Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޔަޝްމީ 1

Dreamy Level 1
January 28, 2014 3 Mins Read
5 Comments

ފަތިހުގެ ތެތްފިނިކަން ކެނޑި އިރުގެ ހޫނުން މުޅި މާހައުލަށް އާރޯކަމާއި ތާޒާކަން ގެނެސްދެމުން ދިޔަ ވަގުތެވެ. މަޑު މަޑުން ޖެހެމުންދިޔަ ވައިރޯޅިތައް ގަސްތަކާ ސަމާސާ ކުރަމުންދިޔައެވެ. ބައެއް މީހުން ނިދީގެ މީރުކަން ހޯދަމުން ދިޔައިރު، އަނެއް ބަޔަކު އެމީހުންގެ މަސައްކަތައިގެން އަވަދިނެތި އުޅެމުން ދިޔައެވެ. މޫނަށް އިރުގެ ހޫނުކަން އިހުސާސް ކުރެވުމާއެކު އޭޒިލް މޫނާއެއްކޮށް ރަޖާ އަޅާލިއެވެ. އެނބުރި ނިދީގެ ތެރެއަށް ދެވޭތޯ ކުރި މަސައްކަތް ބޭކާރުވީ ނިޝާންގެ އަޑުންނެވެ.

“އޭޒް ދެން ތެދުވަން އުޅޭ ތި ޑްރީމް ގާރލްގެ ހުވަފެންތައް ބަލަން ނޯވެ..” ނިޝާން އޭޒިލްގެ މޫނުމަތިން ރަޖާނެގިއެވެ.

” މި ނިޝާންޓޭ އާ ހެދި ނިދާކަން ވެސް ނޯއެވޭނެ. މީނަ ފަތިސް ނަމާދަށް ނުތެދުވިޔަސް އެހެން މީހުން ފަތިހަށް ތެދުވެއޭ އިނގޭ..” ފެނުނު ހިތްގައިމު ހުވަފެން ފުޑުފުޑުވުމުން އޭޒިލް ހިތްހަމަ ނުޖެހޭ ގޮތްވިއެވެ.

” ނިދަން ބޭނުމިއްޔާ ނިދާބަލަ، އެކަމަކު މަނިކުފާނުގެ ލޯންޗު މަޑެއް ނުކުރާނެ މަނިކުފާނު ދަންދެނެއް.” ފާޚާނާއަށް ވަންނަމުން ނިޝާން ތަންކޮޅެއް ބާރަށް އެހެން ބުނުމުން އޭޒިލް ފުންމައިގެން ތެދުވިއެވެ. އެހާ މުހިއްމުކަމެއް އޭނާ ހަނދާން ނެތުނީ ކިހިނެއް ހެއްޔެވެ؟ ހަމަ އެހިނދު އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ ލޯމައްޗަށް ސިފަވި މޫނެއްގެ ސަބަބުންނެވެ. މަޑުމަޑުން އޭނާ ބޮލުގައި ޖަހާލީ ހިތަށްވެރިވި ޚިޔާލުތަކަކުންނެވެ.

“އަދިވެސް އަދިވެސް އެމަރީނާގެ ހުވަފެންތައް ބަލަނީ؟؟ ސާބަހޭ އޭޒިލޫ.. ތިހިރީ ވަރެއްވެފަދޯ ..” ތުވާލިން މޫނުފޮހެމުން ފާޚާނާއިން ނިކުތް ނިޝާންގެ އަޑުން އޭޒިލް ދިޔައީ ސިއްސައިގެންނެވެ.

” ނިޝާން މަރީނާގެ ހުވަފެން ބެލިޔަސް މަށެއް ނުބަލަން އިނގޭ.. ” ކައިރީގައި އޮތް ބާލީސް ނަގާ ނިޝާންއާ ދިމާލަށް އެއްލަމުން ދުވެފައި ގޮސް އޭޒިލް ފާޚާނާއަށްވަނެވެ.

