(ޔާޝްގެ ނަޒަރުން) 

 

އަހަރެންނަށް ހޭލެވުނީ ފެންތިކި ތަކެއް މޫނުގަ ޖެހޭ އިޙްސާސް ވުމުންނެވެ. މީހަކު އަހަރެން ކައިރީގައި ހުރި އެއްޗެއް ކިޔަމުން ދިޔައެވެ. ނަމަވެސް ނިދީގެ އަސަރު ހުރުމުން ކިޔާއެއްޗެއް ސާފެއް ނުވިއެވެ. އަހަރެން ލޯމަރާލުމަށްފަހު އަނެއްކާވެސް ލޯ ހުޅުވައިލީމެވެ. ” އަޅަން ވީ ތަ……. ނޫނީ ނާޅަން ވީތަ” އަހަރެން ކައިރީ ހުރެ އެމީހަކު މިހެން ކިޔަމުން ދިޔައެވެ. ” ކާކު ؟” އެމީހަކު އަހަރެން އެހެން ބުނުމުން ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް އަހަރެންގެ މޫނަށް ފިނިފެން ވެރުނެވެ. އަހަރެންގެ ނިދި ހީވީ އެކީއެކު ފިލައިގެން ދިޔަ ހެންނެވެ. މޫނުގައި ހުރި ފެންތަށް ފުހެލަމުން އަހަރެން ކުރިމަތީގައި ހުރި ސޯފާ އަށް ބަލައިލީމެވެ. އެތާގަ އޮތީ އަންހެނެކެވެ. އެއީ ކާކުތޯ ބެލުމުގެ ބަދަލު އަހަރެން ބެލީ އަހަރެންގެ މޫނު މައްޗަށް ފިނިފެން އެޅި މީހާ އެތާގަ ހުރިތޯ އެވެ. އަހަރެން ގެ ނަސީބު ދެރަކަމުން އެމީހަކު އަހަރެން ހޭލުމުން ބިރުން ދިޔައީއެވެ. ދެން އަހަރެން ބަލައިލީ ސޯފާގައި އޮތް އަންހެނާ ދިމާއަށް ށެވެ. 

 

(މައިރާގެ ނަޒަރުން) 

 

