Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

މަރުވެދާނޭ މާދަމާ ގައިމޭ (2)

Mimmi ❤️ Level 410 Stories500 Comments100 Comments1K Comments
June 16, 2017 6 Mins Read
35 Comments

 

” ފައި އައި އޭމް ޕްރެގް..” ވައި އަޑުން ސަމާ އެހެން ބުނެލި ނަމަވެސް އަހަރެންނަށް އެކަން މާކުރިންވެސް ނަގައިގަނެވުނެވެ.  އިތުރަށް ހޮސްޕިޓަލްގަ މަޑު ނުކޮށް އަހަރެން ސަމާ ގޮވައިގެން ދިޔައީ އަހަރެން ގެޔަށެވެ.

” ދަރިފުޅާ އާދޭ ކާން ސަމާ ގޮވައިގެން..” ދޮންބެއަށް ކާން ހަދައިދެން އިން މަންމައަށް އަހަރެންނާ ސަމާ ފެނިގެން ބުނެލިއެވެ.

” ފަހުން ކާނީ ދޯ ސަމާ..” އަހަރެން އެހެން ބުނެލާފަ އަވަހަށް ސަމާ ގޮވައިގެން އަހަރެންގެ ކޮޓަރިއަށް ދިޔައީމެވެ.

ކޮޓަރިއަށް ވަދެވުމާއެކު ސަމާ އަހަރެންގައިގަ ބައްދައިގެން އޮވެ ރޯންފެށިއެވެ.

” ސަމާ ދެން ރުއިޔަސް ތިކަމުގެ ހައްލެއް ނުލިބޭނެއެއްނު.. އަހަރެން ކުރިން ކިހާ ނަސޭހަތެއް ދިނިން ސަމާއަށް.. މިކަހަލަ ދުވަހެއް އައިސްދާނެ ކަމާމެދު އެއްފަހަރުވެސް ވިސްނާލިންތަ..” ސަމާ އެނދުގަ ބައިންދަމުން އަހަރެން ބުނެލީމެވެ.

” ނޭންގެ ފައި.. އަހަރެންނަކަށް މިދަރިފުޅެއް ނުބެލޭނެ.. އަހަރެން ބޭނުމީ އެބޯޝަންއަކަށް ދާން..” ސަމާ ރޮމުން ބުނެލިއެވެ.

” އަހަރެންނަކަށް އެއްގޮތަކަށްވެސް ނުފެނޭ އެބޯޓް ކުރާކަށް.. އެއީ ކިހާވަރެއްގެ ކަމެއްކަން ސަމާއަށް އިނގޭތަ..؟ ސަމާއަށް ކުރެވުނު ފާފައެއްގެ ސަޒާ ކުށެއްނެތް ތުއްތު ކުއްޖަކަށް ދޭންވީ ކީއްވެ..؟ އެކުއްޖާގެ ކުށަކީ ކޮބާ..؟ ސަމާ އެބޯޓް ކުރަން ވިސްނާއިރު އިނގޭތަ ތި  ކުރެވެނީ ކިހާ ވަރެއްގެ ނުބައި ކަމެއްކަން..؟  ޖިނޭ ކުރުމުގެ ފާފައިގެ މައްޗަށް މީހެއް މަރާލި ކަމުގެ ފާފަ.. ފާފައިގެ މައްޗަށް ފާފަ.. އެންމެ ރަނގަޅު ގޮތަކީ ސަމާއަށް ކުރެވުނު ކުށަށް ތައުބާވެ އެ ދަރިފުޅާއެކު ސަމާގެ ދިރިއުޅުން ކުރިޔަށް ގެންދިޔުން.. ސަމާއަކީ ތި އާއިލާގަ ހުރި ހަމަ އެކަނި ދަރި.. ސަމާގެ މައިންބަފައިންގެ ކިބައިގަވެސް އެ ދަރި ބެލުމުގެ ތަނަވަސްކަން ހުންނާނެކަން އަހަރެންނަށް ޔަގީން.. އެހެން ވީމަ ކޮބާ މައްސަލައަކީ..” އަހަރެން ސަމާގެ ނިންމުމާ މެދު ކިތަންމެ ހިތްހަމަ ނުޖެހިފަ ހުރި ނަމަވެސް ސަމާއަށް ވިސްނަދެވޭތޯ މަސެއްކަތް ކުރީމެވެ.

” މައްސަލައަކީ އަހަރެން މީ ހަމަ އެކަނި ހުރި ދަރިޔަށްވުން.. ކިހިނެތް އެމީހުނަށް އަހަރެން ވިސްނަދޭނީ..  މި ހުރިހާ ކަމަކާ ކުރިމަތި ލުމަށްވުރެ ރަނގަޅުވާނެ އަމިއްލައަށް މަރުވިޔަސް.. ” ސަމާ ބޮލުން ދެ އަތުގަ ހިފަހައްޓާލަމުން ބުނެލިއެވެ.

