..ހާދައޭ ބޭނުމީ ކަލާ.. (ހަތަރުވަނަ ބައި)
އެކި ކުލަކުލައިގެ މުރަކަތަކުން މުޅި ތަން ވަނީ ގުދުރަތީ މަންޒަރުން ފުރިފައެވެ. އާޝޯހްވެފައި ހުރިވަރުން ގިނަ ކުދިން ބެލީ މާސްކް އަޅައިގެން އެތަން ބަލަން ދިއުމަށެވެ.
މޫދައް ނޭރިތިބި އަންހެން ކުދިން އަވަސްވެގަތީ ސައިބޯން ގެނައި އެއްޗިހިތައް މޭޒުމައްޗަށް ނެގުމަށެވެ. ސައިބޮއެ ނިމުމުން އެއްބައިކުދިން މޫދައް އެރި އެކި ކުޅިވަރުތައް ކުޅެނީއެވެ. މި މަންޒަރު ބަލަން އިން ޒައިން އަށް މާޒީގެ ސޮފްހާތައް އުކެމުން ދިޔައެވެ.
*** *** ***
ސައިކަލްގައި ބާރަށް ދުއްވައިފައި އަތިރިމައްޗައް ދެވުމާއިއެކު އަވަސްވެގަތީ ކެމެރާ އޮންކުރުމަށެވެ. ލަސްނުކޮށް އިރު އޮއްސޭ މަންޒަރު ފޮޓޯ ނަގާލިއެވެ. މޫދުގައި ހުރި ގާތަކެއް މަތީ އިރުވައިހުދެއް އިންތަން ފެނުމުން ރީތި ގޮތަކަށް އެ މަންޒަރު ނަގަން ކޮޅަކަށް ޖެހިލަން ވެގެން ކެމެރާ ލޯމަތިން ނެގުމައްފަހު ދެކޮޅު ބަލައިލިއެވެ. އެވަގުތު ލޮލުގައި އަޅައިގަތީ ރާޅުޖަހާ ހިސާބުގައި އެއްފައި ކާތާލައި ކާތާލައި ފޯނެއްގައި ހެވިފައި ހުރި އަންހެން ކުއްޖެކެވެ. އެކުއްޖާގެ ކޮންމެ ހަރަކާތެއްވެސްވީ ޒައިން ވަރަށް ގަޔާވާ ކަންކަމަށެވެ.
” ޒައިން.. ސަންސެޓް ތަ ނޫނީ ދެޓް ގަރލްތަ؟ ” މަލާމާތުގެ ރާގަކަށް ޒައިންގެ ކޮނޑުގައި އުޅަނބޮށި ވިއްދައިލަމުން ލަޔާން ބުނެލިއެވެ.
” ހެހެ.. މަށަށް އެ ކުއްޖާ ސެޓް ކޮއްދޭންވީނުން.. ” ޒައިންވެސް ދެރަނުވާންވެގެން ބުނެލިއެވެ. އެންމެފަހުން ޒައިން ދިޔައީ އެ ގޮތް ނޭނގޭ ކުއްޖާގެ އެތައް ފޮޓޯ ތަކެއް ސަންސެޓްއާއި އެކު ނަގާފައެވެ.
*** *** ***
” ހޭ ޔޫ.. ހައު ޑެއަރ ޔޫ.. ނުޖެހޭދޯ މަ ޕިކްތައް އެފްބީއަށް އަޕްލޯޑް ކުރާކަށް.. މަ އެތާ ހުރީކީ ކައޭ ބުނެގެން މޮޑެލް ކުރާކަށް ނޫނޭ.. ” ރޭގަނޑުގެ ކެއުމައްފަހު އެނދުމަތީގައި ހަމަޖެހިލަމުން ލެޕް ނަގައި ފޭސްބުކް އިން އޮންވިއިރު އެޑް ނުކުރާ އައިޑީ އަކުން އެއްޗިހި ކިޔާފައި ހުރިތަން ފެނުނެވެ. އޭރުވެސް އެ އައިޑީއިން ޓައިޕް ކުރާ މަންޒަރު ޒައިންއަށް ފެނިގެން ދިޔައެވެ.
” ޒޯރާ ޑޯރާ.. ” ޒައިން އަށް ކިޔާލެވުނެވެ. ” ހަމަ މިހާރު އެ ފޮޓޯތައް ރިމޫވް ކުރޭ.. ތި ނޫނީ ނޫޅޭ ފޮޓޯ ނަގާފަ އެފްބީއަށް ލެވޭ މީހެއް.. ހަހް..”
