Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކޮޓަރީގެ ސިއްރު (01)

Dhathu Level 1
May 18, 2017 3 Mins Read
30 Comments

ދަންވަރުގެ ހަމަހިމޭންކަން ވަނީ މުޅި ދުނިޔެމައްޗަށް ފެތުރިފައެވެ. އޮފީސް ނިމުނީ ވަރަށް ލަހުންކަމުން ގެއައް އައިސް ތާޒާވެލައިގެން ކައިނިމުނުއިރު ހުރީ ދަންވަރު 12 ޖަހާ ބޮޑުވެފައެވެ. ވަރުބަލިވެފައި ހުރިވަރުން އެނދުމަތިގައި އޮށޯވެލާއިރަށް ނިދިއްޖެއެވެ.

ސިއްސައިގެން ގޮސް އަހަންނަށް ހޭލެވުނީ މީހަކު އަހަރެންގެ ކަންފަތަށް ފުމެލިހެން ހީވެގެންނެވެ. ލޯ އުނގުޅާލާފައި ރަގަނޅަށް ކޮޓަރިތެރެ ހޯދާލީ މީހަކު އުޅޭހެން ހީވެގެންނެވެ. އެވަގުތު ކުޑަދޮރުގެ ފަރުދާފުރަގަހު މީހަކު ހުރިހެން އަހަންނަށް ހީވިއެވެ. އެނދުން ފައިބައިގެން މަޑުމަޑުން ކުޑަދޮރާ ދިމާލަށް އަހަރެން ހިނގައިގަތްއިރު އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެއެވެ. ފަރުދާ ކަހާލިއިރު ފަރުދާ ފަހަތަކު އެކަކުވެސް ނެތެވެ. ނަމަވެސް ކުޑަދޮރު ހުރީ ހުޅުވާފައެވެ. އެކަމަކު އަހަންނަކީ އަބަދުވެސް ހުރިހާ ދޮރެއް ޖަހާފައިނޫނީ ނިދާމީހެއްނޫނެވެ.

ވަރުބަލިވެފައި ހުރިވަރުން ހަނދާން ނެތުނީކަމަށް ހީކޮށް، ގަޔަށް މީހަކު ފުމެލިހެން ހީވީ ބޭރުން ޖެހުނު ފިނިވައިރޯޅިއެއް އައިސް ގައިގައި ޖެހުނީމާ ކަމަށް ނިންމާ، ކުޑަދޮރު ޖަހާފައި އަހަރެން އެނދާދިމާލަށް ހިނގައިގަތީމެވެ.       އެނދުމަތީ އިށީދެލައި ރަނގަޅަށް ހަމަޖެހިލާފައި ގަޑިއަށް ބަލައިލިއިރު ގަޑިން މެންދަމުން އަލިވެ 2 ޖެހީއެވެ. އޭރު ހިނގި ކަންތަކާމެދު ވިސްނަން އިނދެފައި ބޭއިޙްތިޔާރުގައި އަނެއްކާވެސް އަހަންނަށް ބަލައިލެވުނީ ގަޑިއާއި ދިމާލަށެވެ. ގަޑިން ބަރާބަރު 2 ޖެހިތަނާ ހުއްޓިފައި ހުރިކަން އަހަންނަށް އިނގުނީ އަދިކިރިޔާއެވެ. ފޯނަށް ބަލައިލިއިރު ފޯނުވެސް އޮތީ ނިވިފައެވެ.

ކަރުހިއްކައިގަނެގެން ކައިރީހުރި މޭޒުމަތީ ބަހައްޓާފައިހުރި ފެންފުޅި ނެގިއިރު ފެންފުޅިވެސްހުރީ ހުސްވެފައެވެ. އެހެންކަމުން ފެންފުޅި ހިފައިގެން އަހަރެން މިސްރާބު ޖެހީ ބަދިގެއާ ދިމާލަށެވެ.