މިވީ ކިހިނެއް ހެއްޔެވެ. ” ދެން އަހަރެން ކީއް ކުރާނީ” އަހަރެން މަޑުމަޑުން ބުނެލީމެވެ. ” މައިރާ ކޮބާތަ ޔާޝް ؟” ކުއްލިއަކަށް އީމާން ގެ އަޑުއިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ” މައްޗު ގަ އެބައުޅޭ” އަހަރެން އެހެން ބުނެފަ ދިޔައީ ބަދިގެއަށް ށެވެ. ކޮފީ މޭކާ ކައިރީ ހުއްޓިލަމުން އަހަރެން ހިތަށް އެރިއެވެ. އަނެއްކާ ޔާޝް ރުޅިއަންނާނެ ބާއެވެ. އެހެން ވިސްނަން ހުއްޓާ ކުއްލިއަކަށް އިވުނީ ރިޒްވާން ގެ ހަޅޭކުގެ އަޑެވެ. އެ އަޑު އިވި އަހަރެންގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާ އެވެ. އަވަހަށް ބަދިގެއިން ނިކުތް އިރު ސާރާ ވެސް ބުރުގާ އަޅަމުން ކޮޓަރިން ނިކުންނާނީ އެވެ. ” ސާރޫ” ކުއްލިއަކަށް ރިޒްވާން ސާރާ އަށް ގޮވުމުން ތިރިއަށް ފޭބީއެވެ. ރިޒްވާން ހުރިގޮތް ފެނުމުން އަހަރެން ގެ ހިނިގަންޑު ކޮންޓްރޯލް ކޮއްލެވުނީ ހަމަ ކިރިޔާ އެވެ. ނަމަވެސް ސާރާ ގެ ހިނިގަންޑު ދިޔައީ ފަޅައިގެން ނެވެ. އަހަރެން ނުހެން ވެގެން ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް ސާރާ ހޭން ފެށުމުން އަހަރެންގެ ހިނިގަނޑު ފަޅާ ގެން ދިޔައެވެ. ” ސާރޫ އަދިވެސް ހެނީތަ………. މީ ހުސް ސާރާ ގެ ކަންތަކޭ…… އަހަރެން ހުވަފެނެއް ސާރާ ބުނީ  އަހަރެން އިތުރަށް ހޭންސަމް ކޮށްދޭނަމޭ އެކަމް އަހަރެންނަ ހުވަފެނުން ލޯގަނޑު ބެލުމުގެ ކުރިން ހޭލެވުނީ……އެއިރު އީމާން އާއި ޔާޝް އަހަރެންނަށް ބަލާފަ ހަމަ ހެނީ” ރިޒްވާން އެހެން ބުނުމުން އަހަރެންނަށް ކުރިއަށްވުރެ ބޮޑަށް ހެވުނެވެ. މިވަގުތު ކޮންމެ މީހަކުވެސް ރިޒްވާން އަށް ބާލާފައި ހެވުން ނޫން ކަމެއް ނުކުރާނެ އެވެ. ލައިގެން ހުރީ ފަޔާ ހަމައަށް ދާ އަތް ކުރު ފެހި ކުލައިގެ ދިގު ހެދުމެކެވެ. ބޮލުގައި ފަޔުގެ ކަކުލާ ހަމައަށް ދާ އިސްތަށިގަނޑެއް ޖަހާފައި ހުރިއިރު ހީވަނީ އަންހެނެއްހެންނެވެ. ތުންފަތުގައި ރަތް ކުލަ ޖައްސާފައި ހުރިއިރު މޫނު ހީވަނީ ގޮދަން ފުއް އެއްޗަކަށް ކޮއްޕާލަފަ ހުންނަ ހެނެވެ. ބުމައިގަ އަނދުން އަޅާފައިހުރި އިރު ހީވަނީ ހަމަ އެހެން ކަމެއް ހެންނެވެ. އީމާން އާއި ޔާޝް ހެމުން ހެމުން ތިރިއަށް ފޭބިއެވެ. އެވަގުތަކީ އަހަރެން ހީހީ އެންމެ ފަހު ބަނޑަށް ތެދުވެގެން ބިންމަތީގައި