” ތި އެކުއްޖާތަ؟ ހާއި އައިމް ޒައިން.. ނައިސްޓު މީޓްޔޫ.. ތި ޕީޕީގަވެސް ތީނީ ހަމަ މަންޖެގެ ފޮޓޮއެކޭނުން.. އެހެންވީމަ އަދި އަހަރެން މަންޖެގެ ފޮޓޮއެއް ލިއްޔާ ވާނީ ކީއްތަ..؟ އެފްބީގަ ނެތޭ މަންޖެގެ ފޮޓޮއެއް.. ” ޒައިންގެ ސަކަ މިޒާޖުގަނޑު ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކަށް ދައްކައިލިއެވެ.
” ހެވޭ.. މަ ބޭނުމިއްޔާ މަ ޕީޕީ އަށް ލާނީ މަ ބޭނުން އެއްޗެއް.. ދިސް އިޒް މައި އޯން އައިޑީ.. ނަން އޮފް ޔުއަރ ބިޒްނަސް.. ” ހަމަ އެ އިބާރާތް ކޮޅާއި ވިއްދައިފައި ‘ ޒައިން ބޭނުމިއްޔާ ޒައިންގެ ބަޔައްވެސް ލާނީ ހަމަ ޒައިން ބޭނުން ޕިކެއް.. ނަން އޮފް ޔުއަރ ބިޒްނަސް.. ދިސް އިޒް މައި އޯން އައިޑީ.. ‘ އޭ ބުނެ ދެތިކި ޑީ ޖަހައިލައިފައި ސެންޑް ކޮއްލިއެވެ. އެކޮޅުން ޖަވާބެއް ނައުމުން އަނެއްކައިވެސް ޒައިން ޓައިޕްކުރަން ފެށިއެވެ.
” އެބަ އޮތް ގޮތެއް.. މަންޖެ މަށާ ރައްޓެހިވޭ.. އޭރުން އެ ޕިކް ތަކަށް މަންޖެ ބުނި ގޮތެއް ހަދާނަން.. ” ހަމަ އެ މެސެޖް ސެންޑް ކޮއްލެވުމާއި އެކު ‘ އަހަރެންގެ ބީއެފް އެއް ހުރޭ ‘ ކިޔާފައި އެކޮޅުން މެސްޖް ކޮއްލިއެވެ.
” ތި ބީއެފް އަށް ވުރެން މުހިންމުވާނީ ތިމާގެ އަމިއްލަ ފޮޓޯތޯޗެ.. މަންޖެ ސެޓް ކޮއްފަ ނޫނީ މި ޒައިންއެއް ދުލެއް ނުކޮއްލާނަން.. ” އަނެއްކައިވެސް ޒައިން އެކުއްޖާއަށް މެސެޖް ކޮއްލީ އެ އަންހެންކުއްޖާ ދޭނީ ކޮންކަހަލަ ޖަވާބެއް ކަމެއް ހިތައްވެސް ނާރުވައެވެ.
” އޯކޭ.. އަހަރެން ދޫކޮއްލާނަންތަ؟ އަސްލުވެސް ތިހެން ތިބޭނީ ލޯބިވާ ކުދިން.. ކޮންމެ ހާލެއްގަ ވިޔަސް ހާސިލް ކުރާނެ.. ތި ޖުމްލަތަކުން ދޭހަވޭ ކުރަން ހިތުލައިފި ކަމެއް ޒައިން ކޮއްފާނެކަން.. އައި ލައިކް ޔޯ ސްޓައިލް.. ” ދެލޯ ބޮޑުކޮއްލައިގެން ހުރެ އެ މެސެޖް ކިޔާލިއިރު ‘ ހާދަ ފަސޭހައިން ސެޓްވާ މަންޖެއެކޭ ‘ ހިތައް އަރަމުން ދިޔައެވެ. އެތައް ވާހަކައެއް ދެއްކުމައްފަހު ވާހަކަ ނިންމައިލީ ދެ މީހުންގެ ނަންބަރ ވެސް އެކަކު އަނެކަކައް ދެމުންނެވެ.
