Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވޭ (7)

Mimmi ❤️
March 16, 2017
13 Mins Read
72 Views
39 Comments

 

“މަންމާ ދެން ދެރަ ނުވޭ.. އިރާދަކުރެއވީތީ އަލްކޮ އެ އެތީގެ ސަބަބުން

ސަލާމަތްވެއްޖެ..” އަލްވިންއައިސް އާލިމާގެ ކައިރީ އިށީނދެލަމުން ބުނެލިއެވެ.

އޭގެ ހަފްތާއެއް ދުވަސް ފަސް***

“ދޮންބޭ ދެން އޯކޭތަ އަލް މާއިންއާ މީޓްކޮއްލަން ދިޔަސް.. ޕްލީޒް.. ދޮންބެ ބުނެގެން ވަން ވީކް މާއިންއާ ދުރުގަ ހުރެފިން.. މިހާރު އަލްއަށް އެއްވެސް އުނދަގުލެއްވެސް ނުވެ އެއްނު..” އަލްޔާ ސިޓިންގް ރޫމް ސޯފާގަ އިން އަލްވިންއާ ޝަކުވާ ކޮއްލިއެވެ.

“ހޫމް އޯކޭ… އަސްލް ދޮންބެ އެހެން ބުނީ ތިކަމުން ސަލާމަތް ވާން ކޮންމެސް ވަރަކަށް ދުވަސް ނަގާނެތީ..”

“ތޭންކްސް އަލޮޓް.. ” އުފަލުންގޮސް ނަށައިގެންފަ އަލްޔާ ދުއްވައިގަތީ މާއިން މިންގެޔަށެވެ.

“އޭ މަޑުކޮއްބަ ދޮންބެއާއެކު ދާން..” އަލްވިން އަލްޔާގެ ފަހަތުން ނިކުންނަމުން ބުނެލިއެވެ. މިހާރު އަލްޔާ އެކަނި އެއްވެސް ތާކަށް ނުފޮނުވައެވެ. ކިތަންމެ ކައިރީ ހުރި ތާކަށް ދިޔަސް އަލްވިން ނޫނީ އަލަމް ދެއެވެ.

“ދޮންބެ ދަނީ ދެން.. ގެއަށް އަންނަންވީމަ ގުޅައްޗޭ.. އެކަނި ނާންނައްޗޭ..” މާއިން އުޅޭ އެޕާޓްމެންޓްގެ ދޮރާ ހަމައަށް އައިސްފަ އަލްވިން ބުނެލިއެވެ.

އަލްޔާ އާއެކޭ ބުނެ އެތެރެއަށް ވަންނަން ތަޅުގަ ހިފާލިއިރު ދޮރު ހުރީ ތަޅުނުލައެވެ. މާއިން ގޭގަ އުޅެނީއޭ އަލްޔާ ހިތަށް އެރީ މާއިން ގޭގަ އުޅޭ ގިނަވަގުތު ތަޅު ނުލާ ހުންނާތީއެވެ.

ސިޓިންގްރޫމަށް ވަދެގެން އައިރު ސޯފާގަ އޮށޯވެލައިގެން ނިދިފަ މާއިން އޮތެވެ. ކުރިމަތީ ހުރި ޓީވީއިން ކޮންމެވެސް އިނގެރޭސި ފިލްމެއް އާދެއެވެ. މާއިން އޮށޯވެގެން އޮތް ސޯފާގަ އިށީންދެލަމުން މާއިންގެ މޫނަށް ފުންކޮއް ބަލާލިއެވެ. ނިދާފަ އޮތްލެއް ލޯބި ކަމުން ހިތްތައް ފިދާވާ ވަރު ވެއެވެ. ތުނބުޅި ނުބާލާ ހުރުމުން ފުދޭވަރަކަށް ތުނބުޅި ދިގުވެފައިވެއެވެ. މިވީ މަދު ދުވަސްކޮޅުގަ މާއިންއަށް ހާދަ ބަދަލެއް އައިސްފިއޭ އަލްޔާ ހިތައްއެރިއެވެ. މާއިންގެ މޫނާ ދިމާލަށް ގުދުވެލާފަ މާއިންގެ ކޯތާފަތުގަ އަލްޔާ ބޮސްދިނެވެ. ކުއްލިޔަކަށް މާއިން ލޯ ހުޅުވާލުމުން އަލްޔާގެ މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. ދެވަނަ ސިކުންތުގަ އަލްޔާގެނެސް މެޔާލާ ބޮނޑިކޮއްލިއެވެ.

” އައި އޭމް ސޮރީ ބޭބީ..” އަލްޔާ ދެރަވެލާފަ އެހެން ބުނެލިއިރު އެ ލޮލުން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ.

“ނޯ އަލް ނުޖެހޭނެ ސޮރީ ބުނާކަށް… އަލް ދޮންބެ ހުރިހާ ވާހަކައެއް ކިޔާދިން އެކަމް މާއިން ކައިރީ ބުނީ އަދި ކުޑަ ދުވަސްކޮޅަކު މަޑުކޮއްލަދޭށޭ އަލްއާ ދުރުގަ… އަލް ނޯމަލް ވަންދެން..” މާއިން އަލްޔާއަށް އޮޅުން ފިލުވާލަ ދިނެވެ.

” ދެން އެވާހަކަ ނުދައްކަމާ… މާއިންގެ އޭންޖެލް މާއިންއަށް ލިބިއްޖެއްނު..” އިތުރަށް އަލްޔާގައިގަ ބައްދާލަމުން މާއިން ބުނެލިއެވެ.

މާއިންގެ ހޫނު ނޭވާތައް އަލްޔާގެ މޫނަށް އެޅެމުން ދިޔައިރު  އަލްޔާ ގެ ހިތް ވަނީ އަވަސް ވެފައެވެ.

“ބޭބީ ހާދަ ލަދުން ތި އިނީ.. އެކަމް ދެންމެ މާއިން ނިދާފައޮތް އިރު އައިސް ހީވަނީ އެހެން ކަމެއްހެން..”  އަލްޔާ ލަދު ގަންނަވާލުމުގެ ބޭނުމުގަ މާއިން ބުނެލިއެވެ. އަދި އިތުރަށް އަލްޔާގެ މޫނާ މޫނު ކައިރި ކޮއްލިއެވެ. ބޭއިހްތިޔާރުގަ އަލްޔާގެ ލޯމެރުނުތަން ބަލަން އިނދެފަ އަލްޔާގެ ކޯތާފަތުގަ މާއިން ބޮސްދިނެވެ. އަލްޔާ ލޯ ހުޅުވާލިއިރު ހެވިފަ އަލްޔާއަށް ބަލަން މާއިން އިނެވެ. އަލްޔާ އިތުރަށް ލަދުގަތް ނަމަވެސް ގޮތް ދޫކުރާކަށް ހިޔާލެއް ނުކުރިއެވެ. ހެވިފަ އިން މާއިންގެ ތުންފަތުގަ އަލްޔާ ބޮސްދިނުމުން މާއިންއަށް އިތުރަށް އަލްޔާއާ ކައިރިވެލެވުނެވެ. ނަމަވެސް އެ ސިކުންތުގަ އަލްޔާ މާއިން އާ ދުރުވެ ދޫ ނެރެލިއެވެ. ނަމަވެސް މާއިންއަށް އިތުރަށް ކެތެއްނުކުރެވުނެވެ. އަލްޔާ އެ އަތުތެރެއަށް ގެނެސް ހިތް ފުރޭވަރަށް އަލްޔާގެ ތުންފަތުގަ ބޮސްދެވުނެވެ.

“އައި ލަވް ޔޫ ސޯ މަޗް..” ނޭވާ ހަމަޔަކަށް އަޅުވާލަމުން މާއިން އަލްޔާގެ ކަންފަތް ދަށުގަ ބުނެލިއެވެ.

“ކައިފިންތަ މިހާރު..” މާއިން އަލްޔާއާ ސުވާލު ކޮށްލިއެވެ.

“ހޫމް ކައިފިން މާއިން ނުކަންތަ..” އަލްޔާ މާއިންގެ ސުވާލަށް ޖަވާބު ދެމުން މާއިން އާ ސުވާލް ކޮއްލިއެވެ.

“ޔާ ކާހިތް ނުވާތީ ނުކަން..” މާއިން ކުރު ޖަވާބެއް ދިނެވެ.

” މިހާރުވެސް ކާހިތް ނުވޭތަ..؟” އަލްޔާ މާއިންއާ ގާތްވެލަމުން ސުވާލު ކޮއްލިއެވެ.

“ކާހިތްވޭ އެކަމް މިހާރު ބަނޑު ފުރިއްޖެ..” މާއިން ބުނެލިއެވެ.

“ދޮގު ހިތްފުރުނަސް ބަނޑެއް ނުފުރޭނެ” އެހެން ބުނެލުމަށްފަހު އަލްޔާ ބަދިގެއަށް ގޮސް ތައްޓަކަށް ކާއެއްޗެހި އަޅައިގެން އައިސް މާއިން ގާތު ސޯފާގަ އިށީންދެލިއެވެ.

“މިރޭ ކާން ޖެހޭނީ އަލްގެ އަތުން..” ސަމުސަލުން ބަތް ކޮޅެއް މާއިންއަށް ކާންދޭން ހަދާލި ތަނާ މީހަކު އައިސް އަލްޔާގެ އަތުގަ ހިފެހެއްޓިއެވެ.

