= ދެމަސް ފަހުން =

އެ ރެއަށްފަހު އަޔާޒު ޔުސްރާއަށް ރަނގަޅަށް ވާހަކައެއްނުދައްކައެވެ. ހާލުއަހުވާލު ބަލާލިނަމަވެސް، ކުރިން ދެއްކި ގޮތަކަށް ވާހަކަނުދައްކައެވެ. ނިދާއިރު ޔުސްރާގެ ގައިގައި ޖެހިލިޔަސް ދުރަށްދެއެވެ. ޔުސްރާގެ އަތުން ކާއެއްޗެއް ނުކައެވެ. ދެމީހުންގެ ގުޅުން މުޅިން ނިމިގެން ދިޔަހެން ހީވިއެވެ. އަޔާޒު ދިރިހުރިނަމަވެސް، ފުރާނަ ނެތްފަދައެވެ. ޔުސްރާވެސް ހަމަ އެހާލުގައެވެ. އެއްޗެއް ރަނގަޅަށް ނުކެވޭތާ ދެމަސް ދުވަސް ފާއިތުވެގެން ދިޔައިރު، ޔުސްރާ ހުރީ ކަށިކޮޅަކަށް ވެފައެވެ. ރޮއެ ރޮއެ ދެލޯ ހުންނަނީ އަބަދު ރަތްވެފައެވެ. ހިތްވަރު ލައިދޭނެ މީހަކުވެސް ކައިރީގައި ނެތެވެ. ރަމްޒާވެސް މިހާރު ޔުސްރާއާ ވާހަކައެއްނުދައްކައެވެ. މިކަމާ ޒުހުދާ ހުންނަނީ ވަރަށް އުފަލުންނެވެ. ޔުސްރާއާއިއެކު ކުރިން ގޭތެރޭގައިކޮށް އުޅުނު މަސައްކަތްތައް ވެސް މިހާރު ރަމްޒާ ކުރަނީ ޒުހުދާއާއިއެކުއެވެ. ޔުސްރާ މުޅިން ބާކީވީއެވެ. އަޔާޒު ގިނަވަގުތު ހޮސްޕިޓަލުގައި ހޭދަކުރަން ފެށުމުން، ޔުސްރާ އޮންނަނީ މުޅި ދުވަހު އެކަނިމާއެކަނި ކޮޓަރީގައި ބަންދުވެފައެވެ. ޔުސްރާ ހުރީ އަބަދު އެކަމާމެދު ވިސްނާ ވިސްނާ މޮޔަވާން ކައިރިވެފައެވެ. ފިލްމެއް ބަލާލިޔަސް، އެ ފިލްމަކުން އަޔާޒު ފެންނަފަދައެވެ. ވާހަކައެއް ކިޔާއިރު، ވާހަކައިގައި އަޔާޒު އުޅޭހެން ހީވެއެވެ.

****

އާދައިގެ މަތިން އަޔާޒު އުޅުނީ ޑިއުޓީގައެވެ. ބަލިމީހުން ބަލާނިންމުމަށްފަހުވެސް، ގެޔަށް ނުދާންވެގެން އަޔާޒު ދިޔައީ ކެންޓީނާ ދިމާލަށެވެ. ވީހާވެސް ގިނައިރަކު ހޮސްޕިޓަލުގައި މަޑުކުރެވޭތޯއެވެ. ސައިތައްޓަކާއި ދެތިން ހެދިކާ ނަގައިގެން ގޮސް ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެލިއެވެ. އަޔާޒު އަތުގައި ހުރި ސައިތަށި ގިރަން އިނީ ފުން ވިސްނުމެއްގައެވެ. ނުހަނު އުފަލުގައި ދެމީހުން އުޅުމަށްފަހު، ޔުސްރާ އެހެން މީހަކާއެކު އެފަދަ ކަމެއް ކޮށްފާނެކަމަކަށް އަޔާޒުގެ ހިތް ޤަބޫލެއްނުކުރެއެވެ. ނަމަވެސް، އިވުނު ބަސްތަކާއި ފެނުނު މަންޒަރުތައް ދޮގެއް ނުކުރެވޭނެތާއެވެ. އަޔާޒުގެ ހިޔާލުތައް ހުއްޓުނީ އެމްބިއުލެންސެއްގެ އަޑަށެވެ. ގެނެސްގެން އުޅެނީ ކާކުތޯ ބެލުމަށްޓަކައި އަޔާޒް އަވަހަށް ދިޔައެވެ. މުސްކުޅި ބެޔަކު އެމްބިއުލެންސުން ނެރުން އިރު، ކައިރީގައި އޭނާގެ ދަރިއަކު ހުއްޓެވެ. އެމީހާ އީ.އާރްއަށް ވެއްދުމާއެކު، އަޔާޒު އޭނާގެ ކޭހާއި ހަވާލުވިއެވެ. މަޢުލޫމާތުތައް ބަލާލިއިރު، މިއީ 70 އަހަރުގެ މީހެކެވެ. ނަމަކަށް ކިޔަނީ ހުސޭނެވެ. އަޔާޒު ހުސޭނުގެ ރިކޯޑްތައް ބެލުމުން، އޭނާއަށް އޮތީ ސްޓްރޯކެއް ޖެހިފައިކަން އެނގުނެވެ. ޓެސްޓުތައް ހަދަންވެސް ވަގުތު ނެތުމުން، އަޔާޒު އޭނާގެ ދަރިޔާ ވާހަކަދައްކަން އީ.އާރުން ނުކުމެލިއެވެ. “ޑޮކްޓަރ.. ބައްޕަ ކޮބާ؟ ބައްޕަ ރަނގަޅުތަ؟ ކީއްވީ ބައްޕައަށް؟” ފިރިހެން ކުއްޖާ ސުވާލެއްގެ މައްޗަށް ސުވާލެއް ކުރަމުންދިޔައެވެ. “ސްޓްރޯކެއް ޖެހުނީ.. އަވަހަށް އޮޕަރޭޝަން ކުރަން ޖެހޭނީ.. އަޅުގަނޑުމެން ދޭ ފޯމްތައް އަވަހަށް ފިލްކޮށްލާ.” އަޔާޒު އޭނާއާއި ވާހަކަދެއްކުމަށްފަހު، އަވަހަށް އީ.އާރްއަށް ވަނެވެ. އަދި އޮޕަރޭޝަނަށް ކުރަން އޮތް ހުރިހާ ތައްޔާރީތަކެއްވުމަށްފަހު، ބަލިމީހާ ގޮވައިގެން އޮޕަރޭޝަން ތިއޭޓަރަށް ވަނެވެ.

