Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިއްތިފާޤު 1

candy Level 1
November 21, 2021 2 Mins Read
0 Comments

މެންދުރުގެ ހޫނު ގަދަ ވަގުތެވެ. މާލޭގެ މަގުތަކުގައި ދުއްވަމުންދާ އުޅަނދުތައް އެހާމެ ގިނަ އެވެ. މަގުތަކުގައި ހޭބޯ ނާރާ އުޅޭ މީހުންނަށް ވަގުތުގެ ހޫނުކަން އިޙްސާސް ވާ ހެންނެއް ހިޔެއްނުވެއެވެ. އެއަށްވުރެ އެމީހުންގެ މުހުތާދުތައް ފުއްދުމުގައި އެމީހުން އުޅެނީ އަވަދިނެތިއެވެ.

ނަޔާ ރެސްޓޯރެންޓުގައި އަވަދިނެތި މަސައްކަތް ކުރަމުންދާ ލިލިއަން އިރުއިރު ކޮޅާ މޫނު ފޮހެލައެވެ. ނަމަވެސް އޭނާ ޚިދުމަތް ދިނުމުގައި ކުޑަކޮށް ވެސް ލަހެއްނުވެއެވެ. ލިލިއަން އަކީ ނަޔާ ރެސްޓޯރެންޓްގެ އިސް ޝެފެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެށީ އިސް ޝެފަށް އަތްގަތް ކޮށްދޭ މީހާގެ ގޮތުގައެވެ. ނަމަވެސް އިސް ޝެފަށް ވުރެ ލިލިއަންގެ ކެއްކުމުގެ ރަހަ މަޤުބޫލު ވުމުން ލިލިއަންގެ މަޤާމު އިސް ޝެފަށް ބަދަލުކޮށްދިނީއެވެ

ލިލިއަން އަކީ އޭނާގެ މަންމަ އާސިމާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެކަމަކު އެނާ އަކީ އާސިމާގެ އަސްލު ދަރިއެއް ނޫންކަން ލިލިއަން އަށް ވެސް އިނގެއެވެ. ނަމަވެސް އާސިމާގެ އިޙުސާންތެރި ކަމުގައި ކޮޅުފައިން ޖަހާފައި ދާހާ އޭނާ އަމިއްލަ އެދުން ބޮޑެއް ނޫނެވެ.

ސައްވީސް ގަޑި އިރު މަސްތުގެ ހާލުގައި ހުންނަ އަސިމާގެ ފިރިމީހާގެ އަތް ދަށުން ލިލިއަން ސަލާމަތް ކުރުމަށް އަސިމާ އޭނާގެ ފުރާނަ ހަށިގަނޑާއި ވަކިވަންދެން މަސައްކަތް ކުރިއެވެ. އެކަމަށްޓަކައި ލިލިއަން އޭނާގެ ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރި ވެއެވެ. އެންމެ ކުޑައިރުއްސުރެ ވެސް އޭނާގެ ބޭބެއެއް ހުންނަކަން ލިލިއަން އަށް އެނގެއެވެ. ހަމަ ލޮލަށް ދުވަހަކުވެސް އެބޭބެ ފެނިފައި ނުވާއިރު އޭނާ އަތުގައި އޮތީ އެ ބޭބެ ގެ ފަސް އަހަރުގެ ފޮޓޯ ގަނޑެކެވެ. އަދި އޭނާ ކުޑައިރު ރޮއި ބޮޑާހާކައި އުޅުމުން ބޭބެ ހޯދޭނީ ބަސް އަހައިގެން އުޅުނީމާ ކަމުގައި އާސިމާ ބުނެއެވެ.

ލިލިއަންގެ ބައްޕަ އަކީ އިންގްލޭންޑް މީހެއް ކަމާއި އެ ބައްޕަ ނިޔާވީ ކެންސަރުގައި ކަން އެ ބައްޕަގެ ވަސިއްޔަތުން ލިލިއަން އަށް އިނގެއެވެ. އަދި ޔަލާ ބޮޑުވެގެން ޔަލާ ގެ ބޭބެ ހޯދުމަށް ވެސް ވަސިއްޔަތުގައި ބަޔާން ކޮށްފައި ވެއެވެ. ނަމަވެސް އެ ބޭބެ ހޯދާނެ ގޮތެއް ލިލިއަންގެ ވިސްނުމަކަށް ނާދެއެވެ. އަދި އެ ވަސިއްޔަތުގައި ލިލިއަންގެ މަންމަ އަކީ ކެންޔާ މީހެއް ކަމަށް ވެސް ބުނެފައި ވެއެވެ.އެކަން ލިލިއަން އައި ދިމާއަށް ބަލާލުމުން ވެސް އިނގޭނެއެވެ. އެއީ ލިލިއަން ވައްތަރު ވަނީ ކެންޔާ މީހަކާއިއެވެ. ލިލިއަން ހުންނަނީ ވެސް ކެންޔާ މީހެއް ފަދައިން ކަޅުކޮށެވެ. ނަމަވެސް އޭނަ އަކީ އާދައިގެ އިސްކޮޅެއްގެ ވެރި ހިމަތޮޅި އަންހެން ކުއްޖެކެވެ.