“އަހަރެން މާއިންއަށް ކަންދީފާނަން.. ރޭގަވެސް ބަލިވެ އުޅޭތީ އަހަރެން ކާން ދިނީ..” އަލްޔާ އަތުގަ އޮތް ސަމުސާ އަތުލުމުން އަލްޔާ އެކުއްޖާއަށް ބަލާލިއެވެ. ލޫޅާފަތި ހަށިގަނޑެއްގެ ވެރި ކުއްޖެކެވެ. މޫނު މަތީގަ ކޮންމެވެސް ވަރަކަށް ބިހި ނަގާފަ ހުއްޓަސް އެ ރީތިކަމަށް އެއްވެސް ފަނޑުކަމެއް ނާދެއެވެ. ލައިގެން ހުރީ ކަކުލާ ހަމަޔަށް ދާވަރުގެ ޝޯޓް ކޮޅަކާ ޓީޝާޓެކެވެ. އެކުއްޖާ ފެނިފަ އަލްޔާގެ ހިތް ހަސަދައިން ފުރުނެވެ. މާއިން އާ ދުރުގަ ހޭދަވި ކުޑަ ދުވަސް ކޮޅުގަ މާއިން އިތުރު ކުއްޖެއް ހޯދީބާއޭ އަލްޔާގެ ހިތަށް އެރިއެވެ. ވީ ދެރައިން އެތަނުން ތެދުވެގެން އަލްޔާ ދުއްވައި ގަތެވެ.

“އަލް އަޑު އަހާބަ އައި ކޭން އެކްސްޕްލޭން..” އަލްޔާ ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް ނިކުން ނަމުން މާއިން ބުނެލިއެވެ. ނަމަވެސް އަލްޔާ ފަހަތް ބަލާލުމެއްނެތި ގެއަށް ވަންނަން ހަދާލި ތަނާ މާއިން ގެ ހަޅޭކުގެ އަޑު ކަންފަތުގަ ޖެހި ހުއްޓުނެވެ.

ފަހަތް ބަލާލިއިރު  މާއިން އޮތީ މަގު މައްޗައް ވެއްޓިފައެވެ. ތަންކޮޅެއްދުރުގަ ސައިކަލެއްވެސް ވެއްޓިފަ އޮތެވެ. ނަމަވެސް އޭގެއިން  މީހާ ތެދުވެގެން މާއިންއާ ދިމާލަށް އަންނަނީ އެވެ. އަލްޔާ ދުވެފަ ގޮސް މާއިންއަށް ގޮވަން ފެށިއެވެ.

“އައި.. ލަވް… ޔޫ..” ކޮންމެސް ވަރަކަށް ލޯ ހުޅުވާލާފަ މާއިންއަށް ބުނެވުނީ އެހިސާބަށެވެ. މާއިންގެ ހަބަރު ހުސްވީއެވެ. އޭރު މާއިންގެ ބޮލުން ފައިބަމުން ދިޔަ ލޭ ތަކުން އަލްޔާ ވަނީ ތަތް ތެޅިފައެވެ.

” މާއިން ޕްލީޒް ލޯ ހުޅުވާލަބަ..” އަލްޔާއަށް ރޮއެ ގަނެވުނެވެ.

“ކޮންމެސް މީހަކު އެންބިއުލޭންސް އަށް ގުޅާބަ..” ބާރަށް ހަޅޭލަވައި ގަންނަމުން އަލްޔާ ބުންޏެވެ.

“ގުޅައިފިން އެބަ އާދޭ މިހާރު..” ކޮންމެސްމީހަކު  ބުނެލިއަޑު އިވުނެވެ. އޭރު އެންބިއުލޭންސްގެ އަޑު އިވެމުން ދެއެވެ.

އޭޑީކޭ ހޮސްޕިޓަލަށް މާއިން ގެންދެވުމާއެކު މާއިންއަށް އަވަސް ފަރުވާ ދޭ ކޮޓަރިން ފަރުވާދެވެން ފެށުނުވެ. އަލްޔާ އެވަގުތު އަލްވިންއަށް ގުޅާ އެކްސިޑެންޓް ވެގެން އުޅޭވާހަކަ އާ އޭޑީކޭ ހޮސްޕިޓަލުގަ ހުރި ވާހަކަ ބުނެލިއެވެ.

އަލްޔާ ވެއިޓިންގް އޭރިޔާގަ އިންދާ ޑޮކްޓަރު ނިކުމެ ބުނީ މާއިންއަށް  ލޭ ބޭނުންވާ ކަމަށާ އަވަހަށް ލޭ ނުލިބިއްޖެ ނަމަ ފުރާނަޔަށް ނުރައްކާވެދާނެ ކަމަށެވެ. އަލްޔާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ.

 

“އަލްކޮ ބީ ބްރޭވް.. ނަތިންްގް ވިލް ހެޕެން ޓް ހިމް..” އަލްވިން އައި އިރު ޑޮކްޓާރ އަލްޔާއާ ދެއްކިވާހަކަ ރަނގަޅަށް އަޑުއިވުމުން އަލްޔާ ކައިރީ ބުނެލިއެވެ. އަދި ފޯނުން ދެތިން މީހަކަށް ގުޅާލިއެވެ.

” ގުޑު ނިއުސް… ލޭ ލިބިއްޖެ..” އަލްވިން އަލްޔާ ކައިރީ އެހެން ބުނުމަށްފަހު އަވަސްވެ ގަތީ ޑޮކްޓަރާ ބައްދަލު ކުރާށެވެ. ޑޮކްޓަރު ބުނީ މާއިން އަށް މާ ސީރިއަސް އަނިޔާ ތަކެއް ނުވި ނަމަވެސް ފުދޭވަރަކަށް ގިނައިން ލޭ މަދުވެފަވުމުން އަވަހަށް ލޭ އަޅަން ޖެހޭ ކަމަށެވެ.

މާއިން ވޯޑަށް ނެރުނު އިރު އޮތީ ނިދާ ބޭސް ދީގެން ނިންދަވާލާފައެވެ.

މާއިން ކައިރީ ހުރި ގޮނޑީގަ އިށީންދެލައިގެން މާއިންގެ އެ ފިރިހެންވަންތަ މޫނަށް ފޫހިކަމެއް ނެތި އަލްޔާ ބަލަން އިނެވެ.

“އައި އޭމް ސޮރީ ބޭބީ.. ޕްލީޒް ވޭކް އަޕް..” މާއިންގެ އަތުގަ ހިފާލަމުން އަލްޔާ ބުނެލިއެވެ.

އަލްޔާގެ ސަބަބުން މާއިންއަށް މިހާ ބޮޑު ދެރައެއް ލިބޭތަން ބަލާކަށް އަލްޔާއަކަށް ކެތެއްނުވާނެއެވެ.

“ދޫނި ގެޔަށް ދާން ވީނު ދޮންބެ މަޑުކޮއްފާނަން މާއިން ކައިރީ..” އަލްވިން އައިސް އަލްޔާގެ ބޮލުގަ ފިރުމާލަމުން ބުނެލިއެވެ.

“ނޫން ދޮންބޭ އަލް މަޑުކޮށްފާނަމޭ.. ދޮންބެދޭ ގެޔަށް ނިދާލަން..” އަލްޔާ ހިޔާލް ހުރީ ގެޔަށް ދާ ގޮތަކަށް ނޫނެވެ.

“ދޮންބެ ނުދާނަން އަލް އެކަނި ބައިންދާފައެއް.. ”

“އެކަންޔެއް ނޫނެއްނު މަވެސް އެބަ އޮތީމެއްނު..” މާއިން އަށް ހޭލެވުމާއެކު އަލްވިން ބުނި ޖުމްލަ އަޑު އިވިގެން ބުނެލިއެވެ.

މާއިންއާ އިރުކޮޅަކު ވާހަކަ ދައްކަން އިނދެފަ ފަތިސް ނަމާދުކޮއްލައިގެން އަންނާނެ ކަމަށް ބުނެފަ އަލްވިން ދިޔައީ ގެޔަށެެވެ. އަލްޔާ ހޮސްޕިޓަލްގަ މަޑު ކުރި ވާހަކަ ބުނީމަ އާލިމާ ހުރީ ފުދޭވަރަކަށް ހިތްހަމަ ނުޖެހިފައެވެ. ޝިޔާމް ރުޅިއައިސް ދާނެތީ  ޝިޔާމް ގާތު އެވާހަކަ ނުވެސް ބުނެއެވެ.

“ބޭބީ އައި އޭމް…” އަލްޔާގެ ޖުމްލަ ފުރިހަމަ ނުވަނީސް މާއިން އަލްޔާ އަނގަމަތީގަ އަތްއެޅިއެވެެ

“މާއިން ދޯ ސޮރީ ބުނަން ޖެހޭނީ.. އަސްލު އެ ގާލް އެއީ ގޭގަަ ގެންގުޅޭ މީހާގެ ބައްޕަ ބަލިވެގެން ހަފްތާއަކަށް ދިޔައިމަ ގޭތެރޭ ކަންތައް ކޮއްލަދެން އަންނަ ކުއްޖެއް.. މިޝީގެ ކުލާސް ކުއްޖެއްގެ ދައްތައެއް އެއީ.. އަންނަ ހަފްތާގަ މަސެއްކަތު މީހާ އައީމަ ދާނެ އޭނަ..” މާއިން އަލްޔާއަށް ވިސްނަދެވޭ ފަދަ ގޮތަކަށް ބުނެލިއެވެ.

“ދެން ކީއްވެ އޭނަ އެ ބުނީ މާއިންއަށް ކާންދޭވާހަަކަ.. އެހެންޔާވެސް އޭނަ މާއިންއަށް ކާންދޭތަ؟” އަލްޔާގެ ހިތުގަ ހުރި ޝަކުވާ ކޮއްލިއެވެ.