“އަނެއްކާ އަނެއް ފާފަ.. އަމިއްލައަށް މަރުވުން އެއީ ހަމަ އެކަނި ތައުބާ ނުވެވޭނެ ފާފަ.. އަމިއްލައަށް މަރުވުމުން ލިބޭ ހިތްހަމަ ޖެހުމަކީ ކޮބާ.. އާން މިދުނިޔޭގެ ލަދާ ސަމާ ކުރިމަތިލާކަށް ނުޖެހޭނެ.. އެކަމް ވިސްނާލިންތަ؟ މި ނޫން ދުވަހެއްވެސް ވާކަން.. ފާފައެއް ކުރެވޭއިރަށް އެފާފައިން ސަލާމަތް ވާން އިތުރު ފާފައެއް ނުކޮށް ތައުބާވެފަ އެކަލާންގެ ހަސްރަތަށް ކުއްތަންވެބަ.. އެއްވެސް އަޅަކަށް ނުއުފުއްލެވޭވަރުގެ ބުރައެއް އެކަލާންގެ ނުޖައްސަވާނެ.. ސަމާއަށް އަދި އެބޮތް ތައުބާވުމުގެ ފުރުސަތު.. ގެޔަށް ގޮސް މަންމައަށް ހުރިހާއެއްޗެއް ކިޔާދީ.. އަހަރެންނަށް އިނގޭ މިހެން ބުންޏަސް އުނދަގޫ ކަމެއްކަން.. އެކަމް ހިތްވަރު ކޮއްލާފަ މަންމަ ކައިރީ ތެދަށް ބުނުން ބުއްދިވެރި ގޮތަކީ..” އަހަރެން ބުނެލީމެވެ.

”  ދެން ނޭންްގެ ގެޔަށް ގޮސް ވިސްނާލާފަ އިނގޭނީ..” ސަމާ އެހެން ބުނެފަ ކޮޓަރިން ނިކުމެގެން ދިޔައީއެވެ. ސަމާ ނިކުމެގެން ދިޔަ ތަން ބަލަން އަހަރެން އިނީ ސަމާ ދެން ކޮއްފާނެ ކަމަކާމެދު ވިސްނާށެވެ.  އަނެއްކާ ސަމާ ނަފްސަށް  ގެއްލުންދީ އަމިއްލައަށް މަރުވާން އުޅެފާނެ ބާއެވެ. ހިތުގައި ފުނިޖެހެމުން ދިޔަ ނުބައި ހިޔާލު ތަކުން އަހަރެން ހާސްކުރުވަމުން ދިޔައެވެ.  އަހަރެންނަށް ވިސްނަ ދެވޭ ވަރަށް ސަމާއަށް ވިސްނަދެވިއްޖެއެވެ. ސަމާއަކީވެސް މިހާރު އެއްޗެއް ނޭންގޭ ކުޑަކުއްޖެއް ނޫނެވެ. އަމިއްލައަށް މަރުވުން އެއީ ކިހާ ނުބައި ކަމެއްކަން ސަމާއަށްވެސް އިނގޭޭނެއެވެ. ކަންކަމާ ވިސްނޭ ވަރުން އަހަރެން ސިޓިންރޫމަށް ނިކުމެލީމެވެ.

” ކޮކީ އާދެބަ.. ދޮންބެ އެބޮތް ކުޑަ ވާހަަަކައެއް ބުނަންވެފަ..” ކޮޓަރިން ނިކުތްތަން ފެނިގެން ސޯފާގަ އިން ދޮންބެ އަހަރެންނަށް ގޮވާލިއެވެ.

” ދޮންބެ މިއުޅެނީ މެރީ ކުރަންވެގެން.. އަދި އެކަމް މަންމަމެން ކައިރީ ނުބުނަން.. ސަނާ ކިޔެވުން ފެށޭތީ މާލެ ބަދަލުވާން އުޅެނީ.. ދެން އެހެންވެ ދޮންބެ ބޭނުންވަނީ މެރީކޮށްގެން މިގެޔަށް ގެންނަން..” އަހަރެން އައިސް ސޯފާގަ އިށީންނުމުން ދޮންބެ ބުނެލިއެވެ. އަހަރެން އުފަލުން އަވަހަށް ކައިވެނި ކުރަން އެނދުނީމެވެ. އޭރުން އަހަރެންނަށްވެސް ފަހަރިއެއް ލިބުނީއެވެ. ދޮންބެއާާ އެކު ކައިވެނީގެ ކަންތަކާ ވާހަކަ ދައްކަންއިން އިރު ސަމާ މަތިން އަހަރެން  ހުރީ ހިނދު ކޮޅަކަށް ނަމަވެސް ހަނދާން ނެތިފައެވެ.

