. ޔާސްމީން ކުރި ސުވާލަށްވުރެ ޒަފަރްގެ ސަމާލުކަން ހުއްޓިފައިވަނީ ޔާސްމީނަށެވެ. ޔާސްމީން ލައިގެން ހުރީ އޭނާގެ ހުދު ކުލައިގެ އަތްދިގު ގަމީހެވެ. ތިރިން ތުވާލި އައްސާލައިގެން އިސްތަށިގަނޑު ހާވާލާފައި ހުރި އިރު އެ އައިބުކަމެއްނުވާ ރީތިކަން ހާމަވަމުންދިޔައެވެ. އެގަމީސް ޔާސްމީނުގެ ގަޔޔަށް ދޫކަމުން، ގަމީހުގެ ގިރުވާނާދިމާލުން އެއްކޮނޑު އޮތީ ސޮއްސާލާފައެވެ.

” ލާނެ ހެދުމެއް ނެތެއްނު… ކޮޓަރީގައިން ކަބަޑުގަ މި ގަމީސް އިންކަންވެސް ނަސީބު….” ކަޅިޖަހާނުލައި ހެވިފައިހުރެ ޒަފަރް އޭނާއަށް އެވަރަށް ބަލަންފެށުމުން ޔާސްމީނަށް އުނދަގޫވާގޮތްވިއެވެ. އެއްޗެއް ނުބުނެ ޔާސްމީންގެ ގާތަށް އައސް ޒަފަރުގެ އަތުގައި ހުރި ދެކޮފީތަށިން އެއްތަށި ޔާސްމީންއަށް ދިއްކޮށްލިއެވެ. އަދި އަތުގެ އިޝާރާތުން އެ އެޕާޓްމަންޓްގެ ޓެރަހާ ދިމާއަށް އިޝާރާތްކުރިއެވެ. ހެނދުނުގެ އެ ހަމަހިމޭން ވަގުތުގައި، ހަތްވަނަ ބުރީގައި އެމީހުން ތިބިއިރު ތޮއްޖެހިފައިވާ މާލެ އެމީހުންނަށް ރީއްޗަށް ފެންނަމުންދިޔައެވެ. އެ މަންޒަރަށްވުރެ ބޮޑަށް ޒަފަރްގެ ސަމާލުކަން ހުއްޓިފައިވަނީ ޔާސްމީނަށެވެ. އޭނާގެ ސިއްރު ބެލުންތަކުގެ އަމާޒުފަތްގަނޑަކަށް ޔާސްމީން ވެފައިވާކަން ޚުދު ޔާސްމީނަށްވެސް ވަންހަނާވެފައެއް ނުވއެވެ. ހެނދުނުގެ މަޑުމަޑު ވައިރޯޅީތަކާއެކު ހިކެމުންދިޔަ ޔާސްމީނުގެ އިސްތަށިގަނޑު ހޫރިލާފައިއައިސް ޔާސްމީންގެ ދޮން މޫނަށް ދެމުންދިޔަ ހަމަލާތަކަށް ޒަފަރްގެ ހިތް ހަމަ ރަނގަޅަށްވެސް ދޫކޮށްލެވުނެވެ.

ގޭގެ ބެލް ޖެހީ އެވަގުތުއެވެ. ސުވާލުގެ ނަޒަރަކުން ޔާސްމީން ޒަފަރް އަށް ބަލައިލިއެވެ.

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

ވިންދު ލޯބިން ޖެހި ހިތެއްގައި (14)

Next

އީލާމް-06

Next
September 23, 2017

އީލާމް-06

Previews
September 23, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (14)

14 Comments!

  1. song joong ki..KOREAN says:
    September 23, 2017 at 6:26 pm

    me first dhw?
    salhi story .. 🙂 🙂

    1. Rau says:
      September 23, 2017 at 8:18 pm

      Thankx dear song. N I think this is ur first comment for my story dhw.
      Think u for commenting dear 😀

    2. Rau says:
      September 23, 2017 at 9:41 pm

      Thank u*

    3. song joong ki..KOREAN says:
      September 23, 2017 at 11:40 pm

      yeah. but story hama kiyan.. v salhi ingey.. good luck dear 🙂

  2. Saakko says:
    September 23, 2017 at 8:39 pm

    Now story picture is nice n story also

    1. Rau says:
      September 23, 2017 at 9:27 pm

      Thank u saakko. 😉

  3. Imma. says:
    September 24, 2017 at 6:23 am

    Wow. Vvvvvvv reethi. Sifakurunthah habeas. Heevanee fennahen

  4. Imma. says:
    September 24, 2017 at 6:24 am

    But heading badhalukohfa new photo eh intra Jon vaahakae Kane neyngunu

  5. Imma. says:
    September 24, 2017 at 6:25 am

    Surgery ferns go I hadhaaba

    1. Imma. says:
      September 24, 2017 at 6:26 am

      Suruheeee*****

  6. Xxxx says:
    September 24, 2017 at 7:03 am

    V.nice???

  7. Maz says:
    September 24, 2017 at 1:00 pm

    V salhi mi vaahkaka. Next episode a inthizaar kuran

  8. Addu manje says:
    September 25, 2017 at 8:56 am

    Varah reethi. 🙂

  9. Ops says:
    September 25, 2017 at 5:03 pm

    Nuves engunu vaahaka upload Vega inkameh photo new v ma nan ves nufeney

Comments are closed.

Next Episodeލޯބީގެ ޙިމާޔަތުގައި (ހަތަރު ވަނަ ބައި)←


All Right Reserved!