********************************

އޮފީސް ބަންދު ކުރުމަށްފަހު ހަރު ހިނގުމެއްގައި ލައިލް އޮފީހުން ނިކުމެ، އެރީ އޮފީސް ކުރިމަތީގައި އޮތް ކަޅު ބިއްލޫރި ޖެހި ކަޅު ކުލައިގެ ކާރަށެވެ. އާދައިގެ ދުވެއްޔެއް ގައި ދިޔަ ކާރު މަޑު ކުރީ ހ.ރޯޝަނީގޭ ކައިރިއަށެވެ. މަގުގެ އެއްފަރާތުގައި ކާރު ޕާކު ކުރުމަށް ފަހު ކާރުން ފައިބައިގެން ލައިލް މިސްރާބު ޖެހީ ހ.ރޯޝަނީ ގެއަށް ވަނުމަށެވެ. އެނާ ގެއަށް ވަދެގެން އައި ގޮތަށް ލިފްޓަށް އަރައި ފިތް ބަރިން ތިން ވަނަ ފަންގިފިލާ އަށް ދިޔުމަށް ތިންވަނަ ފިތަށް އޮބާލިއެވެ.

ތިން ވަނަ ފަންގިފިލައަށް ލިފްޓު ހުޅުވުމާއެކު ލައިލް ލިފްޓުން ފައިބައިގެން މިސްރާބު ޖެހީ ކުރިމަތިން ފެންނަން ހުރި ހަތަރު ކޮޓަރިން އެންމެ ބިއްދޮށަށް ހުރި އޭނާގެ ކޮޓަރި އާއި ދިމާއަށެވެ. ކޮޓަރީގައި ހުރި ބޮޑު ވާޑްރޯބް ތެރެއަށް ވަދެ އަޅައިގެން ހުރި ޓައީ ބާލައި ސްޓޭންޑް ގައި އަޅުވާލިއެވެ. އަދި ބެގީ ނައްޓާލައި ގަމީހުގެ ގޮށްތައް ނަޓާލައި ގަމީސް ވެސް ބޭލިއެވެ. އަދި ލައިގެން ހުރި އެއްޗެހި ބާލައި ކޮނޑުގައި އަޅުވަލާފައި ލައިލް ގޮސް ވަނީ ފާހާނާ އަށެވެ. ފެންވަރައިލައިގެން ތުވާލި އޮޅާލައިގެން ލައިލް މިސްރާބުޖެހީ ކޮޓަރީގައި ހުރި ބޮޑު ވާޑްރޯބް އާއި ދިމާ އަށެވެ. އެތަނުގައި މަޝްހޫރު ބރޭންޑް ތަކުގެ އަންނައުނާއި ގަޑިއާއި ބޫޓު ހުއްޓެވެ.

ލައިލް އަކީ އޭނާގެ މަންމަ ޒަރާނާ ގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. އުމުރުން ފަނަރަ އަހަރު ވީ އިރު ލައިލް އަށް ނުލިބުނީ ބައްޕަގެ ލޯތްބެވެ. ބައްޕަ ހުންނަކަން އިނގުނު ނަމަވެސް ދިރިއުޅުމުގައި ބައްޕަ ގެ ޙިއްސާއެއް ނެތެވެ. އޭނާ އާއި ބައްދަލު ނުވި ނަމަވެސް އޭނާ ގެ ބޮޑު އާއިލާއެއް އޮތްކަން ލައިލް އޭރު ނުދެނަ ހުއްޓެވެ. ނަމަވެސް ކުއްލި އަކަށް އޭނާގެ ހަޔާތަށް ބިންދާލި ރާޅުގައި އޭނާގެ މަންމަ ވަކިވެގެން ދިޔައީ އެކަމަށް ލައިލް ތައްޔާރު ނުވެ ހުއްޓައެވެ. ނަމަވެސް އޭނާ އަށް އޭނާގެ ބައްޕަ ލިބުނެވެ. ބޮޑު އާއިލާއެއް ލިބުނެވެ. ނަމަވެސް އޭނާ މީގެ ކުރިން އުޅުނު ސާދާ ދިރިއުޅުން ބަދަލުކުރާކަށް ނޭނގުނެވެ.

ދުވާލުގެ އަލިކަން ނިވި ރޭގަނޑުގެ އަނދިރިކަމަށް ފެށުނީ ޖައްވަށް ފިނި ކަން ގެނެސް ދެމުންނެވެ. ހަތެއް ޖަހަނިކޮށް ލައިލް އަށް ހޭލެވުނީ މީހަކު އޭނާގެ ގައިމަތީގައި އަޅައިގެން އޮތް ރަޖައަށް ދަމާތީއެވެ. ކަންނެތް ކަމާއެކު ލޯ ހުލުވާލަމުން ލައިލް އެ މީހަކާ ދިމާއަށް ބަލާލިއެވެ. ދެވަނަ ސިކުންތުގައި ހިނިތުންވުމަކާއި އެކު އެމީހާގެ ގައިގާ ބައްދާލައިފިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

candy

Level 1

writing and reading is good.... it helps to live without stress and to gain knowledge....

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ހަތްވަނަ ބައި)

Next

ކުރިން ވިސްނުނުނަމަ

Next
November 21, 2021

ކުރިން ވިސްނުނުނަމަ

Previews
November 21, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ހަތްވަނަ ބައި)



All Right Reserved!