ރައްޓެހި ވެގެން އުޅޭތާ ފަސްމަސްވީ ތަނާހެން ވަކިނުވެވޭ ވަރަށް ޒައިންއަށް ޒޯރާދެކެ ލޯބި ވެވިއްޖެއެވެ. ފުރާނައަށް ވުރެންވެސް ބޮޑައް ޒައިން ޒޯރާދެކެ ވަނީ ތެދުވެރި ވަފާތެރި ލޮތްބެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޒޯރާ މުޅިން ބަދަލުވެއްޖެއެވެ. ރުޅިއައުން އިތުރުވުމާއި ވާހަކަ ދެއްކުން މަދުކަން ޒައިންއައަށް ފާހަގަ ކުރެވުނެވެ. އެ ހުރިހާ ކަމަކަށް ޒައިން ދިޔައީ އުފަލާއިއެކު ކެތްތެރިވަމުންނެވެ. އެއްވެސް ޝަކުވާއެއްވެސް ނުކުރެއެވެ. އިންތިހާއަށް ލޯބިވެވުމުން ވާނީވެސް އެހެންތާއެވެ. ބައެއް ރައްޓެހިން ކުރާ މަލާމާތާއި ފުރައްސާރަތަކައް ޒައިންގެ އެއްވެސް ފަރުވާލެއް ނެތެވެ. އެ ހުރިހާ ކަންކަމައްވުރެ ޒައިންއަށް މުހިންމީ އޭނާގެ ލޯބިވާ ޒޯރާއެވެ.
ބައެއް ރައްޓެހިންގެ ފަރާތުން ޒޯރާގެ އެހެން ބިޓެއް ހުންނަކަން ފަޅާއެރި ދުހު އެހެން އެހުމުން ޒައިން ދޫކޮއް ދާންވެސް އުޅުނެވެ. ޒައިން ހުއްޓުމެއްނެތި ނުކައި ނުބޮއެ ކުރި އާދޭހުން ޒޯރާގެ ހިތް ޒައިންއަށް މަޑުމަޑުން ލެނބެންފެށުނެވެ. އަނެއްކައިވެސް މަދު ދުވަސްކޮޅަކު ރީއްޗައް އުޅެލައިފައި އެކަހަލަ އަޑެއް ފެތުރިގެން ދެއެވެ. ކައިވެންޏާއި ހަމަޔައްވެސް ޒައިންއަށް އުޅެންޖެހުނީ އެ ހާލުގައެވެ. މަންމަމެން ބުންޏަސް ކައިވެނި ފަސް ކުރެވުނީވެސް ޒޯރާގެ މި އާދަ ހުންނާތީއެވެ. ޒޯރާ އެކަން ހުއްޓާނީ ކައިވެނި ކުރީމައޭ ކިޔަންފެށި ދުވަސްކޮޅު އަނެއްކައިވެސް އާއިލާގެ ފަރާތުން ކައިވެންޏަށް އެދުމުން ކުއްލިގޮތަކަށް ޒައިން ޒޯރާއާއި އިނީ ވަރަށް ފޮނި އުންމީދެއްގައެވެ.
*** *** ***
ލޮލުން ވެއްޓުން ކަރުންތިކި ފުހެލާ އަވަސް އަވައަށް އެސްފިޔަ ތަޅުވައިލީ އެކަން އެހެން މީހަކަށް އަންގަން ބޭނުން ނުވާތީއެވެ. މާޒީގެ ހިތި ހަނދާންތައް ހިތުގައި ތާޒާވުމުން ނޭނގޭ ރިހުމެއް މޭ ތެރޭގައިވިއެވެ. ކަރުކެހިލި އަޑައް ފަހަތް ބަލާލި އިރު ދެއަތް ފުރަގަހައް ލައިގެންހުރި އައިރީން ފެނިފައި ހިނިތުންވެލެވުނެވެ.
” ސޮރީ.. އަންހެނުން ވަރަށް ރުޅިއައިދޯ އެރޭ އެހެންވީމަ.. އަހަރެން މީހެއްގެ އެހީތެރިކަމަކަށް ބޭނުންވެފަ ހުރިވަރުން ޒައިން އަކީ މީހެއްގެ ފިރިޔެއްކަންވެސް ހަނދާން ނެތުނީ.. އަދި ކައިރީގަ އަންހެނުން ހުރިކަންވެސް… ” ޒައިން އާއި ކައިރީގައި އިށީންނަމުން އައިރީން ވާހަކަދެއްކީ ދުރުބަލަން ހުރެއެވެ.
