* ގެ އަށް ގޮސް ވަތް ތަނާހެން ރާޔާ އާއި ރީށާ ހުރީ ކާމޭޒު ދޮށުގަ ގޭގެ ވަންނަ ދޮރާ ދިމާލަށް ބަލަންށެވެ. ރައުފް އައިސް ވަނުމާއި އެކު ދެމީހުން އެ މީހަކު އިން ގޮނޑި އިން ތެދުވިއެވެ. “ރައުފް!! އެއީ ކޮން އަންހެން ކުއްޖެއްތަ؟” ރާޔާ ސަމާސާ ކުރުމުގެ ގޮތުން ބުނެލިއެވެ. “ކޮބާ؟ ކޮން އަންހެން ކުއްޖެއްގެ ވާހަކަތަ ތި ދައްކަނީ؟” ރައުފް ނުވާކަމަށް ހަދާލިއެވެ. “މިއަދު ދޮންބެ ހޭންގް އައުޓް ކުރި އަންހެން ކުއްޖާ ދޮންބެ އާ އޭނައާ ދެމީހުން ނަންބާރ އެކްސްޗޭންޖް ވެސް ކުރި” ރީށާ ބުނެލިއެވެ. “ކިހިނެއްތަ އެގުނީ؟” ރައުފް ހައިރާން ވިއެވެ.*

 

“އަހަރެމެން އަކަށް ނޭންގި އެއް ދޮންބެ އަކައްށެއް ނޫޅެވޭނޭ” ރީށާ ސަމާސާ ކުރަން ފެށިއެވެ. “އަސްލު ވީ ގޮތަކީ އަހަންނާ ރީއްކޮއާ ދެމީހުން ދިޔައީ ޑަބަލް ޑޭޓް އަކަށް ގޮސް އުޅެނިކޮށް އަހަރެމެންއަށް ފެނުނީ ރައުފް ސައިކަލު އަތުން ހިފާގެން އޭގެ އަނެއް ފަރާތުގައި އަންހެން ކުއްޖެއް ހުރިތަން ފެނުނީމަ ރީއްކޮ އެއުޅެނީ… ރައުފް ދެން ބުނެބަލަ އެއީކޮން ނަމެއްކިޔާ ކުއްޖެއްތަ؟” ރާޔާ ބުނެލިއެވެ. “އޯކޭ އޯކޭ އޭނަ އަށް ކިޔާ ނަމަކީ އާމިނަތް ހައިނާ އޭނަ އަކީ އަހަންނާ އެއްވަރު ކުއްޖެއް ޝީ އިޒް މައި ޑްރީމް” ރައުފް ބުނެލިއެވެ. “ޔުއާރ ޑްރީމް… ދޮންބޭ!! ދޮންބެ އޭނައާހެދި އުޅެންތަ؟” ރީށާ ބުނެލިއެވެ. “އާން  އައި ލައިކް ހާރ އެކަމު…” ” ކީއްކުރަން ތި މަޑުކުރަނީ އޭނައާހެދި އުޅެންޏާމު އޭނަ ކައިރީގަ ބުނެބަލަ ދޮންބެ އޭނަދެކެ ލޯބިވާކަން އެނިމުނީ އޭ” ރީށާ ނުބުނަން ހުރެފަ ވެސް ކެތް މަދުވެގެން ބުނެލިއެވެ. ދެން ރައުފް ވަނީ އޭނާގެ ކޮޓަރި އަށް ވަދެ އެނދު މަތީގަ އޮށޯއްވެލިއެވެ. އެހެން އޮއްވާ ރައުފް އަށް ނިދުނު އިރެއްވެސް އޭނާއަކަށް ނޭންގެ އެވެ.