“އެއީ މިއަދު މާއިން މާ ބަލިކޮށް އުޅުނީމަ އެހެން ހީކޮށް ކަންނޭންގެ.. އެހެންޔަކާ ކާކަށް ނުދޭ.. އެކަމް ރޭގަ ހޮޑު ލެވުނީމަ ފަހުން ސޫޕް ގެނެސްދިން.. މިޝީ ނިދައިފި އޭރު. އެހެންވެ އޭނަ ކާންދިން އެގަޑީގަ..” މާއިންވެސް ބުނެލިއެވެ.

“ބަޓް ހައޮ ޑެއާ ޝީ. އޭނަ ނުޖެހޭނެ އަލްގެ އަތުން މާއިން އަށް ކާންދޭން އުޅެނިކޮށް އަތުލާކަށް. އަލްއަށް މާއިންގެ އެއްވެސް ކަމެއް ކުރުމަށް އެއްވެސް މީހަކަށް މަނަލެއް ނުކުރެވޭނެ..” އަލްޔާ ތުން އޫ ކޮށްލާފަ ބުނިލެއް ލޯބި ކަމުން މާއިންއަށް ހިނިވެސްއައެވެ.

“ޔާ އޭނަ ނުޖެހޭނެ އެހެން ކަންކުރާކަށް.. އެކަމް އޭނަ ވަރަށް ލޯބިން މާންއާ މިޝީގެ ކަންތައް ކޮއްދޭނީވެސް.. އެކަމް ގެއަށްގޮސް އޭނަ ފޮނުވާލާނަން.. ހެޕީ..” މިހެން ބުނެ މާއިން އަލްޔާގެ މޫނާ މޫނު ކައިރި ކޮށްލިއެވެ.

“ޔާ ދެޓްސް މައި ގާލް..” އަލްޔާގެ މޫނުމައްޗަށް ވެރިވި ހިނިތުންވުން ފެނި މާއިން ބުނެލިއެވެ.

އެރޭ ހޭދަވީ ދެމީހުންވެސް އެކި ވާހަކަ ދައްކަން ތިއްބައެވެ. އަނެއްދުވަހު މާއިން ގެޔަށް ދޫކޮށް ލުމުން އަލްޔާ މުޅިންވެސް އުޅުނީ މާއިންގެ ހިދުމަތުގައެެވެ.

ގެއަށް ގޮސް ފެންވަރާލައިގެން އައިރު މާއިންމެންގޭގަ އުޅޭ ކުއްޖާ މާއިންއަށް ސައި ހިފައިގެން އެ ކޮޓްރިއަށް ވަންނަނީއެވެ. އަލްޔާ ދުމެއްޖެހިހެން ގޮސް ތަށި އަތުލިއެވެ.

“ގެނޭ އަހަރެން އަތަށް.. ދެން މާއިންގެ ހުރިހާ ކަމެއް ކޮއްދޭނީ އަހަރެން..” ހިތްހަމަ ނުޖެހިފަ ހުރެ އަލްޔާ އާޔާއާ ދިމާލަށް ބުނެލިއެެވެ.

“އައި އޭމް ސޮރީ..” އާޔާ އެހެން ބުނިއިރު އެ އަޑުގަ ވަނީ ހިތާމަވެރިކަމެވެ. އެހެން ބުނުމަށްފަހު އާޔާއޭނަގެ ކޮޓަރިއާ ދިމާލަށް މިސްރާބް ޖެހުމުން އަލްޔާވެސް މާއިންއަށް ސައިދޭންވެގެން ވަނީ މާއިންގެ ކޮޓްރިއަށެވެ.

ހަފްތާއެއް ދުވަސް ތެރޭ މާއިން މުޅިން ރަނގަޅުވެއްޖެއެވެ. ނަމަވެސް އަލްޔާގެ ފަރާތުން ލިބެމުންދާ ލޮއެއްބާ އަޅާލުމަށް އެއްވެސް ބަދަލެއް ނާދެއެވެ. އަލްވިން  ޝިޔާމްއާ އާލިމާ ގާތުގަ މާއިންގެ ވާހަކަ ދެއްކުމުން އެދެމަފިރިންވެސް އެކަމާ ވަރަށް ޤަބޫލްވިއެވެ. މާއިން ފަދަ އަހްލާޤް ރަނގަޅު ކުއްޖެއް އަލްޔާގެ ހަޔާތަށް އައުމުން އުފާކުރިއެވެ. އެއްވެސް މީހަކަށް ނޭނގުނު ނަމަވެސް ކިތަންމެ މުއްސަންޖަސް ޝިޔާމް ފުރަތަމަ އިސްކަންދޭނީ އޭނަގެ ދަރިންގެ އުފަލަށެވެ. އެހެން ނޫންނަމަ އަލްޔާ މާއިންއާ ގުޅެން ޝިޔާމް އެއްބަސްނުވީހެވެ.

މާއިން ބަލި ރަނގަޅުވެގެން ފުރަަތަމަ އޮފީހަށް ނިކުތް ދުވަހު ޝިޔާމް މާއިން އާ ވަކިން ބައްދަލުކޮށް ގިނަ ވާހަކަތަކެއް ދެއްކިއެވެ. މާއިން ނިކުތްއިރު އެ ކެބިންއަށް ވަންނަން އައި އަލްޔާފެނި ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

.”މާ ހެވިފަ ތިހިރީ.. މާ އުފާވެރި ހަބަރެއް ލިބުނީތަ..” އަލްޔާ ދިމާކޮއްލިއެވެ.

“ހެވިފަ ހުރުން މައްސަލައެއްކަމެއް ނޭންގެ..” މާއިން އެހެން  ބުނެލި ވަގުތު އަލްޔާ ލަސްވެގެން ޝިޔާމް ގޮވާލުމުން އަލްޔާ ޝިޔާމްގެ ކެބިންއަށް ދިޔައެވެ.

“ދަރިފުޅު މިގެނައީ ވަރަށް ބޮޑު ކަމަކު.. މި ކޮންޕެނީގެ ޕްރޮޖެކްޓެއް ލ.ގަމުގަ ހިނގާތީ ހަފްތާއެއް ވަރު ދުވަހަށް އެރަށަށް ގޮސްލަން ދޮންބެ އެބަޖެހޭ.. އެކަމް ދޮންބެއަށް އެހީތެރިވާނެ ކުއްޖެއްވެސް ބޭނުންވާނެ.. އޮފީސް ސްޓާފުން މިދުވަސްކޮޅު ބިޒީކޮށް އުޅޭތީ ބައްޕަ މިވިސްނަނީ ދަރިފުޅު ދޮންބެއާއެކު ގޮސްލަން..ދަރިފުޅު ކީކޭ ބުނަނީ..” ޝިޔާމް ހަރުދަނާކޮށް ބުނެލިއެވެ.

” އޯކޭ އަޅުގަނޑުގެ އެއްވެސް މައްސަލައެއްނެތް ބައްޕައަށް ފެނިލައްވާ ގޮތެއް ހައްދަވާ..” އަލްޔާ އަދަބުވެރިކަމާއެކު އެހެން ބުނެލިއިރު އިނީ އެރަށަށް ދާހިތުން ކެތްމަދުވެފައެވެ. ނަމަވެސް މާއިންއާ ދުރަށް ހަފްތާއެއްހާ ދުވަހަށް ދާން ޖެހޭތީ އަލްޔާ ދެރަވިއެވެ.

“އެހެންވީމާ މާދަމާ ހެދުނު ފުރަން ތައްޔާރުވޭ..” ޝިޔާމް އަލްޔާއާ ވާހަކަ ދައްކާލުމަށް ފަހު އަލްވިންއަށް ގުޅާފަ ފުރަން ހަމަޖެހުނު ވާހަކަ ބުނެލިއެވެ.

ާ

” މާއިން އަލް ފުރަން މިއުޅެނީ.. ވަރަށް މިސްވާނެ..” އަލްޔާ ދެރަވެލާފަ ބުނެލިއެވެ.

” ބޭބީ ދެން ދެރަ ނުވެބަލަ.. ތިދަނީ އުމުރަކަށް ނޫނެއްނު.. ކޮންމެ ދުވަހަކު ބޭބީއަށް ގުޅާނަމޭ… ވީޑިއޯ ކޯލް ކުރީމަ ފެންނާނެންނު..” މާއިން ބެލްކަނިން އަލްޔާއަށް ބަލަން ހުރެ ފޯނުން ބުނެލިއެވެ.

” އޯކޭ.. ހަގް އެއްވެސް ނުދޭނަންތަ..” އަލްޔާ ލަދުން ހުރެ ބުނެލިއެވެ.

” މިގަޑީގަ ބޭރަށް ނިކުތީމަ ބައްޕަމެން ކީކޭ ހީކުރާނީ.. މިހާރު އުޅޭނެ ފަތިސް ނަމާދަށް ދާން ހޭލާ.. ދެން ދޭ ޕެކް ކޮއްލަން.. ބޭބީ އައިމަ ބޮޑު ބޮޑު ހަގެއް ދޭނަން..” މާއިން ލޯބިން ބުނެލިއެެވެ.

 

ފްލައިޓްގަ ލ.ގަމަށް ދެވުނުއިރު އަލްޔާ ހުރީ ވަރުބަލިވެފައެވެ. އަލްޔާމެން ތިބެން ހަމަޖެހުނީ ތުނޑީ އަވަށު ހުންނަ ގެސްޓްހައުސްއެއްގަ ކަމުން ކާރުގަ އެހިސާބަށް ދެވުނީ ތިރީސް މިނެޓްއިންނެވެ.