ހަތަރު ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު އަޔާޒު ތިއޭޓަރުން ނުކުތްއިރު، ހުސޭނުގެ އާއިލާ ތިއޭޓަރު ކައިރީގައި މަޑުކޮށްލައިގެން ތިއްބެވެ. “އޮޕަރޭޝަން ކާމިޔާބު.. އިރުކޮޅަކުން ކޮޓަރިއަކަށް ބަދަލުކުރާނެ..” “ވަރަށް ބޮޑަށް ޝުކުރިއްޔާ ޑޮކްޓަރ..” ހުސޭނުގެ ފިރިހެން ދަރި އަޔާޒުގެ އަތުގައި ހިފާލަމުން ބުންޏެވެ. ހުސޭނު ކޮޓަރިއަކަށް ބަދަލުކޮށް، ޗެކް-އަޕެއް ހެދުމަށްފަހު އަޔާޒު ގެޔަށްދާން ހޮސްޕިޓަލުން ނުކުތެވެ. ބާރަ ގަޑިއިރު ހޮސްޕިޓަލުގައި އުޅުމަށްފަހު، އަޔާޒު ހުރީ ވަރުބަލިވެގެން ގޮސް ހަލާކުވެފައެވެ.

އަޔާޒު ގެޔަށް އައިއިރު، ޔުސްރާ ހުރީ ހެދުންތަކެއް އިސްތިރިކުރަންށެވެ. އަޔާޒަށް ޔުސްރާ ފެނުމުން ޔުސްރާ ކައިރިއަށް ދާހިތްވެސްވެއެވެ. ނަމަވެސް، ޔުސްރާ ކުރި ކަންތައްތައް ހުރީ އަޔާޒުގެ ހިތުގައި ތަތްގަނޑެއްހެން ޖަހާފައެވެ. ޔުސްރާ އަޔާޒު ވަދެގެން އައިތަން ފެނުމާއެކު އިސްތިރި ނިއްވާލިއެވެ. ކައިރީގައި ހުރި ފެންޖަގުން ފެންތައްޓެއް އެޅުމަށްފަހު، އަޔާޒު އަތަށް ދިނެވެ. “ވަރަށް ވަރުބަލި ދޯ.. ކެއިންތަ..” ޔުސްރާ އަޔާޒާއި ވާހަކަދައްކަން މަސައްކަތްކުރިއެވެ. އަޔާޒު ޔުސްރާގެ ވާހަކަތަކަށް ބީރުކަންފަތެއް ދެމުން، ފެންވަރަން ދިޔައެވެ.