ދެދުވަސް ފާއިތުވެގެން ދިޔަ އިރުވެސް އަހަރެންނަށް ސަމާގެ ހަބަރެއް ނުވެއެވެ. ސަމާ އޮންލައިން އިންނަ ގަޑީ މެސެޖް ކުރިޔަސް ސީންވެސް ނާރުވައެވެ. ސަމާގެ އަމަލުތަށް ހުންނަ ގޮތުން އަހަރެން ކަންތަށް ބޮޑުވާން ފެށިއެވެ. އެގޮތަށް ސަމާ އަހަރެން އިގްްނޯ ކުރަންވި ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. ސަމާގެ ހިޔާލުތަކުގަ އިންދާ ސަމާ ވައިބާއިން އަހަރެންނަށް މެސެޖްކޮއްލިއެވެ.

” ފައި އަހަރެންް ގޮތެއް ނިންމައިފިން.. އަހަރެން ބޭނުމީ އެބޯޓް ކޮއްލަން.. އަހަރެންނަކަށް ދަރިއެއް ނުބެލޭނެ އަދި.. އެ ދަރިފުޅު ދުނިޔޭގެ ލަދާ ކުރިމަތި ކުރުވާކަށް އަހަރެން ބޭނުމެއްނޫން.. ފައިވެސް އަހަރެންނަށް ސަޕޯޓް ނުކުރިޔަސް އެކަންތަށް ސިއްރުކޮއްދެއްޗޭ.. އަހަރެން ޕްރެގްކަން އިނގޭނީ އަހަރެންގެ ގާތް މީހުންގެ ތެރެއިން ފައިއަށް އެކަނި.. އަހަރެން ބޭނުމެއްނޫން މަންމައާ ހިސާބަށް އެވާހަކަ ދާކަށް.. އަހަރެންނަށް ދުވަހަކު ކަމެއް ކޮއްދެންޔާ މިކަންތަށް ސިއްރުކޮއްދީ..” ސަމާގެ މެސެޖް ކިޔާފަ އަހަރެން ހަދާނެ ގޮތް ހުސްވިއެވެ. އެވަރަށް އެބޯޓް ކުރުމުގެ ނުބައިކަން ކިޔާދިނުމުންވެސް ސަމާ އެ ނިންމީ ދުނިޔޭގެ ލަދުން ސަލާމަތްވާން  އަމިއްލަ ދަރި މަރާލާށެވެ. އެފަދަ ބޮޑުކަމެއް ކުރަން ސަމާ ނިންމި އިރު އެއްވެސް ވަރަކަށް ހެއްދެވިފަރާތަށް ބިރުވެތި ނުވަނީހެއްޔެވެ.؟

” ސަމާ ތިކަން ކުރަން ވިސްނި އިރު ތިކަމުގެ ނުބައިކަން ސަމާއަށް ނޭންގެނީތަ.. ދުނިޔޭގެ ލަދުން ދަރިފުޅު ސަލާމަތްކުރަންށޭ ކިޔާފަ އަމިއްލަ ދަރިފުޅު ތި މަރާލަނީ.. އެއްވެސް ރަހުމެއް ކުލުނެއްވެސް ނެތީތަ.. އަހަރެން ސަމާގެ ހުރިހާ ކަމެއްގަ ސަޕޯޓް ދިން ނަމަވެސް ތިކަމުގަ އަހަރެންނަށް އެއްބާރުލުމެއް ނުދެވޭނެ.. އައި އޭމް ސޮރީ.. ” އަހަރެން މެސެޖް ކޮއްލީމެވެ. ސީން އެރި ނަމަވެސް ސަމާގެ ރިޕްލައި އެއް ނާދެއެވެ. އަހަރެން އިތުރަށް ސަމާއަށް މެސެޖްކޮށް ނުހަދަމެވެ. ސަމާ އެކަން ކުރަން އެ ނިންމީވެސް އެކަމުގެ ނުބައިކަން އިނގި ހުރެއެވެ. އިތުރަށް އަހަރެން ދައްކާނެ ވާހަކައެއްވެސް ނެތެވެ.

