Skip to content
އެސްފިޔަ

ހިތި މާޒީ

މަޑުހިނގުމެއްގައި ރީނާ ހިނގައިފައި ދިޔައިރު އޭނާގެ ލޮލުގައިވަނީ ކަރުނައެވެ. ރީނާގެ މޫނުމަތިން އޭނާގެ ހިތަށް ކުރަމުން ދިޔައަސަރު ފެންނަމުންދިޔައެވެ. ރީނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެނާގެ މާޒީގެ ސޮފުހާތަކެވެ. އެފުން މަޒީގެ ކަނޑުގެ ތެރެއަށް އޭނާ ގެނބިފައިވާވަރުން ވަށައިގެންވާ މާހައުލުގައި ހިނގަމުންދިޔަ ކަންކަމުން އޭނާއަކަށް އުފަލެއް ނުލިބެއެވެ.

ފަސް އަހަރު ކުރިއެވެ. ދުވަހުގެ އިރުއަރައިގެން އައީ އުފާވެރިކަމާ އުންމީދުތަކެއް ގެނުވަމުންނެވެ. ރީނަގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ކުޑަދޮރު ކައިރީ ހުރެ ރީނާ ދިޔައީ އޭނާގެ މަންމަ އާއި އަލިބެ ދައްކަމުން ދިޔަވާހަކަ އަޑުއަހަމުންނެވެ. “އެއީ ކުދިންބަހައްޓާ ގެއެއް. މަހަކު 2000 ރުފިޔާ ދޭން ޖެހޭނީ ގޭމީހާޔައް. ދެން އަމިއްލަޔަށް ހުރިހާ ޚަރަދެއް ކުރަންޖެހޭނި” އަލިބެގެ ވާހަކަ ނިމުމުން ރީނާގެ މަންމަ ސަމާ ބުންޏެވެ. “ތިގޭގަ ރީނާ ބަހައްޓަން ހަމަޖައްސާ. މާދަމާ ނޫން އޭގެ އަނެއްދުވަހަށް ޓިކެޓު ލިބިފަ އޮތީ”.

ދެދުވަސް ފަހެވެ. ލޯންޗަށް ރީނާ އެރިއިރު އޭނާގެ އުފާވެރިކަން ވަނީ ހިތާމަވެރިކަމަށް ބަދަލުވެފައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މާލެ ކިތަންމެ ދާހިތްވިޔަސް ކިތަންމެ މޮޅަށް ކިޔަވާހިތް ވިޔަސް އުފަންވެ އުޅެ ބޮޑުވިރަށް ދޫކޮށް ދާންޖެހުމުން ހިތަށް އަސަރު ކުރާނެއެވެ. ރޮވޭނެއެވެ. ލޮލުން ފައިބަން ތައްޔާރުވެފައިހުރި ކަރުނަތައް ހިފަހައްޓަމުން ރީނާ ތިރީތުންފަތުގައި ދަތްއަޅަމުން، ބަނދަރުމަތީގައި ބަލަން ހުރި އޭނާގެ މަންމައަށް ހިނިތުން ވެލިއެވެ. މަންމައަށް އަތްހޫރާލިއެވެ. އެއްބަނޑުބޭބެ އަތުގައި ހިފާލަމުން ރީނާ ލޯމަރާލިއެވެ.