ބަދިގެއަށްވަދެ ހުސްވެފައިހުރި ފުޅިއަށް ފެންއަޅާ އަލަމާރިއަށް ލުމަށްފަހު އެހެން ފެންފުޅިއެއް ނަގާފައި އަލަމާރިލައްޕާ ކޮޓަރިއަށްދާން ފަހަތަށް އެނބުރުމާއެކު އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަހަރެންގެ ކުރިމަތީހުރީ އަހަންނަށް ސިފަކޮށްދޭންވެސް އުނދަގޫވާފަދަ އެއްޗެކެވެ.

ދެލޮލުގެ ރަތްކަން މަދޮއްޓަކަށްވުރެވެސް ގަދައެވެ. މުޅި މީހާ ހުރީ ފިހިފައެވެ. ގައިން ލެޔާ، ދޮހާ،ފާދިޔަތަށް އައިއިރު އެއެއްޗެއް ހުރި ތަނުގެ ތަޅުންގަނޑު މަތީވެސް އޮތީ ހުސް އެއެއްޗެއްސެވެ. ބޮލުގައި އެންމެ އިސްތައްޓެއް ނެތްތާ އަތާ ފައިގެ ނިޔަފަތިތައްވެސް ވަކިވާކަށް ނެތެވެ.އޭތީގެ އަނގަ ހުޅުވިފައިވާއިރު އަނގައިން ދަވަފައިބައި ފަޑެއްގެ އަޑެއް ލައްވައެވެ.

އޭތިހުރި ސިފަ ފެނިފައި އަހަރެންގެ އަތުގައި އޮތް ފެންފުޅިވެސް ވެއްޓުނެވެ. ބޭއިހްތިޔާރުގައި އަހަންނަށް ފަހަތައް ޖެހެން ފެށުނެވެ. އޭރު އެއެއްޗެއް ހުރެގެން އަހަންނާ ދިމާލަށް އާދެއެވެ. އޭގެ އަތުން ކޮއްލި އިޝާރާތަކުން އަހަރެން ވިއްސައިގެންގޮސް ބަދިގޭ ބަހައްޓަފައިހުރި ބިއްލޫރި ކާމޭޒުމައްޗަށް ވެއްޓުނެވެ. ވެއްޓުނުލެއް ބާރުކަމުން މޭޒުވެސްދިޔައީ ތަޅައިގެންނެވެ.

“ކަޓް” ޑައިރެކްޓަރުގެ މިއަޑާއެކު އެހީވާންތިބި އެންމެން އަހަންނާދިމާލަށް ދުވެފައި އައެވެ. އަހަންނަށް އެއްވެސް ގެއްލުމެއް ލިބުނުތޯ ބެލުމަށްޓަކައެވެ. ކަންދިމާވި ގޮތުން އެހާގިނަ ރައްކާތެރި ކަމުގެ ފިޔަވަޅުއަޅާ، ސެޓުގައި ހުރި މޭޒަކީ ފޭކެއްކަމަށް ވިއަސް އަހަރެން ވެއްޓުނުގޮތުން ފަޔަށް ނާރެއް އެރިއެވެ. އެހެންކަމުން އެރެއަށް ޝޫޓިން ނިންމާލާފައި އެންމެން ނިދަން ދިޔައެވެ.

ޑޮކްޓަރު އައިސް އަހަރެންގެ ޗެކަޕް ހަދާ ތަދު ކެނޑުވުމަށް ކަބޭހަކާއި، ފައިގައި އުނގުޅުމަށް ބޭހެއް ދީފައި ދިޔައެވެ. ޑައިރެކްޓަރު މާއިންވެސް އަހަރެން ކައިރީ އިރުކޮޅަކު ވާހަކަ ދައްކަން ހުރެފައި އަރާމުކުމަށް ބުނެ ދިޔައެވެ. ޑައިރެކްޓަރު ދިއުމުން އަހަރެންގެ އެސިސްޓެންޓު އަޝްފާ އައިސް ޑޮކްޓަރު ދިންބޭސް ކާންދީފައި އަހަރެން ފައިގައި ބޭސް އުގުޅައިދިނެވެ. އަސްފާވެސް ދިޔުމުން އަހަރެން އެނދުމަތީ ރަނގަޅަށް ހަމަޖެހިލާފައި އަރާމުކޮށްލުމަށް އޮށޯވެލީމެވެ.