 

އަނެއް ދުވަހު ހެނދުނު ހޭލައިގެން ފާޚާނާ އަށް ވަދެ ފްރެޝް ވެލައިގެން ނިކުތީ ހެނދުނުގެ ނާސްތާ ނެގުމަށްށެވެ. ސައިބުއިމަށް ފަހު ރައުފް ދިޔައީ އޭނާގެ ވަޒީފާއަދާ ކުރާ  ފިހާރައަށްށެވެ. 6 ގަޑި އިރަށް ފަހު ރައުފް އެ ފިހާރައިން ނިކުމެގެން ހައިނާ އަށް ގުޅާފަ އޭނައާ ބައްދަލު ކުރުމަށް ބުނެލިއެވެ. މާކު ގިނަ އިރެއް ނުވޭ ރަސްފަންނު ބީޗަށް ހައިނާ ދިޔައެވެ. “ރައުފް ކިހިނެތްވީ މިގަޑީގަ ބައްދަލުކުރަން ތިބުނީ؟” ހައިނާ ރައުފް ގާތުގަ އަހާލިއެވެ. “ހައިނާ ގާތުގަ ވާހަކައެއްބުނަން” ރައުފް ބުނެލިއެވެ. “ކޮން ވާހަކައެއް ތަ؟” ހައިނާ އަނެއްކާ ވެސް އަހާލިއެވެ. “އަހަރެން ހައިނާ ދެކެ ލައިކްވާ ވާހަކަ… ހައިނާ އެންމެ ފުރަތަމަ އަހަންނަށް ހައިނާ ފެނުމުން އަހަރެން ހައިނާ ދެކެ ލޯބި ވެވުނު” ރައުފް ބުނެލިއެވެ. “ކީކޭ؟ ރައުފް އަހަރެން ފެނުނީސް ސުރެން ފެށިގެން ރައުފް އަހަރެން ދެކެ ލޯބި ވެވުނ… ރަނގަޅު ވާހަކައެއް ބުނަންތަ އަހަރެމެންނަކީ އިއްޔެގަ ދިމާވެގެން ފްރެންޑްސް އަށް ވީ ބައެއް އެކަމު މިއަދު ރައުފް އަހަންނަށް ކޮންފެސް ތިކުރަނީ…އައި ހޭވް ނޯ އިންޓްރެސްޓް ރައުފް އަހަރެން ހީކުރީ ރައުފް އަކީ ތަފާތު މީހެއްކަމަށް ބަޓް އައި ތޯޓް ރޯންގް ގޫޑްބާއި” ހައިނާ ފަތި ވަރުގޮވަން ފެށިއެވެ. “ވަޓް ހައިނާ އަކަށްށެއް ނޭންގެ އަހަރެންގެ ލައިފް އެއް ދޯ ބުނަންތަ މީ ފުރަތަމަ ފަހަރު އަންހެން ކުއަޖަކު އަހަރެން އަހަރެން ލެފްޓް އައުޓް ވާފުރަތަމަ ފަހަރެއަ ނޫން މީކީއެއް އެކަމު މީ ފުރަތަމަ ފަހަރު އަންހެން ކުއްޖަކު އަހަރެން ރިޖެކްޓުކުރާ… އަހަރެން ހީކުރީ ހައިނާ އަހަރެންގެ ލައިފް އެއްކޮށް ބަދަލުކޮށްލާނެކަމަށް ބަޓް އައި ވޯޒް ރޯންގް ސޯ ބައި” ރައުފް  މިހެން ބުނެފައި ހިގައިގަތީ އެހެން ދިމާލަކަށް ދާންށެވެ.

 

3 މަސް ފަހުން…

 

