“ހޯން .. ތި ކޯޅުންގަނޑު ކޮންއިރަކު ހުއްޓަން ގަސްތު ކޮށްގެންތަ ތިބީ. ސަހާދެއްކަން މިބުނި މި ދެމީހުން އެއްތާކު ބައި ތިއްބަން ހެޔޮވެސް ނުވާނެ.” އެންމެފަހުން ލަމާނަށް ނުހުރެވިގެން ބުނެވުނެވެ. ސާވަނަށްމަޑު ހުނުމެއް ކިޔާނާއި ހައިފާއާ އެކީ ބޭރު ކޮށްލެވުނެވެ. ސަހާ އާއި މަޒްލާން އަދިވެސް ތިބީ ދެމީހުން ދެމީހުންނަށް ލޯ އަޅައިގެންނެވެ. “މަޒްލާން ފެށީ. މަށެއް ނޫން.” “އަމައްޔާއި ކިތައް ފަހަރު މަ ބޮލަށް ޖަހަން ތި ވިސްނަނި. މަ ތެދަށް ބުނީމަ ތި ފަކީރުނުން […]
ވާހަކަ ދެއްކުމުގެ ތެރޭގައި ސާވަންއަށް ފާހަގަވީ ދެމީހުންނަށް ވެސް އަހަރުތަކުގެ ތެރޭގައި ވެފައިވާކަންތައްތައް އެހާ ގިނަ ކަމުން ބީރައްޓެހިންގެ ގޮޅިތެރޭގައި ދެމީހުންވެސް ހިމެނޭކަމެެވެ. އެހާވެސް ބޮޑެތި ބަދަލްތައް ވަނީ އައިސްފައެވެ. “ވާއު..އަހަރުން ހީވަނި ސްޓްރޭނަޖާރސް ހެން…” ހައިރަާންކަމާއެކު ސާވަން އެހެން ބުނެލި އިރު އައިލާގެ ތުންފަތް ފިތްތާލިއެވެ. އެއީ ތެދެކެވެ. “ކުރިއާ މިހާރާ ވަރަށް ތަފާތު…ކުރިން ކަންކަން ހުރި ގޮތަކަށް މިހާރަކު ނުހުންނާނެ.” ދުރު ބަލަހައްޓައިގެން އިދެ އައިލާ ބުނެލި އެތިން ސާވަން އިނީ މިންވަރަކަށް ހައިރާންވެފައެވެ. […]
“ނޫން…ސާވަންގެ އެއްވެސް ކުށެއް ނެތް. އިޓްސް ޖަސްޓް…އައި ތިންކް އިޓްސް ބެޓާރ ޓު ޓޯކް ޓު ހާރ.” ބުނަން ނުބުނަން ހުރެފައި ވެސް ލަމާން މެދު ކަނޑާލާފައި ބުނީ އެހެންނެވެ. އިރުކޮޅެއްގައި މަޑުމަޑުން ހުރެފައި ސާވަން ބުންޏެވެ. “ޔެއާ އައިލް ޓޯކް ޓު ހާރ.” އެހެން ކިޔައި ބަދިގެއަށް ދާން މިސްރާބު ޖެހިއެވެ. “އަޅެ ދެން ހަމަ މަ ނަގައިވެސް ނުދޭނަންތަ؟” ތިރިއަށް ދެމިފައި އޮތް ލަމާން ބޮޑާ ހާކާލިއެވެ. “މަ ނެތިން ތި ކަމުގަ…އޯ އެންޑް […]
“މަންމާ ހާދަ ބާރަކަށް އަނެއްކާ ކީއް….އައްދޭ ބުރޯ އައީތަ؟ޑޭމް…މިސްޑު ޔޫ ބުރޯ.” އައިލާގެ ކޮޓަރިތެރެއިން ނުކުން އައިލާއަށާއި ލަމާނަށް ލިބުނީ ޝޮކެކެވެ. މަހެއް ފަހުން އަންނަން ބުނި މީހުން މަހެއް ނުވަނީސް އައުމުން ވާނީވެސް އެހެންނޭނުން ހެއްޔެވެ. ލަމާން ޝޮކުން އަރައިގަތުމުންވެސް އައިލާއަށް އެވަރު ނުވިއެވެ. ޖެހި ބުދެއްހެން ހުއްޓިފައި ހުރި އައިލާގެ ނަޒަރު ހުއްޓިފައިވަނީ ލަމާން ގޮސް ބައްދާލި ސާވަންއަށެވެ. ސާވަންގެ ކަޅިވެސް ގެއްލިފައިވަނީ އައިލާއަށެެވެ. އަހަރުތަކެއް ފަހުން އަނެއްކާވެސް ފެނުމުން ދެމީހުންގެ ހިތައް ބުނެދޭން […]
“އެ ކީއްވެއޯ؟” “އަހެފަހެދޯ….މާން މިބުނީ ލަލްއަށް ސާވަން ފެންނަ އިރަށް ސާވަން މާން މެންނަށް ދޫކުރާނެ ހެނެއް ހިއެއްނުވެއޭ..” ލަމާން އެހެން ބުނުމުން ބޮޑިކަރުވާލާފައި އޮތް ޓިޝޫކޮޅެއް ނަގައި އައިލާ ލަމާންއާ ދިމާއަށް އެއްލިއެވެ. “މާން އަޅެ ކޯއްޗެކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ….މާ ވާހަކަ ގިނަނުކޮށް ތި ކައިބަލަ” އައިލާ އެހެން ބުނުުމުން ކާގެތެރެ ހުނުމުގެ އަޑުން ފުރާލިއެވެ. “އައްދެ…އައިމް ސްޓޭޓިން ދަ ޓުރުތް…ޔޫ ނޯ ދެޓް ޓޫ…” ލަމާން އެއްގޮތަކަށްވެސް ހުއްޓާކަށް ބޭނުމެއްނުވިއެވެ. މުޅި ކެއުން […]
މުޅި ކިލާސް ތެރެއައް ވެރިވެފައި ވަނީ ހަމަހިމޭންކަމެވެ. އޮއްސެމުން ދިޔަ އިރުގެ ދޯދިތަކުގެ އަލިތައް ކިލާސް ތެރެއަށް އެޅިފައި ވުމުން އެތަން ވަނީ ކޮންމެވެސް ވަރަކަށް އަލި ކޮށްލާފައެވެ. ހުޅުވިފައިވާ ކުޑަދޮރުތަކުން އަންނަ ވައިރޯޅިން އައިލާގެ މޫނުގަޔާއި އެ ފަން އިސްތަށިގަނޑުގައި ބީހެމުން ދިޔަައީ ނުހަނު ހިތްގައިމު ކޮށެވެ. މޫނުމައްޗަށް ވެރިފައިވާ އިސްތަށިކޮޅުތައް އެޖެހޭ ވައިގައި ނަށަމުން ދިޔައިރު އެއިން އެއްވެސް ހިލަމެއް ނުވި އައިލާ ދިޔައީ އޭނާގެ ފޮތުގައި ލިޔަމުންނެވެ. އެހެން ހުރިހާ ކުުދިން ގަޑި […]