އެރޭ ކެއުމުގެ ވަގުތުގަ ދޮންބެ ކައިވެނީގެ ވާހަކަދެެއްކިއެވެ. ކުޑަ ހަފްލާއަކުން ކައިވެނީގެ ކަންތައް ނިންމަން ބޭނުންވާކަމަށް ދޮންބެ ބުނެލިއެވެ. ދޮންބެ ކައިވެނީގެ ވާހަކަ ދެއްކުމުން މަންމަވެސް ހުރީ ނުހަނު އުފާވެފައެވެ. ދޮންބެ ދައްތައާ މަންމަ ބައްދަލު ނުވިނަމަވެސް ފޯނުން ގުޅައިގެން ވާހަކަ ދައްކާ ހަދައެވެ.  ހަފްތާއެއް ފަހުން ދޮންބެ ދައްތަވެސް މާލެ އައިސްފިއެވެ.  ކައިވެނި ކަންތަށް ނިމިގެން ދިޔައީ ގޭގައޮތް ކުޑަ ހަފްލާއަކުންނެވެ. އަހަރެން ސަމާއަށް ދައުވަތު ދިން ނަމަވެސް ސަމާގެ ހަބަރެއް ނުވެއެވެ. މަންމަވެސް ސަމާ ނާންނާތީ ސުވާލުކޮށްހެދިއެވެ.

އަހަރެން ސަމާއަށް ގުޅަން ވަރަށް މަސެއްކަތް ކުރީމެވެ. އެންމެ ފަހުން އަހަރެން ސަމާގެ މަންމައަށް ގުޅާލީމެވެ. ސަމާގެ މަންމަ ފޯނަށްވެސް ގުޅޭގޮތެއް ނުވިއެވެ. އަނެއްކާ ސަމާ އަހަރެންގެ ނަންބަރު އޭނަ ފޯނުންނާ މަންމަ ފޯނުންް ބްލޮކް ކޮއްލީހެއްޔެވެ؟  އަހަރެން މަންމަ ފޯނު ނަގައިގެން ސަމާއަށް ގުޅާލީމެެެވެ. ސަމާ ފޯނު ރިންގްވާން ފެށުމުން އަހަރެންގެ ނަމްބަރ އިނީ ބްލޮކްކޮއްފަކަން އަހަރެންނަށް ނަގައިގަނެވުނެވެ.  ދެފަހަރު ރިންގް ވި އިރުވެސް ސަމާ ފޯނެއް ނުނެގިއެވެ.

ސަމާގެ ހަބަރެއް ނުވާތީ ހާލު ބަލާލަން ގުޅާލީކަމަށް ބުނެ އަހަރެން މެސެޖްކޮށްލީމެވެ.  ސަމާގެ ހަބަރެއް ނުވުމުން އޭގެ އަނެއްދުވަހު އަހަރެން ނިންމީ ސަމާގެ ގެޔަށް ދާށެވެ. ބެލް ޖަހާލުމުން ދޮރު ހުޅުވީ ގޭގަ ގެންގުޅޭ މީހާއެވެ.

” ސަމާ އެބައުޅޭތަ..” އަހަރެން ކުމާރީ ކައިރީ އަހާލުމުން ސަމާގެ ކޮޓަރިއަށް އިށާރާތް ކޮއްލިއެވެ. ސަމާގެ ކޮޓަރީގަ ދެތިން ފަހަރު ޓަކި ޖަހާލުމުން ވެސް ދޮރެއްނުހުޅުވިއެވެ. އެންމެ ފަހުން އަހަރެން ތަޅުގަ ހިފާލީމެވެ. ނަސީބުދިމާކުރި ގޮތުން  ކޮޓަރީގަ ހުރީ ތަޅުނުލައެވެ. އަހަރެން މަޑު މަޑުން ދޮރުހުޅުވާލާފަ ކޮަޓަރިއަށް ވަނީމެވެ.

” ސަމާ..” އެނދު ކައިރީ ހުއްޓިލާފަ އަހަރެން ސަމާއަށް ގޮވާލީމެވެ.

” ފައި..” މަޑު މަޑުން ލޯ ހުޅުވާލަމުން ބަލި އަޑަކުން ސަމާ އަހަރެންނަށް ގޮވާލިއެވެ.

” ސަމާ ބަލިވެތަ.. ” ސަމާގެ އަޑު ހުރި ގޮތުން އަހަރެން އަހާލީމެވެ. އަދި އެނދު އެއްފަރާތުގަ އިށީދެލީމެވެ.

” ނޭންގެ.. އަހަރެން އެ ބޭސް ބޭނުން ކުރިފަހުން ހުންނަނީ މުޅިން ވަރުދެރަވެފަ..  ވީކެއް މިވީ ބްލީޑްވާތަންވެސް.. ޑޮކްޓަރަށް ދައްކަންވެސް ދާން ނުކެރިފަ މިއިނީ.. ފައިއަށްވެސް ގުޅަން ނުކެރިފަ މި އިނީ..” ސަމާ ދެރަވެލާފަ ބުނެލިއެވެ.