ސައިބޯން އެންމެން އެކުގައި ތިބިއިރު، އެންމެން ތިބީ އެމީހެއްގެ އަމިއްލަ ވާހަކައިގައެވެ. ޔުސްރާ އިންހެން ހީވެސްނުވެއެވެ. ކާހިތްނެތުމުން، ޔުސްރާ ކޮޓަރިއަށް ދިޔައީ ފެންކަޅިވެހުރެއެވެ. ޔުސްރާ ނުކައި ދިޔަތަން ފެނުމުން، އަޔާޒުވެސް ކޮޓަރިއަށް ދިޔައެވެ. އަޔާޒު ކޮޓަރިއަށް ވަދެގެންއައިއިރު، ޔުސްރާއިނީ ބިންމަތީގައި އިށީންދެގެންއިނދެ ރޯށެވެ. ޔުސްރާ ރޯތަން ބެލުމަކީ އަޔާޒަށް ކުޅަދާނަކަމަށް ނުވުމުން، ޔުސްރާ ގާތުގައި ގޮސް އަޔާޒު އިށީންދެލިއެވެ. “ކީއްވެ ނުކައި ތިއައީ؟” އަޔާޒު ޔުސްރާގެ ދަތްދޮޅީގައި ހިފާލަމުން ބުނެލިއެވެ. ބޭއިހްތިޔާރުގައި ޔުސްރާއަށް އަޔާޒު ގައިގައި ބައްދާލެވުނެވެ. އަޔާޒުގެ މޭމަތީގައި އޮވެ ގިސްލާފައި ރޮމުންދިޔައިރު، އަޔާޒުގެ ގަމީސް ޔުސްރާގެ ކަރުނައިން ފޯވަމުންދިޔައެވެ. އަޔާޒު ޔުސްރާގެ އަތުގައި ހިފާލިއިރު، ޔުސްރާ ހުރީ ހުމާ ފިހިފިހިއެވެ. “ޔުސްރާ.. ތިހުރީ ހުންއައިސްފައެންނު..” ޔުސްރާގެ ނިތްކުރީގައި އަތްޖައްސާލަމުން އަޔާޒު ބުންޏެވެ. “ހީވަނީ އެހެން..” ޔުސްރާ ބަލިއަޑަކުން ބުނެލަމުން އަޔާޒަށް ބަލައިލިއެވެ. އަޔާޒު ޔުސްރާ އުރާލައިގެން ގޮސް، އެނދުމަތީގައި ބޭއްވިއެވެ. އަދި ފޮތިކޮޅެއް ތެންމައިގެން ގެނެސް ޔުސްރާގެ ނިތްކުރީގައި ބޭއްވިއެވެ. ހުންބަލާކަށިގަނޑުން ޔުސްރާގެ ހުންހުރިވަރު ބެލުމުން، އަޔާޒުގެ ދެލޯ ބޮޑުކޮށްލެވުނެވެ. ހޫނުމިންހުރީ 45 ކަށް އަރާފައެވެ. އަޔާޒު ޔުސްރާއަށް ޕެނަޑޯލް ގުޅައެއް ދިނުމަށްފަހު، އަރާމުކުރަން ބާއްވާފައި ކޮޓަރިން ނުކުމެލިއެވެ. މާގިނައިރު ނުވަނީސް، އަޔާޒު އައީ ސޫޕްތައްޓެއް ހިފައިގެންނެވެ. ޔުސްރާ މަޑުމަޑުން ތެދުކޮށްދިނުމަށްފަހު، އަޔާޒު ސޫޕްތަށިން ސަމްސަލެއް ލަވައިދިނެވެ. އެވަގުތު ގައިގައި ރިއްސަމުން ދިޔަނަމަވެސް، އަޔާޒު އޭނާއާ ވާހަކަދެއްކުމުން ޔުސްރާ ހުރީ ނުހަނު އުފަލުންނެވެ. އަޔާޒުގެ އޯގާތެރިކަން ފެނިފައި ޔުސްރާއަށް އަނެއްކާވެސް އަޔާޒު ދެކެ ލޯބިވެވުނެވެ.

މެންދުރުވީއިރު، ޔުސްރާގެ ހުންމަޑުވުމުން، އަޔާޒު ޑިއުޓީއަށް ދާންނުކުތެވެ. ފަސްހަފަހަރު ޔުސްރާގެ ހުންބެލުމަށްފަހު، ބޭސްކާނެ ގަޑިތައް ކިޔައިދިނެވެ. ދިޔުމުގެ ކުރިން، ޔުސްރާ ތެދުވަންނުޖެހޭގޮތަށް މޭވާކޮތަޅަކާއެކު ފެންޖަގެއްވެސް ސައިޑްޓޭބަލްގައި ބޭންދިއެވެ.

އާދައިގެ މަތިން، ބަލިމީހުން ބެލުމަށްފަހު، އަޔާޒު ކެންޓީނަށް ދާން އުޅެނިކޮށް، ސްޓްރޯކެއް ޖެހިގެން ކުރިން ރޭ އައި މީހާގެ މަތިން ހަނދާންވިއެވެ. ހުސޭނުގެ ހާލު ބެލުމަށްޓަކައި އޭނައޮތް ކޮޓަރިއަށް އަޔާޒު ދިޔައެވެ. “ހެލޯ ޑޮކްޓަރ..” ހުސޭނުގެ ފިރިހެންދަރި އަޔާޒު ފެނުމާއެކު ގޮނޑިން ތެދުވަމުން ބުންޏެވެ. އެނދުގެ އެއް ފަޅީގައި އޭނާ އިންއިރު، އަނެއް ކޮޅުގައި އެހެން ކުއްޖަކުވެސް އިށީންދެގެންއިނެވެ. “ބައްޕަ މިހާރު ރަނގަޅު.. ދެންމެ އައި ޑޮކްޓަރ ބުނި މާދަން ގެޔަށް ދޫކުރާނަމޭ. ވަރަށް ބޮޑަށް ތޭންކްސް އަސްލަށްވެސް.. ކޮފީއެއް ބޯލަން ދާނަންތަ ކެންޓީނަށް؟ ދާން އުޅެނިކޮށް ތިއައީ ހަމަ.” “އަލްހަމްދުލިއްލާހި.. އާން.. ހިނގާ ދޯ..” އަޔާޒު ހީލަމުން ބުންޏެވެ.