ލޯންޗު ނައްޓާލީ ހިތްދަތިކަމާ އުންމީދާ އުފާވެރިކަން ގެނަސްދެމުންނެވެ. ރީނާގެ ފޯނު ވައިބްރޭޓްވީ ލޯންޗު ނައްޓާލިތާ އިރުކޮޅެއްފަހުންނެވެ. މެސެޖުކުރީ ރީނާގެ ޓީޗަރެކެވެ. “ރީނާ. ބަސްއަހައިގެން ކިޔަވާތި. ފާޑުފާޑުގެ މީހުންނާ ކުދިންނާ ދިމާވާނެ. ފާޑުފާޑުގެ އަޑުތައް އިވޭނެ. މީސްމީހުން ބޭރައްދާން ބުނާނެ. އެކަމަކު ރީނާ ހަނދާންކުރާތި ރީނާ މާލެ ތިދަނީ ކިޔަވަންކަން. ރީނާގެ މަންމަ ރީނާއާމެދު އެކުރާ އުންމީދުތައް ފުޑުފުޑު ނުކުރާތި. ރީނާ ތިދަނީ މުޅިރަށުގެލޯބި ހޯދައިގެން. މުޅި ސްކޫލުން އެއްވަނަ ހޯދައިގެން މަތީސާނަވީ ކިޔަވަން. ބައިވަރުމީހުން ރީނާއާމެދު ބައިވަރު އުނމީދު ކުރޭ. މިސްގެ ހެޔޮދުއާ ރީނާއާއެކު އަބަދުވެސް ވާނެ.” އެމެސެޖު ކިޔުމަށްފަހު ރީނާ ހިފަހައްޓައިގެން ހުރި ކަރުނަތައް ކޯތާފަތްމަތި ތެންމަންފެށިއެވެ. މެސެޖުގެ ސްކްރީންޝޮޓެއްނެގުމަށްފަހު ރީނާ ފޯނު ބޭއްވިއެވެ.

ސުކޫލުގެ ފުރަތަމަ ދުވަހެވެ. ރީނާ ކުލާހައް ވަތްއިރު ކުލާހުގައި ބާކީ އިނީ އެންމެ ޑެސްކެކެވެ. ރީނަ އެތަންގައި އިށީނެވެ. “ހައި! މަށައްކިޔަނީ ތޫބާ. ޔޫ ކޭން ކޯލްމީ ތޫ.” ރީނާވެސް ހިނިތުންވެލަމުން އޭނާގެ ނަންބުނެލިއެވެ. ދުވަސް ނިމުނުއިރު ރީނާއަށްވަނީ އާއެކުވެރިންތަކެއް ލިބިފައެވެ. ހަފްތާއެއްފަހެވެ. ރީނަ އޮތީ ފިލާވަޅު ހަދާށެވެ. އިރުކޮޅަކުން ފޯނުރިންގުވިއެވެ. ގުޅަނީ ތޫބާ އެވެ. “އޭތް ހިނގާބަލަ ބޭރަށްދާން. މައެކަނި ނުދާންވެގެން. އެބަޖެހޭ އެއްޗެއްގަންނަން.” ރީނާ އާއެކޭބުނުމަށްފަހު ތައްޔަރުވާން ދިޔައެވެ.

އެދުވަހައްފަހު ރިނާގެ އުޅުމަށް ބަދަލުތަކެއް އަންނަންފަށައިފިއެވެ. ކޮންމެރެޔަކު ބޭރަށްދިޔުމަކީ އާދަޔަކަށް ވެއްޖެއެވެ. ކިޔެވުމަށް ކުރިންދެމުންއައި ސަމާލުކަން ކުޑަވެއްޖެއެވެ. ބަސްމަގު ތަފާތުވެއްޖެއެވެ. ބައެއް ދުވަސްދުވަހު ރީނަ ގެއަށް އަންނަނީ ވަރަށް ލަހުންނެވެ. މުޅިދުވަހު ނިދުން އާދަޔަކަށް ވެއްޖެއެވެ. ސްކޫލައްދަނީ ހަފްތާޔަކު ދެދުވަހުއެވެ. ރީނާގެ އުޅުމަށް އައި މިބަދަލުގެ ސަބަބުން ރީނާ އުޅެމުންދިޔަގޭ މީހުން އޭނާ އެގެއިން ނެރިލިއެވެ. އެހެންކަމުން ރީނާ ބަދަލުވީ ތޫބާ ގެ ގެޔަށެވެ. މިކަން ރީނާ އޭނާގެ މަންމައަށް އޮޅުވާލިއެވެ. ތޫބާ ގެ ގޭގައި ލާރިނުދީ ހުރެވޭތީވެ އެގެޔައް ބަދަލުވީކަމަށް ރީނާ އެނާގެ މަންމަ ގާތުގައި ބުންޏެވެ.

