Skip to content
އެސްފިޔަ

އަަަަާދޭސް

 

މޫދާދިމާއަށް ނަޒަރުހުށްޓާލައިގެން ޒާރާ އިނީ ވަރަށް ހިތްހަމަޖެހިފައެވެ.ކޮންމެ ދުވަހަކުވެސް ޒާރާ މިތަނައް އާދެއެވެ.އިރުއޮއްސޭ މަންޒަރު ބެލުމުން ހިތައް ހިންހަމަޖެހުން ލިބޭތީއެވެ.

އިރުއޮށްސޭން ގާތްވެފައިވާތީ މުޅިއުޑުމަތި އޮތީ އޮރެންޖު ކުލައިގައެވެ.ހީވަނީ އުޑުމަތީގައި އަލިފާންގަޑެއް ރޯކޮށްފައިވާހެންނެވެ. ދުރުދުރުން އުދުހިފައިދާ ދޫނިތައް މާހައުލު އިތުރަށް ރީތިކުރުވައެވެ.ގޮނޑުދޮށަށް މުގުރާ ރާޅުތަކުން އެތަނަށް ފެތުރިފައިވާ ހަމަހިމޭންކަން ނައްތާލައެވެ.

“ޒާ……ގެއަށް ދާންވީއެއްނު”ސާރާ ގޮވާލި އަޑަށް ޒާރާ ފަހަތް ބަލާލިއެވެ.

“މިދަނީ”ޒާރާ ޖޯލިން ތެދުވަމުން ސާރާއަށް ބުންޏެވެ.

“ކޮބާ ކޮންއިރަކުން ބޯއިފްރެންޑްގެ ނަން ބުނާނީ؟”އެލީޝާ އަހާލިއެވެ.

“ވަރަށް ފަހުން”ޒާރާ ހީގަނަނަމުން ޖަވާބުދިނެވެ.

ޒާރާ އިލްފްއާ ރައްޓެހިވެގެން އުޅޭތާ މިހާރު މިއީ ދެވަނަ މަހެވެ.ސާރާއާ އެލީޝާއަށް ވެސް އަދި ޒާރާ ރަށްޓެހިވެގެން އުޅެނީ ކާކު އާ ކަމެއް ނޭންގެއެވެ.

އެލީޝާއާ ސާރާ އައް ޒާރާ ރަށްޓެހިވެގެން އުޅެނީ ކާކު އާ ކަން ހޯދުމަކީ މާކަ އުނދަގޫ ކަމަކަށް ނުވާނެއެވެ.އެކަމަކުވެސް އިލްފުގެ ވާހަކަ އަދިވެސް ޒާރާ ނުބުނެއެވެ.ބުނަން ބޭނުން ނުވަނީއެވެ.އެމީހުން ބުނަނެ އެއްޗެއް ނޭންގޭތީއެވެ.ކޮނމެދުވަހަކުވެސް އެވާހަކަ އެހިޔަސް ނުބުނަނީވެސް އެހެން ވެގެންނެވެ.

“ކޮންދުވަކުން؟”ބޮޑާހާކާ ގޮތަކަށް އެލީޝާ އަހާލިއެވެ.

“ކޮންމެވެސް ދުވަހަކުން”ޒާރާ ބުންޏެވެ.

“ތިޔަދުވަހެއް ދުވަހަކުވެސް  ނާންނާނެ”ސާރާ ފޫހިގޮތަކައް ބުންޏެވެ.

“ބުނާނަމޭ “ޒާރާ ބުންޏެވެ.

މިއަދުވެސް މިތިންކުދިން ގެއަށް ދިޔައީ އެތައް ބަހުސަކަށްފަހުއެވެ.ޒާރާއަށް 18 އަހަރެވެ.އެލީޝާއާ ސާރާއަށް 17 އަހަރެވެ.މިތިންކުދިންނަކީ ވަރަށް ގާތް އެކުވެރިންނެވެ.އަބަދުވެސް އުޅެނީ އެކީގައެވެ.ޒާރާ އަބަދުވެސް ޒާރާގެ ސީކްރެޓްތައް އެކުދިންނާ ޝެއާކުރެއެވެ.އެކަމަކު އަދިވެސް އިލްފްގެ ވާހަކަ ނުބުނެއެވެ.ބުނާން ނުކެރެނީއެވެ.އެކުވެރިންނަށް އިތުބާރު ނުކުރެވެނީ ކަންނޭންގެއެވެ.ކިތަންމެ ވަރަކަށް ފޮރުވިޔަސް ކޮންމެވެސް ދުވަހަކުން އެނގޭނެކަން ޒާރާއަށް އެނގެއެވެ.އެކަމަކުވެސް ބުނަން ފަސްޖެހެނީއެވެ.