ދެމީހުންވެސް ކަޅުކޮފީއެއް އަޅައިގެން އައިސް ކެންޓީނުގައި އިށީނެވެ. “އަދި އިންޓްރޮޑިއުސް ވެސް ނުވަންދޯ.. އައި އޭމް ނާޝިދު.. ނާއްޓޭ އޭ ކިޔާނީ ރައްޓެހިން.” ކޮފީކޮޅެއް ބޯލަމުން ނާޝިދު ބުންޏެވެ. “އައިމް އަޔާޒު.. ނައިސް ޓު މީޓް ޔޫ..” އަޔާޒު ޖަވާބުގައި ބުންޏެވެ. ދެމީހުންނަށް ވާހަކަދައްކަން ތިބެވުނީ ކިހާއިރެއް ވަންދެންކަންވެސް ނޭނގެއެވެ. އަޔާޒަށް ދާން ޖެހުނީ ހޮސްޕިޓަލުން ގުޅުމުންނެވެ. “ދަނީ އޭ.. ހަބަރެއް ވެލާތި.” އަޔާޒު ދަމުން ބުނެލިއެވެ. “އާން.. ގުޅާލާނަން..” ނާޝިދު ގޮވާލިއެވެ.

އަޔާޒު ގެޔަށް ދިޔައިރު، ޔުސްރާ އިނީ ވާހަކައެއް ކިޔަންށެވެ. ކޮޓަރިއަށް ވަނުމާއެކު، އަޔާޒު އަޅައިގެން ހުރި ޓައި ބޭލުމަށްފަހު ގޮނޑިއެއް މަތީ ބޭއްވިއެވެ. އަޔާޒުވެސް އައިސް އެނދުމަތީގައި އިށީންނަމުން ޔުސްރާގެ ނިތްކުރީގައި އަތްޖައްސާލުމަށްފަހު ހުން ބަލާލިއެވެ. “އަދިވެސް ހުން އެބަހުރިދޯ؟ ހިނގާ ޑޮކްޓަރަށް ދައްކަން..” އަޔާޒު ކަންބޮޑުވެފައިހުރެ ބުނެލިއެވެ. “ނޫން.. މީ ހަމަ އާދައިގެ ހުމެކޭ.. ޔުސްރާގެ ވާހަކަ އަޑުއަހާލަބަ ދެން.” ޔުސްރާ އަޔާޒުގެ އަތުގައި ހިފާލަމުން މަޑުމަޑުން ބުންޏެވެ. “ޔުސްރާ ބަލިވީމަ، މިއުޅެނީ މިހެން.. އަހަރެން ބޭނުމެއް ނޫން މާގިނައިން ދެން ޔުސްރާއާ ވާހަކަދައްކާކަށް..” އަޔާޒު ޔުސްރާގެ އަތުން އޭނަގެ އަތް ނަގަމުން ބުންޏެވެ. “އެދުވަހު އެއީ ޔުސްރާ ގެނައި މީހެއްނޫން. ނޭނގެ އެއީ ކާކުކަމެއްވެސް..” ޔުސްރާ އަނެއްކާވެސް އަޔާޒުގެ އަތުގައި ބާރަށް ހިފާލަމުން ބުންޏެވެ. “ޔުސްރާ ނުގެންނަންޔާ ދެން މިގެޔަށް އޭނަ ގެންނާނީ ކާކު؟” އަޔާޒު ޔުސްރާގެ ލޮލާ ކަޅިހަމަކޮށްލަމުން ބުންޏެވެ. ޔުސްރާގެ ލޮލުންވެސް އޭނާ ކަމެއްނުކުރާކަން ބުނެދޭފަދައެވެ. “ޔުސްއަކަށް ނޭނގެ.. އެކަމަކު ޔުސްގެ ވާހަކަ ގަބޫލުކޮށްބަ..” ޔުސްރާ މިހެން ބުނެލުމާއެކު އަޔާޒު ޔުސްރާގެ ގައިގައި ބައްދައިގަތެވެ. “އަޔާޒަކަށް ނޭނގެ މިހާރު ހަޤީޤަތަކީ ކޮބައިކަމެއް.. އެނގޭހާވެސް އެއްޗަކީ ކައިވެންޏަށް މިވީ ކުޑަދުވަސްކޮޅު ތެރޭގައިވެސް އަހަރެންނަށް ޔުސްރާ ދެކެ ވަރަށް ލޯބިވެވިއްޖެ.. އައިމް ސޮރީ.. ބަޓް އައި ޑޯންޓް ނޯ ދެން.. މަންމަވެސް ދޮގެއް ނުހަދާނެދޯ..” އަޔާޒު ބޮލުގައި އަތް އަޅާލަމުން ބުންޏެވެ. “އަޔާޒު މިކަމާ ވިސްނާ ވިސްނާ މިހާރު ބޯގޮވަން ކައިރިވެއްޖެ.. ޔުސްރާ..” އަޔާޒުގެ ވާހަކަ ހުއްޓާލަމުން ޔުސްރާގެ ގައިގައި އަނެއްކާވެސް ބައްދާލިއެވެ. “ޔުސްރާ މިބުނީ ތެދެއްކަން އަދި އެއްދުވަހަކުން އަޔާޒަށް އެނގޭނެ.. އެދުވަހަކުން އަހަރެންނަށް އަޔާޒު އެނބުރި ލިބޭނެ..” ޔުސްރާވެސް އަޔާޒުގެ ގައިގައި ބައްދާލައިގެން ހުރެ، އަޔާޒުގެ އިސްތަށިގަނޑުގައި ފިރުމަމުން ބުންޏެވެ.