” ހިނގާ  ހޮސްޕިޓަލްއަށްދާން.. ތިކަހަލަ ބާރުގަދަ ބޭސް ބޭނުންކޮއްފަ ކަމެއް ގޯސްވަންޔާ ޑޮކްޓަރަށް ނުދައްކާ ހުންނާކަށް ނުވާނެ..” ކިތަންމެ ހިތް ހަމަ ނުޖެހިފަ ހުރި ނަމަވެސް އެހާލުގަ ސަމާ ދޫކޮއްލާފަ ދާކަށްް އަހަރެންނަކަށް ނުކެރުނެވެ.

” މަަންމަ ކޮބާ..؟ މަންމައަކަށް ނޭންގޭތަ ސަމާ ބަލިވެ އުޅޭ ކަމެއް..” އަހަރެން އަހާލީމެވެ.

” މަންމައާ ބައްޕަވީ ރޯދަ އަންނާތީ ޝޮޕިންކޮއްލަން ލަންކާއަށްގޮސް.. .” ސަމާ އެނދުން ތެދުވޭތޯ މަސެއްކަތް ކުރަމުން ބުނެލިއެވެ. ވަރުދެރަވެފަ ހުރި ވަރުން ސަމާއަށް ހިނގެނީވެސް އަހަރެންގެ އެހީގައެވެ. ކުޑަކޮށް ތައްޔާރުވެލައިގެން އަަހަރެން ސަމާ ގޮވައިގެން ދިޔައީ ހޮސްޕިޓަލަށެވެ. ޑޮކްޓަރ ސުވާލު ކުރުމުންވެސް  ސަމާ ހެދީ ދޮގެވެ. ކަމެއްނުވެ މާބޮޑަށް ބްލީޑްވާކަށް ސަމާ ބުނެލިއެވެ. ހޮސްޕިޓަލްގަ އެޑްމިޓްވާން ޑޮކްޓަރ އެންގީ އިތުރު ޓެސްޓް ތަކެއް ހަދަން ބޭނުންވާތީއެވެ. އެޑްމިޓް ކުރި ފަހުން ސަމާގެ ހާލު ދިޔައީ ހައްތާ ދަށަށެވެ. ޑޮކްޓަރއަށް ތެދަށް ހުރިހާ އެއްޗެއް ކިޔާދޭން އަހަރެން އާދޭސް ކުރީމެވެ. އެހެނަސް ސަމާ އެއްބަސް ނުވުމުން އެންމެފަހުން އަހަރެން ސަމާއަށް ނޭންގިގޮސް ޑޮކްޓަރއަށް އެބޯޝަން ޕިލްސްގެ ވާހަކަ ކިޔާދިނީމެވެ.

