ޖެހޭ މަޑުމަޑު ވައިރޯޅިން ނުހާގެ ހިތަށް ފިނިކަމެއް ލިއްބައިދެއެވެ. ނުހާ އޮތީ އޭނާގެ ގެ ކައިރީގައި ހުރި ޖޯލިފައްޗެއްގައެވެ. ރެއަކީ ރީތި ހަނދުވަރެއް ދޭ ރެއެކެވެ. އެހެން ކަމުން ކައިރީގައި ހުރި ގަސްތަކުގެ ސަބަބުން ޖޯލި ކައިރިއަށް ވަނީ ރީތިކޮށް ކޮކާ ހަނދުވަރުު އެޅިފައެވެ. މަންޒަރު ފެންނަލެ ވަރަށް ވެސް ފުރިހަމައެވެ. ފިނިފިނި ވައިރޯޅި ތަކުގެ ސަބަބުން ނުހާއަށް އެތަކެއް ގުނައަކަށް ހިތްހަމަ ޖެހުން ގެެސް ދެއެވެ. ނުހާ އޮތީ ހެވިފައެވެ. އެހިނިތުން ވުމުން އެ މައުސޫމް މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އުމުރުން ނަވާރަ އަހަރު ވީކަމުގައި ވީނަމަވެސް ނުހާގެ މޫނުމަތިން ހީވަނީ އަދިވެސް އެއީ ސޯޅަ ސަތާރައިގެ ކުއްޖެއް ހެންނެވެ. ނުހާގެ އެހިތްގައިމު ހިނިތުންވުން ދެމިގެން ދިޔައީ ކުޑަ ވަގުތު ކޮޅަކަށްށެވެ.
ކުއްލިއަކަށް ނުހާއަށް އިވުނީ މީހަކު ވަރަށް ބާރަށް ނުހާއަށް ގޮވާ އަޑެއެވެ. ނުހާއަށް ހަމަ ރަނގަޅަށް ވެސް އެއީ ކާކުކަން އެނގުނެއެވެ. ނުހާ ވަރަށް ބިރުން ހުރެ ޖޯލިން ތެދުވިއެވެ. ތުރުތުރު އަޅާ ޙާލުގައެވެ. “ނުހާ..ނުހާ….” ނުހާގެ ކުރިމައްޗަށް އައިސް އެ ހުއްޓުނީ ޒާހިދާއެވެ. ނުހާގެ މަންމައެވެ. އޭނާ ހުރީ ވަރަށް ރުޅި ގަދަވެފައެވެ. އުނަގަނޑުގައި ދެއަތް ވިއްދާލައިގެން ހުރި ޒާހިދާ އަނެއްކާވެސް ވަރަށް ބާރަށް ނުހާ އާ ދިމާލަށް ހަޅޭއްލަވައިގަތެވެ. “ނުހާ….” ނުހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ކި..ކިހި..ކިހިނެއްވީތަ މަންމާ…” ތުރުތުރު އަޅަމުން ނުހާ ވާހަކަ ދެއްކިއެވެ. “މަންމާއޭ…ކިހިނެއްވީ ހޭ…އަދި އަނގަފުޅާކޮށްފަ ބުނެފިއެއްނު މަންމާއޭ.. ދެން ތިދުލުން މަށަށް މަންމަ ކިޔައިގެން ނުވާނެ….” ޒާހިދާގެ އެ ޖުމްލައިން ނުހާގެ ހިތް ފަޅައިގެން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ނުހާގެ ލޮލުން ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ. ފެން އާރަކުން ފެން ފައިބާ ފަދައިންނެވެ. ނުހާގެ ލަގޮނޑިއަށް ވަރަށް ތަދުވިއެވެ. އެހެންނަމަވެސް ހިތްވަރު ކޮށްލާފައި އަނގައިން ބަހެއް ބޭރު ވޭތޯ މަސައްކަތް ކުރިއެވެ. “ކީއްވެ؟ އަހަންނަށް..ކޮން ކަމެއް ކުރެވިގެން މަންމަ ތިހެން ތިބުނީ.. އަހަރެން މަންމަ ނުކިޔާ ދެން ކޯއްޗެއް ކިޔާނީ…ތީ އަހަރެންގެ މަންމައޭ…” ޒާހިދާގެ ތުންފަތަށް ގޮތެއް ހަދާލަމުން ބުންޏެވެ. “އަހަރެން މިބުނީނު އަހަންނަށް މަންމަ ކިޔައިގެން ނުވާނޭ……ކަލޭ އަހަންނޭ ކިޔައިގެން ތަންތާނގައި ފާޑުފާޑުގެ ނުބައި ވާހަކަ ދައްކާފަ އައިސް އަހަންނަށް މަންމަ ކީމަ ދެން އަހަރެން ވީ ހެވިފަ ހުންނަންތަ؟…” ނުހާ ހައިރާން ކަމާއިއެކު ޒާހިދާ އާ ދިމާލަށް ބަލާލަމުން ބުންޏެވެ. “އަހަރެން އެއްވެސް މިހެއް ކައިރީ މަންމައޭ ކިޔައިގެން އެއްވެސް ވާހަކައެއް ނުދައްކަން…އަދި ކުރިއަށް އޮތް ތާގަވެސް ނުދައްކާނަން….އެހެންނޫނަސް އަހަރެން ކާކު ކައިރީގަ ދައްކާނީވެސް…އަހަރެން އެއްވެސް އެކުވެރިއެއްވެސް ނުހުންނާނެއެއްނު…” ނުހާ އޭނާގެ ދިފާއުގައި ވާހަކަ ދެއްކިއެވެ. ޒާހިދާ ގާތަށް އައީ އިތުރަށް ރުޅިއެވެ. “ހުއްޓާލާ…އަހަރެން ބޭނުމެއް ނޫން ކަލޭ ދައްކާ އެއްވެސް ވާހަކައެއް އަޑު އަހާކަށް…ބުނަން….މީގެ ފަހުން ކަލޭ ދެން އަހަރެންގެ ގެއަށް ވަދެގެން ވެސް ނުވާނެ…” މިހެން ބުނެފައި ޒާހިދާ ހިނގައިގަތެވެ. ނުހާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ޒާހިދާގެ ކުރިމައްޗަށް އެރިއެވެ. “ތިހެން ނުހަދާ..އާދޭސް ކޮށްފައި ބުނަން..އަހަރެން ތިގޭގަ ބަހައްޓަދީ…އަހަރެން ކުރިންވެސް އުޅުން ގޮތަށް މަންމަ ބުނި ހުރިހާ ކަމެއް ކޮށްދީގެން އުޅޭނަން….އަހަރެން ތިގެއިން ނުނެރޭ…މަންމާ އަޅެ ހެޔޮނުވާނެ… މިއޮށް ރޭގަނޑު އަހަރެން ދާނީވެސް ވަކި ކޮންތާކަށް” ނުހާ ރޮއެރޮއެފާ ޒާހިދާ ގާތު އާދޭސް ކުރިއެވެ. އެހެންނަމަވެސް ޒާހިދާ އެއްވެސް އެއްޗެއް އަޑު އިވޭ ކަމަށް ވެސް ނުހަދާ ނުހާ ދުރަށް ކޮއްޕާލުމަށްފަހު އެތަނުން ހިނގައިގަތެވެ. ނުހާ އަޑުންއަޑު ނަގާ ރޮއެގަތެވެ. ބާރު ބާރަށްށެވެ. އެކަމަކު އެތަނުގައި ނުހާއަށް އެހީވާނެ އެކަކުވެސް ނެތެވެ. ވިލިނގިއްޔަކީ ނުހާގެ އުފަންރަށް ކަމުގައި ވީނަމަވެސް އެއީ ނުހާއަށް ބީރައްޓެހި މާޙައުލެކެވެ. ނުހާގެ ބައްޕަ މަރުވުމަށްފަހު ގާތް ތިމާގެ މީހުން ވީ ހިސާބެއްވެސް ނޭނގެއެވެ.