ރޭގަނޑުގެ ކެއުން ނިންމާފައި ރާޔާ، އިވާން، ރީށާ، ކައިޒަން އަދި ރައުފް ހުރީ ތާސް ބައިން ޑިންގު ކުޅެންށެވެ. އެހެން އެތެއް ގަޑި އިރެއް ވަންދެކަށް ކުޅެން ހުއްޓާ ކުއްލި އަކަށް ގޭގެ ބެލް ޖަހާ އަޑު އިވެމުން ދިޔައެވެ. ރައުފް ގޮސް ދޮރު ހުޅުވާލި އިރު ދޮރު ކުރިމަތީގަ ހުރީ ހައިނާއެވެ. “ހައިނާ!!” ރައުފް ގޮވާލިއެވެ. “އޯ ރައުފް ގެ ބިޓު އައީ ދޯ؟” ކައިޒަން އަޅުވާކިޔަން ފެށިއެވެ. “ހައެހައޭ ދެން އެފެށީ ފިލްމެއްގެ ސީން” ރީށާ ވެސް ކައިޒަން އާއި އެއްގޮތަށް ރައުފް އާ ދިމާކުރަން ފެށިއެވެ. “ޕިސް ޕިސް ކިތައްފަހަރުތަ އަހަރެން ބުނަންވީ އަހަރެމެންނަކީ ހަމަ އެކަނި ފްރެންޑްސް އޭ ދެން ތީވާ ބޮޑުވަރު ދޯ” ރައުފް މިހެން ބުނުމުން ހައިނާ އިސް ދަށަށް ޖަހާލިއެވެ. “އަޅޭ ހައިނާ އެއައީ ފުރަތަމަ ފަހަރަށް މިގެއަށް މެހްމާން ދާރީ އަދާ ކޮށް ބަލަ” އިވާން ބުނެލިއެވެ. “ދޮގެއްނޫން ހައިނާ ވަދޭ… އާދޭ އަހަރެމެން އާއެކު ގޭމް އެއްކުޅެން” ރާޔާ ބުނެލިއެވެ. އެރޭ ގާތްގަނޑަކަށް 22:00 ދެކަށް 6 މީހުން މަޖަލާ ޖޯށުގަ ގޭމުތަށް ކުޅެމުން ދިޔައެވެ. 22:00 ޖެހުމުން ރައުފް ދިޔައީ ހައިނާ ގެއަށްލާދޭންށެވެ. ސައިކަލާ ގޮސް ހައިނާ މެންގޭ ކުރިމަތީގަ މަޑުކޮށްލިއެވެ. “އެތެރެއަށް ދޭ އަހަރެން މި ދަނީ ދާން” ރައުފް ލާނެތް ގޮތަކަށް ބުނެލިއެވެ. “ރައުފް!! އަހަރެން ރައުފް ކާރީގަ އެއްޗެއް ބުނަން އެބަ އޮތް” ހައިނާ ލަދުން ހުރެ ބުނެލިއެވެ. “ކިޔާ އެއްޗެއް ކިޔާބަ އަހަރެން އަވަހަށް ގެއަށްދާން އެބަ ޖެހޭ” ރައުފް ދުރުބަލާފަ ބުނެލިއެވެ. “ރައުފް އަހަންނަށް އިންގޭ މީގެ 3 މަސް ކުރިން އަހަރެން…” “ތިކިޔާ އެއްޗެއް އަވަހަށް ކިޔާބަ” ރައުފް ހައިނާ ބުނަން އުޅޭ އެއްޗެއް ނުބުނެވެނީސް މެދުކަނޑާލިއެވެ. “ރައުފް ކީއްވެތަ އަހަރެން ގުޅީމަ ފޯނު ނުގަނީ ކީއްވެތަ އަހަންނާ އެހާ ރޫޑް ކޮށް ވާހަކަ ތިދައްކަނީ އަހަންނަކީ ބީރައްޓެސްއެއްތަ މިހާރު” ހައިނާ މާޔޫސް ވެފަ ހުރެ ބުނެލިއެވެ. “ތިލިބުނީ އެއްނު ހޯދަން ތިއުޅޭ ޖަވާބް އަހަރެމެން މީ މިހާރު ބީރައްޓެހިން” ރައުފް މިހެން ބުނެ ސައިކަލް ސްޓާޓް ކޮށްލިއެވެ. ނަމަވެސް ހައިނާ ސައިކަލް ކުރިމައްޗައް އެރިއެވެ. “މޮޔަ ވީތަ ދެންމެ ގާގަ ޖެހުންނަމަ އަހަންނޭ ޒިންމާވާން ޖެހޭނީ… އަހަރެން ބުނެފީމެއްނު އަހަރެން ބޭނުމެއްނޫނޭ ހައިނާ އަކާ ހަތަރު ކަޅި ހަމަކުރާކަށް އަދި ހައިނާ ފެނަނާކަށް… ކުރިމަތިން ދުރައްދޭ” ރައުފް މިހެން ބުނެފައި ދިޔައީ އޭނާގެ ގެއާ ދިމާލަށްށެވެ.

