Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެންމަޖާލޯބި

ފުރިހަމަ ހަނދުވަރު 1

Black X Level 1
January 18, 2022 5 Mins Read
0 Comments

“އާ…” ދަންވަރު ވަގުތުގައި އެ އަނދިރި ޖަންގަލިތެރެއިން މީހަކު ހަޅޭއް ލައްވަލި އެވެ. އެ ކަޅު އަނދިރި ޖަންގައްޔަކީ ދަތްތަށް ތޫނު، ލޯ ތަށް ރަތް ކުލައިން ދިއްލިފަ، އިންސާނުންގެ ލޭ ބޯގެން ބާރު ހޯދާ ފުރޭތަ ތަކެއް ދިރިއުޅެމުން ދާ ތަނެކެވެ. ބުނަންޏާމު އެއީ ވޭމްޕަޔާސް ގެ މާހައުލް އެވެ. “ޕިސް ޕިސް އަޅޭ މީނަވެސް އެ މަރުވީ މިރެއަކު އަހަންނަކަށްށެއް އެއްވެސް މަޖަލެއް ނުލިބުނު ކީކޭ ބުނާނީ ރަޒާން… އޭ ކޮންކަމަކާ ދޭތެރޭ ތި ވިސްނަނީ” ރަޒާން ގެ އެންމެގާތް ރަހުމަތް ތެރިޔާ އައިމަން ބުނެލި އެވެ. “އެ މަށަކަށް ނޭންގެ އަހަންނަކީ އަހަރެން ގެ އާއިލާ އިން އެންމެ ކުޑަ އަދި އެންމެ ވީކެސްޓް މެމްބާރ ލޭ ބޮއެބޮއެ ފޫހި ވެއްޖެ މަ މިހާރު ބޭނުންވަނީ އާކަމެއް ދަސްކުރަން ކީކޭ ބުނާނީ އައިމަން އަހަންނާއެއްކޮޅެއްގަ ތަ ކަލޭ ތިހުރީ” ރަޒާން ބުންޏެވެ. “އަހަރެން އެއްބަސް ވަން” އައިމަން ރަޒާން އާ އެއްކޮޅު ދިނެވެ. “އެކަމަކު މަށެއް އެއްބަހެއް ނުވާނަން ޒާން އަށް އިންގޭތަ މިހާތަނަށް ވޭމްޕަޔާ ގެ މާހައުލް ބިޓްރޭ ކުރި ހުރިހާ ވޭމްޕަޔާ އަށް ވީ ގޮތް؟ އާން ތީގެން އެކަކަށް ވެސް ނޭންގޭނެ އެ އެންމެން ގެ ބާރުތަށް ނަގާފަ އެންމެ ހަގުކޮށްހުންނަ ވޭމްޕަޔާސް އަށް ހަދިޔާ ކުރަނީ” އެތަނަށް އާ އަންހެން ވޭމްޕަޔާ އެއް ބުނެލި އެވެ. “ދޮންތާ ކިހިނެތް ތަ ވާނީ އަހަރެމެންގެ ހަކަތަތަށް ގެއްލުނީމަ؟” ރަޒާން  އޭނާގެ ދޮންތަ ރައުޝާ ގާތުގަ އެއްސެވެ. “އާން ރައުއްތާ އެއީ މަ ވެސް އަހަން އުޅުނު ސުވާލަކީ”އައިމަން ބުނެލި އެވެ. “އަހަރެމެން މަރުވާނީ” ރަޒާން ގެ ދޮންބެ ރަޔާން ބުނެލި އެވެ. “މީހުންނާ ކިޔާވަރުގެ މީހެއް ނޫނޭ ތީކީ އެއް ހަމަ ކިރިޔާ ކަލޭވެސް ސަލާމަތް ވީ” ރައުޝާ ރަޔާން އާއި ދިމާލަށް ބުނެލި އެވެ. “ދޮންބެ އަށް ކިހިނެތްތަ ވީ” ރަޒާން އެއްސެވެ. “ގެއަށް ގޮސްފަ ދޯ ބައްޕަ އެބަހުރި ބަލާގެން ހިންގާ ދާން” ރައުޝާ މިހެން ބުނެފައި އެމީހުން ގޮވާގެން ހިންގާގަތީ އެމީހުންގެ އަވަށަށް އިރުއެރުމުގެ ކުރިން ދިއުމަށް ށެވެ.

