Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހީވޭ ކަލާވޭހެން-34

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
January 2, 2022 5 Mins Read
2 Comments

އެއާއެކު ލިލިއަންގެ ދެލޯ ބޮޑުވެ އަނގަ ހުޅުވިގެންދިޔައެވެ. ހައިރާންކަމާއެކު އެެތެރެއަށް ދަމާލެވުނު ނޭވާގެ އަޑު ލިލިއަން އަކަށް ސިއްރެއް ނުކުރެވުނެވެ. އޭނާގެ ކުރިމަތީ ހުއްޓިގެން އެހުރީ ދިޔާން ނޫންކަމުގައި ބުނެ ސިކުނޑި ހަޅޭއްލަވައިގަތެވެ.

*********

އެއީ ހަމަ ދިޔާންގެ މޫނެވެ. ދެލޮލާއި ނޭފަތާއި އެއް ތުންފަތެކެވެ. ބައްޓަމުގައި ތަފާތެއް ނެތެވެ. އިސްކޮޅު އެއްވަރެވެ. ހަމައެކަނި ފާހަކަ ކުރެވުނު ތަފާތަކީ އެ ޒުވާނާގެ އިސްތަށިގަނޑެވެ. ދިޔާން އަށްވުރެ އޭނާގެ އިސްތަށިގަނޑު ދިގެވެ.  އެދެލޮލުން ލިލިއަންގެ މޫނާ އެންމެ ހިނދުކޮޅަކަށްވެސް ނަޒަރު ވަކިވެގެން ނުދެއެވެ.

” ދަޔާން..”  ކުއްލިއަކަށް  އިވިގެން ދިޔަ އަޑު އައި ދިމާއަށް ލިލިއަން އަށް ބަލާލެވުނެވެ. އޭރު ބަގީޗާއަށް ވަދެވެން އޮތް މަގުގައި ހުއްޓިލައިގެން ހުރި ދިޔާންގެ މޫނުގައިވީ ހައިރާންކަމެވެ.

*******

ދުވަސްތަކެއް ފަހުން އުޅެބޮޑުވި ގެއަށް އާދެވުމާއެކު ދަޔާން ފެންވަރާ ތާޒާވެލައިގެން ގޭގެ ގޯތި ތެރެއަށް ނިކުމެލިއެވެ. ފޯނާ ކުޅެމުން  ސައި މޭޒު ދޮށަށް ހިނގައިފައި ދިޔަ ދަޔާންގެ ފިޔަވަޅުތައް ކުއްލިއަކަށް ހުއްޓިގެން ދިޔައެވެ.  އެކިމާމެލާ މެލީގެ މީރުވަހުން އެއްވަސްވެފައިވާ އެ މާހައުލުން އޭނާއަށް ލުއި ލުއި ވަހެއް ފާހަގަކުރެވިގެން ދިޔައެވެ. ހިތްސުތައް ހޭލައްވާލި އެވަސް އޭނާގެ ސިކުނޑީގެ ތެރޭގައި ރައްކާކުރެވިފައިވާ ހަނދާންތަކުގައި ޓަކި ޖަހަމުން ދިޔައެވެ. އެހެނަސް އެހަނދާންތައް ރައްކާކުރެވިފައިވާ ދޮރުތައް ތަޅުއަޅާ ބަންދު ކުރެވިފައިވާ ފަދައެވެ.

ކުއްލިއަކަށް އޭނާގެ ގުނަވަންތަކަށް ގެނުވި ބަދަލުގެ ފަހަތުގައިވީ ސަބަބު ނޭނގި ހުރެ އޭނާ އެދަންނަ ވަހާ ދިމާއަށް މިސްރާބުޖެހިއެވެ. މާގަސްތައް ކައިރިން ހިނގެން އޮތް ހަނި މަގުން ދަޔާން ކުރިއަށް ހިނގަމުން ދިޔައެވެ. ވަކި ހިސާބަކަށް ހިނގާފައި އައިސް ދަޔާންގެ ފިޔަވަޅުތައް މަޑުޖެހި އޭނާގެ އެތެރެހަށީގައި ނޭވާ ތާށިވިއެވެ. 