 

ހައިނާ ހުރިތާންގަ ރައުފް ދާތަން ބަލަން ހުއްޓެވެ. “ކީއްތަ އަހަރެން މިކުރީ އަހަރެންގެ ކުޑަކުޑަ ކުށަކާހެދި ރައުފް އަހަންނަށް ނަފްރަތު އެ ކުރަނީ” ހައިނާ އަމިއްލަމީހާއާ ވާހަކަ ދައްކަމުން ދިޔައެވެ. ދެން ހައިނާ ވަނީ ގޭތެރެއަށްށެވެ. “ހައިނާ ކޮންތާކު ތެޅިތެޅި ފަ ތިއައީ” ހައިނާގެ ދޮންތަ ހަސްނާ ހައިނާ ގެއަށް ވަނުމައެކު ބުނެލިއެވެ. “ތިއަށް ވުރެ ސަހަލަ އެއްޗެއް ބުނަން ނޭންގެނީތަ އަހަންނާހެދި އަހަރެންގެ އަމިއްލަ ލައިފް ހަލާއްކުވެގެން މިދަނީ ދެން ގެއަށް އައިސް ވަނީމަ އޮންނާނީ ޒުވާބު ކުރުން” ހައިނާ ރޮމުން ބުނެލިއެވެ. ދެން ހައިނާ އޭނާގެ ކޮޓަރިއަށް ވަތް ގޮތަށް އެނދުމަތީގަ ބަންޑުން އޮވެ ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ. އެވަގުތު ހަސްނާ ހައިނާގެ ކޮޓަރިއަށް ވަދެ ހައިނާގެ ގާގަ ފިރުމަމުން ދިޔައެވެ. “ހައި ކިހިނެތްތަ ވީ ދޮންތަ ކައިރީގައި ބުނެބަލަ ޕްލީސް” ހަސްނާ ބުނެލިއެވެ. “އައިމް އަ ފޭލިއާރ އަހަންނާހެދި އަހަރެންގެ ދިރިއުޅުން ފަނާމިވީ ދޮންތަ ބުނީހަމަތެދެއް އަހަރެން މުޅިއުމުރު ދުވަހުގަހުންނާނީ ސިންގަލް ކޮށް… އަ..އަ..އަހަރެން މީ އެކައްޗެއްވެސްނޫން” ހައިނާ ގިސްލަމުން ބުނެލިއެވެ. ހަސްނާ ނިކުންނި ތަނާފެން ހަމްޖަދް ސިއްސައިގެން ދިޔައެވެ. “ކިހިނެތް ވީ އަނެއްކާ”ހަމްޖަދް އަހާލިއެވެ. “ހަހް އޭނަ އަމިއްލަ މީހާ އަށް ބުލޭމް ކުރަނީ މިހާރު އޭނަ ނިދައިފި އެކަމު މާދަމާ އޭނަ ހުންނާނީ މޫޑީ ވެފަ އެއްކޮށް މިޔުޓް ވެފަ” ހަސްނާ މިހެން ބުނުމުން ހަމްޖަދް ގާތަށް ރުޅި އައެވެ.

 

