Skip to content
އެސްފިޔަ

ވަކިވީ އަސަރާ މަންޒަރު ހިތަކުން ހަމަ ނުފިލާނޭ

މިއީ އަހަރެންގެ ޙަޔާތުގެ މާޒީގައި ހިނަގާފައިވާ ހާދިސާއެކެވެ. ނޭގުމެއްގެ ތެރޭގައި ހުއްޓާ ބަޔަކު އަހަންނަށް ދިން ކެހިވެރި އަނިޔާއެކެވެ. އޭރުއަހަންނަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަޝްހޫރުކަން އިންތިހާއަށް ލިބިފައިވާ ޒުވާން ވެރިއެކީމެވެ. މިހުންގެ ލޯތްބާއި ޤަދަރު ލިބިފައިވާ ބަޠަލެއްވެސް މެއެވެ. ކެނޑިނޭޅީ ރައްޔިތުންނަށް ޓަކައި އަތުޖެހުނުހާ ގަލެއް ފުރޮޅަމުން ދިޔަ ހިތްހެޔޮ އިންސާނަކީމެވެ.
އަހަރެންގެ ޙަޔާތް ބަދަލު ވެގެންދިޔައީ އޮއިވަރަށް ނުބަލައި އޮޑިބޭލުނު ހިސާބުންނެވެ. ކިހިނެއް ކޮންތާކު އުޅޭ ކާކުތޯބެލުމެއް ނެތި ނިޝާގެ ލޯބީގައި މަރުފަލި ޖަހަންފެށި ދުވަހުން ފެށިގެންނެވެ. ދީވާނާވެފައިވާ ބަލި ކުޅަދުރެއް ފަދައިން ރެއާއި ދުވާލު ހަތަރުދަމު، އަހަރެން ނިޝާގެ ފަސްފަހަތުން އުދުހުނީމެވެ. ހެދެން އޮތްހާ މައިތިރިއެއް ހަދަމުން ދިޔައީ ޙުދު އަމިއްލަޔަށް ވެއްޓެމުން ދިޔަ އަނދަވަޅާއި މެދު ވިސްނާލުމެއްނެތިއެވެ.
ހަކުރު އަޑުބައެއް ގައިވެސް ދެކޮޅުއޮވެއެވެ. އެހެނަސް މިއަދާއިޖެހެން ދެންވެސް އެލޯބީގެ ދެކޮޅެއް އަހަންނަކަށް ނުފެނުނެވެ. ނިޝާއަހަރެންގެ ޙަޔާތަށް އައީ އަވާމެންދުރެއް ފަދައިން ނެވެ.
ނިޝާއަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިއެއްގެ ލޯބީގެ ޤުލްޝަނުގައި ފޮޅިފައިއިން ހަމައެކަނި މަލެވެ. ރީތިކަން ހިތްގައިމު ދަރަޖައިގައިވާ ފަންމިއްޏެކެވެ. އަހަންނާއި ނިޝާ ބައްދަލުވީ އެއްރެއެއްގެ އިރާކޮޅުގެ ވަގުތުއެވެ. އަހަރެން ދުއްވާފައިދިޔަ ކާރުގެ ޝިކާރައަކަށް އޭނާވިއެވެ. މާބޮޑު އަނިޔާއެއް ނުލިބި މާތް ﷲގެ އިރާދަ ފުޅާއި އެކު އެރޭ ނިޝާގެ ހަށިގަނޑު ސަލާމަތްވިއެވެ. އެހެނަސް އަހަރެން ގެ ހިތުން ޖޫސްގިރަލާފައެވެ.
ރީތިދޮން ގޮމައިގެ ޖާދޫގައި އަހަރެން އާވާރާވިއެވެ. ނިޝާއާއި ބައްދަލުކުރުމަށް އަހަރެން ކެނޑިނޭޅި މަސައްކަތް ފެށީމެވެ. އިންތިޒާރުކުރަމުން ސަފުޙާތަށް އުކަމުން ދިޔަ އަހަރެންގެ ހިތަށް ފިނިކަމެއްލިބުނީ ނިޝާގެ ފޯންކޯލަކުން ނެވެ.
“ހަލޯ…..” ނިޝާގެ ޖާދުވީ އަޑު އަހަރެންގެ ކަންފަތުގައި ގުގުމަންފެށިއެވެ. ލޭހިގަމުންދިޔަ ނާރުތަށް މަސައްކަތް ހުއްޓާލިފަދަ އިހުސާސްތަކެއް ކުރެވެންފެށިއެވެ.
ފުރަތަމަ ނަޒަރުން ލޯބިވެވުމަކީ އަހަރެން މީގެ ދުވަސް ތަކެއްކުރިން ޤަބޫލު ކުރި ކަމެއް ނޫނެވެ. އެކަމަކަށް އަހަރެން އެންމެ ބޮޑަށް ޖޯކުޖަހައި މަލާމާތް ކުރިކަންތަކަކީވެސް ހަމަ އެއީއެވެ. އެހެނަސް މިއަދު ތަދުބީރު މިވަނީ ހީކުރިގޮތާއި މުޅިން ތަފާތުކޮށް ކުރެހިފައެވެ. ނިޝާގެ ކަތި ނަޒަރުން އެންމެ ފުރަތަމަ ބަލައިލި ބަލައިލުމުންވެސް އަހަރެންގެ ހިތް ފަނާވެއްޖެއެވެ. ނިޝާއަށް ޓަކައި ހަނާވާންވެސް އަހަރެންހުރީ ތައްޔާރަށެވެ.
ލޯބީގެ ކުޅިގަނޑު އަހަރެންގެ ޙަޔަތަށް ފިނިކުރިއެއްކަމަކު ބޮލުގައި އެޅިފައިވާ ޒިންމާތަކުގެ މަތިން އަހަރެން ފަހަރެއްގައިވެސް ހަނދާނެއް ނުނެތެއެވެ. ޒިންމާތަށް އަދާކުރަމުން ލޯބިވެރިޔާއަށް ދޭންޖެހޭ ވަގުތު ފުރިހަމައަށް އަހަރެން ހޯދީމެވެ.
ދުވަސްތަށް ކުރިޔަށް ދަމުން އޮވެދެއެވެ. އަހަރެމެންގެ ލޯތްބަށް އެއްއަހަރު ވީރެއެވެ. އަހަންނާއި ނިޝާ ތިބީ މާލޭގެ މައްޝޫރު ރެސްޓޯރެންޓެއްގެ އޯޕަން އޭރިޔާގައެވެ. އެތާގައި އެހެން އެއްވެސް މީހަކުނެތެވެ. ނިޝާ އަހަރެންނާއި ހަތަރު ކަޅިހަމަކޮށް ބަލައިލިއެވެ. އަދި މަޑުމަޑުން އަހަރެންގެ ކަންފަތްދޮށުގައި ވަރަށް ލޯބިވާކަމަށް ބުންޏެވެ. ހީލަމުން އަހަރެންވެސް ލޯބީގެ އިޤުރާރުތަށް އެހެންރެއެކޭވެސް އެއްފަދައިން އެރޭވެސްވީމެވެ.