“ވާއު.. ހާދަ ބޮޑު ރަށެކޭ ..” އަލްޔާ ކާރުން ފައިބަމުން އަލްވިން ކައިރީ ބުނެލިއެވެ.

“އަލްކޮ ދައްކާވާހަކަ.. މިރަށް ބޮޑު ވާނެއްނު މީ ރާއްޖޭގަ އޮތް އެންމެ ބޮޑުރަށްވިއްޔާ..” ކާރުގަ ހުރި ދަބަސްތަށް ނަގަމުން އަލްވިން ބުނެލިއެވެ.

ހަތަރު ދުވަސް ހޭދަވެގެން ދިޔައީ އަލްވިން މަސެއްކަތުގަ ވަރަށް ބުރަކޮށް އުޅެނިކޮށެވެ. ގިނައިން އުޅެނީވެސްް މަސެއްކަތް ކުރާ ސައިޓްގައެވެ. އަލްވިން ހަވާލްކުރާާ  ޑޮކިއުމެންޓްތައް އަލްޔާ  ގޭގަ އިނދެ ނިންމަމުންދެއެވެ. ނަަމަވެސް މަސެއްކަތް ބުރަކަމުން އަލްވިންއަށް އަލްޔާ ގޮވައިގެން ރަށުތެރެ ބަލާލަން ދެވޭވަރެއްވެސް ނުވެއެވެ. ގޭގަ އިނދެ އިނދެ ފޫހިވެގެން އަލްޔާ އަބަދުވެސް އިންނަނީ ލެޕް ކައިރީގަ ފިލްމެއް ބަލަން ނޫނީ އެފްބީގައެވެ. ދޭތެރަކުން މާއިންއަށް ގުޅާލިއަސް މާއިންވެސް ބިޒީ ކަމުން ވާހަކަދެއްކޭވަރެއް ނުވެއެވެ. ބައެއް ފަހަރު މާއިން ގަސްތުގަ އަލްޔާ އިގްނޯ ކުރާހެންވެސް އަލްޔާ އަށް ހީވެއެވެ. ނަމަވެސް މާލެގޮސް މާއިންއާ ދިމާކޮށްފަ ވާހަކަ ދައްކަން އަލްޔާ ނިންމިއެވެ.

“ދޮންބޭ މާދަން ވާނެ ކޮންމެހެން ހަދާފަވެސް އަލް އާއެކު މިރަށް ބަލާލަން ދާން.. މާދަން ހަވީރު ފުރަންޔާ ދެން ނެތެއްނު ވަގުތެއް..” އަލްޔާ ދެރަވެލާފަ ބުނެލިއެވެ.

“ހޫމް އެހެންވެ ދޮންބެ މި އައީ ހުރިހާ ވޯކެއް ނިންމާފަ.. މާދަން އެއްކޮއް ދޮންބެގެ ޕްރިންސެސްއަށް ދޭންވެގެން..” މާއިން އަލްޔާގެ ބޮލުގަ ފިރުމާލަމުން ބުނެލިއެވެ.

އަލްޔާ ނިދުމުގެ ކުރިން މާއިންއަށް ގުޅާލިއެވެ.

“ވަރަށް ބިޒީ.. ފަހުން ގުޅާނަން..” މިހެން ބުނެ އަލްޔާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި މާއިން ފޯން ކަނޑާލިއެވެ. އަލްޔާ ވީ ފޫއްސެއްގެ ބޮޑު ކަމުން ދެން މާއިންއަށް ނުގުޅަން ނިިންމިއެވެ. ފޯނު ނިވާލާފަ އަލްޔާ ނިދީ މާދަން އަލްވިންއާ އެކު ރަށުގެ ތަންތަން ބަލަން ދާން ހަމަޖެހިފަ އޮތީމައެވެ.

“ދޮންބޭ ތެދުވެބަލަ އެޔަށް އަށެެއް ޖެހީއޭ..” އަލްވިންއަށް ހޭލެވުނީ އަލްޔާ ގޮވާއަޑަށެެވެ. ސައިބޮއެ ހަދައިގެން ރަށުތެރެ ބަލާލަން އަލްވިންމެން ދިޔައީ އަލްވިން ރައްޓެއްސެއްގެ ކާރުގައެވެ. އެރަށު މުކުރިމަގު އަވަށު ހުންނަ ހަވިއްތައާ ބޮޑު ފެންގަނޑު ފަދަ ތަންތަން ބަލާލަން ދިޔައެވެ. އަލްޔާ ކޮންމެ ތާކުންވެސް އެތަށް ބައިވަރު ފޮޓޯތަކެއް ނަގައެވެ.

އެންމެ ފަހުން އަލްޔާމެން ދިޔައީ ހިއްކާފަ އެރަށާ ގުޅުވާފަ އޮންނަ މާންދު ކިޔާ މަސް ފެކްޓްރީއަށެވެ. އެތަނަށް ވަދެވުމާއެކު އަލްޔާ އަޖައިބްވެފަ ބަލަން އިނެވެ. އެތަންވެސް މާލެ އެކޭ އެއްވަރެވެ. މަސްފެކްޓަރީ އަކަށް ވުރެ ބޮޑަށް ހީވަނީ މީހުން ދިރިއުޅޭ އަވަށެއްހެންނެވެ. އަލްވިންގެ ބައްޕަގެ ރައްޓެއްސަކާ ގުޅައިގެން އެތަނަށް ދިއުމުގެ ހުއްދަ އަލްވިން ހޯދީ އެތަން ބަލާލުމަށް ހުންނަ ޝައުގެއްގެ ބޮޑު ކަމުންނެވެ.

ވަކިހިސާބަކަށް ދެވުމުން އަލްޔާ ބޭނުން ވީ ހިނގާލާފަ ދާށެވެ. މިހެން ކަމުން ތިންމީހުން ކާރުން ފައިބައިގެން ހިނގަމުން ދަނިކޮށް އެތާ ޖީއެމްް އަލްވިންއާ ބައްދަލު ކުރިއެވެ. އަދި އެމީހުނަށް އެތާ ތަންތަން ކިޔާދެމުން ދިޔައެވެ. އަލްޔާ އަލްވިންގެ އަތުގަ ހިފާލައިގެން ހުރިއިރު އަންހެން ކުދިންގެ ތޫނު ނަޒަރު އަލްވިންއަށް އަމާޒުވަމުންދާއިރު ބައެއްކުދިން ހަސަދަވެރި ނަޒަރުން އަލްޔާއަށް ބަލަމުން ދިޔައެވެ. އަލްޔާ މަޖާވެފަ އިތުރަށް އަލްވިންއާ ކައިރިވިއެެވެ. ދިވެހި ކުދިންނަށް ވުރެ ބޮޑަށް އަލްޔާއަށް އެތަނުން ފެންނަނީ ނޭޕާލް އަންހެން ކުދިންނެވެ. އެދަތުރު ނިންމާލާފަ ގެއަށް އާދެވުނު އިރު ދޭއްް ޖަހަފިއެވެ.

ކުޑަކޮށް ނިދާލާފަ އަލްޔާއާއި އަލްވިން ތައްޔާރު ވަމުން ދިޔައީ ހައެއްޖަހާއިރު އޮތް ފްލައިޓުން މާލެ ދާށެވެ.

އަލްޔާމެނަށް މާލެ އާދެވުނު އިރު ހަތްގަޑިބައި ވަނީއެވެ. ގޭގަ އެކަކުވެސް ނެތުމުން އަލްވިން މަންމައަށް ގުޅަން ފޯން ނެގިތަނާ ޝިޔާމް ގުޅިއެވެ.

“އަލްކޯ ބައްޕަ ބުނި ވަރަށް އަވަހަށް ރެޑީވެގެން އޮފީހު ޓެރަސްއަށް އަންނާށޯ ބައްޕަގެ ކޮންޕެނީ ފަރާތުން ވަރަށް ކުލަ ގަދަ އިވެންޓެއް މިރޭ އަށެއްޖަހާރު އޮވެޔޯ..” އަލްވިން ފޯން ބާއްވަމުން އަލްޔާ ކައިރީ ބުނެލިއެވެ.

“ދެން އަޅޭ.. އަލް ވަރަށް ޓަޔާޑް..” އަލްޔާ ޝަކުވާ ކޮއްލިއެވެ.

“ދެން އެކަމުވެސް އަލްކޯ ބައްޕަ ދެރަވާނެ ތިހެން ހެދީމަ.. އެތަނަށް ގޮސްފަ ތަންކޮޅެއް އަވަހަށް އަންނާނީ ބައްޕަ ކައިރީ ބުނެފަ..” އަލްވިން އަލްޔާއަށް ވިސްނަދިނެވެ.

އަލްޔާ ކޮޓަރިއަށް ދިޔައީ ތައްޔާރު ވެލާށެވެ. އެނދުމަތީގަ ޕާރުސަލެއް އޮތުމުން އަވަހަށް ގޮސް އެ ކަންޑާލީ ކާކު ފޮނުވި އެއްޗެއްތޯވެސް ބަލާނުލައެވެ. އޭގަ އޮތީ މަޑު ފިޔާތޮށި ކުލައަކަށް ދާ މެކްސީއެކެވެ. ކަޅު ކުލައިގެ އެސް ތަކުން ހެދުމުގެ މޭމަތި ޖަރީކުރެވިފައިވެއެވެ. އެއީ މަންމައާ ބައްޕަ އޭނަ މިރޭ ލާން ގެނެސްދީފަ އޮތް ހެދުންކަން އިނގުނެވެ.