” ސަމާގެ ޓެސްޓްތަކުގެ ނަތީޖާއިން އަހަރެންނަށް ތިކަން ދެނެގަނެވިއްޖެ.. ސަމާ އެބޭސް ބޭނުންކޮއްފަ އެ ހުރީ ބޭނުންކުރަން ޖެހޭ ގޮތަކަށް ނޫން..  އެބޭހަކީ ވަކި ގޮތަކަށް ވަކި ދުވަހެއް ކޮއްފަ ބޭނުން ކުރަން ޖެހޭ އެއްޗެއް.. އަދި އެ ބޭނުންކުރި ބޭހަކީވެސް އަސްލު އެބޯޝަން ޕިލްސް ހެނެއް ހިޔެއްނުވޭ.. އެބޭހުގެ ބާރު ގަދަ ކަމުން ސަމާގެ އެތެރަހަށި ވަނީ ވަރަށްބޮޑަށް ހަލާކުވެފަ.. ސަމާ އެ އޮތީ ފުރާނައަށް ނުރައްކާވާ ހިސާބުގަ.. އެކަމް އަހަރެމެން މި މަސެއްކަތް ކުރަނީ ބްލީޑްވުން ހުއްޓޭތޯ.. އެކަމަށް އިތުރަށް ދެވޭނެ ފަރުވާއެއްވެސް ނެތް..” ޑޮކްޓަރގެ އުންމީދެއް ނެތް ބަސްތަކުން އަހަރެން ހިތުގަ ޖެހުނެވެ. އެވާހަކަަތަށް ގޮސް ސަމާކައިރީ ބުނާނީވެސް ވަކި ކިހިނެތް ހެއްޔެވެ. އަހަރެން ނިންމީ ސަމާގެ މަންމައަށް ގުޅާފަ ހުރިހާއެއްޗެއް ހަގީގަތަށް ކިޔާދޭށެވެ.  ހޮސްޕިޓަލައް އަންނަންވެގެން އުޅުނު އިރު ސަމާ ބޭގް ނުގެންނާތީ އަހަރެންގެ ބޭގަށް ފޯނުލާން ދިން ހަނދާންވެފަ އަވަހަށް ސަމާގެ ފޯނު ނެގީމެވެ. ސަމާގެ ލޮކްކޯޑް ބަދަލްކޮއްފަ އިނދެދާނެ ކަމަށް ހީކޮއް އަހަރެން ޔަގީންކޮއްލަން ކޯޑް ޖެހީމެވެ. ކަންދިމާކުރި ގޮތުން ސަމާއިނީ ކޯޑް ބަދަލް ނުކޮށްށެވެ.  އަހަރެން އަވަހަށް ވައިބާރއަށް ވަދެ ސަމާގެ މަންމައަށް ގުޅާލީމެވެ. އެ ހުރިހާ ވާހަކަތަކެއް އަޑުއަހަން ސަމާ މަންމަ އިނީ ގަބޫލް ނުކުރެވިފައެވެ. އަމިއްލަ ދަރިއެއް އެފަދަ ގޮތަކަށް އުޅުނުކަން އިނގުުމުން ކެތްވާނީ ކޮން މަޔަކަށްހެއްޔެވެ. ތިމާގެ ދަރި ހަލާކުގެ ތެރެއަށް ވެއްޓި ދިޔައިރު ތިމާއަށް އޭގެން ކަމެއް ރޭކާނުލާ ހުރީ އަމިއްލަ މީހާގެ ފަރުވާ ކުޑަ ކަމުން ކަމަށް ސަމާގެ މަންމައަށް ގަބޫލުކުރެވުނެވެ. އަހަރެން ފޯން ބާއްވާފަ ބަލާލިއިރު ވައިބާރ އިން މެސެޖެއް އައިސްފައިނެވެ. ނަމަވެސް އެގަޑީ ޑޮކްޓަރ ގޮވާލުމުން އަހަރެން ފޯނު ބޭގަށްލާފަ ސަމާ ކައިރިޔަށް ދިޔައީމެވެ. ސަމާގެ ހާލު އިތުރަށް ސީރިޔަސް ވުމުން އައި ސީ ޔޫއަށް ބަދަލު ކުރާވާހަކަ ޑޮކްޓަރ ބުނެލިއެވެ. ސަމާ ކައިރީ ހުއްޓިލާފަ ދެތިން ފަހަރު އަހަރެން ސަމާއަށް ގޮވާލީމެވެ. ނަމަވެސް ސަމާގެ ހަރަކާތްތަށް ވަނީ ހުއްޓިފައެވެ. ސަމާގެ ހާލާ މެދު އަހަރެން އިތުރަށް ކަންބޮޑުވާން ފެށިއެވެ.  އަވަސް ޝިފާއެއް ދެއްވާތޯ ހެއްދެވި ފަރާތަށް ދުއާ ދެންނެވުމުގަ އަހަރެން ވަގުުތު ހޭދަކުރީމެވެ. ސަމާ އައިސީޔޫ އަށް ބަދަލު ކުރިތާ މާ ގިނަ އިރެއް ނުވެ ސަމާގެ ބޮޑަދައިތަ ހޮސްޕިޓަލަށް އައިސްފިއެވެ.  އެ މޫނު މަތިންވެސް ފެންނަނީ ނުތަނަވަސް ކަމާ ކަންބޮޑުވުމެވެ. އިރުއޮއްސޭހާއިރު އަންނަ ފްލައިޓްއިން ސަމާ މަންމައާ ބައްޕަ މާލެ އަންނަ ވާހަކަ ސަމާ ބޮޑުދައިތަ ބުނެލިއެވެ. އަހަރެންގެ މަންމަވެސް އަހަރެން ލަސްވެގެން ދެތިން ފަހަރު ގުޅާފަ އޮތެވެ. އަހަރެން މަންމައަށް ގުޅާފަ ސަމާގެ ވާހަކަ ކިޔާދިނީމެވެ. މަންމަވެސް މާގިނަ އިރު ތަކެއް ނުވެ ހޮސްޕިޓަލަށް އައިސްފިއެވެ. ޑޮކްޓަރ ކައިރީގަ ސަމާގެ ހާލު އަހާލާ ކޮންމެ ފަހަރަކު ޑޮކްޓަރުގެ އުންމީދެއް ނެތްް ބަސްތަކުން އަހަރެން އިތުރަށް މާޔޫސްކޮއްލައެވެ. އިރުއޮއްސެން ކައިރި ވެފަހުއްޓާ ޑޮކްޓަރ ދިން ހަބަަރަކުން އަހަރެންނަށް ހީވީ ފައި ދަށުން ބިންގަޑު ދެމިގެން ދިޔަ ހެެންނެވެ. ސަމާގެ ހާލު މާބޮޑަށް ދަށަށް ގޮސް މި ފަނާވަމުން ދާ ދުނިޔާ ސަމާ އަލްވަދާއުކިޔައިފިއެވެ. އަހަރެންނަށް ހުރެވުނީ މި ވަމުންދާ ގޮތް ގަބޫލް ނުކުރެވިފައެވެ. ސަމާގެ މަންމަ އާ ބައްޕައާވެސް ބައްދަލު ނުވެ ސަމާ އެދިޔީ މިދުނިޔެއާ މާދުރަށެވެ. އެނބުރި އައުމެއް ނެތް ދުނިޔެއަށެވެ. އިންސާނާގެ މަރަކީ އިންސާނާއާ އެންމެ ކައިރީގަ މާ އެކަށްޗެވެ.  ސަމާގެ ކިހާ ހުވަފެެން ތަކަކާ އުންމީދު ތަކެއް ދިރިއުޅުމަށްޓަކާ ދެކުނު ހެއްޔެވެ. ނަމަވެސް މަރުއައިސް ބައްދަލު ކުރާނީ ކޮންވަގުތަކު ކަމެއް އެކަކަށްވެސް ނޭންގޭނެއެވެ. ދުނިޔޭ ކުލަތަކަށް ހެއްލި އުފަލާ މަޖަލުގަ ދުވަސްތަށް ހޭދަ ކުރާއިރު މަރާމެދު ވިސްނާލަނީ މަދުބަޔެކެވެ.