އިށިންނި ވަގުތެވެ. ” މައިރާ އަރް ޔޫ އޯކޭ” ޔާޝް ކަންބޮޑުވެފައި ހުރެ އައިސް އަހަރެންގެ ގާތުގައި އެހިއެވެ. އަހަރެން ހެމުން ހެމުން ބޯޖަހާލީމެވެ. ޔާޝް އަހަރެން ކޮޅަށް ނެގުމަށް ފަހު އަހަރެން ހިފައިގެން ބަދިގެއަށް ދިޔައެވެ. އަހަރެން ގޮނޑީގައި ބޭންދުމަށްފަހު ޔާޝް ފެން ތައްޓެއް ދިނެވެ. ” މައިރާ އަދިވެސް ޖަވާބެއް ނުދެމެއްނު….. ވިލް ޔޫ މެރީ މީ؟” ޔާޝް އަހަރެން އިށިންދެގެން އިން ގޮނޑި ކުރިމަތީގައި އެއްފާމައްޗަށް ތިރިވެލަމުން ރޭގަ ކުރި ސުވާލު ތަކުރާރު ކޮއްލީއެވެ.  އެ ސުވާލު އެހުމުން އަހަރެން ކޮށި އެރިގޮތުން އަނގާގައި ހުރި ފެންތަށް ޔާޝް ގެ މޫނަށް ބޭރުކޮށް ލެވުނެވެ. އަހަރެން ދެލޯ ބޮޑުވި އިރު ޔާޝްގެ މޫނު މަތީގައި ވަނީ ހިނިތުން ވުމެކެވެ. މޭޒުމަތީގައި ހުރި ޓިށޫ ބޮކްސް އިން ޓިށޫ އެއް ނަގަމުން އަހަރެން ޔާޝް ގެ މޫނު މަތީގައި ހުރި ފެންތަށް ސާފު ކޮއްލީމެވެ. ފެންތަށް ސާފުކޮއް ނިމުމުން އަހަރެން ތެއް ޓިށޫ މޭޒުމަތީގައި ބާއްވަމުން ޔާޝް އަށް ބަލައިލީމެވެ. އެއިރުވެސް ޔާޝް އިނީ ކަޅި ޖަހާ ނުލާ އަހަރެން ގެ މޫނަށް ބަލައިގެންނެވެ. ” މައިރާ މީ މަޖަލެއް ނޫން އަމް ސީރިއަސް” ޔާޝް އެހެން ބުނުމުން އަހަރެން ހިންދިރުވައިލީމެވެ. ޔާޝް އަކަށް ނޭނގޭނެވެ. ޔާޝް އެ ސުވާލު އަހާ ތޯ އަހަރެން އިންތިޒާރު ކުރާތާ ކިހާ ދުވަހެއް ކަމެއްވެސް ނޭނގޭނެވެ. ” އަމް………ޔެސް އަލް މެރީ ޔޫ” އަހަރެން އެހެން ބުނެވުނީ ކިރިޔާ އެވެ. އެހެން ބުނުމަށް ފަހު އަހަރެން ބޭނުން ވީ ބިން ފަޅާފައި އަޑިއަށް ދާން ށެވެ. އަހަރެން ހީވީ ލަދުން ގޮސް ވިރި ދާނެ ހެންނެވެ. ކުއްލިއަކަށް ޔާޝް އަހަރެންގެ އުނގު މަތީގައި ބޯއަޅާލިކަން  އިޙްސާސް ކުރެވުނެވެ. ” އަހަރެން މީ އެހެން ފިރިހެނުން ހެން އެހާ އެކްސައިޓެޑް ވާން އެނގޭ މީހެއް ނޫން….. އެކަމް އަހަރެން މިހުރީ ވަރަށް އުފަލުން.. އެކަމަކު އެބައޮތް ” ޔާޝް އެހެން ބުނުމުން އަހަރެންގެ ހިތަށް ބަޔާން ކުރަން ނޭނގޭ ހަމަޖެހުމެއް ލިބުނެވެ. ” ބަލާބަލަ މި ދެމީހުން ޕިސް ޕިސް ޕިސް” ރިޒްވާން ގެ އަޑު އިވުމުން އަހަރެން އަދި ޔާޝް ވެސް ދިޔައީ ސިއްސައިގެންނެވެ. އަހަރެން އަވަހަށް ކޮޅަށް ތެދުވުމަށް ފަހު ބަދިގެއިން ނިކުމެގެން ދިޔައީމެވެ. 