އަނެއްދުވަހު ހެނދުނު ރައުފް އަށް ހޭލެވުން އިރު 7:00 ޖަހަނީއެވެ. ރައުފް އަވަސް އަވަހަށް ތެދުވެގެން ދިޔައީ ފާޚާނާ އަށް ވަދެ ފްރެޝް ވެލާންށެވެ. ފާޙާނާ އިން ނިކުމެ އަލަމާރިން ކަޅުކުލާގެ ހުޑީ އަކާ ޖިންސެއް ނަގައިގެން އޭއްޗިސް ލުމަށް ފަހު ނިކުތީ ސައި ބުއިމަށްށެވެ. “ގުޑް މޯނިން ދޮންބޭ” ރީށާ ބުނެލިއެވެ. “މޯނިން ހާދަ ރަނގަޅު މޫޑެއްގަ ރީއްކޮ ތިހުރީ…އަދި ހާދަ ނުފެންނަކަމެކޭ ތިކުރަނީ” ރައުފް ރީށާ ސައިހަދަން ހުރެގެން ރީށާ އާ ދިމާކުރަން ފެށިއެވެ. “ކިހިނެތްތަ ވީ އަހަރެން މިއަދު ސައި ހެދިއްޔާ… އަހަރެން ދޮންތި އަށް ހެލްޕް ކުރަންށޭ މިއަދު މިއުޅެނީ” ރީށާ ބޮޑާ ހާކާލިއެވެ. “ރީއްކޯ ރޭގަ ކޮންކަމެއްތަ ވީ އަހަރެން ގެއަށް އައިރު ދޮންތި ހޭއަޑު އިވެމުން ދިޔަ” ރައުފް ވާނުވާނޭންގިގެން ރީށާ ގާތުގައި އަހާލިއެވެ. “އޯ ދޮންބެއަކަށް ނޭންގޭ ދޯ ރޭގަ އިވާން ސޮރީ އަހަރެމެންގެ ދޮންތިބެ ދޮންތިއާ އިންނަން އަހައިފި” ރީށާ އުފަލާ އެކު ބުނެލިއެވެ. “ދެން ދޮންތިގެ ޖަވާބަކަށްވީ ކީކޭ” ރައުފް އަހާލިއެވެ. “އަހަރެންގެ މޫޑަކުން ނޭންގޭތަ ދޮންބެ އަކަށް ދޮންތިގެ ޖަވާބެއް” ރީށާ ރުޅި އައެވެ. “އޯ އާންއެކޭ ދޯ ދޮންތި ބުނީ… އަހަރެން މިދަނީ ދާން އޯކޭ” ރައުފް މިހެން ބުނެފަ އިށީންދެގެން ހުރި ގޮނޑިން ތެދުވެ ބޭރަށް ދާން ހިންގާގަތެވެ. “ހޯލްޓް ފުރަތަމަ އެއްޗެއް ކައިގެން ދޭބަލަ” ރީށާ ބުނެލިއެވެ. “އަހަންނަށް އިންގޭ އަހަރެން ތީތި ކާފިއްޔާމު ޖެހޭނީ ބަލި އެނދުގަ ކަން އޮންނަން އެހެންވެ އަހަރެން މި ކެއުން ސްކިޕް ކުރާނަން އޯކޭ ބާއި” ރައުފް މިހެން ބުނެފައި ގޭގެ ދޮރުން ނިކުމެގެން ހިންގައިގަތީ ފިހާރައާ ދިމާލަށްށެވެ. “އެއީ ކޮންކަމެއްތަ؟” ރާޔާ އަހާލިއެވެ. “ދޮންތީ އަހަރެންގެ ކެއްކުން ނުބައިތަ” ރީށާ މިހެން ބުނުމުން ރާޔާ އޭނައާ ދިމާލަށް ބަލަން ހުއްޓެވެ. “އޯކޭ އައިލްބީ އޮނެސްޓް ހާހް ލެއިޓާ ސިސް”ރާޔާ މިހެން ބުނެފަ ގެއިން ބޭރަށް ހިންގައިގަތެވެ. ގޭގެ ގޭޓުން ނިކުތަ ތަނާހެން ރާޔާ ދިޔައީ ސިއްސާގެންއެވެ. “ރައުފް އަހަންނަށް ހާރޓް އަޓޭކް އެއް ދޭންތަ ތި އުޅެނީ” ރާޔާ ވެފަ ހުރި ބިރަކުން ބުނެލިއެވެ. “ލެޓްމީ ގެސް ރީއްކޮ ގެ ސައިން ބަޗަނީ ދޯ” ރައުފް ބުނެލިއެވެ. “އާން ރައުފް ވެސްތަ؟” ރާޔާ އަހާލިއެވެ. “އާން ކޮންމެސް އެއްޗެއް ކާން ދާންހިންގާ ދޯ” ރައުފް މިހެން ބުނެފަ ރާޔާ ގޮވައިގެން ހިންގައިގަތީ އެތާ ކައިރީގަ ހުރި ކެފޭ އަކަށްށެވެ.”އެންޑް ބައިދަވޭ ކޮންގްރާޑްސް ދޮންތި މީހަކާ އިންނަން ދޯ ތިއުޅެނީ” ރައުފް ބުނެލިއެވެ. “އާން…ތެންކް ޔޫ” ރާޔާ ފޮނިވެފަ ހުރެ ބުނެލިއެވެ. ދެމީހުން ހުއްޓުނީ މީހަކު އައިސް ދެމީހުންގެ ކުރިމަތީގަ ހުއްޓުމުންއެވެ. “ތީތަ ރައުފް އަކީ؟” އެމީހާ ބުނެލިއެވެ. “އާން އެއީ އަހަރެން ދެން ތީ ކާކު؟” ރައުފް އަހާލިއެވެ. “އަހަންނަކީ ހައިނާގެ ދޮންބެ ހަމްޖަދް” ހަމަޖަދް މިހެން ބުނުމުން ރައުފް ގެ ދެލޯ ބޮޑުވިއެވެ.

 

—ނުނިމޭ—      

36