ތޫބާގެ ގެޔަށް ބަދަލުވުމަށްފަހު ރީނާއަށް އޭނާގެ މިނިވަންކަން ލިބުނީއެވެ. އޭނާގެ ދިރިއުޅުން ބައްޓަން ކުރާނެ ގޮތަކަށް ކުރުމުގެ ފުރުސަތުލިބުނީއެވެ. ދުވަސްތައް ފާއިތުވަމުންދިޔަވަރަކަށް ރީނާގެ އަޚުލާގީ ފެންވަރު ދިޔައީ ދަށަށް ވެއްޓެމުންނެވެ.

އާދައިގެމަތިން ރީނާ އާއި ތޫބާ ރީތިވެގެނ ބޭރަށްނުކުތެވެ. ގޭދޮރުމައްޗަށް ނުކުތްއިރު ދޮރުމަތީގައި ދެފިރިހެންކުދިން ސައިކަލުގައި އެދެމީހުންގެ އިންތިޒާރުގައި ތިއްބެވެ. އެދެމީހުން އެދެފިރިހެން ކުދިންގެ ފަހަތައްއެރިއެވެ. ރީނާ އަދި އޭނާގެ އެކުވެރިން ގޮސްވަނީ އަންހެން ފިރިހެން މަސްހުނިވެފައިވާ ގެއެއްގެ ތެރެޔަށެވެ. ލަވައިގެ އަޑުވަނީ ކަންފަތްތައް ބައްވާވަރަށް ޖަހާފައެވެ. އެއްބަޔަކު ނަށަމުން ދިޔައިރު އަނެއްބަޔަކު ތިބީ ސޯފާތަކުގައި ރާބޯށެވެ. އަނެއްބަޔަކު މޭޒުމަށްޗަށް ހުދު ކުނޑިތަކެއް އަޅައިގެން ހިމަ ހޮޅިޔަކުން އޭއްޗެހިތަށް ނޭފަތައް ދަމަމުން ދިޔައެވެ.

ރީނާ އަދި ތޫބާ ގޮސް އިށީނީ ހުސްކޮށްހުރި ސޯފާއެއްގައެވެ. އިރުކޮޅަކުން ރާފުޅި އަކާ ހަތަރު ތަށި ހިފައިގެން އެއްކަލަ ދެފިރިހެންކުދިން އަތުވެއްޖެއެވެ. ސަކަރާތާ މަޖަލުގައި ރާބޮމުން އެމިހުންދިޔައެވެ. އިރުކޮޅަކުން ފިރިހެންކުއްޖަކު ނަށަމުން ނަށަމުން އައިސް ރީނާގެ އަތުގައި ހިފާ ނަށާތަނަށް ގެންދިޔައެވެ. ރީނާވެސް ގަދަހެދުމެއް ނެތި އެކުއްޖާއާއެކު ނަށަމުން ދިޔައެވެ. އެކުއްޖާ ރީނާ ގޮވައިގެން ގޮސް މޭޒެއްކައިރީގައި ހުއްޓުމަށްފަހު ހިމަހޮޅިއެއް ދިއްކޮށްލިއެވެ. ރީނާ ނޫނެކޭ ބުނުމެއް ނެތީ މޭޒުމަތީގައި ހުރި ހުދު ކުނޑިކޮޅެއް ނޭފަތައްދަމާލިއެވެ. އެޔައްފަހު އަނބުރާ ނަށާން ދިޔައެވެ. މަޑުމަޑުން ނެށުން އެހެން ކަމަކަށް ބަދަލުވެއްޖެއެވެ. ރަނގަޅަށް މަސްތުވެފައި ތިބެ އެދެމީހުންނަށް އެތަނުގަ އެއުޅެވެނީ ކިހާ ހަޑިގޮތަކަށްކަން ބުނެދޭނެ މީހަކު އެތަނުގައި ނެތެވެ.