 

(ޔާޝްގެ ނަޒަރުން) 

 

މައިރާ  އަހަރެންނާ ކައިވެނި ކުރަން އެއްބަސް ވުމުން އަހަރެން ހުރީ ވަރަށް އުފަލުން ނެވެ. ނަމަވެސް ދެވަނަ ސިކުންތު ހިތުތެރޭގައި ބިރުވެރި ކަމެއް އުފެދުނެވެ. އަހަރެން މައިރާ އަށް އަހަރެންގެ ހިތި މާޒީ ކިޔައިދެން  އުޅެނިކޮށް ރިޒްވާން އައީ އެވެ. އަހަރެންގެ މޫނު މަތީގައި ހުރި ނުތަނަވަސްކަން ފެންނި ރިޒްވާން އަހައިލިއެވެ. ” ކިހިނެއްވެފަ ތިހުރީ” ކަމެއް ނުވެއޭ ބުނަމުން އަހަރެން ބަދިގެނިކުމެގެން ދިޔައީމެވެ. 

 

(މައިރާގެ ނަޒަރުން) 

 

މިހާރު މެންދުރު ފަސް ވަނީއެވެ. ހެނދުނު ޔާޝް ފެނުނު ގޮތަށް އަދިވެސް ހަބަރެއް ނުވެއެވެ. އަނެއްކޮޅުން އޯވާ ނައިޓް ވެސް ކެންސަލް ކޮއްލީއެވެ. އެކަމަކު ކެންސަލް ކޮއްލީ ކީއްވެ ކަމެއް ނުބުނިއެވެ. ” މައިރާ މިތަނުން ހެދުމެއް ސެލެކްޓް ކޮއްދީބަލަ ” ސާރާ ފޯނުން ހެދުންތަކެއް ގެ ފޮޓޯ ދައްކާ ލަމުން ބުނެލިއެވެ. ހައިރާން ވާ ކަމަކީ އެތާގައި ހުރީ ހުސް ވެޑިން ޑްރެސް އެވެ. ” މީ ކޮން ކަމެއް  އަނެއްކާ ރިޒްވާން އާއި އަލުން އިންނަން ތަ ތިއުޅެނީ” އަހަރެން އެހެން ބުނުމުން ސާރާ ބުނީ އެކަހަލަ ކަމެއް ކަމަށް ހީކޮއްލާށެވެ. ސާރާ އަށް އަވަހަށް ވެޑިން ޑްރެސް ސެލެކްޓް ކޮށްދިނުމަށް ފަހު އަހަރެން ބޭނުންވީ އަވަހަށް ޔާޝް ގެ ހިޔާލު ތަކަށް ފީނާ ލާން ށެވެ. ނަމަވެސް އެކަން ވެސް ނުވީ ސާރާ ބުނި އެއްޗަކުންނެވެ. ” މައިރާ އަށް މިތަނުން ޑްރެސް އެއް ސެލެކްޓް ކުރަން ވީއެއްނު” ސާރާ އެހެން ބުނުމުން އަހަރެން ގެ ހުރިހާ ފޯކަސް އެއް އެ ކަމަށް ދިޔައީއެވެ. ” މިހުރިހާ ހެދުމެއް ވެސް ވަރަށް ރީތި އެކަމަކު އެންމެ ރީތި ހެދުމަކީ ރޯޔަލް ވެޑިން ޑްރެސް ސެކްށަން ގަ އެންމެ މަތީގަ އިން ހެދުން”  ” އެހެން ވީމަ ފައިނަލް ދޯ…. އެ ހެދުން ނަގާނީ” ސާރާ އެހެން ބުނުމަށް ފަހު ދިޔައީއެވެ. އިރުކޮޅެއް ނުވާނީ އަސުރު ނަމާދު ބަންގި ގޮވި އެވެ. ” މިހާރު ބަންގި ވެސް އެގޮވީ…. މިއަދު ހުރިހާ ކަމެއް ހާދަ އަވަހަކަށްށޭ އެވަނީ” އެހެން ބުނަމުން އަހަރެން ފާހާނާއަށް ވަދެ ތާޒާ ވެލައި ގެން ނިކުމެ ނަމާދު ކޮއްލީމެވެ. 

 

——1 ގަޑީރު ފަސް—-

 

