ކަންނެތް ކަމާއެކު ލޯ ހުޅުވާލަމުން ލައިލް އެމީހަކާ ދިމާ އަށް ބަލާލިއެވެ. ދެވަނަ ސިކުންތުގައި ލައިލް އެމީހާގެ ގައިގާ ބައްދާލައިފިއެވެ. *********************** ”ޒެން… ކޮން އިރަކު މާލެ އައީ؟….” ލައިލް އަށް ބުނެވުނެވެ. އެ ވަގުތު އޭނާ ހީނލައިފިއެވެ. ”މޯނިންގް ގަ… ބޭފުޅާ ވީ އޮފީހުގައެއްނު… ދޭ ރެޑީ ވެގެން އަންނަން… ޖިމަށް ވަންނަން މިދަނީ…އަވަސް ކުރާތި…އޭރުން ޑީޓެއިލްސް ދޭނަން….” ލައިލް ގެ ބުރަކަށީގައި ޖަހާލަމުން ސަމާސާ ރާގެއްގައި އޭނާ ބުނެލިއެވެ. ބޯޖަހާލަމުން ލައިލް އެނދުން ފައިބައި […]
މެންދުރުގެ ހޫނު ގަދަ ވަގުތެވެ. މާލޭގެ މަގުތަކުގައި ދުއްވަމުންދާ އުޅަނދުތައް އެހާމެ ގިނަ އެވެ. މަގުތަކުގައި ހޭބޯ ނާރާ އުޅޭ މީހުންނަށް ވަގުތުގެ ހޫނުކަން އިޙްސާސް ވާ ހެންނެއް ހިޔެއްނުވެއެވެ. އެއަށްވުރެ އެމީހުންގެ މުހުތާދުތައް ފުއްދުމުގައި އެމީހުން އުޅެނީ އަވަދިނެތިއެވެ. ނަޔާ ރެސްޓޯރެންޓުގައި އަވަދިނެތި މަސައްކަތް ކުރަމުންދާ ލިލިއަން އިރުއިރު ކޮޅާ މޫނު ފޮހެލައެވެ. ނަމަވެސް އޭނާ ޚިދުމަތް ދިނުމުގައި ކުޑަކޮށް ވެސް ލަހެއްނުވެއެވެ. ލިލިއަން އަކީ ނަޔާ ރެސްޓޯރެންޓްގެ އިސް ޝެފެވެ. އޭނާ އެންމެ ފުރަތަމަ […]