****

އޭގެ ދެތިން ދުވަސްފަހުން އަޔާޒުގެ ފޯނަށް ނާޝިދު ގުޅާލިއެވެ. “ހޭ، ކޮންތާކު ތިއުޅެނީ؟ ކޮފީއެއް ނެތްތަ.. ހިނގާ ދިމާވެލަން..” އަޔާޒު ފޯނު ނެގުމާއެކު ނާޝިދު ބުނެލިއެވެ. “އަންހެނުން ކުޑަކޮށް ބަލިވެ އުޅޭތީ ގޭގަ މިއުޅެނީ.. އަންނަންވީ އެންނު މިގެޔަށް.. ކޮފީ ބޮވިދާނެ ދޯ ހަމަ ގޭގަވެސް..” އަޔާޒު ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. “ހަހަ، ދޯ.. ބުނެބަލަ އެޑްރެސް…” “މ.ސަންކޯނަރ.. ތިންވަނަ ފަންގިފިލާ އިނގޭ.. ލެކިއުޓް ކައިރީގަ..” “ސަންކޯނަރ އޭ.. ހަމަ ތިންވަނަ ފްލޯ؟” ނަޝީދު ދިޔައީ ތަރިބުރައިގެންނެވެ. “ހާން.. ކީއްވީ..” ނާޝިދަށް ވީގޮތަކުން އަޔާޒު އަހާލިއެވެ. “ކަމެއްނުވޭ.. މިދަނީ އިރުކޮޅަކުން..” ނާޝިދު އަވަހަށް ފޯނު ބޭއްވިއެވެ. ކުއްލިއަކަށް، ނާޝިދުގެ ހިތް ބިރުގަންނަން ފެށިއެވެ. އޭނާގެ ނިއްކުރިމަތިން ދާތިކިތައް ބަބުޅަމުންދިޔައެވެ. ނަމަވެސް، އަޔާޒަށް އެދުވަހު ވީގޮތް ތެދުތެދަށް ކިޔައިދޭން ނިންމީ، އަޔާޒު އޭނަގެ ބައްޕަގެ ފުރާނަ ސަލާމަތްކޮށްދިންކަން ހަނދާންވުމުންނެވެ. ކޮންމެއަކަސް، އޭނާއަށް ކުރެވުނީ ބޮޑުވެގެންވާ ކުށެކެވެ. ވީގޮތް ކިޔައިދީގެން ނޫނީ، ކުށް އިސްލާހުކުރެވޭކަށްވެސް ނެތެވެ. ނާޝިދު އަޔާޒުމެންގެޔަށް ދާން ސައިކަލަށް އެރީ ދެހިޔާލެއްގައި ހުރެއެވެ.