 

މާލެ ތެރޭގަ…..

ތަންމަތީގަ ނިދާ މަރުވެފަ އޮތް ޖަޒްލީ އަށް ހޭލެވުނީ އޭނާގެ މޫނުމައްޗަށް އިރުގެ ރަން ދޯދިތަށް އެޅުމުން އެވެ. “ޖަޒޫ..ޖަޒޫ” ޖަޒްލީގެ ދޮންބެ ޖައިވާން އޭނާ އަށް ދޮވާލަން ފެށި އެވެ. “އަހަރެން މިތެދުވީ އޭ ދޮންބޭ” ޖަޒްލީ އަޑު އޮތް ކޮޅަށް ބުނެލި އެވެ. “އަވަސް ކޮށްގެން ސުކޫލަށް ދާން ތައްޔާރުވޭ” ޖައިވާން ބުނެލި އެވެ. “އާން ސްޓޮޕް ވައިނިންގް” ޖަޒްލީ މިހެން ބުނެފައި ވަނީ ފާޚާނާ އަށް ށެވެ. ފާޚާނާ އަށް ވަދެ ފްރެޝް ވެލާގެން ނިކުމެ އަލަމާރީގައި އަޅުވާފައި އޮތް ޔުނީފޯމު ލުމަށް ފަހު އޭނާގެ ކުރު ރާޅޫބާނީ އިސްތަށިގަނޑު ގައި ހުރި ފެންތަށް ހިއްކުމަށް ފަހު އިސްތަށިގަނޑުގައި ފުނާއަޅަންފެށި އެވެ. ދެން އޭނާގެ އެ ކުރު ރާޅުބާނީ އިސްތަށިގަނޑު ގައި ޖެހިފައި ހުރި ހިރޭތަށް ދުއްވުމަށް ފަހު އިސްތަށިގަނޑު ގެ އެއް ފަރާތެއްގަ މަގު ފެޅުމަށް ފަހު އިސްތަށިގަނޑު އޮމާން ކުރި އެވެ. އެއަށް ފަހު ޖަޒްލީ ނިކުތީހެނދުނުގެ ނާސްތާ ނެގުމަށް ށެވެ. “އަވަސް ކުރޭ 7:30 ވާން އެންމެ 30 މިނެޓް” ޖައިވާން ގަޑި ކިޔަން ފެށި އެވެ. “ހްމްމް އަވަސް ކުރާނަމޭ ދޮންބެ ދެން މަޑުން ހުރެބަލަ ޕްލީޒް” ޖަލްލީ ރުޅި އައެވެ. ޖަޒްލީ އަވަސް އަވަހަށް ކާގެން ތަށިތަށް ޒިންކަށް ޖަހާލުމަށް ފަހު ދިބަސް ކޮނޑުގަ އަޅުވާލާގެން އިސްޓާކީނަށް އެރުމަށް ފަހު ބޫޓަށް އަރާގެން ނިކުތީ ސުކޫލަށް ދިޔުމަށް ށެވެ. “ޖަޒްލީ!!!!” ޖަޒްލީ ގެ ފަހަތުން އާ މީހަކު އޭނާ އަށް ގޮވާ އަޑު އިވިގެން ޖަޒްލީ ފަހަތަށް ބަލާލި އެވެ. “މައިރާ؟!” ޖަޒްލީ ބުނެލި އެވެ. “ޖަޒްލީ އެތެދެއް ތަ ޖަޒްލީ މެން ތިއުޅެނީ އެހެން ރަށަކަށް ބަދަލް ވާން؟” މައިރާ ޖަޒްލީ ގާތުގައި އަހާލި އެވެ. “އާން މަންމަ ފާޑެއްގެ ލާމު އަތޮޅު މީހަކާ އިންނަން އުޅެނީ” ޖަޒްލީ ބުނެލި އެވެ. “ލާމު އަތޮޅޭ އެއީ ހާދަ ދުރު ހިސާބެކޭ އަދި އެއީ ލާމު އަތޮޅު ގެ ކޮން ރަށެއްތަ؟” މައިރާ އަހައިލި އެވެ. “ތީގެ ތެރޭ އެބައޮތް ދެ ސުވާލެއް އޭ އާން އެއީ ވަރަށް ދުރު ހިސާބެއް ދެން ބީ އެއީ ލ.ގަން މަތިމަރަދޫ މިސަރަހައްދަށް” ޖަޒްލީ ޖަވާބު ދިނެވެ. “ޖަޒްލީ ކޮން ސުކޫލަކަށް ތަ ދާނީ އެންޑް ކޮން އިރަކުގަ ތަ ދަނީ؟” މައިރާ އަނެއްކާވެސް އެހީ ސުވާލެކެވެ. “އޭ އަހަރެން ދާނީ ހަމަދް ބިން ޚަލީފާ އަލް ޘާނީ ސުކޫލަށް… ބީ މާދަމާ އަހަރެން ނައްޓާލަން މަންމަ އާ ދޮންބެ އާ ދެމީހުން އާއި އެކު” ޖަޒްލީ ބުނެލި އެވެ. “އޭން އަސްކުވެސް އަހަރެން ޖަޒްލީ މަތިން ވަރަށް ހަނދާން ވާނެ” މައިރާ ބުނެލި އެވެ. “އަހންނަށް ވެސް މައިރާ މަތިން ވަރަށް ހަނދާން ވާނެ”ޖަޒްލީ މިހެން ބުނެފައި މައިރާ ގާގައި ބައްދާލި އެވެ.ދެން ދެމީހުން އެއްކޮށް ސުކޫލުތެރެއަށް ވަދެ އެމީހުން ގެ ކުލާހަށް ދިޔަ އެވެ.