” ހޫމް އަނެއްކަ އަނެއް ފަސް ގަޑިއިރު ފާޚާނައިގަ ހުންނާނީކީނޫން.. މަ ހިތަށްއަރާ މީ އަންހެނެއްބާއޭ؟” ނިޝާން ބިންމަތީގައި އޮތް ބާލީސް ނަގާ އޭޒިލްގެ އެނދަށް ލަމުން ގޮވާލިއެވެ. އެއީ ހަމަ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އެދެރަހްމަތްތެރިންގެ ދުވަސް ފެށިގެންދާނީ އެކަހަލަ ގޮތަކަށެވެ. މަޖަލާއި ސަކަރާތުގެ ތެރެއިންނެވެ. އޭޒިލް ފާޚާނާއަށް ވަނުމުން ނިޝާން ކޮޓަރިތެރެ ކުޑަކޮށް ތަރުތީބު ކޮށްލިއެވެ. ދުވަހަކީ އޭޒިލް ރަށަށް ފުރުމަށް ހަމަޖެހިފައި އޮތް ދުވަހަށްވުމުން ނިޝާންވެސް އޮފީހަށް ނުގޮސް އޭޒިލް ފުރުމުގެ ތައްޔާރީތަކުގައި އެހީވާން ހުރީއެވެ.

“އޭޒް.. މިއަދު މިތާ ކައިރީހުރި ކެފޭއަށްދޯ ސައިބޯން ދާނީ؟ އެހެންނޫނީ ޝޮޕިންއަށްދާން ލަސްވާނީ” އޭޒިލް ފާޚާނާއިން ނިކުތުމުން ނިޝާން ބުންޏެވެ.

” އޯކޭއޭ.. ޝާން އަހަރެން ވަރަށް ސީރިއަސްކޮށް ވާހަކައެއް ބުނަންތަ؟” މަދުންނޫނީ ސީރިއަސްނުވާ އޭޒިލްގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމާ ކަންބޮޑުވުމެވެ. އޭނާ އެވާހަކަ ބުނާނެ ގޮތަކާދޭތެރޭ ވިސްނަނީ ކަހަލައެވެ. ކޮންމެ ގޮތެއްވިޔަސް އެވާހަކަ ނިޝާން ގާތު ބުނަން ޖެހޭނެއެވެ.

” ހޫމް ބުނެބަލަ.. ހާދަ ހީވޭ ހިންދީ ޑްރާމާތަކުގަ ބުނާހެން މޭ ތުމާރީ ބަންޗޭކީ މާބަންނޭވާލީ އޭ ބުނަން އުޅޭހެން” ނިޝާން އަށް އޭޒިލް މޫނުމަތީގައިވާ ނުތަނަވަސްކަން ނުފެންނަނީ ކަންނޭނގެއެވެ. *************************************************************************** ހުޅުވާފައިހުރި ކުޑަދޮރުން ވަންނަމުންދިޔަ ވައިރޯޅިތައް އެނދުގައި ހުއްޓުން އަރާފައި އިން ޔަޝްމީގެ ފަން އިސްތަށިގަނޑާ ސަމާސާ ކުރަމުން ދިޔައެވެ. އިރުގެ ހޫނުކަމުން އޭނާގެ ހަށިގަނޑަށް އެޅެމުން ދިޔައެވެ. ނަމަވެސް އޭނާއަށް އެއްވެސް ކަމެއްގެ އިހުސާސް ނުވާކަހަލައެވެ. އިރު އެރީވެސް އޭނާ ހަމަ އެގޮތަށް އެނދުގައި އިންދައެވެ. އެދޮން މޫނުގައި އެއްވެސް ދިރުމެއް ނެތެވެ. ރޭގަނޑު ނުނިދާ ހުރުމުގެ ސަބަބުން އޭނާގެ ސާފު ދެލޯ ވަނީ ރަތްވެފައެވެ. އެހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތް ކަހަލައެވެ.

” ދަރިފުޅާ ޔަޝް” އެތެރެއަށް ވަދެގެން އައި ނޫރާ ސިހުނީ އެނދުމަތީ އިން ޔަޝްމީ ފެނިފައެވެ. އޭނާގެ ދެލޯ އެއްވެސް އިޙްތިޔާރަކާނުލާ ކަރުނުން ފުރިގެންއައެވެ. އޭނާ މަޑު ފިޔަވަޅުތަކެއް އަޅަމުން އައިސް ޔަޝްމީގެ ގާތުގައި އެނދުގައި އިށީނެވެ. ނުހަނު ލޯތްބާއެކީ ޔަޝްމީގެ ބޮލުގައި ފިރުމާލުމާއެކީ ޔަޝްމީ ނޫރާގެ މޫނަން ބަލާލިއެވެ.