” އިޓްސް އޯކޭ.. ބަޓް ކީއްވެގެންތަ ތި އުޅެނީ..؟ ގުޅީމަ ފޯން ނުނެގުމާ، މެސެޖް ކުރީމަ ރިޕްލައި ނުކުރުމާ، ކުއްލިއަކަށް ޗުއްޓީ ނެގުމާ، ރީންއަށް އަނިޔާވެފަ ހުރުން މީ ކޮން ކަންތައްގަނޑެއްތަ؟ ” އެއް ފައްޗަކަށް ސުވާލުތައް އަމުނާލި އިރު ޒައިންގެ މޫނުމަތީގައިވި ސީރިއަސްކަން ފެނި އައިރީން ހިތާހިތުން ‘ އަހަރެންނާ ދޭތެރޭ މިވަރަށްވެސް ވިސްނާ މީހުން އެބަ އުޅޭދޯ ‘ އޭ ކިޔާލިއެވެ. ކަކުލު ހުޅުން މައްޗައް ނަގައިގެން ދެއަތުން ފައިގައި ވަށާލައި އަތުގައި މޫނު ޖައްސައިލައިގެން އިން އައިރީންގެ މޫނުމަތިން މިހާރު ފެނިގެންދަނީ އުފާވެރިކަމެވެ.
” އޭ.. ޖަވާބު ދޭންވީނުން.. އަހަރެން ހާދަ ސުވާލެއް ކޮށްފީމޭ.. އޯކޭ ދެން ބުނަން ބޭނުން ނެތިއްޔާ ވަރަށް ބޮޑަށް ސޮރީ އެހުނީތީ.. މީހުންގެ ޕާރސަނަލް ކަންކަމާ ބެހިއެއް ނޫޅެން.. ” އައިރީންގެ ފަރާތުން ޖަވާބެއް ނުލިބުމުން ހިތްހަމަ ނުޖެހިފައިހުރެ ޒައިން ބުނެލީ ހަގީގަތުގައި ހިތުގައި އޮތް އެއްޗެއް ސިއްރުކުރަމުންނެވެ.
” އޯހްހް.. އެވާހަކަ ދޯ.. ހޫމްމް.. އަހަރެމެން ސެލަފީ ނެގީމެއްނުންދޯ.. އެރޭ އެ ޕިކްތައް ބީއެފްއަށް ފެނިގެން މިހާރު ރައްޓެހިވެގެން އުޅޭ މީހާދޯއޭ ކިޔާ އަހަރެން ކިޔާ އެއްޗެއް އަޑުވެސްނާހާ އަނިޔާކުރީ.. ތީ ހަވަރު ތުންފުސެކޭ ކިޔާ މުޅި މަގުމަތީގަ އަހަރެން ބޭޒާރުކޮށްލީ.. މީހުން ބަލާވަރުން އަހަރެން ވަނީ ގޭތެރެއަށް.. އެއްވެސްމީހަކު ފެންނަން ނެތުމުން ކޮޓަރިއަށް ވަންނަން ތަޅުގަ އަތް ޖައްސާލިތަނާ އޭނަ އައިގޮތައް އައިސް އަހަރެންގެ އިސްތަށިގަނޑުގަ ހިފާ ލަތްކެއް ޖެހިލެ ބާރުކަމުން އަހަރެން ވެއްޓުނީ.. ބައެއް އިސްތަށިތައްވެސް ހުރި ބިންމަތީ.. ބޮލައްވީ ތަދުން ލޯމައްޗަށް ފުސްވާގޮތްވީމަ ނުތެދުވެވިފަ އޮއްވާ ކޮލައް ފިތާލާފަ އަނިޔާކުރަންފެށީ.. އެންމެފަހުން ދަމުން ކޮޅުފައިން އަހަރެންގެ ބަނޑުގަ ޖަހާފަ ދިޔައީވެސް.. ”
ވާހަކަ މިހިސާބައް ދިޔައިރު އައިރީންގެ އަޑުބެދި ގިސްލެވެންފެށުނެވެ. އަނެއްކައިވެސް ވާހަކަ ކުރިޔައް ގެންދަންފެށިއެވެ.