ހެދުން ބަދަލުކޮއްލައިގެން އަލްޔާ ނިކުމެ ލޯގަނޑު ކުރިމަތީ ހުރެ އެ ސޫރަޔަށް ބަލާލިއެވެ. ފުރިހަމަ މޭކަޕާއެކު އަލްޔާ ފެންނައިރު ހީވަނީ ހަމަ ޕަރީއެއްހެންނެވެ. މިހެން ހުއްޓާ މާއިންއަށް ފެންނަ ނަމައޭ އަލްޔާގެ ހިތަށް އެރިއެވެ. މާއިން މަތިން ހަނދާންވުމުން ނުގުޅަން ގަދަ ހަދައިގެން ހުއްޓަސް ކެތެއްނުވިއެވެ. ރިނގްވިތަނާހެން މާއިން ފޯން ނެގިއެވެ.

“މާއިން ގުޅަން އުޅެނިކޮށް ތި ގުޅީ.. މާއިން ބޭނުން ވާހަކައެއް ބުނަން… މިވާހަކަ ބުނަންވެގެން އުޅޭތާ މިހާރު ދެތިން ދުވަސް ވެދާނެ.. އަލް އައި އޭމް ސޮރީ.. މާއިންއަކަށް ނެތް އަލްޔާއާ ރައްޓެހިވެގެން އުޅެވޭކަށް..” އެއްވެސް  އަސަރެއް ނެތީ މާއިން ބުނަން ބޭނުންވި އތި ބުނެލުމަށްފަހު ފޯން ކަނޑާލިއެވެ. އަލްޔާގެ މެޔަށް ހީވީ ކެކި ކެކި ހުރި ހޫނުފެން އެއްޗެއް ޖެހިހެންނެވެ. އަލްޔާ މާއިންއަށް ގުޅަން ކުރި މަސެއްކަތް ވީ ބޭކާރެވެ. އެދެލޮލަށް ކަރުނަތަށް ޖަމާވަމުން ދިޔައެވެ.

މިރޭ އެ އިވެންޓްގަ މާއިންއާ ވާހަކަ ދައްކާނީއޭ އަލްޔާގެ ހިތަށް އެރިއެވެ. އޮފީސް އިވެންޓެކަށް ވުމުން ޔަގީނުންވެސް މާއިން ހުންނާނެކަން އަލްޔާއަށް އިނގެއެވެ. ބޭރުފުށުން ހަމަ ޖެހޭގޮތް ދައްކަމުން ކޮޓަރިން ނިކުތް އިރު އަލްވިން އަލްޔާލަސްވެގެން އަންނަނީއެވެ.

“ހިނގާ އަވަހަށް ދާން.. މިހާރު ބައްޕަ ލަސްވެގެން ގުޅައިވެސްފި..” އަލްޔާވެސް އަލްވިންއާއެކު ގޮސް ކާރަށް އެރިއެވެ. ކާރުގޮސް އޮފީސް  ދޮރުމައްޗަށް މަޑުކޮއްލިއިރު ޝިޔާމް އާ އާލިމާއާ އަލަމްގެ އިތުރުން  މާއިންވެސް އެމީހުންގެ އިންތިޒާރުގަ މަޑުކޮއްލައިގެން ތިއްބެވެ. މާއިންއަށް އަލްޔާފެނުމުން ބުނެދޭން ނޭންގޭ އުފާވެރިކަމެއް ލިބުނެވެ. އެ ހެދުމުގަ އަލްޔާ ފެންނަލެއް ނުހަނު ރީއްޗެވެ.  މާއިންފެނުމުން އަލްޔާ ދެރަވި ނަމަވެސް ޖަޒްބާތުތަށް ކޮންޓްރޯލް ކުރަމުން ކާރުން ފޭބިއެވެ.

“ބައްޕަގެ ޕްރިންސެސް ހާދަރީއްޗޭ..” ޝިޔާމްއައިސް އަލްޔާގެ ގައިގަ ބައްދާލިއެވެ.

“ދެކުދިންނަށް މަރުހަބާ..” ޝިޔާމް އަލްޔާގެ އަތާ މާއިންގެ އަތް ގުޅުވާލަދިނެވެ. ވާނުވާ ނޭންގި އަލްޔާ ބަލަން ހުރިގޮތް ފެނިފަ މާއިންގެ އަށް ހެވުނެވެ.

” މިރޭ ބުނީ ރައްޓެހިވެގެން އުޅެވެން ނެތްވާހަކަ. ދެން އަހަރުން އުޅޭނީ ކައިވެނި ކޮއްގެން..” މަޑު މަޑުން އަލްޔާގެ ކޮލުގަ މާއިން ހިފާލިއެވެ.

“އެންޑް ވަންމޯ ސަޕްރައިސް ދޮންބޭ..” އަލަމް ލާނެތް ގޮތަކަށް މިހެން ބުނެ ދޮރާދިމާލަށް އިށާރާތް ކުރި އިރު ދޮރުން ނިކުމެގެން ނާޔާ އަންނަނީއެވެ. އަލްޔާ ލާފަ ހުރިފަދަ ރީތި މެކްސީއެއް ލައިގެން ނާޔާ ހުރި އިރު ހީވަނީ ހޫރު ޕަރީއެއްހެންނެވެ. އެތައް ދުވަހަކަށް ފަހު ނާޔާ އެގޮތަށް ފެނުމުން އަލްވިންގެ ހިތް ނަށާލިއެވެ. ބޭނުންވީ ގޮސް ނާޔާގެ ގައިގަ ބާރަށް ބައްދާލާށެވެ. ނަމަވެސް ބައްޕަމެން ތިބުމުން އަލްވިން ފަސް ޖެހުނެވެ. އަލްވިންގެ ތޫނު ނަޒަރުން ނާޔާ ލަދުގަންނަގޮތް ވިއެވެ.

އެ ޕާޓީއަށް އައިސް ތިބީ އޮފީސް މީހުނާ އާއިލާ މީހުންގެ އިތުރުން ގާތް ރައްޓެހިންނެވެ. އެއީ ރަންކިޔުމަށް ޝިޔާމް ބޭއްވި ކުޑަވަރެއްގެ ޕާޓީއެކެވެ.  ކައިވެނި އޮތީ އަދި ދެދުވަސް ފަހުންނެވެ.

މާ ބޮޑު ޕާޓީ އެއް ބާއްވަން ބޭނުން ނުވި ނަމަވެސް އަލްޔާ ދިޔައީ ކައިވެންޔަށް ތައްޔާރުވަމުންނެވެ. އަލްޔާމިނަށް ނޭންގި ޝިޔަމް ދިޔައީ އެ ދެކުދިންގެ ކައިވެނި ޕާޓީ ކުލަގަދަކޮއް ބޭއްވުމަށް ތައްޔާރީތަށް ވަމުންނެވެ. ކައިވެނި ކުރަން ހަމަޖެހިފަ ވާރެޔެވެ.

” މާޝާ ﷲ.. ދަރިފުޅު ހާދަ ރީއްޗޭ..” އަލްޔާ ތައްޔާރުވެގެން ކޮޓަރިން ނިކުތުމުން އާލިމާ ބުނެލިއެވެ.

” މީ މޭކަމް އާޓިސްޓުންގެ މޮޅުކަން..” އަލްޔާ ފަހަތުން ނިކުތް ދެކުދިންނަށް އިޝާރާތްކޮއް ބުނެލިއެވެ.

” މަމް.. ރެޑީތަ.. ކޮބާތަ ބައްޕަ.. ފޯނުވެސް ނުނަގައޭ..” އަލްވިން ކޮޓަރިން ނިކުމެގެން އައިސް އާލިމާއާ ސުވާލުކޮއްލިއެވެ.

” ދަރިފުޅާ ބައްޕަ ވީ ޕާޓީގެ ކަންތައް ބަލާލަން ގޮސް.. މިހާރު ފެށޭ ގަޑިވެސް އެ ޖެހެނީނު.. ހިނގާ އަވަހަށް ދާން..” އާލިމާ ބުނެލިއެވެ.

“މިއަދު އެތަނަށް ދާން އުޅުނީމަވެސް ދިޔަކު ނުދިން.. ބުނީ މިރޭ ދާން މަޑު ކުރާށޭ.. ބައްޕަ ހުރިހާ ކަމެއް ރަނގަޅަށް އެބަ ބަލަހައްޓަމޭ..” ކާރަށް އަރަން ދަމުން އަލްވިން ބުނެލިއެވެ.

ކާރު އައިސް ދަރުބާރުގެ ކައިރީ މަޑު ކޮއްލިއެވެ. އޭރު މާންމެންވެސް ކާރުގަ އައިސް މަޑުކޮއްލަނީއެވެ. އަލްޔާ ރަކި ހިނިތުންވުމެއް ހަދިޔާ ކޮއްލާފާ އާލިމާމިނާއެކު އެތެރަށް ވަނެވެ.

 

ކައިވެނި ކުރަން ހާއްސަ ކުރެވިފައިވާ  މާލަމަށް ދެވެންދެން ޝިޔާމް ކަންތައް ކުރިގޮތް ކިޔާދިނެވެ. އަސްލު އަލްވިންއާ އަލްޔާ ލ.ގަމަށް ފޮނުވާލީވެސް އެ މީހުންގެ ޕްލޭން ކާމިޔާބް ކުރަންށެވެ.