ކޮންމެރެއަކުހެން  އޭނާގެ ނިދީގައި ގޯނާކުރަމުންދާ ހުވަފެންތައް ކުއްލިއަކަށް ލޯ ކުރިމަތީގައި ކުލަވިހެން ހީވިއެވެ. ފުންވެގެންދިޔަ ނޭވާތައް ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން ދަނިކޮށް މާގަސްތައް ތެރޭގައި ހުރި އަންހެންކުއްޖާ ދަޔާން އާ ދިމާއަށް އެނބުރުނެވެ. 

ހުދުކުލައިގެ ލިލީމާގަސްތަކުގެ މެދުގައި ހުރި ހޫރެއްފަދަ އެ އަންހެންކުއްޖާ ދަޔާން އަށް ފެނުނު ވަޤުތު އޭނާގެ މުޅި ވުޖޫދުވެސް ކުޑަ ހިނދުކޮޅަކަށް މަޑުޖެހުނު ފަދައެވެ. މާހައުލުގައިވީ އަޑުތަކާއި ފެންނަމުން ދިޔަ މަންޒަރުތައް ތަސްވީރުން އުނިވެގެން ދިޔައެވެ. ދުނިޔޭގައި އެދެމީހުން ފިޔަވާ އިތުރު ފަރާތެއް ނުވާފަދައެވެ. ދިޔާންގެ ނަޒަރު މުޅިން ހުއްޓިފައިވީ ލިލިއަންގެ މޫނަށެވެ.

  އިރުގެ އަލިން ރަންކުލަ އަރާ އިސްތަށިގަނޑާއި އަޅިފެހި ދެލޯ ދަޔާން އަށް އަމާޒުވެފައިވީއިރު އެމޫނުން ފާޅުވަމުންދާ ކޮންމެ އަސަރެއް ދަޔާންގެ މޭގައި ބީހެމުންދިޔަ ފިނިރޯޅިއެއް ފަދައެވެ.

” ޔާން..” ކުޑަ ފަސްޖެހުމަކާއެކު އޭނާ ގޮވާލި އަޑުއިވުމާއެކު ދަޔާންގެ ހަށިގަނޑަށް ލޮޅުން އެރިފަދައެވެ. އެއީ އޭނާއާ ބީރައްޓެހި ނަމެއް ނޫނެވެ. އެތައް ބަޔަކު އެނަމުން އޭނާއާ މުޙާތަބު ކުރެއެވެ. އެހެނަސް އެ އަންހެންކުއްޖާ އެނަމުން ގޮވާލުމުން ކުރުވީ ތަފާތު އަސަރެކެވެ. 

ކުއްލިއަކަށް އޭނާއަށް މިވަމުންދިޔަ ގޮތާމެދު އަމިއްލަ ނަފްސާ ހަނގުރާމަ ކުރަމުންދިޔަ ދަޔާންގެ ކަންފަތުގައި ދަންނަ އަޑެއް ޖެހުނެވެ. އޭނާގެ ނަމުން ގޮވާލުމާއެކު އެދިމާއަށް ދަޔާން އެނބުރުނެވެ.

ދިޔާން ހުއްޓިގެން ހުރީ އެމީހުންނާ ދިހަ ވަރަކަށް ފޫޓު ދުރުގައެވެ. ދަޔާން އޭނާގެ ނަފްސު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔާންގެ މޫނަށް ބަލަހައްޓައިގެންހުރެ ލުއި ހިނިތުންވުމެއް ރައްދުކުރިއެވެ.

” ކޮ.. ކޮން އިރަކު.. އައީ..؟” ދިޔާން ސުވާލު ކުރި އިރު އޭނާގެ ނަޒަރު އެއްފަހަރު އޭނާގެ ބޭބެއަށް އަނެއް ފަހަރު ލިލިއަންގެ މޫނަށް ހުއްޓެމުން ދިޔައެވެ. 

” ދެންމެއަކު..  ” ދެޖީބަށް އަތް ޖަހާލަމުން ދަޔާން ބުނެލިއެވެ. އޭނާއާ ކައިރީގައި ހުރި އަންހެންކުއްޖާ ނުފެންނަކަމަށް ހެދެން ދަޔާން މަސައްކަތް ކުރިއެވެ.

“ބައްޕީ..” ކުއްލިއަކަށް ކުޑަކުއްޖެއްގެ އަޑު އިވިގެން ދިޔައެވެ. ދުވެލާފައި އައިސް އެ އަންހެންކުއްޖާ ދަޔާންގެ ފައިގާ ބައްދާލިއެވެ. އެއާއެކު ދަޔާން އެކުއްޖާ ކައިރި ކޮށްލަމުން ބޮލުގައި އަތް ބާއްވާލިއެވެ.