މަޑުމަޑުން ރީނާގެ ލޯހުޅުވުނެވެ. އޭނާގެ ބޮލުގައި ރިއްސާވަރުން ހީވަނީ ދެންމެދެންމެ ބޯ ފަޅައިގެން ހިނގައިދާނެ ހެއްނެވެ. އިރުކޮޅަކުން ރީނާ ވަށައިގެންވާ މާހަލަށް ބަލާލިއެވެ. އޭނާއަށް މިއޮވެވުނީ ކޮޓަރިޔެއްގައެވެ. ގައިމަތިވަނީ ފޮތިގަނޑަކުން ނިވާކުރެވިފައެވެ. ކައިރިގައި މިއޮތީ ރޭގައި އެއްކޮށްނެށި ފިރިހެން ކުއްޖާއެވެ. ރީނާ މަޑުމަޑުން ތެދުވެ ތަޅުންގަނޑުމަތީގައި އޮތް އޭނާގެ ހެދުންނަގަމުން ފާހާނަޔާ ދިމާލަށް މިސްރާބުޖެހިއެވެ. ކޮޓަރިންނުކުންނަމުން ރީނާ މީހަކަށް ގުޅިއެވެ. ‘އޭތް ބަލާ އާދެބަލަ. މިހުރީ ރޭގައައި ތަނުގަ.” ރީނާ ފޯނުބޭއްވުމަށްފަހު އެތަނުންނުކުތެވެ.

ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. ރީނާގެ ދިރިއުޅުމަކީ މިހާރު މިއީއެވެ. މާލެއައި ބޭނުން ހަނދާން ނެތިއްޖެއެވެ. ޒަމާނީ ތާކުންތާކުން ނުޖެހޭ ދިރިއުޅުމަކީ ހުރިހާ އުފަލަކަށްވެއްޖެއެވެ. “އޭ ތޫ މަވަރަށް ބަލިވެއްޖެ. ހުން ނުފިލާތާ މަހެއްމިވަނީ. ހުޅުތަކުގައެހާ ރިއްސާ، ހޮޑުލެވެނީ މިހާރު ހަންގަނޑުވެސް ފާޑަކަށް ރަތްވޭއެބަ. ހިނގާބަލަ  މަށާއެކު ޑޮކްޓަރަށްދާން. މިހާރު މަގޭ ޔޫރިންވެސް ކްލީންވާނެ. މަހެއްނު މިވީ ބޭރައްނުދާތާ”  ޖެހިގެންއައި ދުވަހު ރިނާ ޑޮކްޓަރަށް ދައްކަންދިޔައެވެ.

ދެތިން ޓެސްޓެއް ހެދުމަށް ޑޮކްޓަރު ދިނެވެ. ތިންދުވަސްފަހުން ޓެސްޓުހެދުމަށްފަހު ރީނާ އަނެއްކާވެސް ޑްކްޓަރަށް ދައްކަން ދިޔައެވެ. ޓެސްޓުގެ ނަތީޖާބެލުމަށްފަހު ޑޮކްޓަރު ދިނީ ރީނާގެ ދިރިއުޅުން އެފުންމިފުށަށް ޖަހާލާފަދަ ބިރުވެރި ހަބަރެކެވެ. “ރީނާއަށް ތިވަނީ ވަރަށް ބޮޑު ބައްޔެއް ޖެހިފަ. ތީގެ ސަބަބު ބުނެދޭކަށް ނޭންގޭ. އެކަމު މިކަމަށް ބޭސްކުރުމުން ނޯރމަލް ކޮށް އުޅެވޭނެ. ރީނާގެ އައިއޭމް ރިއަލީ ސޮރީ ޓު ސޭތް ދިސް. ބަޓް ޔޫ ހެވް އޭއިޑްސް.” ރީނާގެ ދިރިއުޅުން އެއްކޮށް ހުއްޓުނީއެވެ.ހަތަރު އުދަރެސް ފެނުޖެހުނީއެވެ.