ނާޝިދު އެގޭ ކައިރިއަށް ސައިކަލު ޕާކުކޮށްލުމަށްފަހު، ފުން ނޭވާއެއްލިއެވެ. އެދުވަހު ކުރެވުނު ކަންތައް ހަނދާންވުމުން ގޭތެރެއަށް އެންމެ ފިޔަވަޅެއްވެސް އަޅަން ނުކެރުނެވެ. ނަމަވެސް، ހިތްވަރުކޮށްލުމަށްފަހު ގެޔަށް ވަދެގެން ގޮސް، އަޔާޒުމެން އުޅޭ ބައިގައި ޓަކިޖަހާލިއެވެ. އަޔާޒު ދޮރުހުޅުވަމުން، ކައިރީގައި ހުރި ސޯފާގައި އިށީނުމަށް ބުންޏެވެ. ޔުސްރާއަށް ނާޝިދު ގެޔަށް ވަދެގެން އައިތަން ފެނުމާއެކު، އޭނާ ހުރީ ކަޅި ޖަހާލަންވެސް ނޭނގިފައެވެ. ޔުސްރާގެ އަތުގައި އޮތް ފެންތަށި އަތުން ދޫވެގެން ވެއްޓުނު އަޑަށް، ރަމްޒާވެސް ގެޔަށް އައީ ކާކުތޯ ބަލާލިއެވެ. “އަނެއްކާ ގެނައީތަ.. ދެން ކީކޭ ބުނާނީ.. އަޔާޒު ހުއްޓާވެސް. ލަދެއް ހަޔާތެއްވެސް ނެތީތަ، ޔުސްރާ..” ރަމްޒާ ހަޅޭއްލަވައިގަތެވެ. ރަމްޒާގެ ބަސްތަކުން އަޔާޒު ދިޔައީ ސިހިގެންނެވެ. “މަންމާ.. މިއީ ނާޝިދޭ.. އަޅުގަނޑުގެ ފްރެންޑެކޭ..” ނާޝިދުގެ ކޮނޑުގައި އަތްއަޅާލަމުން އަޔާޒު ބުންޏެވެ. “އަހަންނަށް ހެވޭ ކޮންމެ މީހަކަސް..” ރަމްޒާ ރުޅިއައިސްހުރެ ސިޓިންގް ރޫމަށްވަނެވެ. “މިތަނުން ނުކުމެގެން ދޭ..” ރަމްޒާ ނާޝިދު ސޯފާއިން ތެދުކުރަމުން ބުންޏެވެ. ރަމްޒާގެ ހަޅޭކުގެ އަޑަށް، ޒުހުދާއާއި އާދަނުވެސް ކޮޓަރިން ނުކުތެވެ. ޔުސްރާއަށް އިންތާ އިނދެވުނީ ގަނޑުވެފައެވެ. ނާޝިދު ފެނުމާއެކު ޒުހުދާ ބިރުންގޮސް މޭގަނޑު އަތަށް ނައީ ހަމަކިރިޔާއެވެ. “މަންމާ. ކީކޭތަ ތިކިޔަނީ..” އަޔާޒުގެ މޫނުމަތިން ފެންނަނީ ބޮޑު ސުވާލުމާކުތަކެކެވެ. “އަޔާޒު.. އެބުނީ ތެދެއް.. އެރޭ މިގެޔަށް އައީ އަހަރެން.. މިއައީ މާފަށް އެދެން.. ނޭނގެ އެއީ އަޔާޒުގެ އަންހެނުންކަމެއް..” ނާޝިދު އިސްޖަހައިގެންހުރެ ބުނެލިއެވެ. “އަހަރެންނަށް މަޖުބޫރުވީ.. ބައްޕަގެ ބޭހަށް ލާރި ހޯދަން.. މީހަކު ބުނެގެން އެކަންކުރީ.. އައިމް ސޯ ސޮރީ..” ނާޝިދުގެ ވާހަކަ ނިންމާލުމާއެކު، އަޔާޒު އޭނާގެ ކޯމަތީގައި ހޫނު އެތިފަހަރެއް ޖެހިއެވެ. “ކަލެއޭ. ކާކު ބުނެގެން ކަލޭ އައީ.. ބުނެބަލަ، ކާކުތަ..” ނާޝިދުގެ ގިރުވާނުގައި ހިފާލުމަށްފަހު އަޔާޒު އެހިއެވެ. އަޔާޒުގެ މޫނު ރުޅިގަދަވެގެންގޮސް ރަތްވިއެވެ. “ޒުހުދާ.. އެހުރީނު.. އޭނަ. މަގޭ ފްރެންޑެއް އެއީ.. ޤަބޫލުނުކުރަންޏާ މަގޭ ފޯނު ބެލިޔަސް ހެޔޮ.. އެރޭ ގުޅާފަ ހުންނާނެ..” ނާޝިދު އެހެން ބުނުމާއެކު އާދަނާއި ރަމްޒާގެ ހިތްހުއްޓުނުފަދައެވެ. ޒުހުދާ އެފަދަކަމެއް ކޮށްފާނެކަމަށް، ދުވަހަކުވެސް އެމީހުން ހިޔެއްނުކުރެއެވެ. ޒުހުދާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފަ، އަނގަމަތީގައި އަތްއަޅައިގެންނެވެ. އާދަނު ގޮސް ނާޝިދުގެ ފޯނު އޭނަގެ އަތުން ނެގުމަށްފަހު، ކޯލް ލޮގު ބަލާލިއެވެ. “އެބުނީ ހަމަ ތެދެއް..” ކޯލް ލޮގުތައް ފެނުމާއެކު، އާދަނަށް ޖެހުނު ޝޮކެއްގެ ބޮޑުކަމުން ކައިރީގައި ހުރި މޭޒުގައި އަތް އަޅާލުމަށްފަހު ސޯފާއަށް ވެއްޓިގަނެވުނެވެ. “އަހަރެން ދެން ދަނީ.. ވަރަށް ބޮޑަށް މާފަށް އެދެން، އަޔާޒް.” ނާޝިދު ގެއިން ނުކުތުމަށްޓަކައި ދޮރު ހުޅުވާލަމުން ބުންޏެވެ. އެވަގުތު އެންމެންގެ ލޯތައް އަމާޒުވެފައިހުރީ ޒުހުދާއަށެވެ. އޭރުވެސް ބަދިގޭގައި ޔުސްރާ ގަނޑުވެފައި އިނީ ބަސްހުއްޓިފައެވެ. “ޒުހުދާ.. ކީއްކުރަން ކުރިކަމެއްތަ.” ރަމްޒާ ގޮނޑިއެއްގައި އިށީންނަމުން ކިރިޔާ އިވޭވަރަށް އަހާލިއެވެ. “އަހަރެން.. އަހަރެން.. ހަސަދަވެރިވީ.. ޔުސްރާދެކެ ރުޅިއާދެވުނީ.. އަހަރެން.. ނޭނގެ.. އައިމް ސޯ ސޮރީ މަންމާ.” ރަމްޒާގެ ފައިގައި އަތްލަމުން ޒުހުދާ ބުންޏެވެ. ޒުހުދާގެ ބަސްތަކުން ރަމްޒާ އިންތިހާއަށް ރުޅި އަންނަގޮތްވިއެވެ. “މިގެއިން ނުކުމޭ.. މިބުނީ ނުކުންނާށޭ.. ދެން ދުވަހަކުވެސް ނާންނާތި..” ރަމްޒާ ޒުހުދާގެ ގައިގައި ކޮޅުފައިން ޖަހަމުން ހަޅޭއްލަވައިގަތެވެ. ޒުހުދާ އަރިއަޅާލައިގެން ވެއްޓުމުން ޔުސްރާ އައިސް އޭނާއަށް ތެދުވުމަށް އެހީވިއެވެ. “މަންމާ.. އޭނައަށް މާފުކުރޭ.. ދޮންބެއަކަށް ނޫޅެވޭނެ ޒުހުދާއާ ނުލާ..” ޔުސްރާ ރަމްޒާ ކައިރީގައި އިށީންނަމުން ބުންޏެވެ. “ހެވޭ ކޮންމެ މީހަކަށް ނޫޅެވުނަސް.. އަހަރެންވެސް ބޭނުމެއް ނޫން ޒުހުދާ ފެންނަ ތަނެއްގައި ހުންނާކަށްވެސް..” އާދަނު ދުރުގައި ހުރި ސޯފާގައި އިށީނދެ އިނދެ ބުނެލިއެވެ. އަޔާޒުވެސް އާދަނު ކައިރީ އިށީންދެގެން އިނީ ހުއްޓުންއަރާފައެވެ. “އަހަރެން ނުދާނަން މިގެޔަކުން.. މިހާރު އަހަރެންގެ ބަނޑުގައި އެބޮތް ފަޒީލުގެ ދަރިއެއް.. އަހަރެންދެކެ ކިތަންމެ ރުޅިއަޔަސް، އެކުއްޖާއާމެދު ވިސްނާލާ..” ޒުހުދާ ބަނޑުގައި އަތް އަޅައިގެން ހުރެ ގިސްލާފަ ރޯންފެށިއެވެ. “ކޮން ދަރިއެއް..” ރަމްޒާ ކޮޅަށް ތެދުވަމުން ބުނެލިއެވެ. އެންމެންގެ ދެލޯ އަނެއްކާވެސް އަމާޒުވީ ޒުހުދާއާ ދިމާލަށެވެ. “އަހަރެން ބަނޑުބޮޑު.. އެވާހަކަ މިއަދު ބުނަން އުޅެނިކޮށް މިހުރިހާ ކަމެއް މިވީ.. އަހަރެންނަށް މާފުކޮށްދީ، ޔުސްރާ. ހެޔޮނުވާނެ..” ޒުހުދާ ރޮމުން ރޮމުން ބުނެލިއެވެ. ޒުހުދާ ކުރި ކަންތައްތަކާ، ބުނި ބަސްތައް ޔުސްރާ ހަނދާންހުރިނަމަވެސް، ޒުހުދާއަށް ބޭއިހްތިޔާރުގައި މާފުކުރެވުނެވެ. ކުރެވުނު ކުށުގެ އިހުސާސްކުރެވުމުން ޒުހުދާ ޔުސްރާ ގައިގައި ބައްދާލިއެވެ. “އެވަރުގެ ކަމެއް ކުރީމަވެސް، ތި މާފުކުރީ.. ތިހާ ރަނގަޅު ކުއްޖެއް ދެކެ ރުޅި އާދެވުނީ ކީއްވެކަމެއްވެސް ނޭނގެ.. އައިމް ސޯ ސޮރީ.. ސޯ ސޮރީ، ޔުސްރާ..” ޔުސްރާގެ ކޮނޑުމަތީގައި ބޯއަޅައިގެން އޮވެ ޒުހުދާ ބުންޏެވެ.