 

“ހުރިހާ ކުދިން އެކުއްޖަކު ހުންނަ ތަނަށް ދޭބަ”ކުލާސް ޓީޗަރު ކުލާހަށް ވަނުމަށް ފަހު ބުނެލި އެވެ. “މިއަދު މީ އަހަރެމެން ގެ ޖަޒްލީ މި ސުކޫލުގަ ކިޔަވާ އެންމެ ފަހު ދުވަސް” ކްލާސް ޓީޗަރު ބުނެލި އެވެ. “ޖަޒްލީ އެ ތެދެއްތަ” ކްލާހުގަ އިން ކުއްޖަކު އަހައިލި އެވެ. “އާން އަހަރެން ލާމު އަތޮޅަށް އެއްކޮށް ބަދަލު ވަނީ އިރާދަ ކުރެއްވިއްޔާމު ޓާމް ބްރޭކް ތަކުގަ ވިޒިޓް ކުރަން އަންނާނަން” ޖަޒްލީ ބުނެލި އެވެ. “ވީ އާރ ގޮން މިސް ޔޫ ޖަޒްލީ” ކްލާހު ހުރިހާ ކުދިން ބުނެލި އެވެ.

 

4 ގަޑި އިރު ފަސް…

ޖަޒްލީ ގެއަށް ގޮސް ވަތް އިރު އޭނާގެ މަންމަ ހުރީ އެއްޗިސް ތަށް ފޮއްޓަށް އަޅަ އެވެ. “ޖަޒޫ ތި އައީތަ ގެއަށް؟” ޖަޒްލީ ގެ މަންމަ ޖަމީލާ އަހައިލި އެވެ. “އާން އަހަރެން ވެސް ދާންވީތަ ފޮއްޓަށް އެއްޗިސް އަޅަން” ޖަޒްލީ ޖަމީލާ ގާތުގަ އަހައިލި އެވެ. “އާން އަވަހަށް ދޭ މާދަން ފަތިހުގެ ފްލައިޓްއިން އަހަރެމެން ދަނީ އޭގެ މާނައަކީ އަހަރެމެން ނަށް ދެވޭނޭ ޖަޒޫ ސުކޫލަށް ދާން ވާއިރަށް” ޖަމީލާ އުފަލުން ހުރެ ބުނެލި އެވެ. “މަންމާ!! އަހަރެން ވަރަށް އުފާވޭ މަންމަ ގެ ސްމައިލް އަނެއްކާވެސް ފެނުނީމަ… އައިމް ޕްރައުޑް އޮފް ޔޫ” ޖަޒްލީ ހީލާފައި ބުނެލި އެވެ. ދެން ޖަޒްލީ ހިނގާގަތީއޭނާގެ ކޮޓަރި އާއި ދިމާލަށް ށެވެ. ކޮޓަރިއަށް ވަދެ ޔުނީފޯމް ބަދަލު ކުރުމަށް ފަހު އޭނާ ގެ އެ ކުރު ރާޅުބާނީ އިސް ތަށި ގަނޑު ވޫލި ކޮޅަކުން އައްސާލިމަށް ފަހު ވަރަށް ވުރެ ކުރު އިސްތަށި ތަށް ކަންފަތުގެ ފަހަތުގަ އަޅުވާލި އެވެ. ދެން ޖަޒްލީ ނިކުތީ ފޮށިގަނޑެއް ހޯދުމަށް ށެވެ. ފޮށިގަނޑު ހިފައިގެން އޭނާގެ ކޮޓަރީގަ ހުރި އޭނާ ބޭނުން ވާއެއްޗިސް އެއް ފޮށިގަނޑަށް އެޅިމަށް ފަހު ބޭނުން ނުވާ އެއްޗިސް އެހެން ފޮށިގަނޑަކަށް އެޅި އެވެ. އެއަށް ފަހު އެފޮށިގަނޑުތަށް ބަންދުކުރި އެވެ.ދެން އަލަމާރި މަތީގަ އޮތް އަންނައުން އަޅާ ފޮށި ނެގުމަށް ފަހު އަލަމާރީގަ އަޅިވާފަ ހުރި އެއްޗިސް އާއި ފަތްޖަހާފަހުރި އެއްޗިސް ނެގުމަށް ފަހު ފަތްޖަހާފަ ހުރި އެއްޗިސް ފޮށި ތެރެއަށް ލުމަށް ފަހު ކޮނޑުގަ އަޅުވާފަ ހުރި އެއްޗިސް ކޮނޑުން ނެއްޓުމަށް ފަހު ފަތްޖަހަމުން ފޮށިތެރެއަށް ލަމުން ދިޔަ އެވެ. އެންމެ ފަހުން ހުރިހާ އެއްޗެއް ލާނިމުމުން މާދަމާ އަށް ލާނެ އެއްޗެއް ނަގާފަ ރީތިވާ ސާމާނު ބެހެއްޓި އެވެ.

 