މިއަދަކީ ރީނާ އެނބުރި ރަށަށްދާ ދުވަހެވެ. ރީނާގެ މަންމައަށް ރީނާ ވަނީ މިހާރު ހުރިހާއެއްޗެއް ކިޔައިދީފައެވެ. އެ މަންމަ ކިތަންމެ ދެރަވިޔަސް ކިތަންމެ ރުޅި އަޔަސް އަމިއްލަ ދަރިފުޅު އެފަދަ ބޮޑުބައްޔެއްގެ ޝިކާރަޔަކަށް ވުމުން މައިވަންތަ ހިތަކަށް ކެތެއް ނުވާނެއެވެ. މިޔަދު ރީނާ އަށް ވަނީ ވިސްނިފައެވެ. ރީނާ އެކަމާ ލަދުގަނެއެވެ. ނުކިޔެވުނީތީ ދެރަވެއެވެ. ރީނާގެ ހަނދާނަށް މިޔަދުއަށްނަނީ އޭނާގެ ޓީޗަރު ދިން ނަސޭހަތެވެ. “ރީނާ. ބަސްއަހައިގެން ކިޔަވާތި. ފާޑުފާޑުގެ މީހުންނާ ކުދިންނާ ދިމާވާނެ. ފާޑުފާޑުގެ އަޑުތައް އިވޭނެ. މީސްމީހުން ބޭރައްދާން ބުނާނެ. އެކަމަކު ރީނާ ހަނދާންކުރާތި ރީނާ މާލެ ތިދަނީ ކިޔަވަންކަން. ރީނާގެ މަންމަ ރީނާއާމެދު އެކުރާ އުންމީދުތައް ފުޑުފުޑު ނުކުރާތި. ރީނާ ތިދަނީ މުޅިރަށުގެލޯބި ހޯދައިގެން. މުޅި ސްކޫލުން އެއްވަނަ ހޯދައިގެން މަތީސާނަވީ ކިޔަވަން. ބައިވަރުމީހުން ރީނާއާމެދު ބައިވަރު އުނމީދު ކުރޭ. މިސްގެ ހެޔޮދުއާ ރީނާއާއެކު އަބަދުވެސް ވާނެ.” އެދުވަހު ރީނާ އެނަސޭހަތުގައި ހިފިނަމަ މިޔަދު މިހާލު ރީނާއަށް ނުޖެހުނީސްކަން މިޔަދު ރީނާ ގަބޫލަކުރެއެވެ.

ދެމަސް ފަހެވެ. ރީނާ ހުރީ މާލޭގައެވެ. ޑޮކްޓަރަށް ދެއްކުމަށްފަހު ރީނާ އެތައް ޓެސްޓުތަކެއް ހެދިޔެވެ. މިޔަދަކީ އޭގެ ނަތީޖާ ޑޮކްޓަރަށް ދައްކާ ދުވަހެވެ. ތެޅިތެޅި އޮތް ހިތަކާއެކު ރީނާ އަދި އޭނާގެ މަންމަ ޑޮކްޓަރު ކޮޓަރިޔަށް ވަނެވެ. ރިޕޯޓުތަށް ބެލުމަށްފަހު ޑޮކްޓަރު ބުންޏެވެ. “ރީނާ. މިހާރުއެބަ ރަނގަޅުވޭ. ކުރިޔަށްވުރެން މިހާރު ސްޓޭބަލް ބޭސް ބޭނުންކުރާތީ. ބަރާބަރަށް ބޭސް ބޭނުންކުރަންޏާ އާދައިގެ ދިރިއުޅުމެއް އުޅެވިދާނެ.”