“އަހަރެން ނުދާނަން ދައްތާ.. އަހަރެން ބޭނުމެއް ނޫން ދާކަން..” ނޫރާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޔަޝްމީ އާދޭހާއެކީ ބުނެލިއެވެ.

” ނޫން ދަރިފުޅާ ދާންވާނެ.. އެއީ ޔަޝްގެ މައިންބަފައިންނެއްނު ދަރިފުޅާ.. ނިކަން ވިސްނާލަބަލަ އެމީހުން ކިހާ ދުވަހެއް ވެއްޖެ ދަރިފުޅު ދެކޭހިތުން ތިބޭތާ. ކޮންމެސް ދުވަހަކުން ޔަޝްވެސް ޖެހޭނެ ތި ބިރުވެރިކަމުން ނުކުމެ ޔަޝްގެ ދިރިއުޅުމާ ކުރިމަތިލާން… ” ނޫރާ ބެލީ ޔަޝްމީއަށް ވިސްނާދެވޭތޯއެވެ. ނަމަވެސް ޙުދު އޭނާގެ ހިތާއި ސިކުނޑީގައި ވެސް އެނބުރެމުންދަނީ ޔަޝްމީގެ ހަޔާތަށް އައި އެ ބިރުވެރިރޭގެ ހަނދާންތަކެވެ.

” އަހަރެންވެސް ބަލަން ނުވިސްނާ އުޅެވޭތޯ އެކަމަކު ހަމަ ވިސްނެނީ…” ޔަޝްމީއަށް ރޮވެންފެށުމުން އޭނާ ނޫރާގެ ކޮޑުގައި ބޯއަޅާލިއެވެ. ޚުދު ޔަޝްމީވެސް އޭނާގެ މައިންބަފައިން ކައިރިއަށް ދާން ބޭނުންވެއެވެ. އެހެނަސް ހަޔާތަށް އައި އެ އަނދިރިރޭގެ ސަބަބުންނާ، އެފަސްގަނޑާ ގުޅިފައިވާ ހިތްދަތި ހަނދާންތަކެއްގެ ސަބަބުން އޭނާގެ ޒަމީރު އެކަމަށް ހުރަސްއަޅަނީއެވެ. ނޫރާ އެތައް ގޮތަކަށް ޔަޝްމީއަށް ވިސްނައިދިނެވެ. އެތައް ވާހަކަތަކަކުން އެންމެފަހުން ޔަޝްމީ އެއްބަސްވިއެވެ.

” ދޭ އަވަހަށް ތައްޔާރުވެލައިގެން އަންނަން.. އެކެއް ޖަހާއިރު ޗެކިން އޮންނާނެ. ކޮކީއަށްވެސް ގޮވަން ޖެހޭނެއަދި.. ރާއްޖެ ދެވޭތީ ވަރަށް އެކްސައިޓެޑް ވެފަ އެހުންނަނީ.. ” އެނދުން ތެދުވަމުން ނޫރާ ހިނިތުންވެލިއެވެ. ޔަޝްމީ ގޮސް ފާޚާނާއަށް ވަނެވެ. އެއާއެކު ނޫރާ ހިފަހައްޓައިގެން ހުރި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ކޯތާފަތް މައްޗައް އޮހިގެން ދިޔައެވެ. ” މަންމާ” މާދުގެ އަޑަށް ނޫރާ ބަލާލިއެވެ.

” ހާދަ އަވަހަކަށް ހޭލި ދުވަހެއް ދަރިފުޅާ؟؟ ރާއްޖެ ދެވޭތީ ދޯ..” ދެލޯ ފޮހެލަމުން ނޫރާ ބެލީ އޭނާގެ ހާސްކަން ފޮރުވޭތޯއެވެ.

” މަންމަ އޮޅުވާނުލާ.. ތިކަރުނަތައް ނުފޮރުވާ.. ދޮން އާ ދޭތެރޭދޯ ތިވިސްވަނީ މަންމާ؟ ކަންބޮޑު ނުވޭ.. އަހަރެން ދޮންއަށް ރަނގަޅަށް ބަލާނަމޭ..” ނޫރާގެ ކޮނޑުގައި އަތް ބާއްވާލަމުން މާދު ޔަޤީންކަން ދިނެވެ.