ދެން ބޭރަށް ނިކުތީ އޭނާގެ މަންމަ އަށް އެހީވާން ށެވެ. އޭރު ޖަމީލާ އުޅުނީ ބަދިގެ ތެރެ ސާފު ކޮށް ށެވެ. ޖައިވާން އާއި ޒައީދު އުޅުނީ ލިވިން ރޫމް ސާފުކޮށް ށެވެ. ޖަޒްލީ އޭނާގެ މަންމަ އަށް އެހީ ވެދެން ދިޔަ އެވެ. “މަންމާ މިއައީ އަހަރެންގެ ކޮޓަރި ސަފު ކޮށްފަ” ޖަޒްލީ ބުނެލި އެވެ. “ހާދަ އަވަހޭ… ޖަޒޫ މަންމަ އަށް އެތާން މަތީގަ ހުރި އެއްޗިސް ނަގާދީބަ” ޖަމީލާ ބުނެލި އެވެ. ޖަމީލާ މިހެން ބުނުމުން ގޮނޑި އެއް ހިފާގެން އައިސް އެގޮޑި މައޗަށް އެރުމަށް ފަހު އެތާން ގައި ހުރި އަށި މައްޗަށް އެރި އެވެ. ދެން އެތާން ގައި ހުރި އެއްޗިސް ތަކުގެ ތެރެއިން ވަކިވަކި އެއްޗެއް ނަގާފަ ޖަމީލާ އަތަށް ދޭން ފެށި އެވެ. ދެން ބަދިގެ ސާފު ކޮށް ނިމުމުން ޖަޒްލީ ދިޔައީ ފާރުގަ ހުރި ފޮޓޯ ތަށް ނައޓާފަ އޭނާގެ ކޮޓަރީ ފާރުގަ ހިއްޕާފަ ހުރި އެއްޗިސް ނެއްޓިމަށް ށެވެ. މިހެން މުޅި ދުވަސް ހޭދަ ކުރި އެވެ. ހުރިހާ ކަމެއް ނިމުމުން ޖަޒްލީ އެންދުމަތީގަ އޮށޯއްވެލި އެވެ. މިހެން އޮއްވާ ޖަޒްލީ އަށް ނިދުނު އިރެއް ހުދު އޭނާ އަކަށް ވެސް ނޭންގެ އެވެ.

 