އަޔާޒުހުރީ ޔުސްރާއަށް ވާހަކަދައްކަން ނުކެރިފައެވެ. ދުރުގައި އިށީންދެގެން އިންއިރު އޭނާ ހުރީ ޔުސްރާއަށް ގެއްލިފައެވެ. ޔުސްރާގެ އަނަރޫފަވެފައިވާ ހަށިގަނޑާއި، ލޯކައިރިން ވަޅުވަދެފައިހުރިތަން ފެނުމުން އަޔާޒު އިންތިހާއަށް ހިތުގަޖެހުނެވެ. ޔުސްރާއަށް ޝައްކުކުރެވުނީތީ ރަމްޒާއާއި އާދަނުވެސް ހުރީ ނުހަނު ދެރަވެފައެވެ. ޔުސްރާ ބަލިވެ އުޅުނުއިރުވެސް، އެހީގެ އަތެއް ދިއްކޮށްނުލެވުނީތީ އެދެމީހުން ލަދުގަތެވެ. “އަޅެ ނޫން.. މަންމަމެންގެ ކުށެއްނެތް.. އިޓްސް އޯކޭ އޭ..” ރަމްޒާ އާއި އާދަނު މާފަށް އެދުމުން ޔުސްރާ ބުންޏެވެ. “ހިނގާދޯ ދެން ކާން..” ޔުސްރާ ވާހަކަ އޮޅުވާލަން މަސައްކަތްކުރިއެވެ. “އާން.. ހިނގާ..” ރަމްޒާ ނޭފަތް ދަމާލާ ކޯތާފަތުގައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ބުންޏެވެ.