” ހައި އެލީ..” ދިޔާން  އޭނާގެ މޫނުގައިވީ ހައިރާންކަން ފޮރުވަމުން އަތް ހިއްލާލުމަށްފަހު އެކުޑަ ކުއްޖާއަށް ހިނިތުންވުމެއް ރައްދުކުރިއެވެ. އެއަށްފަހު ދިޔާންގެ ނަޒަރު އަމާޒުވީ އަދިވެސް ހަރަކާތެއް ކޮށްނުލާ ހުރި ލިލިއަން އަށެވެ.

ލިލިއަން އަށް ވެފައިވާގޮތް ދެނެގަންނާކަށް ދިޔާން އަަކަށް އުނދަގުލެއް ނުވިއެވެ. އޭނާ އެހުރީ ޝޮކެއްގައި ކަން ދިޔާން އަށް އެނގެއެވެ. އެހެންކަމުން ދިޔާން މަޑު ހިނގުމެއްގައި ގޮސް ލިލިއަންގެ ކައިރީ މަޑު ކޮށްލަމުން އޭނާގެ އަތްތިލައިގާ ހިފާލިއެވެ.

” ލިން މިއީ އަހަރެންގެ ބޭބެ.. ދަޔާން.. ދެން އެއީ ބޭބެގެ ދަރިފުޅު.. އެލީ.. ” ދިޔާންގެ ވާހަކަ އަޑުއަހަން ހުރި  ލިލިއަން ދެތިން ފަހަރަކު އެސްފިޔަ ޖަހާލަމުން ދަޔާން އަށް ބަލައިލިއެވެ. އަދިވެސް އޭނާގެ ދެލޮލުން ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ޤަބޫލު ކުރަން ދަތިވެފައިވާ ހުރިފަދައެވެ. އެހިނދު އޭނާގެ ނަޒަރު ހުއްޓުނީ ދަޔާންގެ ފަޔާ އެޅި ނިވާ ވެގެން ހުރި އަންހެންކުއްޖާ އަށެވެ.  އެއީ އެލީކަން އޭނާއަށް އެނގެއެވެ. ދިރާޝާ ސިންގަޕޯރ އަށް ދާ ކޮންމެ ފަހަރަކު މާމަ ދަރިފުޅުގެ އެތައް ފޮޓޯއެއް ލިލިއަން އަށް ފޮނުވައެވެ. އެ ފޮޓޯތައް ލިލިއަންގެ ދުވަސް ފުރިހަމަ ކޮށްދެއެވެ. ހަމަލޮލަށް މީގެކުރިން  ފެނިފައި ނުވިޔަސް އެ ކުއްޖާއާ މެދު ލިލިއަންގެ ހިތުގައިވަނީ އިންތިހާ ދަރަޖައިގެ ލޯތްބެެވެ.

********

ލިލިއަންގެ ކުލުންވެރި ބެލުން އެލީއާ އަމާޒުވެފައިވިއެވެ. އެހިނދު މީހެއްގެ ތޫނު ބެލުން އޭނާގެ މޫނަށް އަމާޒުވެފައިވާހެން ހީވެ ލިލިއަން އަށް އިސް އުފުލާލެވުނެވެ. ދަޔާން އޭނާއަށް  ބަލަމުންދިޔައީ އެއްޗަކާ އަޅާކިޔަމުންދާ މީހެއް ފަދައިންނެވެ. ކަނޑެއްފަދަ އެފުން ދެލޮލުގެ ތެރެއަށް އޭނާގެ ނަފްސު ގެނބެމުންދިޔަ ފަދަ އިޙްސާސެއް ލިލިއަން އަށް ކުރެވުނެވެ. ގައިން ހީބިހި ނަގައިގެން ދިޔައިރު އެދެލޮލާ ނަޒަރު ހަމަކޮށްގެން ހުންނަން އޭނާއަށް ނުކުޅެދުނެވެ.

” އަހަން.. މާމަގެ ދޫނި ނިދާ ހޭލީތަ..؟ ހިނގާ ކާން ދާން.. އެންމެން ހަމަވީނު.. އެލީ ކާފަވެސް ދެންމެ އެއައީ ގެއަށް.” ދިރާޝާ އައިސް އެލީ އުރާލަމުން އެކުއްޖާއާ މައްލަވަ ކޮށްލިއެވެ.