ޖަޒްލީ އަށް ހޭލެވުނު އިރު ގަޑިން 5:00 ޖެހީ އެވެ. ޖަޒްލީ އަވަހަށް ފާޚާނާ އަށް ވަދެ ފްރެޝް ވެލާގެން ނިކުމެ އޭނާ ލާން ނަގާފަ އޮތް ނޫކުލާގެ ޖިންސާއި ‘އައި ލަވް މިއުޒިކް’ މިހެން ޖަހާފަ އޮތް ހުދު ކުލާގެ ޓޮޕް ކޮޅު ލުމަށް ފަހު ހެއާރ ޑްރަޔާ ބޭނުން ކޮށް ގެން އިސްރަށިގަނޑު ހިއްކި އެވެ.އެއަށް ފަހު އޭނާގެ ކުރު ރާޅުބާނީ އިސްތަށި ގަނޑު ގައި ހިރޭ ދުއްވުމަށް ފަހު ކުރު އިސްތަށި ތަށް ނިއްކުރި މަތީގެ ދެކޮޅަށް ވައްޓާލިމަށް ފަހު ފަހަތުގަ އޮތް ބާ ގައި ރީއްޗަށް ފުނާ އެޅި އެވެ. އެއަށް ފަހު ކަންފަތުގަ ކަންފަރުމުދި ތަށް އެޅު ވުމަށް ފަހު ފުއްޖެހި އެވެ.އެއަށް ފަހު މޭކަޕް ސެޓް އިން މެރޫން ކުލާގެ ލިޕްސްޓިކްއެއް ޖެއްސި އެވެ. އެއަށް ފަހު ހެއާޑްރައިއާރ އޭގެ ފޮށި ގަނޑަށް ލުމަށް ފަހު އޭނާގެ އަންނައުން ފޮށި ގަނޑަށް ލި އެވެ. ދެން އޭނާގެ މޭކަޕް ސެޓް އޭނަގެ އަތް ދަބަސްތެރެއަށް ލި އެވެ.އެއަށް ފަހު ޖަޒްލީ ނިކުތީ ބޭރަށް ށެވެ. ބޭރަށް ނިކުތް އިރު ޖަޒްލީގެ މަންމަ ، ދޮންބެ އަދި އޭނާގެ ދޮންބައްޕަ ޒައީދު ހުރީ ކާމޭޒު ދޮށުގަ ސާބީން ށެވެ. ޖަޒްލީ ވެސް އެމީހުން އާއި ބާތްވެރި ވި އެވެ. “ދޮންބައްޕާ ކޮން އިރަކުގަ ތަ އަހަރެމެން ދަނީ؟” ޖަޒްލީ ޒައީދު ގާތުގަ އަހައިލި އެވެ. “5:45 ގަ ޗެކިން ފެށޭނެ ޗެކިން ނިމޭނީ 6:00 ޖަހާ އިރަށް” ޒައީދު ޖަވާބު ދިނެވެ. ޖަޒްލީ އަވަސް އަވަހަށް ކާގެން އޭނާގެ ދޮން ބެ މޭޒު ދޮށުގަ ނިދާފަ އޮތުމުން އޭނާ ސިއްސުވަން މަސައްކަތް ކުރި އެވެ. ނަމަވެސް ޖައިވާން އެއް ޖަޒްލީ އަކަށް