ދުނިޔެ މައްޗަށް ދީފައި އޮތް ހަނދުވަރުގެ އަލިވެސް މަޑުމަޑުން ފަނޑުވަމުން ދިޔައެވެ. މަޑުމަޑުން ހަނދު ގޮސް ވިލާ ތަކާއި ނިވާވިއެވެ. ނުހާ ހިތާމަ ކުރާތަން ދެކޭކަށް ހަނދަށްވެސް ކުޅަދާނަ ވެގެން ނުވާކަހަލައެވެ. ޖެހެމުން ދިޔަ ވައިރޯޅިތައް ވެސް ބާރު ވާން ފެށިއެވެ. ވިއްސާރަ ވާން އުޅޭ ކަމުގެ ސިގްނަލްތައް ދޭން ފެށިއެވެ. ބިންމައްޗަށް ވެއްޓިފައި އޮތް ނުހާ ތެދުވެ ގައިން ވެލި ފޮޅާލިއެވެ. އަދި ގެއާ ދިމާލަށް ދާން ދުއްވައިގަތެވެ.
ނުހާ ދުވެފައި ދެވުނީ ވަކި ހިސާބަކަށްށެވެ. ވާރޭ ވެހިގެންފިއެވެ. އެބޯ ކެރި ގަނޑުތެރޭން ނުހާ ދިޔައީ ރޮމުންނެވެ. ވެހޭ ވާރެއާ އެއްވެގެން ނުހާގެ ލޮލުން އަންނަ ކަރުނަތައް ކޯތާފަތްމަތިން ލާފައި ފައިބަމުން ދިޔައެވެ. ނުހާ ގޮސް ނުހާގެ ގޭ ބޮޑު ދޮރުގައި ހިފާލިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. ނުހާ ކުރިއަށް ވުރެ ވެސް ބޮޑަށް ހިތުގައި ޖެހުނެވެ. އަޑުން އަޑު ނަގާ އޭނަގެ މަންމައަށް ގޮވިއެވެ. ދޮރު ހުޅުވުމަށް އެދި އާދޭސް ކުރިއެވެ. އެހެންނަމަވެސް ނުހާ ކުރި އާދޭސްތައް ވީ ބޭކާރެއެވެ. ވެހޭ ވިއްސާރަ އާއި ޖެހޭ ވައިގެ ސަބަބުން ނުހާ ހުރީ ވަރަށް ބޮޑަށް ހީކަރުވާފައެވެ. މުޅި މީހާ ތުރުތުރު އަޅައެވެ. މަޑުމަޑުން ނުހާގެ އަޑު މަޑުވަމުން ދިޔައެވެ. ހަރަކާތްތައް ލަސްވާން ފެށިއެވެ. އިރުކޮޅަކުން ހަމަ ރަނގަޅަށްވެސް ނުހާ އޮތީ ޙަބަރު ހުސްވެގެން އެގޭ ދޮރާށި މައްޗަށް ވެއްޓިފައެވެ.
-ނުނިމޭ-
12 Comments
Comments are closed.
admin
February 23, 2013 at 12:57 pmވަރަށް ސަޅި.. ދެވަނަ ބަޔަކަށް އިންތިޒާރުކުރަން…
ޒެން
February 23, 2013 at 1:03 pmވާހަކަ ކިޔައިފިންތަ އަނެއްކާ…ހެހެހެ ހާދަ އަވަހަކަށް ތި ކޮމެންޓް ކުރީ…އެނީވޭސް ވަރަށް ބޮޑަށް ތޭންކްސް…
admin
February 23, 2013 at 1:14 pmކިޔައިފީމޭ.. ހެހެ.. އެކަމް ކީއްވެ ފޮޓޯ އެއް ނުލީ..؟
ޒެން
February 23, 2013 at 1:21 pmފޮޓޯވެސް ފޮނުވިން…
ކޫމްސް
February 25, 2013 at 2:33 pmވަރަށް ސަޅި
ޒެން
February 25, 2013 at 7:33 pmވވވވވވވވވވވވވވވވވވވ ބޮޑަށް ތޭންކްސް ކޫމްސް….
shai
March 9, 2014 at 10:22 amsalhi adhi kiryaa mi kiuny perfect
kail
July 9, 2014 at 8:20 pmv salhi
ޒެން
July 15, 2014 at 7:16 pmޝުކުރިއްޔާ ކައިލް 🙂
rif
July 5, 2015 at 5:28 pmv v v v v reethi……….
Laalu
February 4, 2019 at 10:52 amNice first part… Ekam miah vure bodha sifakohlihyaaamu perfact vaane… Kyp up the gud work.. ????
Rash
May 10, 2020 at 4:07 amV cute story eh henn hyvany feshumun let’s see adhi mi kiyan feshy vx nukiyaa huri vhk thah lock down v ma foohi filuvany…good luck dear