އަހަރެން މަންމަ ގައިގަ ބައްދާލައިގެން ރޯންހުރީމެވެ. މާގިނަ އިރު ތަކެއްނުވެ ސަމާގެ މަންމައާ ބައްޕަވެސް ހޮސްޕިޓަލަށް އައިސްފިއެވެ. ސަމާގެ މަރުގެ ހަބަރު ލިބުމުން ސަމާގެ މަންމަ އަނބުރާގަނެގެން ހޮސްޕިޓަލުގަ އެޑްމިޓް ކުރެވުނެވެ. އަހަރެންނަށްވެސް އެތާ ހުންނަން އުނދަގޫ ވުމުން މަންމައާއެކު އެނބުރި އައީ ގެޔަށެވެ. ސަމާގެ މޫނު ފަހު ފަހަރަށް ބަލާލަން ދާކަށްވެސް އަހަރެންނަކަށް ނުކެރުނެވެ. އަހަރެންނާއެކު އެންމެ ކުޑައިރުއްސުރެ އެކުގަ އުޅުނު އެކުވެރިޔާ އަހަރެން ދޫކޮއްލާފަ ދިޔައީއެވެ. ސަމާ މަރުވީ ކަމަށް އަދިވެސް އަހަރެންނަށް ގަބޫލު ނުކުރެވެއެވެ.

ހަފްތާއެއްވެގެން ދިޔައިރުވެސް އަހަރެންނަށް ހަމަޔަކަށް ނޭޅެއެވެ. އަދިވެސް އަހަރެންނަށް ވިސްނެނީ ސަމާއާ ދޭތެރޭގައެވެ. އެވަރަށް ސަމާއަށްދިން ނަސޭކަތްތަކުގެ އަޑު ސަމާ އެހިނަމައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mimmi ❤️

Level 410 Stories500 Comments100 Comments1K Comments

? ? Inspired by reader's comments ? ?

Other Articles

Previous

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ބާރަވަނަ ބައި)

Next

ނޭނގުމެއްގެތެރޭގައި..(3)

Next
June 16, 2017

ނޭނގުމެއްގެތެރޭގައި..(3)

Previews
June 15, 2017

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ބާރަވަނަ ބައި)

35 Comments!

  1. Mimmi ❤️ says:
    June 16, 2017 at 3:02 pm

    Hai guys here is the 2nd part of maruvedhaaney maadhamaa gaimey.. mi story ehn story thakaa thafaathuvedhaane. Mi storyge genesdheefa vaany main character ge bestfriendah dhimaavaa kanthah thakehge mahchah.. Mi hageegi haadhisaa ge mahchah baeh badhalu thakaa eku liyefa in vaahaka eh. Enjoy reading ❣

  2. Greeny says:
    June 16, 2017 at 3:28 pm

    Me first

    1. Mimmi ❤️ says:
      June 18, 2017 at 2:36 pm

      Yes first ❣

  3. Khadheeja says:
    June 16, 2017 at 3:37 pm

    Thanks mimmi story V iburahtheri aslu mee dhuniyeyge aadha mikamaamedhu aheremen anhenun visnanvee nuguthaathah emeehakuge salaamathsh visnaanee emeehaku

    1. Mimmi ❤️ says:
      June 18, 2017 at 2:37 pm

      Yah dhw.. thankx khadheeja ❣

  4. Some one says:
    June 16, 2017 at 3:38 pm

    Wow!!! V ibraiytheri story eh!!! V salhi!!! Alhe dhn vaanii kihinehbaa! Btw when nxt prt??

