އެހާ ދުވަސް ފަހުން ރިޝްމީގެ ނަން އިވުމުން ހިތަށް ފާޑެއްގެ ގޮތެއްވިއެވެ. ނާޝިދު އެކުރީ ކޮންކަހަލަ ސުވާލެއް ހެއްޔެވެ. އޭނައަށް އެސުވާލަށް ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ. “އޭއި..ކޮބާ މަ ކުރި ސުވާލުގެ ޖަވާބު.. އެއަށް ޖަވާބެއް ދޭން ހާދަ ގިނައިރެކޭ ތިވަނީ..” އަޒާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ނާޝިދު އަހާލިއެވެ. އަޒާން އެއްވެސް އެއްޗެއް ނުބުނެ ހުރީ އެސުވާލަށް ޖަވާބު ދޭ ހިތްނުވީމައެވެ. “ކޮން ވާހަކައެއްތަ ތިފެށީ..ނާދުއަށްވެސް އެނގޭނުން އެއީ އަހަރެން ދައްކަން […]
“އަނގަވެސް ހުޅުވޭނެ..ސޮނިވެސް ވެއްޓޭނެ..ލޮލުގެ ކަޅިވެސް ވެއްޓޭނެ.. ރިއްޕެ ކަލެއަކަށް ނުފެނޭތަ އަޒާން އެއްއިރެއްގަ ގެންގުޅުނު ވަތުކިބައެއް..” ނާޝިދު މިހެން ބުނުމުން ރިފާއުވެސް އެކި އެކި ދިމާއަށް ކަޅި އުކައިގަތެވެ. “މޭން..އަނެއްކާ ހަމަތަ..؟ މަށަކަށް ނުފެނޭ އޭނައެއް…” ރިފާއުއަށް މިހެން ބުނެވުނީ އެއަންހެންކުއްޖާ އެހެން ގޯޅިއަކަށް އަޅައި ދިޔަ ފަހުންނެވެ. އޭރުވެސް އަޒާން ހުރީ ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ. އަތުގައި އޮތް ސިނގެރޭޓް ރޯކުރަންވެސް ހަނދާން ނެތިފައެވެ. އަޒާންއަށް ހޭވެރިކަންވީ ނާޝިދު ކޮނޑުގައި ބާރަކަށް ޖަހާލުމުންނެވެ. “އޭ..އަޒާން..އޯކޭތަ […]
“ރިޝްމީ..ރިޝް” ހިޔާލަކަށް ގެއްލިފައި އިން ރިޝްމީ ސިހުނީ ދޮރުގައި މީހަކު ޓަކި ތެޅުމުންނެވެ. އަވަސް އަވަހަށް އަތުގެ ނުފުށުން ލޯ ފުހެލުމަށްފަހު ދޮރު ހުޅުވާލިއެވެ. “ސާބަހޭ ކަމަނާފުޅަށް..އަބަދުވެސް ކޮޓަރިކޮޅުގަ ދޯ..ފޫއްސެއް ވެސް ނުވޭތަ..؟ ކޮޓަރިތެރެއަށް ވަންނަމުން ރިޝްމީގެ އެންމެ ގާތް އެކުވެރިޔާ ސާރާ އަހާލިއެވެ. ކޮޓަރިއަށް ނަޒަރު ހިންގާލުމަށްފަހު ސާރާ ވަރަށް ރަނގަޅަށް ރިޝްމީއަށް ބަލާލިއެވެ. “މިއަދުވެސް ރުއީ ދޯ އަނެއްކާ..؟ އެކަމަކު ރިޝް..ކީއްވެތަ އަބަދު އެކަމާ ތިވިސްނަނީ..ޕްލީޒް މޫވް އޮން ކޮށްބަލަ..” ސާރާ ހުރީ […]