Comments (12)

  1. މިސިޒްޒޯޔާ

    މޫސާ އަންވަރުގެ ސްޓޯރީއާއި ހާދަ ގުޅެއޭ……

  2. މަހުޖަނު

    އެ ކާކު ތަ މޫސާ އަންވަރަކީ؟ ޕްރޫފް ދައްކަން ޖެހޭނެ ތިކަހަލަ ކޮމެންޓް ލިޔާ ކުދިން! މި ހަމަ ބެސްޓް

  3. އަރުނަވް

    ވަރަށް ސަޅި އިތުރު ބައިތަކަށް އިންތިޒާޜު ކުރަން

  4. މީހާ

    ވަރަށް ސަޅި

  5. ނާނު

    ވަރަށް ސަޅި

  6. ތަކުރު

    ވަރަށް ސަޅި

  7. ލާ

    ވަރަށް ސަޅި

  8. އައްޑޫ

    ވަރަށް ރީތި ދިވެހި ވާހަކައެއް….. ވަރަށް އިބާރާތްތައް ރީތި… ކުރިޔަށް ދިޔުމަށް ގޮވާލަން

  9. އައްޔަ

    ވަރަށް ރީތި

  10. މަރީ

    ވަރަށް ރީތި

  11. މަރީ

    ވަރަށް ރީތި ވަރަށް ރީތި ވަރަށް ރީތި ވަރަށް ރީތި

  12. A zoo

    V reethi

Comments are closed.