“ދަރިފުޅާ މިއަދުހާދަ ލަސްވީ ކޮންތަނަކަށް ގޮސްފާތަ ތިއައީ؟”އާދައިގެ މަތިން ގެއަށް ވަދެވުމާއެކު މަންމަ ސުވާލު ކުރަން ފެށިއެވެ.

“އިރުއޮއްސޭތަން ބަލާލާން ގޮސްލާފައި މިއައީ”ޒާރާ ފޫހިގޮތަކަށް ޖަވާބުދިނެވެ.

 

“ކާކުއާ އެކީ ދިޔައީ ؟”މަންމަ އަނެއްކާވެސް ސުވާލުކުރިއެވެ.

“އެލީޝާއާ ސާރާ އާ އެކީ ދިޔައީ ”

ޒަރާ ކޮޓަރިއަށް ވަނަން ދަމުން މަންމަގެ ގާތު ބުންޏެވެ.

ކޮޓަރިއަށް ވަދެ އެދުމަތީގައި ޒާރާ އޮށޯވެލިއެވެ.ބުރުގާވެސް ނަގާ އެދުމައްޗައް އެއްލާލިއެވެ. ޒާރާއަށް ވިސްނެން ފެށުނީ އިލްފްއާދޭތެރޭއެވެ.މިހެން ވިސްނަން އޮތްތާ މާގިނައިރެއް ނުވެ ނިދީގެ ފޮނި އާލަމަށް ޒާރާ ދަތުރުކޮށްފިއެވެ.

ކޮޓަރީގެ ކުޑަދޮރު ހުޅުވައިފައި ވަތީ ކޮޓަރިއަށް ބޭރުން ފިނި ވައިރޯޅި ވަންނަމުން ދިޔައެވެ.

މުޅި ކޮޓަރިންވެސް ފެންނަނީ މުއްސަނދިކަމެވެ.ކޮޓަރީގެ މެދުގައި ވަނީ ވަށްއެނދެށް ބަހަށްޓާފައެވެ.އެއާ ދާދި ކައިރީގައި ކުޑަ މޭޒެށް ބަހައްޓާފައި ހުއްޓެވެ.މެޒުމަތީގައި ވައިލެޓް ކުލައިގެ ޓޭބަލް ލޭންޕްއެށް އިނެވެ.އެނދުމަތިގައި ވަނީ ވައިލެޓް ކުލައިގެ ބާލިސްތަކެށް އަތުރާލެވިފައެވެ.އަދި އޭގެ އިތުރައް ހުދުކުލައިގެ ކުއިލްޓެށްވެސް ވަނީ އަޅާފައެވެ. އެދާއި ތަންކޮޅެއް ދުރުގައި ބަހަށްޓާފައިވާ ވައިލެޓް ސޯފާ ތަކުގައި ބަހަށްޓާފައި ހުރީ ހުދުކުލައިގެ ބާލީހެވެ. ކޮޓަރީގެ އެއްފަރާތެއްގައި ބޮޑު ބިއްލޫރި އަލަމާރިއެއް ބަހަށްޓާފައި ހުއްޓެވެ.އަލަމަރި އާ ޖެހިގެންހުރި ޑްރެސިން ޓޭބަލްގާތުގައި ހުރީ ބޮޑު ލޯގަނޑެކެވެ.ކުޑަދޮރުގައި ވަނީ ހުދާއި ވައިލެޓް ކުލައިގެ ފަރުދާ ދަމާފައެވެ.ކުޑަދޮރު ކައިރީގައި ވިންޑް ޗައިމްއެށް އެލުވާފައިއިނެވެ.އެއާދިމާލުގައި ފޮތްހަރުގަނޑު ހުރީ ފޮތްތަކުން ފުރިފައެވެ.އެއާޖެހިގެން ހުރީ ސްޓަޑީ ޓޭބަލްއެކެވެ.

“ތުއްތާ ކޮބާތަ މަގޭ ރެޑް ލިޕްސްޓިކް؟ ”

ކޮޓަރިއަށް ވަންނަމުން ޒޯޔާ ގޮވާލިއެވެ.

“ތުއްތާ”

އަނެއްކާވެސް ޒޯޔާ ގޮވާލިއެވެ.

ޒޯޔާ ޒާރާއާ ދިމާލަށް ބަލާލިއެވެ.ޒާރާ އޮތީ ނިދާފައިކަން އެނގުމުން ޒޯޔާގާތަށް ރުޅިއައެވެ.

“ތުއްތާ”ޒާރާގެ ކަންފަތް ގާތަށް ގުދުވެލުމަށްފަހު ޒޯޔާ ހަޅޭލަވައިގަތެވެ.