” ކޮޓަރިއަށް ގޮސް އެއްޗެހި ބަދަލުކޮށްލައިގެން އެބަދަން..” ދިޔާން ގޭތެރެއަށް މިސްރާބު ޖަހަމުުން ދިރާޝާ ކައިރި ބުނެލިއެވެ. 

” ލިން..” ދިޔާން ހުއްޓެމުން ލިލިއަން އަށް ގޮވާލިއެވެ. އެއާއެކު ލިލިއަންވެސް ދިޔާންގެ ފަހަތުން ހިނގައިގަތެވެ.

*******

ކޮޓަރީގެ ދޮރު ލައްޕާލުމާއެކު ލިލިއަން އަށް އޭނާއާ ފުރަގަސްދީގެން ހުރި ދިޔާން އަށް ނަޒަރު ހިންގާލެވުނެވެ. އޭރު ދިޔާން އޭނާގެ ގަމީހުގެ އަތުކުރީ ގޮށް ނައްޓަމުން ދިޔައެވެ.

” ޔާން..” ލިލިއަން އަށް މަޑު މަޑުން ގޮވާލެވުމެވެ. ދިޔާން އެހުރި ގޮތަށް ހުރެ މޫނު އެއްފަރާތަކަށް އަނބުރާލަމުން ލިލިއަން އަށް ނަޒަރެއް ދިނެވެ.

” ކީއްވެ ޔާންގެ ޓްވިން އެއް ހުންނަ ވާހަކަ  ނުބުނީ..” ލިލިއަންގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. އެހެނަސް އެ މަޑުމައިތިރި ކަމުގެ ފަހަތުގައި ފޮރުވިފައިވާ ޝަކުވާގެ އަސަރު ވަންހަނާވުމެއްނެތި ފާޅުވިއެވެ. އޭނާ އާއި ދިޔާންގެ ޒަވާޖީ ހަޔާތަށް މިހާރު ހަތަރު އަހަރުވެއްޖެއެވެ. ހަޔާތުގައި ބާކީ އޮތީ ކިތައް ދުވަސްކަން ބުނަން ނޭނގޭއިރު ހަތަރު އަހަރަކީ މަދު ދުވަސްކޮޅެއް ކަމަކަށް ލިލިއަން ނުދެކެއެވެ. އެހެނަސް އަދިވެސް އޭނާގެ ފިރިމީހާ ދަސްނުވާހެން ލިލިއަން އަށް ހީވަނީއެވެ. ދިޔާން އާ ބެހޭގޮތުން އޭނާއަށް އެހާ ކުޑަ މިންވަރެއްވެސް އެނގިފައި ނުވާތީއެވެ. ދިޔާންގެ އެއް މާބަނޑު ބޭބެއެއް ހުންނަކަންވެސް އޭނާއަށް އެނގެން ޖެހެނީ ހަތަރު އަހަރު ފަހުން އެފަދަ ސިހުންވެރި މަންޒަރަކުން ހެއްޔެވެ؟

” ނުބުނެވޭތަ.. އަހަރެން ހީކުރީ ބޭބެގެ ވާހަކަ ދެއްކިއިރު އެހެން ބުނެވުނު ކަމަށް..” ދިޔާން ބުނެލިއެވެ. ލިލިއަން އަށް ފުންކޮށް ދިޔާންގެ މޫނަށް ބަލައިލެވުނެވެ. ކޮންމެވެސް ކަމެއް ފޮރުވަން މަސައްކަތް ކުރާހެން ދިޔާންގެ އަޑުން ލިލިއަން ހީވަނީއެވެ.

” ބޭބެއަށް ކިޔަނީ ދަޔާން ތަ..؟” ލިލިއަން ޔަޤީން ކޮށްލުމުގެ ގޮތުން ސުވާލު ކުރިއެވެ. ދިޔާން ހޫން ލައްވާލިއެވެ. 

” ފެންވަރަން މިވަންނަނީ އިނގޭ.. ވަރަށް އަވަސްވާނެ..” ލިލިއަން އަށް އިތުރު ސުވާލެއް ކުރެވުމުގެ ކުރިން ދިޔާން ބުނެލިއެވެ. އިތުރު އެއްޗެކޭ ބުނަން އަނގަހުޅުވާލާފައިވެސް ލިލިއަން ހަމަހިމޭންވީ ފަހުން އެވާހަކަ ދެއްކުމަށް ހިތުުލަމުންނެވެ.