” ދެން އަހަރެން އެގަޑީގަ ޒައިން އަށް ގުޅިން.. އެހާއިރު ވީ އިރުވެސް ރިޝާ ނައީމަ އެންމެފަހުން ގުޅިފަ އިނީ ޒައިން އަށް ކަމައްވާތީ ގުޅީ ޒައިންއަށް.. އެކަމް ފޯން އޮތީ ނިވާލާފަ. މަޑުމަޑުން ތެދުވަން އުޅުމުގެތެރޭގަ ވެއްޓުނީ.. އަހަރެންނައް ހޭވެރިކަން ވީއިރު އޮތީ ހޮސްޕިޓަލްގަ.. އޭގެ އަނެއް ދުހު ދޫކޮއްލި.. އެހެންވެ ޗުއްޓީ ނެގީވެސް.. ”
މި ވާހަކަތައް އަޑުއަހަން އިން ޒައިންގެ ހިތް ރޮމުންދިޔައެވެ. އައިރީންއަށް ކުރާނެ އަސަރު ހިތައް އަރުވައިލިޔަސް ހިތް ފަޅައިގެން ދާފަދަ އިހްސާސްއެއް ޒައިންއަށް ވިއެވެ.
” އެރޭ ބީޗްގަ އިނީ ކީއްވެ..؟ އެއީ ތިބުނާ ދުވަހައްފަހު ގާތްގަނޑަކަށް ޓޫ ވީކްސް ފަސްކަންނޭނގެ.. ” ލަފާ ކުރެވޭވަރު ބުނަމުން ޒައިން އެހިއެވެ.
” މަގުމަތިން އެކަނި ހިނގާފަ ދިޔައީ ފްރެންޑް އެއްގެ ގެއައް.. ރިޝާ މާ ބިޒީކޮއް އުޅޭތީ އޭނަ އަކަށް ނުދެވުން.. އެހެންވެ އެކަނި ދިޔައީވެސް.. ޓެކްސީއެއް ނުލިބުނީމަ ހިނގާފަ ދިޔަތަނާ ނުދަންނަ ދެކުއްޖަކު އައިސްފަ ބުނީ ޔޫގެ ބީއެފް ދަންޖެހެން އުޅެޔޯއެބަ މިތާހުރި ފަޅުގެއެއްގެ ތެރޭ.. އަހަންނަށް ނޭންގުންވީ ގޮތްވެސް.. އެމީހުން ކައިރީ ހިނގާބަލާށޭ ބުނީމަ އެމީހުން އެ ގެއެއް ދައްކަން ދިޔަ.. އެގެ ވަރަށް އެތެރެއަށް ވަދެވުންތަނާ އޭނަ ފެނުން.. އަހަރެންނާ ދިމާލައް އެނބުރި ނުލަފާ ވައްތަރަކަށް ހޭން އޭނަފެށީ.. ދެން އެ ތިންމީހުން…. ”
އައިރީން ގިސްލަ ގިސްފައިފައި އިސްޖަހައިލައިގެން ބާރަށް ރޮއެގަނެވުނީ ވާހަކަ ކުރިއަށް ގެންދާނެ ހިތްވަރެއް ނުލިބުމުންނެވެ. އައިރީންގެ ދަތްދޮޅީގައި ހިފައި އިސްއުފުލާލި އިރު ޒައިންވެސް ފެންކަޅީވިއެވެ. އެ މޫނުމަތިންވެސް ހިތުގައި އަޅާ ވޭން ފެންނަން ހުރިކަހަލައެވެ.
” އެ ތިންމީހުން ވެގެން އަހަރެން.. އަހަރެން ރޭޕްކޮއްލީ.. ” ދެލޯމަރާ ފިއްތާލަމުން ހިތްވަރުކޮއްލައިފައި އައިރީން ބުނި ޖުމްލައިން ޒައިންގެ ކަންފަތް ބީރުވިހެން ހީވިއެވެ. އެ ޖުމްލަ ނޫން އަޑެއް އަދިވެސް ޒައިންގެ ކަންފަތައް ނީވޭ ކަހަލައެވެ. އަދިވެސް އެ ޖުމްލަ ޒައިންގެ ބޮލުތެރޭ ހަލުވިކަމާއި އެކު ތަކުރާރު ވަމުން ދިޔައެވެ.
( ނުނިމޭ )
8 Comments
Comments are closed.
Mi part vz habeys 🙂
Oh I’m da 1st. V nice Kyp it up
Thnkx both.. :-* hehe mixu yo second.. Tomorrow next part up kohdheynan insha Allah.. =)
Alhe haadha kurey dhw…..?foohi mihaa kuruveema.
Clap clap…salhi egey vaahaka mihaar..waitin…waitin….waitin….
V rythi
Salhii..
mibai varah rythi.