ރީތިވެ ނިމުމުން އަހަރެން ފޯނު ހިފައިގެން ކޮޓަރިން ނިކުތީމެވެ. އެއިރު ސާރާ އަދި ރިޒްވާން ވެސް ފެންނާކަށް ނެތެވެ. ފޫހި ވެފައި ހުރުމުން އަހަރެން  ބޭރަށް ނިކުތީމެވެ. ދާނެ ވަކި ތަނެއް ނޭނގުމުން އަހަރެން ހިނގައިގަތީ ދުރުގަ ހުންނަ ޖޫގޯ ޕޮއިންޓް އާއި ދިމާއަށްށެވެ. ” މައިރާ” ކައިރިން މީހެއްގެ އަޑެއް އިވުމުން ފޯނުން ނަޒަރު ވަކިކޮއްލަމުން އަހަރެން ބަލާލީމެވެ. ” ޔާޝް؟”  ” އާދެބަލަ އަހަރެންނާއެކު ތާކަށް ދާން” ޔާޝް އެހެން ބުނުމުން އަހަރެން ސައިކަލް ފަހަތަށް އެރީމެވެ. ކުއްލިއަކަށް ޔާޝް ދުއްވައިލުމުން އަހަރެން ގޮސް ތަތް ވީ ޔާޝް ގެ ބުރަކަށީގައެވެ. އެހެން ވުމުން އަހަރެން ހަންދާން ވީ 6 އަހަރު ކުރީގެ މަތިންނެވެ. ޔާޝް އަދިވެސް ސައިކަލް ދުއްވަނީ ހަމަ އެހާ ބާރަށްށެވެ. ބީޗް ކައިރީ ސައިކަލް މަޑުކޮއްލުމުން އަހަރެން އަވަހަށް ސައިކަލުން ފޭބީމެވެ. ” ޔާޝް ތި އުޅެނީ އަހަރެން މަރަން ތަ” އަހަރެން އެހެން ބުނުމުން ޔާޝް ބުނެލިއެވެ. ” މައިރާގެ އެ ބިރު އަދި ވެސް ފިލައިގެން ނެތް ނުދޭ ދޯ”   އަހަރެން ނޫނެކޭ ބުނަމުން ގޮސް އެތާގައި ހުރި ހިލަ ގޮނޑީގައި އިށީނދެލީމެވެ. “މައިރާ އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ އެބައޮތް” ޔާޝް އަހަރެން ކައިރީ އިށީންނަމުން ބުނެލިއެވެ. އަހަރެން ކޮން ވާހަކަ އެއްހޭ ބުނެލީމެވެ. ” މިވާހަކަ އެނގިއްޖިއްޔާ ފަހަރެއްގަ މައިރާ އަހަރެންނާއި ކައިވެނި ކުރަން ބޭނުން ނުވެވެސް ދާނެ” ޔާޝް އެހެން ބުނުމުން އަހަރެން ކަނުލާ އަޑުއަހަން ފެށީމެވެ. ” އަމް ނޮޓް ސްޓޭބަލް ސަމް ޓައިމްސް އައި ގެޓް ޕެނިކް އެޓޭކްސް” ޔާޝް އެހެން ބުނުމުން އަހަރެން ކައިރީ ޔަނާ އެވާހަކަ ބުނީ ކަމަށް ބުނެލީމެވެ. ” އަހަރެން މީ ކައިވެނިން ބޭރުގަ އަހަރެންގެ މަންމައަށް ލިބުނު ކުއްޖެއް” ޔާޝް އަނެއްކާވެސް ބުނެލިއެވެ. ” އެއީ ޔާޝް ގެ ކުށެއް ނޫނެއްނު” އަހަރެން އެހެން ބުނުމުން ޔާޝް އަހަރެންނަށް ނޭވާ ނުލެވޭ ވަރަށް ބާއްދާލިއެވެ. ” ޔާޝް އަ….. އައި ކާންޓް ބްރީދް” އަހަރެން އެހެން ބުނުމުން ޔާޝް އަހަރެންގެ  ގައިން ދޫކޮއްލިއެވެ.  ” ސޮރީ…. އަސްލު ގިނަމީހުންނަށް މިކަންތައް އެނގުމުން މަލާމާތް ކުރީ……..މައިރާ އެހެން މީހުނާ ބަލާއިރު ވަރަށް ތަފާތު” ޔާޝް އެހެން ބުނުމުން އަހަރެން ހިނިގަނޑެއް ޖަހާލީމެވެ. 