“ރީނާ” ރީނާ ސިއްސައިގެންދިޔައީ އޭނާގެ މަންމަ ގޮވާލުމުންނެވެ. އޭރުވަނީ އިރުއޮއްސިފައެވެ. މާލިތަކެށްވެސް މިހާރަކު ނެތެވެ. އީދު ކުޅިވަރުގެ އުފަލެއްވެސް އެ ހިތި މާޒީގެ ސަބަބުން އޭނާ އަކަށް ނުލިބެއެވެ.

Comments (27)

  1. Kiki

    V iburaitheri…

  2. yaalaa

    Haadha kuray

    1. aalaa
      yaalaa

      my furathama vaahaka. in sha allah dhen faharakun dhiguvaane.

  3. Aminathainaan

    Kurakas vvv nice ekam dhen dhiguvaane kamah unmeedhukuran

  4. Moos

    Mi shrt stry eh tha.. stryy nimunyma nimunyyy nunyy nunimeyy mihenn jahaala dhehche.. nice

    1. aalaa
      Moos

      labba. thikan vs dhen ahna stry ehge rangalhuvaane.

  5. Majilis

    Mee vaahaka liyan jeheygothakee. Haadha reethi vaahakaeh.Adhives improve vaane in sha Allah.konmehen gaigoalhi gulhun tha thafseelko hadi gothaka kiyaabayakuves ladhu nugannagothaka liyefavaa vaahakaeh mee.keep it up.?????

  6. Sabee

    Mujuthamauga hingaa neydhevey kanthathaves vaahakaiga liyevidhaane.ekamm ehaa thafseelko like oriyaan vaahaka liyaahen bae thanthankolhu liyefaivaivaa vaahakaves misite ga ebahuri. Haqeegathuga efadhavaahaka kiyaa meehunna ibrathe libumuge badhaluga ekahala kanthatha zeenaitheri ve ekankan hithugetherey eburemun go’s kuraahive efadha amalutha kuraa meehunna bae meehun badhaluvey.

  7. Haqq

    We mustn’t write or do anything that will lead anyone to do any evil.Rather than writing such filthy contents we must always stand firmly on the religion without copying the kaafiroon.keep writing good realistic stories like this.

    1. Sheyn
      Haqq

      Heyyy lobee kihinei

  8. ☺

    ?????

  9. Hudha

    Hadi

  10. Goodadvice

    Vaahakaige photoaves islaamee giuganduge thereyah fethey photo eh nama varah furihama Vees.100% muslim bunanee namaka ekani vegen nuvaane. Amalunves ekan dhakkaasheve.

  11. Faraa

    Story vahushee noonnama bae kudhinna kamaku nudhaane.Western style gotha hunnan jeheynee.Ekamm bunaane ada baarulaafa muslimunney.This story is nice.Maasha Allah.*****

  12. Adhil

    ✴✴✴✴✴very good

  13. Akram

    ?????

  14. MajilisRaees

    ☄☄☄☄☄

  15. Habeys

    ?????

  16. Aana

    Five stars⭐⭐⭐⭐⭐

    1. aalaa
      Aana

      thank you. hurihaakudhinge comments thakah vs thanks. comments libunyma v v encourage vey mikamuga kuriyah dhaan. thank you all once again. 🙂

  17. zee

    Mi Vaahaka varah reethi… umeedhu kuran avas musthagu balehga aalaa ge ithuru reethi vaahaka thakeh fennaane kamah..all the best..☺☺

  18. maureen

    wow varah reethi mi story

  19. Dhyna

    Aal vaakaka liyan kihineh tha register kurany please tell me how then story ??????SUPERB

  20. faathi

    Vaahaka v v v reethi

  21. Ayaath.

    Varah reethie.

  22. Thaaniya

    reethi..

  23. shhh

    E funn maazyge kanduge thereah.. Meege badhaluga e maazyge funn kanduge thereahh.. Mihen liyuneeema rangalhee.. Anyways vaaahaka v reeethi

Comments are closed.