މެންދުރު ކެއުމަށްފަހު، ޔުސްރާ ހުރީ ކޮޓަރިތެރެ ކުނިކަހަންށެވެ. އަޔާޒު ކައިގެން އައިސް، ޔުސްރާގެ އަތުގައި އޮތް ފިހިގަނޑު ނަގާ، ދުރުގައި ބެހެއްޓިއެވެ. ޔުސްރާގެ އަތުގައި ހިފާލުމަށްފަހު، އެނދުމަތީ އިށީނުމަށް ބުނީ ލަދުންހުރެއެވެ. “ޔުސްރާއަށް އިތުބާރު ނުކުރެވުނީތީ މިހާރު ލަދުވެސްގަނޭ.. ބުނާނެ އެއްޗެއްވެސް ނޭނގެ.. މިދިޔަ ދުވަސްތަކު ޔުސްރާއާމެދު އަހަރެންނަށް ކަންތައް ކުރެވުނީކީ ރަނގަޅަކަށް ނޫން..” އަޔާޒު ހުރީ ޔުސްރާއާއި ކަޅި ހަމަކޮށްލަންވެސް ނުކެރިފައެވެ. ޔުސްރާއަށް އިތުބާރުނުކޮށް، އޭނާގެ ހިތްކުދިކުދިކޮށްލެވުނީ ހަމަ އަޔާޒުގެ ދެއަތުންނެވެ. އެވަގުތު އަޔާޒު އަމިއްލަ ނަފްސުދެކެ އައި ރުޅިއަކުން އަތް މުށްކަވާލުމަށްފަހު، އެނދުގައި ބާރަކަށް ޖެހިއެވެ. “ޔުސްރާ އަހަރެންނަށް މާފުކުރިޔަސް، އަހަރެންނަށް ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފެއް ނުކުރެވޭނެ..” އަޔާޒުގެ ލޮލުން މާޔޫސްކަމާއި ނުތަނަވަސްކަން ފެންނަމުންދިޔައިރު، އޭނާ ކޮނޑު އެލުވާލައިގެން އިނީ، ކުރާނެކަމެއް ނޭނގިފައެވެ. ޔުސްރާ އަޔާޒުގެ މޫނުގައި ލޯބިން ފިރުމާލަމުން، ތުންފަތާއި ކަނދުރާގައި ބޮސްދިނެވެ. އަޔާޒު ޔުސްރާގެ ތުންފަތަށް މަޑުމަޑުން ބޮސްދިނުމާއެކު، ޔުސްރާއަށް ދެލޯމަރާލެވުނެވެ. އަޔާޒު ޔުސްރާ އަދިވެސް ބޮޑަށް ގާތްކޮށްލުމަށްފަހު މަޑުތަންމަތީގައި ޔުސްރާ ބޭއްވިއެވެ. އަޔާޒާއި ޔުސްރާގެ ދެމެދުގައި ލަފުޒުތަކެއް ބަދަލުނުކުރިނަމަވެސް، ދެ ހަށިގަނޑަށް ބަސްމޮށުންތެރިކަން ލިބިފައިވާފަދައެވެ. އަޔާޒު ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުން، ޔުސްރާ ގައިގައި ފިރުމަމުން ދިޔައެވެ. އަޔާޒުގެ ކޮންމެ އެދުމަކަށްވެސް ޔުސްރާ ކިޔަމަންތެރިކަމާއެކު ބޯލަނބަމުން ދިޔައެވެ. އެ ފޮނިފޮނި ވަގުތުކޮޅު ނިމޭކަށް ދެމީހުންވެސް ބޭނުމެއް ނުވިއެވެ.

5

12 Comments

  1. umee

    December 18, 2016 at 7:59 pm

    salhi

  2. Khajja

    December 18, 2016 at 8:14 pm

    Mivaahaka minimuneetha haadhakurey V reethi mivaahaka

  3. Ainth

    December 18, 2016 at 8:20 pm

    Wowww.
    Varah salhii..?
    Varah furihama
    Keep it up ..

  4. #una❤

    December 18, 2016 at 8:42 pm

    Masha allah❤..Leykokaaa speechless..furthama alah story liyaa kuhjaaku liyefa hn nuvey kiyaaa iruga eh…vahaka liyefa huriigoih varah salhi..sifa kohdhinuh vs ..varah molhu vahaka liyah..adhi baivaru vahaka kiyaaalah libeyney kamah mi umeedhu kuranii insha allah..leykokaa akii vahaka ge li mugai Kuriyah dheveyney kujjeh kah yageen..just loved it..leykokaa ge ehn story eh story eh ge inthixaaruga..lurvv you..keep it up..thanks mifaharu dhigu kohdheenema ????

  5. Hassu

    December 18, 2016 at 8:49 pm

    Kahanii mi twist… Varah salhi..varah habeyss..finally bust vy dhw yeay.. Yus hadha ragalhey ekm ey zuhudhaa gadu varah foohi very..ayaaz sakku kuraakah nuvaaney ..aee varah goas kameh ..saku kurah yaa badal mashala jeheynii..?leykokaa ur the best varah furihama ..???? mind blowing.. Keep it up..tvvvgc

  6. Faathun

    December 18, 2016 at 8:51 pm

    Nice

  7. Andhu

    December 18, 2016 at 9:07 pm

    Adhi vaahaka nunimey dhw. … very stunning leykokaa

  8. xum

    December 18, 2016 at 9:47 pm

    V v salhi

  9. Aika

    December 18, 2016 at 10:21 pm

    Haadha mistakes gina ey

  10. Aakee

    December 22, 2016 at 10:37 am

    v reethi …. next episode up kohla dheebaa avahah plspls

  11. Faru

    December 24, 2016 at 1:59 pm

    Wow mi vaahaka v v v reethi. I love it.♡♡♡♡

  12. Chum handi

    January 3, 2017 at 6:44 am

    alhey next part up nukuran tha thihiry.. mioh reethi vaahaka dhen nuliyangnaa vrh dheravaane.. admin or someone, plx cheak what happend to the writer….pl plz plz plzzzzzzzzzzzzz

Comments are closed.