 ދިޔާން ފާޚާނާއަށް ވަނުުމުން ލިލިއަން ފޭބީ ތިރިއަށެވެ. އޭރު ކާގޭގެ ސުފުރާމަތި ކެއުމަށް ތައްޔާރުވެފައި ވިއެވެ. އެލީ އެތަނުން ގޮނޑިއެއްގައި އިށީނދެގެން އިން އިރު ދިރާޝާ ކައިރީގައި އިށީނދެގެން އިނެވެ. ދިރާޝާ އޭނާގެ މާމަ ދަރިފުޅު ދެކެ ވާ ލޯބި ފެނުމުން ލިލިއަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް ލިބޭ ފަރިފުޅަކަށްވެސް ދިރާޝާގެ ފަރާތުން އެފަދަ އަޅާލުން ލިބޭނެކަން ޔަޤީންވެ ބުނަންނޭނގޭ ހިތްހަމަޖެހުމަކާ އުފާވެރިކަމެއް ހިތަށް ވެރިވިއެވެ. 

ލިލިއަން އައިސް  މޭޒު ދޮށުގައި ހުއްޓުމާއެކު އެލީ އިސްއުފުލާ ބަލައިލިއެވެ. މަޢުސޫމުކަން އެކުލެވޭ ދެލޮލުން ލިލިއަން އަކީ ކާކުކަން ޔަޤީން ކުރަން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.

” އެއީ އެލީގެ އާންޓް އެކޭ އިނގޭ..” ދިރާޝާ ބުނުމުން އެކަން ޔަޤީން ކޮށްދިނުމުގެ ގޮތުން ލިލިއަން ހިނިތުންވުމެއް ރައްދުކުރިއެވެ.

” އެލީ ދޯ ކިޔަނީ..؟ ކިތައް އަހަރުތަ އެލީ އަށް..؟”  ލިލިއަން ރަޙުމަތްތެރިކަން އުފެއްދުމުގެ ގޮތުން ސުވާލު ކުރިއެވެ.

އަނގަޔަށް މޭބިސްކަދުރެއް ލަމުން ދެ އިނގިލި އެލީ ދައްކާލިއެވެ. އެއާއެކު ހިނިތުންވެލަމުން އެހެންހޭ ލިލިއަން ބުނެލިއެވެ.

” ގްރޭޕްސް ތަ އެންމެ މީރީ އެލީއަށް..؟” އަނެއްކާވެސް ލިލިއަން ސުވާލު ކުރިއެެވެ. 

” ނޯ.. ޑެޑީ ހަދާ އޮމްލެޓް..” ކުޑަ ކުޑަ ހިމަ އަޑުންް އެލީ ބުނެލުމާއެކު ލިލިއަން ވިސްނާލިއެވެ. އެ ދައްކަނީ ދަޔާންގެ ވާހަކަ ކަން ޔަޤީނެވެ. އެއާއެކު އެލީގެ މަންމައާ މެދު ލިލިއަންގެ ހިތުގައި ސުވާލު އުފެދުނެވެ. ފަހަތުން މީހެއްގެ އިޙްސާސްވީ އެ ޚިޔާލުގައި އޭނާ ހުއްޓައެވެ.

” ބައްޕިގެ އޭންޖެލް ކޯއްޗެއްތަ މިކާލަނީ..؟” ދަޔާން އައިސް އެލީގެ ކައިރީ ހުއްޓެމުން އޭނާގެ ކޯތާފަތުގައި ބޮސްދިނެވެ. އެއާއެކު މޭބިސްކަދުރެއް ދަޔާން އަށް ދައްކާލަމުން އެތުންފަތަށް ވެރިވި ފުޅާ ހިނިތުންވުން ފެނި ލިލިއަންގެ ހިތް ކުލުނުން ފުރާލިއެވެ. އިރުގެ ރަންދޯދިތަކެއްފަދަ އުޖާލާ ހިނިތުންވުން ލިލިއަންގެ ތުންފަތަށްވެސް ލުއި ހިނިތުންވުމެއް ގެނައުމުގައި ކާމިޔާބު ހޯދައިފިއެވެ. ކުއްލިއަކަށް މުޅި މާހައުލު ލިލިއަން އަށް ފެނުނީ ކުރިއަށްވުރެ އަލިވެ އުޖާލާވެފައިވަނިކޮށެވެ.