    1. Mimmi ❤️ says:
      June 18, 2017 at 2:39 pm

      Thankx someone ?
      Keep on reading.. In sha allah maadhan upkohla dheynan ❣

  5. yaanaa says:
    June 16, 2017 at 4:03 pm

    This story is really beautiful Mimi I wonder what would happen next

    1. Mimmi ❤️ says:
      June 18, 2017 at 2:41 pm

      Thankx yaanaa ❣

  6. Ainth says:
    June 16, 2017 at 4:08 pm

    V salhi ingey mimmi……when next part….Dhen vaaney kihinehbaa can’t wait to read next part……….

    1. Mimmi ❤️ says:
      June 18, 2017 at 2:44 pm

      Thankx Aintha ?In sha allah maadhan up kohla dheynan ❣

  7. Adha? says:
    June 16, 2017 at 4:20 pm

    Aslugaves mihaaruge haalath huri goiy mee.. varah iburaiytheri story eh.. varah reethi mi part ves.. waiting for next part…??

    1. Mimmi ❤️ says:
      June 18, 2017 at 2:48 pm

      Thank you adha ❣

  8. Maany says:
    June 16, 2017 at 5:52 pm

    Wow varah reethi !!! Adhiehaame ibraiyther!!!.❤☺

    1. Mimmi ❤️ says:
      July 25, 2017 at 2:34 pm

      Thank you maany ?

  9. Addu manje says:
    June 16, 2017 at 6:09 pm

    Varah reethi.. kon iraku nxt part??

    1. Mimmi ❤️ says:
      July 25, 2017 at 2:34 pm

      Thank you addu manje ?

  10. Shy says:
    June 16, 2017 at 6:48 pm

    Vvvvv reethi… adhi alah Shy mikiyaaly Mimmi ge story… truely heart-touching… waiting 4 next part?❤

    1. Mimmi ❤️ says:
      July 25, 2017 at 2:35 pm

      Thank you so much shy ?

  11. nonns says:
    June 16, 2017 at 7:19 pm

    Wow. Varah reethi mi part. Emme fahun sama maruveedhw. So sad. When next part

    1. Mimmi ❤️ says:
      July 25, 2017 at 2:36 pm

      Thank you Nonns ?

  12. Maani says:
    June 16, 2017 at 7:43 pm

    Mivaruge nubaikmeh khgen mihaaruvres hospitalugai faruvaadhemun ehbadhe kuhjjeh.. ehkuhjaa ahwes doctor dhifai othi 50 50.. v. Iburahtheri vahakaeh. Kudhiney maruvedhaane madhamagaimey.

    1. Mimmi ❤️ says:
      July 25, 2017 at 2:41 pm

      Aslu tha? Varah hithaama huri.. Aharemen dhiriulhen vaany konme gadiehgaves maruvedhaane kamah visnaigen ?

  13. sam♥ says:
    June 16, 2017 at 8:17 pm

    nice stry ♥ … waiting next part

    1. Mimmi ❤️ says:
      July 25, 2017 at 2:42 pm

      Thank you sam ?

  14. Shahoo says:
    June 16, 2017 at 8:32 pm

    V reethi.thanx mikahala stories genesdheythy?

    1. Mimmi ❤️ says:
      July 25, 2017 at 2:42 pm

      Thank you Shahoo ?

  15. Ummu Maleek says:
    June 16, 2017 at 11:08 pm

    Salhi…

    1. Mimmi ❤️ says:
      July 25, 2017 at 2:44 pm

      Thank you ummu maleek ?

  16. Saandy says:
    June 17, 2017 at 3:30 am

    V salhi… V touching… Dhen vaany kihinehbaaey mi hithah arany… Waiting for the next part… Keep it up Mimmi 🙂

    1. Mimmi ❤️ says:
      July 25, 2017 at 2:45 pm

      Thank you saandy ?

  17. Reader says:
    June 17, 2017 at 9:41 am

    Thankolhe avaha aneh part up kohlachey plx….

  18. Xxxx says:
    June 17, 2017 at 10:25 am

    Nice dear

    1. Mimmi ❤️ says:
      July 25, 2017 at 2:50 pm

      Thank you Xxxx ?

  19. Trump says:
    June 18, 2017 at 12:59 pm

    Ey haadha lahey…konirakun tha dhn next part..

Comments are closed.

Next Episodeމަރުވެދާނޭ މާދަމާ ގައިމޭ (3)←


All Right Reserved!