އަހަރެންގެ ނަމަކީ އާތިފެވެ. އަހަންނަކީ މިކުޅޭ ފިލްމުގެ ބަތަލެވެ.އެތަކެއް ރޫހާނީ ބާރުތަކެއްގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ.މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ކުޅޭ ފިލްމެއްކަމަށްވިޔަސް އަހަންނަކީ ރޫހާނީ ބާރުތަކަށާއި ޖިންނި ޝައިތޯނުންނަކީ އުޅޭ އެއްޗެއް ކަމަށް އެހާ ގަބޫލުކުރާ މީހެއްނޫނެވެ.އެއްގޮތަކަށްވެސް ގަބޫލެއް ނުކުރަމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިހާދިސާ އަކީ އިންޑިޔާގެ އަވަށެއް ކަމަށްވާ ޓްރިވެންޑްރަމްގައި ހިނގި ހާދިސާއެއްކަމުން ފިލްމު ކުޅެމުން ދިޔައީ އިންޑިޔާގައި ހުރި އެހާދިސާ ހިނގި ގޭގައެވެ. ގެޔަކީ ބޮޑު ގެއެއްކަމުން މުޅި ކްރޫ އެއްކޮށްތިބީ އެގޭގައެވެ. ގެ ތިންބުރިއަށް ނަގާފައިވާއިރު ބޮޑު 10 ކޮޓަރިޔާއި، ސިޓިންރޫމަކާ، ކާކޮޓަރިޔާކާ، ބޮޑު ޓެރަހެއް ހުރެއެވެ. އެގޭގައި އުޅެނީ ގޭގެ ވެރިމީހާ ހަމްދޫނު އެކަނިކަމުން އެގެޔަކީ މިހާރު އިންޑިޔާއަށް ޒިޔާރަތްކުރާ މީހުން ބައިތިއްބައި ތަނެކެވެ. ގޭގެ ޓެރަހުގައި ހުސް މާ އިންދާފައި ވާއިރު ކުޑަ ދަގަނޑު އުނދޯއްޔެއްވެސް ބަހައްޓާފައި ހުރެއެވެ. އެގޭގައި އަހަރެން އެންމެ ހިތްހަމަ ޖެހޭ ތަނަކީވެސް އެއީއެވެ. ގޭގެ ފަހަތުގައި ބޮޑު ސްވިމިން ޕޫލެއް ހަދާފައި އޮވެއެވެ. ސިޓިންރޫމުގައި ރީތި ސޯފާސެޓެއްގެ އިތުރުން ބޮޑު ޕިޔާނޯއެއްވެސް ހުރެއެވެ.

ނަމަވެސް އެޕިޔާނޯއަކީ އަހަރެން އެހާ ގަޔާވާ އެއްޗެއް ނޫނެވެ. އެހެންކަމުން ސިޓިންރޫމުގެ ބަދަލުގައި އަހަރެން ގިނަވަގުތު ހޭދަކުރަނީ ޓެރަހުގައެވެ. ސަބަބަކީ އެ ޕިޔާނޯ ފެނުމުން އަހަރެން ހަނދާންކުރަން ބޭނުން ނުވާ އެތަކެއް ހިޔާލުތަކެއް އާވެގެން ދާތީއެވެ. މާޒީގެ އެތަކެއް ހިތި ޞަފްޙާތަކެއް އަހަރެން ލޯމައްޗަށް ސިފަވެގެން ދާތީއެވެ.

މިގެއިން އަހަންނަށް ފެންނަ އާދަޔާ ހިލާފު ކަމަކީ ހަމްދޫނުގެ ހުންނަ ސިފައެކެވެ. އެގޭގައި ހުންނަ ވަކި ކޮޓަރިއެއް ކައިރިއަށް މީހެއްގެ ހިޔަނިވެލިޔަސް ހަމްދޫނު ހުންނަނީ ވަރަށް ރުޅި ގަދަވެފައެވެ. އެކޮޓަރި އަބަދުވެސް ހުންނަނީ ތަޅުލާފައެވެ. އެކޮޓަރި ގެޔާ އެކަހެރި ކޮށްފައި ހުންނައިރު ގޭގެ އެފަރާތް ދިއްލުންވެސް ވަނީ މަނާ ކޮށްފައެވެ.

މީހުންގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައި ބައެއްމީހުން ކޮށްފައި ނުކުރާނެ ކަމެއް ނެތެވެ. އެކޮޓަރިއަކީވެސް މީހުންގެ ސަމާލުކަން ހޯދުމަށް ހަމްދޫނު ކުރާކަމެއް ކަންނޭގެއެވެ. މާއިން މިކަހަލަ ކަމެއް ގަބޫލުކޮށްފާނެ ކަމަކަށް އަހަރެން ހިއެއް ނުކުރީމެވެ.

އެއްދުވަހަކު ސޫޓިން ނިންމާލާފައި ތާޒާވެލައިގެން އަހަރެން ޓެރަހަށް އަރަންވެގެން ސިޑިންލާފައި އެރީމެވެ. އެހެން ދަނިކޮށް އެތާއޮތް ކާޕެޓުގައި އަޅައިގަނެ އަހަރެންގެ އަތުގައިއޮތް އާފަލު ވެއްޓުނެވެ. އާފަލު ފުރޮޅެމުން ފުރޮލެމުން ގޮސް ހުއްޓުނީ ހަމްދޫނުގެ އެ ޖާދޫގެ ކޮޓަރި ދޮރުމަށްޗަށެވެ. އަހަރެންގޮސް އާފަލު ނަގާފައި އެ ކޮޓަރީގެ ދޮރުގައި ހިފާލީމެވެ. ކޮޓަރި ހުރީ ތަޅުލާފައެވެ.

އަހަރެން ތަޅުގައި ހިފާލުމާއެކު ހަމްދޫނު ފަހަތުގައި ހުރެ އަހަންނާ ދިމާލަށް ހަޅޭލަވައި ގަތެވެ. ” އޭ! ކީއްކުރަނީތި؟ ކިތައްފަހަރު ބުނާނީ ތި ކޮޓަރި ކައިރިއަށް ނުދާށޭ! ތިތަނަށް ވަންނަން ވެސް ނޫޅޭށޭ! އާތިފް މީހުން ބުނާ އެއްޗެއް ގަބޫލުނުކުރަނީ ކީއްވެތަ؟…….”

ހަމްދޫނުގެ އެ އަޑާ އެކު އަހަރެން ދިޔައީ ސިއްސައިގެނެވެ. އަހަރެން ހިފަހައްޓައިގެން ހުރި ތަޅުންވެސް އަތްދޫވިއެވެ. އަވަހަށް އާފަލު ހިފައިގެން ޓެރަހާ ދިމާލަށް ހިނގައިގަތީމެވެ. ޓެރަހަށް އެރުމާއެކު އަހަންނަށް ފުންނޭވާއެއް ލެވުނެވެ.

ޓެރަހުގައި ހުރި އުނދޯލީގައި އިންއިރު އަހަރެންގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދެމުން ދިޔައެވެ. ހަމްދޫނު އެ ކޮޓަރިއާ ދޭތެރޭ އެހާ ރައްކާތެރި ވަނީ ކީއްވެ ހެއްޔެވެ؟ އަޅެ އެތާގައި ބޮޑު ރަންގަނޑެއް ފޮރުވާފައި އޮތީ ހެއްޔެވެ؟

އެދުވަހުގެ ފަހުން އަހަރެންގެ އަޒުމަކަށް ވެގެން ދިޔައީ އެ ކޮޓަރީގެ ސިއްރު ހޯދުމެވެ. ހަމްދޫނުގެ އެ އާދަޔާ ހިލާފު އަމަލުތަކުގެ ފަހަތުގައި ވަނީ ކޮން ހަގީގަތެއްތޯ ބެލުމެވެ.