“ބައްޕައަށް އިނގޭ ދަރިފުޅުމެން ދެކުދިން މި ފަދަ ބޮޑު ޕާޓީއެއް  ބާއްވަން އެއްބަސް ނުވާނެކަން.. އެހެންވެ މިހެން ކަންކުރީ..” ޝިޔާމް އެންމެ ފަހުން ހިނިގަނޑެއް ޖަހާލާފަ ބުންޏެވެ.

“އަސްލް އަހަރުން މިކަން ކުރަން އުޅުނަސް މިހާ ފުރިހަމައަށް މިކަމެއް ނުކުރެވޭނެ.. އެހެންވީމަ ހުރިހާ ޝުކުރެއް ހައްޤަވަނީ ބައްޕައަށް..” އަލްވިން އުފާވެރި ކަމާއެކު ބުނެލިއެވެ.

ކައިވެނި ހަފްލާއަށް ވަދެގެން އައިއިރު މުޅި އެތަން ޖަރީކޮއްފައިވަނީ ފިޔާތޮށި ކުލައިގެ މަލުންނެވެ. އަލްޔާއާ ނާޔާއަށް އެންމެ ރީތި ކުލަ ކަމުން ޝިޔާމް އެ ކުލަ ތީމް ކުލައަކަށް ހެދީއެވެ.

ދެ ކައިވެނިކޮށް ނިމުނު ތަނާ މެހެމާނުންތައް އަންނަން ފަށައިފިއެވެ. ކައިވެނީގެ އަހުދުން ގުޅުނު ދެ ޖޯޑުވެސް ތިބީ މެހެމާނުން އަންނަންވާއިރަށް އެމީހުން ތިބެން ހާއްސް ކުރެވިފައިވާ ތަނުގައެވެ. މާއިން އިރު އިރުކޮޅާ އަލްޔާގެ އަތުގަ ހިފާލާއިރު ލަދުވެތި ނަޒަރަކުން އަލްޔާ މާއިންއަށް ބަލާލައެވެ.

“މާއިން އެންޑް އަލް ކޮންގުރާ..” ދަންނަ އަޑެއްހެން ހީވެގެން އަލްޔާ ބަލާލިއިރު ކުރިމަތީ ހުރީ މާއިންމެންގޭ އުޅުނު އާޔާއެވެ. ވަގުތުން އަލްޔާ މޫނުމަތީވި ހިނިތުންވުން ފަނޑުވިއެވެ.

“އަލް މީޓް މައި ކަޒިން ސިސް އާޔާ.. އަސްލު މާއިންއަށްވެސް އިނގުނީ އިއްޔެ.. މިޝީ ގްރޫޕް ވޯކް ހަދަން ކުއްޖެއްގެޔަށް ގޮސް އުޅެނިކޮށް އިނގުނީ ބައްޕަ ތިމާގެ ބައެއްކަން.. މިޝީ މިގެޔަށް އާޔާ ގެނައީވެސް އެހެންވެ.. އެކަމް އާޔާ ބުނެގެން މިޝީ އެކަން ސިއްރު ކުރީ..” އަލްޔާ ހައިރާންވެފަ އަޑުއަހަން ހުރިއިރި ކުރިން އާޔާ އާ ދޭތެރޭ ދެކެވުނު ނުބައި ގޮތަށް ލަދުވެތިވިއެވެ.

“އޯ އައި އޭމް ރިއަލީ ސޮރީ..” އަލްޔާ އާޔާ އާ ސަލާމް ކޮއްލަމުން ބުނެލިއެވެ.

“އިޓްސް އޯކޭ..” ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކޮށްފަ އާޔާ ދިޔައީ މިޝީ ކައިރިޔަށެވެ.

“ބޭބީ ހާދަލަދުން ތިހިރީ.. ދެން ތިހެން ލަދަކުން ނުހުރެވޭނެ..” މެހެމާނުން ތަންކޮޅެއް މަދުވި ގަޑިއެއްގަ އަލްވިން ނާޔާއަށް އަޑުއިވޭވަރަށް ބުނެލިއެވެ.

ނާޔާ އަލްވިންގެ އަތުގަ ބާރަށް ހިފާލިއެވެ. އަލްވިން ލާނެތް ގޮތަކަށް ހެވިފަ ނާޔާއަށް ބަލަން ހުއްޓެވެ.

“މިރޭ ލަދުންގޮސް ހަލާކުވާވަރު ހަދާލާނަން..” އަލްވިން އިތުރަށް ނާޔާއާ ސަމާސަ ކޮށްލިއެވެ.

އަންހެން ކުދިންގެ ތޫނު ނަޒަރު އަލަމްއަށް ހުއްޓެމުން ދާއިރު އަލަމްގެ ހުރިހާ ސަމާލު ކަމެއް ދެވިފަވަނީ މާއިން އާ އަލްޔާ ކައިރީ ސަމާސަ ކުރަން ހުރި މިޝީ އަށެވެ. ހުދުކުލައިގެ މެކްސީއެއް ލައިގެން ހުރި ފިޔާތޮށި ކުލައިގެ މާތަކުން އެހެދުން ޖަރީކުރެވިފައިވެއެވެ. އެހެދުމުގަ މިޝީ ފެންނައިރު ޒުވާން ފިރިހެން ކުދިންގެ ހިތްތަށް ދީވާނާ ވާވަރުވެއެވެ. އެދުވަހު ގޭން މިޝީ ފެނުނު ފަހުން އަލަމްއަށް މިޝީއާ ދޭތެރޭ ނުވިސްނޭ ދުވަހެއް ނުދެއެވެ.

ކައިވެނި ކަންތައް ރާވަން އުޅުނުއިރު މާއިން އާ އެކު މިޝީ އެގެއަށް ގޮސް އުޅޭއިރުވެސް އަލަމްގެ ހުރިހާ ސަމާލުކަމެއް ދެވެނީ މިޝީއަށެވެ. މިޝީވެސް ސިއްރު ނަޒަރަކުން އަލަމް އަށް ބަލާހެން ބައެއްފަހަރު އަލަމްއަށް ހީވެއެވެ. އާލިމާއަށްވެސް މިޝީ މާ ކަމުދާކުއްޖަކަށްވެގެން މިޝީއައިސްފިއްޔާ އާލިމާ އުޅޭނީ މުޅިންވެސް މިޝީ ގޮވައިގެންނެވެ. ހީވަނީ ކުރިންސުރެ ގާތް ދެ ރަހްމަތްތެރިންހެންނެވެ. މިހެން ކަމުން އަލަމްއަށް މިޝީއާ ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބެއެވެ.

“ދަރިފުޅާ ދެން ތިހެން ނުހުރެ ތިހާ ލޯބިވަންޔާ މިޝީ ކައިރީ ބުނަންވީނު.. ދަރިފިޅު ނުބުންޏަސް މަންމައަށް އިނގޭ ދަރިފުޅު މިޝީ ދެކެ ލޯބިވާކަން.. އެތައް ފަހަރަކު ތިހެން ހުއްޓާ މަންމަ ދެކެން..” އަލަމް ސިހުނީ ކުއްލިޔަކަށް ކައިރިން އާލިމާގެ އަޑު އިވުމުންނެވެ.

“ދެން މަންމާ.. މަންމަވެސް ދައްކާވާހަކަ..” އަލަމް އެކަން ސިއްރުކުރަން މަސައްކަތް ކުރިއެވެ.

“ދަރިފުޅާ މަންމައަށް އޮޅުވާނުލާބަ.. މަންމަވެސް ނުލާހިކު ކަމުދާ ކުއްޖެއް މިޝީ އަކީ..” އާލިމާ ހެވިލާފަ ބުނެލިއެވެ.

“އާލިމާއްތާ ހިނގާބަ މިޝީއާއެކު ސެލްފީއެއް ނަގަން..” މިޝީއައިސް އާލިމާ އަތުގަ ހިފާލަމުން ބުނެލިއެވެ.

“ކީއްކުރަން ނަގާ ސެލްފީ އެއް.. ޕްރޮފެޝަނަލް ފޮޓޯގްރަފާއެއް ގެނެސްފަ ހުއްޓާ..” އަލަމް މިޝީއާ ދިމާކޮއްލިއެވެ.

” އެއީ އާލިމާއްތަ މިރޭ ހަދިޔާއަކަށް މިޝީއަށް ފޯނެއް ދިނީމަ މިޝީ ބޭނުންވަނީ ފުރަތަމަ ސެލްފީ އާލިމާއްތައާ އެކު ނަގަން..” މިޝީ އަލަމްއަށް ލޯ އަޅާލަމުން އާލިމާ އަތުގަ ހިފައިގެން މާއިންމެން ކައިރިޔަށް ދިޔައެވެ.

ޕާޓީ ނިމުމުން އެންމެން އެކީގަ ކައިގެން ގެޔަށް ދާން ނިކުތެވެ.

“ދަރިފުޅާ މިއޮތީ ބައްޕަ ދޭ ހަދިޔާއެއް..” ޖީބުން ދެ ތަޅު ދަނޑި ނަގާ އަލްވިން އަށާ އަލްޔާގެ އަތަށް ދިނެވެ.

“މީ ބައްޕަމެން އުޅޭ ގޭގެ ދެ އެޕާޓްމެންޓް  ތަޅުދަނޑި.. ދަރިފުޅުމެންކައިރީ ކުރިންވެސް ބުނީމެއްނު ކައިވެނި ކުރީމަ ކޮންމެ ކުއްޖަކަށް އެޕާޓްމެންޓެއް ލިބޭނެޔޭ. އަލަމްވެސް މީހަކާއިނީމަ އެޕާޓްމެންޓެއް ލިބޭނެ..” ޝިޔާމް ހީލާފަ ބުނެލިއެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ ބައްޕާ..” އަލްވިންއާ އަލްޔާއަށް އެއްފަހަރާ ބުނެވުނެވެ.