ސިއްސުވައެއް ނުލެވުނެވެ. “އަވަހަށް އާދެބަ ދެ މީހުން” ޒައީދު ބުނެލި އެވެ. “އާން މި ދަނީ ދޮންބައްޕާ” ޖަޒްލީ މިހެން ބުނެފައިދިޔައީ ކާރަށް އަރަންށެވެ. ޖައިވާން ޖަޒްލީ ގެ އަންއައުން ފޮށި ހިފައިގެން ގޮސް ކާރުދެ ޑިކީ ތެރެއަށް ލި އެވެ. ދެން ޖައިވާން އާރަށް އެރުމަށް ފަހު ޒައީދު ގެ މިސްރާބު ހުރީ އެއާރ ޕޯޓާއި ދިމާލަށް ށެވެ. ކާރު މަޑު ކޮށް ލުމަށް ފަހު އެތާންގައި ހުރި ޒައީދުގެ ތިމާގަ މީހަކަށް އެ ކާރު ދިނެވެ. ކާރު ތެރޭގަ ހުރި ފޮށި ތަށް ނަގާގެން އެމީހުން ހިންގާގަތީ ވިލާނާ އިންޓަނޭޝަނަލް އެއާރ ޕޯޓަށް ށެވެ. ޗެކިން ނިންމާފައި ކުޑަ އިރުކޮޅަކަށް ބޭރުގައި މަޑު ކޮށް ލުމަށް ފަހު އެތެރެއަށް ވަނެވެ. އެތެރެއަށް ވަދެ މާގިން އިރެއް ނުވޭ ފްލޭޓަށް އަރަން އެމީހުން ދިޔަ އެވެ. ޖަޒްލީ އާއި ޖަމީލާގެ ސީޓް ނަންބަރަކީ 8 އޭ އަދި 8 ބީ އެވެ. ޖައިވާން އާއި ޒައީދުގެ ސީޓް ނަންބަރަކީ 8 ސީ އަދި 8 ޑީ އެވެ. އެމީހުން ގޮސް މި ސީޓް ތަކުގައި އިށީންނުމަށް ފަހުސީޓް ބެލްޓް އެޅުވި އެވެ. ފްލައިޓް ނައްޓާލުމާއި އެކު ޖަޒްލީ އޭނާގެ ފޯން އިން ލަވަ ޖަހައިގެން ކަންފަތަށް ހެޑް ސެޓް ޖެހިއެވެ.

 

…ނުނިމޭ…

Share Article

Follow Me Written By

Black X

Level 1

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (1)

Next

ހީވޭ ގާތުގާއި ވާހެން ކަލާ 21

Next
January 18, 2022

ހީވޭ ގާތުގާއި ވާހެން ކަލާ 21

Previews
January 17, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (1)



All Right Reserved!