އެކި ވާހަކައިގައި ތިބެފަ ބަންގި ގޮވުމުން ޔާޝް އަހަރެން ގެއަށް ލުމަށްފަހު ދިޔައީ މިސްކިތަށް ށެވެ. އަހަރެން ޔާޝް ދިޔުމުން ގޭތެރެއަށް ވަނީމެވެ. އެއިރުވެސް ގޭތެރޭގައި އެކަކު ވެސް ނެތެވެ. އަހަރެން އަޅާނުލައި ގޮސް ކޮޓަރިއަށް ވަދެ ނަމާދު ކޮށްލައިގެން މަންމަ އަށް ގުޅީ މެވެ. ” ހެލޯ…. މަންމާ…. އަހަރެން މިއުޅެނީ މީހަކާ އިންނަން” އަހަރެން އެހެން ބުނުމުން މަންމަ ކޮންއިރަކު ހޭ ބުނެލިއެވެ. “މިއަންނަ ހަފްތާ އަންގާރަ ދުވަހު” އެހެން ބުނުމުން މަންމަ އެންމެ ރަނގަޅު ކަމަށް ބުނެ ފޯނު ހޭންގް އަޕް ކޮއްލީއެވެ. އަހަރެންވެސް ފޯނު ހިފައިގެން ތިރިއަށް ފޭބީ ބަނޑުހައި ހޫނުކަން އިހުސާސް ކުރެވޭތީއެވެ. ބަދިގެއަށް ވަދެ ބަލައިލީ އިރު ފާސްޓާ ހަދާފައިހުރުމުން އޭގެން އެތިކޮޅެއް ތައްޓަށް އަޅައިގެން ކާން ފެށީމެވެ.  ކައި ނިމުނު އިރު އިޝާ ނަމާދު ބަންގި ގޮވާ ނިމުނީއެވެ. އަވަހަށް ތަށި ދޮވެ ލުމަށްފަހު ކޮޓަރިއަށް ގޮސް ވުޟޫކޮށްގެން ނަމާދު ކޮއްލީމެވެ. ” މައިރާ” އިވުނީ ސާރާ ގެ އަޑެވެ. އަހަރެން އަވަހަށް ކޮޓަރިން ނިކުތް އިރު ގައި ސާރާ ހުރީ ކޮތަޅު ތަކެއް ހިފައިގެންނެވެ. ރިޒްވާން އޮތީ ސޯފާ އަށް ކުރު ގުޅިފައެވެ. ” ހުޅުވާފަ ބަލާލަބަ ސާރާ އަހަރެންނަށް ކޮތަޅު ދެމުން ބުނެލިއެވެ. ކޮތަޅު ހުޅުވާ ބަލައިލީ އިރުގަ އޭގެ ތެރޭގައި އޮތީ މިއަދު ހަވީރު ގައި އަހަރެން ސެލެކްޓް ކުރި ވެޑިން ޑްރެސް އެވެ. ދެން އަހަރެން ބަލައިލީ އަނެއް ކޮތަޅެވެ. އޭގެތެރޭގައި އޮތީ ވެޑިން ޑްރެސް އާއެކު ލާން އޮތް ބޫޓެވެ. ” ސަޕްރައިޒް” ސާރާ އެހެން ބުނުމުން އަހަރެން ގަބޫލު ނުކުރެވޭ ފަދަ ގޮތަކަށް ބަލައިލީމެވެ. ” ސާބަސް އަހަރެންނެއް ނޫން ގަތީ ތި ވެޑިން ޑްރެސް ޔާޝް ގަތީ” ރިޒްވާން އެހެން ބުނި ވަގުތަކީ ޔާޝް ގެއަށް ވެންނި ވަގުތެވެ. ކޮތަޅަކާ ކޮތަޅެކެވެ. އަހަރެން ދުވެފައި ގޮސް ޔާޝް ގައިގާ ބައްދާލީމެވެ. ” ބަލާބަލަ… އަދި އެހެން މީސިމީހުން ނާ ކިޔައެއްނު” ރިޒްވާން އެހެން ބުނުމުން އަހަރެން އެހުރިގޮތަށް ހުރެ ބުނެލީމެވެ. ” ދެން އެންވަޏާމު ނުބަލާ ހުރެބަލަ”  ” ދެލޯ އެއީ ބަލަން ހުންނަ އެއްޗެއް ”  ރިޒްވާން އެޔާ ވިއްދާފައި ބުނެލިއެވެ. ” ރިޒްވާން….. ފެނޭހާ ކޮންމެ އެއްޗަކަށް ބަލާކަށް ނުވާނެ” އަހަރެން އެހެން ބުނުމުން ޔާޝް ގެ ގައިން ދޫ ކޮއްލީމެވެ. ” މައިރާ އަށް ދިން ގިފްޓް ކަމުދޭތަ” ޔާޝް އެހެން ބުނުމުން އަހަރެން ބޯޖަހައިލީމެވެ. ” ތި އުޅެނީ މެރީ ކުރަކަށްނު…. އިންވެޓޭށަން ކާޑު ތައް ރެޑީ ކޮއްފިންތަ” ރިޒްވާން އެހެން ބުނުމުން ޔާޝް ބުނެލިއެވެ. ” ހުރިހާ އެއްޗެއް ރެޑީ ހަމައެކަނި ޑެކަރޭށަން އާއި ފުޑްސް ބާކީ ހުރީ”  ” ނޫނޭވާ ތި ދެމީހުން ފާސްޓް ފްލޭށް އަށް ވުރެވެސް ފާސްޓް” ރިޒްވާން އެހެން ބުނުމުން އަހަރެން ދޫ ދިއްކޮއްލީމެވެ. 

 

(ނުނިމޭ) 

 

47

3 Comments

  1. GUITAR LOVER

    January 18, 2022 at 4:08 pm

    this part is also nice. @starfire can you tell which atoll you are from.. ❤️❤️and not “މައްޗު” ragalhu gothakee “މަތީގަ” ekamakuves v reethi hope you will think this next time 😊😊

  2. maiherr.r

    January 18, 2022 at 9:33 pm

    Mi part ves vrh reethi. When next part?

  3. Hûdhãkkø

    January 19, 2022 at 8:56 am

    Alheyyy Yash and Mayra is gonna marry finally
    Mi part VX vrh vrh reethi
    Waiting for the next part

Comments are closed.