“ދަރިފުޅާ އަލަމް ދޭބަ މިޝީ އާ މާން ގެޔަށް ލާފަ މި އެއްޗެހި ބަލާ އަންނަން.. މާން އެ އިނީ ނިދިއަސްފަ މިހާރުވެސް… ދެން މީގެ ފަހުން މިޝީއާ މާން އުޅޭނީ އަހަރެމެންގޭގަ..” މިޝީ އަތުގަ ހިފާލައިގެން ހުރި ފަސް އަހަރުގެ މާންއަށް ބަލާލަމުން އާލިމާ ބުނެލިއެވެ. މާއިންގެ ހިތް އުފަލުން ފޮޅުނެވެ. މާންއާ މިޝީ ދެކުދިންނަށް މަންމައެއްގެ ލޯބި އާލިމާދޭތީއެވެ.

އާލިމާ އެހެން ބުނުމުން އަލަމް ފަހަތުން މިޝީ ދިޔައީ މާން ކޮނޑުމަތީ ބާއްވައިގެންނެވެ. މިޝީ ފަހަތު ސީޓަށް އަރަން އުޅުނު ނަމަވެސް އަލަމް ކުރީ ސީޓް ދޮރުހުޅުވައިގެން ހުރީމަ މިޝީ ކުރިޔަށް އެރިއެވެ. ކާރު ދުއްވަމުން ދިޔައިރު އަލަމް ޖަހަމުން ދިޔައީ ތުމްހީ ހޯ ލަވައެވެ. އިރު އިރު ކޮޅާ މިޝީގެ މޫނަށް އަލަމްއަށް ބަލާލެވެނީ ލޯބިން ފުރިގެންވާ ނަޒަރުންނެވެ. ގެއާ ހަމަޔަށް އައިރުވެސް އެދެމެދުގަ ވާ ހަމަހިމޭން ކަން ނެތި ކޮއްލަމުންދިޔައީ ޖަހާފަ ހުރި ލޯބީގެ ރީތި ދިވެހި ލަވައެވެ.

ކުރަން ހިތު ލީމޭ ލޯބިން ތިކަން

ވާނެ ލިޔެފާ މިހިތުގާ ތިނަން

ފާޅުގާހޭ ބުނަން ވީ މިރޭ

ހުރެވޭހޭ އެކަނި ދެން މިހެން

ބުނަން އުޅުނީމެ ވާވަރު ނިކަން

ފާޅު ކުރަމާ ދެހިތުގާ މިކަން

ވީ ގުޅޭށޭ ބުނަން ހޭ މިރޭ

އުޅެވޭހޭ އެކަނި ދެން މިހެން

 

އަލަމް ގެކައިރީ ކާރު ޕާކު ކޮއްލާފަ ފައިބައިގެންގޮސް މިޝީއަތުގަ އިން މާން އުރާލަން އުޅުނެވެ. މާން ނިދާފަ އޮތީމަ މާން ގޮވައިގެން ދާން މިޝީއަށް އުނދަގޫ ވެދާނެތީއެވެ.

“ގެނޭ އަހަރެން އަތަށް މާން..” ކާރުތެރެއަށް ބޯދިއްކޮއްލައިގެން އޮވެ އަލަމް އެހެން ބުނެލިއިރު އެހާ ކައިރިން އަލަމްގެ މޫނު ފެނުމުން މިޝީއަށް ކަޅިޖަހާނުލާ އެ ފިރިހެންވަންތަ މޫނަށް ބަލަން އިނދެވުނެވެ.

“އޯ ހެލޯ..” މިޝީ އެހެން ބަލަން ފެށުމުން އަލަމް ހެވިފަ ބުނެލި އިރަށް މިޝީ ދިޔައީ ސިއްސައިގެންނެވެ. އަދި ލަދުވެސް ގަތެވެ.

“އޯކޭ ދޭ މާން ބާއްވާފަ އަންނަން.. މިޝީވެސް ދާނަން އާލިމާއްތައަށް ހެލްޕްވެދެން.. މާންކޮދެން ނުހޭލާނެ އަވަހަކަށް..” މިޝީ މާން އަލަމްއާ ހަވާލު ކޮއްލިއެވެ.

އަލަމް އައި އިރު މިޝީހުރީ ކާރުގަ ލެގިލައިގެން ސާދަވިލޭރޭގެ ފުރިހަމަ ހަނދަން ނަޒަރު ހުއްޓާލައިގެންނެވެ. އަލަމްގެ ސިކުނޑިއަށް މޮޅު ހިޔާލެއް އައެވެ. ދުމެއްޖެހިހެން ގޭތެރެއަށް ވަދެފަ ނިކުތީ ރަތް ކުލައިގެ ފިނިފެންމަލެއް ހިފައިގެންނެވެ. ދަންވަރުގެ ވަގުތު ކަމުން މަގުމަތިން މީހެއްގެ ހިލަންވަނީ މަދު ފަހަރަކުއެވެ.

“ވިލްޔޫ މެރީ މީ ބިއުޓިފުލް.. ” އަލަމް މިޝީ ކުރިމަތީ ކަކޫ ޖަހާލަމުން ރަތް ފިނިފެންމާ ދިއްކޮއްލާފަ ބުނެލިއެވެ.

މިޝީ ހުރީ ފިނިވެފައެވެ. އަލަމް އެހާ ރޮމޭންޓިކްކޮށް އެހެން އެހީމައެވެ.

“ޔެސް..” ލަދުން އިސް ޖަހާލައިގެން ހުރެ ހިތުގެ އެދުން މިޝީ ބޭރުކޮއްލީ ރަތް ފިނިފެންމަލުގަ ހިފާލަމުންނެވެ.

އަލަމް ވީ އުފަލެއްގެ ބޮޑުކަމުން ތެދުވެ މިޝީގައިގަ ބާރަށް ބައްދާލިއެވެ. މިޝީގެ ހަށިގަނޑުގަވާ އެންމެ ހިމަ ނާރަށްވެސް އޭގެ އަސްރު ކުރުވިއެވެ. މިޝީއަށް ލިބެމުން ދިޔައީ ބުނެދޭން ނޭންގޭ ހިތްހަމަ ޖެހުމެކެވެ. އަލަމް އަތު ގެ ހިމާޔަތް މުޅި އުމުރަށްވެސް މިޝީ ބޭނުމެވެ. ދެމީހުންގެ އުމުރުގަ ހަ އަހަރުގެ ފަރަޤް ހުރިނަމަވެސް އެ ލޯބި އެކަމުގެ މައްޗަށް ގަދަވެގަތެވެ.

ދަރުބާރުގެޔަށް ދިޔައިރު އަލަމް ތަފާތު ސަމާސަ ކުރަމުން ދިޔައެވެ. މިޝީވެސް އެ ސަމާސަ ތަކުގަ ބައިވެރި ވަމުން ދިޔައެވެ. ކާރު ދަރުބާރުގެ ކައިރީ ޕާކް ކޮއްލުމަށް ފަހު މިޝީ ފައިބަން ހަދާލިތަނާ އަލަމް މިޝީގެ އަތުގަ ހިފާލިއެވެ.

” އެޓްލީސްޓް އުންމައެއް ދިނީމަ ދެވޭނީ..” އަލަމް ކޮލުގަ އިނގިލި ޖައްސާލަމުން ލާނެތް ގޮތަކަށްބުނެލިއެވެ. އެވަގުތު މިޝީ އަނެއް އަތުން ދޮރު ހުޅުވަން ހަދާލިއިރަށް އަލަމް ލޮކް ކޮއްލިއެވެ.

“ޔޫ ޑޯންޓް ހޭވް އެނީ އަދާ ޗޮއިސް..” އިޝްގުން ފުރިގެންވާ ނަޒަރުން އަލަމް މިޝީއަށް ބަލާލަމުން ބުނެލިއެވެ. މިޝީ ލަދުން ލަދުން އިނދެ އަލަމްގެ ކޮލަށް ދޮނެއް ދިނެވެ.

އަލަމް އިތުރަށް މިޝީގެ މޫނާ މޫނު ކައިރިކޮށްލިއެވެ. އަދި މިޝީގެ ތުންފަތުގަ ބޮސްދިނެވެ. މިޝީ ދުވަހަކުވެސް އެފަދަ ކަމެއް އިހުސާސް ކޮއްފަނުވާތީ މިޝީއަށް ލިބުނީ ފޮނި ފޮނި އުފަލެކެވެ. ނަމަވެސް ގަނޑުވެފަ މިޝީ އިނީއެވެ. އިރުކޮޅެއްފަހުން ނޭވާ ހަމަޔަކަށް އަޅުވާލަމުން އަލަމް ދޮރު ހުޅުވާލަ ދިނުމުން ލަދުވެތި ނަޒަރަކުން އަލަމް އަށް ބަލާލާފަ ކާރުން ފައިބައިގެން  މިޝީ ދުއްވައިގަތެވެ. ހެވިފަ މިޝީ ދިޔަދިމާލަށް ބަލަން އަލަމްއިނީ އޭނަގެ ނަސީބާމެދު ފަހުރުވެރިވެފައެވެ.