– ނުނިމޭ –

Share Article

Follow Me Written By

Dhathu

Level 1

Other Articles

Previous

އަންވާރު (ސީސަން 01) ތިންވަނަ ޕާޓް

Next

ލޯބި ވެވުމުން ……….18

Next
May 19, 2017

ލޯބި ވެވުމުން ……….18

Previews
May 18, 2017

އަންވާރު (ސީސަން 01) ތިންވަނަ ޕާޓް

30 Comments!

  1. Azuna says:
    May 19, 2017 at 12:02 am

    Interesting

    1. Dhahtu says:
      May 19, 2017 at 1:59 pm

      Thanks

  2. Athoo says:
    May 19, 2017 at 12:07 am

    Reeth ? ? unmeedu kuran medu nukedi up vaane kamah

    1. Dhahtu says:
      May 19, 2017 at 2:00 pm

      Thanks Athoo

  3. Aisha says:
    May 19, 2017 at 8:02 am

    Varah reethi next part konirakun

    1. Dhahtu says:
      May 19, 2017 at 2:08 pm

      Thanks Aisha….next part insha allah v avahah up kuraanan

  4. Desert Rose says:
    May 19, 2017 at 8:56 am

    Very interesting … Keep it up ..

    1. Dhahtu says:
      May 19, 2017 at 2:02 pm

      Thanks Desert Rose

  5. Sidhu says:
    May 19, 2017 at 9:28 am

    Interesting….kiyunu story akaa vahtharu mi story dhaa goi

    1. Dhahtu says:
      May 19, 2017 at 2:09 pm

      Thanks

  6. Anonymous says:
    May 19, 2017 at 9:50 am

    interesting story.. wating for another part..

    1. Dhahtu says:
      May 19, 2017 at 2:06 pm

      Thank u

  7. Maree says:
    May 19, 2017 at 10:23 am

    vvv reethi next part inthizaruga

    1. Dhahtu says:
      May 19, 2017 at 2:04 pm

      Thank u Maree

  8. Aish says:
    May 19, 2017 at 11:38 am

    VV reethi.. Next part avahah up kohdhy bala.. V intresting

    1. Dhahtu says:
      May 19, 2017 at 2:11 pm

      Thanks….. v avahah up kuraanan

  9. Aash says:
    May 19, 2017 at 11:38 am

    VV reethi.. Next part avahah up kohdhy bala.. V intresting

    1. Dhahtu says:
      May 19, 2017 at 2:11 pm

      Thanks…Aash

  10. Dhahtu says:
    May 19, 2017 at 1:29 pm

    next part maybe tomorrow

  11. Dhahtu says:
    May 19, 2017 at 1:31 pm

    mihaaru test hadhaathy

  12. Saandy says:
    May 19, 2017 at 2:16 pm

    V interesting feshumeh… Ummeedhu kuran baraabarah kiyaalan libeyne kamah… Waiting for the next part 🙂
    Good Luck for ur exams 🙂

    1. Dhathu says:
      May 21, 2017 at 12:48 pm

      Thanks

  13. maa says:
    May 19, 2017 at 4:40 pm

    dhoru jahaaneekee noon…..dhoru lappaanee….dhoru jehyma A bunyma eyge maana akee ethanuga dhoru harukuree A…..but vaahaka varah reethi and intresting….

    1. Dhathu says:
      May 21, 2017 at 12:49 pm

      Thanks n dhen faharakun rangalhu kuraanan

  14. Aarny says:
    May 19, 2017 at 6:15 pm

    hope mivaahaka nimen dhen genes dheyne kamah…. i like it …

  15. Aarny says:
    May 19, 2017 at 6:22 pm

    good luck for your exams….

  16. Hasy says:
    May 19, 2017 at 10:30 pm

    unmeedhu kuran next part avahah up kuraane kamah.
    Best of luck for ur exam

  17. Mysterious says:
    May 20, 2017 at 6:34 pm

    Raagini mms2 ar vahtharu gotheh ebahuri furathama sifakohdhinumuga… Any way, good luck..

  18. Neeny says:
    May 20, 2017 at 8:44 pm

    Reethi vaahakae

  19. Urggg says:
    May 22, 2017 at 2:04 pm

    Koba tha nxt prt.heevany dheneh nulibeyne hen kiyaalaakh nxt prteh.

Comments are closed.


All Right Reserved!