“މަށަށް އުނދަގޫ ނުކޮށްބަލަ”

ބޯދަށުން ބާލީހެށް ނަގާއެއްލަމުން ޒާރާ ރުޅިވެރިގޮތަކަށް ބުންޏެވެ.

“މަންމަ ބުނީ ކާންއަންނާށޯ”

ޒޯޔާ ވަރަށް ދަމާލާފައި ބުންޏެވެ.

“ފަހުން ކާނަން”ޒާރާ މޫނުމަތީގައި ބާލިސް އަޅަމުން ބުންޏެވެ.ޒޯޔާދިޔަހެން ހީވުމުން މޫނުމަތިން ބާލިސް ނަގާ އެނދުމަތީގައި އިށީނެވެ.އަދި ފޫހިގޮތަކަށް ކޮޓަރިތެރެއަށް ނަޒަރުހިންގާލިއެވެ.އަޔާން ގާތު ކޮޓަރީގައި ނޫކުލަލައިދޭން ބުނުމުން ލީ ވައިލެޓް ކުލައެވެ.އެވަރުނުވެގެން ދޮރުފޮތިތަކާއި ސޯފާވެސް ވައިލެޓް ކުލައައް ބަދަލުކުރީއެވެ.

އަޔާން އަކީ ޒާރާގެ ދޮންބެއެވެ.މަސައްކަތްކުރަނީ އެމްއެންޑީއެފްގައި ކަމުގައިވާތީ ގިނައިން އުޅެނީ ރަށުން ބޭރުގައެވެ.

ޒާރާ މޯޅިއަކައް ދެމިލުމައްފަހު ފޯނުނަގާ ހުޅުވާލިއެވެ.އިލްފްގެ އެއްވެސް މެސެޖެއް އައިސްފައި ނެތުމުން ހައިރާންވިއެވެ.އިލްފްއަށް މެސެޖް ކުރާން އުޅެފައިވެސް އެހިޔާލު ޒާރާ ދޫކޮއްލީ އިލްފް އޮންނާނީ ނިދާފައޭ ހިތައް އަރާފައެވެ.

ކުއްލިއަކައް މޭޒުމަތީގައި އިން ވާސް ތަޅައިގެން ދިޔުމުން ޒާރާދިޔައީ ސިއްސައިގެންނެވެ.ފޯނު އެނދުމަތީގައި ބާއްވައިފައި ތެދުވެ ހޮޅިބުރި ދިއްލާލިއެވެ.ކުއްލިއަކައް ވާސް ތެޅެންވީސަބަބެއް ޒާރާއަކައް ނޭންގުނެވެ.ޒާރާ މަޑު ހިނގުމެއްގައިގޮސް މެޒުގާތު ހުއްޓިލިއެވެ.ހުޅުވިފައިވާ ކުޑަދޮރައް ބަލާލުމައްފަހު ތެޅިފައިވާ ވާސް ނަގަން ގުދުވިވަގުތު ތަށިމުށިގަޑުމަތީގައި އޮތް ގާ ފެނިފައި ޒާރާގެ ދެލޯ ބޮޑުވިއެވެ.

ނުނިމޭ

Comments (19)

  1. pinkish

    Heeve reethi vaane hen… Kn duvas takaku up kohdheynee… Unmeedu kuran nimenden kiyaalan libeyne kamah ?

    1. SHIALL
      pinkish

      Thanks pinkish…I’ll try to upload once every two days ?

  2. ???

    vvvv reethi ❤❤❤❤ ???????????nxt part Adi thankohleh thigukukoh genesdhey ne kamah hiykuran

    1. SHIALL
      ???

      Thanks…i’ll try to make the next part longer ???

  3. sana

    Wow!Wow!nice nice

    1. SHIALL
      sana

      Thanks sana ?

  4. Xoo

    Wow❤️ Next part dhigu kohlachay vvv salhi ?

    1. SHIALL
      Xoo

      Thanks xoo ❤

  5. Xeelinsh?

    Ee.. Biruveri vaahakyehtha

    1. SHIALL
      Xeelinsh?

      Read yo find out Xeelinish ?

  6. Alvyn

    V reethi feshun

    1. SHIALL
      Alvyn

      Thanks Alvyn ?

  7. cherritw

    Starting v salhi..

    1. SHIALL
      cherritw

      Thank you cherritw ?

  8. Eanaa

    V v salhi fesun… keep it up..

    1. SHIALL
      Eanaa

      Thank you Eanaa ?

  9. chweety aash

    v v reethi….waiting for next part..

    1. SHIALL
      chweety aash

      Thanks chweety aash ❤

  10. Dhonthy

    Maaka kury…. dhan mi ah wure dhigu kohladheba igay…

Comments are closed.