” ކިހިނެއް ނުވިސްނާ ހުރެވޭނީ.. ފަސްއަހަރުވެގެން މި ދިޔައީ.. މިމަންމައަށްއަކަށްނު ފެންނާނީ ޔަޝް ރެއާއި ދުވާލު ތެޅިފޮޅޭވަރު.. ޔަޝް އުޅެމުން އައި ގޮތް..” ޔަޝްމީ ފާޚާނައިން ނުކުންނަހެން ހީވެގެން ނޫރާ އެކޮޓަރިން ނުކުތެވެ. *********************************************************

” ސައިބޮއެގެން އެވާހަކަ ދައްކާނީ.. ހިނގާ ދާން…” އޭޒިލް ޓީޝާޓެއް ނަގަމުން ބުނެލިއެވެ. ނިޝާންވެސް އިތުރު ވާހަކައެއް ނުދައްކާ ބެލީ ތައްޔާރު ވެވޭތޯއެވެ. ދެމީހުން ތައްޔާރުވެލައިގެން ކެފޭއަށް ވަނެވެ. އޭޒިލް ވާހަކަފެށީ ކައިނިމިގެންނެވެ.

“ޝާން.. އަހަރެން އެއްކޮށް ރަށަށް ބަދަލުވާން މިއުޅެނީ..” އޭޒިލް އިސްޖަހައިގެން އިނދެ ބުނެލިއެވެ. ” ވަޓް؟؟ ކީއްވެ ކުރިން ނުބުނީ؟؟” ނިޝާން އަށް ހައިރާންކަން ލިބުނެވެ. އެހާކުއްލިއަކަށް އެގޮތަށް އޭޒިލް ނިންމީ ކީއްވެގެންބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

” އެއްވެސް މީހެއްގެ ކައިރީ ނުބުނަން.. މަންމަ ކައިރީވެސް.. ލައްކަ ދުވަހު މިތާވެސް އުޅެވިއްޖެއްނު ދެން ބޭނުންވަނީ ރަށަށް ދާން.. ” އޭޒިލްގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ނިޝާންގެ ފޯން ރިންގް ވާންފެށިއެވެ.

” ލާރާ އެގުޅަނީ.. ” ނިޝާން ބުނެލިއެވެ.

” ވަރަށް ލޯބިޥޭދޯ އޭނަދެކެ؟؟ ” މީގެކުރިން އޭޒިލް ނުކުރާ ސުވާލެއް ކުރުމުން ނިޝާންއިނީ ބުނާނެއެއްޗެއް ނޭނގިފައެވެ. ” ޔާ ވަރަށް ބޮޑަށް.. ” ހައިރާންކަމާއެކީ ނިޝާން ޖަވާބު ދިނެވެ.

” އަހަރެންވެސް ވީން.. އެކަމަކު އޭނަ އަހަރެންނަށް ބޭފަވާތެރިވީ.. ” އޭޒިލް ހުއްޓާލީ އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.

ނުނިމޭ

 

Tags:

މުޖުތަމައު

Share Article

Follow Me Written By

Dreamy

Level 1

Other Articles

Previous

ބިރުވެރި ލޯބީގެ ވާހަކަ : މަރްޙަބާ +18 (4ވަނަ ބައި)

Next

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ ( ފުރަތަމަ ބައި )

Next
January 29, 2014

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ ( ފުރަތަމަ ބައި )

Previews
January 26, 2014

ބިރުވެރި ލޯބީގެ ވާހަކަ : މަރްޙަބާ +18 (4ވަނަ ބައި)

5 Comments!

  1. Anonymous says:
    January 28, 2014 at 11:20 am

    vaahaka kiyaafa ragalhu kuran jeheyy kantha tha faahaga kolacheyy

  2. ލައި says:
    January 28, 2014 at 2:19 pm

    v ވ ވ ވ ރީތިވާނެ ހެންހީވަނީ

  3. lady gaagaa says:
    January 29, 2014 at 9:19 am

    rh kiyaa hihvey next part
    anehkaa zill yaa yashmeege past r ehves gulhumeh vani baa

  4. neem says:
    January 29, 2014 at 3:46 pm

    nice varnahan heyvany…. up khon dhanchaa avahan…

  5. sis says:
    June 1, 2017 at 2:11 pm

    Vvv teethi story

Comments are closed.


All Right Reserved!