” އެ މޭބިސްކަދުރު ނޫން އެއްޗެއް ކާކަށް ބޭނުމެއްނުވި.. މާމަ މި ކިޔަނީ އެލީ ކައިރި އެހެން އެއްޗެއްވެސް ކާންވާނެޔޭ.. އެހެންނޫނީ ގައިގަ ވަރެއް ނުހުންނާނެއޭ..” ދިރާޝާ ބުނުމުން ދަޔާން އެލީއަށް ބަލައިލީ އޭ ތެދެއްހޭ އަހާ ފަދައިންނެވެ.

” ބަަލާބަ ބައްޕިއާ ދިމާ.. ކޯއްޗެއްކޭމަ އެނަރޖީ ލިބެނީ..؟ ” ދަޔާން ސުވާލު ކުރިއެވެ. އެއާއެކު އެލީ ސުކުންތެއް ނުވެ ރައިސް އޭ ބުނެލިއެވެ.

” ޔެސް.. އެހެންވީމަ މެންދުރު ޖެހޭނެ ރައިސް ވެސް ކާން.. ގްރޭޕްސް ކާނީ ބަތް ކައިގެން އިނގޭ..” ދަޔާން ލޯބިން ބުނުމާއެކު އެލީ ބޯޖަހާލިއެވެ.

” ދެޓްސް މައި ގަރލް..” ދަޔާން ހިނިތުންވެލަމުން އެލީގެ ކޮލުގައި ހިފާލިއެވެ.

” ބައްޕި ކައިރީ..” އެލީ ދެއަތް ފުޅާ ކޮށްލީ އޭނާ އިންނަން ބޭނުމީ ދަޔާން ކައިރީގައިކަމަށް ބުނަމުންނެވެ. އެއާއެކު ދަޔާން އެލީ އުފުލާލަމުން އޭނާގެ އުނގުގައި ބޭންދިއެވެ.  ދެބަފައިންގެ ހަރަކާތްތަކަށް ބަލަން ލިލިއަން އަށް ހުރެވުނު އިރު ހިތުގައި އެތަކެއް ޝުޢޫރެއް ދަޢުރު ވަމުން ދިޔައެވެ. ދަޔާންގެ ކޮންމެ ވާހަކައަކުން ، ކޮންމެ ޢަމަލަކުން އޭނާގެ ދަރިފުޅު ދެކެ ވާ ލޯބި ސާފުކޮށް ފެންނަމުންދިޔައެވެ. އޭނާފަަދައިން ބައްޕައެއްގެ ކުލުންވެރިކަމާއި ރައްކާތެރިކަމަކީ ކޯއްޗެއްކަން ނޭނގި ބޮޑުވާން ޖެހޭނެ ކުއްޖަކަށް އެލީ ނުވާނެ ކަމަށްޓަކައި ލިލިއަން އުފާކުރިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ހަނދާންވޭ (1)

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ދިހަވަނަބައި)

Next
January 3, 2022

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ދިހަވަނަބައި)

Previews
January 2, 2022

ހަނދާންވޭ (1)

2 Comments!

  1. Aishath Amaana says:
    January 3, 2022 at 7:08 pm

    Hiiii wonderr…….
    same to others mi part vexx hama varah varah varah rythi ingey
    but up vaaleh kudakoh lasvy ingey
    i ah kiriyaa mi site beleny mi vaahaka up vejjethoaa
    i guess story rythi vma dhw ….. hehe
    but i just want u to knw that komme part akah comment nukuriyas hama baraabarah kiyaafa like eh dhen ingey
    mi story aky i mihaathanah ki emme intresting adhi emme rythi story
    wonder ge 2 stories vexx hama varah rythi….. maasha allah
    anywayxx dhn oiyy part ah inthizaaru kuraanan
    hope u upload it soon ingey
    lysm …..tvgc
    stay safeeeee

  2. DåïS¥ QüëëN says:
    January 7, 2022 at 5:23 am

    Masha Allah ❤️❤️❤️

Comments are closed.

Next Episodeހީވޭ ކަލާވާހެން-35←


All Right Reserved!