މަޑުހިނގުމެއްގައި ރީނާ ހިނގައިފައި ދިޔައިރު އޭނާގެ ލޮލުގައިވަނީ ކަރުނައެވެ. ރީނާގެ މޫނުމަތިން އޭނާގެ ހިތަށް ކުރަމުން ދިޔައަސަރު ފެންނަމުންދިޔައެވެ. ރީނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެނާގެ މާޒީގެ ސޮފުހާތަކެވެ. އެފުން މަޒީގެ ކަނޑުގެ ތެރެއަށް އޭނާ ގެނބިފައިވާވަރުން ވަށައިގެންވާ މާހައުލުގައި ހިނގަމުންދިޔަ ކަންކަމުން އޭނާއަކަށް އުފަލެއް ނުލިބެއެވެ. ފަސް އަހަރު ކުރިއެވެ. ދުވަހުގެ އިރުއަރައިގެން އައީ އުފާވެރިކަމާ އުންމީދުތަކެއް ގެނުވަމުންނެވެ. ރީނަގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ކުޑަދޮރު ކައިރީ ހުރެ ރީނާ ދިޔައީ އޭނާގެ މަންމަ […]