ކޮޓަރިއަށް ވަދެވުމާއެކު އަލްވިން ނާޔާ އަތްދަނޑިމައްޗަށް ލައިގެން ގޮސް އެނދުގަ ބޭއްވިއެވެ. އަދި ނާޔާގެ ތުންފަތުގަ ބޮސްދެމުން ދިޔައެވެ.

“ބޭބީ ވެއިޓް ޗޭންޖް ކޮއްލައިގެން އަންނާނަން..” ނޭވާ ހަމަޔަކަށް އަޅުވާލަމުން ނާޔާ ލަދުން އޮވެ ބުނެލިއެވެ.

“ނޯ ކާންޓް ވެއިޓް އެނީމޯ.. ހާދަ ދުވަހަކު ކެތްކޮއްފީމޭ..”  މަސްތުން ފުރިގެންވާ ނަޒަރަކުން ބަލާލަމުން އަނެއްކާވެސް އަލްވިން ނާޔާއާ ގާތް ވަމުން ދިޔައެވެ. ލަދުވެތި ކަމާއެކު އަލްވިންގެ ހުރިހާ އެދުމަކަށް އިޖާބަ ދެމުން ނާޔާދިޔައެވެ.

 

އަލްޔާއާ މާއިންވެސް ދިޔައީ އެކަކު އަނެކަކުގެ ފަރާތުން ހިތްހަމަ ޖެހުމާ ލޯބި ހޯދަމުންނެވެ. މުޅި ދުނިޔެ ނިދާފަ ވާއިރު އެދެމަފިރިން އެކަކު އަނެކެއްގެ ކިބައިން ހިތް ފުރޭވަރަށް އުފާ ހޯދަމުން ދިޔައެވެ.

އެރޭ  ނިމިގެންދިޔައީ މި ފެށުނު އާ ހަޔާތުގެ މުސްތަޤްބަލަށް ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. އަދި ހަޔާތުގަ ކުރިމަތިވާ ގޮން ޖެހުންތަކާ ހިތާމަ ތަކުގަ ދެމީހުން އެކުގަ ބައިވެރިވުމަށް ވައުދުވަމުންނެވެ.

? ނިމުނީ ?

32
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mimmi ❤️

? ? Inspired by reader's comments ? ?

Other Articles

Previous

އިންތިޒާރުގައި ހުރިން (15)

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން… (01)

Next
March 16, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން… (01)

Previews
March 15, 2017

އިންތިޒާރުގައި ހުރިން (15)

39 Comments

  1. ❤️ Mimmi ❤️ says:
    March 16, 2017 at 3:13 am

    MORAL OF THE STORY:The small details of your lives are what really matter in a relationship. It is not the mansion, the car, property, the money in the bank. These create an environment conducive for happiness but cannot give happiness in themselves.
    True love will always find it’s way; No matter what obstacles are in it’s path. If your love is true; Just wait for it to find you ..♥ ?

  2. Naxy says:
    March 16, 2017 at 4:51 am

    Vvvvv reeethi

    1. ❤️ Mimmi ❤️ says:
      March 16, 2017 at 12:48 pm

      Thankx Naxy ?

  3. AkkO_AngeL says:
    March 16, 2017 at 7:47 am

    Nimunytha mi vaahaka??? 🙁 noooooo… Haadha dheraey… Dhn nehtha new stry eh uo kureveykah mimmi??
    Mivaahaka vx v habbu… Ekm dhigu koh genaii nama v furihama vees. ? keep it up?

    1. ❤️ Mimmi ❤️ says:
      March 16, 2017 at 12:58 pm

      Yes nimunee. Mi kurin genesdheefa in vaahaka eh. Dhen eyru genes dheefa in varah hama mi genesdhiny ekam kudhin chnges aa eku. Dhen Exam ninmmaafa fun loabige continue kuraanan In Sha Allah. Thankx Akko ?

  4. AkkO_AngeL says:
    March 16, 2017 at 7:48 am

    Nimunytha mi vaahaka??? 🙁 noooooo… Haadha dheraey… Dhn nehtha new stry eh upkureveykah mimmi??
    Mivaahaka vx v habbu… Ekm dhigu koh genaii nama v furihama vees. ? keep it up?

  5. liyaa says:
    March 16, 2017 at 8:18 am

    story is v v v nice.

    1. ❤️ Mimmi ❤️ says:
      March 16, 2017 at 1:01 pm

      Thankx Liyaa ?

  6. Afoo says:
    March 16, 2017 at 9:10 am

    NO mimmi
    Haadha avahah thi ninmaaly mihaa reethi story eh. Waiting for another story

    1. ❤️ Mimmi ❤️ says:
      March 16, 2017 at 1:01 pm

      Thankx Afoo ?

  7. Faathee says:
    March 16, 2017 at 11:49 am

    Alhey nimunee tha? Maa avaha thi ninmaalee. Khon irakun dhn mimmi ge ithuru vaahaka eh kiyaalan libeynee? V beynun ingey mimmi ge vaahaka eh kiyaalan

    1. ❤️ Mimmi ❤️ says:
      March 16, 2017 at 1:03 pm

      Thankx Faathee ? In Sha Allah varah avahah Fun loabi story continue kuran fashaanan. ?

  8. Hanan says:
    March 16, 2017 at 12:15 pm

    Beautiful story mimmi
    And I like the moral.. Mimmi Story ninmaairu moral genesdheythi varah salhi. Keep it up dear

    1. ❤️ Mimmi ❤️ says:
      March 16, 2017 at 1:04 pm

      Thankx Hanan ?

  9. Santhii says:
    March 16, 2017 at 1:40 pm

    vrh vrh vrh salhii… 😀

    1. ❤️ Mimmi ❤️ says:
      March 17, 2017 at 4:00 pm

      Thankx Santhii?

  10. mai says:
    March 16, 2017 at 2:20 pm

    Ekaku anekaku thunfathuga bos demun neyvaa hamayakah alhuvamun story nihmaalytha..

    1. ❤️ Mimmi ❤️ says:
      March 17, 2017 at 4:01 pm

      Haha yes ?

  11. Aish says:
    March 16, 2017 at 3:11 pm

    Mimmi alhe thankolheh dhigukohlinama mi story. varah dheravejja mihaa reehchah genesdheefa ninmaalyma

    1. ❤️ Mimmi ❤️ says:
      March 17, 2017 at 4:03 pm

      MI kurinves genesdheefa in story eh.. Evarah mi genesdhiny. ?

  12. haw shia shaba shi r says:
    March 16, 2017 at 3:24 pm

    Mashaa Allah haadha reachey,moyavaavaruvey v furihama,hama ragalhaves hithuge ehme himanaarah,asaru kohli kiyaali gadeegaves,hama habeys

    1. ❤️ Mimmi ❤️ says:
      March 17, 2017 at 4:05 pm

      Awwwn thankx Haw ?

  13. Chum handi says:
    March 16, 2017 at 3:29 pm

    Omg! this is totally fab….. i Loved your Moral mimmi……. eagerly waiting for your next amazing story…

    1. ❤️ Mimmi ❤️ says:
      March 17, 2017 at 4:21 pm

      Thankx chum handi ? ?

  14. Anonymous says:
    March 16, 2017 at 4:00 pm

    Wow beautiful story nd Moral too.

    1. ❤️ Mimmi ❤️ says:
      March 17, 2017 at 4:23 pm

      Thankx Anonymous ?

  15. Alya says:
    March 16, 2017 at 4:34 pm

    Adhi miadhuge part dhigukoh genesdhinyma happy vefa hure story kiyan feshyves. kiyaaa nimunu iru story ehkoh nimijje. Varah reethi ekam dheravejje avahah ninmaalyma

    1. ❤️ Mimmi ❤️ says:
      March 17, 2017 at 4:27 pm

      Alhey Really sorry. Thankx alya ? ?

  16. Sheyou says:
    March 16, 2017 at 6:18 pm

    V v v rythi
    Dhen v wait kuraanan mimmi ge funloabi ah
    Btw Good luck for your exam ?

    1. ❤️ Mimmi ❤️ says:
      March 17, 2017 at 4:28 pm

      Thankx Sheyou ? ?

  17. imagination says:
    March 16, 2017 at 11:16 pm

    vvvv reeeethiiiii

    1. ❤️ Mimmi ❤️ says:
      March 17, 2017 at 4:29 pm

      Thankx imagination ?

  18. Ulya says:
    March 17, 2017 at 7:48 am

    Very nice … love all ur stories ❤❤

    1. ❤️ Mimmi ❤️ says:
      March 17, 2017 at 4:31 pm

      Thankx ULya ?

  19. Reader says:
    March 17, 2017 at 3:00 pm

    Masha Allah nice story

    1. ❤️ Mimmi ❤️ says:
      March 17, 2017 at 4:33 pm

      Thankx Reader ?

  20. chew says:
    March 17, 2017 at 3:29 pm

    What
    Funloabi nimifa ennu eothy
    Mimmi abadhuves repeat kotths story gennany
    Mivaahaka ves repeat koh migenaee
    Funloabi ves nimifa eothy

    1. ❤️ Mimmi ❤️ says:
      March 17, 2017 at 4:35 pm

      Fun loabi story evaguthah ninmaaly ey mimmi buny due to my exams. Ekam exam nimunyma continue kuraanameyves mimmi bunin. Dhen mi story alun mi genesdhiny kurin ehn ID akun genesdhevifa inyma. ?

  21. T says:
    May 28, 2017 at 5:42 pm

    Mimmi hurihaa storys ves varah reethi. Dhen new story eh nehtha

Comments are closed.

All Right Reserved!